Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަންނާށޭ ކަލާ (ނަވާރަ ވަނަ ބައި)

Rau Level 210 Stories100 Comments100 Login
September 5, 2017 One Min Read
28 Comments

އެވަގުތު އެންމެން ކަންބޮޑުވާގޮތްވިއެވެ. ބަލްޚާ ނަގައިގަނެގެން ކޮޓަރީގެ އެނދުގައި ބޭއްވިއެވެ. ސަކީނާ ހިޝާންއަށް ގުޅުމުން ދެތިން މިނެޓްތެރޭ އޭނާ ގެއަށް އަތުވެއްޖެއެވެ. ބަލްޚާގެ އަތުގެ ވިންދު ބަލައިލުމަށްފަހު ހިޝާންގެ ތުންފަތަށްވެރިވީ ފުޅާ ހިނިތުންވުމެކެވެ. ބަލްޚާގެ ބަދުނަސީބުގެ ފެށުންކަމުގައިވި ހިތާމައަށްވެސް ނިމުންއައީއެވެ. ބަލްޚާއަށްޓަކައި ހިޝާން އުފާކުރިއެވެ. ވާނުވާ ނޭނގިފައި އިނީ ސަކީނާއެވެ. އެހެންމީހުން ބަދިގެ ފަރާތަށް ފޮނުވާލުމަށްފަހު ބަލްޚާގެ ގާތުގައި އިނީ ސަކީނާއެވެ.

“ކޮންގްރެޗްލޭޝަންސް…. ޔޫ އާ ޕްރެގްނެންޓް!” އެވަގުތު ހޭވެރިކަން ވަމުންދިޔަ ބަލްޚާގެ ބޮލުގައި ފިރުމާލަމުން އުފަލުން ހިޝާން ބުނެލިއެވެ. ހިޝާން ބުނީ ކީކޭކަން އެނގުމުން ސަކީނާގެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ. މި ފާއިތުވި ދޮޅު މަހެއްހާ ދުވަސްތެރޭ އުޅޭ ނޫޅޭގޮތް އެނގިވެސް ނުލައި މި ދެ ޒުވާނުންގެ ދެމެދު އެހާނުބައި ގުޅުމެއް ހިންގާލީ ހެއްޔެވެ؟ މިއީ އޭނާ އެއްވެސް ވަރަކަށް ވިސްނާފައިވާ ކަމެއްވެސް ނޫނެވެ. ފެންނަ ފެނުމަށް މި ދެ ކުދިންނަކީވެސް އަޚްލާޤު ރަނގަޅު ދެކުދިންނެވެ.

ލިބުނު އުފާވެރި ޚަބަރުން ބުނަންވީ ކީކޭކަން ނޭނގި އަނގަމަތީ އަތް އަޅާލައިގެން ބަލްޚާ އިނެވެ. މާތް ރަސްކަލާނގެ ހުރިހާ އުފަލެއް އެއްފަހަރާ ގެނެސް އޭނާގެ އުނގު ފަޅުވާލަދިނުމުން އެކަލާންގެ އަށް ޝުކުރުވެރިވާ ޙާލުގައެވެ. އެވަގުތުު ޖައިޝްގެ މަތިން ހަނދާންވުމުން އެ ޚަބަރު ޖައިޝްއަށް ދޭނެ ގޮތަކާމެދު އޭނާ ވިސްނާލިއެވެ.

