ނޭނގި ހިތޭ ތިއަތުލީ (2)
އަމީނާ ހުރީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައެވެ.ބަލާބެލުމަށް އުމުރުން 50 އަށްވުރެ މައްޗަށްގޮސް ދާނެއެވެ. ނަމަވެސް އެ އުމުރުގައިވެސް ފުރިހަމަ ހަށިގަނޑަކާއި ރީތި މޫނެއް އޭނައަށްވާނީ ލިބިފައެވެ. ހަމުގެ ކުލަ އައްޔެވެ. މި އުމުރުގައި މިހާފުރިހަމައިރު ޒުވާން ދުވަސްވަރު އެތައް ހިތްތަގެއްގެ ވެރިއަކަށް ވާނެކަން ގައިމެވެ. ހިތްހެޔޮ މަޑުމައިތިރި ވައްތަރުޖަހައެވެ. އެއްވެސް މޭކަޕެއްކޮށްފައެއްނެތެވެ. ލައިގެން ހުރީ ފައިތިލައާ ހިސާބަށްއަރާ ކަޅު ގަޔަށްދޫ ހެދުމަކާއި ބޮޑު ތިނެސްކަން ބުރުގަލެކެވެ. ބުރުގާވަނީ ގޮތްބޮޑު ކުރުމެއްނެތި ވަރަށް އާދައިގެ ގޮތަކަށް ހަދާލާފައެވެ. ބޫޓާއެކު އިސްޓާކީނަން އަރާފައިވަނީ ނިވާކޮށްލާފައެވެ. އިރު އިރު ކޮޅަކާ އަތުކުރީގައި އޮތް ރިހިކުލައިގެ ހިމަ ގަޑިއަށް ބަލާލައެވެ. އަދި ހަމައެއާއެކު އެރައިވަލް ގޭޓަށް ބަލާލާ ގޮތުން އެހުރީ މީހެއްގެ އިންތިޒާރުގައިކަން ވަރަށް ރަނގަޅަށް އެނގެއެވެ.
މާގިނަ އިރުތަކެއްނުވެއެވެ. އަމީނާގެ އިންތިޒާރަން ނިންމުންގެންނަމުން އަރައިވަލް ގޭޓުން ނިކުމެގެން އެއަންނަނީ އޭނަގެ ހަމައެކަނިހުރި ދަރިފުޅު މަލާކުއެވެ. ޓްރޮލީ ދުއްވަމުން އަޔެއްކަމަކު ފަހަތުގައި ބެކްޕެކްއެއް އަޅުވާފައި އޮތެވެ. ރާއްޖޭގެ ނިސްބަތުން ދިގު އިސްކޮޅެކެވެ. ލައިގެންހުރި ހެދުން ގަޔަށް ކިތައްމެ ދުލަސް ހަށިގަނޑުގެ ހިކިކަން ފާހަގަކުރެވެއެވެ. އެރީތި ދެލޮލަށް ބަލައިލި މީހަކަށް އެހެން ދިމާލެއް ބަލަން ދަތިވާނެއެވެ. އަމީނާގެ ރީތިކަން މާލާކަށް ވާރުތަވެފައިވާކަން ގައިމެވެ. ހެދުން އެޅުމުގައިވެސް އޭނަގެ މަންމައާއި ތަފާތީ ބުރުގަލުގެ ބަދަލުގައި ބޮލުގައި ވިލުނޫ ކުލައިގެ ޝޯލްއެއް އަޅާފައި އޮތްކަމެވެ. މާލާކަށް އޭނާގެ މަންމަ ފެނުމާއެކު ތުންފަތަށް ފުޅާ ހިނިތުންވުމެއް ގެންނަމުން ފިޔަވަޅުތައް އަވަސް ކޮށްލިއެވެ.އެ ހިނިތުން ވުމާއެކު ދެ ފަރާތު ދެކޮލަށް އެޅުނު އަޑިކޮޅުން އޭނަގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދިނެވެ. ” ހާދަ މިސް ވިޔޭ މަންމަ މަތިން” އަމީނާގެ ގައިގައި ކުޑަކޮށް ބައްދާލަމުން މަލާކު ވާހަކަވެށިއެވެ. “މަންމަޔަށް އިގޭތިކަން ދަރިފުޅު ނުބުންޏަސް. މަންމަ ހާދަ އުފާވެއްޖޭ ދަރިފުޅު އެއްކޮށް ކިޔަވާ ނިމިގެން އައީމަ” އަމީނާގެ ލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފުހެލިއެވެ. ” އެއްކަލަ މަންމަ. ދެންހުއްޓާލަބަ. އަހަރެން ދެންހުންނާނީ އަބަދުވެސް މަންމަ ކައިރީގައޭ.