
ކޮޓަރީގެ ކޮންމެ ތަނެއްވެސް ވަނީ މަލާކްއަށް އެމަންޒަރުތަކުން ސިފަވިގޮތަށެވެ. އެއްވެސް ތަފާތެއް ނެތެވެ. ކޮޓަރީގެ ތަޅުމުގައިވަނީ ހަމަ އެކާޕެޓެވެ. އެ އެނދެވެ. ކުޑަދޮރުކައިރީގައިވެސް އެލަކުޑި މޭޒު ހުރިގޮތަށް ހުއްޓެވެ. މަލާކަށް ގިސްލަ ގިސްލާފައި ރޮވެންފެށުނެވެ. އައިދުން އޭނާއަށް އެހެދީ ކިހައި ބޮޑު ދޮގެއްހެއްޔެވެ. އައިދުން ބުނި ގޮތުގައި އެކޮޓަރިއަކީ ސްޓޯރޫމެކެވެ. ނަމަވެސް އެއީ ދޮގެއްކަން މިރޭ މަލާކަށް އެނގި ހާމަަވެއްޖެއެވެ. ބީނިޝް ބުނިފަދައިން އައިދުންގެ ހަގީގީ ސިފަ މިރޭ މަލާކަށް ފެނިއްޖެއެވެ. އެއީ ގާތިލެކެވެ. ކުށެއްނެތް ނިކަމެތި އަންހެންކުއްޖެއްގެ ގާާތިލެކެވެ.
މަލާކް އިންތަނުން ތެދުވިއިރު ހީވަނީ ފުރާނަނެތް މައްޔިތެއްހެންނެވެ. ގިނައިރު ރޮއިމުގެ ސަބަބުން އެދެލޯ ވަނީ ދުޅަވެ ރަތްވެފައެވެ. އެއްވެސް އުފާވެރިކަމެއް އެމޫނުމަތީގައި ނުވެއެވެ. އޭރުވެސް ހުއްޓުމެއްނެތި ތާޒާ ކަރުނަތައް އެލޮލުން ފައިބަމުން ދިޔައެވެ. އެކޮޓަރިން ނުކުތުމަށްފަހު މަލާކް އެކޮޓަރި އިހު ހުރިގޮތަށް ތަޅުލިއެވެ. އަދި އޭނާއާާ އައިދުންގެ ކޮޓަރިއަށް ދިއުމަށްޓަކައި ހިނގައިގަތެވެ.
ކޮޓަރިއަށްވަތް މަލާކް ހިތާމަވެރިގޮތަކަށް ނިދިފައި އޮތް އައިދުންގެ މޫނަށް ބަލައިލިއެވެ. ނިދައިލައިފައި އޮންނައިރު ކިހައި މައުސޫމުހެއްޔެވެ؟ އެކަމަކު އެ ރީތި މޫނުގެ އަނެއްފަރާތުގައި ވާ ނުބައި ނުލަފާ އިންސާނާ ވަނީ މުޅި ދުނިޔެއަށް ވަންހަނާވެފައެވެ. ފުރަތަމަ ފަހަރަށް މަލާކްގެ ހިތުގައި އައިދުންއާ މެދުގައި ޝަކުވާ އުފެދުނެވެ.
ދެލޮލުން އައިސްފައި ހުރި ކަރުނަތައް ފުހެލުމަށްފަހު މަލާކް ގޮސް އެނދުގައި އިނށީދެލިއެވެ. އަދި އޭނާާ ގެންގުޅޭ ދަބަހުގެ ތެރެއަށް ދެތަޅުދަނޑިލައި ފޮރުވައިލިއެވެ. މާދަމާ ރޭގައި އެބަންދު ކޮޓަރީގެ ހަގީގަތްވެސް މަލާކް ހޯދާނެއެވެ. ދެން އައިދުން އަކަށް ސަލާމަތެއް ނުވެވޭނެއެވެ. އެގޭގައި ފޮރުވިފައިވާ ހުރިހައި ސިއްރެއްވެސް މަލާކް ހޯދާނެއެވެ.
* * *
ސައިބޯން މޭޒުދޮށުގައި އިން މަލާކްވަނީ ފުންވިސްނުމަކަށް ގެއްލިފައެވެ. އަތުގައި ޕާންފޮތި ބާވައިގެން އޭގެން އެންމެ ތަންކޮޅެއްވެސް ކައިނުލައި މަލާކް އިންތަންފެނުމުން އައިދުން ހައިރާންވިއެވެ.
“މަލް. ހާދަ ފާޑަކަށް. ކަމެއްވީތަ؟” ކޮޕީމަގުން އެތިފޮތެއް ބޮއިލަމުން އައިދުން އަހާލިއެވެ. ފުންވިސްނުމެއްގައި އިން މަލާާކަށް އައިދުންގެ އަޑެއް ނީވުނެވެ.
