Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރުން މިހިތާ ކުޅެނީހޭ (ތިންވަނަބައި)

Pinkish Level 6100 Comments10 Stories100 Login500 Comments
October 21, 2017 9 Mins Read
57 Comments

ސިޓިންގްރޫމް ސޯފާގައި ފިރިހެނަކާ ތަތްވެގަނެގެން އިށީއިދެ އިން ނަޝްވާ އަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނީ މިކްޔަން ފެނުނީމައެވެ.

“ޔަން. މީ މީ ކަޒިން އެއް. ނަޒީހް” އަޅައަޅައިގަންނަމުން ނަމަވެސް ނަޝްވާ ފުރިހަމަ ކޮށްލިއެވެ. “ނަޝް ނުބުނެ ކަންނޭގެ ނަޒީހް އެއްގެ ވާހަކައެއް” މިކްޔަން ހުރިގޮތަށް ހުރެ ބުނެލިއެވެ.

“ދެން ޔަން ތިބުނަނީ އަހަރެން މިހަދަނީ ދޮގޭތަ؟ ޓްރަސްޓެއް ނުކުރަންދޮ؟” ނަޝްވާ މޫނުމައްޗަށް ހިތާމައިގެ ކުލަވަރު ގެނުމަށްފަހު ވާހަކަ ދެއްކިއެވެ. ސޯފާގެ އިން ނަޒީހްގެ މޫނުމަތީ ދުވެލީ ވިހަ ހިނިތުންވުމެކެވެ.

“އެހެންނެއް ނޫނޭ ނަޝް. ސޮރީ. ނޭގޭތީ އެހުނީ. ހާއި. މިކްޔަން” މިކްޔަން ކުރިއަށް ހިނގާގަނެ ނަޒީހް އަށް ސަލާމަށް އަތްދިއްކޮށްލިއެވެ.

“ވަރަށް ރަނގަޅަށް އިނގޭ” ސޯފާ އިންތެދުވެ ނަފްރަތުގެ ބެލުމަކުން މިކްޔަންއަށް ބަލަންހުރެ އެއަތުގައި ނަޒީހް ހިފާލިއެވެ. “ތިބުނީ؟” ނަޒީހްގެ ލޮލުގައި ހުރި ނަފްރަތުކަން މިކްޔަން އަށް ފެނުނު ނަމަވެސް އެކަމާ އަޅައިނުލައި ސުވާލުކޮށްލިއެވެ.

ނަޒީހް ހިނިގަނޑެއް ޖަހާލިއެވެ. “މިބުނީ ނަޝް މިކްޔަން ގެ ވާހަކަ އަބަދު ދައްކާތީ. ފޮޓޯ ވެސް ފެނިފަހުރީތީ. އޯކޭ އަހަރެން ގޮސްލީއޭ. ވަރަށް އަވަހަށް އަދިވެސް ބައްދަލުވާނެ” ނަޒީހް މިހެން ބުނެ އެތަނުން ނިކުމެގެން ދިޔައެވެ.

“ސޮރީ ނަޝް. ދެން އެހެން ނުވާނެ”
“ހިނގާ އަހަރެން ގޮވައިގެން ބޭރަށް އޭރުން” ތުއިކަމާއެކީ ނަޝްވާ އަވަސް އަވަހަށް ބުނެލިއެވެ. “ކޮބާ މާމަ؟ ބައްދަލުކޮށްލައިގެންނު ދާނީ” މިކްޔަން މިހެންބުނުމުން ނަޝްވާގެ މޫނުމަތިން ދާހިއްލަން ފެށީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ މާމަ ޑޮކްޓަރ އަށް ދައްކަން އިންޑިއާ އަށް ދިޔަފަހުން މިހާރު މަހަކަށްވުރެ ގިނަދުވަސް ވެދާނެ ވިއްޔާއެވެ.

“މީ. ނިދިފަ އޮތީ. މިއަދު ބޮލުގަ ރިއްސާތީ. ދައްތަ ވެއްޖެ އޭ މާމަ ކައިރި. ދެން ހިނގާބަ އަވަހަށް. އެހެންދުވަހަކުން މީޓް ކޮށްދޭނަމޭ” މިކްޔަން ގެ އަތަށް ދަމަމުން ނަޝްވާ އަވަސް އަވަހަށް ބުނެލިއެވެ. މިކްޔަން ބޯހޫރުވާލުމަށްފަހު ނަޝްވާއާ އެކީ ނިކުމެގެންދިޔައެވެ.

****

މިއަދު ކްލާސް ތަންކޮޅެއް ލަހުން ނިމުމުގެ ސަބަބުން ލާރާ އަށް ގެއަށް ދާން ނިކުމެވުނު އިރު ހުރީ ރޭގަނޑު އަށެއް ވެސް ޖަހާފައެވެ. ކޮލެޖް އިން ނިކުންތަނާހެން ލާރާގެ ލޮލުގައި އަޅައިގަތީ ޕާކުކޮށްފައި ހުރި ޒާއިންގެ ސައިކަލެވެ. މި ކޮންމެހެންވެސް ޒާއިން އަށް ހަވާލުކުރަން ޖެހޭނެއެވެ. މިހާރުވެސް ޕޮލިހަށް ރިޕޯޓް ނުކުރާކަމެއް ނޭނގެއެވެ.

ލާރާ ވިސްނީ އެ ޒާއިން އަށް ހަވާލުކުރާނެ ގޮތަކާމެދުއެވެ. އޭނާއަށް ޒާއިންގެ ނަން ނޫން އެއްޗެއްވެސް އިނގެނީކީ ނޫން ވިއްޔާއެވެ. އޭނަ ގެއަށްވެސް ދާން ބޭނުމީ މި މުސީބާތުން ސަލާމަތްވެގެންނެވެ. ލާރާ އިރުކޮޅަކުވިސްނަން ހުރުމަށްފަހު ކުއްލިއަކަށް ހަނދާންވީ އައިސްކްރީމް އުނގުޅިދުވަހު ޒާއިން ކައިރި ހުރިމީހަ މަތިންނެވެ. ޔާނާގެ ފަރާތުން އެއަކީ އޭޑީކޭގައި މަސައްކަތްކުރާ މީހެއްކަން ލާރާއަށް ވަނީ އިނގިފައެވެ. އެހެންކަމުން ލާރާ މިސްރާބުޖެހީ އޭޑީކޭ އަށް ދިޔުމަށެވެ.

****

“ދަރިފުޅާ ކޮއްކޮ ހާދަ ލަސްވެއްޖޭ” އާޝިއާ އާއެކީ ސިޓިންގްރޫމްއަށް ނިކުމެގެން އައި ޒިޔާދު ވާހަކަ ދެއްކީ ޓީވީ ބަލަން އިން ޔާނާއާއެވެ. “ޔާ ޑޭޑް. ބުނި މިރޭ ލަސްވާނެ ވާހަކަ. ކްލާސް ތަންކޮޅެއް ލަހުންނޯ ނިމޭނީ. ދޭބަލަ ޑޭޑް އާ މާމައާ ކާން. އަޅުގަނޑު ހުންނާނަން ކޮއްކޮ އަންނަންދެން” ޓީވީ އިން ނަޒަރު ވަކި ކޮށްލަމުން ޔާނާ ހިނިތުންވުމާއެކީ ބުނެލިއެވެ. “ކާތި ހަނދާންކޮށް އިނގޭ” ޒިޔާދު މިހެން ބުނެ ކާމޭޒާ ދިމާލަށް ހިނގައިގަތެވެ.

