Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހަވޭލީ (11)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
October 20, 2017 5 Mins Read
57 Comments

އޭނާާ އެޑައިރީ ނެގިއިރު އެތަނުގައި އެއްވެސް މީހަކު ނެތްކަން މަލާކަށް ހަމަ ޔަގީނެވެ. މީދެން ކާާކުބާވައެވެ؟ އެމީހަކަށް މަލާކް އެތަނުން ރަންޔާގެ ޑައިރީ ނެގިކަން އެނގުނީ ކިހިނެއްހެއްޔެވެ؟ އަނެއްކާ އޭނާާގެ ހަރަކާތްތަކަށް މީހަކު ފާރަލަނީބާވައެވެ؟

ކަންބޮޑުވެފައި ހުރެވެސް މަލާކް ކޮޓަރިން ނުކުމެ ސިޑިތައް ގިރާކުރަމުން ތިރިޔަށް ފޭބިއެވެެ. އަދި ގޮސް ގޭގެ ވަލުފަރާތުގެ ދޮރު ހުޅުވައިލުމަށްފަހު އެތަނުގައި މަޑުކޮށްލިއެވެ. ފުންނޭވާއެއްލީ ހަމަޖެހިލުމުގެ ގޮތުންނެވެ. މަޑު ހިނގުމެއްގައި މަލާކް ވަލާއި ދިމާއަށް ހިނގަމުންދިޔައެވެ. އޭނާގެ ފައިދަށުވެ މުރަނަ ފަތްތައް ޗިސްޗިސްވަމުންދިޔަ އަޑު ނޫނީ އިތުރު އަޑެއް ނީވެއެވެ.

ފަރާތްފަރާތް ހޯދަމުން ހިނގަމުންދިޔަ މަލާކްގެ ފިޔަވަޅުތަކަށް ހުއްޓުމެއްއައީ އެނިކަގަސްދޮށުގައި ފުރަގަސްދީގެން ހުއްޓި ހުރި އަންހެންކުއްޖާފެނުނީމައެވެ. ބިރުގަތް ނަމަވެސް ހަމަޖެހިލެވޭތޯ މަލާކް މަސައްކަތްކުރަމުން ދިޔައެވެ.

“ތީ.. ކަ..ކާާކު؟” އަޅައިއަޅައި ގަންނަމުން މަލާކް އަހައިލިއެވެ. އެއަޑަށް އޭނާއަަށް ފުރަގަސްދީގެން ހުރި ކުއްޖާ ފުޅާ ހިނިތުންވުމަކާއެކު މަލާކްއާ ދިމާއަށް އެނބުރުނެވެ.

“ރަންޔާ.” ދެލޯބޮޑުކޮށްލަމުން މަލާކްއަށް ބުނެވުނެވެ. އެއާއެކު އެއަންހެންކުއްޖާ ދެފަރާތަށް ބޯހޫރުވައިލިއެވެ.

“އައްސަލާމް އަލައިކުމް” ހިނިތުންވެފައި އެއަންހެންކުއްޖާ ސަލާމް ގޮވާލިއެވެ. “ވަ.. ވައަލައިކުމް ސަލާމް.” އުނދަގޫކަމާއެކު ސަލާމުގެ ޖަވާބު މަލާކް ދިނެވެ.

“މަލާކް ބިރުނުގަނޭ. އަހަރެން މަލާކް މިތަނަށް މިގެނައީ ބިރުގަންނުވާކަށްނޫން. އަހަރެންނަކީ ރަންޔާާއެއްނޫން. އެކަމަކު ރަންޔާގެ ސިފައިގައި މަލާކް ގާތަށް މިއައީ މަލާކް އަހަރެންގެ އަސްލުސިފަދެކެ ބިރުގަނެފާނެތީ.” ހިނިތުންވެލައިފައި އެއަންހެންކުއްޖާ ވާހަކަދައްކަމުން ދިޔައެވެ. އެވާހަކަތައް އަޑުއިވި މަލާކްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“މާނައަކީ ތީ.. ތީ އިންސާާ..” މަލާކްގެ ވާާހަކަތައް މެދުކެނޑުނީ އެކުއްޖާ ވާހަކަދައްކަން ފެށުމުންނެވެ. “އާން. ތިހީވީ ހަމަ ރަނގަޅަށް. އަހަރެންމީ އިންސާނެއް ނޫން. މުސްލިމް ޖިންނިއެއް. ބީނިޝް.” ބީނިޝް އޭނާގެ ކުޑަ ތައާރަފެއް ދިނެވެ. މަލާކްގެ ދެލޯ އިހުނަށްވުރެ ބޮޑުވެގެން ދިޔައެވެ. ބިރުންގޮސް މީހާ ދާާހިއްލަންފެށިއެވެ.