” ކައިވެނިވެސް ނުކޮށް ތިހާ ބޮޑުކަމެއް……..” އެއްފަހަރު ހިޝާންގެ މޫނަށް، އަނެއްފަހަރު ބަލްޚާގެ މޫނަށް ބަލާލަމުން އެހެން ނުބުނެ ސަކީނާއަކަށް ކެތެއްނުވިއެވެ. ކައިވެނީގެ ބޭރުން ހިންގާ ގުޅުންތަކަށް އޭނާ އިންތިހާއަށް ނަފުރަތުކުރެއެވެ. ސަކީނާ ކަންބޮޑުވެފައިވާ ވަރު ފެނުމުން ބަލްޚާއާއި ހިޝާންގެ ގާތަށްވެސް ހިނިއައެވެ. މި އޮއްހާ ދުވަހު ސިއްރުކޮށްފައިވާ ހުރިހާކަމެއް ސަކީނާއަށް ބުނެދޭންވީ ވަގުތު ޖެހުނީކަން ބަލްޚާއަށް އެނގުނެވެ. މަޑުމަޑުން ތެދުވެ އިށީނދެލަމުން، ހަޔާތުގެ ސަފްހާތަށް މަޑުމަޑުން ސަކީނާގެ ކުރިމަތީ ހުޅުވާލައި، އޭނާ ދިރިއުޅުމުގެ ތަޖުރިބާތައް ހިއްސާކުރަންފެށިއެވެ. މަންމަ އެޑްރިއެއްލާގެ ދިރިއުޅުމާ ހަމައިންނެވެ. ޖައިޝްއާ ބައްދަލުވެ އެގުޅުން ކައިވެންޏަކާ ހަމައަށް ދާންޖެހުނު ކުއްލި ގޮތެވެ. ދަރިން ނުލިބޭ މީހެއްގެ ގޮތުގައި ލޭބަލްވެ ދިރިއުޅުން ވިހަ އަކަށް ބަދަލުވި ގޮތެވެ. ފިރިމީހާގެ އަޅާލުމާއި ލޯބި އެންމެ ބޭނުންވި ދުވަހު، ނޭނގުމެއްގެ ތެރޭގައިވިޔަސް އެ ޒިންމާތަކުން ފިރިމީހާ ވީއްލިގަތްގޮތެވެ. ދެވަނަ ކައިވެންޏަކަށް ތައްޔާރުވެ ބަލްޚާ އެދިރިއުޅުމުން ނެރެލުމަށް އެ އަންހެން ކުއްޖާ ދިން ދަޢުވަތެވެ. އެވާހަކަތައް ކިޔައި ދެމުން ދިޔައިރު ބަލްޚާގެ ދެލޮލުން ފާއްދަމުންދިޔަ ކަރުނަތަށް މުތީތަކެއްފަދައިން އެ ދޮން ކޯތާފަތުގައި ބޮސްދެމުންދިޔައެވެ. ކުރިންސުރެ ބަލްޚާއާ ގާތްގުޅުމެއް އޮތްނަމަވެސް، ހަގީގަތުގައި ބަލްޚާގެ ނޭނގޭ އެތަށް ކަމެއް ބަލްޚާ ދެއްކި ވާހަކަތަކުން ހިޝާން އަށް އެނގިގެން ދިޔައެވެ. ދިިރިއުޅުމުގައި ކުރިމަތިވެފައިވާ އެހުރިހާ ކަމަކަށް ކެތްތެރިވެ، ކެރިގެން އެކަންކަމާ ބަލްޚާ ކުރިމަތިލީތީ، ބަލްޚާއާ މެދު ހިޝަންއަށް ފަޚުރުވެރިވެވުބެވެ. ކެތްތެރިކަމަކީ ހަގީގީ އަންހެން ކުއްޖެއްގެ ކިބައިގައި ހުންނަންޖެހޭ ވަރަށް ޚާއްޞަ ސިފައެއް ކަމުގައި ހިޝާން ދެކެއެވެ. ބަލްޚާ ދެއްކި ވާހަކަތަކުން ސަކީނާއަށް ފުން އަސަރެއް ކުރިއެވެ. އޭނާގެ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާވެސް، ގޮސް ގުޅިފައިވަނީ އެކަހަލަ ފިރިއެއްގެ ފަރުވާ ކުޑަކަމާއި ބޭވަފާތެރިކަމާއެވެ.

