Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަންނާށޭ ކަލާ (އަށާރަ ވަނަ ބައި)

Rau Level 210 Stories100 Comments100 Login
September 5, 2017 4 Mins Read
27 Comments

ކުއްލިއަކަށް ފަސް އެނބުރި އަތުގައި ހުރި ބާރެއްލާފައި އެމީހާގެ ނޭފަތް މަތީގައި ބަލްޚާ އެތިފަހަރެއް ޖަހައިފިއެވެ.

“އައްދިއްޔޯއި! ބަލްޚާ މީ މަށޭ… ހިޝާން” ނޭފަތް މަތީ އަތް އަޅަމުން ހިޝާން އެހެން ބުނިއިރުވެސް އޭނާއަށް ތަދުވެފައިވާވަރު ބަލްޚާއަށް އިހްސާސްވިއެވެ.

“ސޮރީ… އަހަރެން ހީކުރީ…..” ހިޝާންގެ އަތުގައި ހިފައި ނޭފަތަށް ގެއްލުމެއްވަފައިވޭތޯ ބަލަމުން ބާލްޚާ ބުނެލިއެވެ. ހިޝާންގެ ނޭފަތުން ކޮންމެވެސް ވަރަކަށް ލޭއައިސް ވާރެއާއެކު ލޭތަށް ދޮވެވި ތުންފަތުން ތިރިއަށް ފައިބައިފައި ހުރިތަން ފެނުމުން ބަލްޚާ ހާސްވިއެވެ.

“އިޓްސް އޯކޭ.. ކުޑަކޮށް ނޭފަތުގަ ހިފަހައްޓާލައިގެން ހުރީމަ އޯކޭވެދާނެ…. އެކަމަކު ބުނެބަލަ.. ބަލްޚާ މިގަޑީގަ ވާރެއާ ތެމިގެން ތިދަނީ ކޮންތާކަށް؟ ކޮބާ ޖައިޝް؟”

ބަލްޚާ ހުރި ހާލުފެނި ހިޝާންގެ ހިތުގައި ހަމްދަރުދީއުފެދުނެވެ. ތިމާ ނިކަމެތިވެ، އިންތިހާ ދަރަޖައިގެ ހިތާމައިގައި ވަނިކޮށް،  ހާލަތު އޮޅުންފިލުވައިފިނަމަ، ހިތުގެ ހުރިހާ ޖަޒުބާތެއް ފުރި އުތުރި ބަންޑުންވެދެއެވެ. ބަލްޚާއަށްވެސް ވީއެހެންނެވެ. ދިރިއުޅުމާމެދު ހިތުގައި އުފެދިފައިވާ އުދާހާއި ހިތްދަތިކަން ބޭރުވީ ކަރުނައިގެ ސިފައިގައެވެ. ބަލްޚާގެ އެ ހިތްދަތި ކަރުނަތައް ދެކެން ހިޝާންއަށް ކުޅާދާނައެއް ނުވިއެވެ. ބޭއިޚްތިޔާރުގައި ބަލްޚާ ގެނެސް އޭނާގެ މޭމަތީގައި ލައްކޮށްލެވުނެވެ. އެމީހެއް ދެކެ އެއްއިރެއްގައި އޭނާ އެންމެ ލޯބިވި އަންހެން ކުއްޖާ މިފަދަ ނިކަމެތި ހާލެއްގައި ފެނުމުން އޭނާއަށް ކެތް ނުވީއެވެ. ހިޝާންގެ މޭމަތީގައި ބޯއަޅާއިގެން އޮވެ ހިތް ފުރޭ ވަރަށް ބަލްޚާ ރުޔެވެ.  އެއަށްފަހު މަޑުމަޑުން އެންމެ ފަހުން ހިޝާންއާ ދިމާވި ރޭގައިވި ކަންތަކަށްފަހު އޭނާގެ ދިރިއުޅުން ބަދަލުވެފައިވާ ގޮތާއި، ޖައިޝް ދެއަންބަށް އަނުމްއާ ކައިވެނި ކުރަން އުޅޭ ވާހަކަ ބުނެދިނެވެ. އަދި އެކައިވެނީގެ ބަދަލުގައި ޖައިޝް ބަލްޚާ ވަރިކުރަން އަނުމް އެދެމުން ދިޔަކަން ބަލްޚާ ބުނެދިނީ އަސަރާއި އެކުގައެވެ.

