ވޭންތަކުން ދިން ހިތި މާޒީ (22)
ވާހަކައިގެ ކުރީގެ ޕާޓް ގަ ކުޑަ މިސްޓޭކްއެއް އިންނާނެ. އާލާގެ ދަރިފުޅެއް ނޫން މިޒްނާގެ ދަރިފުޅު ޒިވީ އެއީ.
……..
“މަށައް ފެންނަނީ ޔަޒްނާ ކައިވެނި ނިމުނީމަ ތިކަމާ އުޅެން އެހެންޏާ މަސްލަހަތު ގޯސްވެދާނެ. އެކަމް މީކް ބަލާ ކޮންމެސް ގޮތަކުން ޒިމްޔާއަށް ގުޅޭތޯ. ކޮންމެ ގޮތެއް ވިޔސް ޔަޒޫ ވެޑިންގަ ދިމާވާނެ. ބާކީ އިނީ އެންމެ ހަތަރު ދުވަސް” މިހެން ބުނުމުން މީކާއީލް ސިކުނޑީގައި މޮޅު ރޭމުނެއް ރާވާލިއެވެ.
……………………………………………….
ޒައިދާން ދިޔުމުން މީކާއީލް އޮފީހަށް ނުގޮސް ގެއަށް ދިޔައެވެ. އޭރު އާލާގެ ތިން އަހަރުގެ ދަރިފުޅު އަލްވިން އުޅެނީ ޒިވީއަށް ކާންދޭތީ ކޮންމެސް ކުޅިވަރެއް ދައްކާށެވެ.
“ކޮބާ ދޮންބެ؟” މީކާއީލް އެވާހަކަ ފަޔާޒް ކައިރި ނުބުނެއެއް ނުހުރެވުނެވެ. އާލާ ކޮޓެރި އިޝާރާތް ކުރީމަ އަވަހައް ކޮޓެރިއައް ވަދެ ފަޔާޒް އަށް ގޮވާ އެވާހަކަ ބުންޏެވެ.
“ސޯ. ޒިމް އަދިވެސް މީކް ދެކެ ލޯބިވޭ. މީކް ކުޑަ ހިތްވަރެއް ކޮއްލާ އޭރުން ހަމަ ކާމިޔާބު ވާނެ” ފަޔާޒްވެސް ހުރީ ލިބުނު ހަބަރަކުން ހިތްހަމަ ޖެހިފައެވެ.
“ޒައިދާން ބުނީ ޔަޒޫ މެން ކައިވެނި ނިމުނީމަ ތިކަންތައް ކުރާށޯ. ފަހަރުގަ މަސްލަހަތު ގޯސްވެދާނެޔޯ” މީކާއީލް ބުންޏެވެ.
“އާނ އެއީވެސް ދޮގުވާހަކައެއް ނޫން. ކާކާ ޔަޒޫ އިންނަނީ؟” ފަޔާޒް އަހާލިއެވެ.
“ކިޔާންބެއާ” މީކާއީލް މިހެން ބުނުމުން ފަޔާޒް ހީލިއެވެ.
“ހަމަ އެންމެ ބެސްޓް މީހަކާ އެއިންނަނީ. ކިޔާން ވަރަށް ރަގަޅު ދޯ އަސްލު. ޒިމްގެ އެއްބަނޑު އެއްބަފާ ބޭބެއެއް ހެން ވިއްޔަ ޓްރީޓް ކުރަނީ. ތިބުނީ ވިއްޔަ މެލޭޝިޔާއަށްވެސް ފޮނުވީ ކިޔާންއޭ ކިހާ ރަގަޅު. ޒިމް ބޭނުންވާ ކަހަލަ މީހަކަށް ވެގެންދޯ މިހާރު އެހުރީ. ދެންވެސް ސެޓުވާއިރަށް އަވަހަށް އިންނާނީ.” ފަޔާޒް މީކާއީލް ކޮނޑުގައި ޖަހާލަމުން ބުންޏެވެ.
“ޔަގީނެއްނު. އެކަމްދެން ޔަގީނުންވެސް ޒިމް ލިބިއްޖިއްޔާ އެހެން މީހަކަށް އަހަރެމެން ދެމީހުން ދޭތެރެއެއް ނުޖެއްސޭނެ. އޭޑީކޭގަޔޯ އުޅެނީ. ދާން ވެއްޖެ ތަނެއް ކަނޑާލައިގެން ޒިމް އުޅެނީ ޑިއުޓީގަޔޯ މިގަޑި” މީކާއީލް ހިނިއައިއްސް ބުންޏެވެ.