“ހިޝާން އަހަރެން ބޭނުން މިޚަބަރު ޖައިޝްއަށް ދޭން… ޖައިޝްގެ ގާތަށް ދާން ބޭނުން…..” ހިޝާންގެ އަތުގައި މަޑުމަޑުން ހިފާލަމުން ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް ބަލްޚާ ބުނެލިއެވެ.

“އަ…އަހަރެން ދާން ބޭނުން. އެކަމަކު މި ދުވަސްކޮޅު މަރުކަޒުގަ ނެތް އިތުރު ޑޮކްޓަރެއްވެސް….. އެކަމަކު ބަލްޚާ ޖެހޭނެ ކޮންމެހެންވެސް ދާން… މާލެގޮސް ސްކޭނެއްވެސް ހެދޭނީ…..” ހިޝާން، ދާން ބޭނުންވިޔަސް މިވަގުތު އޭނާއަށް ދެވެން ނެތުމުން އޭނާ ދެރަވިއެވެ. ބަލްޚާއަށްޓަކައި އެވަރުގެ ކަމެއްވެސް ކޮށްދޭން އޭނާ ނުކުޅެދުނީތީއެވެ.

“ސަކީނާއްތަ މިހުރީނު… ހަމަ ހުސްހަށި ބަޔަށް ހުންނަ މީހެއް ސަކީނާއްތައަކީ… ތިވަރުގެ ކަމެއް ނުވާންވީ ކީއްވެ؟ މިހާރު ޗުއްޓީވެސް ނަގަންވެފަ މިހިރީވެސް…” ބަލްޚާގެ ބުރަކަށީގައި ފިރުމާލަމުން ސަކީނާ ބުނެލިއެވެ.

މެންދުރުގެ ހޫނުގަދަ ވަގުތެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން ރާޅުތަކުން ރެކެމުން ފެރީ ކުރިއަށް ދުވަމުންދެއެވެ. މާލޭގެ މަލަމަތި ފެންނަން ފެށުމުން ބަލްޚާގެ ހިތުގެ ތެޅުންވެސް ދިޔައީ އަވަސްވަމުންނެވެ. މި އުފާވެރި ޚަބަރު ދިނުމުން ޖައިޝް ވާނެ އުފަލާއި، އޭނާއާމެދު ކަންތައްކުރާނެ ގޮތުގެ ޚިޔާލުތަކުން ހިތް ފުރެމުން ދިޔައެވެ.

ދުވަސްކޮޅަކަށްފަހު މާލެ އެރުމުން، ދުއްވާ އެއްޗެހީގެ ބަރުގޮނުގެ އަޑާއި ދުއްވާއެއްޗެހީގެ ދުމުން ތަޤައްރައްޔަރުވެފައިވާ މި ހަލަބޮލި މާހަވްލު އޭނާގެ  ހިއްސުތައް ބަލިކުރުވި ފަދައެވެ. ރަށްރަށުގެ ހިތްފަސޭހަ މާހަވްލުގެ ހިތްފަސޭހަކަން އިތުރަށް އަންދާޒާކޮށްލެވުނެވެ. އިތުރު އެއްވެސް ތަނަކަށްނުގޮސް ޓެކްސީއެއް ނަގައިގެން ސަކީނާއާއެކު އައްސޭރިވިލާއަށް ދިއުމަށް ބަލްޚާ ދަތުރު ފެށިއެވެ. ލިބިފައިވާ އުފާވެރިކަމުން ފަނޑުވުމެއްނެތް ހިނިތުންވުމެއް އެ ރީތި ތުންފަތުގައި ހަރުލާފައިވެއެވެ. ބަލްޚާ އުފާވެފައިވާ މިންވަރު ފެނުމުން ސަކީނާވެސް އުފާވިއެވެ. ނޭނގި ނަމަވެސް މިއަންހެން ކުއްޖާއަށްޓަކައި އޭނާގެ ހިތުން ވަނީ ދަރިއެއްގެ ދަރަޖަ ދެވިފައެވެ. އޭޏގެ ހިތުގެ ހުރިހާ ދުޢާއެއްވަނީ މި އަންހެން ކުއްޖާގެ އުފާވެރިކަމަށްޓަކައި ހިބަކޮށް ދެވިފައެވެ.