މަންމަތީ އަހަރެންގެ ލައިފްގަ އެންމެ މުހިއްމު މީހަކީ” އަމީނާގެ ދެ ކޮނޑުގައި ހިފަހަށްޓައިގެން ހުރެ މަލާކުބުނެލިއެވެ. އަދި ދެން ވާހަކަ ދައްކާނީ ގެއަށް ގޮސް ކަމަށް ބުނެ ކުރިއަށް ހިގަންފެށިއެވެ. އަމީނާ މަލާކު އިނގިރޭސިވިލާތަށް ޑޮކްޓަރުކަން ކިޔަވަން ފޮނުވީ ހިތާދެކޮޅަށެވެ. އެތަށް ޝަރުތުތަކެއް ކުރުމަށް ފަހުގައެވެ. މަލާކު އިންތިހާއަށް ބޭނުންވާކަމެއްކަމަށް ވީތީއެވެ. މިއަދު މަލާކް އެއައީ އެތައްބަޔަކު ހައިރާން ކޮށްލުމަށްފަހު އުމުރުން 26 އަހަރުގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށް ވެގެންނެވެ.
************
ގަޑިން ރޭގަނޑު ނުވައެއްޖެހިއިރު މަޒްހަރުގެ ދެކުދިން ތިބީ އޭނަގެ އިންތިޒާރުގައި ސިޓިންރޫމްގައި މަޑުކޮށްލައިގެންނެވެ. އެއްބަނޑު އެއްބަފައެއް ކަމަކު އެދެޒުވާނުން އުޅެނީ އެކުވެރީން ފަދައިންނެވެ. ހީސަމާސާކޮށް އެކަކު އަނެކަކަށް ދިމާކުރުމަކީ އާދައެކެވެ. ނަމަވެސް އެހެންމީހުންގެ ކުރިމަތީގައި ވަރަށް ސީރިޔަސް ދެޒުވާނުންނެވެ. “ބައްޕަމިރޭ ކޮންލެކްޗަރެއް ދޭން އުޅޭރެއެއްބާ؟ އަކްޔަން ފޯނާއިކުޅެމުން ވާހަކަ ދެއްކިއެވެ. ޖަވާބުދޭން ހުޅުވާލި އަނގަ މައުވަން ލައްޕާލިއެވެ. އޭރު ނަސީމާއާއި މަޒްހަރު އައިސް ސޯފާގައި އިށީންނަނީއެވެ. “ދަރިފުޅުމެން ދެކުދީން ނަކީވެސް ބޮޑެތިވެފައި ތިބިޒުވާނުން. ކުރަންވީ ކަންތަކާ ނުކުރަންވީ ކަންތަކާ ކޮންމެދުވަހަކު އެއްފަހަރު ކިޔާދިނުން މުހިއްމު ކަމަކަށް ބައްޕައަކަށް ނުފެނޭ. އަހަރެމެން މުސްލިމުން އުޅެންޖެހޭނީ އިސްލާމީ އުސޫލްތަކާ ޚިލާފު ނުވާގޮތަށް. ކަންކަން ކުރަންވީގޮތް ދީނުގައި އަންގަވާފައިވޭ. ޔުރަޕްމީހުން އުޅޭހެނެން ނޫންއުޅެން ޖެހޭނީކީ” މަޒްހަރު ވާހަކަ ހުއްޓާލީ އަކްޔަން ސުވާލު ކުރުމުންނެވެ.”ބައްޕާ. ކިހިނެއްތޯވީ؟ ކޮންގޮތަކަށް އަޅުގަނޑުމެނަން އުޅެވުނީތޯ؟” “ދަރިފުޅަކަށް ނޫން ގޮތަކަށް އުޅެވުނީކީ. ދޮންބެއަށް. ދަރިފުޅުބައިންދައިގެން މިވާހަކަ ދައްކަނީ ދުރާލާ ކަންތައްތައް ހަނދާން ކޮށްދިނުމުގެ ގޮތުން. މައުވަން ބައްޕަ ހިއެއްނުކުރަން ދަރިފުޅަށް ސިއްރުން އަންހެން ކުދިން ގޮވައިގެން މިގެއަށް ވަންނަންކެރޭނެކަމަކަށް! ކިހިނެތް އެހިއްވަރު ދަރިފުޅަށް ލިބުނީ؟ މަޒްހަރު ބުނެލީ އެއްވެސް ވަރަކަށް މައުވަން ބުނާނެކަމަށް ހީކުރި ޖުމްލައެއްނޫނެވެ. މައުވަން ހައިރާންވީވަރު އޭނަގެ މޫނުމަތިން ހާމަވިއެވެ. މަޒްހަރު ދެންދައްކާނެ ވާހަކައަށްވުރެ މައުވަން އެގެން ބޭނުންވީ މަޒްހަރަށް އެކަން އެގުނުގޮތެވެ. މަޒްހަރުގެ ޖުމްލަޔާއެކު އަކްޔަން އޭނަގެ ދޮންބެގެ މޫނަންބަލާލީ އެއީ ތެދެއްހޭ އަހާފަދަ ގޮތަކަށެވެ. މައުވަން އިސްދަށަށްޖަހާލިއެވެ. އެއިޝާރާތުން އެއީ ހިނގައިފައިވާ ކަމެއްކަން އަކްޔަންއަށްވެސް އެގުނެވެ. މަޒްހަރުގެ ސުވާލަށް މައުވަން ޖަވާބެއްނުދެއެވެ.ސުވާލު ތަކުރާރުކުރީ ނަސީމާއެވެ. ދެވަނަ ފަހަރަށް ސުވާލުކުރުމުން މައުވަން ބުނެލީ ދެން އެހެން ނުވާނެކަމުގައެވެ. “މަންމަމެން މިހެން ނަސޭހަތްދޭ ކޮންމެފަހަރަކު ދަރިފުޅު ބުނާނެތިހެން. ދެނެން އެހެނެން ނޫޅޭނަމޭ. ދެން މިހެނެން ނޫޅޭނަމޭ. އެކަމު މަންމަމެން ރައްޓެހިންނާއެކު ބޭރަށްދާ ކޮންމެފަހަރަކު އިވޭނެ ދަރިފުޅުގެ ކޮންމެވެސް ވާހަކައެއް. އަބަދުވެސް ކޮންމެވެސް އަންހެން ކުއްޖަކާ ގުޅުން ހުރި ވާހަކައެއް. ކިތައް ދުވަހު ބުނެފިން ތިހެން ނުހުރެ އަވަހަށް ރަނގަޅުކުއްޖެން ހޯދައިގެން ކައިވެނިކުރާށޭ.” ނަސީމާ އޭނަގެ ދަރިފުޅަށް ނަސޭހަތްތެރިވިއެވެ. އެދިޔައީ ރަސްމީ މައުލޫއަށެވެ. މައުވަން ހިތަށް އެރިއެވެ. މަޒްހަރުމެން ދެމަފިރީންގެ އަބަދުގެ ޝަކުވާއަކީ އެއީއެވެ. 28 އަހަރު ވެގެން ދިޔައިރު މައުވަން ދިރިއުޅުމާއި ދޭތެރޭ ސީރިއަސް ނުވުމެވެ. އަމުދުން ކައިވެނީގެ ވިސްނުން އަދި މައުވަން ނުވެސް ކުރެއެވެ. “އަކްޔަންވެސް މާގިނަދުވަސް ނުކޮއް އަވަހަށް އިންނާނެ ރަނގަޅު ބައިވެރިއަކު ހޯދާނެ ކަމަށް ބައްޕަ އުއްމީދުކުރަން” ޖީބުން ފޯންނަގަމުން މަޒްހަރު ބުނެލިއެވެ. މައުވަން! ކުރިއަށް އޮތް ތިންމަސް ދުވަސްތެރޭ ދަރިފުޅު ޖެހޭނެ ކޮންމެސް އެއްކުއްޖަކު ހޯދަން. ގިނަ ކުދިންނާއެކު ފެނިގެން ނުވާނެ. ” މަޒްހަރު ބަލަން ހުރީ މައުވަންގެ މޫނަށެވެ. ” ބައްޕަހީކުރާހާ ފަސޭހަ ކަމެއްނޫނޭ އެއީ” މައުވަން ޖަވާބު ދިނެވެ. “ހައެއްކަ ކުދިންނާއެކު އެއްކޮށް އުޅެން ފަސޭހައިރު އެވެސް އުނދަގޫ ކަމަކަށްނުވާނެ. ތިންމަސް ދުވަސް ތެރޭ އެދެވޭ ބަދަލެއް ދަރިފުޅުގެ އުޅުމަށް ނައިއްސި ނަމަ ދެންކަންތައް ކުރަންވީގޮތް އިނގޭނީ ބައްޕައަށް” މަޒްހަރު އޭނަގެ ނިންމުން އިއްވާލުމަށްފަހު ތެދުވެގެން ހިނގައިގަތެވެ.