“އަހަރެން މަލާކް މިތަނަށް މިގެނައީ ވަރަށް މުހިންމުު ވާހަކައެއް ދަށްކަން. އަނިޔާއެއް ދޭކަށް ނޫން. އެހެންވީމަ އަހަރެންދެކެ މަލާކް ބިރުނުގަނޭ. ފަހަތުގައި އެހުރި ގޮނޑީގައި މަލާކް އިނށީދެލާާ. އެއިރުން އަހަރެންގެ ވާހަކަތައް ފަށާނަން.” ފަހަތުގައި ހުރި ލަކުޑި ގޮނޑިއަކަށް އިޝާރާާތްކޮށްލަމުން ބީނިޝް ބުނެލިއެވެ.

މަލާކް ވަރަށް ހައިރާންވިއެވެ. އެގޮނޑިއަކީ ހަމަ ގައިމުވެސް އޭނާ އެތަނަށް އައި އިރު ހުރި ގޮނޑިއެއް ނޫނެވެ. ނަމަވެސް އެއްވެސް ދެކޮޅުހެދުމެއްނެތި މަޑުހިނގުމެއްގައި ގޮސް މަލާކް އެގޮނޑީގައި އިނށީނެވެ. އެއާއެކު ބީނިޝް އޭނާގެ ވާހަކަ ފެށިއެވެ.

“މަލާކް ހިތަށް އަރާނެދޯ އަހަރެންމީ ކާކުހޭ؟ އަހަރެން ރަންޔާ ދަންނަނީ ކިހިނެއްހޭ؟ މަލާކަށް އަބަދުވެސް އަހަރެން އެސިފައި ފެންނާތީ ސުވާލު އުފެދޭދޯ.” ބީނިޝްގެ ސުވާލުތަކަށް މަލާކް ބޯޖަހައިލިއެވެ.

“މަލާކްއާާ އެޑައިރީ ހަވާލުކުރީ އަހަރެން. މަލާކް އެޑައިރީ ކިޔައި ނުނިމެނީސް މިގޮތަށް ބައްދަލުކުރަން އަހަރެން ބޭނުންނުވީ. އެހެންވެ އެޑައިރީ ކިޔައި ނިމެންދެން މަޑުކުރީ. އަހަރެންނަކީ އެދުވަހު އެދަންތުރައިން ރަންޔާ ސަލާމަތްކޮށްދިން ކަޅު ބުޅާ. އަދި އޭގެފަހުން އަބަދުވެސް ރަންޔާއަށް ފެންނަ ބުޅަލަކީވެސް އަހަރެން. ރޭގައި މަލާާކަަށް ފެނުނު ހުރިހައި މަންޒަރަކީވެސް އަހަރެން މަލާކަށް ދެއްކި މަންޒަރުތަކެއް. އެއީ ހުވަފެނެއްނޫން. ހަގީގަތެއް.” މަލާާކާާ ދިމާއަށް އެނބުރެމުން ބީނިޝް ބުނި ވާާހަކަތަކުން މަލާކްގެ އަނގަ ހުޅުވިގެން ދިޔައެވެ. ގަބޫލުނުކުރެވިފައި ބަލަން މަލާކަށް އިނދެވުނީއެވެ.

“އާން މަލާކް. އަހަރެންމީ އެބުޅާ. އެދުވަހަށްފަހު އަހަރެން ވަރަށް ލޯބިވޭ ރަންޔާދެކެ. އަހަރެންގެ އަމިއްލަ ދައްތައެއް ފަދައިން. އެއީ ހިތްހެޔޮ ރަނގަޅު ކުއްޖެއް. އަހަރެންނަށްޓަކައި އޭނާ ކޮށްދިން ހެޔޮކަމުގެ ބަދަލުގައި އަހަރެންވެސް ކޮންމެވެސް ކަމެއް ކޮށްދެން ބޭނުންވި. އެކަމަކު ކުރާނެ ވަކި ކަމެއް ނުވިސްނުނު. އެހެންވެ އަބަދުވެސް ރަންޔާގެ ފާރަވެރިއެއްގެ ގޮތުގައި އޭނާގެ ފަސްފަހަތުން އުޅުނީ. ރަންޔާއަށް އަހަރެންގެ އެހީއެއް ބޭނުންވާގަޑީ އެހީވެވޭނީ އޭރުންކަމަށް ވާތީ. އައިދުން ރަންޔާއަށް ބަލާާ ނަޒަރުތަކެއް އަަހަރެންނަކަށް އެއްގޮތަކަށްވެސް ކަމަކުނުދިޔަ. އެބެލުމުގަ މަކަރުވެރިކަން ވާތީ އަހަރެން ދުށިން. އަހަރެން ހުއްޓަ އައިދުން ރަންޔާއަށް ވައިވެސް އެޅިލިޔަކަ އަހަރެން ނުދެން. އެގޮތަށް ދުވަސްތައް ފާއިތުވަމުން ދަނިކޮށް ކުއްލިއަކަށް އަހަރެންގެ މާމަ ވަރަށް ބޮޑަށް ބަލިވީ. އެހެންވެ އަހަރެންގެ އާއިލާ ޖެހުނީ މާމަގެ ބައްޔަށް ފަރުވާ ހޯދުމަށްޓަކައި ރާއްޖޭގެ އެންމެ އުތުރުގައި އޮތް ރަށަކަށް ދާާން. ރަންޔާއަށް އަހަރެން އެދުވަހު ނުފެނުނީ އެހެންވެ. ކަންދިމާކުރިގޮތުން އެހިތާމަވެރި ހާދިސާާވެސް ހިނގީ އެދުވަހުގެ ރޭ. އަހަރެން ކުޑަކޮށްވެސް ހީނުކުރަން އައިދުން ރަންޔާާ އެފަދަ ނުބައި ގޮތަކަށް މަރައިލާފާނެކަމަކަށް.” ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަމުން ބީނިޝް އިސްޖަހައިލިއެވެ.

