Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯބީގެ ހައްޤުގައި (14)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
November 26, 2017 5 Mins Read
49 Comments

“މިރޭ 8 ޖަހާއިރަށް ތައްޔާރުވައްޗޭ.” ގެއަށްވަންނަމުން ނިކްޔަލް މިއުޝީނަށް ހަނދާންކޮށްދިނެވެ. “ޔަޕް. އެކަމަކު ކޮންތަނަކަަށްތަ ދާން މިއުޅެނީ؟” މިއުޝީން ނިކްޔަލްގެ މޫނަށް ބަލައިލަމުން އެހެން އަހައިލުމުން ނިކްޔަލްގެ ތުންފަތްމައްޗަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. “އެއީ ސަޕްރައިޒް އެއް.” އެއްލޯ މަރައިލަމުން ނިކްޔަލް ބުނެލިގޮތުން މިއުޝީންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެފިރިހެންވަންތަކަމުން މިއުޝީންގެ ހިތަށްވެސް އަސަރުކުރުވައިފިކަން ހަމަ ޔަގީނެވެ.

** ** **

ފެންވަރައިގެން ނުކުތް މިއުޝީންގެ ތުންފަތްމަތީގައިވަނީ ރީތި ހިނިތުންވުމެވެ. ބޮލުގައި އޮޅައިލެވިފައިވާ ތުވާލި ނައްޓައިލަމުން ދެފަރާތަށް ބޯހޫރުވައިލައިފައި އަތުން ކުޑަކޮށް އިސްތަށިގަނޑު ހާވައިލަމުން މިއުޝީން ގޮސް ޑްރެސިންގް ޓޭބަލް ކައިރީގައި އިނށީދެލިއެވެ. އެވަގުތު ނިކްޔަލްގެ ހިނިތުންވެފައިވާމޫނު އޭނާގެ ކުރިމަތީގައި ސިފަވިކަހަލައެވެ. ނިތަށް ރޫއަރުވައިލަމުން މިއުޝީން ދެފަރާތަށް ބޯހޫރުވައިލިއެވެ. މިއީ ކޮންފަދަ ކަންތައްގަނޑެއްހެއްޔެވެ؟ ނިކްޔަލްގެ ޚިޔާލުތައް އެސިކުނޑީގައި ރަސްކަންކުރަނީ ކީއްވެހެއްޔެވެ؟ އަޖައިބެކެވެ. އޭނާ ދެކެނީ އެއީ ހަމައެކަނި އޭނާގެ ގާތް އެކުވެރިއެއްގެ ގޮތުގައެވެ. ދެން ކީއްވެހެއްޔެވެ؟ ހިނިގަނޑެއް ޖަހައިލަމުން މިއުޝީން ބޮލުގައި އަތުން ޖަހައިލީ އޭނާގެ މޮޔަކަން ހިތަށް އަރައިފައެވެ.

** ** **

ތުވާލި އުނުގައި އޮޅައިލައިގެން ހުރެ ގައިގައި ލޯޝަން ލަމުންދިޔަ ނިކްޔަލްގެ ސިކުނޑީގައިވަނީ މިއަދު މިއުޝީނާއި އެއްކޮށް ހޭދަވި އުފާވެރިވަގުތުތަކުގެ ހަނދާނެވެ. އެއްއަރިއަކަށް ހިނިތުންވެލަމުން ނިކްޔަލް ލޯގަނޑުން އޭނާގެ ސޫރައަށް ނަޒަރު ހިންގައިލިއެވެ. މިއުޝީން އޭނާދެކެ ލޯބިވާނެނަމަ ކިހައި ރަނގަޅުހެއްޔެވެ؟ ނަމަވެސް އެއީ ދުވަހަކުވެސް ވާނެކަމެއްނޫނެވެ. މިއުޝީން ލޯބިވަނީ ޝަޔާންދެކެއެވެ. ފުންނޭވާއެއްލަމުން ނިކްޔަލް އަލަމާރިއާއި ދިމާއަށް ހިނގައިގަތީ ލާނެ ރަނގަޅު ގަމީހަކާއި ފަޓުލޫނެއް ނަގާށެވެ.

** ** **

އެނދުގައި އޮށޯވެލައިގެން އޮތް އާކިލްގެ ލޮލާއި ނިދިވަނީ ދުރުުވެފައެވެ. އިޒާނާގެ ޚިޔާލުތަކުން އެހިތާއި ސިކުނޑިއަށް ހަމަޖެހުން ލިބެމުންދިޔައެވެ. އެކުއްޖާގެ އެއްވެސް މައުލޫމާތެއް ނޭނގޭ އިރުވެސް އާކިލްގެ ހިތް އެއަންހެންކުއްޖާއަށް އެދެމުންދިޔައީ ހީވެސް ނުކުރާހައި ބޮޑަށެވެ. އެއްއަތް ބޯދަށަށް ލައްވައިލަމުން އާކިލް ލޯމަރައިލީ އެރީތި ސޫރަ ސިފަކުރަމުންނެވެ.