“ޖައިޝް ބަލްޚާ ދެކެ ލޯބިވޭތަ؟ ލޯބިވާނަމަ، ކޮންމެވެސް ވަރެއްގެ އިތުބާރެއްވެސް އޮންނަން ޖެހޭނެ… އަހަރެން ހިއެއް ނުކުރަން ޖައިޝް އަކީ އެކަހަލަ މީހެއްކަމަށް…. ހިނގާ…..” ބަލްޚާގެ އަތުގައި ހިފަމުން އައިކޮޅަށް އަނބުރާ ލާފައި ހިޝާން ދާންއުޅުނެވެ. އެވަގުތު އޭނާ ރުޅިއައިސްފައި ހުރިވަރު ފެނުމުން ބަލްޚާ ޖެހިލުންވާގޮތްވިއެވެ.

“ހިޝާން… އަހަރެން އެގެއިން ނުކުމެގެން މިއައީ އެނބުރި ދާގޮތަކަށް ނޫން…. އަހަންނަށް ކުޑަކޮށްވެސް ހެޔޮ އެދެންޏާ އަހަންނަށް ހުރެވޭނެ ގޮތެއް ހަދާދީ… ޕްލީޒް..” ބަލްޚާ، ހިޝާން ހުއްްޓުވަމުން އިސްޖަހާލައިގެން ހުރެ، މަޑުމަޑުން ބުނެލިއެވެ.

” އަހަރެން މިދަނީ މާލެއާ ކައިރި ރަށަކަށް ދާންވެގެން… ފަސް އަހަރުގެ ޓާމްއަކަށް… އެރަށު ސިއްހީ މަރުކަޒުގެ ޑޮކްޓަރގެ ގޮތުގަ…” ވިއްސާރަ ކޯޓުގެ އެތެރެއިން ކޮނޑުގައި އަޅުވާލާފައިއޮތް ދަބަހަށް އިޝާރާތްކޮށްލަމުން ހިޝާން ބުނެލިއެވެ.

“މަށަށް މައްސަލައެއްނެތް ދުނިޔޭގެ ކޮންމެ ތަނެއްގަ އުޅޭން ޖެހުނަސް މިތަނުގަ ނޫޅެވެނިކޮށް…” ބަލްޚާ ބޭނުންވާގޮތަކީވެސް އެއީއެވެ. މިފަސްގަނޑާއި ދުރަށް ޖައިޝްގެ ހަނދާންތަކާވެސް ދުރަށްގޮސް ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ގެއްލިލާށެވެ.