އައްސޭރިވިލާގެ ކުރިމައްޗަށް ގޮސް ޓެކްސީ ހުއްޓާލުމާއެކު ބަލްޚާ ދަބަސް ހިފައިގެންޓެކްށީއިން ފައުިބައިފިއެވެ. ސަކީނާވެސް ޓެކްސީގެ ކުލި ދެމުން ކާރުންފައިބައި އެ ބޮޑު މެހެލް އެއްފަދަ ތަނަވަސް ގެއާ ދިމާލަށް ނަޒަރު ހުއްޓަލިއެވެ. މިގޭގެ އަހުލުވެރިންގެ އަރާމު ތަނަވަސް ދިރިއުޅުން ހިތަށް ވަނުމާއެކު، އެމީހުން އަބުއި ވާނެ މިންވަރުވެސް އޭނާއަށް ވަޒަންކޮށްލެވުނު ފަދައެވެ. މުއްސަނދިކަމަކީ އެކަމެއްދެކެ އޭނާ އިންތިހާއަށް ފޫހިވާ ކަމެކެވެ. ބަލްޚާއާއެކު އެގެއަށް ވަންނަން ބުނުމުން، އެގެއަށްނުވަދެ ބޭރުގައި ބަލްޚާގެ އިންތިޒާރުގައި ހުރުން، އޭނާ އިޚްތިޔާރު ކުރީ އެހެންވެއެވެ.

އައްސޭރިވިލާގެ ދޮރުއަށިން އެތެރެއަށް ވަދެގެން ދިޔައިރު ބަލްޚާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ގޭގެ ދޮރުމައްޗަށް އެރިވަގުތާ ދިމާވީ، އިނާޒާއާއި މެހެރުއްނިސާ އެގެއިން ނުކުތް ވަގުތާއެވެ.

“މަންމާ ކޮބާ ޖައިޝް…..” ލިބިފައިވާ އުފާވެރި ޚަބަރު އިނާޒާއަށް ދިނުުމުގެ ކުރިން ބަލްޚާ ޖައިޝް ވީތަނެއް އޮޅުން ފިލުވަން ބޭނުންވިއެވެ.

” ކަލޭ އަނެއްކާ އައީތަ؟ ޖައިޝް ނޫޅޭ ކަލޭ ހޯދާކަށް… ކަލޭ މިގެއިން ދިޔައީމަ ޖައިޝްގެ ދިރިއުޅުން މާ އުފާވެރިވެއްޖެ….ދުވަސްކޮޅާކުން އެއުޅެނީ އަނުމްއާ ކައިވެނި ކުރަން… ކަލޭ ކަހަލަ އެއްވެސް މުސްތަގުބަލެއް ނެތް ދަރިން ނުލިބޭ އަންހެނަކާ ކިހިނެތް އިނދެގެން އުޅޭނީވެސް… ” ހުރިހާކަމެއް އޭނާ ބޭނުންވާގޮތަށް ދާން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައި ބަލްޚާ އެނބުރިއައުމުން އިނާޒާގެ ސިކުނޑި ހަމައިން ނައްޓާލިފަދައެވެ. ދުލަށް އައިހާ އެއްޗެއް ގޮވައިގެން ވިޔަސް ޖައިޝްއާއި ބަލްޚާ ބައްދަލުވެ ނުދިނުމަކީ އޭނާގެ އެދުމެވެ.