“މަލް.” ދެތިންފަހަރަކު އައިދުން ގޮވައިލުމުން ސިހިފައި މަލާކް އައިދުންގެ މޫނަަށް ނަޒަރު ހުއްޓައިލިއެވެ. “ކީކޭ؟” އަތުގައި އޮތް ޕާންޕޮއްޗަށް ބަލައިލަމުން މަަލާކް އަހައިލިއެވެ.
“ކިހިނެއްވެފަތަ މިހާރަކަށް އައިސް މަލް ތިއިންނަނީ؟ އަހަރެން ދައްކާ ވާހަކައެއް ތިންހަތަރު ފަހަރަށް ނުބުނަނީސް އަޑުއިވޭކަމަކަށް ނުވޭ. ކަމަކާ ހިތްހަމަނުޖެހިފަ އިނަސް ބުނީމަ ދޯ އަހަރެންނަށްވެސް އެނގޭނީ. އަބަދު ތިހެންް އިނަކަސް ނޭނގޭނެ.” އައިދުން ކުޑަކޮށް ހިތްހަމަނުޖެހިފައި ބުނެލިއެވެ. “ކަމެއްވީތަ؟” މަލާކް ޖަވާބެއް ނުދިނުމުން އައިދުން އަހައިލިއެވެ.
“ނޫން.” މަޑުމަޑުން މަލާކް ބުނެލިއެވެ. “ދެން ކީއްވެހޭ ތިފާޑަށް ތިއިންނަނީ؟ މަލް އަހަރެންނަށް ކަމެއް ސިއްރުކުރަނީތަ؟” ނުރުހިފައި އައިދުން އެހެން ބުނުމުން މަލާކް ގާތަށްވެސް ރުޅިއައެވެ. އަތުގައި އޮތް ޕާންފޮތި ތަށީތެރެއަށް ޖެހުމަށްފަހު މަލާކް އިންތަނުން ތެދުވިއެވެ.
“އަހަރެންމީ އައިދު އެއް ނޫނޭ. ކަންކަން ސިއްރުކުރާކަށް.” ރުޅިއައިސްފައި އައިދުންއާ ދިމާއަށް އެހެން ބުނުމަށްފަހު މަލާާކް ސިޑިއާއި ދިމާއަށް ހިނގައިގަތެވެ.
މަލާކް ބުނި އެއްޗެއް އައިދުންއަކަށް ނުވިސްނުނެވެ. ނިތްކުރިއަށް އަރައިގެންދިޔަ ރޫތަކާއެކު މަލާކް ދިޔަ މަންޒަރުބަލަން އައިދުން އިނެވެ. މަލާކަށް ކޮންމެވެސް ކަމެއްވެއްޖެކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެއީ ކޮންކަމެއް ކަމެއް ބުނެދޭކަށް އައިދުންއަކަށް ނޭނގުނެވެ. ބޯންއިން ކޮޕީމަގު ހުސްކޮށްލުމަށްފަހު އައިދުން އިންތަނުން ތެދުވިއެވެ.
* * *
ނިކަގަހުގައި އެގެއަށް ކުރިމަތިވާގޮތަށް ހުރި ގޮޕިގަނޑުގައި އިނށީދެލައިގެން ބީނިޝްއާ ޒަފަރް ތިއްބެވެ. މަލާކްއާާ އައިދުންއާ ދެމެދު ހިނގި ދެބަސްވުން ވަރަށް ރީތިކޮށް އެދެމީހުންނަށް ފެނުނެވެ.
“ދަރިފުޅުގެ އިންތިޒާރު ނިމުމަކަށް އަންނާކަށް ދެން މާ ގިނަ ދުވަހެއްނެތް. ބައްޕަ އޭރުވެސް ބުނީމެއްނު ދަރިފުޅުގެ ތިބުރަ މަސައްކަތް މާތް ﷲ ކާމިޔާާބުކޮށްދެއްވާނޭ.” ލޯބިން ބީނިޝްގެ ބޮލުގައި ފިރުމައިލަމުން ޒަފަރް ބުނެލިއެވެ.
“ލައްބަ ބައްޕާ. އެކަމަކު ވަރަށް ދެރަވޭ އަހަރެންގެެ ސަބަބުން ބައެއްގެ ދިރިއުޅުން ހަލާކުވެގެންދާތީ. މަލާކް އެކަމާ ހިތާމަކުރާވަރު އަހަރެންނަށް އެނގޭ.” މަލާކްގެ މޫނުމަތިން ފާޅުވި ހިތާމައިގެ ކުލަވަރު ކިތަންމެ ރަނގަޅަކަށްވެސް ބީނިޝްއަށް ފެނުނެވެ. އޭނާާ ދެރަަވަނީ އެކަމާއެވެ. އޭނާގެ ސަބަބުން މަލާކްގެ ހިތް ކުދިކުދިވީއޭ ހިތަށް އަރާތީއެވެ.