** ** **

ކުޑަދޮރުކައިރީގައި ކޮފީ ޖޯޑެއް ހިފައިގެންހުރެ އެއިން އެތިފޮދުފޮދު ބޮމުން އިޒާނާ ދިޔައެވެ. އޭނާގެ ޚިޔާލުގައިވަނީ އެގޮތްނޭނގޭ ޒުވާނާއެވެ. ފެންނަކޮންމެ ތަނަކުން އޭނާއާއި އެބަ ދިމާކުރެއެވެ. އެޒުވާނާގެ ސަމާސަ ވާހަކަތަކުން އެވަގުތު ރުޅި އައި ނަމަވެސް ފަހުން އެވާހަކަތައްމަތިން ހަނދާންވުމުން އޭނާއަށް ހެވުނީ ކީއްވެކަމެއް ނޭނގެއެވެ. ލާނެތްކަމެއް ލިބިފައިހުރި މީހެކެވެ. އިޒާނާ ހިނިތުންވެލަމުން ދެފަރާތަށް ބޯހޫރައިލިއެވެ.

** ** **

ހަތަރު މީހުންގެ ދިރުއުޅުމުގައި ތަފާތު ކުލަތައް ޖެހެމުންދިޔައިރު ކުރިއަށް ވާނެގޮތެއް އެނގޭނީ ކާކަށްހެއްޔެވެ؟ އެއްބަޔަކު އުފާވާނެފަދަ ނިންމުުމެއް ތަގުދީރުގައި ވާއިރު އަނެއްބައެއްގެ ދިރިއުޅުމަށް ކަޅުބޯ ވިލާގަނޑެއް ނަގަމުން އަންނަކަން އެނގޭނެ ހެއްޔެވެ؟ ދެންވާނެގޮތެއް ވިސްނައިގަތުމަކީ ޔަގީނުންވެސް ދަތިކަމަކަށް ވާނެއެވެ.

** ** **

ތަފާތު ޚިޔާލުތަކުގައިއިނދެ މިއުޝީން ރީތިވެ ނިންމައިލިއެވެ. އަދި ލޯގަނޑުން އަމިއްލަ ސޫރައަށް ފަހުފަހަރަށް ބަލައިލުމަށްފަހު އަވަސްއަރުވައިލައިފައި ކޮޓަރިން ނުކުތެވެ. އެވަގުތަކީ ނިކްޔަލްވެސް އޭނާގެ ކޮޓަރިން ނުކުތްވަގުތުކަމުން ދެމީހުން އެކަކު އަނެކަކަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ.

“ރެޑީ؟” އަތުގައި އޮތް ފޯން ޖިންސްގެ ޖީބުތެރެއަށްލަމުން ނިކްޔަލް އަހައިލިއެވެ. ބޯޖަހައިލަމުން މިއުޝީން ސިޑިއާއި ދިމާއަށް ހިނގައިގަތުމުން ނިކްޔަލްވެސް ފަހަތުން ހިނގައިގަތެވެ.

ކާރު ސްޓާރޓްކޮށްލަމުން ނިކްޔަލް މިއުޝީންގެ މޫނަށް ބަލަައިލިއެވެ. ފެހިކުލައިގެ އެ ޕާކިސްތާން ހެދުމުގައި މިއުޝީން ހާދަ ހިތްގައިމެވެ. އެއްއަރިއަކަށް ހިނިތުންވެލަމުން މަގަށް ނަޒަރު ހުއްޓައިލައިގެންއިނދެ ނިކްޔަލް ކާރު ދުއްވަމުންދިޔައެވެ.

ކާރުގޮސް މަޑުކޮށްލީ ބޮޑު ޝޮޕިންގްމޯލެއް ކުރިމައްޗަށެވެ. ދެލޯބޮޑުކޮށްލަމުން މިއުޝީން ނިކްޔަލްެގެ މޫނަށް ބަލައިލީ މިތަނަށް ތިއައީ ކީއްކުރަންހޭ އަހއިލާފަދަ ގޮތަކަށެވެ. އެއްބުމަ އަރުވައިލަމުން އަންނާށޭ ކިޔައި ނިކްޔަލް ކާރުން ފޭބިއެވެ. ފަހަތުން ހައިރާންވެފައިހުރެ މިއުޝީންވެސް ފޭބިއެވެ.

