ބީހުން….(10)
” ރޭގަ ހާދަދަންވަން ދެން ހޭލާ އުޅުނީ އަނެއްކާ ކަމެއް ވީބާ؟”! ޒޫވީ ސޯފައިގައި އޮއްވާ ފެނުމުން މާޒިން އަހައިލިއެވެ.”ކާކު ބުނީ މަ ހޭލާ އުޅުނޭ؟”ޒޫމީ ހައިރާން ވެފަ އަހައިލިއެވެ.” މީހަކުއެއް ނުބުނޭ، ހޫނު ގަދަކަމުން ފިނި ކޮއްލަން ބޭރަށް ނިކުއް އިރު ޒޫ ސޯފައިގަ އޮތީ، އެހެންވެ އެގުނީ އަނެއްކާ ފުރޭތައެއްބާއޭ؟!” މާޒިން ހިނިގަނޑަކާ އެއްކޮއް،އޮޅުން ފިލުވާދިނެވެ.” އެހެންތަ؟ހެހެ…މަހޭލާ އުޅުނީމޭ، މަވެސް ހޫނު ކަމުން ނިކުމެ އޮތީ” ޒޫމީ ދޮގު ޖަވާބެއް ދިނެވެ.” ނަސީބެއް ނޫން ފުރޭތައެއް ނޫންކަން” މާޒިން ޒޫމީއާ ދިމާކޮއްލަން ވެގެން ބުނެލިއެވެ. މާޒިން އެހެން ބުނުމުން ޒޫމީ ދިޔައީ ސިއްސާގެންނެވެ.”ކީކޭ؟! މާޒިންބެ ދެކުނިންތަ، ފުރޭތައެއް؟!” ޒޫމީ ހައިރާން ވެފަ އަހައިލިއެވެ. ޒޫމީ އެހެން ބުނުމުން ނޯ އައެމް ޖަސްޓް ކިޑިންގް! މިހެން ކިޔާފަ މާޒިން ނިކުމެގެން ހިނގައްޖެއެވެ. ޒޫމީ އަނެއްކާ ވެސް ރޭގެ ހާދިސާ މަތިން ހަނދާންވެ ހުރީ ބިރުން ފެންކަޅި ވެފައެވެ.
ޒޫމީ ޑިއުޓީއަށް ދާންވެގެން ފެންވަރައިގެން ނިކުތް އިރު އީތަން ކޮޓަރީގައި އުޅެއެވެ. އީތަން ފެނުނު ކަމަށް ވެސް ނަހަދާ ޒޫމީ ފާހާނައިން ނުކުމެ އަލަމާރިން ހެދުމެއް ނަގައިގެން ބޮލުން މަހައިލިތަނާ، ބޭބީ މަޑުކޮއްބަލަ އޭ ކިޔާފަ އީތަން އެދު މަތިން ފުއަމާގެން އައިސް ޖެހުނީ ޒޫމީ ކައިރީގައެވެ.” ކިހިނެއްވެފަ މިހިރީ؟!،ކާކު ވަކި އަޅާފަ މިހިރީ!؟” އީތަން ޒޫމީގެ ހިށިގަނޑުގެ އެކި ތަންތާ އަތް ހާކަމުން އަހައިލިއެވެ.”އަދި ކިރިޔާތަ، ތިފެނުނީ؟ނޫނީ އަދި ކިރިޔާތަ އަހަން ތިއެގުނީ؟، އީތަން އަށް އިގޭތަ މައުޅޭހާލެއް؟،ކިތަށް ދުވަހުބުނެފިންތަ؟،ކޮންމެވެސް ކަމެއް އެބަވެޔެޭ،ކައިވެނި ކުރި ދުވަހުން ފެށިގެން އެބަބުނަން މީހަކު އެބަ އުދަގޫ ކުރެޔޭ،ގައިގަ އަތްލަޔޭ، އީތަންއަށް އެއަޑު އިވުނުތަ؟ނުވިތާކަށް މަންމަ އަށް ވެސް އެއަޑެއް ނުއިވުނު، ދެން މިހާރު ކޮންވާހަކައެއް ދައްކާކަށްތަ؟” ޒޫމީ ހިތުގައި އޮތްހާއެއްޗެއް އަމުނާލިއެވެ. ޒޫމީ ހުރީ ވެފަ ހުރި ދެރަޔާ އެއްވަރަށް ރުޅިވެސް އައިސައެވެ. .”