ފަހަތުން ނަސީމާވެސް ހިނގައިގަތެވެ. އެދެމަފިރީން ކޮޓަރިއަށްވަނުމުން އަކްޔަން އޭނަގެ ދޮންބެއާއި ވާހަކަ ދައްކަންފެށިއެވެ. ” ދޮންބެވެސް ދެން ތިއުޅުންދޫކޮށްލަންވެއްޖެ އެއްނު. މަންމަމެން ހާދަލަދެއް ގަންނާނެއޭ. އަހަރެންވެސް ލަދުގަނޭ. އަސްލު ކުށެއްނެތް ކިތައްކުދިންގެ ހިތްތި ހަލާކުކޮށްލަނީ. ތިހެން އުޅެނިކޮށް ހީނުކުރާކަހަލަ ލަނޑެއްވެސް ލިބިދާނެ”. “އަހަރެން އެއްވެސް މީހެއްގެ ހިތެއްހަލާކެއްނުކޮށްލަން. އަހަރެން ބުނަން ސީރިއަސް އެއްނޫނޭ. ދެން އެކުދީވެސް އަހަރެންގެ ފުށުން ފަސޭހަތެކެއްވާތީ އަހަންނާއެކު އުޅުން އެއީ އަދި އެހެން ކަމެއް. އެއްވެސް ކުއްޖަކަށް ހަމަގައިމުވެސް ނުބުނެވޭނެ އަހަރެން އޮޅުވާލީއެކޭއެއް. އެހެން ނޫނަސް ދަތްހުރި ދުވަހުއޭކާށި ކެވޭނީ” ފަހުޖުމްލަ މައުވަން ބުނެލީ އެއްލޯމަރާލާފައި ހީލަމުންނެވެ.
” ދޮންބެ މަ ބުނަންތަ ރަނގަޅު ވާހަކައެއް. ގިނަކާށި ކާންތިޖެހެނީ އަދި ރަނގަޅު ކާއްޓަކާ ނުޖެހޭތީ. ރަނގަޅު މީރު ކާއްޓަކާޖެހުނީމަ ހިތަށް އަރާނެ ދަތްހުއްޓެއްކަމަކު ކުރިން މިކެވުނީ ހުސްފީ ކާއްޓޭ” އަކްޔަން ވެސް މައުވަން ހެދިހެން ފަހުޖުމްލަ ބުނެލީ އެއްލޯމަރާލުމަށް ފަހުއެވެ. އެހެންބުނެލުމަށް ފަހު އޭނަދިޔައީ ބޭރަށެވެ. މައުވަން ތެދުވެ ހިނގައިގަތީ ކޮޓަރިއަށެވެ.
********
އަމީނާ މަލާކް ގޮވައިގެން ދިޔައީ އޭނަ ކުއްޔަށް ހިފާފައި ހުރި ކުޑަ ކޮޓަރިއަށެވެ. ކާރުގޮސް އެހިސާބަށް މަޑުކޮށްލާއިރަށް މަލާކް ބަލާލީ އަމީނާގެ މޫނަށެވެ.އަމީނާ ކަމެއް ވީކަމަށް ނުހަދާ ބުނެލީ އަވަހަށް ފައިބަން އުޅެއްވީކަމަށެވެ. ކަންހިނގާފައި ވާނެގޮތް އެވަގުތު މަލާކަށް ލަފާކޮށްލެވުނެވެ. ދެމައިންގޮސް ކޮޓަރިއަށް ވަނެވެ. ދެމީހަކަށް ނިދާލެވޭވަރު ވެއެވެ. ކޮޓަރިއަށް ވަދެވުމާއެކު މަލާކް ފެށީ ޝޯލްގައިހުރި ޕިންތައް ނައްޓާށެވެ.” ހާދަ ހޫނޭ ދޯމަންމާ”ޝޯލްބޮލާއި ވަކިކޮށްލަމުން މަލާކްބެލިއެވެ. ރަށަށް ދިއައީމަ ރަނގަޅުވާނެ އޭބުނެ އަމީނާ ޖަވާބްދިނެވެ. މާދަމާ ދިހައެއްގެ ފްލައިޓުން މަންމަ އިންނާނީ ޓިކެޓް ނަގާފައި. އެކަން އެހެން ކޮއްފައި އޮންނާނެކަން މަލާކަށް އިނގެއެވެ. މާގިނަދުވަހު މާލޭގަހުރުމަކީ އަމީނާ އެދޭނެ ކަމެއްނޫނެވެ. ކޮންމެހެން މާލެ ދެކެ ފޫހިވާތީއެއްނޫނެވެ. އެހެންމީހުންގެ އިހްސާންތެރިކަން ބޭނުން ނުވަނީއެވެ. މަލާކްގެ ކުރިމަތީގައި ކަންކަމަށް އިންކާރު ކުރުމަކީ އަމީނާއަށް ފަސޭހަ ކަމެއްނޫނެވެ.