ޒިޔާދުމެން ދިޔުމުން ޔާނާ ފޯނަށް ބަލާލިއެވެ. ލަަރާ ބުނިގޮތުން ވިއްޔާ 8 ޖަހާއިރު ކްލާސް ނިމޭނޭއެވެ. މިހާރު އެހެރަގޮސް 8 30 ވީވިއްޔާއެވެ. ކުއްލިއަކަށް ފޯނު ރިންގްވާން ފެށުމުން ޔާނާ ބަލާލިއިރު ގުޅަނީ ލާރާއެވެ. ވަގުތުން ޔާނާ ފޯނު ނަގާވާހަކަ ދައްކަން ފެށިއެވެ.

“ހަލޯ. ކޮއްކޯ 8 ގަ ނިމޭނޭ ކިޔާފަ. ނުނިމެނީތަ އަދިވެސް؟” “ދޮންތާ. ކަމަކާ ލައިގަތީއޭ. އެއްކަލަ ދުވަހު ދޮންތައަށް ކަމުދިޔަ އޭނުން މީހެއް. ޒާއިން ކައިރި ހުރި. އެމީހައަށް ކިޔަނީ ކޮންނަމެއްކަން ބުނެބަލަ” ލާރާ ވާހަކަ ދެއްކީ ވަރަށް އަވަހަށެވެ. “ވަޓް. ކީއްކުރަން އެޔެެއްބަލަނީ. ކީއްކިރަން ތިއުޅެނީ.” ޔާނާއަށް ވާހަކަ ދެއްކުނީވެސް ވަރަށް ބާރަށެވެ.

“ދަރިފުޅާ ކީއްވީ” ޒިޔާދު ގޮވާލިއަޑު އިވުމުން ޔާނާ ވަގުތުން ކަމެއްނުވެޔޭ ބުނެލިއެވެ.

“ސާބަސް. ކަމެއް ކުރާކަށް ނޫޅެމޭ. ގެއަށްގޮސް ބުނާނަމޭ ދެން. ބުނެބަލަ އަވަސް އަވަސް.” “މިކްޔަން” ޔާނާ މިހެން ބުނުމުން ލާރާ ވަރަށް އަވަހަށް ގެއަށް ދާނަމޭ ކިޔާ ފޯނު ކަނޑާލިއެވެ.

****

ކާމިޔާބީގެ ހިނިތުންވުމެއް ވެރިކުރުމަށްފަހު ލާރާ ރިޝެޕްސަން ގަ އިންނަ ކުއްޖާ ކައިރިއަށް ހިނގައިގަތެވެ. އެތަށް ވާހަކައެއް ދައްކައިގެން މިކްޔަންގެ ނަންބަރ ލާރާ އަށް އެކުއްޖާ ދިނެވެ. ހޮސްޕިޓަލް އިން ނިކުންނަމުން ލާރާ ލަސްނުކޮށް އެނަންބަރަށް ގުޅާލިއެވެ.

****

“މީ ކާކު” ހުޅުމާލެ އަތިރި މަތީގައި ނަޝްވާ ކައިރި އިށީއިނދެ އިން މިކްޔަން ފޯނަށް ބަލަމުން ބުނެލިއެވެ. “ތި ނަގާބަލަ. ދަންނަ މީހަކަށްވެސް ވެދާނެ” ނަޝްވާ މިހެން ބުނުމުން އިތުރުވިސްނުމަކަށް ނުގޮސް މިކްޔަން ފޯނު ނަގާ ހަލޯ އޭ ބުނެލިއެވެ.

“މީ ޒާއިންގެ އެއްޗެއް އަހަރެން އަތުގައި އޮތުމުން. އެހަވާލު ކޮށްލަން ވެގެން.” ލާރާ އަށް ބުނާނެ އެއްޗެއް ނުވިސްނުމުން އެއްމެ ފަހުން ބުނެލިއެވެ. “އޯކޭ އެކަމް މި ޒާއިން އެއް ނޫން” މިކްޔަން ވެސް ބުނެލިއެވެ. “އާން އިގެޔޭ. އަސްލު މިގުޅީ ޒާއިންގެ ނަންބަރު ދޭށޭބުނަން.” “ތި ކޮންކުއްޖެއްކަން ބުނޭ. އޭރުން ފަހަރެއްގަ ދެވިދާނެ.” މިކްޔަން އެހެން ގުޅާލާ މީހަކަށް ނަންބަރު ނުދެންވެގެން ބުނެލިއެވެ. “މީ ލާރާ. އައިސްކްރީމް” ލާރާ މިހެން ބުނީ މިކްޔަން އަށް މިހެން ބުނުމުން އިނގޭނެ ކަމަށް އުއްމީދު ކޮށްގެންނެވެ.

މިކްޔަން އަށް ނޭފަތުގައި ހިފަހައްޓާލެވުނީ ހިނިގަނޑު ހިފެހެއްޓުމަށެވެ. “ހޫމް އިނގިއްޖެ. އެކަމް ޒާއިންގެ އެއްޗެއް ލާރާ އަތުގައޭ ބުނީމަ ހައިރާންވަނީ. ހެހެ” މިކްޔަން މިހެންބުނުމުން ލާރާ ތުން ދެކޮޅަށް ހަލުވާލިއެވެ. “އެކަމް ހަމަ އަސްލުވެސް އޮތީމަ” “އޯކޭ އޯކޭ. އެބަ މެސެޖަކުން ފޮނުވަން” މިކްޔަން މިހެން ބުނުމުން ލާރާ ވަގުތުން އޯކޭ އޭ ކިޔާ ފޯނު ބޭއްވިއެވެ. އިރުކޮޅެއްނުވެ މިކްޔަން ޒާއިންގެ ނަންބަރު ފޮނުވާލިއެވެ.

****

“ކާކު އެ؟” ނަޝްވާ ބުނެލިއެވެ. “އެއަކީ އޭނު ކުއްޖަކީ ހެހެހެ” މިކްޔަން އެހެން ބުނެ ޒާއިން އާ ލާރާއާ އުޅުނުގޮތް ކިޔާދިނެވެ. “އަދި އުޅޭނެ ފާޑެއްގެ ޑޯލް އެއް. މަޖާ މީހެއްއެ. ޔާނާއެކޯ. އަބަދު ބަލަހައްޓައިގެން ހުންނާނީ.” މިކްޔަން މިހެން ބުނުމުން ނަޝްވާގެ ހިތުގައި ހަސަދަވެރިކަމުގެ ރާޅުބާންޏެއް ދައުރު ކޮށްލިފަދައެވެ. “ތި ޔާނާއަކާ ދުރުގަ އުޅޭތި. އެއުޅެނީ މިކްޔަން އަށް ހިތާވެގެން” “އަހަރެން އަސްލު އޭނާދެކެ ފޫހިވެޔޭ. ފޮނި ފޮނި ކުރު ހެދުން ލަނީވެސް. އަހަރެން ނަޝްއަކަށް ދެރައެއްނުދޭނަމޭ. އައި ލަވް ޔޫ” ނަޝްވާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން މިކްޔަން ވާހަކަ ދެއްކިއެވެ. “އަދި 5 މަސް” ނަޝްވާގެ ހިތުން ބުނެލިއެވެ. އެއާއެކު ވިހަ ހިނިތުންވުމަކާއެކު މިކްޔަންގެ ގައިގަ ބައްދާލިއެވެ.
“ހިނގާ ދާން. މިހާރު މަންމަ ހޯދާނެ އަހަރެން” މިކްޔަން މިހެން ބުނެ ނަޝްވާ އަތުގަ ހިފާ ތެދުވެ ނަޝްވާ ގެއަށްލުމަށް ހިނގާގަތެވެ.