“އުހު ތިހެން ހަދާނެ ކަމެއްނެތް. އޮފީހުގައި އުޅޭ އެއްކަލަ ފަޒޫ އެބޮތް ބާއްވާފަ ހިނގާބަލަ އޭނަ އަށް ގޮވާލަން ނަމުގަ. ޒިމް ފެނިވެސް ދާނެއެއްނު” ފަޔާޒް ހިޔާލެއް ދިނެވެ.
“އާނ. އެހެންވެ ދޯ އަޒްލީފް މާ މަޑުން އެ އިންނަނީ، އެހެންޏާ ކޮންމެސް ޖެއްސުމެއް ކޮއްކޮއް ހުންނާނީ އެކުއްޖާއަށް” މީކާއީލް ތެދުވަމުން ބުންޏެވެ.
“ސާބަހޭ، ނޫނޭ ޒިމް ހޯދަންވާ ފޯރި އެބަހުރި” މިއޮއް ހުރިހާ އިރު އާލާ އެމީހުން ދެއްކި ވާހަކަ އަޑު އަހަން ތިބި ކަމެއް ނޭނގުނެވެ. އެހާވެސް ވާހަކައިގެ ތެރެއައް ވަދެގެން އެމީހުން ތިބީމައެވެ.
“އޭ ދޮންބެ ދައްތާ މިގަޑި ނެތޭ ހުރެވޭކަށް ދޯ ދޮންބޭ. ހިނގާ އަވަހަށް ދާން” މިހެން ބުނެ ދެމީހުން އެކީ ހިނގައިގަތެވެ.
އޭޑީކޭއާއި އަރައި ހަމަވި އިރު ދެމީހުން ތިބީ ހާސްވެފައެވެ. މީކާއީލްގެ ހާލު މާބޮޑެވެ.
“އަހަރެމެން ދެމީހުން ހީވަނީ ވައްކަމެއް ކުރަން އުޅޭހެން ދޯ. އެހެންޏާ ޒިމް މަ ބަވާލަފާނެ” ފަޔާޒް ހެމުން ހެމުން ބުނެލިއެވެ.
“ހެއްހެއް. ޒިމް އަކަށް ނުކެރޭނެ. ހިނގާ އަވަހަށް ދާން.” ދެމީހުން ވަދެގެން ދިޔައިރުވެސް ކޮޅުކޮޅައް ބަލަމުން ދިޔައީ ޒިމްޔާ ފެނޭތޯއެވެ. ފަޒޫ އޮތް ކޮޓެރިއައް ވަތް އިރު އޭނަ އޮތީ ފޯނާ ކުޅޭށެވެ.
“މާތް ކަލާކޯ. ކޮންތާކުން ދެމީހުންނައް އިރުއަރައިގެން ތިއައީ ގޮވާލަން؟” ފަޒޫ ހިނިއައިއްސަ ބުނެލިއެވެ.
“ދެން އަންނާނެއެއްނު، އޮފީސް ނުލާހިކު ވައޭ ފަޒޫ ނެތީމަ. ބަލިވެގެންނެއްވެސް ނޫން ތި އޮތީ ހަމަ އޮފީހައް ނުދަން.” މީކާއީލް ހިނިގަނޑެއް ޖަހާލިއެވެ.
“ހެވޭ. އެ އަޒްލީފް ގެ އުނދަގޫ ނުޖެހި އެއްދުވަހުވެސް އެބަ އޮވެވެއެއްނު” ފަޒޫ ލޯ ހަދާލަމުން ބުނެލިއެވެ.
“ތިހެން އުޅެފަ ތި ދެމީހުން އިންނާނެ އަދި.” ފަޔާޒް ވެސް މީކާއީލްއާއި އެއްބައިވެލިއެވެ.
“އައްޗި. މަ ނީންނާނައް” ފަޒޫ ތުން ދަމާލަމުން ބުންޏެވެ.