އާދުވަހެއްގެ އިރު ފެނުންތޮޅިލައި އިރު އޭގެ މަގާމުގައި ހަމަޖެހިލުމަށް މަސައްކަތްކުރަމުންދަނީއެވެ. މާލޭގެ ކަނޑުއޮޅިން ނުކުމެ، ދަތުރު ކުރަމުންދިޔަ ފެރީ އޭގެ މަންޒިލާ ހަމައަށް ވާޞިލް ވަމުން ދިޔައީ އަމާން ދަތުރެއްގައެވެ. ރޭގައި ވެހުނުވާރޭގެ ހިލެމެއްވެސް ނެތިއެވެ. އުޑުމަތީގައި އެތުރެމުންދިޔަ ކޮތަރި ވިލާތަކާއި، ދޭތެރެ ދޭރެއިން ކަނޑުގެ ސަތަހައިން މައްޗަށް އުދުހިލާފައި އަލުން ކަނޑަށް ޖައްސަމުންދިޔަ ފުޅަނގި ބައިގަނޑަށް ބަލްޚާގެ ނަޒަރު ހުއްޓާލެވިފައިވެއެވެ. ސީދާ ކަނޑުން އަންނަ ފިނި ރޯޅިތަކާއެކު ހާވިޔާ ވަމުންދިޔަ ބަލްޚާގެ އިސްތަށިގަނޑު އަތުން ހައްޔަރުކޮށްލައިގެން އިންއިރު  ޖައިޝްގެ ހަނދާންތައް އޭނާގެ ސިކުނޑީގައި ފެވެމުންދިޔައެވެ. އެކުގައި ހޭދަކުރެވުނު ލޯބި ދުވަސްތަކާއި ލޯބިން ހީސަމާސާކޮށް އުޅުނުގޮތެވެ. ޖައިޝްގެ ހަނދާނުގައި ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވައިގެން އިން ބަލްޚާ، އެއްލި ކަޅިއަކުން ފެރީގައި އޭނާ އިން ތަނާ ތަންކޮޅޭއް ދުރުގައި އެކަނި އިނދެ ފޯނުން ކޮންމެވެސް މީހަކާ ގުޅަން މަސައްކަތްކުރަމުންދިޔަ ހިޝާން ފެނުނެވެ. އޭނާގެ ހަރަކާތްތައް ހުރިގޮތުން ކަމަކާ ހިތްހަމަ ނުޖެހިފައިވާކަން އެނގޭހާވެއެވެ. ބަލްޚާ އިންތަނުން ތެދުވެ ހިޝަންގެ ގާތަށް ދާން ހިނގައިގަތެވެ.

“ޕްލީޒް އިމީ… ކުޑަކޮށް ނަމަވެސް ޓްރަސްޓް ކޮށްބަލަ… އޯކޭ،،، މަ ދައްކާ ވާހަކަ އަޑުއަހަން ބޭނުންނުވަންޏާ ބުނެފާނަން ވާހަކައެއް… ކުރިއަށް މިއޮއް ފަސް އަހަރު ދެން މަ މާލެއަކުން ނުފެންނާނެ… ” އެހެން ބުނަމުން ހިޝާން ފޯނު ކަނޑާލިއެވެ. އަދި ފޯނުގެ ސިމްނަގައި ފަތް ޖަހާލަމުން ކަނޑުގެ ތެރެއަށް ސިމް ހޫރާލިއެވެ. ހިޝާންއާ ދާދި ގާތުގައި މި މަންޒަރު ބަލަން ހުރި ބަލްޚާއަށް އިމީއަށްޓަކައި ހިޝާންގެ ހިތުގައި ހަގީގަތުވެސް ހާއްސަކަމެއް ދެވިފައިވާކަން ފުރަތަމަ ފަހަރަށް ޔަގީން ކުރެވުނެވެ. އިރުކޮޅަކު ހިޝަންއަށް ބަލަން ހުރުމަށްފަހު ބަލްޚަގޮސް ހިޝާން ގާތުގައި ހުސްކޮށްހުރި ގޮނޑީގައި އިށީންދެއްޖެއެވެ.

“އައިއެމް ސޮރީ…. މި ހުރިހާ ކަމެއްވެސް މިވީ އަހަންނާހެދި… އެ ދުވަހު އަހަންނަށް އެގޮތަށް ރިއެކްޓް ނުކުރެވުނު ނަމަ މިހެން ނުވީސް…” އިސްޖަހާލައިގެން އިނދެ ކުށްވެރިއަކު ފަދައިން ބަލްޚާ ބުނެލިއެވެ.

“އެއީ އެއްވެސް ކަމެއް ނޫން… އެކަމާ ދެން އަޅާ ނުލާ… ވާން ހުރި ކަމެއްވާނެ… ” އެކަމާ ގުޅޭގޮތުން ބުނާނެ އިތުރު އެއްޗެއް ނެތުމުން ހިޝާން އެހެން ބުނަމުން ހިނިތުންވެލިއެވެ. ގިނަދުވަސް ތަކަކަށްފަހު ގާތް ދެ ރަޙުމަތްތެރީން ފަދައިން އެދުވަހު ހިޝާންއާއި ބަލްޚާ ގިނަ ވާހަކަ ތަކެއް ދެއްކިއެވެ.