ބުނާނެ އެއްޗެއް ނޭނގިފައި މަލާކްއަށް އިނދެވުނީއެވެ. ރޮމުންދިޔަ ބީނިޝް ފެނުމުން މަލާކްގެ ހިތަށްވެސް ތަދުވިއެވެ. އޭނާގެ ދެލޯ ކަރުނުން ފުރުނީ އައިދުން ރަންޔާ މަރައިލި މަންޒަރު ލޯކުރިމަތިން ސިފަވުމުންނެވެ.

“އަހަރެން އެނބުރި މިކޮޅަށް އައި އިރު އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިން ފަރާތް މިދުނިޔެއަކު ނެތް. އަހަރެންނަށް ރަންޔާ ސަލާމަތްކޮށެއް ނުދެވުނު. އެދުވަހަށްވުރެ ބޮޑަށް އަހަރެން ހިތާމަކުރި ދުވަހެއް އަދި ނާދޭ. އޭރު އައިދުންވެސް މިކޮޅުން ފުރައިގެން ގޮސްފި. އެދުވަހަށްފަހު އައިދުންގެ ފަރާތުން ބަދަލުހިފަން އަހަރެން ނިންމިން. ރަންޔާއަށް އިންސާފު ހޯދައިދޭން އަހަރެން ބޭނުންވީ. އައިދުން އެނބުރި މިކޮޅަށް ކޮންމެވެސް އެއްދުވަހަކުން އަންނާނެކަން އަހަރެންނަށް އެނގޭ. އަހަރެން އިންތިޒާރުކުރަމުން ދިޔައީ އެދުވަހަކަށް. އައިދުން އެނބުރި އައި އިރު އައީ މަލާކްވެސް ގޮވައިގެން. މަލާކްއަކީ އައިދުންގެ އަނބިމީހާކަން އެނގުމުން އަހަރެން ބޭނުންވީ މަލާކަށް ހުރިހައި ހަގީގަތެއް އަންގަން.” ސީދާ މަލާކްގެ މޫނަށް ބަލައިލަމުން ބީނިޝް ބުނެލިއެވެ.

“އެރޭ އެޕާޓީގައި ބައިވެރިވި އެހެން މީހުން އެހާާދިސާ ހިނގިއިރުު ވީކޮންތާކު؟” ކުޑަކޮށް ވިސްނައިލުމަށްފަހު މަލާކް އަހަލިއެވެ. މިހާރު މަލާކްވެސް ވަނީ ކޮންމެވެސް ވަރަކަށް ހަމަޖެހި ބިރުވެރިކަން އެހިތުން ފިލައިފައެވެ.

“އެރޭ ޕާޓީ ނިންމައިލައިފަ އެމީހުން ބޭނުންވީ ރަށުތެރޭގައި ހިނގާލަންދާން. އެކަމަކު އައިދުން ބޮލުގައި ރިއްސަނީއޭ ކިޔާފަ އެމީހުންނާ އެއްކޮށް ދާން ދެކޮޅު ހެދީ.” މަލާކްގެ ސުވާލަށް ބީނިޝް ޖަވާބުދިނެވެ.