ޒިމްޔާ އުޅުނީ އޭނާގެ ޕޭޝޭންޓައް ބޭސްދޭ ގަނޑި ޖެހުނީމަ ބޭސް ހިފައިގެން ދާށެވެ. ފައިލު ނަގައި އެކުއްޖާގެ ނަން ބަލާލިއެވެ. ފަޒްމާ ކިޔާތީ ޒިމްޔާ ހިނިތުންވެލިއެވެ. މިއީ އޭނަގެ އާދައެވެ. އޭނަ ކޮންމެ ޕޭޝެންޓެއްގެ ނަން ބަލާފައިދަނީ ވާހަކަ ދައްކާލަން ފަސޭހަ ވާނެތީއެވެ. ފަޒޫ އޮންނަ އެދާ ކައިރިވި ވަރަކަށް ދަންނަ އަޑަކުން މީހެއް ވާހަކަ ދައްކާހެން ހީވެއެވެ. ފަރުދާ ދަމާފައި ނެތް ނަމަ މީކާއީލް މެން ފެނުނީހެވެ. ޒިމްޔާގޮސް އެތެރައް ވަތް އިރު ފެނުނު ދެމީހުންގެ ސަބަބުން ހުރެވުނީ ދެލޯ ބޮޑު ކޮއްގެންނެވެ. މީކާއީލްއާއި ފަޔާޒް އަށްވެސްވީ އެވަރެވެ. ނުވިސްނައި ހުއްޓާ ކުއްލިއަކަށް ޒިމްޔާ ފެނުމުންނެވެ. ފަޒްމާ އެކަކަށް ބަލާފަ އަނެކަކަށް ބަލާލިއެވެ. ޒިމްޔާ ނަފްސު ހަމަޔަކަށް އަޅުވަމުން ގޮސް ފަޒްމާއަށް ބޭސް ދިނެވެ. ދަމުން އިތުރު ކަމެއް ބޭނުން ނަމަ ގޮވާލުމަށް އެދުނެވެ. އަވަހަށް އެތަނުން ނިކުންނަން ހިނގައިގަތެވެ. މީކާއީލް ޒިމްޔާ ފަހަތުން ނިކުމެގެން ގޮސް ޒިމްޔާގެ އަތުގައި ހިފައި ހުއްޓުވިއެވެ. ޒިމްޔާ އަތް ދަމައިގަންނަން އުޅެ އުޅެ ނުވިއެވެ. އެއަށްވުރެ ބާރައް މީކާއީލް ހުރީ އަތުގައި ހިފަހައްޓައިގެންނެވެ.
“ދެން މީހަކަށް ފެނިދާނެއޭ. ދޫކޮއްލާ” ޒިމްޔާ އެންމެ ފަހުން ބުންޏެވެ.
“އޯކޭ މީހަކަށް ފެނުނަސް. ޒިމް ހީކުރީތަ އަބަދު ތިހެން ފިލައިގެން އުޅެވޭނެއޭ” މީކާއީލް އެހުރި ގޮތައް ޖަވާބު ދިނެވެ.
“މަށެއް ނުފިލަން. ކީއްވެގެންތަ ތިއުޅެނީ މީ ހޮސްޕިޓަލޭ ދާންވެއްޖެ” ޒިމްޔާ ރުޅިއައިއްސަ ބުނެލިއެވެ.
“އޯކޭ. ދޫކޮއްލާނީ ނަންބަރު ދިނީމަ” މީކާއީލްވެސް ހުރީ ގޮތް ދޫ ކުރާ ގޮތަކަށް ނޫނެވެ. ޒިމްޔާއަށް އެނޫން ގޮތެއް ނެތުމުން ނުންބަރުދީފައި އެތަނުން ދިޔައެވެ. އޭރު ޒިމްޔާ ހުރީ ފެން ކަޅިވެފައެވެ. އަދިވެސް މީކާއީލްއަށް ވީވަރު މަދީހެއްޔެވެ. އޭނާ ދެރަ ކުރަން އެބަ ކޮންމެސް ގޮތަކުން އުޅެއެވެ.
“ކޮބާ އޭ ކިހިނެއްވެފަ ތިހުރީ” ފަޔާޒް އައިސް މީކާއީލް ކައިރި އަހާލިއެވެ. މީކާއީލްވީ ގޮތް ކިޔައިދިނުމުން ފަޔާޒް ހިނިތުންވެލިއެވެ.
