ކުޑައިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ނިކްޔަލް ބުނެލި ޖުމުލަތަކުން މިއުޝީންގެ ހިތް ފިސްފިސްވެގެން ދިޔައެވެ. ވަގުތުން ދެލޯފުރި ހޫނު ކަރުނަތައް ބަންޑުންވާންފެށިއެވެ. ހިތަށްއެެރި ތޫނު ތަދާއެކު އެދިމާލުގައި މިއުޝީނަށް ހިފަހައްޓައިލެވުނީ ބޭއިޚުތިޔާރުގައެވެ. އޭނާއަށް އަބަދު މިހެންވަނީ ކީއްވެހެއްޔެވެ؟ “އީރައްތާ. ޕްލީޒް ދެން ތިވާހަކަ ހުއްޓާލަބަލަ. އަހަރެންނަށް އެނޫން ކުއްޖެއްދެކެ ލޯތްބެއް ނުވެވޭނެ. އެނޫން ކުއްޖަކަށް މިހަޔާތުން ޖާގައެއްނުދެވޭނެ. ވަރިހަމަ ކިތަންމެ ދުވަހެއްވިއަސް. އަހަރެން އޭނައަށް އިންތިޒާރު ކުރާނަމޭ. ކޮންމެވެސް އެއްދުވަހަކުން ﷲ ގެ އިރާދަފުޅުން އޭނައަށް އަހަރެންމިވާ ލޯބި އިހުސާސުވާނެ. […]
. “ކޮބާ ޖަވާބަކީ” މައުވަން ނިވާވުމާއެކު ވާހަކަފެށީ ލައިހާއެވެ. ނިއަމް އިނީ އިސް ޖަހައިގެން އޭނަގެ ފޯނާއި ކުޅޭށެވެ. ނިއަމް އަޑުއިވުނު ކަމަކަށް ނުހެދިއެވެ. “އަޑުނީވޭ ކަމަށް ހެނދިގެން އިނަސް އަޑުއިވުނުކަން މަށަށް ޔަޤީން” އަނެއްކާވެސް ލައިހާ ވާހަކަ ދެއްކިއެވެ. ” ކޮން ޖަވާބެއްގެ ވާހަކަ އެއްތަ ތިކިޔަނީ؟ ނިއަމް އިނގޭކަމަކަށް ހަދާނުލިއެވެ. އޭރުވެސް އޭނަ އިނީ އެ އިންގޮތަށް ފޯނާއި ކުޅޭށެވެ. ލައިހާ އިނީ ސީދާ ނިއަމްގެ މޫނަން ބަލަހައްޓައިގެންނެވެ. އެކަމުގެ ސަބަބުން ނިއަމް އިނީ […]
ރޭވުމާ އެއްގޮތަށް ޒަމްރާ މަންހާމެން ގޮވައިގެން އައިޝާމެން ގެޔަށް އައީ ބަރާބަރު 8 ޖެހީރުގައެވެ. މިއަދު ހަތަރުދަމު އައިޝާ ކޮބާހޭ އެހުމުން ޒަމްރާ ދެއްކި ބަހާއަކީ އޭނާ ކުޑަކޮށް ބަލިވެ އުޅޭކަމެވެ. އެހެންވެ ހޫދުވެސް ގެއިން ބެރަށް ނުނެރި ބަހައްޓާފައި ހުރިވާހަކައެވެ. މަންހާއާ ޒާމިންއަށް އެނގިފައި ވާގޮތުން އެމީހުން މިގެޔަށް މިއައީ އައިޝާ ހޮސްޕިޓަލަށް ފޮނުވޭތޯ ބަލާށެވެ. ޒަމްރާ ވަރަށް ކިޔުމުންވެސް އައިޝާ ހޮސްޕިޓަލަށް ނުދިޔަސް ޒާމިންއަށް އެކަންވާނެކަން އެނގޭތީއެވެ. “މިގެ މިއޮތީ ނުވެސް ދިއްލައެެއްނު. އާޝި […]
