
ސޫރަ 2
“މަންމަ ކާކާ އިންނާށޭ ކިޔާފަ ވާހަކަ ދެއްކީ؟؟”ހައިރާންވެ ހުރެ ޔައިކް އަހާލިއެވެ.
“ޝާމް އާއި އިންނާށޭ މަންމަ ބުނީ.” އެހެން ބުނުމުން ޔައިކްގެ ހައިރާންކަންވީ އިތުރެވެ.އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެ ބުނާ ޝާމްގެ ގޮތް މަންމައަށް ރަނގަޅަށް އެނގިހުރެ ކޮއްކޮ އެވަރުގެ ފުން ވަޅުގަނޑަކަށް ވައްޓާލަން އުޅުމުން ޔައިކް އަށް ބޭ އިޚްތިޔާރުގައި އޭނާގެ މަންމަ ދެކެ ރުޅި އާދެވުނެވެ.ނަމަވެސް އެވަގުތުގެ ހާލަތަށް ބަލައި އެކަން ދޫކޮށްލީއެވެ.އަދި އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވުމުން ޒިވާމް އާއި ދިމާލަށް އެނބުރި ވާހަކަ ދައްކަން ފެއްޓިއެވެ.”ވަރަށް ބޮޑަށް ޝުކުރިއްޔާ.އަސްލު ޙަގީގަތަށް ބުނަންޏާ އަހަރެންގެ ކޮއްކޮ މިއަދު ދުނިޔޭގައި އެ އޮތީ ތި މީހުން އޭނަ މިތަނަށް ގެނައިމަ.އެހެން ބަޔަކު ނަމަ އަޅާވެސްނުލާ ދާނީ.އަހަރެންނަށް ކިޔަނީ ޔައިކް.” ޔައިކް ވާހަކަ ދައްކާ ނިމުމުން މައިޝާން ވާހަކަ ދައްކަން ފެއްޓިއެވެ.އިތުރު ކަމެއް ބޭނުން ނަމަ ގުޅުމަށް ބުނެ މައިޝާން އާއި ޒިވާމްގެ ނަމްބަރު ދިނެވެ. އަދި މާދަމާ އަންނާނެ ކަމަށް ބުނެ ގެއަށް ދާން ހިނގައިގަތެވެ.
މަޑު ފިޔަވަޅުތަކެއްގައި ގެއަށް ވަދެގެން ދިޔަ ޒިވާމް ކުއްލިއަކަށް ހުއްޓުނީ އޭނާގެ ނަމުން މަންމަ ގޮވާލި އަޑަށެވެ.އޭރު މަންމަ ބަދިގެއިން ނިކުންނަނީ އެވެ.”މަންމަ އަދިވެސް ނުނިދަންތަ؟؟”ޒިވާމް ސުވާލުކޮށްލިއެވެ.މަންމަ ފެންބޯން ވެގެން ބެލި އިރު ކޮޓަރީގައި ހުރި ފެންޖަގު ހުސްވެފައި ހުރީމަ އެހެންވެ ފެންބޯވެގެން އައީ.ދަރިފުޅު ކޮންތާކުން ތިއައީ؟؟ކޮންހާ ލެއެއް މުޅި ގަމީހުގަ ތިހިރީ؟؟ “މަންމާ އަޅުގަނޑާއި މައިޝާންއާއި ދެމީހުން ދުއްވާލަން ދަނިކޮށް އެކްސިޑެންޓެއްވީ.އޭރު ބޯކޮށް ވާރޭ ވެހޭ.ތަނެއް ދޮރެއް ނުފެނޭ.ކުއްލިއަކަށް މަގުމެދުން އައި އަންހެން ކުއްޖެއް ފެނުނީ.ބުރަކި ޖެއްސިން.އެކަމު ނަސީބު ދެރަކަމުން އެކުއްޖާގެ ގައިގައި ޖެހުނ .އެކުއްޖައަށް ވަރަށް ބޮޑު ވަރު ވި.އައިސީޔޫގައި އޮތީ.ެތަނުގައި ހުރެފައި މިއައީ.އެ ކުއްޖާގެ އާއިލާ މީހުން ވަރަށް ރަނގަޅު.އެހެން ބައެއް ނަމަ މައިޝާން އާއި ދެމީހުން މިހާރު ތިބޭނީ ކުޑަ ގޮޅިގައި.”ވީ ގޮތް ތެދުބަހުން އޭނާގެ މަންމައަށް ކިޔާދިނެވެ. “ދަރިފުޅު ދެންދޭ ނިދަން.މާދަން އޮފީހަށްވެސް ދާން ޖެހޭނެ އެއްނު.އޮފީހުން އައިސް މަންމަ ގޮވައިގެން ދައްޗޭ އިނގޭ ހޮސްޕިޓަލަށް.ނޫނީ މަންމަ އާއި ކޮއްކޮ އާއި ދެމީހުން ގޮސްދާނަން.ދޭ އަވަހަށް ނިދަން” މިހެން ބުނެފައި ޒަރާން ވެސް ވަނި ކޮޓަރިއަށެވެ.ޒިވާމް ކޮޓަރިއަށްަ ވަދެ ފެންވަރަންމާ ގަނޑު ދަށުގައި ހުރި އިރު ވެސް ސިފަވަމުން ދިޔައީ އެ ނުދަންނަ ކުއްޖާ އޮތް ގޮތެވެ. ނިދަން ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. އެނދުމަތިގައި ފުރޮޅި ފުރޮޅި އޮއްވާ އިވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑެވެ.އަވަހަށް ތެދުވެ ފެންވަރައިގެން ތައްޔާރުވީ ފަތިސް ނަމާދަށް ދިއުމަށެވެ.
18 Comments!
Comments are closed.
kuryge partahvuren mythi kuru kanneyge. anyways , vaahaka v salhi . n me first dhw
Haadha kurey
Haadha kurey.than kolheh dhigu kohllabala
Haudhahai kurey.
Than kolheh dhigu kohllabala dhw
Haadha kurey….
Why this story is too short
kury part ah vuren mi bai kuru kanneyge dhw. anyways, salhi storyeh ,. please daily koh up kohdhehchey . and thankolheh dhigukoh. keep ur work up/////////////……………
Haadha kurey
Haadha kurey
Seriously this story is very nice. Unlike other stories , the scenes are created evenly.. varah reethi. And it’s okay to upload kurukoh. Aslu eyrun up kureveyneeves komme dhuvahaku kuriyas.. do mind the mistakes.. eyrun varah furihama vaane. 🙂
Darling haadha kurey… v v reethi vahama eh .. love you.. bye
Haadha Kurrey!!!
But it’s nice
Varah reethi kamah belevey. ☺
Mendhamu 1jehi iru ves geyah naanna vahaka eba oiy,adhi Eyge fahun 8gadeeruge oparation eh kurivaahakaves, ehen v ma gaai gandakah hendhunu 9 jahaakanhaairah dhw operation nimeynee, operation nimunema dhw zivam geyah dhiyaee, but zivam geyah dhiyaairu fathisves nuvey,,, lol.. mi v kihineh ?
Yaa ma vs thihen hithah eri…vahaka reethi ekam thabkolheh samaal vegen liyan feney
haadha kureyy
Hifooo…??? kurukamun bt story vrh nice luv??❤❤???
Story v nice bt kury partah vure kurukan faahagavey… So next part dhigukoh genesdhehchey.. Waiting…