“މިއު. މިއީ އަހަރެންގެ ބައްޕަގެ ތަނެއް. އެއްފަހަރަކު ވިޔަފާރިކަމަކު ބައްޕަ މިކޮޅަށް އައިސް އުޅެނިކޮށް ދިމާވި މިކޮޅުގެ ވަރަށް މުއްސަނދި ރަނގަޅު މީހަކާ. ބައްޕަގެ ހެޔޮކަންފެނި މަންމައާއި ބައްޕަގެ ކައިވެންޏަށް 30 އަހަރު ފުރުނުދުވަހު އޭނަ ބައްޕައަށް މިތަން ދިނީ ހަދިޔާއެއްގެ ގޮތުން. ޖެހިގެން އެހުރި ސެލޫންވެސް އެއީ ހަމައެގޮތަަށް އޭނަ ބައްޕައަށްދިން ތަނެއް. ވަރަށް ރަނގަޅު މީހެއްއެއީ. މިކޮޅަށް އާދެވިއްޖެނަމަ އަހަރެން އަބަދުވެސް އެބޭބެއާ ބައްދަލުކުރަން. އެކަމަކު.. މިހާރު އޭނަ ދުނިޔޭގައެއްނެތް.” މިއުޝީނަށް ހުރިހައި ވާހަކައެއް ކިޔައިދެމުން އެންމެފަހު ޖުމްލަ ނިކްޔަލް ބުނެލީ ހިތާމަވެރި ރާގަކަށެވެ. ނިކްޔަލްގެ ވާހަކަތައް އަޑުއަހަންހުރި މިއުޝީން ހިނިތުންވެލީ އެފަދަ އެކުވެރިން ލިބޭނީ މަދުމީހަކަށޭ ބުނަމުންނެވެ.

“ދެން އެހެންވީއިރު ކީކުރަން މިތަނަށް ތިއައީ؟ އަހަރެންނަށް މިތަން ދައްކައިލާންތަ؟” ދޯޕައްޓާގެ ކަނާއި އަތުން ކުޅެމުން މިއުޝީން އަހައިލިއެވެ.

“ތީ އެއްސަބަބު. ދެން އަނެއްސަބަބު އެނގޭނެ ވަނީމަ. އާދޭ.” ނިކްޔަލް އެތަނުގެ ދޮރު ހުޅުވައިލަމުން އެތެރެއަށް ވަނެވެ.

އެތަނުގައި މަސައްކަތްކުރަމުންދިޔަ ކޮންމެ މުއައްޒިފަކަށް ނިކްޔަލް ފެނުމާއެކު ދެލޯބޮޑުކޮށްލަމުން ސަލާމަށް އަތްދިށްކޮށްލަނީ ސަރ ކިހިނެއްހޭ އަހައިލަމުންނެވެ. ނިކްޔަލްވެސް ހެވިފައި އެމީހުނާއި ވާހަކަދައްކަމުންދިޔަ ގޮތުން ވަރަށް ދެކެފަރިތަ ބައެއްކަން އެނގެއެވެ.

އެތަނުން އަންހެން މުއައްޒިފަކަށް ގޮވައިލުމަށްފަހު ހައިރާންކަމާއެކު މުޅިއެތަނަށް ބަލަމުންދިޔަ މިއުޝީންގެ މޫނަށް ނިކްޔަލް ބަލައިލިއެވެ. އެއަންހެންކުއްޖާ އައިސް ހުއްޓުމުން ޖިންސްގެ އެއްޖީބަށް އަތްޖަހައިލަމުން އެއަންހެންކުއްޖާއަށް މިއުޝީން ދައްކައިލިއެވެ. އޭރު މިއުޝީންވެސް އެކުއްޖާއާއި ދިމާއަށް ބަލަމުންދިޔައެވެ.

“ރޭނޫ. ދިސް އިޒް މިއުޝީން. ޕްލީޒް ހެލްޕް ހާރ ޗޫސް ސަމް ބިއުޓިފުލް ޑްރެސަސް.” ނިކްޔަލް އެހެން ބުނެލުމުން އޭންސެކޭ ކިޔައި މިއުޝީން ދެލޯ ބޮޑުކޮށްލިއެވެ. ދެފަރާތަށް ބޯހޫރުވައިލަމުން ނޫނެކޭބުނެ މިއުޝީން ނިކްޔަލްއަށް ލޯއަޅައިލިއެވެ. އެވަގުތު ނިކްޔަލް ހިނިގަނޑެއް ޖަހައިލަމުން ރޭނޫ ގާތު މިއުޝީން ގެންދިއުމަށް ބުންޏެވެ.

“ނޫން. ނިކް. އަހަރެން ބޭނުމެއްނޫނޭ.” ނުދާންވެގެން ނިކްޔަލްގެ ފަހަތަށް ވަދެ ހުރެ ވައިއަޑުން މިއުޝީން އެހެންބުނެލުމުން ނިކްޔަލްއަށް މަޖާވިއެވެ.