އެއް ގަޑިއިރުގެ ނިޔާމަ ދަތުރަކަށްފަހު ހެނދުނު ހަގަޑި ބައި ވާން ވާއިރަށް އެރަށުގެ ފަޅުތެރެއަށް ވަދެވިއްޖެއެވެ. މާލެއާ މުޅިން ތަފާތު ހިތްގައިމު، ފެހިކަން ގަދަ މިރަށުގައި ފައިތިލަ ބީއްސާލުމާއެކު ހިޝާންއާއި ބަލްޚާގެ ހިތްފުރިގެން ދިޔަފަދައެވެ. ކިހާ ހިތްގައިމު މާހަވްލެއް ހެއްޔެވެ؟ ތަރައްޤީއަށްޓަކައި، ރަށުގެ ސާފުތަހިރުކަމާއި، ގުދުރަތީ ރީތިކަން އޭގެ ޒާތުގައި ގެއްލުވާލެވިފައި ނުވާތީ، އެ ރަށް އެމީހުންނަށް ސިފަވީ ސުވަރުގެއެއްގެ ގޮތުގައެވެ. ފެނުނު ރީތި މާހަވްލުން ދިވެއްސަކަށްވީ އެމީހުންނަށް ފަޚުރުވެރިވެލެވުނެވެ. އެވަގުތު ކަނާއަތުން ހުދު ހޮޅިއެއް ޖަހާފައިވާ ކުރުނބައެއް ހިފައިގެން ޢުމުރުން ބަލާ ބެލުމަށް ފަންސާހަކަށް އަރުވެފައިވާ އަންހެނަކު އިތުގެ ހައެއްކަ މީހުންނާއެކު، އެދެމީހުންނަށް ބަލަހައްޓައިގެން ހެވިފައި ހުއްޓެވެ. ބަލްޚާ ގޮވައިގެން ހިޝާން އަންހެން މީހާއާ ދިމާއަށް ހިނގައިގަތެވެ.

” ވަރަށް ބޮޑަށް މާފުކުރާތި، އަހަރެން ހީކުރީ ޑޮކްޓަރ އެކަނި ކަމަށް އަންނަނީ…އެހެންވެ އެންމެ ކުރުނބައެއް ގެނެވުނީ…” ބަލްޚައަށް ބަލާލަމުން ހިތް ހެޔޮ ހިނިތުންވުމެއް ރައްދުކުރަމުން އަންހެން މީހާ ބުނެލިއެވެ. ޖަވާބުގައި އެއީ ކަމެއް ނޫންކަމަށް ބުނާ ފަދައިން ބަލްޚާވެސް ހިނިތުންވެލިއެވެ.

“ބަލްޚާ މިއީ.. ސަކީނާއްތަ އިނގޭ… މިރަށު ސިއްހީ މަރުކަޒުގެ މެނޭޖަރު” އަންހެން މީހާ ތަޢާރަފްކޮށްދެމުން ސަކީނާ ދިއްކޮށްލި ކުރުނބަލުގައި ހިފަމުން ހިޝަން ބުނެލިއެވެ. އެއަށްފަހު ކުރުނބާ ބަލްޚާގެ އަތަށް ލައިދިނެވެ. ބަލްޚާ ވަރަށް ފުން ނަޒަރަކުން ސަކީނާތައަށް ބަލައިލިއެވެ. އެޢުމުރުގައިވެސް ހުންނަލެއް ސާފުތާހިރުވެފައި، ހެދުން އަޅަފައިވާލެއް ނަލައެވެ. ހިނިތުންވެލާއިރު ދެކޮލަށް އެޅިލާފައިވާ އަޑިކޮޅާއި، ތުނިތުނި މޫނުގައި ވާ ތާޒާކަން އޭނާ ގެ ކިބައިގައި ޝާހީ ސިފައެއް ޖައްސާފައިވެއެވެ. ޒުވާން އުމުރުގައި ފުރިހަމަ ރީތި ޒުވާނެއް ގެ ގޮތުގައި ކާމިޔާބު ދިރިއުޅުމެއް ލިބިފައިވާނެކަމުގައި ބަލްޚާ ހީކުރިއެވެ.