“އެމީހުން ދިޔައިމަ އައިދުން ވަގުތުން އޭނާގެ ޕްލޭނާ އެއްގޮތަށް އަމަލުކުރަން ފެށީ. ސިޓިން ރޫމުގައި އިނށީދެލައިގެން އިން ރަންޔާ ގަދަކަމުން އެކޮޓަރިއަށް ގެންދިޔައީ. ރަންޔާގެ ހަޅޭކުގެ އަޑަށް އޭނާގެ ބައްޕަ ބަދިގެއިން ނުކުތްއިރު އެތަންފެނި އޭނާވެސް އައިދުންގެ ފަހަތުން ހަޅޭލަވަމުން ދިޔައީ. އެކަމަކު އައިދުންއަށް އެއިން އެއްވެސް އަޑެއް ނީވޭކަހަލަ. އަޅައިވެސް ނުލައި އޭނާގެ މަސައްކަތާއިވެެގެން ކުރިއަށް ދިޔައީ. ރަންޔާގެ ބައްޕަ އެދެމެދަށްވަދެ ރަންޔާ ސަލާމަތްކުރަން އުޅުމުން އައިދުން ގާތަށް އައި ރުޅިމަތީގައި އެކޮޓަރީގައި ހުރި ވާރސްއަކުން އޭނާގެ ބޮލުގައި ޖެހިޖެހީނުން ރަންޔާގެ ބައްޕަ ހޭނެތިގެން ހުރިތަނަށް ވެއްޓުނީ. އޭގެފަހުން ހިނގި އެއްވެސްކަމެއް އެނިކަމެތި ބައްޕައަކަށް ނޭނގޭނެ.” ބީނިޝްއަށް ރޮވުނެވެ. މަލާކަށް އިސްޖަހައިލެވުނީ އައިދުންގެ އަނިޔާވެރިކަން ހިތަށް އެރުމުންނެވެ. އެހެނަސް އެކަންކަން ގަބޫލުކުރަން އެހިތް ދެކޮޅުހަދަމުން ދިޔައީ އައިދުން ދެކެވާ ތެދުވެރިލޯބީގެ ސަބަބުންނެވެ.

“ރަންޔާ މަރައިލުމަށްފަހު އައިދުން އޭނާާ މިތާ ވަލުތެރޭގައި ވަޅުލީ. އަދި އޭނާގެ ޑައިރީވެސް މިދިމާާ ވަލުތެރެއަށް އެއްލައިލީ. އެނެގީ އަހަރެން. އެއްވެސް މީހަކު މިއިން އެއްވެސް ކަމެއް ނުދެނަހުރި. އެއީ މިހިސާބަކީ އާންމުކޮށް މީހުން ވަދެއުޅޭ ހިސާބަކަށް ނުވާތީ. ރަށުގެ ކޮންމެ މީހަކުވެސް ހީކުރަނީ އެރޭ ޕާޓީ ނިންމައިފައި ގެއަށް ދިޔަފަހުންކަމަށް ރަންޔާއާ އޭނާގެ ބައްޕަ ގެއްލުނީ.” ބީނިޝް އިތުރަށް ކިޔައިދިނެވެ.

މަލާކަށް ބޭއިޚުތިޔާރުގައި މޫނުމަތީ އަތްއެޅުމަށްފަހު ރޮއެގަނެވުނެވެ. އޭނާގެ އައިދުން އޭނާއަށް މިހައި ބޮޑު އޮޅުވައިލުމެއް އޮޅުވައިލާފާނެބާއެވެ؟ އޭނާ އަށް ދޮގުހަދައިފާނެބާާއެވެ؟ މަލާކަށް ދެފަރާތަށް ބޯހޫރުވެމުން ދިޔައީ ހިތަށް ކުރަމުންދިޔަ ފުންއަސަރެއްގެ ސަބަބުންނެވެ.

“ނޫން. އަހަރެންގެ އައިދު އެހާ ގޯހެއް ނުވާނެ.ނުވާނެ އެހައި ގޯހެއް. ނޫން ނޫން.” މަލާކަށް ހަޅޭލަވައި ގަނެވުނީ އެވާހަކަތައް ގަބޫލުކުރަން އުނދަގޫވީވަރުންނެވެ.

“އަހަރެންނަށް އެނގޭ މަލާކްއަށް މިކަންކަން ގަބޫލުކުރަން އުނދަގޫވާނެކަން. އެއީ މަލާކްގެ ލޯބިވާ ފިރިމީހާއަށްވީމަ. އެކަމަކު އަހަރެން ބުނީތީ މަލާކްއަށް ރޭގައި އެމަންޒަރުތައް ފެނުނު ކޮޓަރިއާ ތިގޭގައި ބޮޑު ތަޅެއްލައި ބަންދުކޮށްފައި ހުރި ކޮޓަރި ހުޅުވައި ބަލައިލަބަލަ. އޭރަށް ހުރިހައި ހަގީގަތެއް އެނގި ސާފުވާނެ. އައިދުންގެ އަސްލު ސިފަ ފެންނާނެ. އެދެކޮޓަރީގެ ތަޅުދަނޑި އައިދުން ގެންގުޅެނީ ވަރަށް ފޮރުވައިގެން. ތިކޮޓަރީގައި ހުރި ހެދުން އަޅާ އަލަމާރީގެ ތަޅުލައިފައި ހުރި ތިންވަތްގަނޑު ތެރެއިން މެދު ވަތްގަނޑުގައި އެދެކޮޓަރީގެ ތަޅުދަނޑި އޮންނާނެ. އެވަތްގަނޑުތަކުގެ ތަޅުދަނޑިވެސް އޮންނާނީ އައިދުން އަތު. ކޮންމެ ރެއަކު ނިދުމުގެ ކުރިން އައިދުން އެތަޅުދަނޑިފަތި އޭނާގެ އަންނައުނުތައް ދަށަށް ލާނެ ފޮރުވަން. އެތަޅުދަނޑިތައް ހޯދައިގެން އެދެކޮޓަރީގެ ހަގީގަތް ބަލާނީ ޚުދު މަލާކް. އަހަރެން މިކިޔައިދިނީ އެތަޅުދަނޑިތައް އޮންނާނެ ތަން. އަހަރެން ދެންދަނީ. މަލާކަށް ހުރިހައި ކަމެއް ގަބޫލުކުރެވުނު އިރަކުން އަހަރެން އެނބުރި މަލާކް ގާތަށް އަންނާނަން. ހީކުރަން މަލާކް ހަގީގަތް ހޯދަން މަސައްކަތްކުރާނެކަމަށް. ސަލާމް.” ފެންކަޅިވެފައި ހުރެ ބީނިޝް ވަލުތެރެއަށް ގޮސް ގެއްލުނެވެ.