ކީކޭ ކޮންދުވަހަކު މަގޭ ކައިރީގަ ތިވާހަކަ ބުނީ؟” އީތަން ހަނދާން ނެތުމުން އަހައިލިއެވެ. ހަގީގަތުގައިވެސް އީތަން ހަނދާނެއް ނެތެވެ.”މަބުނާ އެއްވެްސް އެއްޗެއް، އީތަން ހަނދާން ހުންނަކަމަކައް ވޭތަ!؟ކިތައް ދުވަހު ކިތައް ފަހަރާ ބުނެވިއްޖެ، ތިމާ އެކަމަކާ މާ ޝައުގު ވެރިކަމެއް ނެތީމާ މީހަކު ކިޔާއެއްޗެއް ހަނދާން ހުރޭތަ؟، ދެން ހެވޭ މަ ގަޑި ޖެހެނީ ވަގުތެއް މަށަކަށް މަ ޑްރޮޕް ކޮއްދެވިދާނެތަ؟” ޒޫމީ ރުޅިގަނޑުބޭލުނީމާ ހުރީ ނިކަން ހިތްހަމަޖެހިފައެވެ. އެހެންކިޔާ ޒޫމީ ނިކުމެގެން ދިޔައީ ބޭރަށެވެ. މަންމަސޯފައި ގައި އިންދާ ފެނުމުން ވެސް އަގައިން ވެސް ނުބުނެ ދިޔައީއެވެ.” މަންމާ އެބަ އަންނަން ޒޫ ލައިފަ އަޅުގަނޑު ކުޑަ ވާހަކައެއް ދައްކަން އެބައޮތް!” އީތަން އެހެން ކިޔާފަ ނިކުމެގެން ދިޔައެވެ.
އީތަން ޒޫމީ ހޮސްޕިޓަލަށް ލައިފަ އައިރު އަމީނާ ހުރިތާ ހުއްޓެވެ. .”މަންމާ ޒޫމީއަށް އެއްވެސް ބަދަލެއް އައިސްސަ ހުންނަހެން ހީވޭތަ؟” އީތަން އެސުވާލު ކުރީ އަމީނާ އެއްވެސް ކަމެއް ހަދާން ހުރިތޯ ޔަގީން ކުރާށެވެ. އަމީނާމެން އެންމެން ހަދާންނެތަކަސް ފޮވައްމުލަކަށް އަމީނާމެން ކުރި ދަތުރުމަތިން އިއްޔެ މެންދުރު ވީކަމެއްހެން އީތަން ހަނދާން ހުއްޓެވެ.” މަންމަ ވެސް މި އިންނަނީ ތިވާހަކަ ދައްކަންށޭ، އެމަންޖެ އަބަދުވެސް ކޮންމެެވެސް ކަމަކާ ވިސްނަން ހުންނަހެން މަންމަ އަށް ވެސް ފާހަގަ ކުރެވޭ، މަންމަ ސުވާލް ވެސް ކޮއްފިން، ބުނީ އެއްވެސް ކަމެއް ނުވެޔޯ” އަމީނާ އެހެން ބުނުމުން އީތަން ހުރީ ފުންވިސްނުމަކަށް ގެއްލިފައެވެ. .”ދަރިފުޅާ އީތަން” އީތަން އެހެން ހުރުމުން އަމީނާ ގޮވައިލިއެވެ. .”މަންމާ އަޅުގަނޑަށް ހީވަނީ ޒޫމީ އަށް އެއުޅެނީ ކޮންމެވެސް ކަންތައް ގަނޑެއް ދިމާވެގެން ހެން” އީތަން ހުރި ގޮތަށް ހުރެ ބުނެލިއެވެ.” ކަންތައް ގަނޑެކޭ؟،ކޮންކަހަލަ ކަންތައް ގަނޑެއްބާ؟!”