……………………………
އެރޭގެ ވަގުތު ޒިމްޔާ އުޅުނީ އޭނާ ކިޔާންމެން ޕާޓީގައި ލާން ފެހި ހެދުން ހެޔޮވަރު ކުރާށެވެ. ލޯގަނޑު ދޮށުގައި ހުރެ އެކި ގޮތް ގޮތައްފަރި ދައްކަމުން ދިޔައެވެ. ކުއްލިއަކަށް ޒިމްޔާގެ ފޯނު ރިންގްވަން ފެށިއެވެ. ހިޔާލެއް ފިކުރެއް ނެތި އޭނާ ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ. މީކާއީލްގެ އަޑު ޖެހުމުން އަވަހައް ފޯނު ކަނޑާލައި ބްލޮކް ކޮއްލިއެވެ. މުޅިރޭ މޫޑީވީ އެކަމާ ހުރެއެވެ.
ހަތަރުދުވަސް ފާއިތުވެ ކިޔާންމެން ކައިވެނި އޮންނަ ދުވަސް ޖެހުނެވެ. އެ ހަތަރު ދުވަހުވެސް މީކާއީލ އެތައް ގޮތަކުން ޒިމްޔާއަށް ގުޅޭތޯ އުޅުނެވެ. ނަމަވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ.
ޕާޓީއަށް ދާން ތައްޔާރުވަމުން ދިޔައިރު ޒިމްޔާވެސް އުޅުނީ މިރޭގެ ޕާޓީއަށް ފުރިހަމައަށް ތައްޔާރުވާށެވެ. ކިޔާންގެ ޕާޓީގައި އޭނާ ޖެހޭނީ ވަރައްވެސް ރީތިވެގެން ހުއްނާށެވެ. ތައްޔާރުވެގެން ދަރުބާރުގެއައް ދިޔައިރު އެންމެން ތިބީ އެމީހުންގެ އިންތިޒާރުގައެވެ.
ކިޔާންއަށް ޔަޒްނާ ފެނުމުން އެނޫން ދިމާއަކަށް ނުބެލެއެވެ. ހުދު ކުލައިގެ ބޮޑު ވެޑިން ޑްރެސް އަކު ހުރި އިރު ހީވަހީ ހަމަ އަރަބި ކުއްޖެއް ހެންނެވެ. ޔަޒްނާ ލަދުގަތީ ކިޔާން މާވަރަކަށް އޭނާއަށް ބަލާތީއެވެ. ކައިވެނި ކުރަން ފެއްޓި ޕާޓީ ފެށުމުން އެންމެން ފޯރީގައި ކާން އުޅުނެވެ. ޒިމްޔާވެސް ކާން އުޅެފަވެސް އެތާ ފޮޓޯ ނަގަން ދިޔައެވެ.
ކިޔާންގެ ކަޅި ހުއްޓުނީ ވަދެގެން އަންނަ ފަޔާޒްމެންނާ މީކާއީލް މެން ފެނިފައެވެ. ޕާޓީއަށް ދައުވަތު ދިނީ ކޮންބައެއްބާއޭ އޭނާ ހިތައް އެރިއެވެ. އެންމެން ސަލާމް ކުރިއިރު ޔަޒްނާ ހެވިފައި އެމީހުންނާ ވާހަކަ ދައްކާތީ އެއީ ޔަޒްނާ ފަރާތުން އައި ބައެއްކަން އިނގުނެވެ. ކިތަންމެ ހިތްހަމަ ނުޖެހުނަސް އެއްޗެއް ނުބުނެ ހުރީ އެރޭ ކަޑަ ނުކޮއްލާށެވެ. އޭނާ ލޯ ދަތުރު ކޮއްލީ ކޮއްކޮ ޒިމްޔާ ހޯދާށެވެ. މީކާއީލް ފެނުމުން ޔަގީނުންވެސް ޒިމްޔާ ދެރަވާނެކަން އިނގޭތީ އެވެ. އެއްލި ކަޅިއަކުން ފެނުނީ ކާ އެއްޗިހި އަޅައިގެން ކުދިން ތަކަކާ އެކީ ކާން އިށީންދުންތަނެވެ. މީކާއީލް ހުރީ ކިޔާންއަށް ވަރަށް ރަގަޅައް ބަލާށެވެ. ކިޔާން ލޯހުރި ދިމާއަށް