“މިރޭ 8 ޖަހާއިރަށް ތައްޔާރުވައްޗޭ.” ގެއަށްވަންނަމުން ނިކްޔަލް މިއުޝީނަށް ހަނދާންކޮށްދިނެވެ. “ޔަޕް. އެކަމަކު ކޮންތަނަކަަށްތަ ދާން މިއުޅެނީ؟” މިއުޝީން ނިކްޔަލްގެ މޫނަށް ބަލައިލަމުން އެހެން އަހައިލުމުން ނިކްޔަލްގެ ތުންފަތްމައްޗަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. “އެއީ ސަޕްރައިޒް އެއް.” އެއްލޯ މަރައިލަމުން ނިކްޔަލް ބުނެލިގޮތުން މިއުޝީންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެފިރިހެންވަންތަކަމުން މިއުޝީންގެ ހިތަށްވެސް އަސަރުކުރުވައިފިކަން ހަމަ ޔަގީނެވެ. ** ** ** ފެންވަރައިގެން ނުކުތް މިއުޝީންގެ ތުންފަތްމަތީގައިވަނީ ރީތި ހިނިތުންވުމެވެ. ބޮލުގައި އޮޅައިލެވިފައިވާ ތުވާލި ނައްޓައިލަމުން […]
ވަައްޓާލާފައި އޮތް އިސްތަށިގަނޑު އެއް އަތުން އެއްކުރަމުން ކަންފަތުގައި ހުރި ވަޔަރލެސް ހެޑްސެޓް ނައްޓާލިއެވެ. އަދި ބޯ ހޫރާލިއެވެ. “ބޭނުމެއް ނޫންތަ؟” ލާރި ދިއްކޮށްލަމުން ހުޔާން އަހާލިއެވެ. އެ އަންހެންކުއްޖާ ބޯޖަހާލުމުން ވަރަށް ބޮޑަށް ތޭންކްސް އޭބުނެ އޭނާ ކާރުން ފެބި އެވެ. ހުޔާން ފޭބުމާއި އެކުހެން އެކުއްޖާ ކާރު ދުއްވާލިއެވެ. އަނެއް ގޯޅިން ގޮސް އޮބާލަންދެން ހުޔާން އަށް ބަލަންހުރެވުނެވެ. އެކުއްޖާ ހެޑްސެޓް ޖަހައިން އިންދާ ވާހަކަ ދެއްކުނީތީ ހެވެނީއެވެ. އެއްފަހަރުވެސް އެކަހަލަ ކުއްޖަކާއި މިކަހަލަ ގަޑިއެއްގައި ވިޔަސް ދިމާވުމުން އަމިއްލަ ނަފްސަށް ފަހުރުވެރި ވެވި ވެވި ހުރެ ހުޔާން އޭނާގެ ގެޔާއި ދިމާލަށް ހިނގައިގަތެވެ. ދެން ދުވަހަކުވެސް ދިމާވާނެ ކަމެއް އެނގެނީ އެއް ނޫނެވެ. “ވެލްކަމް ހޯމް ހަނީ” ހުޔާން ސިއްސައިން ދިޔައީ އޭނާ ގެތެރެއަށް ވަތްތަނާހެން މީހުން ހަޅޭލަވައިގަތް އަޑަށެވެ. އޭރު އޭނާގެ އަންހެނުން ރިއާ އާއި އޭނާގެ ރައްޓެހިން އެތުރިލައިން ތިއްބެވެ. މުޅި ސިޓިންރޫމް އޮތީ ބޮކިތަކުން ޖަރީކޮށް އެކިކުލަކުލައިގެ ފުއްޕާހަމުން ޒީނަތްތެރި ކޮއްފައެވެ. ރިއާ އައިގޮތަށް އައިސް ބައްދާލިއެެވެ. “ފައިނަލީ އާދެވިއްޖެ” ލޯބިން ފުރިގެންވާ ގޮތަކަށް އޭނާ ބުނެލިއެވެ. ހުޔާން ވެސް އޭނާގެ ނިތްކުރިއަށް ދޮނެއް ދިނުމަށްފަހު