އަމީނާ ހައިރާން ވެގެން އަހައިލިއެވެ. އަމީނާ ގެ ސިކުޑިއަކަށް އެއްވެސް ކަމެއް ނައުމުން އަހައިލިއެވެ. އާނ.”.. މަންމާ އޭނަޔަށް ކޮންމެވެސް ކަމެއް އެބަވޭ، އަހުރުން ކައިވެނި ކުރިރޭވެސް އޭނަޔަށް އެކަމަކާ ދިމާވި އަޅުގަނޑު ނިދާފަ އޮއްވާ! ޒޫ އެރޭގަވެސް ބުނީ އޭނަ ދައްކަން ވެސް ދެއްކި އެކަމަކު އަހަރެންނަކަށް އޭނަ ދެއްކި އެއްވެސް ތަނަކުން، އެމީހެއް ނުފެނުނު.. އަޅުގަނޑުވެސް އުޅޭ ބިޒީކަމުންނާއިއެކު ފަހުން އެކަމަކާ އަޅާވެސް ނުލެވުނު، މަންމާ އޭނަގެ ގައިގަ އެބަހުރި ވަކި އަޅާފަ ހުރި ތަން ތަން ވެސް!” އީތަން އަމީނާޔަށް ކިޔާދިނެވެ. އަމީނާ ހުރީ އީތަން އެދެއްކި ވާހަކަޔަކުން އަނގަ ހުޅުވި ބަސް ހުއްޓިފައެވެ.” މަންމާ މިއީ ސީރިއަސްކޮށް ވިސްނަން ވީކަމެއް ފަރުވާ ކޮޑަ ކޮއްގެން ވާނެކަމެއް ނޫންމިއީކީ” އީތަން އަމީނާޔަށް އެއްވެސް ކަމެއް ހަދާން ވޭތޯ ބަލަން ވެގެން ބުނިއެވެ. ހަގީގަތުގަ އީތަން އަދި އެ ދަތުރުގެ ވާހަކަ ދައްކަން ބޭނުމެއް ނުވެއެވެ. ” ދަރިފުޅު ތިހެން ބުނީމަ މަންމަވެސް، އެބަ ހަނދާންވޭ ދަރިފުުޅުމެން ކައިވެނި ނުކުރަނީސް ޒޫމީވަރަށް ގިނައިން ކިޔާނެ، ކޮޓަރީގަ މީހަކު އުޅެޔޯ ގައިގަ އަތްލަނީޔޯ!، ކިތައްމެ ރެޔަކު މަންމަ އެކޮޓަރިއަށް ވެސް ވަނިން ޒޫމީ ހަޅޭއްލަވާ އަޑަށް އެކަމަކު މަންމަ އަކަށް ނުފެނޭ އޭނާ ދައްކާ ތަނަކުން އެއްވެސް މީހެއް، މަންމަ އަށް ވެސް މިހާރު އެބަ ހީވޭ ދަރިފުޅު ތިބުނިހެން ކޮންމެވެސް ކަމެއް އެބަ އުޅޭހެން، ދަރިފުޅާ ދެން ކިހިނެއް ހަދާނީ ؟ މަންމަ ބިރުވެސް ގަންނަން ފަށައިފި” އަމީނާ ބިރުން ހުރެ ބުނެލިއެވެ. އެވަރު ވާ އިރުވެސް ދަތުރު މަތިން އަމީނާ ހަދާން ނެތްކަހަލައެވެ. .”މަންމާ ދެންވެސް ބަލަންވީ މިކަމަށް ހައްލެއް ލިބޭތޯ، ޒޫމީ އާ ސުވާލް ކޮއްގެން ނޫނީ މާކަ ބޮޑު އެއްޗެއް ނޭގޭނެ” އީތަން ވިސްނާލައިފަ ބުނެލިއެވެ. އީތަން އެބުނީ ތެދެކެވެ. ޒޫމީ ކައިރީގަ އަހައިގެން ނޫނީ އެއްޗެއް ސާފެއް ނުވާނެއެވެ.
