Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްނެތް ގުޅުން (13 ވަނަ ބައި)

Shaama Level 110 Stories
November 26, 2017 7 Mins Read
13 Comments

ކޮޓަރިތެރޭ އިން ކިޔާން އަށް ހޭވެރިކަމެއްވީ މައިޝާ ކޮޓަރިއަށްވަނުމުންނެވެ. އަތުގައި އޮތް ފައިލު ހިފައިގެން އައިސް ކިޔާންއަށް ފައިލް ދިއްކޮށްލުމަށްފަހު ފައިލުތެރޭގައި ވާ ގަނޑުތަކުގައި ލިޔެފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތެއްތޯ ޗެކުކޮށްދިނުމަށް މައިޝާއެދުނެވެ. ހައިރާންވެހުރެ މައިޝާދިއްކޮއްގެން ހުރި ފައިލަށް ބަލާލުމަށްފަހު ކިޔާން ކުރީ ސުވާލެކެވެ.

“ތީ ކޯއްޗެއް މައި؟ ”

“މީ ޑިވޯސްފޯރމް. ދެން މީގަ ހުރި މައުލޫމާތު ރަނގަޅުތޯ ބަލާދީ.. ސުލްހަގޮތުގައި ވަރިކޮށްދޭނަމޭނުން ބުނީ ދޯ.. ” ބޭނުންވެގެން އުޅޭ ކަންތައް ފަސްޖެހުމެއްނެތި މައިޝާ ކިޔާންކިބައިން އެދުނެވެ.