“ނޫން. ތީއަދިވެސް އަހަރެންގެ ޕީއޭ. އެކަން ހަނދާން ނައްތައިނުލައްޗޭ. އެހެންވީމަ އަހަރެންގެ ކޮންމެ އޯޑަރަކަށް މިއު ޖެހޭނެ ތަބާވާން. ސޯ ދިސް އިޒް މައި އޯޑަރ. ދޭ އަވަހަށް. ރޭނޫ ޓޭކް ހަރ.” މިއުޝީނާއި ދުރަށް ހިނގައިގަންނަމުން ނިކްޔަލް ރޭނޫ ގާތުގައި ބުނެލިއެވެ. ދެލޯބޮޑުކޮށްލަމުން ނިކްޔަލް ފަހަތުން ހިނގައިގަންނަން އުޅުނު މިއުޝީންގެ އަތުގައި ހިފައި ރޭނޫ ހުއްޓުވިއެވެ.

“ދިސް ވޭ.” މިއުޝީންގެ އަތުގައި ހިފައި ހިނގައިގަންނަމުން ރޭނޫ ދާންވި މަގު ދައްކައިދިނެވެ. ނިކްޔަލް ދިޔަ ދިމާއަށް ބަލަމުން އެންމެފަހުން މިއުޝީން ހިނގައިގަތީ އޭރު ފެންނަ ހިސާބުގައި ނިކްޔަލް ނެތުމުންނެވެ.

ރޭނޫ މިއުޝީން ގޮވައިގެންގޮސްވަނީ ވަރަށް އަގުބޮޑު ރީތި ޑިސައިންތަކަކުން ފަރުމާކުރެވިފައިވާ ދިގު ހެދުންތަކެއް ހުރި ބަޔަކަށެވެ. މިއުޝީނާއި ދިމާއަށް ބަލައިލަމުން ކުޑަކޮށް ވިސްނައިލުމަށްފަހު އެތަނުން ދެތިން ހެދުން ނެގިއެވެ. ދެކޮޅުހަދަމުންދިޔަ މިއުޝީން އެހެދުންތައް ނުނަގަން ބުނީ އަގު ބޮޑުވާނެކަން އެނގޭތީއެވެ. ނަމަވެސް ބޮސްގެ އަމުރޭ ކިޔައި ރޭނޫ މިއުޝީންގެ އަތުގައި ހިފުމަށްފަހު އެހެން ދިމާއަކަށް ހިނގައިގަތެވެ. ނިކްޔަލްއާއި ދިމާއަށް ކުދިކިޔަމުން މިއުޝީންވެސް ހިނގައިގަތީ އިތުރުގޮތެއް ނެތުމުންނެވެ.

އެތަނުގައި ހުންނަ ކުޑަ އޮފީސް ކޮޓަރީގައިހުރި ސޯފާގައި ނިކްޔަލް އިނީ ފޯނާ ކުޅޭށެވެ. އެވަގުތު ދޮރުގައި މަޑުމަޑުން ޓަކި ޖަހައިލަމުން ރޭނޫ އެތެއަށް ވަނެވެ. ފަހަތުން ތުންދަމައިގެންހުރެ މިއުޝީންވެސް ވަނެވެ. އޭނާ ހުރިގޮތްފެނި ނިކްޔަލްގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.

ނެގި ހެދުންތައް ކައުންޓަރ މަތީގައި ބަހައްޓައިފައި ހުންނާނޭ ރޭނޫ ބުނުމުން ބޯޖަހައިލަމުން ނިކްޔަލް އިންތަނުން ތެދުވެ ހިނގައިގަތީ އެތަނުން ނުކުތުމަށެވެ. ފަހަތުން ހިތްހަމަނުޖެހިފައިހުރެ މިއުޝީންވެސް ހިނގައިގަތެވެ.

ރޭނޫ ނަގައިފައިހުރި ހެދުން ބޮނޑި ފެނުމުން ނިކްޔަލް ހިނިތުންވެލިއެވެ. އަދި އެތަކެއްޗަށް ފައިސާ ދައްކަމުން ކޮތަޅުތައް ހިފައިގެންހުރެ ނިކްޔަލް ހިނގައިގަތެވެ.

“ތީކީކުރަން ކުރި ކަމެއް؟ އަހަރެން އަތުގައި ބައިވަރު ހެދުން އެބަހުއްޓޭ.” އެތަނުން ނުކުންނަމުން ހިތްހަމަނުޖެހިފައި ހަށަންބަނދެލައިގެންހުރެ މިއުޝީން ޝަކުވާކޮށްލިއެވެ. އެއަޑަށް ފަހަތަށް އެނބުރެމުން ނިކްޔަލް މިއުޝީނާ ދިމާއަށް ބަލައިލީ ހިނިތުންވެހުރެއެވެ.

“މިއު އަހަރެންނަށް އިތުބާރު ކުރަންތަ؟” ނިކްޔަލް ކޮށްލީ މިއުޝީން ހީވެސްނުކުރާފަދަ ސުވާލެކެވެ. ހައިރާންކަން އެމޫނަށް ވެރިވެގެންދިޔައީ އެހެންވެއެވެ.