“މަންމާ އަހަރެން ބަނޑުބޮޑު….” އިނާޒާ ގެ ވިހަ ބަސްތަކުން ބަލްޚާގެ ހިތް ޒަހަމްކުރުވިއެވެ. ބަލްޚާ ބުނި ބަހުން ބުނަންވީ ކީކޭކަން ނޭނގި ހުއްޓުން އަރާފައި އިނާޒާއަށް އިރުކޮޅަކު ހުރެވުނެވެ. މިހާ ހިސާބަށް އައިސް އޭނާގެ ހުރިހާ އުއްމީދުތަކެއް ފެނަށްވާން އޭނާ ދޫކޮށެއް ނުލާނެއެވެ.

“ކާކުގެ ދަރިއަކަށް… ހިޝާންގެތަ؟” މަލާމާތާއި ގޮތްކުޑަކަމުގެ އިން ފަހަނަ އަޅަމުން މެހެރުއްނިސާ އެހެން ބުނެލުމާއެކު ބޭއިޚްތިޔާރުގައި ބަލްޚާގެ އަތުގެ ހޫނު ހަމަލާއެއް މެހެރުގެ ކަންކަށި މައްޗަށް އަމާޒުކޮށްލިއެވެ.

“ގޮތްކުޑަ އަންހެނާ….” އެވަގުތު އިނާޒާގެ އަތަށް ބާރުލަމުން ބަލްޚާގެ ގައިގައި އަޅައި ކޮއްޕާލުމާއެކު ބަލްޚާ ގޮސް ބިންމައްޗަށް ގުޅާއަކަށް ޖެހިއްޖެއެވެ. އަނިޔާވެރިކަމާއިއިހާނާތްތެރި ކަމުގެ ހުރިހާ އިމެއް ހުރަސް ކޮށްގެން ތިމި މި ގޮތެއްނެތް ދެއަންހެނުންގެ ކުރިމަތީ ބަލްޚާއަށް ގަދަ ނުވެވޭނެކަން އެނގުމުން އޭނާ ތެދުވެގެން ނުކުންނަން ދުއްވައިގަތެވެ. ޖައިޝް ހަމަ ހަގީގަތުގަވެސް އޭނާގެ މަތިންހަނދާން ނައްތާލީ ހެއްޔެވެ؟ މިއީ ކޮންފަދަ ރަޙުމްކުޑަ ބައެއް ހެއްޔެވެ؟ ލޯތްބާއި ކުލުނުގެ ކަންފުޅޭއްވެސްމިބޮޑު އައްސޭރިވިލާގެ ފުރާޅުދަށުގައި ނެތީ ހެއްޔެވެ؟

ރޮމުން އެގެއިން ނުކުމެގެން އައިސް ސަކީނާގެ ގައިގައި ބައްދައި ގަންނަމުން އަޑުން އަޑުނަގައި ބަލްޚާ އަށް ރޮއިގަނެވުނެވެ. ކޮންމެ އަންހެނަކުވެސް ރަހުމާއި ހަމްދަރުދީއާއި ލޯތްބަށް އެންމެ އުންމީދު ކުރާ ދުވަސްވަރުގައި، އޭނާއަށް އުފުލަން ޖެހިފައިމިވަނީ ކޮންފަދަ ބޮޑު ތަކްލީފެއް ހެއްޔެވެ؟ ޓެކްސީއަށް އެރުމަށްފަހު ބަލްޚާ ބޭނުންވީ މިހާރުން މިހާރަށްވެސް އެނބުރި ސަކީނާމެންގެ ރަށަށް ދިއުމަށެވެ. ޑޮކްޓަރަށް ދައްކަން ބަލްޚާ އެއްބަސް ކުރެވުނީ ސަކީނާ އެތައް ނަސޭޙަތެއް ދީގެންނެވެ.