ހުއްޓުންއަރައިފައި މަލާކަށް އިނދެވުނީއެވެ. ދެންހަދާނެ ގޮތަކާއިމެދުގައި ވިސްނާށެވެ. ބީނިޝްގެ ވާހަކަތަކަކީ ހަގީގަތެއްކަން އެނގުނު ނަމަވެސް އެހިތް އެކަން ގަބޫލުކުރަން ދެކޮޅުހަދަނީއެވެ. މަލާކަށް އޭނާގެ ބޮލުގައި ހިފަހައްޓައިލެވުނެވެ. އެހެނަސް ބީނިޝް އެބުނި ދެކޮޓަރިގެ ހަގީގަތް އޭނާ ހޯދާނެއެވެ.

އިންތަނުން ތެދުވުމަށްފަހު މަލާކް ގެއަށް ދިއުމަށް ހިނގައިގަތެވެ. ކުދިފިޔަވަޅުތަކެއް އަޅަމުން ގޮސް މަލާކް ގެއަށް ވަތްއިރު އެކަކުވެސް ފެންނާކަތްނެތެވެ. އައިދުން އަދި ގެއަށް ނާންނަނީކަން އެނގުމުން މަލާކް ދިޔައީ ކޮޓަރިއަށެވެ. ބޮލަށް ލިބިފައިވާ ބަރުކަމާއެކު ފެންވަރައިލަން ގަސްތުކޮށެވެ.

* * *

ކޮޓަރިއަށް ވަތް އައިދުންގެ މޫނަށް މަލާކް ބަލަމުންދިޔައީ ހިތާމަވެރި ގޮތަކަށެވެ. އޭނާގެ ފިރިމީހާއަކީ ގާތިލެއްކަމަށް ގަބޫލުކުރަން އަދިވެސް އެހިތް ދެކޮޅުހަދަމުން ދިޔައެވެ.

އައިދުންއަށް ގެއަށް އާދެވުނީ ރޭގަނޑުވެސް ވީފަހުންކަމަށް ވާތީ އޭނާހުރީ ވަރަށް ހައި ވެފައެވެ. މަލާކް ގާތު ކާންދާން ބުނުމުން ބޮލުގައި ރިއްސަނީކަމަށްބުނެ އޮށޯވެލީއެވެ. އެހެންކަމުން އައިދުން އެކަނި ގޮސް ކައިގެން އައި އިރު މަލާކްއަށްވަނީ ނިދިފައެވެ.

މަލާކަށް ބަލައިލުމަށްފަހު އައިދުން އޭނާގެ ޖީބުގައި އޮތް ތަޅުދަނޑިފަތި ނަގައި އޭނާގެ އަންނައުނުތަކުގެ ދަށަށްލައި ރަނގަޅަށް ފޮރުވައިލިއެވެ. އަދި ތުވާލި ހިފައިގެން ފެންވަރައިލުމުގެ ނިޔަތުގައި ފާޚާނާއަށް ވަނެވެ.

ސިއްރު ސިއްރުން މިތަން ބަލަން އޮތް މަލާކް އަވަސް އަވަހަށް ތެދުވެގެން ގޮސް އެތަޅުދަނޑިފަތި ނެގިއެވެ. ތުުރުތުރުއަޅައަޅައި އޮތް އަތުން އަލަމާރީގެ ތަޅުލަައިފައިވާ ވަތްގަނޑުތަކުގެ ތެރެއިން މެދަށްހުރި ވަތްގަނޑު ހުޅުވައިލިއެވެ. އެވަތްގަނޑުވަނީ އެކިކަހަލަ ފޮތްތައް އަޅައި ފުރައިލައިފައެވެ.