އިތުރަށް ގަޔާއި ކައިރިކޮށްލިއެވެ. ދުވަސްތަކަކަށް ފަހު ދިމާވުމުން ދެމީހުންވެސް ތިބީ އުފަލުން ފޮޅިފައެވެ. “އޭ ! އޭ! އަހަރުމެންވެސް އެބަތިބީމޭ. ސިޓިން ރޫމްގައި ތިބި މީހުން ހަޅޭލަަވައިގަތުމާއި އެކު އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެޔާ އެކު ހުޔާންވެސް އަވަސްވެލީ އެމީހުންގެ އެދުމުގެ މަތީން އަވަހަށް ކޭކް ފަޅާފައި އެތަނުން އެމީހުން ފޮނުވާލުމަށެވެ. “ކޮބާ ރައި ބޭބީ؟” ދެކޮޅު ހޯދާ ބަލާލުމަށްފަހު އޭނާގެ ދަރިފުޅު ރާއިން ނުފެނުމުން ހުޔާން އަހާލިއެވެ. “ރާއިން އޮންނާނީ މިގަޑީ ނިދާފައެއްނު” ރިއާ ޖަވާބު ދިނެވެ. ބައި ވަރަކަށްގަޑިއިރު ސަކަރާތް ޖަހަން ތިބުމަށްފަހު އެންމެން ދިއުމުން އެދެމަފިރިންވެސްރޭގަނޑުގެ ނިދި ލިބިގަތުމައްޓަކައި އޮށޯތެވެ. އަނެއް ދުވަހެވެ. ހުޔާން އަށް ހޭލެވުނީ އެލާރމް ވާ އަޑަށެވެ. ކޮޓަރި ތެރެއިން ރިއާ ފެންނަން ނެތުމުން އޭނާ ވާނީ ބަދިގޭގައި ކަން ހުޔާން އަށް އެނގުނެވެ. ރާއިން ކޮޓަރިތެރޭ ކުޅޭ އެއްޗިސް ހިފައިން ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ހުޔާން ތެދުވުމާއިއެކު އޭނާ ތުވާލި ބަހައްޓާ ހަރުގަނޑުގެ ފަހަތަށް ވަދެ ފިލަން އުޅުނެވެ. ރާއިން ކުޑައިރުއްސުރެ އޭނާ ރާއްޖެ އިން ބޭރުގައި އުޅެފައި ހުރުމުން އަދި އަހަރަކު އެންމެ ގިނަ ވެގެން ވެސް އެއްފަހަރު ފެންނާތީ ފިރިހެން ކުއްޖެއް ނަމަވެސް އޭނާ އެހާ ހުޔާން އާއި ގާތެއް ނޫނެވެ. އުމުރުން ހަތަރުއަހަރު ވީއިރު އެ އުމުރުގެ ކުދިންނާ އަޅާބަލާފައި އޭނާ ބައްޕައަށް ޖެހިލުންވެ ލަދުގަނެއެވެ. ރާއިން އާއިދިމާލަށް ބަލަން އޮއްވާ ރޭގައި ދިމާވި އަންހެންކުއްޖާ މަތީން ހަނދާން ވިއެވެ. އެކުއްޖާ ހަނދާން ވިޔަސް އޭނާ ހިނިއަންނަނީ އެވެ. އެއީ ރީތި ކުއްޖެކެވެ. ވަރަށްވެސް ރީތިކުއްޖެކެވެ. 8:30 އެވެ. އިރު އޭގެ ވާޖިބު އަދާކުރުމުގައި އަވަދިނެތި އުޅެމުންދިޔައެވެ. ކިފާހް އޭނާގެ ޕްރައިވެޓް އޮފީހުގައި ފޯރމްތަކެއް ބަލަމުން ދިޔައެވެ. ގަނޑުތައް އުކަމުން ހިތްހަމަޖެހޭ އެއްޗިސް ފާހަގަ ކުރަމުން ދަނިކޮށް ހުޔާން ހަލީމް ޖަހާފައި އޮތް ފޯރމް އެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އަދި ރޭގައި އޭނާ ލިފްޓް ދިން ޒުވާނާގެ މަތީން ހަނދާން ވިއެވެ. އެ ޒުވާނާ އޭނާ އަށް ތައާރަފްވި ހަނދާން އޭނާ ރަނގަޅަށް އެބަހުއްޓެވެ. މިއީ އަނެއްކާ އޭނާ ނޫންބާއެވެ. އަޅައިގަންނަ ކަހަލަ ގޮތެއް ހުރި ޒުވާނެކެވެ. ވާހަކަ ދައްކަން ބޭނުންވިނަމަވެސް އަޅާނުލީއެވެ. ގަޑީގެ ގޮތުންނެވެ. އަދި ފިރިހެނުންގެ ފިތްރަތީ އުޅުންވެސް އެނގިފައި، ތަޖުރިބާ ކުރެވިފައި އޮތްލެއް ވެސް ބޮޑުކަމުންނެވެ. އެމިހުންނަކީ ފެންނަހާ އަންހެން ކުއްޖަކަށް ހިތްކިޔައި ވާހަކަ ދައްކަން އުޅޭ ބައެކެވެ. މޭޒުމަތީ އޮތް ހައިލައިޓަރ ނަގައި އޭނާ އެނަންފަވާލިއެވެ. މިއީ އެޒުވާނާތޯ ބަލާލަން އޭނާ ބޭނުމެވެ. “މިފަހަރު ދެން ތިއައީ އެއްކޮށްތަ؟” ރާއިން އުނގުގައި ބައިންދަމުން ރިއާއަހާލިއެވެ. “އާނ އެހެން ކަމަށް” އޮމްލެޓް ރިޔާގެ ތައްޓަށް ލައިދެމުން ހުޔާން ޖަވާބުދިނެވެ. “އަންނަމުން ވަޒީފާ އަކަށް ވެސް ލައިފިން އެކަމް އަދިވެސް ދާން ޖެހިދާނެހަމަ ޗެކްކޮށްލަން ކުޑަކޮށް” އޭނާ އިތުރު ކޮށްލިއެވެ. “ސަރުކާރުގެ ވަޒީފާ އަކަށްތަ؟” ރިއާ ޝައުގުވެރިކަމާއިއެކު އަހާލިއެވެ. “ނޭނގެ ކޮންމެސް ތަނެއް. އިހަށް ގޮތް ބަލާލާފައި އޯކޭ އިއްޔާ މަޑުކުރާ ގޮތަށް ނޫނީ ކޮންމެސް އެހެން ތާކަށް ދާނީ ” އެޔާއި ވިދިގެން ހުޔާން ބުނެލިއެވެ. ހުޔާން ގެ ކޮންމެ ކަމެއްވެސް ރިއާބަލަނީ ޝައުގުވެރިކަމާއިއެކު އެވެ. ހުޔާން އަކީ އޭނާގެ ފުރާނަ އެވެ. ދުރުގައި ހުއްޓަސް މިހާރުގެ އަންހެން ކުދީންހެން އޭނާ ބޭވަފާތެރިއެއް ނުވެއެވެ. ދުވަހަކުވެސް ހުޔާންގެ ގާތް ރައްޓެހިން ނޫން ބަޔަކާ އޭނާ ވާހަކަ އެއް ނުދައްކައެވެ. ހުޔާން ނުރުހޭތީކީ ނޫނެވެ. އޭނާ ބޭނުންނުވަނީއެވެ. އޭނާ ބެނުންވަނީ މުޅި އުމުރުވެސް ހުޔާންގެ ކައިރީގައި ހުޔާންގެ އަންބެއްގެ ގޮތުގައި ހުރުމަށެވެ. މިއަދު އޭނާގެ އިންތިޒާރުވެސް ނިމުމަކަށް އައީ އެވެ. ދެން މަދުމަދުން ދިޔަސް ކުރިން ދާހެން ހުޔާން އޭނާ އާ ދުރަކަށް ނުދާނެއެވެ. ހުޔާންއޭނާ ދޫކޮށްލާފައި ދާ ދުވަހަކީ އޭނާ މިދުނިޔެއާއި އަލްވަދާއު ކިޔާފައި ދާނޭ ދުވަހެވެ. އެހާވެސް އޭނާ ހުޔާން ދެކެ ލޯބިވެއެވެ.