ކިޔާންގެ ފައިދަށުން ބިންގަނޑުހިލިގެން ދިޔަކަހަލައެވެ. އިންތަނުން ތެދުވެ ހައިރާންވާ ހާލު މައިޝާއަށް ބަލާލުމަށްފަހު ވާހަަކަދައްކަންފެށިއެވެ. “މައި… ތިހެން ނުހަދާ.. މައިއާ މެރީ ކުރީ މައި ދޫކުރާކަށްނޫން.. ޕްލީޒް.. މައި އާ ނުލާ އަހަންނަކަށް ނޫޅެވޭނެ.. ގަބޫލުކުރަން.. މައި އަށް އެއްވެސްވަރަކަށް ވަގުތެއްނުދެވޭ.. އަހަންނަށް ވަޒީފާއަށް މާބޮޑަށް ސަމާލުކަންދެވުނީ… ޕްލީޒް މައި.. އައި ކެން ސެޓްލް ދިސް.. މައި…..” ކިޔާންގެ އާދޭސްތަކަށް ބީޜު ކަންފަތެއްދެމުން މައިޝާ ކިޔާން ހުއްޓުވިއެވެ. ” ކިޔާން.. ޕްލީޒް.. ތިހެން ނުހަދާ.. ކޮންމެފަހަރަކު ކިޔާން ތިހެން އާދޭސްކޮށްފަ މައި ކައިރި އެހެން ނުހަދާނަމޭ… މިހެން ހަދާނަމޭ.. ދެން އެހެނެއް ނުވާނެޔޭ.. ކިޔާ އަޑު އަހައިފީމެއްނު.. މައި އަކަށްދެން ނުވާނެ މިކަމެއް.. ކިޔާން ގެ ރުޅި މައިއަކަށް އަންޑަސްޓޭންޑެއް ނުވޭ.. މައި ބޭރަށް ދިޔަޔަސް މައްސަލަ.. ގޭގަ އިނަސް މައްސަލަ.. ކިޔާން ބޭނުމެއްނުވޭ މައިއާ ވާހަކަ ދައްކާކަށް.. ދެން ދެ ސްޓްރޭންޖާރޒް ހެން މިހެން އަބަދު އުޅެވޭތަ؟ ކަމެއް ހައްލުކުރަންވެސް ކިޔާން ވާހަކަދައްކާކަށް ބޭނުމެއްނުވޭ.. އަަބަދު ބިޒީވެގެން ކިޔާން ލޮލަށް ފެންނަނީ ކިޔާން ބޭނުންވާއިރަކު.. މިހެން އުޅެވޭތަ ކިޔާން ބުނެބަލަ.. މީ މައި އެކްސްޕެކްޓް ކުރި ލައިފެއްނޫނޭ ކިޔާން.. ކިޔާން މިހެން ކަންތައް ކުރާ ސަބަބެއްވެސް ބުނަނީއެއްނޫން.. ޕްލީޒް.. ވީ ނީޑް ދިސް ކިޔާން…. ” މައިޝާގެ ވާހަކަ ނިއްމާލިއިރު ފެންކަޅިވެ ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެ ނިންމުން ނިންމާލިއިރު މައިޝާގެ ކުރިމަތީ ހުރި ކިޔާންވެސް ހުރީ ރޮވިފައެވެ. އޭނާގެ ހިތަށްކުރުވަމުން ދިޔަ އަސަރު މައިޝާއަށް އެނގޭނެނަމައެވެ. ހިތްވަރު އެލި ގައިން ވަރުދޫވާ ހާލު މައިޝާ ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު މައިޝާ ގެ އަތުގައި އޮތް ފައިލް ކިޔާން ނެގީ ހިތާދެކޮޅަށެވެ. ހަމަ އެ ވަގުތު މައިޝާ ކޮޓަރިންނުކުމެގެން ބޭރަށް ދިޔައެވެ. އެހިނދު ފައިލްހުޅުވާ އޭގައިވާ ފޯރމުގައި ލިޔެފައިވާ ލިޔުންގަނޑު ކިޔާލުމުން ހަނދާނަށް އައީ ކައިވެންޔަށްފަހު މައިޝާ އާއި މެދު ކިޔާންއަށް ކަންތައްތައް ކުރެވުނު ގޮތުގެ ހަނދާނެވެ. އޭގައި މައިޝާ ލިޔެފައިވާ ހުރިހާ ވާހަކަތަކަކީ ހަޤީޤަތުގައިވެސް ސައްހަ މައުލޫމާތުކަން ހަމަ ޔަގީނެވެ. މައިޝާއަށް ކިޔާންގެ ހަމަހިމޭންކަމާ، ނުތަނަވަސްވެ ވަގުތު ނުދެވި ދުރުވަމުން ދިޔައީ ކީއްވެގެންކަން މައިޝާއަށް އަންގަން ކިޔާންއަށް ނުކެރިގެން އެއުޅެނީ ހަމަ ޔަގީނުންވެސް ވަރުގަދަ ސަބަބަކާހުރެއެވެ. އެހެނަސް ހިތާމައަކީ މި ދުވަސް އައިސްދާނެކަން ކިޔާންގެ ހިތަށް ނައުމުންނެވެ. އަތުގައިވާ ފޯރމުގައި ލިޔެފައިވާ ކަންތައްތައް ރަނގަޅަށް ކިޔާލުމުން ކިޔާންގެ ހަނދާނަށް އަންނަމުންދިޔައީ އޭނާގެ ކައިވެނީގެ ދުވަހެވެ. އެދުވަހު އޭނާއާއި ކައިވެނި ޕާރޓީން ދިމާވި ކަންތަކެވެ. ހަޔާތް މިހާ ބަނަކޮށްލި އެ ކަންތަކުން މިއަދު ކިޔާން އެ ކުރިމަތިލާންޖެހުނީ ހާދަހާވާ ހިތިކަމަކާއޭ ކިޔާންގެ ހިތަށްއަރަމުންދިޔައެވެ.

…………………………………..