އެރޭ އިޝާނަމާދު ކޮއްގެން ސަލީމު ގެޔަށް އާއިރުގައި އަމީނާޔާ ރާބިއާގެ ދެމައިން ތިބީ އޮލަ ވާހަކައެއްގައެވެ.” ހުމްހުމް…ހާދަ ވާހަކަ އޮލަހެން ހީވެޔޭ” ސަލީމު އިށީންނަމުން އެންމެންގެ މޫނަށް ބަލަމުން ބުނެލިއެވެ. “އާ…މިތިބީ ސަލީމުގެ އިންތިޒާރުގައި އެކަމަކު އޮލަ ވާހަކައެއްގައެއް ނޫން” އަމީނާ އެހެން ބުނުމުން އެހެންވީއްޔާ މަ ހާދަ ނަސީބު ގަދައޭ ކިޔާ ހެމުން ސަލީމުު ސަމާސާއެއް ކޮތްލިއެވެ. .”ސަލީމު މީއީކީ ސަމާސާ ވާވަުރު ކަމެއް ނޫން މީ ވަރަށް ސީރިއަސް ކަމެއް” އަމީނާ ނުޖެހި ހުރެ ބުނެލިއެވެ.” އޯކޭ ސަމާސާ އެއް ނޫން ސީރިއަސް، ދެން ކިޔާބަލަ ތިކިޔާ އެއްޗެއް” ސަލީމު ސަމާސާ ގޮތް ކަނޑުވާ ސީރިއަސް ވަމުން ބުނެލިއެވެ. .”މިދެމައިން މިކިޔަނީ ޒޫމީއަށް ކޮންމެވެސް ކަމެއް އެބަވެޔޯ ހީވަނީ ޖިންނިއެއްގެ، ކަމެއް ހެންނޯ” ރާބިއާ ސަލީމުއަށް ވެގެން އުޅޭ ގޮތް ފަހުމް ކޮތްދެމުން ބުނެލިއެވެ. .”ޖިންނެއޭ! ކޮންތާކު އުޅޭ ޖިންނެއްތަ؟!” ސަލީމު ހުރީ ހައިރާން ވެފައެވެ. ނުވި ތާކަށް ސަލީމުއަށް ހީވީ އޭނަގެ ބޮލުގަ އެއްޗަކުން ޖެހި ހެންނެވެ.” އާާނ… ސަލީމު އީތަން އެބަ ބުނޭ އެމަންޖެ ގައިގަ ވަކި އަޅާފަ ހުރި ތަންތަން ވެސް އެބަ ހުއްޓޭ، ގައިމު އީތަން އެއް ނަހަދާނެ އެވަރުގެ ބޮޑު ދޮގެއް، އަނެއްކޮޅުން، އީތަން އާ ކައިވެނި ކުރުމުގެ ކުރިންވެސް އެމަންޖެ ކިޔާ ކޮންމެވެސް މީހަކު އަށްލަނީޔޯ އުދަގޫ ކުރަނީޔޯ، ކޮޓަރީގަ އުޅެނީޔޯ” އަމީނާ އިތުރު ކުރަމުން ބުނެލިއެވެ. ” ދެން އަމީނާ ކީއްވެ މަގޭ ކައިރީގަ، ތިވާހަކަ ނުދެއްކީ”؟ ސަލީމު ހިތްހަމަ ނުޖެހި ހުރެ އަހައިލިއެވެ. އަމީނާ އިތުރު އެއްޗެއް ނުބުނެ ހުރީއެވެ. .”އޭތެދެއް! ބައްޕާ އަޅުގަނޑަށް މިއަދު ފެނުނީ، ވަކި އަޅައިފަ ހުރި ތަން ތަން ބައްޕާ އަޅުގަނޑު އަށް ޔަގީން އޭ ކޮންމެވެސް ނުބައެއް ކަން، އަޅުގަނޑަށް ޔަގީން ކަން އޮވޭ ޒޫމީ އަކީ ވިޔާނުދާ ކޮތް އުޅޭ ކޮއްޖެއް ނޫންކަން” އީތަން ޔަގީންކަމާއެކު ބުނެލިއެވެ.” ދެން ކިހިނެއް ހަދާނީ، މިހާރު ކޮބާ އެމަންޖެ؟ ސަލީމު ވިސްނުމެއްގަ ހުރެފަ އަހައިލިއެވެ.” އެމަންޖެވީ ޑިއުޓީގަ” ރާބިއާ އޮޅުން ފިލުވައިދިނެވެ. އެންމެން އެއްވެ ސައްލާ ކުރާއިރު ހަމަ އެދަތުުރު މަތިން ހަނދާން ނުވަނީ ހެއްޔެވެ.