އެއިރު އެއެންމެން އެތާނގައި ތިބުމުން އަހަރެން ލަދުގަތް ވަރުން އިސްދަށަށް ޖެހީމެވެ. މަންމަމެން އައިސް އަހަރުމެނަށް މަރުހަބާ ކިއުމަށްފަހު ދިޔައެވެ. ޕްރިންސަސް ހާދަ ލަދުން ހުރިހެން ހީވެއެވެ.އެމީހުން ދިއުމުން ސާލް ބުނެލިއެވެ.އަހަރެން ސާލް ގައިގަ ވިކައިގަތީ މާބޮޑަށްލަދު ގަތީމައެވެ. އެރޭ އަހަރުމެން ގެއަށް ދިޔައީ ރެސްޓޯރެންޓން ކައިގެނެވެ. ސާލް ބުނިގޮތުގައި އަހަރެންވެސް އޭނައާއި ގަޔާވާކަން އެނގޭތީ ސަޕްރައިޒެއް ދޭންބޭނުންވީ ކަމުގައެވެ.އަހަރެން ގެއަށްލާފައި އޭނަ ދިއުމުން އަހަރެން އުފަލުން މަންމަ ގައިގާ ބައްދާލުމަށްފަހު ކޮޓަރިއަށްގޮސް ހެދުން ބަދަލްކޮށްލައިގެން ސާލް […]
ކޮޓަރިތެރޭ އިން ކިޔާން އަށް ހޭވެރިކަމެއްވީ މައިޝާ ކޮޓަރިއަށްވަނުމުންނެވެ. އަތުގައި އޮތް ފައިލު ހިފައިގެން އައިސް ކިޔާންއަށް ފައިލް ދިއްކޮށްލުމަށްފަހު ފައިލުތެރޭގައި ވާ ގަނޑުތަކުގައި ލިޔެފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތެއްތޯ ޗެކުކޮށްދިނުމަށް މައިޝާއެދުނެވެ. ހައިރާންވެހުރެ މައިޝާދިއްކޮއްގެން ހުރި ފައިލަށް ބަލާލުމަށްފަހު ކިޔާން ކުރީ ސުވާލެކެވެ. “ތީ ކޯއްޗެއް މައި؟ ” “މީ ޑިވޯސްފޯރމް. ދެން މީގަ ހުރި މައުލޫމާތު ރަނގަޅުތޯ ބަލާދީ.. ސުލްހަގޮތުގައި ވަރިކޮށްދޭނަމޭނުން ބުނީ ދޯ.. ” ބޭނުންވެގެން އުޅޭ ކަންތައް ފަސްޖެހުމެއްނެތި މައިޝާ ކިޔާންކިބައިން […]
“އެކަމާ ނުވިސްނާށޭ” ނަޝްވާ ސިހުނީ ޒިޔާން ގޮވާލުމުންނެވެ. ނަޝްވާ އަވަސް އަވަހަށް ނުވިސްނަމޭ ބުނެލިއެވެ. **************************** އޭގެ އަނެއްދުވަހު ހެނދުނުު ޔާނާއަށް ހޭލެވުނީ މާވަރަކަށް ފޯނު ރިންގްވާތީއެވެ. ޔާނާ ތެދުވެ ފޯނު ބަލާލިއެވެ. ނަންބަރ ސޭވް ކޮށްފަ ނެތަސް ޔާނާއަށް އެއަކީ މިކްޔަން ގެ ނަންބަރު ކަން އިނގުނެވެ. މިކްޔަންގެ ނަންބަރު ވަނީ މީގެ އަހަރެއް ކުރިން އޭނަ ދަސްކޮށްފައި ވިއްޔާއެވެ. ޔާނާ ފޯނު ބިޒީ ކޮށްލުމަށްފަހު ތެދުވެ ތުވާލި ހިފައިގެން ފާހާނައަށް ވަނީ ޔުއާން ވެސް […]
ވާހަކައިގެ ކުރީގެ ޕާޓް ގަ ކުޑަ މިސްޓޭކްއެއް އިންނާނެ. އާލާގެ ދަރިފުޅެއް ނޫން މިޒްނާގެ ދަރިފުޅު ޒިވީ އެއީ. …….. “މަށައް ފެންނަނީ ޔަޒްނާ ކައިވެނި ނިމުނީމަ ތިކަމާ އުޅެން އެހެންޏާ މަސްލަހަތު ގޯސްވެދާނެ. އެކަމް މީކް ބަލާ ކޮންމެސް ގޮތަކުން ޒިމްޔާއަށް ގުޅޭތޯ. ކޮންމެ ގޮތެއް ވިޔސް ޔަޒޫ ވެޑިންގަ ދިމާވާނެ. ބާކީ އިނީ އެންމެ ހަތަރު ދުވަސް” މިހެން ބުނުމުން މީކާއީލް ސިކުނޑީގައި މޮޅު ރޭމުނެއް ރާވާލިއެވެ. ………………………………………………. ޒައިދާން ދިޔުމުން މީކާއީލް އޮފީހަށް ނުގޮސް […]