2007އަހަރުގެ ޑިސެމްބަރުމަހުގެ 21 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެވެ. ނަސަންދުރަ ޕެލެސް ހޮޓެލްގެ ގޭޓުން ފެށިގެން ހަފްލާއޮތް މާލަމުގެ ހޯލު ދޮރާއްޓާހަމައަށް ބޮކިފަތިތައް ދަމާފައި ވާއިރު ވަންނަ ބިއްލޫރިދޮރުކައިރީގައި ބަހައްޓާފައިވާ ވަކަރުން ހަދާފައިވާ ބޮޑު ފްރޭމެއްވަނީ އޯޓަމް ފަތްތަކުން ފުރާލެވި  ޒީނަތްތެރިކުރެވިފައެވެ. މަތިން އެލިފައިވާ ފުޅިބައްތިތަކުން އެ ފްރޭމްގެ ރީތިކަން ވަކިންބޮޑަށް ހާމަވެގެންދެއެވެ.  އެ ނަލަ ބެކްޑޮރޮޕްގެ ކައިރީގައި ހުރި ވައް މޭޒުމަތީގައި ދެ ބަރިއަކަށް ހަދާފައިވާ ކޭކުންވެސް އޯޓަމް ތީމް ރަމްޒުކޮށްދޭ ނިޝާންތަކެއް އެކުލެވިފައިވެއެވެ. ފަނޑު އޮރެންޖް ކުލައެއް އަރުވާފައި ވާ މި މުޅި މާހައުލުހީވަނީ ޖާދުވީ މަންޒަރެއްހެނެވެ. އެތެރެއާއި ބޭރަށް އަޑުއިވޭހެން ޖަހަފައިވާ މަޑު މިއުޒިކުން އިތުރު ފުރިހަމަކަމެއް މާހައުލަށް ގެނެސްދީފައިވާ ކަހަލައެވެ. މިހުރިހާ ތައްޔާރީތަކެއް ކޮށްފައިވަނީ ކިޔާންއާއި މައިޝާގެ ކައިވެންޏަށެވެ. އެދެމީހުންގެ ބިނާކުރުވަނިވި ހިޔާލުތަކުގެ މައްޗަށެވެ. ކިޔާންގެ އެކުވެރިންނާއި މައިޝާގެ އެކުވެރިންގެ އެއްބާރުލުން ލިބިގެންނެވެ.  މުޅި މާހައުލު ތައްޔާރުކޮށްނިންމައި މީހުންތައް އަންނަ ގަޑިޖެހެން ކުޑަ ހިނދުކޮޅަކަށްވެއްޖެއެވެ. އަދިވެސް މައިޝާގެ ހަބަރެއް ނުވެއެވެ. ކިޔާން އޭނާގެ މަންމައާއި ބައްޕަ އާއިއެކު އައިސް ނަސަންދުރަ އެތެރެއަށް ވަދެ  އެތާގެ ސޯފާއެއްގައި އިށީނެވެ.

“ދަރިފުޅު މައިޝާއަށް ގުޅާލަބަލަ.. އިސާހިތަކު ކައިވެނި ކޮށްދޭމީހުންވެސް އައިސްދާނެ.. ހާދަ ލަސްވަނީ.. ދަރިފުޅުމެން އެއްތަނަކުން ތައްޔާރުވާން ދިޔަނަމައެއްނު ދެން..” ކިޔާންގެ މަންމަ ކަންބޮޑުކަން ފާޅުކޮށްލީ މައިޝާއަށް ގަޑިއަށް ނާދެވިދާނެހެން ހީވެގެންނެވެ. އެއިރު މައިޝާ އޭނާގެ ގޭގައި އަވަދިނެތި ތައްޔާރުވަމުން ދަނީއެވެ.

” ކޮބާ ދަރިފުޅުމެން އަދިވެސް ތައްޔާރުނުވަނީތަ؟ މިހާރު ކިޔާން ކިތައްފަހަރު ގުޅައިފި.. ކިޔާންގެ އާއިލާމީހުންވެސް ވެއްޖެ އެތާގަ. ދަރިފުޅާ އަވަސްކުރޭ..” މައިޝާގެ ކޮޓަރި ދަރޮހުޅުވާލުމަށްފަހު ޑްރެސިންގް ޓޭބަލް ކުރިމަތީ އިން މައިޝާއާއި ރަޝީދާ ވާހަކަދެއްކިއެވެ.