ޒޫމީއަށް އެރޭ ޑިއުޓީ ނިންމާފަ ގެއަށް އާދެވުނީ އެކެއް ޖަހާ ބޮޑުވި ފަހުންނެވެ.އޭރު އެއްމެން ތިބީ ޒޫމީގެ އިންތިޒާރުގައެވެ.” ކީއްވެ އެއްމެން ނުނިދާ މިތިބީ، މާ ހާއްސަ ކަމެއް އޮތީތަ؟ އެންމެން ހޭލާ ތިބުމުން ޒޫމީ ހައިރާންވެގެން އަހައިލިއެވެ. .”ނޫނޭ ދަރިފުޅާ ވަކި ހާއްސަ ކަމެއް އޮތީކީނޫން، ހަމަ ދަރިފުޅުގެ އިންތިޒާރުގައި ތިބީ” ސަލީމު ބުނެލިއެވެ. “އެހެންތޯ ބައްޕާ އެއީކީތްކުރައްވަންތޯ!”ޒޫމީ ހައިރާން ވެފަ އަހައިލިއެވެ.”އެންމެ ފުރަތަމަ ދަރިފުޅު ދޭބަލަ ފެންވަރައިގެން، ކައިގެން އަންނަން” ސަލީމު އެހެން ބުނުމުން ލައްބައޭ ކިޔާފަ ޒޫމީ ވަނީ ކޮޓަރިއެށެވެ. މިއަދު ބިޒީކަމުން ޒޫމީ އިނީ ވަރަށް ލޮޑުވެފައެވެ. އެހެން ނަމަވެސް ބައްޕަ އެހެން ބުނުމުން ދެކޮޅު ހަަދަން ނުކެރިގެން އަވަސް ކޮތްލައިގެން ނިކުތެވެ. އޭރު މާޒު ވެސް ބޭރުގައި އުޅެފަ ގެޔަށް އައިސްސަ ހުއްޓެވެ. .”ދަރިފުޅާ ހިނގާކާންދާން މަންމަ މިއައީ ކާން ހަދާފަ” އަމީނާ އެހެން ބުނުމުން ޒޫމީ އަމީނާ ފަހަތުން ބަދިގެއަށް ވަނެވެ. ފަހަތުން ރާބިއާވެސް ވަނދެ އިށީނެވެ.” ދަރިފުޅާ ތިރިހަ މީރުތަ؟ މަންމައޭ ކެއްކީ” ރާބިއާ ފެންތައްޓަށް ފެން އަޅުމުން އަހައިލިއެވެ. ޒޫމީ ލައްބައޭ ކިޔާ ބޯ ޖަހައިލިއެވެ… “ދަރިފުޅާ އާދޭ އިށީންނަން” ޒޫމީ އައުމްން ސަލީމު ތަން ދައްކަމުން ބުނެލިއެވެ. “ދަރިފުޅާ ބައްޕަ ކުރާ ސުވާލަކަށް ދަރިފުޅު ތެދުބަހުން ޖަވާބުދީފާނަންތަ؟”ސަލީމު ޒޫމީގެ މޫނަށް ބަލައިގެން ހުރެ އަހައިލިއެވެ. ސަލީމު އެކުރި ސުވާލަކުން ޒޫމީ އިނީ ހައިރާން ވެފައެވެ.” ލައްބަ ބައްޕާ އަޅުގަނޑު ދުވަހަކުވެސް ބައްޕަ ކައިރީގަ ދޮގެއް ނަހަދަމެއްނޫންތޯ؟” ޒޫމީ އެންމެންގެ މޫނަށް ބަލަމުން ބުނެލިއެވެ.” ބައްޕަޔަށް އިގޭ ދަރިފޮޅު ދޮގެއް ނަހަދާނެކަން، އެކަމަކުވެސް އެހެން ބުނެލީ” ސަލީމު އެންމެންގެ މޫނަށް ބަލަމުން ބުނެލިއެވެ. .”ދަރިފުޅާ އީތަން އެބަ ބުނޭ ދަރިފުޅު އުޅެނީ ބަލިވެޔޭ، އެއީތެދެއްތަ؟ ދަރިފުޅު ބަލިވެ އުޅެންނާވެސް ބައްޕަ ކައިރީގަ ބުނަންވާނެން ނޫން، ކިހިނެއްތަ ދަރިފުޅަށް ވަނީ!؟” ސަލީމު އަނެއްކާވެސް ޒޫމީގެ މޫނަށް ބަލަމުން ބުނެލިއެވެ. ޒޫމީ އިނީ އެކިޔާ އެއްޗެއް ނޭގި ހައިރާން ވެފައެވެ.” ބައްޕާ އަޅުގަނޑު ބައްޔެއް ނޫން ތީ އީތަން އަށް ހީވި އެއްޗަކަށް ވާނީ” ޒޫމީ އީތަން އާ ދިމާލަށް ލޯ އަޅަމުން ބުނެލިއެވެ. “ނޫން ދަރިފުޅާ ބައްޕަޔަށް އިނގޭ ަދަރިފުޅަށް ކޮންމެވެސް ކަމެއް ވެއްޖެއްކަން ، ބައްޕައަށް ވެސްފާހަގަވޭ މިހާރަކަށް އައިސް ދަރިފުޅު ނެގި މަޑުވެފަ ހުންނަކަން، ދަރިފުޅަކީ އެހެންނާ އެހެނަް އުޅޭ ކުއްޖެއް ނޫން، އެހެންވީމަ ބައްޕަ އެއް އެބައިގޭ ދަރިފޮޅަށްކަމެއް ވެއްޖެކަން” ސަލީމު ޒޫމީގެ އަގައިން ބުނޭތޯ އަހައިލިއެވެ. .”