ސައިކަލު މަޑުކޮޮށްލީ ފޯނެއް އަންނަހެން ހީވުމުންނެވެ. ފޯން ނެގުމާއެއްކޮށް ރަޔާން ބުނެލިއެވެ. ބްރޯ ވަރަށް ކައިރިވެއްޖެ، މި ފެންނަނީ ހަމަ. އެހެން ބުނުމާއެއްކޮށް ރަޔާން ފޯން ޖީބަށްލާ، އަވަސް އަވަހަށް ސައިކަލުގައި ނައްޓާލިއެވެ. ހާދަ އިރެކޭދޯ ތިވަނީ އަންނަންވެސް. ރަޔާން ސައިކަލް މަޑުކޮށްލުމާއެކު ފަޔާ ބުނެލިއެވެ. ފަޔާއަކީ ރަޔާންގެ އެންމެ ގާތް އެކުވެރިޔާއެވެ. ދެން ހިނގާ މާގިނަ ވާހަކަ ނުދައްކާ ވަޅޯމަސް ކެފޭއަށް ދާން. ވަރަށް ހައިވެފަ މި ހުރީ، ހެދުނު ސައި ބުއި ގޮތަށް. ރަޔާން […]
(ތިންވަނަ ބައި) 07 އޮގަސްޓް 2017 އާ ގުޅޭ… ވެގެން އުޅޭގޮތް ބަލްޚާއަށް ރޭކާލީ ލޮލުގެ އިޝާރާތުން ވެގެން އުޅޭގޮތް ބަޝީރު އަންގައިދިނުމުންނެވެ. އެވަގުތު ގޮޑީގައި ފޫޖެހޭ ހިސާބުން ބަލްޚާގެ ސްކާޓްގައި ތަތްލަވާފައި އިން ގަނޑުކޮޅު ބަލްޚާ ނައްޓުވާލިއެވެ. ” ވީ އާރ މޭޑް ފޯރ އީޗް އަދަރ….ހިޝާން & ބަލްޚާ” ލިޔެ އެ ގަނޑުކޮޅުގެ ތިރިއަށް އަޅާާފައިވާ ދިޔާ ޕޯސްޓަރ ކަލަރ އިން ރަތް ތައްގަނޑެއް ބަލްޚާގެ ސްކާރޓަށް އަރާފައިވެއެވެ. ޓީޗަރ ރުޅިއައިސްގެން ފަޅައިގެންދާ ވަރަށް […]
ފަތިސްނަމާދުކޮށްގެން ރިޒުވީން އޭނާގެ ކޮޓަރީގެ ދޮރު ހުޅުވުމަށް ފަހު ކޮޓަރިތެރެއަށް ބަލައިލިއެވެ. ނަބީޙު އެނދުމަތީގައި އޮށޯވެލައިގެން އޮތެވެ. “މެޗު ބަލަން ނުދަނީތަ.؟” ރިޒުވީން ގޮސް ނަބީޙުގެ އިސްތަށިގަނޑުގައި މަޑުމަޑުން ހިފައިލިއެވެ. “އައްދޯއް.. އާނ ނުދާނަން.. ރޭ ހަތަރުދަމު ނުނިދާ އޮތީމަ ވަރަށް ނިދި އައިސްފަ މި އޮތީ.. ރިޒުވީ ގާތަށް ނިންޖެއް ނާދޭތަ.؟” ނަބީޙު ބޭނުންވީ ނިދާލާށެވެ. އެހެންވުމުން ނަބީޙަށް އިތުރު އުނދަގުލެއް ނުކޮށް ރިޒުވީން ނުކުތީ ބޭރަށެވެ. ބޭރަށް ނުކުތުމަށް ފަހު އިހަށް އިރުއަރާ މަންޒަރު […]
ގެއިން ނިކުމެގެން ދިޔަ ޒިވާންގެ މިސްރާބު ހުރީ އެދިމާލުގައި އޮންނަ ބޯގަސްތަކާ ދިމާއަށެވެ. އެހިސާބާ އަރާ ހަމަވުމަށްފަހު ގަހެއްގެ ނިވަލަށް ވަދެ ދެފަރާތް ހޯދާލިއެވެ. ޒިވާންގެ ފަހަތުން އަންހެން އަތަކުން ޒިވާން މެދު ހަށީގައި ހިފާލުމާއެކު ޒިވާން އެއަތުގައި ހިފާ އެއަންހެން ކުއްޖާ ކުރިމައްޗަށް ގެނެސް ގަޔާ ކައިރިކޮށްލާ ނިތުގައި ބޮސް ދިނެވެ. މާލެ ދެވުމާއެކު ހަލުވި ކަމާއެކު ކައިވެނީގެ ކަންތައް ކުރިއަށް ދާން ފެށިއެވެ. ހަތަަރުދުވަސް ފަހުން އޮތީ ކައިވެންޏެވެ. ދުވަސް ކައިރިވަމުން ދިޔަވަރަކަށް އެހެން […]
ކުރީގެ އަދަދާއި ގުޅޭ: “ދަރިފުޅާ ރޮނީތަ؟” ކޮޓަރި ދޮރު ހުޅުވާލިއިރު އެނދުމަތީގައި ޔަޒްދާން ރޯންއިން މަންޒަރު ފެނުމުން ވަފިއްޔާވެސް އަޖައިބުވިއެވެ. ވަފިއްޔާ ފުރަތަމަ ހީކުރީ އެއީ ޝައިހާ ސަމާސާއަކަށް ބުނި ވާހަކައެއް ކަމަށެވެ. ވަފިއްޔާގެ ފިރިމީހާ އާދަމް ނިޔާވިދުވަހު ފިޔަވައި، އެހެންޏާ އެގޮތަށް ޔަޒްދާން ރޯންއިންދައެއް ވަފިއްޔާ ނުދެކެއެވެ. “ޕިސް.. ޕިސް.. ޕިސް.. ބޮޑު ދޮންބެއެއް ހަމަ ރޮނީ..” ވަފިއްޔާގެ ފަހަތުން އައި ޝައިހާއަށް އަނެއްކާވެސް ޔަޒްދާން ރޯންއިންތަން ފެނުމުން، ޕިސްޕިސް ލައްވަމުން ލައްވަމުން، ޝައިހާ ނުކުތީ […]