“ނޫން ދަރިފުޅާ. އެއީ ދަރިފުޅުގެ ސަބަބުން ވާާކަމެއްނޫން. މަލާކަށް ޖެހޭނެ އޭނާގެ ފިރިމީހާގެ އަސްލު ސިފަ ފެންނަން. އެއީ ގާތިލެއްކަން އެނގެން. ބައްޕަ ވަރަށް އުފާވެއްޖެ ދަރިފުޅު އެހަގީގަތް މަލާކަށް އެންގީތީ. ބައްޕަ ބުނީތީވެސް ބަލައްޗޭ. މަލާކް އަދި އެކަމަށްޓަކައި ދަރިފުޅަށް ޝުކުރުވެރިވާނެ.” ދެރަވެފައި އިން ބީނިޝްގެ ދަތްދޮޅީގައި ހިފައި އުފުލައިލަމުން ޒަފަރް ބުނެލީ ހިނިތުންވެފައި އިނދެއެވެ. ޒަފަރްގެ ހިނިތުންވެފައިވާ މޫނު ފެނުމުން ބީނިޝްއަށްވެސް ހިނިތުންވެލެވުނެވެ.
* * *
ހަވީރުއްސުރެ އުޑުމަތި ބައްދަމުން ދިޔަ ބޯކަޅު ވިލާތަކުން ކުއްލިއަކަށް ވާރޭ އޮއްސައިގަތެވެ. ވެހެމުންދިޔަ ވާރޭގެ ބޯކަމުން ތަނެއް ދޮރެއް ރަނގަޅަށް ސާފުވާވަރެއްވެސް ނޫނެވެ. ޖެހިލާ ގަދަ ވައިރޯޅިތަކާއެކު ގަސްތައް ހެލެމުންދިޔަ ނާމާން އަޑުން މުޅިމާާހައުލު ގުގުމަމުން ދިޔައެވެ. އިރުއިރުކޮޅުން ވިދައިލުމަށްފަހު ޖަހައިލާ ބާާރު ގުގުރިއާއެކު ކަންފަތްތައް ބައްވެގެންދާކަހަލައެވެ.
ވެހެމުންދިޔަ ވާރެއަށް ބަލަހައްޓައިގެން ކޮޓަރީގެ ކުޑަދޮރު ކައިރީގައި މަލާކް ހުއްޓެވެ. ސިޓިން ރޫމުގައި ޓީވީބަލަން އިނުމަށްފަހު އައިދުން އެނބުރި ކޮޓަރިއަށް އައި އިރުވެސް މަލާކް އެހުރިގޮތަށް ހުއްޓެވެ. ހެނދުނުގެ އެކުޑަ ދެބަސްވުމަށްފަހު މަލާކް އައިދުންއަކާ ވާހަކައެއް ނުދައްކައެވެ.
ފުންނޭވައެއް ދޫއްކޮށްލުމަށްފަހު އައިދުން މަލާކްއާާ ދިމާއަށް ހިނގައިގަތެވެ. ފުރަގަސްދީގެންހުރި މަލާކްގެ ގައިގައި ލޯބިން އައިދުން ބައްދައިލިއެވެ. އެއާއެކު ސިހިފައި މަލާކް އައިދުންގެ މޫނަށް ބަލައިލުމަށްފަހު އެއަތުގެ ތެރެއިން ނުކުމެގެން އައިސް އެނދުގައި ޖައްސައިލިއެވެ.
“މަލް. އަދިވެސް އަހަރެންދެކެ ރުޅިއައިސްފަތަ؟ ސޮރީއޭ. ޕްލީޒް ދެން އަހަރެންނަށް މައާާފު ކޮށްބަލަ.” މަލާކްގެ އެއަމަލުުން ދެރަވެލައިފައި އައިދުން ބުނެލިއެވެ.
“އަހަރެން ރުޅިއެއްނާދޭ. އެކަމަކު ވަރަށް ވަރުބަލި. ކިހާާ ވިއްސާރަ ރެއެއް. އަހަރެން ބޭނުމީ ވަރަށް އަރާމުކޮށް ނިދާލަން. އައިދުވެސް ވާހަކަ ގިނަނުކޮށް އަވަހަށް އޮށޯވޭ.” އާފުރޭކަމަށް ހަދައިލަމުން މަލާކް ބަހަނާއެއް ދައްކައިލިއެވެ. “ގުޑްނައިޓް އައިދު.” މަލާކަށް ބަލަހައްޓައިގެންހުރި އައިދުންގެ މޫނަށް ބަލައިލުމަށްފަހު މަލާކް އެނދުގައި އޮށޯވެ ދެލޯމަރައިލިއެވެ. މަލާކަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އައިދުން ވެސް ލައިގެންހުރި އެއްޗެހި ބަދަލުކޮށްލުމަށްފަހު އައިސް އޮށޯތެވެ.