އަނދިރިކަން ވެރިވެ، ނިދީގެ ތަންމަތިތަކަށް ވަގުތު ދިނުމަށް ދުނިޔެ ތައްޔާރުވަމުން ދިޔަވަގުތެވެ. ރޭގަނޑު އެހާ ލަސް ވަގުތެއްގައިވެސް، ކެފޭއެއްގައި އެކަނި މާއެކަނި އިނދެ ޖައިޝް ސިނގިރޭޓަކަށްފަހު ސިނގިރޭޓެއް ހުލިކުރަމުން ދިޔައެވެ. އަމިއްލަ ނަފްސާއި އެ ނަފްސުގެ ސިއްހަތަށް ނިހާޔަތަށް ލޯބި ކުރި މި ޒުވާނާގެ ފުރާނައާ މެދުވެސް އޭނާގެ އެއްވެސް ފަރުވާލެއްނެތްފަދައެވެ. ޖައިޝް ދެކެފަރިތަ މީހަކަށް މިހާރު އޭނާ ފެނިއްޖެނަމަ ހީވާނީ ދުވަހަކު ގައިންވެސް ތާހިރުނުވެ، ދީވާނާވެފައިވާ މަޖުނޫނެއް ހެންނެވެ. ތުނބުޅި މަތިމަސް ދިގުވެ، އިސްތަށިގަނޑުވެސް ވަނީ ދިގުވެފައެވެ. ވަރުގަދަ ބިޔަ ހަށިގަނޑު މަދުދުވަސްކޯލެއްގެ ތެރޭގައި ހިކި އަނަރޫފަވެފައި ވެއެވެ. އެހެން ނުވާނީވެސް ކިހިނެތް ހެއްޔެވެ؟ ބަލްޚާގެ ކުއްލި ވަކިވުމާއެކު އޭނާ ދުނިޔެއަށް ގިނަވެފައިވާ ފަދައެވެ. އޭނާއަށް ހެދުނު ކުޑަ ކުޑަ ގޯހުގެ ސަބަބުން ބަލްޚާ އެހާ ބޮޑު އަދަބެއް އޭނާއަށް ދީފާނެ ކަމުގައި އޭނާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. ބަލްޚާއާ ނުލައި ހޭދަކުރާ ކޮންމެ ދުވަހަކީ އޭނާއަށް ގަރުނެއްފަދަ ދުވަހެކެވެ. ރޭގަނޑު ބާރަޖެހުމާ ގާތްވުމާއެކު، ޖައިޝް އެތަނުންތެދުވެގެން ހިނގައިގަތެވެ. ބަލްޚާގެ ހަނދާންތައް ސިކުނޑި ފިސްފިސްކުރަމުން ގެންދާތީ، އޭނާ އައްސޭރތިވިލާއަށް ނުގޮސްވޭތޯ ބަލައެވެ. އެގޭގެ ހަތަރުފާރުން އެތެރޭގައި ބަލްޚާގެ ހަނދާންތައް ދައުރު ވަމުންދާހެން އޭނާއަށް ހީވެއެވެ. ބަލްޚާގެ ހަނދާނުގައި އޭނާގެ ވަށައިގެންވާ ހުރިހާ ކަމަކާމެދު އޭނާ ވަނީ ފަރުވާ ކުޑަކޮށްލާފައެވެ. ކުޑަ މިނުން އަދާކުރަމުންދިޔަ ޒިންމާދާރު ވަޒީފާވެސް އޭނާ ހުރީ ދޫކޮށްލައިގެންނެވެ. ލާޗާރު ބިޗާރަށް މަންޒިލެއްނެތި އުދުހެމުންދާ ޕަރުވާނާއެއްފަދައިން، އޭނާގެ ކަމަކީ ދިރިއުޅުމުގެ ޝަކުވާތަށް ހިފައިގެން ޠާއްޔިބު ގާތަށްގޮސް ރުއިމެވެ. ގެއަށްވުރެ ގިނަ ވަގުތު އޭނާ ހޭދަ ކުރަނީ ޠައްޔިބުގެ ގާތުގައެވެ.

“ބައްޕާ ދެން ކޮން އިރަކުންތަ ހޭލާނީ… ބަލްޚާވެސް އަހަރެން ދޫކޮށްލައިފި… ދެން ދުވަހަކުވެސް އޭނައެއް ނާންނާނެ…..” ހޮސްޕިޓަލަށްވަދެ ޠައްޔިބު ބާއްވާފައި އޮތް އެނދުގައި ބޯއަޅާލަމުން މާޔޫސް ކަމާއެކު ޖައިޝް ބުނެލިއެވެ.