ފިރިހެންވަންތަ ހިނގުމެއްގައި އައިސް ނިކްޔަލް މިއުޝީންގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. އަދި ލަދުވެތިކަމުގެ ސަބަބުން ރަތްވެފައިވާ އެދޮންމޫނަށް ހިތްގައިމު ގޮތަކަށް ބަލައިލިއެވެ. އެތަންފެނި މިއުޝީންގެ ހުރިހައި ލޯލިތަކެއް ކޮޅަށް ޖެހިގެންދިޔައެވެ. ކޮންފަދަ ހިތްގައިމު ފިރިހެނެއް ހެއްޔެވެ؟ އެރީތިކަމަށް ބަލައި ފޫހިނުވާނެކަން ހަމަ ޔަގީނެވެ. ނިކްޔަލްގެ ލޯބިލިބޭނީ ހަމަ ޔަގީނުންވެސް ނަސީބުގަދަ ކުއްޖަކަށެވެ. އެހަޔާތުގެ ބައިވެރިއަކަށް ހޮވާ ކުއްޖަކަށް އުފަލުގެ ކޮޅެއް ނެތެވެ. އޭނާއަށް އެހިތުން ޖާގައެއް ލިބޭނޭ ނަމައެވެ. ހިތަށްއެރި އެއްޗަކުން ދެލޯބޮޑުކޮށްލަމުން މިއުޝީން ދެފަރާތަށް ބޯހޫރުވައިލިއެވެ. ކިތަންމެ […]
ޔުއާން ރޮވިފައިވާ އަޑަކުން ހަޅޭލަވައިގެންފައި މިކްޔަންގެ ބޮލުގައި ހިފާގަތެވެ. ******** “އާހް” މިކްޔަންގެ އަގައިން އާހްގެ އަޑު ނިކުތެވެ. ޔާނާ އަވަސް އަވަހަށް ޔުއާންގެ އަތް ނެއްޓުވިއެވެ. “ޔުއާން ހާދަ އަހަރެން ދެކެ ރުޅި އާދެޔޭ. ޔާނާ އަށް ވުރެ މިސޮރުގެ ރުހުން ހޯދަން އަހަރެންނަށް މާއުދަގޫ. ގަޔަށް ބޮލަށް ވިއްޔަ އަރަނީ. މީނައަށް ކަމަކު ނުދޭ އަހަރެން ޔާނާ ގައިގަ ބެހޭކަށް” މިކްޔަން ބޮލުގައި ފިރުމަމުން ބުނެލިއެވެ. ޔާނާ ހީލިއެވެ. “އަހަރެންނަކަށްވެސް ނޭނގޭ ހަދާނެ ގޮތެއް. […]
ހިނދުކޮޅެއްވެސް ނުވެ ސޮރީ ބުނެލިއެވެ. އަދި މައުވަންގެ އަތުގައި ހިފައި ތަޅުވާލަމުން އަހަރެންގެ ސަޕްރައިޒްކިނެއްތޯ އަހާލިއެވެ.” އެއްގޮތަކަށްވެސް ކަމަކުނުދޭ” މައުވަން ސީރިއަސްކަމާއެކު ބުނެލިއެވެ.”ކީއްވެ ނުބުނެ އައީ؟ އޭރުން ގައިމު ރިސީވް ކުރަން ދެވުނީހެއްނު. މިހާރު މާލެވެސް މީ އަންހެން ކުދިން އެކަނި އުޅޭވަރުގެ ރައްކާތެރި ތަނެއްނޫނޭ ލައި” އެހެން ބުނެލަމުން މައުވަން ވަނީ ލައިހާގެ އަތުގައި ހިފައިގެން ގޭޓުން އެތެރެއަށެވެ. ސިޓިން ރޫމަށްވަތް އިރު މަޒްހަރު އާއި ނަސީމާ ތިބީ ސޯފާގައެވެ. ލައިހާ ފެނުމާއެކު ދެމީހުން އެކީ […]