“ޔެސް. އަހަރެން ނިކްއަށް ވަރަށް ބޮޑަށް އިތުބާާރުކުރަން.” ނިކްޔަލްގެ ބެލުމުން އުނދަގޫވެފައި މިއުޝީން އިސްޖަހައިލިއެވެ.

“އެހެންވީއިރު އަހަރެން މިކުރަންއުޅޭ ކަމުގައިވެސް މިއު ޖެހޭނެ އަހަރެންނަށް އިތުބާރުކުރަން. އަހަރެން މިއު އަށް ދެރަވާނެ ގޮތަކަށް އެއްވެސްކަމެއް ނުކުރާނެކަން މިއު ޖެހޭނެ ގަބޫލުކުރަން. ކޮންމެކަމެއްވެސް އަހަރެން މިކުރަނީ މިއުއަށް ރަނގަޅަކަށް. އެކަން ފަހުން އެނގޭނެ. ސޯ މިކަންކަމާމެދުގައި ސުވާލުނުކޮށް އާދޭ އަހަރެންނާއެކު.” ފުންނޭވާއެއްލަމުން ނިކްޔަލް ދެއްކި ވާހަކަތަކުން ބުނާނެ އެއްޗެއް ނޭނގިފައިހުރި މިއުޝީން ބޯޖަހައިލިއެވެ. ނިކްޔަލް ކުރަން އެއުޅޭ ކަމަކާއިމެދުގައި ސުވާލުއުފެދިފައި ހުރެ މިއުޝީން ނިކްޔަލްގެ ފަހަތުންގޮސް އެތަނާ ޖެހިގެންހުރި ސެލޫނަށް ވަނެވެ.

މިހާރު ކޮންމެވެސް ވަރަކަށް ނިކްޔަލް ކުރަން އެއުޅޭކަމެއް މިއުޝީނަށް ވިސްނިއްޖެއެވެ. އެހެނަސް އޭނާއަށްކުރާ އިތުބާރެއްގެ ބޮޑުކަމުން ވަކި އެއްޗެކޭ ނުބުނެ މިއުޝީން ހުރީއެވެ. އެދެމީހުން ވަތްތަންފެނި ގޮނޑިއެއްގައި އިން އަންހެންކުއްޖަކު ހެވިފައި އައިސް ނިކްޔަލްއާއި މިއުޝީނާ ސަލާމް ކުށްލިއެވެ. އަދި ހަދަންވީގޮތް މާކުރިން ނިކްޔަލް އެކުއްޖާއަށް ކިޔައިދީފައިވުމުން މިއުޝީންގެ އަތުގައި ހިފައިލުމަށްފަހު ުނިކްޔަލް ދިއްކޮށްލި ކޮތަޅެއް ހިފައިގެންހުރެ އެކުއްޖާ ހިނގައިގަތެވެ. ނިކްޔަލްގެ މޫނަށް ބަލައިލަމުން މިއުޝީންވެސް ހިނގައިގަތެވެ.

އެތަނުން ސޯފާ ގޮނޑިއެއްގައި މެގަޒިނެއް ނަގަމުން ނިކްޔަލް އިނށީނެވެ. ގަޑިއަށް ބަލައިލަމުން މިއުޝީންގެ އިންތިޒާރުގައި ނިކްޔަލް އިނީ ހިތްއަވަސްވެފައެވެ. ދެން ދާންއޮތް ތަނާމެދުގައި ވިސްނައިލަމުން ނިކްޔަލް ސޯފާގައި ހަމަޖެހިލިއެވެ.

** ** **

ފޯނުގައިހުރި އިޒާނާގެ ފޮޓޯތައް ހާވަމުން އާކިލް ދިޔައީ އެއްވެސް ފޫހިކަމެއް ނެތިއެވެ. އެއީ އިޒާނާއަށް ވަގަށް އޭނާ ނަގައިފައިވާ ފޮޓޯތަކެކެވެ. ފަހަރަކު ފޮޓޮއަކަށް ބަލަމުން އޭގައި ލޯބިން ފިރުމަމުން އާކިލް ދިޔައެވެ. އެތަސްވީރު ތަކާއި ހިތުން ވާހަކަ ދައްކަމުންދިޔަ އާކިލް އިޒާނާގެ ލޯބި ހޯދުމަށްޓަކައި ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ. މާދަން އިޒާނާ ކޮލެޖަށްދާ ގަޑީގައި އެތަނަށް ދާން އާކިލް ނިންމިއެވެ. ހެވިފައި ފޯން އެލާމް ކޮށްލަމުން ބާލިސް ދަށަށް ލައިފައި އާކިލް ލޯމަރައިލީ މާދަން އެރީތި ސޫރަ ފެންނާނޭ ހިތަށް އަރުވައިލަމުން ހިތްހަމަޖެހިފައި އޮވެއެވެ.