ބައްޕާ އަޅޮގަނޑު މިހަދަނަކީ ދޮގެއް ނޫން، ޒޫމީއަށް އެއުޅެނީ، ކޮންމެވެސް ކަމެއްވެގެން ޒޫމީ ބުނެބަލަ އަޅެ މިހަދަނީ ދޮގެކޭ” ޒޫމީ ނުބުނުމުން އީތަން އަނެއްކާވެސް ބުނެލިއެވެ. އީތަން އެހެން ބުނުމުން ޒޫމީ އިނީ ބަސް ހުއްޓިފައެވެ. ޒޫމީ ކިތައްމެ ވަރަކަށް އެވާހަކަ ދައްކަން އުޅުނަކަސް، ޒޫމީގެ ދުލަކަށް އެވާހަކައެއް ނައެވެ. ޒޫމީ އެވާހަކަ ދައްކައިފި ނަމަ ފުރާނަފަދަ ލޯބިވާ ފިރިމީހާގެ ދުވަސް ދާނެކަން އިގޭ ވިއްޔާއެވެ. އޭތި ރޭގަ ވެސް ޒޫމީއާ ދިމާލަށް ކީ ހުރިހާ އެއްޗެއް އަދިވެސް ހަނދާން ހުއްޓެވެ. އޭތީގެ އެ އިންޒާރު ތަށް އަދިވެސް ޒޫމީގެ ކަންފަތުގަ ހުރީ ގުގުމާލަ ގުގުމާލައެވެ.”ބައްޕާ އަޅުގަނޑަށް ހީވަނީ އަޅުގަނޑު މާ ބިޒީކޮއް އުޅޭތީ ހީވާގޮތެކެއްހެން، އަޅުގަނޑު އެހެންވީމަ ޗުއްޓީއެއް ނަގާނަން” ޒޫމީ އެވާހަކަ ދައްކަން ބޭނުން ނުވާތީ، އޮޅުވާލަން ވެގެން ބުނެލިއެވެ. “ބައްޕާ އަޅުގަނޑު ދެން ގޮސްލީއޭ ވަރަށް ވަރުބަލިވެފަ މިހިރީ” ޒޫމީ މަތިމައްޗަށް އޮޅުވާލަމުން ބުނެލިއެވެ. ޒޫމީ އެހެން ބުނުމުން ސަލީމު ހުއްދަ ދިނުމުން ޒޫމީ ގޮސް ކޮޓަރިއަށް ވަދެއްޖެވެ.
” ބައްޕާ އަޅުގަނޑަށް، ހީވަނީ ޒޫމީ އެކަން ސިއްރު ކުރަނީހެން” އީތަން ޔަގީނާ ކައިރި ކޮއް ބުނެލިއެވެ. އީތަން އެހެން ބުނުމުން ސަލީމު ހުރީ އެކަމާ ވިސްނާށެވެ، އިތުރު އެއްޗެއް ނުބުނެއެވެ.
” ބައްޕާ އަޅުގަނޑަށް ހީވާ އެއްޗެއް ބުނެފާނަން، ކުރިން އޭނަ ބުނޭވިއްޔާ މީހަކު އަތްލާ ވާހަކަޔާ، ހިޔައްނެއް ފެންނަ ވާހަކަ، އަޅުގަނޑު ވެސް އުޅޭ ބިޒީކަމުން އެކަމާ އެހާ އަޅާނުލެވި ފަރުވާ ކުޑަ ކުރެވުނީ، އަދި މަންމަ ގާތުގަ ވެސް ބުނި ކަމަށް މަންމަ ވެސް އެބަ ބުނޭ އެހެން ވީމަ، އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެން، އަޅާނުލީޔޭ ހިތާ ކިޔާދޭން ބޭނުން ނުވަނީހެން! ” އީތަންއަށް ވިސްނޭ ގޮތް އީތަަން ބުނީއެވެ. ނަމަވެސް ސަލީމު ހަމަ އަގައިން ވެސް ނުބުނެ ހުރީ އަމީނާޔާ އީތަން ދެކެ ހިތްހަމަ ނުޖެހިފައެވެ. އީތަންއަށް މުޅި އެކު އެވިސްނުނީ ގޯސް ކޮށެއް ނުނެވެ.” އެންމެ ރަގަޅު، މަށަށް ވެސް އެބަ އިގޭ އެމަންޖެއަށް ކެމެއް ވެއްޖެކަން! އުޅުމަށް ވެސް ބަދަލް ތަކެއް އައިސްކަން! އެހަން ވީމަ ތިވާ ގޮތެއް ޖެހޭނީ ބަލަން، އެކަމަކު ކިހިނެއްބާ ތިވާގޮތެއް އިގޭނީ؟”