ކިޔާން ބަލާލިއެވެ. ޒިމްޔާ ހޯދަން ފަސޭހަވީއެވެ. އޭރު ޒިމްޔާ އިނީ ހީހީފައި ކާށެވެ. މިރޭ ވަކިން ލޯބިހެން މީކާއީލްއަށް ހީވެއެވެ. ކާއެއްޗިހި އަޅައިގެންވެސް މީކާއީލް ދުރުގައި ހުރީ ޒިމްޔާއަށް ބަލާށެވެ. އާލާމެންނައް ޒިމްޔާ ދައްކާލުމުން އެމީހުން ޒިމްޔާ އައް ކުރީ ތައުރީފެވެ. ކުއްލިއަކަށް ޒިމްޔާ ގަޔައް އެއްޗެއް އެޅިގެން އެތަނުން ނިކުންނަން ހިނގައިގަތެވެ. ހީވާގޮތުން އެދަނީ ފާހާނާއަށްކަން އިނގުނެވެ. މީކާއީލް ކާން ގެންގުޅުން ތަށި ބަހައްޓާފައި ދިޔައީ ޒިމްޔާގެ ފަހަތުންނެވެ. ޒިމްޔާގޮސް ފާހާނައަށް ވަނުމުން މީކާއީލްވެސް ގޮސް މަޑުމަޑުން ދޮރު ހުޅުވައި އެތެރައް ވަނެވެ. ޒިމްޔާއަށް މީހަކު ވަތްކަމެއް ނޭނގުނެވެ. ހެދުމުން އެތަންކޮޅު ދޮވެލާފައި ލޯގަނޑާ ދިމާއަށް ބަލާލިތަނުން އޭނާ ކައިރި ހުރި މީކާއީލް ފެނިފަ ހަޅޭއްލަވައިގަނެވުނެވެ. ކުއްލިއަކަށް ފެނުމުން ބިރުގަތީއެވެ.
“ހާދަ ބާރަކަށްވެސް ހަޅޭއްލަވައޭދޯ ޒިމް މިހާރު” މީކާއީލް ހިނި އައިއްސަ ބުނެލިއެވެ. ޒިމްޔާ އެއްޗެއް ނުބުނެ ދާން ހިނގައިގަތެވެ. ނިކުންނަން ތަޅުގަ ހިފިތަނުން މީކާއީލް ފަހަތުންއައިސް ޒިމްޔާ ގައިގައި ބައްދާލިއެވެ. ޒިމްޔާއަށް އެހުރިގޮތައް ހުރެވުނެވެ. ނަމަވެސް ނަފްދު ކޮންޓްރޯލް ކުރަމުން މީކާއީލް އަތް ނައްޓުވައި ކޮއްޕާލިއެވެ.
“ޒިމް ޕްލީޒް މީކް ކިޔާއެއްޗެއް އަޑު އަހާބަ. އެއީ ފައިހާ ކުރި ކަމެކޭ ޒިމްއާއި މީކް ދުރުކުރަން. ޕްލީޒް އެއްފަހަރު އަޑުއަހާފަ ދޭބަ. މީކް ހާދަ ހޯދީމޭ ޒިމް” މީކާއީލް ޒިމްޔާގެ މި އަމަލުން ވަރަށް ހިތުގަ ޖެހުނެވެ.
“ހައް. ކުރިމައްޗައް ހަގީގަތް ފެންނަން އޮތަސް ބުނާތި ތިމަންނަ އެއް ނޫނޭ. އެހެން ނޫނަސް މަށެއް މީކާއީލްއެއް ދެން ބޭނުމެއް ނޫން. މީކާއީލްވެސް ބޭނުންވީ ހަމަ އެހެން މީހުންނެކޭ އެއްގޮތައް މަ ބޭނުން ކޮއްލަން. ތީ ހަމަ އަހަރެން ބައްޕަ އެކޭ ބޭބެ މެންނެކޭ އެއްފަދަ ބައެއް. މަގޭ ފަހަތުން ދެން ނޫޅޭތި. މަ ނުވޭ ކަލޭ ދެކެ ލޯތްބެއް” ޒިމްޔާ މިހެން ބުނެފަ އެތަނުން ނިކުތެވެ. އޭރު ހަމަ ރަގަޅައްވެސް ޒިމްޔާއަށް ރޮވިއްޖެއެވެ. އޭނާ އެހެން ބުނީ ދެރަވި ވަރުންނެވެ. ޒިމްޔާއަށް ނޭނގުނީ މީކާއީލް އަށް ކުރާނެ އަސަރެވެ.