ފާޚާނާއާ ދިމާއަށް ބަލައިލުމަށްފަހު އަވަސް ހަރަކާތަކާއެކު މަލާކް އެފޮތްތައް ހާވަންފެށިއެވެ. މާބޮޑު އުނދަގުލަކާއި ނުލައި މަލާކްއަށް ވަކިން އޮތް ދެތަޅުދަނޑި ފެނުނެވެ. އަވަހަށް އެދެތަޅުދަނޑި ނެގުމަށްފަހު އެވަތްގަނޑު ތަޅުލައި އައިދުންގެ ތަޅުދަނޑިފައި އޭތި އޮތްތަނުގައި ބާވައިލިއެވެ.

މަޑުމަޑުން ހިނގައިފައިގޮސް މަލާކް އޭނާގެ ބާލީސް ދަށަށް އެދެތަޅުދަނޑި ލައި ފޮރުވައިލިއެވެ. އަދި އައިދުން ނުކުންނަންވާއިރަށް ދެލޯމަރައި ނިދާކަމަށް ހެދުނެވެ.

ފެންވަރައިގެން ނުކުތް އައިދުން ހަރުގަނޑުގައި ތުވާލި އަޅުވައިލުމަށްފަހު އައިސް މަލާކް ގާތުގައި އޮށޯވެ ދެލޯމަރައިލިއެވެ. ވެފައިވާ ވަރުބައްޔާއެކު ގިނައިރުތަކެއްނުވެ އައިދުންއަށް ނިދިއްޖެއެވެ.

އައިދުން ނިދިކަން ޔަގީންވުމާއެކު މަލާކް އޮތްތަނުން ތެދުވިއެވެ. އައިދުންގެ މޫނަށް ބަލައިލުމަށްފަހު އެނދުން ފައިބައި ނިދާހެދުމުގެ މަތިން ލޭސް ޖެކެޓްކޮޅު ލިއެވެ. އަދި ވީހައިވެެސް މަޑުން ދޮރުހުޅުވައިލުމަށްފަހު ބޭރަށް ނުކުތެވެ.

ދެފަރާތް ހޯދައިލުމަށްފަހު މަލާކް އެކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އިރުއިރުކޮޅާ ފަހަތް ބަލައިލެވެނީ މީހަކަށް ފެނިދާނެއޭ ހީވާވަރުންނެވެ. ކޮޓަރީގެ ދޮރުމަތީގައި ހުއްޓިލުމަށްފަހު މަލާކް ތަޅުހުޅުވަން މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް ތުރުތުރު އަޅަމުންދިޔަ އަތުގެ ސަބަބުން އެކަންވީ އުނދަގޫކަމަކަށެވެ.

ވަރަށް ހާލުން ކޮޓަރީގެ ތަޅު މަލާކަށް ހުޅުވުނެވެ. ދެފަރާތް ބަލއިލުމަށްފަހު މަޑުމަޑުން މަލާކް ދޮރުހުޅިވައިލިއެވެ. ކަނުއަނދިރިކަން ރަސްކަންކުރަމުން ދިޔަ ކޮޓަރީގެ ތެރެއަށްވަދެ މަލާކް ދޮރުޖަހައިލިއެވެ. އަދި ފޯނުގެ އެހީގައި ފާރުގައި ހަރުކޮށްފައި ހުރި ސުވިޗް ބޯޑު ހޯދައިލިއެވެ.

އަވަސްވެފައިވާ ހިތަކާއެކު މަލާކް އެތަނުން ސުވިޗަކަށް އޮބައިލިއެވެ. އެއާއެކު އަލިވެގެންދިޔަ ކޮޓަރީގެ ތެރެއަށް މަލާކަށް ނަޒަރުހިންގައި ލެވުނެވެ. މަލާކް ބޮލަށް އެނބުރުން ނޭރީ ކިރިޔާއެވެ. ކައިރީގައި ހުރި ގޮނޑީގައި އަވަސް އަވަހަށް މަލާކަށް އިނށީދެލެވުނެވެ.

ބީނިޝްގެ ވާހަކައިގެ ތެދުކަން މިކޮޓަރިން އެކަނިވެސް އެނގި ހާމަވެގެން ގޮސްފިއެވެ. ކުރިން ރޭގައި މަލާކަށް ފެނުނު މަންޒަރުތައް އެއީ ހަގީގަތެއްކަން މަލާކަށް ވިސްނުނެވެ.