“މަންމާ.. އަދި ވަގުތު އެބައޮތޭ.. ހަމަ ބަރާބަރު ޓައިމަށްދެވޭނެ.. ހާސްނުވޭ.. ” މާޝާ އޭނާގެ ދައްތަގެ ވެޑިންހެދުމުގެ ފަސްބައިރަނގަޅުކުރަމުން ރަޝީދާއަށް ޖަވާބުދިނެވެ. އެއިރު މައިޝާގެ މޭކަމް އާރޓިސްޓް އެންމެ ފަހުފަހަރަށް ކޯމަތީގައި މޭކަޕް ބްރަޝްއަކުން  ހާކާލިއެވެ. އެއިރު ޝިފްނާވެސް އަވަދިނެތި މައިޝާގެ މާބޮނޑިރަނގަޅުކުރަމުން ދިޔައެވެ. އޭނާގެ އަމިއްލަ އުފެއްދުމެއްކަމުން އޭނާ ބޭނުންވީ އެ މާބޮނޑި އޭގެ އެންމެ ފުރިހަމަ ގޮތުގައި އެންމެންނަށްވެސް ފެންނާށެވެ. މައިޝާގެ ހެދުމުގެ ފަސްބައި ބޮޑުކަމުން މާޝާ ޖެހުނީ އޭނާގެ ދައްތަގެ ހެދުމުގެ އެއްބައިގައި ހިފަހައްޓައިގެން ހުންނާށެވެ. ޝިފްނާ ކުރީގައި ހުރެގެންގޮސް ގޭ ދޮރު ހުޅުވާދިނެވެ.

އެއިރު މަންމަ ޓެކްސީއެއްކައިރީގައި މައިޝާމެންގެ އިންތިޒާރުގައި މަޑުކޮށްގެން ހުއްޓެވެ. މައިޝާމެން ނުކުތްތަން ފެނުމާއެކު ރަޝީދާ ކުރީސީޓަށް އެރިއެވެ. ޝިފްނާ ގޮސް ފަހަތު ސީޓުގެ ދޮރު ހުޅުވައިދިނުމަށްފަހު މައިޝާއާއި މާޝާ ފުރަތަމަ އެރުވިއެވެ. އެއަށްފަހު އޭނާ އެރިއެވެ. މުޅި ކާރުތެރޭގައި މައިޝާގެ ހެދުމެވެ. ލަހެއް ފަހެއްނުވެ މައިޝާމެންނަށް ނަސަންދުރައަށް އާދެވުނެވެ. ރަޝީދާ ކާރުން ފޭބުމާއިއެކު މާޝާއާއި ޝިފްނާ ފޭބީ މައިޝާގެ ހެދުމުގެ އެއްބައިގައި ހިފަހައްޓައިގެނެވެ. އެއަށްފަހު މައިޝާވެސް ކާރުންފޭބިއެވެ. ހަމަ ފޭބުމާއިއެކު މުޅި މަގުމަތީގައި ތިބި އެންމެންގެ ނަޒަރު ވަގުތުން މައިޝާއަށް ހުއްޓިގެންދިޔައެވެ. އެހެން ނުވާންވީ ސަބަބެއްނެތެއްނުންހެއްޔެވެ. މައިޝާ ރީތިވެލާފައި އެރޭ ހުރިއިރު ހީވަނީ ހޫރުޕަރީއެއްހެނެވެ. ހުދު ބޮޑު އެހެދުމުގައި އޭނާ ހީވަނީ ހަމަ ބާރބީޑޯލްއެއްހެނެވެ. މޭކަޕްގެ ސަބަބުން މައިޝާހެނެއްވެސް ހިއެއްނުވެއެވެ. މައިޝާގެ އިންތިޒާރުގައި ހުރި ކިޔާންއަށްވެސް މައިޝާފެނި އާޝޯހްވާވަރުވަމުން ދިޔައެވެ. ކަޅިހުއްޓި މައިޝާއަށް ބަލަން ހުރެވުނު ކިޔާންއަށް ސިހުމެއްވީ މާޝާ އައިސް އޭނާގެ ބަނޑުގައި ވިކާލުމުންނެވެ. “ސާބަސް! ދެން ތިވަރަށް ނުބެލިޔަސްވެދާނެ ކިޔާންބޭ! ހެހެެހެ” މާޝާ ގެ އެ ސަމާސާކޮށްލުމުން ކިޔާންއަށް ހެވުނެވެ. އަދި ކުރިމަތިން އައި އޭނާގެ ވާންއުޅޭ އަނބިމީހާގެ އަތުގައި ހިފާލުމަށްފަހު އޭނާއާއިއެކު އެތެރެއަށްވަދެ އިންތިޒާރުގައި ތިބި ގާޒީއާއި ހެކިވެރިންގެ ގާތަށް ދާން ހިނގައިގަތެވެ.