****

އެނދުގައި އޮތް ޒާއިން އޮތީ ހަމަޖެހިލައިގެން ލެޕްޓޮޕާ ކުޅޭށެވެ. ކިތައްމެ ފަހަރަކު ސައިކަލު ހޯދަން ދާން ހިތަށް އެރިޔަސް އެ ހޯދަން ނޫޅުނަސް ލިބޭނޭ ހިތަށްއަރަނީއެވެ. ޒާއިންއަށް ލެޕްޓޮޕް އިން ނަޒަރު ވަކިކޮށްލަން ޖެހުނީ ފޯނަށް މެސެޖެއް އައުމުންނެވެ. ނުދަންނަ ނަންބަރަކުންނެވެ.

“ސައިކަލު ބޭނުން ވިއްޔާ މިވަގުތު އަހަރެންގެ ކާރު ޕާކު ކުރި ތަނަށް އާދޭ” މެސެޖް ކިޔާލުމުން ޒާއިން އަށް އެއަކީ އެއްކަލަ ކުއްޖަކަން އިނގުނެވެ. ޔަގީންކޮށްލުމަށްޓަކާ “އަންހެނާ؟ ކިހިނެއް ނަންބަރު ހޯދީ؟” މިހެން ޖަހާ ރިޕްލައި ކޮށްލިއެވެ. އިރުކޮޅެއްނުވެ މެސެޖެއް އައެވެ. “މާ ލަސްވަންދެން އަހަންނެއް ނުހުންނާނަން މިތާ ހެވިފައެެއް. 10 މިނެޓް ތެރޭ އާދޭ” ޒާއިން ރުޅި އައިއްސަ ހުންނަ ފޭސް ތަކެއް ފޮނުވާލުމަށް ފަހު ޓީ ޝާޓެއް ބޮލަށް މަހާލިއެވެ. އެއަށްފަހު ނިކުމެގެން ދިޔައެވެ.

****

ލާރާ ހުރީ ޒާއިންގެ އިންތިޒާރުގައެވެ. މާލަހެއްނުވެ ޒާއިން އަންނަތަން ފެނުމުން ލާރާ ކުރިއަށް ޖެހިލިއެވެ. އެއަށްފަހު މިއޮތީ އޭ ކިޔާ ސައިކަލު ތަޅުދަނޑި ދިއްކޮށްލިއެވެ. ޒާއިން އެއްޗެކޭ ނުބުނެ ސައިކަލަށް އެރިއެވެ. ލާރާއަށް އެގޮތެއް ކަަމަކު ނުދިޔައެވެ. “ސޮރީ. އެހެނޭ ވާނީ. ތަންނުދެއްކީމަ” ލާރާ މިހެން ބުނުމުންވެސް ޒާއިން އެއްޗެކޭ ނުބުންޏެވެ. ލާރާ ސައިކަލު ކައިރިއަށް ދިޔައެވެ. “އަހަންނަށް ހެޔޮ އިގޭ ވާހަކަ ނުދެއްކިޔަސް. ސޮރީއޭ ބުނިކަން އޮންނާނެ.” ލާރާ މިހެން ބުނެލިތަނާހެން ޒާއިން އަތުގައި އޮތް ފެންކޮތަޅެއް ލާރާގެ ބޮލަށް ޖެހިޔެވެ. ލާރާ އަށް އެ ނުވެސް ފެނުނެވެ. “ހަހަހަހަހަ” ޒާއިން ބާރަކަށް ހެމުން ސައިކަލު ދުއްވާލިއެވެ. މިއޮއްހާއިރު ދެއަތް ދުރުކޮށް އަނގަފާޑަކަށް ހުޅުވައިގެން ހުރި ލާރާ އަށް ގޮތެއް ހަދާލަންވެސް އިގުނީ ޒާއިން ދިޔުމުންނެވެ. “ވަޓް ދަ ހެލްލްލްލް” ލާރާ އަޑުގެ ނެއްތަނަށް ހަޅޭލަވާގަނެފައި ފުންމަން ފެށިއެވެ.

*****

ސޯފާއިގަ އޮށޯވެގެން އޮތް ޔާނާ އޮތީ ފޫހިވެފައެވެ. އަދިވެސް ލާރާ އައީކީނޫނެވެ. ޒިޔާދު މެންވެސް ނިދަން ވަނެއްޖެއެވެ. މިގަޑީގައި މިކްޔަންއަށް މެސެޖެއް ކޮށްލަންވީއޭ ޔާނާ ހިތަށް އެރިއެވެ. ވަގުތުން ފޯނުނަގާ ލިޔާނީ ކޯއްޗެއްކަން ވިސްނަން ފެށިއެވެ. އެއްމެ ފަހުން އެއްޗެއް ލިޔެލާ ފޮނުވާލީ ހިތްތެޅޭ ހާލުގައެވެ.
****
މާލެ ދިޔުމަށް ފެރީއަށް އަރާއިން މިކްޔަން ފޯނަށް ބަލާލީ މެސެޖެއް އައުމުންނެވެ. “ހާއި. މި ޔާނާ. އިނގޭދޯ. ކީއްވެގެންތަ މިއަދު ހޮސްޕިޓަލް އަށް ނުދިޔައީ؟” މެސެޖު ކިޔާލުމުން މިކްޔަންގެ މޫނުމައްޗަށް ވެރިވީ ފޫހިކަމެވެ. ނަމަވެސް ރިޕްލައި ކޮށްލިއެވެ. “ކުޑަކޮށް ބަލިވެ” ކުރު މެސެޖެއް ފޮނުވާލުމަށްފަހު މިކްޔަން ފޯނު ޖީބަށް ލިއެވެ.
****
“ޔެސް ޔެސް.” މިކްޔަން ގެ ރިޕްލައި އައުމުން ބޭއިހްތިޔާރުގައި ޔާނާ އަށް ބުނެވުނެވެ. ވަގުތުން އަނެއްކާ މެސެޖެއް ފޮނުވާލީ މާދެން ދާނަންދޯ އޭ ބުނެފައެވެ. ރިޕްލައި އައީ ފަސް މިނެޓް ފަހުންނެވެ. އެވެސް “އާނ” މިހެން އެކަންޏެވެ. ޔާނާ މޫނުގައި އަތް ހިންގާލިއެވެ. މިކްޔަން މިހެން ކުރުކޮށް މެސެޖް ކުރަންޏާ އޭނާ ވަކި މެސެޖްކުރާނީ ކީކޭ ކިޔާފަހެއްޔެވެ. ނަމަވެސް މާޔޫސް ނުވެ އަނެއްކާ މެސެޖެއްފޮނުވާލިއެވެ.
****
“ސޮރީ އިނގޭ އަބަދު ބަލަހައްޓައިގެން ހުރެވޭތީ. ކީއްކުރާނީ. ހަމަ ބެލެނީ” މެސެޖް ކިޔާލި މިކްޔަން އައީ ރުޅިއެވެ. ވަގުތުން ފޯނު ޖީބަށް ލުމަށްފަހު ފެރީއިން ފައިބަން ހިނގައިގަތީ މާލެ ދެވުމުންނެވެ.