“ސަކީއްނާތަ މިއީ ބަލްޚާ… އަހަރެންގެ ރައްޓެއްސެއް… ތިގޭގަ ބަލްޚާއަށް އިނދެވޭނެތަ؟” ބަލްޚާ ސަކީނާއަށް ތަޢާރަފް ކޮށްދެމުން ހިޝާންއެހިއެވެ. މިރަށުގައި ހޭދަކުރާ ފަސް އަހަރު ހިޝާނުވެސް ހުންނާނީ އެގޭގައެވެ.

“ކީއްވެ ނުހުރެވެންވީ؟.. ސަކީނާއްތައަކީ އެކަނި އުޅޭ މީހެއްް” ބަލްޚާގެ ރީތި ކަމަށް ހިތުގެ އަޑިން ތަޢުރީފު ކުރަމުން ސަކީނާ ބަލްޚާގެ ބޮލުގައި ފިރުމާލަމުން އޯގާތެރިކަމާއެކު ބުނެލިއެވެ. ސަކީނާގެ މި ހިތްހެޔޮކަން ބަލްޚާއަށް އެޑްރިއެއްލާގެ ހަނދާން އާކުރުވިއެވެ.

” ކޮބާ ސަކީއްނާތަގެ ދަރިންނާއި ފިރިމީހާ…” އެ ޢުމުރުގައި މީހަކާ އިނދެ ދަރިން ތިބޭނެކަން ލަފާކުރަމުން ބަލްޚާ މަޑުމަޑުން އެހިއެވެ. އެވަގުތު ސަކީނާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ކުއްލިއަކަށް ފަނޑުވެ އެމޫނު މައްޗަށް ހިތާމައިގެ އަސަރު ވެރިވެއްޖެއެވެ. ސަކީނާގެ ކައިރީގައި ތިބިމީހުންވެސް އެކަކު އަނެކެއްގެ މޫނަށް ބަލާލަމުން، އެވާހަކަ ނުދެއްކުމަށް ބުނާހެން ބަލްޚާއަށް އިޝާރާތްކުރިއެެވެ.