“ކޮބާ އާޝި ފެނޭތަ. މަކަރު ނަހަދާ ބުނާތި. ހޫދުގެ މަންމި ވަރަށް މޮޅުވާނެ ބްލައިންޑް ފޯލްޑްގަ ޗީޓްކުރަން” މަންހާ ވާހަކަ ދެއްކީ ހޫދުއާއެވެ. “ހޫޑީ ދަރިފުޅާ ޕްރޮމިސް މަންމި ޗީޓް ނުކުރާނަން. މި މިންނުގަނޑު ކިޔާ އެއްޗެއްސަށް އަޅާނުލާ.” ލޯމަތީގައި ބަނދެވިފައިވާ ފޮތިގަނޑުގައި އަތް ޖައްސާލަމުން އައިޝާބުންޏެވެ. އެޔާއެކު ރާއިން އަހަރުމެންވެސް އެބަތިބީމޭ ބުނި އަޑުއިވިގެން ދިޔައެވެ. އައިޝާގެ ލޯމަތީގައި ފޮތިގަނޑު ބަދެވިފައި ވުމުން ފަހަރަކު މީހަކު އޭނަޔަށް ކޮންމެވެސް ޖެއްސުމެއް ކޮއްލާނެއެވެ. މިކަމުގަވެސް އެންމެ ފޯރިއަރުވާލީ […]
“ބިންތު ޢައްމާރު….” ޝަރަފަށް ވައި އަޑުން ކިޔާލެވުނެވެ. ހަމަ އެއާއެކު އޭނަގެ ނިތަށް ރޫގިނަވިއެވެ. މިއީ ކޮންކަހަލަ ނަމެއްތޯ ހިތަށްއެރިއެވެ. މި ވާނީ ހަމަ ޔަޤީނުންވެސް ދީނުގައި “ހައްދު ފަހަނަޅާފައިވާ” އަންހެނެއް ކަމަށެވެ. އެ ނޫންނަމަ މިކަހަލަ ނަމެއް މި ޕޭޖަށް ދޭންވީ ފަހެ ކީއްވެ ހެއްޔެވެ؟ ޝަރަފް ހަމަ އިސާހިތަކު އެ އަންހެން ކުއްޖާގެ ހުރިހާ ސިފައެއް އަމިއްލަ އަމިއްލައަށް ނިންމައިފިއެވެ. އެ ވާނީ ހަމަ ޔަޤީނުންވެސް ދެއްކުންތެރިކަމަށްޓަކައި ދިގު ހެދުންލާ ކުއްޖަކަށެވެ. ގިނަ މީހުންގެ […]
“އޭ!!!! ބުނާނެ މަށޭ ހުވަފެން ބަލަނީ. ތިއޮއް އަނގައިން ސޮނި ފައިބަނީ..ހޭލާ.!!!” ޔާނީގެ ނިއްކުރީގައި ޖަހާލަމުން މުލައިލް ހިނިގަނޑެއް ޖަހާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. ޔާނީވެސް އަމިއްލަ މޮޔަކަމާމެދު ހެމުން މުލައިލްގެ ފަހަތުން ދިޔައެވެ. ދުރުގައި މަންޒަރު ބަލަން ހުރި އަލާނިޔާގެ ބޮމަ ގޮށްޖެހިގެން ދިޔައެވެ. ދިވެހި ރިޕޯޓު އެންމެ ފަހަށް ބޭއްވުމަށްފަހު މުލައިލް އެންމެ ފުރަތަމަ ވެސް އުޅެންފެށީ އެންމެ އަވަހަށް ހަވާލް ކުރަންޖެހޭ މަސައްކަތްތައް ނިންމުމުގައެވެ. ޔާނީވެސް ޓެސްޓުތައް ފެށުމުގެ ކުރިން ފިލާވަޅުތައް ދަސްކުރަން […]