****

ގެއަށް ވަދެގެން އައި މިކްޔަން އަށް ކާމޭޒު ކައިރި އިން ޒާއިން ފެނުމުން އެތަނަށް ދިޔައެވެ. “މިއަދި ގުޅި ކުއްޖަކު ނަންބަރު ހޯދަން ޒާއިންގެ. އެހެމް އެހެމް.”
“ދޮންބެތަ ނަންބަރު ދިނީ؟”
“އާނ. ޒާއިންގެ އެއްޗެއް އޮތީއޭ ބުނީމަ” މިކްޔަން މިހެން ބުނުމުން ޒާއިން ކަޅިއަޅާލިއެވެ.

****

“ﷲ އަކްބަރު. ވާރެ ވެހުނީތަ؟” ގެއަށް ވަދެގެން އައި ލާރާ ތެމިފަހުރުމުން ޔާނާ އަހާލިއެވެ. “ނޫން. މިއަންނަނީ” ލާރާ މިހެން ބުނެ ކޮޓަރިއަށް ވަނެވެ. 10 މިނެޓްފަހުން ލާރާއައީ ނިދަންލާ އެއްޗެހި ލައިގެންނެވެ. “ހިނގާ ކާން. ކޮއްކޮ އަންނަންދެން މިހިރީ” ޔާނާ މިހެން ބުނުމުން ލާރާވެސް ހިނގައިގަތީ ބަނޑުހައިވެފަ ހުރުމުންނެވެ.

ކަމުންދިޔައިރު ލާރާ މިރޭ ވީ ކަންތައް ކިޔާދިނެވެ. އަދި މިކްޔަންގެ ނަން ހޯދީ ނަންބަރު ހޯދަން ކަމަށް ބުނެލިއެވެ. “އަޅެ ވަރެއްގެ ދެމީހުނޭނު ތީ. ހަަހަ.”
“ހެވޭ ދެން.”

****
ނިދަން އުޅުނަސް ޔާނާ އަކަށް ނުނިދުނެވެ. މިކްޔަން ރިޕްލައި ނުކުރީ ކީއްވެބާއެވެ. ހިތްހަމަނުޖެހުނީ ބާވައެވެ. ހަަމައަސްލުވެސް އޭނަ ޖީއެފް އެއް ހުންނަނީ ކަންނޭގެއެވެ. ނޫނެކެވެ. އެހެން ނުވާނެއެވެ. އެވާނީ ނިދުނީ ކަމަށެވެ.

****

“ދަރިފުޅާ . ދަރިފުޅާ.. މިކޫ” މިކްޔަން އަށް ލޯހުޅުވާލެވުނީ އާލިމާ ގޮވުމުންނެވެ. “ހާދަ އަވަހަކަށް މަންމަ ތި ގޮވީ” އެނދުގެ ހެޑްބޯޑްގައި ލެގިލަމުން މިކްޔަން ބުނެލިއެވެ. “9 ޖަހާއިރަށް ދާމީހެކޭ ތީ. އެޔޮށް 8 15 ހިނގީ. ދެން ސައިބޮއިގެން ކިރިޔާ ގަޑިއަށް ދެވޭނީ.” މިކްޔަން ހޫނ ލައްވާލިއެވެ. “ޒާއިން އަށް ގޮވިން؟”
“މަންމަ އެއްމެ ފަހުން މިކޫ އަށް މިގޮވީ. ދަރިފުޅު ބައްޕަ އިއްޔެ ބުނި ދަރިފުޅު ތިހެން އުޅެން ބައްޕަ އަކަށް ކަމަކު ނުދެޔޯ. ކޮންމެވެސް ގޮތެއް ހަދައިގެން ނަމަވެސް ކައިވެނި ކުރެވޭތޯ ބަލާބަލަ ދެންވެސް. ދެން އެހާ ގިނައިން ނަޝްވާ އާ ބައްދަލުކުރަން ނުދާތި އިނގޭ. ބައްޕަ ހިތްހަމައެއްނުޖެހޭނެ” މިކްޔަން ނޫނެކޭ ބުނަންބޭނުން ވިޔަސް ބޯޖަހާލިއެވެ.

އާލިމާ ދިޔުމުން މިކްޔަން ފޯނުނަގާ ނަޝްވާއަށް މޯރނިންގް މެސެޖެއް ފޮނުވާލިއެވެ.

****

ރީތިވާން ހުރި ޔާނާ ފޯނަށް ބަލާލީ މެސެޖެއްއައުމުންނެވެ. މިކްޔަންގެ މެސެޖެއް ވުމުން ވަގުތުން ބަލާލިއެވެ. މޯނިންގް ޖަހާފަ 3 ކިސީ ފޭސް އިނެވެ. ޔާނާ އަށް އުދުއްސާނުގަނެވުނީ ކިރިޔާއެވެ. މިއަކީ މިކްޔަން ލިބޭނެ ކަމުގެ ފެހި ސިގްނަލްއެކެވެ.

***

ހޮސްޕިޓަލް އަށް ވަންނަމުން މިކްޔަން ފޯނުބަލާލީ އަދިވެސް ނަޝްވާ ރިޕްލައި ނުކުރާތީއެވެ. އަނެއްކާ މެސެޖް ނުދަނީބާއޭ ހިތާ ބަލާލިއިރު ކަމަކު ދާކަށްނެތެވެ. މެސެޖް ފޮނުވިފަ މީނީ ރޭގަ ޔާނާ މެސެޖް ކުރި ނަންބަރަށެވެ. އެކޮޅުން ރިޕްލައި ވެސް ކޮށްފަ އެބަ އިނެވެ. މޯނިންގް ޖަހާފަ ބައިވަރު ހިތްތަކެކެވެ. ވަގުތުން މިކްޔަން އަށް ނިއްކުރީގައި ޖަހާލެވުނެވެ.

****

ޔާނާ ބަލިމީހުން ބަލަމުންގެންދިޔައިރުވެސް އާދަޔާ ހިލާފު ހިނިތުންވުމެއް އެތުންފަތް މަތީ ވިއެވެ. ޔާނާ ބޭނުންވަނީ އުދުއްސާގަންނާށެވެ. އޭނަ އަށް މިކްޔަން ހާދަ ކަމުދެއެވެ. ހާދަ ބޭނުމެވެ. ބައެއްފަހަރު ބިރުވެސް ގަނެއެވެ. އެހެން ކުއްޖެއް މިކްޔަންގެ ހިތްގެންގޮސްދާނެތީއެވެ. ނޫނެކެވެ. އޭގެ ކުރިން އޭނަ މިކްޔަން ހޯދާނެއެވެ. މިއަދު ފެނުނިއްޔާ ޖީއެފް އެއްހުރޭތޯ އަހާލާނީއެވެ.