ސަލީމް ހިތްހަމަ ނުޖެހި ހުއްޓަސް އީތަން އެހަން ބުނުމުން އަހައިލިއެވެ.” އެންމެ ރަގަޅު އަމީނާ ހަދާން އެބަހުރިތަ،އެންމެ ފުރަތަމަ،ޒޫމީ އަށް ތިކަމެއް ވެގެން ބުނި ދުވަސް،”؟ ސަލީމު އަމީނާ ކުރެން އަހައިލީ އެއްޗެއް އޮޅުން ފިލާތޯއެވެ. .”ސީދާ މިވަނި ދުވަހެކޭ ހަނދާނެއް ނެތް ބުނާކަށް އެކަމަކު ޔަގީނުން ވެސް އޭރު ރާބިއާމެން ވެސް އުޅޭ ހެން ހީވަނީ، މަށަށް ހީވާ ގޮތުން ވިއްޔާ، އެކުދިންގެ ކައިވެނި ކުރަން އުޅުނު ދުވަސް ކޮޅުހެން ހީވަނީ ” އަމީނާ ބަލި ހަނދާނަކުން ބުނެލިއެވެ .”އަދިި ރަނގަޅަށް ހަދާން ކޮތްބަލަ ،”ސަލީމު އަމީނާ ހަދާން ވޭތޯ ބުނެލިއެވެ. އަމީނާ ހުރީ ދަތްދޮޅީގައި އަތް ވިއްދާގެން އެކަމާ ވިސްނާ ހަނދާން ވޭތޯއެވެ.
ގަދަ ނިދީގަ އޮތް ޒޫމީއަށް ސިއްސައިގެން ހޭލެވުނީ، މީހަކު އަތްލާހެން ހީވެގެންނެވެ. ޒޫމީ ހޭލެވުނު ގޮތަށް ޖެހެންފެށީ އެދުގެ ބިއްދޮށަށެވެ. “ޒޫ ހާދަލޯބިވެޔޭދޯ ގައިމު މަދެކެ، ކިހާ ލޯބިވާތީ، ލޯބިވާ ބައްޕަ އެވަރަށް އެހީމަވެސް ނުބުނާނީ، ހައްހައް” އޭތި ނުލަފާ ފާޑަކަށް ހެމުން ޒޫމީއާ ކައިރި ވަމުން ދިޔައެވެ. .”އައްޗި މަދުވަހަކުވެސް ކަލޭ ދެކެ ލޯއްބެއް ނުވޭ، ނުވެސް ވާނަން! ތިހިރީ ކަލޭ ހުރިސިފަ ގަޑު، ކާކު ކަލޭދެކެ ލޯބި ވާނީ “ޒޫމީ ކިތައްމެ ބިރު ގަަތަސް މިހާރު ހުރީ ދޭން ޖެހޭ ޖަވާބު ދޭން ތައްޔާރުވެގެންނެވެ.”ހައްހައް…ކަލޭ ހުރޭ ދެން ކުޅިވަރު ބަލަން އެކަމާ ވަރަށް ސައްލާ ކުރޭ އެބަ، ކަލޭ ހަނދާން ކުރާތި މަ ކަލޭ ދެކެ ލޯބިވާވަރު ،މަ މަރުވާން ޖެހުނަސް ކަލޭގެ ލޯއްބާ ވައްކެއް ނުވާނަން ހަނދާން ކުރާތި!” އޭތި އެހެން ބުނެފަ އައްޔަކާ އެއްކޮއް ގެއް ލިއްޖެއެވެ. ޒޫމީ ހޭވެރިކަމެއް ވެގެން ބަލާލި އިރު އީތަން އެއް ވެސް ނެތެވެ.” އާ މަހަދާންވެއްޖެ” އަމީނާ ފުއްމާގެން ތެދުވެ ބުނެލިއެވެ. އެއްމެން ތިބީ އެއްފަހަރާ އަމީނާޔާ ދިމާލަށް ބަލަހައްޓާގެންނެވެ. “އާއާއޭ ހަމަ އެރޭ އޭ ޒޫމީގެ ކައިވެނިީގެ ވާހަކަ ދެއްކިރޭ، އެރޭ ޒޫމީ ނިދާފަ އޮވެ ހޭލެވިގެން ހަޅޭއް ލަވާ އަޑަށް މަ ދިޔައީ އެކޮޓަރިއަށް، އޭނަ ބުނިމީހަކު އުޅެޔޭ، މަށަކަށް ހޯދާ ހޯދާ ނުފެނުނު އެއްމެ ފަހުން މަ ނިދީވެސް އެ ކޮޓަރީގަ” އަމީނާ އެތައް އިރަކު ވިސްނަން ހުރެފަ ބުނެލިއެވެ. މާޒިން ހުރީ އެންމެން ވާހަކަ ދައްކާނިމެންދެން އަގަ މަޑު ކޮއްގެންނެވެ. ރޭގަ މާޒިން އަށް ވެސް އެކަހަލަ ޝައްކެއްވިއެވެ. .”