ކައިވެނިކޮށްނިމުމުން އެންމެން އެންމެނަށް ސަލާމް ކޮށްލިއެވެ. އަދި ކައިވެނި ކޮށްދިން ކޮޓަރިން އެންމެން ނުކުންނަން ހިނގައިގަތުމުން މައިޝާވެސް ހިނގައިގަތެވެ. ހަމަ ދަނޑިވަޅަށް ފަސްއެނބުރުނު މައިޝާގެ އަތުގައި ކިޔާން ހިފާލިއެވެ. އަދި މައިޝާ އޭނާއާއި ދިމާލަށް އަނބުރާލުމަށްފަހު ލޯބިން ފުރިގެންވާ ނަޒަރަކުން ބަލާލިއެވެ. “އަނބިމީހާ! ކޮންތާކަށް؟ ފިރިމީހާވެސް ގޮވައިގެން ދޭ.. ދެނެއް ނުދެވޭނެ ފިރިމީހާ ބަހައްޓާފައެއް ތިހެނެއް އިނގޭ!” ސިއްރު ސިއްރުން ކިޔާން މައިޝާގެ ކަނފަތްކައިރީ މިހެން ބުނެލީ އެކަކުވެސް ނުބަލާކަން ޔަގީންކުރަމުންނެވެ. އެހެނަސް ކިޔާން ސިއްސުވައި ލައި ލަދުގަންނުވާލީ ފަހަތުން ފުންމައިގެން ތެދުވި މާޝާއެވެ.

“އޯ ކަމޯން ޔޫ ޓޫ! ގެޓް އަ ރޫމް!! އެކަމު ޕާރޓީ ނިންމާފަ ދޯ.. މާއްކޮ މިތާ  އެބަހުރީމޭ ދެން ކިޔާންބޭ!!ހެހެހެ” ކިޔާން ލަދުގަންނުވާލުން މާޝާއަށް މަޖާ ކަމަކަށްވެއްޖެއެވެ. ހޭން ހުރި މާޝާއާއި ލަދުންހުރި ކިޔާންއަށް ބަލަން ހުރި މައިޝާއަށްވެސް ބާރަކަށް ހިނިގަނޑެއް ޖަހާލެވުނެވެ. އަދި މާޝާއާއި ދިމާލަށް ދެން ބޮޑު ވާހަކަ ނުދައްކާށޭ ކިޔާ އޭނާ އެތަނުން ފޮނުވާލިއެވެ. ” ސޮރީ.. މާޝާ ގެ ސެންސް އޮފް ހިއުމާ އެނގެއެންނު ދެން ކިޔާންއަށް.. ” ބޭރަށް ނުކުންނަން ހިނގައިގަންނަމުން ކިޔާންއާއި މައިޝާ ވާހަކަދައްކަންފެށިއެވެ.

ދެމީހުންވެސް ގޮސް ބެކްޑޮރޮޕްގެ ކުރިމަތީ ހުއްޓުނުނީ ޕާރޓީއަށް ދައުވަތުދިން މީހުން އަންނަން ފެށުމުންނެވެ. އޮރެންޖާއި ހުދު މަލުން ފުރިގެންވާ މާބޮޑިއެއް ހިފަހައްޓައިގެން ހުރި މައިޝާ އާއި ކޯޓް ފަޓްލޫނުގައި ހުރި ކިޔާންގެ ގާތަށް އައިސް ކޮންމެ މީހަކުވެސް ސަލާމްކޮށްލުމުން ފޮޓޯ ޝޫޓް ކުރަން އައިސްފައިވާ މީހުން އެމީހުންގެ ވާޖިބް އަދާކުރަމުން ދިޔައެވެ. އެއިރު އެތެރޭގައި ކިޔާންގެ އާއިލާ މީހުންނާއި މައިޝާގެ އާއިލާ މީހުންގެ ގުޅުން ބަދަހިވަމުން ދެއެވެ. ކުއްލިއަކަށް ކިޔާންގެ ކުލަވަރު ބަދަލުވެގެން ދިޔައީ އެމީހުންގެ ގާތަށް ސަލާމްކުރަން އައި އަންހެން ގުރޫޕެއް ފެނުމުންނެވެ.