މަލާކް އިންތިޒާރު ކުރަމުންދިޔައީ އައިދުންއަށް ނިދޭނެއިރަކަށެވެ. ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް އިރުއިރުކޮޅާ މަލާކަށް ބަލައިލެވެއެވެ. މާކަ ގިނައިރަކު މަލާކަށް އިންތިޒާރުކުރާާކަށް ނުޖެހުނެވެ.
ފުންނިންޖަކުން ނިދިފައި އޮތް އައިދުންއަށް ބަލައިލުމަށްފަހު ތެދުވެ ދަބަހުގެ ތެރެއިން މަލާކް ތަޅުދަނޑި ނެގިއެވެ. އަދި ކުރިން ރެއެކޭވެސް އެއްގޮތަށް މަޑު ހިނގުމެއްގައި ގޮސް ކޮޓަރިން ނުކުތެވެ. ދެފަރާތް ހޯދައި ބަލައިލުމަށްފަހު މަލާކް ސިޑިބަރި ގިރާާކޮށް ތިރިއަށް ފޭބިއެވެ. އަދި ބިއްދޮށުގައި ހުރި އެގޮތްނޭނގޭ ކޮޓަރިއާދިމާއަށް ހިނގައިގަތެވެ. ހިތާާހިތުން މީހަކަށް ނުފެނޭތޯ ދުޢާކުރަމުން ކުރިއަށް މަލާކް ދިޔައެވެ. އަޅާކޮންމެ ފިޔަވަޅަކާއެކު އެހިތުގެ ހިނގުން ބާރުވަމުން ދިޔައެވެ. އަނެއްކާ އެކޮޓަރީގައި ފޮރުވިފައިވާނީ އައިދުންގެ ކޮން ހަގީގަތެއްބާވައެވެ؟
ސިއްރު ސިއްރުން ގޮސް މަލާކް އެކޮޓަރީގެ ބޮޑު ތަޅު ހުޅުވައިލިއެވެ. ހިންދިރުވައިލުމަށްފަހު ހަމަޖެހިލުމުގެ ގޮތުން މަލާކް ދެލޯ މަރައިލިއެވެ. މޫނުމަތިން ހިއްލަމުންދިޔަ ދާތިކިތައް ފުހެލުމަށްފަހު މަލާކް އެކޮޓަރީގެ ދޮރު ދެފަރާތަށް ކޮށްޕައިލައި ހުޅުވައިލިއެވެ.
ފަޑުއަލިކަމެއް ވެރިވެފައިވި އެކޮޓަރީގެ ތެރެއަށް މަލާކް ވަނެވެ. އަދި އަވަސް އަވަހަށް ކޮޓަރީގެ ދޮރުޖަހައި ލައްޕައިލިއެވެ. ފާރުގައި ހަރުކޮށްފައި ހުރި ސްވިޗް ބޯޑުން ސްވިޗަކަށް އޮބައިލުމާއެކު ކުރިއެކޭވެސް އެއްފަދައިން ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. މަލާކް ފަހަތަށް އެނބުރި ބަލައިލުމާއެކު ސިހުނީ އޭނާއާ ދިމާއަށް ބަލަން އޮތް އުމުރުން ދުވަސްވީ ފިރިހެނެއް ފެނިފައެވެ. ދެލޯ ހަނިކޮށްލަމުން މަލާކް އެމީހާއާ ދިމާއަށް ބަލައިލީ އެއީ މީގެ ކުރިން މަލާކް ދެކުނު މީހަކާ ވައްތަރުވީމައެވެ. ހިލިހިލާތަކެއް ޖަހައި ހައްޔަރުކޮށްފައި އެމީހާ ވީއިރު އޭނާގެ އަތާއި ފައިން ވަނީ ލޭކޮށިފައެވެ. ބަލިކަށި ގޮތަކަށް އެމީހާ ކުކުރެމުން ދިޔައީ އެތަންތަނުގައި އަޅާވޭނެއްގެ ސަބަބުންކަމަށް މަލާކްގެ ވިސްނުންތޫނު ސިކުނޑިން ދެނެގަތެވެ.
ހަމަޖެހިލަމުން ގޮސް މަލާކް އެމީހާ ގާތުގައި އިނށީދެލިއެވެ. “ތީ ކާކު؟” އެމީހާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލަމުން މަލާކް އަހައިލީ ހިތްހެޔޮ ރާގަކަށެވެ.
“އާާމިރު. ތީ ކޮންކުއްޖެއް؟ އަދި ދުވަހަކުވެސް ނުދެކެން. މިގޭ ކުއްޖެއްތަ؟” މަލާކްގެ މޫނަށް ނަޒަރު ހިންގައިލަމުން އާމިރު ބަލިގޮތަކަށް އަހައިލިއެވެ.