ޖެހިގެން އައި ދުވަހު ރަށަށް ދިއުމުގެ ކުރިން ސަކީނާ ، ބަލްޚާ ގޮވައިގެން ހޮސްޕިޓަލަށް އައެވެ. ސްކޭނެއް ހައްދާލައި ލިބެން އުޅޭ ދަރިފުޅު އަށަގަނެފައިވަނީ އެކަމަށް އެކަށީގެންވާ ތަނުގައިކަން ދެނެގަތުމަށްޓަކައި މި ސްކޭން މުހިންމެވެ. ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ނިންމާލުމަށްފަހު، ހޮސްޕިޓަލުން ނުކުންނަން ދަނިކޮށް ޠައްޔިބުގެ ގާތް ޑޮކްޓަރެއް ކަމުގައިވާ ޑޮކްޓަރ ލަތީފްއާ ހޮސްޕިޓަލު ތެރެއިން ދިމާވިއެވެ. ގެއަށް އައިސް ފެނިދެނިވެފައި ވުމުން ބަލްޚާާވެސް ޑޮކްޓަރާ ގާތްކަން އުފެދި ރަހުމަތްތެރިވެފައިވެއެވެ. އެވަގުތު ސަކީނާވެސް އޭނާގެ ރައްޓިއްސަކާ ދިމާވެގެން ތަންކޮޅެއް ދުރުގައި އެމީހާއާ ވާހަކަ ދައްކާލަން މަޑުކޮސްލިއެވެ.

“ބައްޕަ ކައިރިއަށް އައިއްސަތަ.؟.. ހާދަ ނުފެނެއޭ މިޙާރު”

“ބައްޕަ އޭ…. ތިބުނީ ޖައިޝްގެތަ؟” ޠައްޔިބު ނޫން އެހެން މީހަކަށް ބަލްޚާ ބައްޕަ ނުކިޔާތީ އޭނާއަށް އަހާލެވުނެވެ. ޠައްޔިބުގެ އެހާ ގާތް މީހަކަށް ޠާއްޔިބު ދުނިޔޭގައި ނެތް ކަން ނޭނގުނީތީ ބަލްޚާ ހައިރާންވިއެވެ.

“ޔެސް… ޖައިޝްގެ ބައްޕައެއްނު ހޮސްޕިޓަލުގަ އޮތީ…؟”

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

ކުޅަނދުންވަންތަކަން(2)

Next

ވައިވީމަ – (3) މަސްތު

Next
September 6, 2017

ވައިވީމަ – (3) މަސްތު

Previews
September 5, 2017

ކުޅަނދުންވަންތަކަން(2)

28 Comments!

  1. Reen says:
    September 5, 2017 at 11:56 pm

    Alhe emme kiyaa hih vaa hisaabun thi ninmaalee waiting 4 the next part

    1. reen says:
      September 6, 2017 at 12:06 am

      Yey me 1st dhw?

    2. Rau says:
      September 6, 2017 at 8:04 am

      yes Reen ah 1st libuny dhw… hehehe

  2. Sama dhonthi says:
    September 6, 2017 at 12:29 am

    So nyce??

    1. Rau says:
      September 6, 2017 at 8:05 am

      thanx sama dhonthi 🙂

  3. ihoo says:
    September 6, 2017 at 1:27 am

    haadha reehchey vv kiyaahithun mihuree hithlhey eba dhenvaane gothakaamedhu ?????????

    1. Rau says:
      September 6, 2017 at 8:13 am

      hehehhe.. ihoo next part ah wait kohlaa ingey… Insha Allah maadhan genesdhenan ebai..