އެހެންވީމަ މަށަށް ހީވަނީ ތި ކައިވެންނާ ގުޅުމެއް އެބަހުރިހެން މިކަމާ” ސަލީމު ބުނެލިއެވެ. .”ބައްޕާ މިތަނުން އެއްވެސް، މީހަކު ހަނދާން އެބަހުރިތަ، އަޅުގަނޑުމެންގެ ރަށަށް ގޮއްސަ ކަޅުއަކިރި ގަނޑަށް ދިޔަ ހަދާން؟ އަދި އެތާގަ ވީ ކަންތައް؟”އީތަން ވަގުތު ޖެހުމުން އެންމެން ހަނދާން ހުރިތޯ ބަލަން އަހައިލިއެވެ. އީތަން އެހެން ބުނުމުން އެއްމެންގެ ހިޔާލަށް ވެސް އައީ އެދުވަހެވެ. .”ބައްޕާ މީ އަނެއްކާ އެކަމާ ގޮޅުން ހުރި ކަމެއްބާ؟” އީތަން އެންމެންގެ މޫނައް ބަލާލަމުން ބުނެލިއެވެ. .”ދަރިފުޅާ އެކަމަކު އެދުވަހު ޔޫސުފުބެ ބުންނެން ނޫން އޭ އެވަރުގެ ކަމެއް ނޫނޭ!” އަމީނާ ބުނެލިއެވެ. .”ތިކަމާ ދެން ވާހަކަ ދައްކާނީ މާދަން، މިރޭ މާލަސް ވެއްޖެ ހިގާ ނިދަން އުޅެމާ” ސަލީމު އެހެން ބުނުމުން އެންމެން ވަނީ އެމީހެއްގެ ކޮޓަރިއަށެވެ. ހަގީގަތުގަ ސަލީމު އެހެން ބުނީ އޭނަގެ ސިކުޑިއަށް މާ ބާރު ބޮޑުވީމައެވެ. އީތަން ކޮޓަރިއަށް ވަން އިރު ޒޫމީ އޮތީ ގަދަ ނިދީގައެވެ. އީތަން އިތުރަށް ޒޫމީއަށް އުދަގޫ ނުކުރަން ވެގެން އަރާ އޮށޯވެ ނިދިއެވެ.
….ނުނިމޭ….
16 Comments!
Comments are closed.
Mi part ves kamu dhaane kamah heekuran mi faharu ves dhigu kuran beynun vi varkah nuvi sorry guys
It’s ok varah furihama
Thanks. Cya
Stry v rythi ekam v mistakes vesvebahuri baeh jumlathah complete nuveves hurikan v faahagakurevun stry write kollaafa up kollumuge kurin kiyaalaa check kollaa nama mikanthah thah faahagavaane but oralkoh stry v obikan faahaga kollan mikanthah rangalhukollevunyma rangalhuvaanehen hyvany keep it up ??❤❤❤???????
Thanks khjja next part rangalhu kohlaanan ragalhu kuran jehey kanthah khajja bunaathi v happy vey eyruntha rangalhu kuran ingenee ? ?? ? ?
Wow salhi.. dhn fanditha veri eh gennan ulheyy avahah…
Thanks ram hehe fanditha veriya on the way ga
Hihi.. nice to meet you ?
Hehe
Mi partvx v reethi..
Next partvx avahah upkohladheythi❤❤
Thanks saa insha Allah mirey up kuraanan
Adam I love you
V salhi story ngey
Aee haadha faadehge jinni gola ekey, zoomy gaathah ves annany hadi koh hure lwbiveyoa kiyaafa.. By da way mi story v nice.. ???
Varah biruveri and nice…kudakoh birugai…..ekam i love biruveri strys ??
Hmm eba rangalhuvey. Mibai salhi