“ޔާނާ ޔާނާ ހާދަ ހެވިފަ އޭ” އެކަނިމާ އެކަނި ކޮފީއެއްބޯން އިން ޔާނާ ފެނުމުން ލީޒާއަހާލިއެވެ. “އިށީއިނދެބަ” ލީޒާގެ އަތަށް ދަމާލަމުން ޔާނާ ބުނެލިއެވެ. “ރޭގަ މަ މެސެޖް ކުރީމޭ. ރިޕްލައިވެސް ކުރި” ޔާނާ މިހެން ބުނުމުން ލީޒާ އަސްލުހޭ އަހާލީ ދެލޯބޮޑުކޮށްލާފައެވެ. ޔާނާ ބޯޖަހާލަމުން މެސެޖްތައް ދައްކާލިއެވެ.

“ސަޅި. ދެން؟” “ދެން އަހަރެން ބޭނުންވަނީ އޭނަ އަހަރެންގެ މީހަކަށް ހަދަން” ޔާނާ ބުނެލިއެވެ. “ތިބުނީ ރައްޓެހިވާން؟”
“ނޫން އަހަރެން ބޭނުމީ މެރީކުރަން. ފުރިހަމަ އަށް އަހަރެންގެ މީހަކަށް މިކްޔަން ހަދަން”
“ޔާނާ އެކަމް އަދި ތިހާ ހިސާބަށް ދާކަށް ނުވެޔޭ. ފުރަތަމަ އޭނަ ލައިކް ވޭތޯ ބަލާބަލަ. ދެން ރައްޓެހިވެފަ އޭނު މެރީ ކުރާނީ” ލީޒާ ވިސްނަދެވޭތޯ އުޅުނެވެ.

“މިކްޔަން ލޯބި ނުވިޔަސް މެރީ ކުރީމަ ލޯބިވެވޭނޭ. އޭނަ ޖީއެފް އެއްނުހުންނަންޏާ މިއަދުވެސް މަ ޑޭޑް ކައިރި ބުނާނަން. ޑޭޑް އަހަރެންގެ އުފަލަށް ކޮންމެ ކަމެއްވެސް ކޮށްދޭނެ.” ޔާނާ ބުނެލީ ހިނިތުންވެ ހުރެއެވެ.

“ޔާނާ. އެކަމް.” “އެކަމް އެކަމް އެއް ނޫން. މިކްޔަން ކައިރި އަހާބަލަ ޖީއެފްއެއް ހުރޭތޯ އިނގޭ” ލީޒާ ބޯޖަހާލީ އެހެން ގޮތެއް ނެތުމުންނެވެ. “އަހަންނަކަށް ނުކެރޭނޭ މިކްޔަން ކައިރި އަހާކަށް. އެހެރަ ހުސެން ކައިރި އަހާލާފަ އެބަ އަންނަން.”

“ހޫނ. އަވަހަށް ދޭބަލަ” ޔާނާ މިހެން ބުނުމުން ލީޒާ ހުސެން ހުރި މޭޒު ކައިރިއަށް ގޮސް އިށީއިނެވެ.

ކޭންޓީނަށް ވަންނަން އައި މިކްޔަން އަށް ފެނުނީ ލީޒާގޮސް ހުސެން ކައިރި އިށީއިންނަނިކޮށެވެ. ދެލޯބޮޑުކޮށް ލެވުނީ އެހެންވެ އެވެ. އެހެނީ ހުސެން ލީޒާއާހެދި އުޅޭވަރު ވަރަށް ގާތުން މިކްޔަންއަށް ވަނީ ފެނިފައެވެ. ވަގުތުން އެތާހުރެ ހުސެންއަށް ހަނާއަޅަން ފެށިއެވެ. ދިމާކޮށްލުމަށެވެ.

ލިޒާ ގޮނޑީގައި އިށީއިނުމުން ކުޑަކޮށް އަނގަހުޅުވިފަ ހުރި ހުސެންއަށް އެއްލިކަޅިއަކުން ފެނުނީ މިކްޔަން ހަނާ އަޅަނިކޮށެވެ. ވަގުތުން ފާޑަކަށް މިކްޔަންއާ ދިމާލަށް ކަޅިއަޅާލިއެވެ. “އަހަރެން މިއައީ ހުސެން ކައިރިން ވާހަކައެއް އަހާލަން.. ކޮންމެހެން މިތަނަށް ހުސެން ކައިރިއަށް އަންނަހިތަކުންނެއް ނޫން.” ލީޒާ ފޫހިގޮތަކަށް ބުނެލިއެވެ.

“އޭނ ހޫމް.. ކީކޭ.” މިކްޔަންއަކާހެދި ހުސެންއަށް އަށް ރަގަޅަށް ލީޒާ ކިޔާއެއްޗެއް ނޭގުނެވެ. “މި މިކްޔަންގެ ޖީއެފް އެއް ހުރޭތަ؟” ލީޒާ މިހެން އަހާލިވަގުތަކީ މިކްޔަން އިޝާރާތުން ހުސެންގާތު ލީޒާއާ ހަގްއެއް ކޮށްލާށޭ ބުނިވަގުތެވެ. ކާކުގެ ނަސީބެއް އަދި ކާކުގެ ބަދުނަސީބުކަމެއް ނޭނގެއެވެ. ހުސެންއަށް މިކްޔަންއާ ދިމާލާށް ބަލާލުމަށްފަހު ބޯދެފަރާތަށް ހޫރާލެވުނެވެ. ލީޒާ ހިނިތުންވެލުމަށްފަހު އޯކޭ އޭ ބުނެފަ ތެދުވެގެން ދިޔައެވެ.

“އޭ ކޮންކަމަކަށް އޯކޭ؟” ލީޒާ އޯކޭއޭ ބުނި އަޑުއިވުމުން ހުސެން ލިޒާ ދިޔަ ދިމާލަށް ބަލަން ހުރެ ގޮވާލިއެވެ. ނަމަވެސް ލީޒާއަކަށް އަޑެއް ނީވުނެވެ.

“ކައޭ އަކާ ހެދި އޭނަ ކީއެއްޗެއް ވެސް ނޭގުނޭ” މިކްޔަން އައިސް އިށީއިނުމުން ހުސެން ކުސްތަޅާލިއެވެ. މިކްޔަން އަނގަމަތީ އެއްއަތްއަޅާލުމަށްފަހު އުޕްސް ސޮރީ އޭބުނެލިއެވެ.

****

ލީޒާ އާ ޔާނާއާ ހުރީ ހޮސްޕިޓަލް ބޭރުގައެވެ. “ޔެސް ޔެސް ޔެސް. މިއަދު ޑޭޑް ކައިރި ބުނާނަން”
ޔާނާ ހީވަނީ ޖަވާހިރެއް ފެނިގެން އުޅޭހެންނެވެ. ލީޒާ ފުންނޭވާއެއްލިއެވެ. “އެކަމް ޔާނާ. އަދި ތިހާވަރު ވާކަށް ނުވެޔޭ އަދި ހަފްތާއެއް މިވީ އޭނަ ފެނުންފަހުންވެސް” “އައި ޑޯންޓް ކެއާ. އަހަރެން މޮޔަވެއްޖެ. އަހަރެން މިކްޔަންބޭނުން.. އަހަރެން ބޭނުމީ ކައިވެނި ކުރަން. ދެޓްސް އިޓް. އޯކޭ ބާއި” ޔާނާ މިހެންކިޔާ ގެއަށްދިޔުމަށް ހިނގާގަތެވެ. އިތުރު ވާހަކައެއް އަޑު އަހާހިތެއް އޭނާ ނުވެއެވެ. މިކްޔަންގެ ލޯބީގައި އޭނަ ދީވާނާ ވެއްޖެއެވެ.