ޓަކަޓަކަ…ބަޝީރާ މަލަކާގެ ކޮޓަރީގައި ތަޅަމުން ދިޔައެެވެ. ” ދަރިފުޅާ ދެން ނިކުންނަން އުޅެބަލަ ޒޫމީއަށް ލަސްވާނެންނުން އޭނަ ޑިއުޓީއަށް ދާ މަގުމަތީގައޭ އެވެނީ” ބަޝީރާ އަނެއްކާވެސް މަލަކާ ލަސް ވުމުން ގޮވައިފައި ބުނެލިއެވެ. ބަޝީރާ ދެވަނަ ފަހަރަށް ދޮރުގައި ތަޅައި ގަތުމުން މަލަކާ މުޫނު ކުނި ކޮށްލައިގެން ނިކުތެވެ. މަލަކާ ކޮޓަރިން ނުކުތުމުން ޒޫމީ މަލަކާ ގާތަށް ގޮސް ހުއްޓިއަޖެއެވެ.” މަލާ ބަލީތަ؟ ކީީއްވެތަ މަ ގުޅީމަ ފޯނު ނުނަގަނީ؟ ކިތައް މެސެޖު ކޮއްފިން!” ޒޫމީ އެއްފަހަރާ […]
(ދެވަނަ ބައި…) 3 އޮގަސްޓް 2017 ވަނަ ދުވަހުުގެ ބަޔާ ގުޅޭ… ޖައިޝްގެ އެހިމޭކަން އޭނާ ތަރުޖަމާކުރާނީ ކޮން ގޮތަކަށް ހެއްޔެވެ؟ އޭނާއަށް އެހާ ނަފްރަތު ކުރާ މީހެއްގެ ސިކުނޑީގައި ގަތަމުން އަމުނަމުން އެދަނީ ކޮންމެ ފަދަ ނުބައި ކުޅިގަނޑަކަށްވެސް ވެދާނެއެވެ. މަޑުމަޑުން ވެހެންފެށި ވާރޭ ބޯކުރަމުންގޮސް ގަދަކޮޅިގަނޑަކަށް ބަދަލުވުމާއެކު ޖައިޝް، އަނުމް ގެ އަތުގައި ހިފައިގެން އެމީހުންގެ ގެއާވި ދިމާއަށް ދުއްވައިގަތެވެ. ލޮލުކޮޅަށް ގޮސް އޮބާލަންދެން ޖައިޝް ދާ ދިމާލަށް ބަލަންހުރުމަށްފަހު ބަލްޚާ ގުދުވެ ބިންމައްޗަށް […]
“މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ނަން އެންގުމަށް މި މެޗުގެ ޝަރަފުވެރި މެހުމާން ޢާދިލް އިބްރާހިމްގެ އަރިހުން އެދެން..” މުބާރާތުގެ މެޗުތައް ހުށައަޅައިދޭ ނައުހާ މިހެން އެންގުމާއެކު ޢާދިލް ސަރ މައިކު ނެގިއެވެ. “މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ޖަލާލުއްދީން ކެމްޕަސް ޓީމްގެ ޖާރޒީ ނަމްބަރު 10، ރިޒުވީން އަޙުމަދު ޢުޝާމް..” ރިޒުވީންގެ ނަން ޢާދިލް ސަރ ބުނުމާއެކު މެޗުގެ މޮޅު ކުޅުންތެރިޔާއަށް ދޭ އިނާމު ބަލާ ރިޒުވީން ސްޓޭޖް މައްޗަށް އެރިއެވެ. އަދި ގޮސް […]
އެންމެންވެސް ވަރަށް ފޯރީގައި ކައިވެނީގެ ތައްޔާރީތައް ވަމުން ދަނީ އެވެ. އެންމެ މީހެއް ފިޔަވައެވެ. ސަލްމާ އެވެ. އޭނާއެކޭ އެއްވެސް ރޫޙެއް ނެތް ހަށިގަނޑެކޭ އެއްގޮތެވެ. ތުންގަނޑު ބިމަށް ހަރާލައިގެން އިން އިރުވާ ހުދެކޭ އެއް ގޮތެވެ. ވިސްނާ ފިކުރު ކުރަނީއެވެ. އެއްކަމަކީ ލޯބިވާ ކޮއްކޮއާއި މާމަ އަދި ކާފައާއި ދުރަށް ދާން ޖެހޭ ކަމެވެ. އަނެއްކަމަކީ ނަސީރެވެ. ކުއްލިޔަކަށް ސަލްމާގެ ހަމަހިމޭން ދިރިއުޅުމަށް މިއައީ ހީވެސް ނުކުރާ ވަރުގެ ކަންތައް ގަނޑެކެވެ. މިހެން ވާންވީ މައިންބަފައިން […]