“ހޫމް.އަހަރެންމީ މަލާކް. އައިދުންގެ އަނބިމީހާ. ބޭބެ ކުރިން ދެކިފައިހުރި ވައްތަރުު ވަރަށްޖަހާ.” ވިސްނައިލަމުން މަލާކް ބުނެލިއެވެ. މަލާކްގެ ވާހަކަތައް އަޑުއިވުމާއެކު އާމިރު ރުޅިއައިސްގެން ގޮސް ރަތްވިއެވެ.
“ތީ އެނުލަފާ އައިދުންގެ އަންހެންނުންތަ؟ ކީކުރަން މިތަނަށް ތިއައީ. އަދިވެސް އަހަރެންނާ އަހަރެންގެ ދަރިފުޅަށް ދެވުނު އަނިޔާ ކުޑައީތަ؟ ހަމަމިހާރު ނުކުމޭ މިތަނުން. ނުކުމޭ.” އާމިރު ހަޅޭލަވައިގަތެވެ. މަލާކަށް ދެފަރާތަށް ބޯހޫރުވައިލެވުނީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އާމިރުގެ ވާާހަކަތަކުން މަލާކްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“ތީ.. ތީ ރަންޔާގެ ބައްޕަދޯ” ކުއްލިއަކަށް މަލާކް ބުނެލި ޖުމުލައިން އާމިރު މައިތިރިވިއެވެ. އެތައްދުވަސްތަކަކަށްފަހު އަމިއްލަ ދަރިފުޅުގެ ނަން އަޑުއިވުމުން އެހިތް އޭނާގެ ދަރިފުޅު ދުށުމަށްޓަކައި ބޭގަރާރުވެގެން ދިޔައެވެ. އާމިރު މަޑުމައިތިރިކަމާއެކު އެސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބޯޖަހައިލިއެވެ. މަލާކަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ. އައިދުންގެ ސިއްރަކަށްފަހު ސިއްރެއް މަލާކްގެ ކުރިމަތީގައި ފާޅުވަމުން ދިޔައެވެ.
“ބޭބޭ. އަހަރެންގެ ވާހަކަ ގަބޫލުކުރޭ. އަހަރެންނަކަށް ނޭނގެ އައިދުންގެ އެއްވެސް ނުބައި އަމަލެއް. އައިދުން ތިހިންގި ކޮންމެ އަމަލެއް ހިންގައިފައިވަނީ އަހަރެން އައިދުންގެ ދިރިއުޅުމަށް އައުމުގެ މާކުރިން. އަހަރެމެންގެ ކައިވެނިވެސް ކުރެވުނީ ދާދި އެހަކަށްދުވަހު. ބޭބޭ. އައިދުންގެ ހުރިހައި ސިއްރެއް އަހަރެންނަށް އެނގުނީ މިރަށަށް އައުމަށްފަހު. އެއިން އެއްވެސް ކަމެއްގައި އަހަރެންގެ އެއްވެސް އަތެއް ނުވޭ. އަހަރެން މިރޭ މިތަނަށް މިއަައި އެންމެނަށް ސިއްރުން. މިކޮޓަރީގެ ހަގީގަތް ހޯދަން. އަހަރެން ކުޑަކޮށްވެސް ހިތަށް ނާރާ ބޭބެ މިތަނުގަ ހައްޔަރުކޮށްފަ އޮވެދާނެކަމަކަށް.” ރޮވިފައި މަލާކް ބުނެލިއެވެ. ރޮމުންދިޔަ މަލާކް ފެނުމުން އޭނާގެ ވާހަކައިގެ ތެދުކަން އާމިރަށް ވިސްނުނެވެ.
“އެކޮއެ ދެން ނުރޮއި ހުއްޓައިލާ. ކޮއްކޮ ތިދެއްކި ހުރިހައި ވާހަކައެއްވެސް ބޭބެ ގަބޫލުކޮށްފިން.” އިސްޖަހައިލަމުން އާމިރު ބުނެލިއެވެ.
“ބޭބޭ. ދެރަނުވޭ. އިރާާދަކުރެއްވިއްޔާ އަހަރެން ބޭބެ މިތަނުން ސަލާމަތްކޮށްދޭނަން. އެކަމަކު ބޭބެ މިތަނަށް އައި ގޮތް ބޭބެ ހަނދާންއެބަހުރިތަ؟” ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަމުން މަލާކް އަހައިލިއެވެ.