އާދައިގެ މަތީން ދުވަސްތައް ފާއިތުވަމުން ދެއެވެ. ކޮންމެ މީހެއްވެސް އެމީހެއްގެ ބިޒީ ޝެޑިއުލްއާއި އެއްގޮތަށް ކަންތައްތައްކުރަމުން ދެއެވެ. މައުވަންއަށް ނަސޭހައްދިންތާ މިއަދަށް މަސްދުވަސް ވީއެވެ. އޭނަގެ އުޅުމަށް އައި ހަމައެކަނި ބަދަލަކީ އަންހެން ކުދީން ގެއަށް ނުގެނުމެވެ. އިތުރު ބަދަލެއް ގެނައުން އެއީ މުހިންމު ކަމެއްކަމަކަށް އޭނަ ނުދެކެއެވެ. މަޒްހަރު އެރޭ ތަންކޮޅެއްހަރުކަށިވީ ގެއަށް އަންހެންކުއްޖަކު ގެނައީމަކަމަށް މައުވަންއަށް އެނގެއެވެ. އެކަން އޭނަ ހުއްޓާލައިފިއެވެ. ދެންއެނިމުނީއެވެ. އޭގެފަހުން އެގޭތެރޭގައި އެކަމާގުޅުން ހުރި ވާހަކައެއް ނުދެކެއެވެ.
ޑިއުޓީ ނިންމާލާފައި ފެންވަރައިގެން މައުވަން ތައްޔާރުވަމުން ދިޔައީ ރައްޓެހިންނާއެކު ކޮފީއެއްބޯލާޝެވެ. އޭރުވެސް އެތައްފަހަރަކު އޭނަގެ އެއްމެ ގާތްއެކުވެރިއާ ނިއަމް ލަސްވެގެން ގުޅައިފިއެވެ. ފޯނަން ސަމާލުކަން ދީގެން ހަލުވި ފިޔަވަޅުތަކެއްގައިދިޔަ މައުވަން ދޮރާއްޓާއި ހަމައިން ލައިގަތީ އެވަގު އެހިސާބަށް އެރި ޒުވާން އަންހެންކުއްޖެއްގައިގައެވެ. އެމޫނަން ބަލާލުމުގެ ކުރިން މައުވަން ފުރަތަމަ ނެގީބިމަށްވެއްޓުނު އޭނަގެ ފޯނެވެ. އެހަންހެންކުއްޖާގެ މޫނު ފެނުމާއެކު މައުވަން ބަސްހުއްޓި ހުރެވުނީއެވެ. އޭރު އެހަންހެން ކުއްޖާހުރީ މައުވަންއަށް ރީތި ހިނިތުންވުމެން ދީގެންނެވެ. އެރީތި ހުދުދަތްތައް ދައްކާލައިގެން ހުރިއިރު ހީވަނީ ކޮލްގެޓް އިޝްތިހާރަކަށް ރެޑީވެގެން ހުރިހެންނެވެ. ހިނދުކޮޅެއްވެސް ނުވެ އެކުއްޖާ ސޮރީ ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




First dhw….
V nice. Me ✌☺☺☺☺☺☺☺
Hey dear mi part vess kuru dhw….but mi part vvvv reethi..
Keep it up…
Plx upload soon dear.
Waiting 4 next part.??????????????????????????????????
Nt bad
Rythi vaanehn Hyvany kuriah dhaavarakun
Wow! Very beautiful story!
When next part?
Such a beautiful story . when next part?
story vvvvv reethi….
thanks all