** ** **

ދެގަޑިއިރު ފާއިތުވިތަނާ މިއުޝީންގެ އަތުގައި ހިފައިގެން އެތަނަށް އައިސް އެއަންހެންކުއްޖާ މަޑުކޮށްލިއެވެ. އެވަގުތު އެތަނުގައިތިބި ކޮންމެ މީހެއްގެ ނަޒަރުވެސް ހުއްޓުނީ މިއުޝީނާ ދިމާއަށެވެ. ލަދުވެތިގޮތަކަށް އިސްޖަހައިގެންހުރި މިއުޝީން ފެނުމުން ދެލޯބޮޑުވެ ހައިރާންވެފައިހުރި ނިކްޔަލް އިންތަނުން ތެދުވިއެވެ. އެރީތިކަންފެނި އޭނާ އާޝޯޚުވިކަހަލައެވެ.

ދުވަހަކުވެސް މޭކަޕްކޮށްފައިނުވާ މިއުޝީންގެ މޫނުމަތި ކޮށްފައިވާ ލުއި މޭކަޕްގެ ސަބަބުން އިތުރަށް ފުރިހަމަކަމަށް ދައްކައެވެ. އެކަޅުކަންގަދަ ބުޅި އިސްތަށިގަނޑުވަނީ ފަންކޮށްލެވިފައެވެ. ލޮލުގައި އަޅައިލެވިފާ އައިނުގެ ސަބަބުން މިއުޝީންގެ ރީތިކަން އެތައް ތަނެއް އިތުރުވެފައިވާކަމަށް ދައްކައެވެ. އެބޮޑު ދެލޮލާއި އެއައިނު ކިތަންމެހައިވެސް ގުޅެއެވެ.

ލައިފައިވާ ކަޅުކުލައިގެ ހެދުމުގެ ތެރެއިން އެދޮން ހަންގަނޑު ވިދަމުންދިޔައެވެެެ. ލަދުވެތިކަމުގެ ސަބަބުން އެދޮން ކޯތާފަތަށް ވެރިވެފައިވާ ޖަންބުކުލައިން މިއުޝީންގެ މޫނުގެކުލަވަރު އިތުރަށް ފުރިހަމަކޮށްދެއެވެ.

ދެލޯބޮޑުވެ އަނގަ ހުޅުވިފައިހުރި ނިކްޔަލް ފެނުމުން މިއުޝީން އިތުރަށް ރަކިވިއެވެ. “ވާއު. މިއު. ތީހަމަ މިއުތަ؟ މާޝާ ﷲ. މިއު ހާާދަ ރީއްޗޭ. މިރޭ ވަރަށް ވަަރަށް ލޯބި.” ކެތްތެރިކަން ކޮޅުންލައިފައިވާ ނިކްޔަލްއަށް އޭނާގެ ހިތުގައިވި ޖުމްލަތައް ދުލުން ބޭރުކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟ މިރޭ މިއުޝީން ހީވަނީ ހޫރު ޕަރީއެއްހެންނެވެ.

ހަގީގަތުގައި ނިކްޔަލް ލޯބިވަނީ މިއުޝީންގެ ހަގީގީ ސޫރަދެކެއެެވެ. އޭނާއަކީ އެއްއިރެއްގައިވެސް އަންހެންކުދިން މާބޮޑަށް މޭކަޕްކޮށް ހެދުމުން ގަޔާވާމީހެއްނޫނެވެ. މިއުޝީން މިފަދަ ގޮތަކަށް ބަދަލުކުރަން ޖެހުނީ އޭނާ ކުރަން ވިސްނައިފައިވާ ކަމެއްގެ ސަބަބުންނެވެ. އެހެނަސް އެފަދަ ގޮތަކަށް މިއުޝީން ފެނުނު ފުރަތަމަ ފަހަރުކަމުން ތައުރީފުކޮށްނުލައި ނިކްޔަލްއަށް ނުހުރެވުނީއެވެ.

ނިކްޔަލްގެ ޖުމުލަތަކުގެ ސަބަބުން މިއުޝީން އިތުރަށް ލަދުގަތުންނޫންކަމެއް ނުވިއެވެ. އެޖުމުލަތަކާއެކު މިއުޝީންގެ ހިތް އުފަލުން ނަށައިގަތެވެ. ކީއްވެކަމެއް ނޭނގެއެވެ. ނިކްޔަލްގެ ދުލުން އެފަދަ ތައުރީފުގެ ބަސްތައް އަޑުއަހަން އަބަދު އޭނާގެ ހިތް ބޭނުންވަނީއެވެ. އަބަދުވެސް އޭނާއާއި ގާތުގައިވުމަށް އެހިތް އެދެނީއެވެ.