ހަމަ އެދުވަހުގެ ހެނދުނު އެގާރަޖެހުމާ ގާތް ވަމުން ދިޔަވަގުތެވެ. ރޭގައި އެހާލަހުން ނިދުމުން ޖައިޝް އަށް ހޭލެވުނު އިރު އޮފީހުގެ ޑިއުޓީ ގަޑި ފާއިތުވެފައިވުމުން އެންމެ ފުރަތަމަވެސް ހޮސްޕިޓަލަށް ގުޅައި އޭނާގެ އެޕޮއިންޓްމަންޓްތައް ކެލްސަލްކޮށްލިއެވެ. އެއަށްފަހު ރޭގެ އެ އުފާވެރި ވަގުތުކޮޅާމެދު ފުންކޮށް ވިސްނާލެވުނެވެ. އެނދުގެ ހެޑު ބޯޑުގައި ބާލިސް ލައްގާލަމުން، ބާލީހުގައި ލެނގިލައިގެން އިރުކޮޅަކު އޭނަ އިނެވެ. އެހެން އިންނަތާ އިރުގަނޑެއް ވީއިރުވެސް ބަލްޚާގެ ޚަބަރެއްނުވުމުން، ބަލްޚާ ވީތަނެއް ބެލުމަށް ބަލްޚާގެ ފޯނަށް ގުޅައިލައިފިއެވެ. ހެނދުނު ތެދުވާގޮތަށް ހޫނު ކޮފީ ތައްޓަކުން ދުވަސް ފެށުމަށް އޭނާވަނީ އާދަވެފައެވެ. ބަލްޚާގެ ފޯނު ރިންގުވާ އަޑު ކޮޓަރިިތެރެއިން އިވުމުން، އެއަޑު އަންނަ ދިމާއަށް ފަރުވަތެރިވެލުމުން ފޯނު ބާއްވާފައި އޮތީ ކޮޓަރީގެ އެއްކޮޅުގައި އިން ސޯފާމަތީގައިކަން އެނގުނެވެ. ބަލްޚާ ފެންނަން ނެތުމުން ޖައިޝް ގަޔަށް ޓީޝާޓް މަހާލަމުން ތިރީގައި ބަލްޚާ އުޅޭތޯ ބެލިއެވެ. ގޭގައި މަސައްކަތް ކުރާ އެއްވެސް މީހަކަށް މިއަދު ބަލްޚާ ނުފެންނަ ކަމުގައި އެމީހުން ބުނެދިނުމުން ޖައިޝް ބޮލުގައި ރިއްސާލިއެވެ. ބަލްޚާއަކީ ޖައިޝްއަށް ނޭނގި އެއްވެސް ތަނަކަށް ދާ މީހެއް ނޫނެވެ. ލަކްޝްމީ ކައިރީގައި ކޮފީއެއް ގެންނަން ބުނެފައި، ޖައިޝް ކޮޓަރިއަށް ދިޔައެވެ. އެނދުގައި އިށީނދެލުމަށްފަހު ވިސްނާލިއެވެ. ރޭގެ ޖަޒުބާތީ ވަގުތުކޮޅާމެދު އަލުން ވިސްނާލެވުނެވެ. އެވަގުތު ނިތްކުރީއަގައި އަތް އުނގުޅާލަމުން ނިވާނުލައި ހުރި ޓޭބަލްލޭމްޕް ނިއްވާލަން އޭނާ އަތް ދިއްކޮށްލިއެވެ. އެވަގުތު ކައިރި ކައިރީގައި އޮތް ނޯޓާއި ސިޓީ ޖައިޝްގެ ލޮލުގައި އަޅާއިގަތެވެ.  ނޯޓުކޮޅު ކިޔާލެވުމާއެކު ޖައިޝްގެ ފައިދަށުން ބިންގަނޑު ދެމިގަތްފަދަ އިހްސާސެއްކުރެވުނެވެ. ބަލްޚާ އަބަދަށްޓަކައި އޭނާއަށް ގެއްލުނީހެއްޔެވެ؟ ބަލްޚާއާ ދޭތެރޭ އޭނާ އަށް ކަންތައް ކުރެވުނީ އެހާ ނުބައިކޮށްހެއްޔެވެ؟ އެ ފިކުރުގައި ބޯ ފަޅާއިގެން ދާވަރުވުމުން ޖައިޝް ކޮޅަށްތެދުވިއެވެ. އިތުރު އެއްވެސް ކަމެއް ކުރުމުގެ ހިއްވަރު ނެތުމުން ދިރިއުޅުމުގެ އެތައް ހަގީގަތެއް އޭނާއަށް ބުނެދޭނެ ސިޓީ އުރަ ނުކަނޑައި، އެއޮތް ތަނުގައި ބާއްވާފައި އޭނާ ކޮޓަރިން ނުކުންނަން އަވަސްވެ ގަތެވެ. އެހެން އެއްވެސް ކަމަކަށް ސިކުނޑި ގޭނޭވަރަށް ވުރެ އޭނާހުރީ ހާސްވެ ކަންބޮޑުވެފައެވެ.