“ނޫން. އެރޭ އައިދުން މިގޭގައި ޕާޓިއެއް ބޭވި.ބޭބެ ގާތުބުނީ ރަންޔާވެސް ގޮވައިގެން އަންނަން. ހެދުމެއްވެސް ދިން. ރަަންޔާއަށޭ ކިޔާފަ. ދެން ޕާޓީ ނިންމާފަ އެންމެން ދިޔައީ ހިނގާލަން. އައިދުން ފިޔަވައި. ރަންޔާ މަޑުކޮށްގެން އިނީ ބޭބެ ކާތަކެތި ހުނުކޮށްލާފަ އަންނަންދެން. ދެން ކުއްލިއަކަށް އިވުނީ އަހަރެންގެ ދަރިފުޅުގެ ހަޅޭކުގެ އަޑު. ކުރަންހުރި ހުރިހައި މަސައްކަތެއް ދޫކޮށްލައިފައި ބޭބެ އައި އިރު އައިދުން އޭނާ ގޮވައިގެން ދަމައި ކޫތާފަ ސިޑިން އަރަނީ. ބޭބެއަށް ނޭނގުނު ހުރެވުނުތަންވެސް. އަައިދުންގެ ފަހަތުން ދުވަމުން ހަޅޭލަވަމުން އެރީ. އޭރު މިގޭގައި ދެންހުރި މަސައްކަތްތައް ކުރަން އުޅުނު ނޯކަރުންވެސް ގޮއްސި. ގޭގައި އަހަރެމެންގެ ތިންމީހުން ފިޔަވައި އެކަކުވެސް ނެތް. އައިދުންގެ ފަހަތުން ބޭބެ އެކޮޓަރިއަށް ވަންއިރު އެނުލަފާ އިންސާނާާ އުޅުނީ މަގޭ ދަރި ގަޔަށް އަރަން. ބޭބެގާތަށް އައީ އަމަށަކު ރުޅިއެއްނޫން. ގޮސް އެދެމެދަށް ވަދެ ހުރަސްއެޅިން. އަދި ބޭބެގެ ދަރިފުޅު ހެދުމުގެ ކަރުކައިރިން އައިދުން ތިރިކޮށްފައިހުރި ތަން މައްޗަށް އަރުވައި ނިވާކުރިން. އެވަގުތު ބޭބެ ހުރީ އައިދުންއަށް ފުރަގަސްދީގެން. ދެންވީނުވީއެއް ނޭނގުނު. ބޮލުގައި އެއްޗަކުން ޖެހިކަން އެނގުނީ. އެނބުރުން އަރައިގެންގޮސް ހޭނެތިގެން ވެއްޓުނީ. އެވަގުތުކޮޅުވެސް ރަންޔާގެ ރުއިމާއި އާދޭހުގެ އަޑު ބޭބެގެ މިކަންފަތުގައި ހަރުލައިފައި ހުރީ. ދެން ލޯހުޅުވުނުއިރު އޮތީ މިހާލުގަ. އަހަރެންގެ ދަރިއަށް އެއައިދުން ހެދިނުހެދި ގޮތެއްވެސް ބޭބެއަކަށް ނޭނގެ.” ނޯށްދަމައިލަމުން އާމިރު ކިޔައިދިނެވެ.
އިވުނު ވާހަކަތަކާއެކު މަލާކަށް ދެލޯމަރައިލެވުނެވެ. އޭނާގެ ފިރިމީހާއަކީ އެއްވެސް ރަހުމެއް ނެތް މީހެއްހެއްޔެވެ؟ ހާދަ އަނިޔާާވެރިއެވެ. މަލާކަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ.
“ބޭބޭ އަހަރެން ބުނަންމިއުޅޭ ވާހަކައެއްގެ ސަބަބުން ބޭބެ ވަރަށް ދެރަވާނެކަންވެސް އެނގޭ. އެކަމަކު އަހަރެން ނެތިން ހަގީގަތް ފޮރުވާކަށް.” އިސްޖަހައިލަމުން މަލާކް ބުނެލިއެވެ.
“އަނެއްކާ ކޮންވާހަކައެއް؟” ސުވާލުގެ ނަޒަރަކުން އާމިރު މަލާކްގެ މޫނަށް ބަލައިލިއެވެ. “ބޭބޭ. ބޭބެގެ ދަރިފުޅު. ރަންޔާ.. ރަންޔާނެތް މިދުނިޔެއަކު. އެރޭގެ އެހާދިސާއަށްފަހު އައިދުން ރަންޔާ މަރައިލީ. އޭނާާ އެހުރިހައިވާހަކައެއް ޕޮލިހަށް އަންގާނަމޭ ބުނެގެން.” ރޮއިގަންނަމުން މަލާކް ބުނެލިއެވެ.
“ކީކޭ؟ ނުވާނެ ތިހެނެއް. އަހަރެންގެ ދަރިފުޅު ނުދާނެ އަހަރެން ދޫކޮށްފައެއް. އޭނާގެ ބައްޕަ އެކަނި މިހާާލަށް ދޫކޮށްފައެއް ނުދާނެ.” އާމިރުއަށް ރޮއިގަނެވުނެވެ.