****
ދުވަސްތައް ހަލުވިކަމާއެކީ ދެއެވެ. ޔާނާ އެދުވަހު ޒިޔާދު ކައިރި ބުނަން ހުއްޓަސް އޭނާގެ ހިޔާލު ބަދަލުވީއެވެ. އޭނާއަށްވެސް އަވަސް ކަމަށް ހީވާތީއެވެ. ޔާނާ މެސެޖްކުރިޔަސް މިކްޔަން ޖަވާބެއް ނުދެއެވެ. ނަމަވެސް އެކަމުގައި މައްސަލައެއް ޔާނާގެ ނެތެވެ. މިކްޔަން ސިންގަލް ނޫންހެއްޔެވެ.

މިކްޔަން ޔާނާ ފެންނައިރަށް ފޫހިވިނަމަވެސް ހިނިތުންވެލަނީ އެއްތާކު މަސައްކަތް ކުރާ މީހަކަށް ވުމުންނެވެ. މިހާރަކަށް އައިސް ހުސެން މެން ހުންނަތާކު ޔާނާއާ އަނގައިން ބުނެލާވެސް ހަދައެވެ.

ލާރާ އަދި ޒާއިން ތޯއެވެ. ފެންނަ ކޮންމެތާކުން އެކަކު އަނެއްކަކަށް ޖެއްސުން ކޮށްނުލައި ހިތްހަމައެއްނުޖެހެއެވެ.

****

“ދޮންތާ. ދެން ޑޭޑް ކައިރި ބުނެބަލަ ކައިވެނި ކުރަން ބޭނުމޭ. ތިހެން ހުއްޓަ ތެޔޮ ނާށި ކާޅު ޖަހާގަންނާނީ” ލާރާ ފޯނަށް ކުޅެމުން ބުނެލިއެވެ. “ހޫމް ވިސްނަން އެބަ ހެހެ” “މިކްޔަން އާ ދޮންތައާ ވަރަށް ގުޅޭ.” ލާރާ އަނެއްކާވެސް ބުނެލިއެވެ. “ހޫމް ހެވޭ. ކޮންއިރަކުން ޓްރެއިނިންގް ފަށަނީ” ޔާނާ ވާހަކަ އޮޅުވާލިއެވެ.

ލާރާ ވަރަށް ބޮޑަށް ހިނިތުންވެލިއެވެ. “އަންނަ ހަފްތާ. އޭޑީކޭ އަށް ދަނީ ވެސް. ޔޭ” ލާރާ މިހެން ބުނުމުން ޔާނާވެސް ހިނިތުންވެލިއެވެ.

*****

“ދެން އަހަންނަށް ވާވަރު ވެއްޖެ. އިންތިޒާރުވެސް ކުރެވިއްޖެ. އަހަރެން މިކަން ވަކި ގޮތަކަށް ނިންމާނަން މަންމާ” މިކްޔަން ވާހަކަ ދެއްކީ އާލިމާ އަށެވެ. “މަންމަ ބައެއް ފަހަރު ހިތަށް އަރާ ނަޝްވާ މިކޫދެކެ ލޯބިވޭބާވައޭ. އެހެންޏާ ކީއްވެ ކައިވެނި ނުކުރެވެންވީ” މިކްޔަން އާލިމާ ގައިގަ ބައްދާލިއެވެ. “އޭނަ ލޯބިވާނެ” މިކްޔަން ބުނެލިއެވެ. އާލިމާ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.

****

“ޑޭޑް.” ސޯފާގައި އިން ޔާނާ ޒިޔާދު ވަދެގެން އަންނަތަން ފެނުމުން ތެދުވެގެން ގޮސް ޒިޔާދު ކައިރި ހުއްޓެމުން ގޮވާލިއެވެ. “އައްދެ ދަރިފުޅު ބައްޕަ އަންނަންދެންތަ؟ ކަމެއް ބޭނުންވީތަ ދަރިފުޅު؟”

ލަދުރަކިހިނިތުންވުމެއް ޔާނާގެ ތުންފަތުގައި ދުވެލިއެވެ. ފުރަތަމަ ފަހަރަށް ޒިޔާދުއަށް އޭނާގެ ދަރިފުޅު ފިރިހެނެއްގެ ވާހަކަ ދައްކަން އުޅޭހެން ހީވިއެވެ. “ދަރިފުޅު ކަމުދާ ކުއްޖެއް ފެނުނީތަ” ޔާނާ ޒިޔާދުގެ އަތުގާ ހިފާ އެނބުރެލިއެވެ. “އޯ ޔެސް ޑޭޑް. އައި އޭމް އިން ލަވް”

“ވޯހް. ހޫއިޒް ތަ ލަކީ ގާއި.” ޒިޔާދުވެސް ހިނިތުންވުމާއެކީ ވާހަކަ ދެއްކިއެވެ. “ކަމް” ޔާނާ މިހެން ބުނެ ޒިޔާދު އަތުގައި ހިފާ ގެންގޮސް ސޯފާގައި ބޭންދިއެވެ. އެޔަށްފަހު އޭނާވެސް އިށީއިނދެލިއެވެ. “މިކްޔަން ކިޔަނީ. މިކްޔަން އަލީ ނާސިހް” ޒިޔާދުގެ ދެލޯ ބޮޑުވިއެވެ. އަނެއްކާ އެނާގެ އެކުވެރި ނާސިހްގެ ދަރިއެއްބާއެވެ. ހިތަށް އެރި އެއްޗަކުން ހިނިތުންވެލެވުނީ ވަކި ވަރެއް ބަލާފައެއް ނޫނެވެ.

“ދަރިފުޅުމުން އިންނަން ބޭނުން ވީތަ” ޒިޔާދު ބުނުމުން ޔާނާ ފުން ނޭވާއެއްލިއެވެ. “ނޯ ޑޭޑް. އަޅުގަނޑު އިންނަން ބޭނުންވަނީ. އަޅުގަނޑު ވަރަށް ލޯބިވޭ. ވަރަށް ބޭނުން. ޑޭޑް އަޅުގަނޑު މިކްޔަން ބޭނުން. ޑޭޑް އެ ގޭ މީހުންނާ ވާހަކަ ދައްކަންވީނޫންތޯ. މިކްޔަން ކުއްޖަކާ ރައްޓެހި ނުވަންޏާ އެކަމް އިންނަން ބޭނުންވަނީ.” މިހާރު މަހަކަށް ވުރެ ގިނަދުވަަސް ވުމުން މިހާރު މިކްޔަން ކުއްޖަކާ ރައްޓެހިވެދާނެތީ ޔާނާ ބުނެލިއެވެ.