ޖައިޝް ތިރިއަށްގޮސް ބަލްޚަ އެގެއިން ނުކުމެގެން ދިޔަކަން އެންމެނަށް އެންގިއެވެ. އެކަމާމެދު އެއްވެސް މީހެއްގެ މޫނު މަތިން ހާސްކަމުގެ އެއްވެސް އަސަރެއް ނުފެނުނެވެ. ބަލްޚާ އެގެއިން ނުކުމެގެން ދިއުމަށް މާކުރިންސުރެ ބޭނުންވެފައިވާ ފަދައިންނެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައެވެ. މާޒީވި ތަން ހަނދާނައްތާލުމަށް މަސައްކަތް ކުރަމުން އަމިއްލަ ޒާތީ ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ހިޝާންއާއި ބަލްޚާވެސް މަސައްކަތް ކުރަމުން ދިޔައެވެ.  ހިޝާންއާއި ބަލްޚާއާ ދެމެދު އޮތީ ރަހުމަތްތެރިކަންކަން ހިޝާން ބުނިނަމަވެސް، ސަކީނާ ހީކޮށްގެން ހުރީ އެދެމެދުގައި ލޯބީގެ ގުޅުމެއް އުފެދިފައިވާނޭކަމުގައެވެ. އެކަމަށް ހެކިދޭނެ އެއްވެސް ކަމެއް ހިޝާންއާ ބަލްޚާގެ ފުށުން ނުފެނުނު ނަމަވެހެވެ. އެދެކުދިން ރިތިކަން އެހާވެސް ގުޅޭ ވިއްޔާއެވެ. ސަަކީނާއަކީ ބަލްޚާއަށް ލިބުނު މަންމައެއްފަދަ މީހެކެވެ. އޮފީސް ނިންމާލުމަށްފަހު ބަލްޚާއާއެކު ގިނަ ވަގުތު އޭނާ ހޭދަކުރެއެވެ. އެއީވެސް އެފަދަ ދުވަހެކެވެ. ރަށްފުށުގެ އާދަކާދަ އޮންނަގޮތުން ދޭތެރެދޭތެރެއިން އަވައްޓެރިން އެކުވެގެން ބޮޑެތި ކެއުންގަނޑުތައް ރާވައި ގުޅުން ބަދަހިކުރުން އޮވެއެވެ. ސަކީނާއަކީ އެކަހަލަ ކަންކަމުގައި ނަގާކިޔާ އަންހެނަކަށްވާތީ، ސަކީނާގެ ގެ ހުސްވާގުތެއްނުދެއެވެ. ރަށުގެ އެންމެންވެސް އޭނާއަށް ގަދަރުކުރެއެވެ. އެދުވަހުވެސް ސަކީނާ އުޅުނީ އަވައްޓެރިން އެއްކޮށްގެން ދިވެހި ކެއުމެއް ތައްޔާރުކުރުމުގައެވެ. ބަލްޚާވެސް އެކަމުގައި ސަކީނާގެ އަތްގާތް ކޮށްދެމުން ދިޔައެވެ. ބަލްޚާވެފައިވަނީ އެގެއަށް އަންނަ އެންމެންނަށްވެސް ވަރަށް ކަމުދާ މީހުންނާ ގުޅޭ ޒުވާނަކަށެވެ. މަސައްކަތުގައި އަވަދިނެތިވެ އުޅޭނިކޮށް ބަލްޚާގެ މޫނު މައްޗަށް އަނދިރިވެގެން ބިންމައްޗަށް ވެއްޓުނީ އެންމެން ފޯރީގައި ތަފާތު ދުނިޔެވީ ވާހަކަތަކުން އެކަކު އަނެކަކާ ދިމާކުރުމުގައި މަސްއޫލުވެ އުޅެނިކޮށެވެ.

 

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

ޒަވާޖީ

Next

އަގެއްނެތްލޯބި 9 ވަނަ ބައި

Next
September 5, 2017

އަގެއްނެތްލޯބި 9 ވަނަ ބައި

Previews
September 5, 2017

ޒަވާޖީ

27 Comments!

  1. maii says:
    September 5, 2017 at 4:50 pm

    Balkha is preg!!!! I knew it.. Hama expect kuri goiy ?