“ބޭބޭ. އަހަރެން މިދައްކާ ވާހަކަ ގަބޫލުކުރޭ. އެއީ ހަގީގަތަކީ.” އާމިރުގެ ހާލުފެނި މަލާކްގެ ހިތަށް ތޫނު ތަދެއް އިހުސާސްވެގެންދިޔައެވެ.
“އެއީ އަހަރެން ހާދަ ލޯބިން ބަލައި ބޮޑުކުރި ކުއްޖެކޭ. މައެއްގެ ލޯތްބާއި އެހީތެރިކަމާނުލައި އެދަރިފުޅު ބަލައި އެވަރުކުރީ އަހަރެން އެކަނި. އެކަމަކު އެނުލަފާ އައިދުންގަނޑު މިއަދު އެދަރިފުޅުވެސް އަހަރެންނާ ވަކިކޮށްލާފި. އަހަރެންގެ އަތުން ޖަހައިގެންފި. އަހަރެން ދުވަހަކުވެސް އޭނާއަކަށް މައާފެއް ނުކުރާނަން. އަހަރެންގެ ލޯބި ދަރިފުޅަށް އެދިން އަނިޔާއަކަށް ދުވަހަކުވެސް މައާފެއް ނުކުރާނަން. އެދަރިފުޅު އޭނާއަށް ކޮން އުނދަގުލެއްތަކުރީ؟ ކޮން އަނިޔާއެއްތަ ދިނީ؟ އެދަރިފުޅުގެ ކޮންކުށެއް އޮވެގެންތަ އޭނާ އެކުއްޖާ އެމަރައިލީ؟” އެހިސާބަށް ބުނެވުނުތަނާ އާމިރަށް ރޮއެގަނެވުނެވެ. ހިތަށްކުރި އަސަރުންނާ ވީ ދެރައިން އިތުރަށް ކެތްނުވީއެވެ. އެދަރިފުޅުގެ އެކި ހަނދާންތައް އެހިތް ވަށައިލަމުން ދިޔައެވެ.
އާމިރުގެ ހާލުފެނި މަލާކަށްވެސް ހިތުގައިޖެހިފައި ރޮވުނެވެ. އޭނާގެ ފިރިމީހާގެ ސަބަބުން ހިތާމަކުރަން މިޖެހުނީ ކުށެއްނެތް ބަޔަކަށެވެ.
“ބޭބޭ. ދެރަނުވޭ. އިރާދަކުރެއްވިއްޔާ އަހަރެން ރަންޔާއަށް އިންސާފު ހޯދައިދޭނަން. އައިދުންއަށް ހައްގު އަދަބު ދޭނަން. އަހަރެންނަށް އިތުބާރުކުރޭ ބޭބޭ. އެކަމަކު އަދި ކުޑަ ދުވަސްކޮޅަކަށް ބޭބެ މިތަނުގައި ކެތްކޮށްލާ. އިރާދަކުރެއްވިއްޔާ އަހަރެން ބޭބެ މިތަނުން ސަލާމަތްކުރާނަން. ދެން އަހަރެން ދަނީ. އަހަރެން މިތަނުގައި ހުއްޓައި މީހަކަށް ފެންނާކަށް ބޭނުމެއްނޫން. މާދަމާ ރޭވެސް ހަމަ މިގަޑީގައި އަހަރެން އަންނާނަން ބޭބެއާ ބައްދަލުކުރަން. ދެން ހިތްހަމަޖައްސައިލައިގެން އަވަހަށް ނިދާލަ.” އާމިރުގެ އަތުގައި ފިރުމައިލުމަށްފަހު މަލާކް އެހެން ބުނުމުން އޭނާ ހިނިތުންވެލިއެވެ. ބޯޖަހައިލަމުން މަލާކް ބުނިބަސް ގަބޫލުކޮށް ނިދަން މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް މިރޭ އިވިގެންދިޔަ ދަރިފުޅުގެ މަރުގެ ޚަބަރުން އެހިތް މަރުވެގެން ދިޔަކަހަލައެވެ. މަރައިލި ދެލޮލުގެ ތެރެއިން ރަންޔާގެ މައުސޫމު ސޫރަ އާމިރަށް ސިފަވެގެންދިޔައެވެ.
ވަރަށް ހުޝިޔާރުވެހުރެ މަލާކް އެކޮޓަރިން ނުކުމެ ތަޅުލުމަށްފަހު އޭނާގެ ކޮޓަރިއަށް ދިޔައެވެ. އެނދުގައި އޮތް އައިދުން ފެނުމާއެކު އެމޫނުމައްޗަށް ފޫހިކަން ވެރިވެގެންދިޔައެވެ. ރުޅިއާއި ނަފުރަތާއެކު މަލާކް އައިދުންގެ މޫނަށް ބަލައިލިއެވެ.