“ދަރިފުޅު ބުނި ކޮންމެ ކަމެއް ޑޭޑް ކޮށްދެމޭނުން. އިން ޝާ ﷲ މިކަން ވެސް ކޮށްދޭނަން. ތިކުއްޖަ ފޮޓޮއެއް ބައްޕަ ފޯނަށް ފޮނުވާލައްޗޭ” ޔާނާ ބޯޖަހާލުމަށްފަހު ޒިޔާދުގެ ގައިގައި ބައްދާލީ ވީއުފަލެއްގެ ބޮޑުކަމުންނެވެ. ޔާނާ ކޮޓަރިއަށް ދިޔުމުން ޒިޔާދު ފޯނު ނަގާ ނާސިހް އަށް ގުޅާލުމަށް ފަހު މިއަދު ބައްދަލު ވުމަށް އެދުނެވެ. ޒިޔާދު ބޭނުންވަނީ ފުރަތަމަ މިކްޔަން އަކީ އޭނާގެ އެކުވެރިޔާގެ ދަރިއެއްތޯ ޔަގީން ކުރާށެވެ.

*****

ޒިޔާދު އިނީ ނާސިހް ކައިރި ރެސްޓޯރެންޓެއްގައެވެ. “ކިހިނެއްވީތަ އަޅެ ޒިޔާދު.” ޒިޔާދު ވާހަކަ ނުދައްކާތީ ނާސިހް އަހާލިއެވެ. ޒިޔާދު ޔާނަ ދިން ފޮޓޯގަނޑެއް ފޯނުން ދައްކާލިއެވެ. “މިކާކު ކަން އިނގޭތަ؟”

އެއަކީ މިކްޔަންކަން އިނގުމުން ނާސިހް ހައިރާންވިއެވެ. “ކިހިނެއްވީ. މީނަ ކަމެއްކުރީތަ؟” ޒިޔާދު ހިނިތުންވެލިއެވެ. މިހަމަ ނާސިހްގެ ދަރިއެއްކަން ނާސިހްގެ ވާހަކަ ދެއްކުމުންވެސް އިނގިއްޖެއެވެ. ނަމަވެސް ޒިޔާދު ބޭނުން ވީ ޔަގީންކުރާށެވެ. “ބަލަ ކާކުހޭ އޭނުން މަ މިއަހަނީ.” ނާސިހް ފުންނޭވާއެއްލިއެވެ. “ތި އަހަރެންގެ ދޮށީ ދަރިފުޅޭ.”

ޒިޔާދުގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. “އާނ. މީނަ ވަރަށް ބޮޑު ކަމެއް ކޮށްފި” ނާސިހްގެ ދެލޯ ބޮޑުވިއެވެ. “އަހަރެން މާފަށް އެދެން. އަސްލު މިކްޔަން ވަރަށް ރަނގަޅު ވާނެ.”

“ހަހަ. އޭނަ ކުރީ އާދައިގެ ކަމެއް ނޫނޭ. އޭނަ އަހަރެންގެ ދޮށީ ދަރިފުޅު މުޅިން ބަދަލުކޮށްލާފި. އާނ. އަހަރެންގެ ދަރިފުޅު ޔާނާ މިކްޔަން ދެކެ ވަރަށް ލޯބިވޭ. މިކްޔަން ވަރަށް ބޭނުންވޭ. ޔާނާ އެއަކީ އަހަރެންގެ ފުރާނަ . އޭނަ ބުނާ ކޮންމެ ކަމެއް އަހަރެން ކޮށްދެން. އޭނަ ބޭނުންވަނީ މިކްޔަން އަށް ކައިވެނި ކުރަން” ނާސިހް ގެ ދެލޯބޮޑުވިއެވެ. މިކްޔަން އުޅެނީ ނަޝްވާ އާ ރައްޓެހިވެގެން ކަން ނާސިހް އަށް އިނގޭތީއެވެ. ޒިޔާދު ނާސިހްގެ އަތްމަތީ އަތް ބާއްވާލިއެވެ. “ޔާނާ ބުނީ މިކްޔަން ލޯބީގެ ގޮތުން ކުއްޖަކާ ނުގުޅޭ ނަމައޭ ކައިވެނި ކުރަން ބޭނުންވަނީ. އޭނަ ކުއްޖަކާ ރައްޓެހިނުވާނަމަ އަހަރެން ބޭނުންވަނީ ދެމީހުން ކައިވެނި ކުރުވަން. އަހަރެން ދަރިފުޅުގެ އުފަލަށް ނާސިހް ކައިރިން ސަލާން ޖަހަންވެސް އަހަރެން ފަހެއް ނުޖެހޭނަން. ނާސިހް. އެސޮރު އުޅެނީ ކުއްޖަކާ ގުޅިގެންތަ؟”

ނާސިހް ހުރީ ހަދާނެ ގޮތެއް ނޭގިފައެވެ. ޒިޔާދު އޭނައަށް ކޮށްދިން ކަމަކީ އާދައިގެ ކަމެއްނޫނެވެ. އޭގެ ބަދަލަށް މިކްޔަން އާއި ޔާނާގެ ކައިވެނި ކޮށްދިނުމަކީ އަދި އެއްވެސް ކަމެއްނޫނެވެ. ޒިޔާދު އޭނަ ކައިރިން އެއެދޭ ކަންތައް އޭނަ ކޮށްދޭނެއެވެ.

“ޒިޔާދު ނުޖެހޭނެ އަހަރެން ކައިރިން ސަލާން ޖަހާކަށް. ޒިޔާދު ކޮށްދިން ކަންތަކާބަލާފަ ތީ އެއްވެސް ކަމެއް ނޫން. ތި ކައިވެނި ކުރެވޭނެ. މިކްޔަން އުޅެނީ ކުއްޖަކާ ގުޅިގެނެއް ނޫން” ޒިޔާދު ވީ އުފަލުން ނާސިހް ގައިގަ ބައްދާލިއެވެ.

ނަމަވެސް ނާސިހް މިހެދި ދޮގުގެ ސަބަބުން ހަލާކުވެގެން ދާނީ ކިތަށް މީހުންގެ ދިރިއުޅުމެއްކަން އިނގޭނީ ކާކަށްހެއްޔެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Pinkish

Level 6100 Comments10 Stories100 Login500 Comments

...

Other Articles

by: shiya
Previous

ނަމަވެސް – (8)

Next

ހަވޭލީ (13)

Next
October 21, 2017

ހަވޭލީ (13)

Previews
October 21, 2017

ނަމަވެސް – (8)

by: shiya

57 Comments!

  1. Mal. says:
    October 21, 2017 at 7:50 am

    Me 1st tha?

    1. Mal. says:
      October 21, 2017 at 8:18 am

      Wowww.. v nice??

    2. Ram says:
      October 21, 2017 at 9:10 am

      Yesss you are firat mal. Yayy…hehe.. thankyou ?❤

  2. Maan says:
    October 21, 2017 at 8:17 am

    Obviously very nice❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Ram says:
      October 21, 2017 at 9:11 am

      Thankyou maaan ?❤

  3. Rysh says:
    October 21, 2017 at 8:18 am

    Wow v nice

    1. Ram says:
      October 21, 2017 at 9:12 am

      Thankyou Rysh ?❤

  4. unaal says:
    October 21, 2017 at 8:21 am

    vrh reethi…. marry kuryma ok vaane inshallah
    eyrun mikyan e nashwa kibain vs salaamai v
    finaly mik yan love vaani hama yaana dheke

    1. Ram says:
      October 21, 2017 at 9:13 am

      Thankyou dear.. lets hope for the best. lets see dhn thigothah veythww… hehe thankyou.. ?❤

  5. Kia says:
    October 21, 2017 at 8:23 am

    Salhi varah dhen next konirakun

    1. Ram says:
      October 21, 2017 at 9:14 am

      Thankyou kia.. next part sunday ga in sha allah.. ?❤

  6. Nerrz says:
    October 21, 2017 at 8:48 am

    Nice ??