    1. Rau says:
      September 5, 2017 at 6:22 pm

      hahahha… mai haadhamolhey…. 😀

  2. Hafeez says:
    September 5, 2017 at 4:50 pm

    Me first dho. Btw stry varah reethi waiting for next. Avahah up kohdhechchey.

    1. Rau says:
      September 5, 2017 at 6:24 pm

      hehehe… hafeez mifaharu nd dhw… mrw ge part in st hoadhahchey 😛 😉

  3. Snow says:
    September 5, 2017 at 4:58 pm

    Wow…v nyc…whn nxt prt?waiting..❤

    1. Rau says:
      September 5, 2017 at 6:24 pm

      thanx snow… 😀

  4. Xxxx says:
    September 5, 2017 at 5:10 pm

    Wooooww..nice?????

    1. Rau says:
      September 5, 2017 at 6:26 pm

      thanx dear 😀

  5. Sama dhonthi says:
    September 5, 2017 at 5:25 pm

    Maa shaa ALLAH v reethi❤❤

    1. Rau says:
      September 5, 2017 at 6:26 pm

      thanks dear 😀

  6. Anonymous says:
    September 5, 2017 at 5:31 pm

    mi part ves v furihama ???????

    1. Rau says:
      September 5, 2017 at 6:27 pm

      thanks dear 😀

  7. Anonymous says:
    September 5, 2017 at 5:33 pm

    ??????????????

    1. Rau says:
      September 5, 2017 at 6:28 pm

      😀 😀

  8. Reet says:
    September 5, 2017 at 6:33 pm

    V reethi Thankolheh avahah aneh part fonuvaabala please

    1. Rau says:
      September 5, 2017 at 6:44 pm

      yes dear insha allah ingey….

  9. Shin says:
    September 5, 2017 at 6:35 pm

    Maasha Allah… Vaahaka v v rythi…. Kn irakun next part up kohdheyniii…..

    1. Rau says:
      September 5, 2017 at 6:43 pm

      insha allah maadhan… nw writing…

  10. mari says:
    September 5, 2017 at 6:52 pm

    mi story v reethi..rau fb id dheefanantha please…rau aa friend vaan vv beynun vejje

    1. Rau says:
      September 5, 2017 at 7:13 pm

      hahaha. mari ge id bunela dhee . eyrun rau friend request fonuvaalaanan.. 😀

  11. G says:
    September 5, 2017 at 7:05 pm

    Maashaa Allah vvvv nala. Adhives thankolheh dhigukon genesdheeba pls pls………………..rau

    1. Rau says:
      September 5, 2017 at 7:15 pm

      yes dear.. insha allah next part miahvure dhigukuraanan ingey…. 🙂 ????

  12. Aireen says:
    September 5, 2017 at 7:21 pm

    Balha preg vee dhw heeves viye mihen kan vaani jaish ah ehabaru libuneema kihaa happy vaane anyways stry v reethi waiting for the upcoming episod

  13. Reader says:
    September 5, 2017 at 8:27 pm

    Sakeena e ee jaish mom dho

  14. khajja says:
    September 5, 2017 at 8:31 pm

    Ohhh wow??masha allah v v v rythi?? balkhaa preg v dhw ?? v ummydhu kurevun gothen aee n jaish ah balkha preg kan engunyma v happy vaanethaa dhw eyrah hama yageen jaish 2 vana kaivenyennukuraane anyway stry v v v habeys whn nxt prt avahah up kolladhybala ????❤❤❤???????

  15. What ever says:
    September 6, 2017 at 12:28 pm

    Bootipull

  16. Bal says:
    October 1, 2017 at 6:11 pm

    Kobaa tha aneh bai ?

Comments are closed.

Next Episodeލޯބިން އަންނާށޭ ކަލާ (ނަވާރަ ވަނަ ބައި)←


All Right Reserved!