މިރޭ އެނގި ފާޅުވެގެން އެދިޔައީ ކިހައި ބޮޑު ހަގީގަތެއް ހެއްޔެވެ؟ އެބަންދުކޮޓަރީގައި އެފަދަ ބޮޑު ސިއްރެއް ފޮރުވިފައިވާކަމަށް މަލާކް ދުވަހަކުވެސް ހިއެއްނުކުރެއެވެ.
ލޮލުން އޮހޮރެމުންދިޔަ ސާފު ބިއްލޫރިކޮޅެއްފަދަ ކަރުނައިގެ މުތީތައް އަތުގެ ނުފުށުން ފުހެލުމަށްފަހު މަޑު ހިނގުމެއްގައި މަލާކް ގޮސް ކުޑަދޮރު ކައިރީގައި ހުއްޓިލިއެވެ. އޭރުވެސް ހުއްޓުމެއްނެތި ވާރޭ ވެހެމުންދިޔައެވެ. ދެލޯމަރައިލުމާއެކު އެހިތަށް އައީ ބީނިޝްގެ ނަމެވެ. މަލާކް ދެލޯހުޅުވައި ބަލައިލިއިރު ވަލުތެރޭގައި އޭނާއަށް ބަލަން ހިނިތުންވެފައި ބީނިޝް ހުއްޓެވެ. މިފަހަރު ބީނިޝް ފެނިފައި އެހިތުގައި ބިރުވެރިކަމުގެ އެއްވެސް އިހުސާސެއް ނުއުފެދުނެވެ. ބަދަލުގައި މަލާކަށްވެސް ފުރަތަމަ ފަހަރަށް ބީނިޝްއާ ދިމާއަށް ބަލައިލުމަށްފަހު ހިނިތުންވެލެވުނެވެ.
44 Comments!
Comments are closed.
Assalaam alaikum.. Here is the 12th part of this story.. Hope everyone will like this part too.. Hv a gud nyt.. Ly all my readers.. ?❤
Thank you kiyaahithun indha kiyaalan libunyma
Wlcm n thanks.. ?
Very nice and interesting ?
Thank u ?
Oh my… v nice .. iru irukolhaa eba balan up vi thw… hehe… waiting for next part… ???
Thank u my dear??❤
Vrh reethi mi part vs
Whn next part nau
Thanks.. In sha allah tmrw?
awesome story
❤ obiness to the maxx ???
Thank u❤
V v v reethi vaahaka eh
Thanks raashi?
Salhi ingey naufa…upkohlaa tho balaa la balaa laa meenee…finally up vehjje…
Hehe.. Thanks lam?
Varah reethi?????
Thanks ruhoo?
Vvvvv reeethi?☺
Thanks hana?
vvvv reethi
Thank u?
Masha Allah.. v furihama.. keep it up. Waiting for next part..???
Thank u?
Varah vx reethi.coment nukoh lius hama gavaidhun suha kiya vaahaka eh mee.varah inthixaar kurevey upkhlaane irakah. Avahah genasdhey thy varah ufaavey evves foohi kameh nethi kiyaaleveyey. Abaduvx yageen kan ovey mivaahaka aa deyterey reethi vaanekan adi avahah genas deynekan. Suha ah hyvaa gothun mivaahaka nimen dhany mi. Ekamakuvx reethi aa vaahaka akaaeku naufennaane kamah suha ummydhu.kurany.
Adi Adhah vure fehi maadhamayakah edhen
Thank u soooo much suhaa.. Ya this stry is gonna end soon.. Ekm in sha allah this story ahfahu new story eh genesdheynan.. Once again thanks..?❤
Alhey haadha kurey ?? stry hama v amazing ??? whn nxt prt avahah up kolladhybala plx gud nyt ly????❤❤???????
Thanks khajja.. In sha allah today❤??
esfiya in kiyaa levey ehmeh reethi vahakah.
Thanks mal?
vvvv rythi mi partves….
Thanks zaam?
Warahh reethi ?
Thank u?
mi baeves haada reechy v salhi…….??????????????????
Thanks mamee??❤❤
Wow. Haadha reehchey mi baives varah loabi. ??
Thanks abhy.. ?
woww. haadha salhi ey.. u’re just great, masha allah. aslu v happy ehaa avahah up kohdheythee. 🙂 waiting for nxt part.. ly
Thanks sjk..?❤
Thanx dear. Most regularly uploaded horror story I have read from this site so far. good job. A beautiful story.
Thanks ibbe?
Wowww… Bineesh haadha loabi yey dhw. Hehe. And i love ur writing skills. Good luck. Ily❤️❤️❤️
Varh interesting?❤thanks mihaa avahaa up kohdhinythy??
Thanks hudher?