    1. Ram says:
      October 21, 2017 at 9:15 am

      Thankyou nerrz ?❤

  7. Ram says:
    October 21, 2017 at 9:19 am

    Salaam hurihaa kudhin.. miothy 3rd part… hope you guyx will like it.. reethi viyas nuviyas let me know…? so comment below ? and yess mistakes thah vx faahaga kohlahcheyy.. Next part in sha allah on sunday… ?❤❤❤

  8. Nish says:
    October 21, 2017 at 10:00 am

    Hi ram..mi story vara salhi i love it☺unmeedh kuran story nimendhen genesdheyne kameh..☺gud luck dear.?waiting for the next part?

    1. Ram says:
      October 21, 2017 at 10:39 am

      Yess in sha allah.. ram ge hurihaa story eh vx alhamdhulillaahi ninmaafa hunnaany.. mi story vx ninmaanan in sha allah.. glad you liked it.. thankyou so much nish.. ?❤

    2. Nish says:
      October 21, 2017 at 12:13 pm

      My pleasure dear.?ram ge hurihaa story ves vara salhi ??

    3. Ram says:
      October 21, 2017 at 12:26 pm

      Thankyou ???

  9. Sinaa says:
    October 21, 2017 at 10:07 am

    Woww

    1. Ram says:
      October 21, 2017 at 10:40 am

      Thankyou darla ?❤

  10. ??? says:
    October 21, 2017 at 10:11 am

    Vvvv rythi avah e2myhunn gulhuvaa eyrunn dhenn vaahaka majaa vaani

    1. Ram says:
      October 21, 2017 at 10:53 pm

      Hehe.. thankyou ?❤

  11. Lee Jong-suk says:
    October 21, 2017 at 10:42 am

    Hmmmm ? haadha heevey mi vaahaka liyaa kujja mee korean series balaa kujjehen…

    1. Ram says:
      October 21, 2017 at 11:09 am

      Ahahaha yess.. thikan kurevey varah ginain.. ? thankyou dear ?❤

    2. Girl says:
      October 21, 2017 at 11:25 am

      OH MY GOOD.. I LOVE LEE JONG-SUK????

    3. Ram says:
      October 21, 2017 at 10:54 pm

      Hey girl.. me too ?

  12. Ñàùĺ says:
    October 21, 2017 at 10:44 am

    WOWW VERY NICE

    1. Ram says:
      October 21, 2017 at 11:09 am

      Thankyou so much ?❤

  13. Eyna says:
    October 21, 2017 at 11:11 am

    Woow..very nice…konme dhuvahaku mivaahaka genesdheyn v nu..?

    1. Ram says:
      October 21, 2017 at 11:24 am

      V balaanan igeyy… thankyou ?❤

  14. SJK says:
    October 21, 2017 at 12:21 pm

    wow. vvvv salhi. emyhun ulheygoih dho majaly.. 😀 keep it up. waiting for nxt part.. 🙂 Ram.. whts ur age?? 🙂

    1. Ram says:
      October 21, 2017 at 12:27 pm

      Thankyou sjk ?❤… i m 17 ??

    2. SJK says:
      October 21, 2017 at 12:28 pm

      u’re most welcome 🙂 oh 17 dhw. 🙂

    3. Ram says:
      October 21, 2017 at 1:12 pm

      Yess ?

  15. Kitty ❤️ says:
    October 21, 2017 at 2:00 pm

    Mikyan a yana aaa gulhuvahchey.. varah reethi ❤️

    1. Ram says:
      October 21, 2017 at 3:24 pm

      Thankyou.. lets see what happens.. ?❤

    2. Kitty ❤️ says:
      October 22, 2017 at 10:50 pm

      Hehe let’s c dhw.. ?❤️

  16. annoying reader says:
    October 21, 2017 at 2:10 pm

    varah reethi mi part ves, nashwa kuran ulheni ki rangalhu kameh noon, so mikyan ah force kohgen ves yaana dhemeehun marry kuruvaifi nama nashwa ah libeyne landu. waiting for the next part

    1. Ram says:
      October 21, 2017 at 3:24 pm

      Thankyou so much.. keep waiting ?❤

  17. ??? says:
    October 21, 2017 at 2:24 pm

    Alhey avahah nerebala vvv rythi mivaahaka

    1. Ram says:
      October 21, 2017 at 10:55 pm

      Thankyou so much dear ?❤

  18. Merr says:
    October 21, 2017 at 6:15 pm

    Alhey ram ❤
    Varah loabi mi part vx ❤?
    Alhe konme dhuvahaku up kolladheebala ?
    Next part ah varah inthizaaru kurevey ❤❤
    Avahah up kolladheythi ❤?

    1. Ram says:
      October 21, 2017 at 10:56 pm

      Try kuraana igey knme dhuhaaku up kureveythw… thankyou ?❤

  19. Falak says:
    October 21, 2017 at 7:18 pm

    It’s nice and funny. Hama ekani massala akah fennany ibaaraai kurumugai huri kuhthah

    1. Ram says:
      October 21, 2017 at 10:57 pm

      Yes dear. I know.. and i m trying to improve.. thankyou so much ?❤

  20. Anonymous says:
    October 21, 2017 at 10:14 pm

    Tomorrow tha nxt part plx plx avahah up ☝ kolaathi nd this part is awesome ???❤❤❤
    first story aa balaafa vvvv habeys nd good night ??TGC

    1. Ram says:
      October 21, 2017 at 10:59 pm

      Thankyou dear.. but mi ram ge first story eh noon igey.. hehe.. thankyou ?❤

  21. Yaana says:
    October 21, 2017 at 11:22 pm

    ❤❤❤??????vvvvvvvvvvvvreeeethiii…………….

    1. Ram says:
      October 21, 2017 at 11:52 pm

      Thankyou yaanaa ?❤

  22. Anonymous says:
    October 22, 2017 at 12:05 am

    Wooooowww… waiting dear?????

    1. Ram says:
      October 22, 2017 at 1:29 am

      Thankyou dear ?❤

  23. Eemyaa says:
    October 22, 2017 at 1:12 am

    Hei Ram ?
    Hurihaa part eh ekkoh mi kiyaalee v reethi nd v majaa ??
    Story kuriah dhaa goi varah kamudhey ?
    Mi story ge lead aky yaanaa dw
    V reeethi good luck ???

    1. Ram says:
      October 22, 2017 at 1:31 am

      Awww eeem.. thankyou so much.. yess yaana akee story ge lead.. happy to get your comment.. ???❤❤

  24. shahaaa says:
    October 22, 2017 at 11:21 am

    v v v nice

    1. Ram says:
      October 22, 2017 at 2:36 pm

      Thankyou dear ?❤

  25. Ana says:
    October 22, 2017 at 1:49 pm

    Ramm kobaatha vaahaka? varah kiyaa hithun mihuree <3

    1. Ram says:
      October 22, 2017 at 2:37 pm

      Mirey around 8-9 up kohladheynan igeyy..

Comments are closed.

Next Episodeސިއްރުން މިހިތާ ކުޅެނީހޭ (ހަތަރުވަނަބައި)←


All Right Reserved!