ޖިންސާއި ޓޮޕާ ބައްދާލާފައި ތިބި ތިން އަންހެން ކުދިންނެވެ. އެމީހުން އައިސް މައިޝާގެ ގައިގައި އޮޅުލައިގަނެ ސެލްފީއެއް ނަގާލިއެވެ. އެއަށްފަހު ކިޔާންވެސް ބައިވެރިކޮށްގެން ފޮޓޮއަކަށް ހުއްޓިލިއެވެ. “ކިޔާން. މީޓް މައި ކަޒިން މާނީ.. މީ ބައްޕަ ފަރާތު ހަމައެކަނި ކަޒިން މައިމެންގެ. ރެސޯޓެއްގަ ވޯކް ކުރާތީ އެހާ ނުފެންނަނީ.. ވަރަށް ކިޔައިގެން އޭނަ ޕާރޓީއަށް މި ގެނެވުނީ… މާނީ، މި ކިޔާން.. މައި ހަސްބެންޑް.. ”  އެ ތިން ކުދިން ތެރެއިން ހެޔޮވަރުގެ އިސްކޮޅެއްހުރި މައިޝާކަހަލަ ދޮންކަމެއް ލިބިފައިވާ ކުއްޖަކު މައިޝާ ކިޔާންއަށް ތައާރަފް ކޮށްދިނެވެ. މާނީއަކީ ކިޔާން އަށް އާ މޫނެއް ނޫނެވެ. އޭނާ ރިޒޯޓް ދާއިރާއަށް ދިއުމަށް  ވަރަށްފަހުން އެޕަރެންޓިސް ކޯހުގައި އުޅުނީ ކިޔާން މަސައްކަތްކުރާ ރެސޯޓުގައި ކަމުންނެވެ. ” އާނ ! ނައިސްޓު މީޓް ޔޫ ކިޔާން ! ވަރަށް އުފާވެއްޖެ އަސްލުވެސް ދިމާވީމަ.. ދެން ތަންކޮޅެއް ގިނައިން ފެންނާނެތާ ދޯ .. ދާނަމޭ ތިގެއަށް އިނގޭ މައި.. ކާޑް ގޭމް ކޮޅެއް ކުޅެލަން.. ” މާނީ ކިޔާން ދަންނަކަމަށް ނުހަދާ މައިޝާގެ ކުރިމަތީ އެގޮތަށް ވާހަކަ ދެއްކުމުން ކިޔާންއަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. މާނީއަކީ މައިޝާގެ ދެބެންގެ ދެދަރިކުއްޖެއްކަން އެނގުމުން ކިޔާން ގެ ބޮލުގައި ރިހުމެއް ފެށިއެވެ. ކޮންމެއަކަސް ފޮޓޯ ނަގާ ނިމުމުން ކެއުމަށް އިންސާފު ކުރުމަށް ދާން މާނީއާއި އޭނާގެ އެކުވެރިން  އެތެރެއަށް ހިނގައިގަތެވެ. މާނީ އެތަނުން ދުރަށްދަމުން މައިޝާއަށް ނޭނގޭނެހެން އެންމިޔަކަނުން ހިނިތުންވުމެއް ވަމުން ކިޔާންއަށް އެއްލޯމަރާލިއެވެ. އަދި ނުލަފާ ކުލަވަރެއް މޫނުމައްޗަށް އަރުވާލުމަށްފަހު އެކުވެރިންނާއެކު އެތެރެއަށްވަނީ ހަމަ ރަނގަޅަށްވެސް ކިޔާންގެ ސިކުނޑީގައި އެތަށް ކަމެއް އަނބުރާދެމުންނެވެ. މުޅި މީހާ ގައިން ވަރުދޫވެ ކިޔާން ގެ ހިނިތުންވުން ފަނޑުވެގެން ދިޔައީ އެހާހިސާބުނެވެ. އޭނާއަށް ވިސްނެމުން ދިޔައީ މާނީއާއިމެދުއެވެ. އޭނާ މައިޝާގެ ކަޒިންއަކަށްވުމުންނެވެ. މާނީއާއި އެކު އޮތް ގުޅުން މައިޝާއަށް އެނގިއްޖެނަމަ ކިޔާންއާއި މެދު މައިޝާ ވިސްނާނީ ކިހިނަކުން ބާ އޭ ކިޔާންގެ ހިތަށް އަރަމުން ދިޔައެވެ.