  4. khajja says:
    September 6, 2017 at 2:15 am

    Alhey haadha haa ey rythy???? masha allah dhenvaany kihineiybaa!!balkhaa ethanah thayyib kairi ah vanna iru jaishves innaane dhw wow amazing ehenvejje nama jaish v v happy vaanethaa dhw n thayyib dhuniyeyga oiy than fenunyma balkhaaves v suprise vaane dhw mihaaru nxt prt kiyaahiyvejje whn nxt prt maadhamaa up kolladhechchey n thank u so much mi prt avahah up kolla dhinyma n gud nyt ly??????❤❤❤??????

    1. Rau says:
      September 6, 2017 at 8:14 am

      hehehhe..khajja hingaa dhw balamaaa dhen vaane gotheh….:D

  5. Juvey says:
    September 6, 2017 at 7:52 am

    Wow ..v nice ..waiting for nxt part. . ????

    1. Rau says:
      September 6, 2017 at 8:15 am

      thanks Juvey <3 <3

  6. Aki says:
    September 6, 2017 at 8:17 am

    varah furihama mi part ves.. alhey miadhu adhi one part up kohla dheebaa pls pls

    1. Rau says:
      September 6, 2017 at 8:22 am

      ehehehehe… aki eyrun foohivedhaane,,, 😛

    2. Aki says:
      September 6, 2017 at 11:00 am

      ????? nuvaane foohie kiyaahithun lolah nidhives naadhey

    3. Rau says:
      September 6, 2017 at 11:33 am

      heheh. Aki thanx ingey… ekm rangalhah nidhahchey.. 😀

  7. Aashaa says:
    September 6, 2017 at 8:25 am

    Alhe jaish e letter kiyaabala dhw.. Adhives e letter kiyaakah noolhe ey.. Thioh ulhey 3 harufa athuga e letter jehijjeyya nimuny e hisabun.hurihaa keh fanivabe ehnnu.. Mihaaru abadhu mivaahaka up veythoa beleny hama.. Comment nukuriyas kiyan ingey abadhuves. V inthizaarukurevey story up vaane irakah.

    1. Rau says:
      September 7, 2017 at 6:29 pm

      thank u so much dear… n varah ufaavehje comment kohlyma..

  8. simi says:
    September 6, 2017 at 9:52 am

    Rau facebook page eh hureytha? nethiyya facebook page eh hadhaaba plx eyruna aharumennah rau aa faseha in contact ves kureveyne ..luv this story

    1. Rau says:
      September 6, 2017 at 10:17 am

      yes simi… insha allah soon I will create a page. and let you all know about the page so you guys can read my previous stories too… 🙂 😉 😀

  9. Hafeez says:
    September 6, 2017 at 10:17 am

    Varah interesting. Waiting

    1. Rau says:
      September 6, 2017 at 10:19 am

      thanx hafeez 🙂

  10. Reet says:
    September 6, 2017 at 10:46 am

    Please thankolheh avahah aneh part kiyaa hithun huravaney eh noon Avass please vvvv reethi

    1. Rau says:
      September 6, 2017 at 11:46 am

      insha allah v avahah up kuran eba masaikai kuran

  11. xaan says:
    September 7, 2017 at 12:30 pm

    koniraku vaahaka upkuranee v kiyaahithun mi inny

    1. Rau says:
      September 7, 2017 at 2:57 pm

      mihaaru up kuran fonuvAfa innaany… ??

  12. Rau says:
    September 7, 2017 at 2:58 pm

    mihaaru up kuran fonuvaafa innaany… ??

    1. Aki says:
      September 7, 2017 at 3:32 pm

      hama bala balaa mihunnanee adhi ves up nuvey.. thanks Rau

    2. Rau says:
      September 7, 2017 at 4:48 pm

      thanx Aki… adhives up nuvey dhw… ekm submit vi kamah ineeves

Comments are closed.

Next Episodeލޯބިން އަންނާށޭ ކަލާ (ވިހި ވަނަ ބައި)←


All Right Reserved!