ކޮޓަރީގެ ކޮންމެ ތަނެއްވެސް ވަނީ މަލާކްއަށް އެމަންޒަރުތަކުން ސިފަވިގޮތަށެވެ. އެއްވެސް ތަފާތެއް ނެތެވެ. ކޮޓަރީގެ ތަޅުމުގައިވަނީ ހަމަ އެކާޕެޓެވެ. އެ އެނދެވެ. ކުޑަދޮރުކައިރީގައިވެސް އެލަކުޑި މޭޒު ހުރިގޮތަށް ހުއްޓެވެ. މަލާކަށް ގިސްލަ ގިސްލާފައި ރޮވެންފެށުނެވެ. އައިދުން އޭނާއަށް އެހެދީ ކިހައި ބޮޑު ދޮގެއްހެއްޔެވެ. އައިދުން ބުނި ގޮތުގައި އެކޮޓަރިއަކީ ސްޓޯރޫމެކެވެ. ނަމަވެސް އެއީ ދޮގެއްކަން މިރޭ މަލާކަށް އެނގި ހާމަަވެއްޖެއެވެ. ބީނިޝް ބުނިފަދައިން އައިދުންގެ ހަގީގީ ސިފަ މިރޭ މަލާކަށް ފެނިއްޖެއެވެ. އެއީ ގާތިލެކެވެ. ކުށެއްނެތް ނިކަމެތި އަންހެންކުއްޖެއްގެ ގާާތިލެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

RedHand by Shabab
Previous

ރެޑް ހޭންޑް – 02

Next

އިންތިޒާރު ކުރި ލޯބި (15)

Next
October 20, 2017

އިންތިޒާރު ކުރި ލޯބި (15)

Previews
October 20, 2017

ރެޑް ހޭންޑް – 02

RedHand by Shabab

57 Comments!

  1. I_far says:
    October 20, 2017 at 2:05 pm

    Thank you kiyaahithun indha kiyaalan libunyma. Nuves kiyaa mi comment kolly

    1. Naufa says:
      October 20, 2017 at 2:08 pm

      Wlcm and Thanks dear.. ?

  2. Naufa says:
    October 20, 2017 at 2:07 pm

    Assalaam alaikum all.. Hope u all will like this part too.. If there is a mistake let me knw.. I knw this part is lil bit shrt.. Thats cox mirey adhi in sha allah one part genesdheynan.. Ehnve.. Hv a nice day.. Ly all.. ?❤

  3. reader says:
    October 20, 2017 at 2:11 pm

    Ey. V reethi dhen vaany kihineh baa?

    1. Naufa says:
      October 20, 2017 at 2:14 pm

      Thank u.. Lets see?

  4. You says:
    October 20, 2017 at 2:16 pm

    Yaa me 1st nice

    1. Naufa says:
      October 20, 2017 at 2:19 pm

      Thank u.. ?

  5. I_far says:
    October 20, 2017 at 2:19 pm

    V reethi.

    1. Naufa says:
      October 20, 2017 at 2:19 pm

      Thank u dear ?

  6. Aiminath juveydha says:
    October 20, 2017 at 2:29 pm

    varah varah reethi.. Thanks avahah up kohdhineema….

    1. Naufa says:
      October 20, 2017 at 2:36 pm

      Thank u?

  7. Lil says:
    October 20, 2017 at 2:29 pm

    Wow.. warah reethi?❤

    1. Naufa says:
      October 20, 2017 at 2:37 pm

      Thanks lil?❤

  8. Anonymous says:
    October 20, 2017 at 3:01 pm

    varah reethi

    1. Naufa says:
      October 20, 2017 at 3:04 pm

      Thank u?

  9. unaal says:
    October 20, 2017 at 3:05 pm

    vrh vrh reethi ..finally aidhun ge dark seceret bust v

    1. unaal says:
      October 20, 2017 at 3:07 pm

      i mean his dark side .. good job nau
      ure the best

    2. Naufa says:
      October 20, 2017 at 3:10 pm

      Thank u soo much dear.. Ya dhw.. ?

  10. khajja says:
    October 20, 2017 at 3:13 pm

    Ohhh??? masha allah stry v v habeys ?? beenish dhen malaa himaayaiykoh dhechchey e nubai gaathilge kibain malaa salaamaiy vaan dhen plx ly too dear??❤❤???????????

    1. Naufa says:
      October 20, 2017 at 3:22 pm

      Thanks khajja.. ?❤?

  11. Lam says:
    October 20, 2017 at 3:18 pm

    Vvv reethi….haha poor aidhun….

    1. Naufa says:
      October 20, 2017 at 3:23 pm

      Thanks lam?

  12. Naape says:
    October 20, 2017 at 3:26 pm

    Varah varah reethi… proud of you ?❤️️ LY

    1. Naufa says:
      October 20, 2017 at 4:45 pm

      Thank u soo much naape.. ?❤

  13. Yalun says:
    October 20, 2017 at 3:30 pm

    Wow❤

    1. Naufa says:
      October 20, 2017 at 3:37 pm

      Thanks yalun❤

  14. Hudher says:
    October 20, 2017 at 3:32 pm

    Varh salhi❤?? mireyga vx up koh dheythi… plx?