” ހާދަ މޫޑީ ވެފަ ކިޔާން… އަނގައިންވެސް ނުބުނެ..  މި ހުރިހާ އިރު އެތާ ކޮޅަށް ހުރި އިރު އަނގައިންވެސް ނުބުނެ…މުޅިން މައިތިރިތިވެފަ.. ކިހިނެތްވީ ކިޔާން… ” މީހުންމަދުވެ، ޕާރޓީ ނިމުމަކަށް އައުމުން މާޝާއާއި ޝިފްނާ އަދި އާރިޔަން މެން މައިޝާއާއި ކިޔާން ގޮވައިގެން އައިސް ކެއުމަށްޓަކައި މޭޒެއް ކައިރީ ބޭންދުމުން މައިޝާ ކިޔާންއާއި ސުވާލުކުރިއެވެ.

“ނޫން.. އެ މައިއަށްހީވަނީ.. ކިޔާންވެސް ޓަޔާރޑް ވީމަ ވީ ގޮތެއް އެއީ.. އަވަހަށް އުޅޭ ކާން. ” ކިޔާން ވާހަކަ އޮޅުވާލުމަށްފަހު ކާންފެށިއެވެ.

“ހމމ ހމމމ ހާދަ އަވަހަކަށޭ ދޯ ކައި ނިންމަން ތިއުޅެނީ.. ހެހެ ލަހުން ކެޔަސް ތި ދާން އުޅޭ ތާކަށް ދެވޭނެ ދެމީހުންނަށް.. ” މާޝާ އައިސް އޭނާގެ ޅިޔަނު ކާލެއް އަވަސްކަމުން ކިޔާންއާއި ދިމާކޮށްލިއެވެ. މައިޝާމެންގެ ސަކަރާތް ބަލަން ހުރި މާނީ އަށް ދުރުގައި ނުހުރެވިގެން އައިސް ކިޔާންމެންގެ މޭޒުކައިރިއަށް އައިސް ހުއްޓުނެވެ.

“ތެދެއް … ލަހުން ކެއަސް ކުރަން އުޅޭ ކަންތައް ވާނެޔޭ.. އެހެންނޫނަސް ތިހާ ފާސްޓު ކޮށް އުޅޭ އެއްޗެއް ނޫނޭ ކިޔާން.. ކަންކަން ކުރަންވާނީ ލަހުން.. ބަލައިގެން.. އެހެންނޫނީ ކޮންމެފަދަ ކަމެއްފަދަ ކަމެއްވެސް ވެދަނެ.. ދޯ މައި؟”