މީކާއީލްއަށް ހުރެވުނީ އެހުރިތާ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ދެފައިން ވާގި ދޫވާން އުޅޭހެން ހީވުމުން ފާރުގައި ލެނގިލިއެވެ. ޒިމްޔާ އޭނަ ދޫކޮއްދިޔަ ދުވަހުވެސް މިހެން ދެރައެއް ނުވެއެވެ. ނަމަވެސް ޒިމްޔާ މިއަދު އެދިޔައީ އޭނާ އެހާގޯސް މީހަކަށް ހަދާފައެވެ. އޭރު މީކާއީލްއަށް ހަމަ ރަގަޅައްވެސް ރޮވިއްޖެއެވެ. އޭނާ އެއްވެސް އިރަކު ޒިމްޔާގެ ފަރާތުން ބޭނުމެއް ހޯދާކަށް ނޫޅެއެވެ. މީކާއީލް އެތާ އިނދެ ރޮމުން ދިޔައެވެ. ފެންނަ މީހެއްވެސް ހިތުގަ ޖެހޭނެކަން ޔަގީނެވެ. ބޮޑު ފިރިހެން ކުއްޖެއް އެހާ ހިތްދަތި ކޮއް ރޯތަން ފެނިފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
37 Comments!
Comments are closed.



Hey guys. dhen innany mivaahakaige fahu part. E part varah dhigu kollaanah keep waiting 😉
Varah varah varah loabi…….alhey meek aaa zim aa avahah gulhuvaabala
Wow!my favorite story in this site ? When next part??
Will upload soon. Thankyou 🙂
thanks ..v reethi mi part ves
Thankyou?
Wow wow jst wow stry hama habeys..waiting for nxt prt..
Thanks
u didnt actually havr
e to upload this…. hama bunelevidhaane next part ga ves e mistake ge vaahaka. v brain use nukoh huri kan faahaga kuran.. dont tell ne ur gonna use this as an escuse and delay the next part?
have*
me*
Why? Mistake eh v ma faahaga kollee. Vaguthu v varakun up kohdhen kuru koh viyas? And plus kureege part eh ge mistake eh faahaga koffa einy
haadha kurey and haadha avaha shey thi ninmany….. story very nice. i love this story
Hehe. Thanks?
Vvv reethi… waiting
Thankyou?
Hey mau…..
Masha allah mi part vvvv salhi……
Plx upoad last part soon dear…..
Gud nyt mau..?????????????????????????????????????????????
Reethi♥♥
@aiman
I think thats a bit rudeness of you….btw nice story and gud luvk with the last part….waiting?
Btw ruder, U hve to appreciate the hard work of the writer
Nice ..waiting for nxt part
Nice
koba avahah up kohla dheebaa pls pls
mau koba last part waiting 🙂
mi vaahaka up nuvany kyhvetha, regular koh up kuran vaane dw vaahaka eh vihyya,
Mivaahaka ge fahun bai jahahnama ah dhiyae thr
mau last part kon irakun up kurany… nxt part kiyaalaa hithun mi ulheny…story varah varah reethi… hope to read it sooon… ?
Mau kobaa tha eneh part?? Avas kohdheeba …. enehkaa mau ah kameh vee tha???? busy tha??????? waiting waiting??❤❤❤
Hey guys. Im really sorry for the delay. Mau hama busy kamun upload nukurevuny. But for sure today i’ll upload the last part. One again sorry my sweetest reader. Thankyou all for the lovely comments 😀 😉 🙂
thanks mau . mihaaru up vitho belunu adhadhu ves neyge
Alhe Mau hadha lahey up valey? waiting????
Kobaatha vaahaka mihaaru kithah faharu belijje up veytho. Mivaahaka kiyaahithun konme dhuvahaku esfiya ah vannan
alhey mau koba tha next part avahah up kohla dheebaa ??
Kobaa tha Mau adhi kihaadhuvahakun story up kuraany?
Dec 30 ga thr up kurany
Ibileehuge kaivenyah veevaru dhw thi vaahaka ge fahun bayah v
haha dho
Hmm dho….. You are right???