ފިރިހެންވަންތަ ހިނގުމެއްގައި އައިސް ނިކްޔަލް މިއުޝީންގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. އަދި ލަދުވެތިކަމުގެ ސަބަބުން ރަތްވެފައިވާ އެދޮންމޫނަށް ހިތްގައިމު ގޮތަކަށް ބަލައިލިއެވެ. އެތަންފެނި މިއުޝީންގެ ހުރިހައި ލޯލިތަކެއް ކޮޅަށް ޖެހިގެންދިޔައެވެ. ކޮންފަދަ ހިތްގައިމު ފިރިހެނެއް ހެއްޔެވެ؟ އެރީތިކަމަށް ބަލައި ފޫހިނުވާނެކަން ހަމަ ޔަގީނެވެ. ނިކްޔަލްގެ ލޯބިލިބޭނީ ހަމަ ޔަގީނުންވެސް ނަސީބުގަދަ ކުއްޖަކަށެވެ. އެހަޔާތުގެ ބައިވެރިއަކަށް ހޮވާ ކުއްޖަކަށް އުފަލުގެ ކޮޅެއް ނެތެވެ. އޭނާއަށް އެހިތުން ޖާގައެއް ލިބޭނޭ ނަމައެވެ. ހިތަށްއެރި އެއްޗަކުން ދެލޯބޮޑުކޮށްލަމުން މިއުޝީން ދެފަރާތަށް ބޯހޫރުވައިލިއެވެ. ކިތަންމެ ބޭނުންނުވިއަސް މިފާއިތުވި ދުވަސްތަކުގައި އޭނާއަށް ނިކްޔަލްއާއި ގަޔާވެވޭކަން އެހިތް އަންގަން މަސައްކަތްކުރަމުން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ކިފާހް (2)

Next

ލޯބިވަން….(ފަސްވަނަބައި)

Next
November 26, 2017

ލޯބިވަން….(ފަސްވަނަބައި)

Previews
November 26, 2017

ކިފާހް (2)

49 Comments!

  1. Friends says:
    November 26, 2017 at 10:21 am

    First dhw..

    1. Nau says:
      November 26, 2017 at 10:25 am

      Yes dear.. U first

  2. Nau says:
    November 26, 2017 at 10:24 am

    Salaam all.. So here is the 14th part.. Hope all will like this part too.. Nxt in sha allah tmrw. Let me knw the mistakes ingey.. Have a gud day n enjoy reading.. Ly all?❤

  3. Mary says:
    November 26, 2017 at 10:31 am

    Avahah edhemeehun gulhuvaa. Vvv reethi

    1. Nau says:
      November 26, 2017 at 10:43 am

      Lets see dhw.. Thanks mary

  4. aanii says:
    November 26, 2017 at 10:31 am

    alheyyy miusheen aa mikyal aa gulhuvahchey pls

    1. Nau says:
      November 26, 2017 at 10:43 am

      Miusheen libey myheh ingeyne fahun.. Lets see.. Hehe.. Thanks dear

    2. Nyn says:
      December 1, 2017 at 2:10 am

      laari fenunyma heybali vydhw.ekahala firin varah faseyhain gelleyne.advice.reehchas hadiyas hithuge saafu kamaky hurihaa ehcheh

  5. Friends says:
    November 26, 2017 at 10:32 am

    Hey nau gud morning.
    Masha allah mi part vess vvvvv nice…
    KEEP IT UP DEAR..
    Waiting 4 next part..
    Have a nice day…????????????????????????????????

    1. Nau says:
      November 26, 2017 at 10:43 am

      Thanks alot my dear❤❤

  6. aanii says:
    November 26, 2017 at 10:36 am

    dhen shayaan ah miusheen fenigen miusheen dheke loabivegen miusheen aa gulheynee. dhen nikyal baakeevee. nikyal vee gurubaaneege evves ageh netheenu. haadha dheraey ekamaku.

    1. Nau says:
      November 26, 2017 at 10:45 am

      Thieh ingeyny fahun.. Kyp reading.. Hehe.. Lets see whether true love find its way or nt.. Thanks..?

  7. seema says:
    November 26, 2017 at 10:37 am

    Dhen mi vaahakaeh nukiyaanan. dheravejje.

    1. Nau says:
      November 26, 2017 at 10:46 am

      Alhey dear.. Sad nuvey. Adhi fahun vaane gotheh neenge ehnu dhw..