އެދުވަހަށްފަހު އެހިތުގެ ހަމަޖެހުންވަނީ ގެއްލިފައެވެ. ކޮންމެ ހިނދެއްގައިވެސް އެހިތުގައި ރަސްކަންކުރަމުންދަނީ އެކުއްޖާގެ ޚިޔާލުތަކެވެ. އެނދުގައި އޮތް އާކިލް އޭނާާގެ އިސްތަށިގަނޑުގައި ހިފަހައްޓައިލިއެވެ. އެކުއްޖާ ހޯދަން ހަދާނެ ގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އެދެމެދުގައި ހިނގި އެކުޑަކުޑަ ހާދިސާ އޭނާގެ ދެލޯކުރިމަތީގައި ސިފަވެގެން ދެއެވެ. އެފަދަ ވަގުތުތަކުގައި ނުފިލާ ހިނިތުންވުމެއް އެތުންފަތްމަތީގައި ރަސްކަންކުރެއެވެ. ** ** ** އޮޕަރޭޝަންގެ ފަހުން މިއުޝީނަށް ހިނގައިގަނެވުނު ފުރަތަމަ ދުވަހު އޭނާ ހީވަނީ އުފަލުންގޮސް ހަލާކުވެދާނެހެންނެވެ. މިހާރު އޭނާގެ […]
އަމީނާ ހުރީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައެވެ.ބަލާބެލުމަށް އުމުރުން 50 އަށްވުރެ މައްޗަށްގޮސް ދާނެއެވެ. ނަމަވެސް އެ އުމުރުގައިވެސް ފުރިހަމަ ހަށިގަނޑަކާއި ރީތި މޫނެއް އޭނައަށްވާނީ ލިބިފައެވެ. ހަމުގެ ކުލަ އައްޔެވެ. މި އުމުރުގައި މިހާފުރިހަމައިރު ޒުވާން ދުވަސްވަރު އެތައް ހިތްތަގެއްގެ ވެރިއަކަށް ވާނެކަން ގައިމެވެ. ހިތްހެޔޮ މަޑުމައިތިރި ވައްތަރުޖަހައެވެ. އެއްވެސް މޭކަޕެއްކޮށްފައެއްނެތެވެ. ލައިގެން ހުރީ ފައިތިލައާ ހިސާބަށްއަރާ ކަޅު ގަޔަށްދޫ ހެދުމަކާއި ބޮޑު ތިނެސްކަން ބުރުގަލެކެވެ. ބުރުގާވަނީ ގޮތްބޮޑު ކުރުމެއްނެތި ވަރަށް އާދައިގެ ގޮތަކަށް ހަދާލާފައެވެ. ބޫޓާއެކު […]
ކުރިންވެސް ބުނެފައިވާ ފަދައިން އަޅުގަނޑު ދާން ހަމަޖެހިފައިވާ ކޭމްޕް އެއްގެ ސަބަބުން ދެން ވާހަކަ އަޕްކޮށްލަ ދެވޭނީ ކޭމްޕް ނިންމާ ލުމަށްފަހުއެެވެ. ވާހަކަ މެދުކަނޑާލަން ޖެހޭތީ ހުރިހާ ކުދިންގެ ކިބައިންވެސް ނިހާޔަތަށް މައާފަށް އެދެމެވެ. ނަަމަވެސް ކޭމްޕް ނިމުމުން ވީހާވެސް އަވަހަކާ އިރާދަކުރެއްވިއްޔާ ވާހަކަ ކިޔާލަން ލިބޭނެއެެވެ. ހުރިހާ ކިޔުންތެރިންވެސް ވާހަކައަށް އިންތިޒާރުކުރާނެކަމަށް އުންމީދުކުރަން…. ? ކިޔުންތެރިންގެ ފަރާތުން ލިބޭ ސަޕޯޓަށް ފަށްފަށުން ޝުކުރުވެރިވަން…. ? ❤❤❤?????????