    1. Naufa says:
      October 20, 2017 at 3:38 pm

      Thanks hudher❤.. Ya in sha allah tnyt adhi one part genesdheynan?

  15. Ilha says:
    October 20, 2017 at 3:34 pm

    V reethi.

    1. Naufa says:
      October 20, 2017 at 3:38 pm

      Thanks dear?

  16. Jaja says:
    October 20, 2017 at 3:47 pm

    Amf lmao kys black b*tch

  17. zaam says:
    October 20, 2017 at 3:58 pm

    vvvvvvv rythi mi part ves…v kiyaahithun indhaa mi part animuny ves…….

    1. Naufa says:
      October 20, 2017 at 4:08 pm

      Thanks zaam.. ?

  18. NAAZ says:
    October 20, 2017 at 4:04 pm

    Aidhun aee insaanehtha.?v rulhiaadhey ekahala firihenundheke anhenaku fennairah moyavaane….v vvvv reethi mivaahaka next part vx avaskoh genasdhehcheyyy…..?❤️

    1. Naufa says:
      October 20, 2017 at 4:10 pm

      Thanks naaz.. Ya in sha allah tnyt genesdheynan.. ?❤

  19. kail says:
    October 20, 2017 at 4:20 pm

    nau story vrh reeti waiting…..waiting….

    1. Naufa says:
      October 20, 2017 at 4:23 pm

      Thanks kail.. Dont have to wait that much this tym in sha allah.. Hehe.. Next part tnyt..?

  20. kail says:
    October 20, 2017 at 4:21 pm

    poor aidhun
    beenish ah goodluck

  21. mamee says:
    October 20, 2017 at 4:27 pm

    vvvv reethi mi baeves ekdham best n best..????????????????????????????????????aharen vvvvv b ufaavy magy best friend ah thihaareethikoh vaahakaliyan engythee.??

    1. Naufa says:
      October 20, 2017 at 4:46 pm

      Thank u sooooooo much mamee.. Ly????❤❤❤❤?

  22. Hana says:
    October 20, 2017 at 5:38 pm

    Alhey v reethi.. mihaa reethi vaahaka eh adhi nukiyan.. . Dhenn anna bayah inthizaaru khllan❤❤

    1. Naufa says:
      October 20, 2017 at 6:29 pm

      Thanks hana.. ❤

  23. Yaania? says:
    October 20, 2017 at 6:09 pm

    Masha Allah.. varah reethi.. best of luck naufa..?????

    1. Naufa says:
      October 20, 2017 at 7:53 pm

      Thanks dear❤?

  24. curious says:
    October 20, 2017 at 6:12 pm

    nau i have a question…..beenish maama balibegen uthuru ge rashakah gossa huriyaamun e room there higi kanthah beenish ah egunee kaaku kiyadeegen tha? aidhun kiyaadhineetha …..

    1. Naufa says:
      October 20, 2017 at 6:36 pm

      Nooney.. Thi suvaaluge javaabu ves adhi libeyne.. Story therein.. Wait kohla..?

  25. Aakkyy says:
    October 20, 2017 at 8:18 pm

    Kyvveba ranya ge dad beenish salaamai nukury. Dark room therein.

    1. Naufa says:
      October 20, 2017 at 9:17 pm

      U will knw everythn dhn huri parts thakun.. Kyp waiting..?

  26. SJK says:
    October 20, 2017 at 8:40 pm

    Omg. Aidhun busted. Heyy this part is fantastic ingey. V salhi. Nau dhaskohdhehchey thihaa molhah Vaahaka liyan?? keep it up dear. Eagerly waiting for the next part.. ? ly

    1. Naufa says:
      October 20, 2017 at 9:18 pm

      Thank u sooooo much sjk.. Ya in sha allah.. Hehe.. If u nyd any help let me knw.. Ly too dear.. ?❤

  27. kiaara says:
    October 20, 2017 at 8:51 pm

    Nau . Story is awsome .eagerly waiting for the next part . And yeah can we be friends? .i wanna be friends with you .

    1. Naufa says:
      October 21, 2017 at 6:24 am

      Thanks sooo much dear.. Ya ofcourx we can be friends..?

  28. Aakkyy says:
    October 20, 2017 at 9:52 pm

    Konirakun story up vaany

    1. Naufa says:
      October 20, 2017 at 10:05 pm

      Nw miulheny up kuran.. ?

  29. Azu says:
    October 20, 2017 at 11:08 pm

    Wow nice story by the way ❤️

    1. Naufa says:
      October 20, 2017 at 11:16 pm

      Thanks azu❤?

  30. fathimath ismail says:
    October 29, 2017 at 12:19 pm

    fathun nah v reethi mi vaahaka. Mi vareh neith

Comments are closed.

Next Episodeހަވޭލީ (12)←


All Right Reserved!