  8. Xaaan says:
    November 26, 2017 at 10:58 am

    Masha Allah v reethi

    1. Nau says:
      November 26, 2017 at 11:00 am

      Thanks dear

  9. Anonymous says:
    November 26, 2017 at 11:03 am

    Wow ?❤. Thanks nau. Waiting ?❤

    1. Nau says:
      November 26, 2017 at 12:05 pm

      Thanks dear❤

  10. Shann says:
    November 26, 2017 at 11:08 am

    Wow wow, Masha Allah.. Alhey nau haadha molhey story liyan.. Hama mulhin ajaibu vehje.. Thihira jumula thakuge ethurun thakeh.. Thiyoh sifakoh dhinumeh.. Hama thivareh nethey bunelan jeheyny.. N mihaaru mi site ga I ge enme favorite story mee… N nau haa best kuhjeh hama neh.. Ur number one hama.. Luv u

    1. Nau says:
      November 26, 2017 at 12:06 pm

      Awwwnn.. Thank u sooo sooo sooo much shann.. Luv u too❤❤

  11. Zuam says:
    November 26, 2017 at 11:42 am

    Wow….??????????❤❤❤❤❤❤❤❤❤❤❤

    1. Nau says:
      November 26, 2017 at 12:06 pm

      Thanks dear❤❤

  12. Aki says:
    November 26, 2017 at 11:57 am

    varah furihama mi part ves… adhi miadhu one part up kohla dheebaa pls pls

    1. Nau says:
      November 26, 2017 at 12:07 pm

      Thanks alot dear.. Will try ingey bt nt sure..

  13. g... says:
    November 26, 2017 at 12:29 pm

    e ulheny shayaan kairiah miu fonuvan dhw. Bt shayaan akah neyngeyne e ee miu kameh. Shayaan loabivaany miu dheke. Bt eyrah miu loabi vaany nikyal dheke. I guess dhn ehn vaany

    1. Nau says:
      November 26, 2017 at 6:29 pm

      Lets see whether ur guess is correct or nt.. Hehe.. Thanks dear

    2. unaal says:
      November 26, 2017 at 11:04 pm

      I agree with ure guess g…

  14. faxoo says:
    November 26, 2017 at 12:36 pm

    Nau vvv reethi igey☺☺☺☺?keep it up????

    1. Nau says:
      November 26, 2017 at 6:30 pm

      Thanks dear❤❤

  15. Choppi says:
    November 26, 2017 at 12:39 pm

    Wow.. Story Hama best.. Finally.. Miu felt something for Nikiyal..

    1. Nau says:
      November 26, 2017 at 6:30 pm

      Ya dhw.. Hehe.. Thanks dear

  16. Rsh says:
    November 26, 2017 at 12:54 pm

    V Reethi ……….?

    1. Nau says:
      November 26, 2017 at 6:30 pm

      Thanks rsh?

  17. Huya says:
    November 26, 2017 at 1:37 pm

    Mi part vx hama varah reethi.. ❤️?

    1. Nau says:
      November 26, 2017 at 6:31 pm

      Thanks dear?❤

  18. sana says:
    November 26, 2017 at 2:00 pm

    Wow! Wow! Wow! The story is super you are best writer kepp it up Nau dhoonnii???????

    1. Nau says:
      November 26, 2017 at 6:31 pm

      Awwn.. Thanks sana dhoonii??

  19. ރަނާ says:
    November 26, 2017 at 2:13 pm

    ހެޔޮނުވާނެ އެދެމީހުން ަވަހަށް ގުޅުވައޭރުން ރީތި ވާނީ

    1. Nau says:
      November 26, 2017 at 6:32 pm

      Hehe.. Hinga dhw balamaa.. Thanks dear

  20. JUM ERRR says:
    November 26, 2017 at 4:29 pm

    Nau darl ❤❤. yuh r fantastic fabulous outstndin mihn goss kiyrrne kameh neh thy hama varrhaka liyan ehvana. Luv yuh much more.??❤❤❤

    1. Nau says:
      November 26, 2017 at 6:32 pm

      Awwwnnn.. Thank u soooo much jum dear?❤

  21. PRINCESS AFU says:
    November 26, 2017 at 7:43 pm

    Alhey story vvvv salhi ???????
    Anyways nik and miu gulhuvaba ???

  22. sana says:
    November 26, 2017 at 11:23 pm

    Alhey Nau v reethi mi part ves….. Nau dhoonnii keep it up ???

    1. Nau says:
      November 27, 2017 at 12:34 pm

      Thanks sana dhoonii❤

  23. Aki says:
    November 27, 2017 at 11:53 am

    nau dhooni konirakun up kohla dhey nee

    1. Nau says:
      November 27, 2017 at 12:35 pm

      In sha allah havyru or eyge kurin ingey.. Lil bxy vyma adhi tday ge part ge ehbai type kohlevifa iny. Ehnve.. Ehkoh nimunuhaa avahah up kuraanan in sha allah?

  24. Xaaan says:
    November 27, 2017 at 12:15 pm

    Nau koba vaahaka up kurany kon iraku v kiyaa hithun mi inny

    1. Nau says:
      November 27, 2017 at 12:35 pm

      Havyru or eyge kurin.. ?

  25. Anonymous says:
    November 27, 2017 at 1:04 pm

    Waiting for next part

Comments are closed.

Next Episodeތިޔަ ލޯބީގެ ހައްޤުގައި (15)←


All Right Reserved!