މާޝާ ދެއްކި ވާހަކައަށް އިތުރުކޮށްލަމުން ކިޔާންއަށް ފުންނަޒަރަކުން ބަލާލުމަށްފަހު މާނީ ދޯ ދިނީ މައިޝާއަށެވެ. އޭނާ ބުނަމުން ދިޔައީ ކީކޭކަން ކިޔާންއަށް ވަގުތުން ވިސްނިގެންދިޔައެވެ. ކިޔާންއަށް ބަލަހައްޓައިގެން ހުރެ މާނީ މިހެން ބުނި އިރު އެކަން އެކަކަށްވެސް ފާހަގައެއްނުވިއެވެ.  އެއީ މާނީ ދެއްކި ވާހަކައަށް ދެން ތިބި އެންމެންވެސް ވާހަކަދައްކަން ފެށުމުންނެވެ. އެހެނަސް ކިޔާންއަށް މާނީގެ ނިޔަތް އެނގޭކަހަލައެވެ. އޭނާ އެ ބަލަމުން ދާ ގޮތުން ކިޔާންއަށް ވަރަށް އުނދަގޫވަމުން ދިޔައެވެ. އެހެނަސް ދެރައީ މާނީގެ ހަގީގަތް މައިޝާއަށް ކިޔައިނުދެވޭނެތީއެވެ. ރިސޯޓުގައި އުޅުނުއިރު މާނީ ކިޔާންއަށް ކުރި މަޖުބޫރީ މަތިން ހަނދާންވާ ވަރުންނެވެ. އެޕެރިންޓިސް ކޯހަށް އައިސްއުޅުނު އިރު،  އާ ކޮޅު ކިޔާންގެ އެހީ އާއިއެކު މާނީ  ކުރިއަރަމުން ދިޔަ ދުވަސްކޮޅެއްގައި މާނީ ކިޔާންއަށް ލޯބި ހުށައެޅިއެވެ. އެހެނަސް ކިޔާންއަށް އެކަން ބަލައިނުގަނެވޭނެ ވާޙަކަ މާނީ ގާތު ބުނުމުން މާނީގެ މަގްސަދަކަށްވީ ކިޔާން ކޮންމެ ގޮތަކުންވެސް ހާސިލްކުރުމެވެ. އެންމެ ރެއަކަށްވިޔަސް ހެޔޮ ކަމުގައެވެ.މާނީ އޭނާގެ މަގްސަދު ހާސިލް ކޮށްފައިވަނީ ވަރަށް މޮޅު ރޭވުމަކުންނެވެ. އަދިވެސް މާނީ އެކަމުގެ ނާޖާއިޒް ފައިދާ ކިޔާންގެ ކިބައިން ނަގަމުންދެއެވެ. އޭނާ ބޭނުންވާ ކޮންމެ އިރަކު ކިޔާންގެ ކިބައިން އޭނާ ބޭނުންވާ ކަންތައް ހޯދަމުންދެއެވެ.

“ހިނގާ ދާން މައި.. ލޯންޗް އޮތީ ރެޑީއަށް.. ލަސްވެދާނެ އެހެންނޫނީ.. ” މާނީ އެތާހުރުމުން ކިޔާން ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. ކޮންމެއަކަސް މައިޝާ ވެސް ތެދެކޭ ލަސްވެދާނެއޭ ކިޔާ އިންތަނުން ތެދުވިއެވެ. ކިޔާންއާއި މައިޝާ ހިނގައިގަތުމާއިއެކު މޭޒުކައިރީގައި ކޮއްޅަށްހުރި މާނީގެ އަތުގައި ކިޔާންއަށް ނޭނގި ޖެހުމުން އޭނާގެ އަތުގައި ހުރި ކޯކް ތަށި ކިޔާންގެ ކޯޓަށް އެޅުނެވެ. “ޝިޓް މާނީ.. ވަޓްސް ވްރޯންގް ވިތް ޔޫ؟” ކިޔާންއަށް ސިހިފައި ބޭއިހްތިޔާރުގައި ރުޅިއައިސް މާނީއާ ދިމާލަށް ހަޅޭއްލަވައިގަނެވުނެވެ.

” އޮ އައިމް ސޮރީ ކިޔާން.. އައި ރިއަލީއޭމް.. ވޮޝް ރޫމަށް ހިނގާބަ.. ފޮހެދޭނަން މާނީ.. ސޮރީ ވަރަށްބޮޑަށް.. ” މާނީ ހީވަނީ ހަމަ ޑްރާމާއެއް ކުޅެމުން ދިޔަހެނެވެ. ގަސްތުގައި ކިޔާންކައިރީހުރެގަތީ ކިޔާން އަށް މި ލަނޑުދޭށެވެ. މައިޝާމެން ގާތު  ބޭރަށް ނުކުންނާށޭ ބުނެ ކިޔާން ދުއްވައިގަތީ އަވަހަށް ފާހަނަޔާ ދިމާލަށް ކޯޓަށް ފެންފޮދެއް އަޅާ ސާފް ކޮށްލާށެވެ.

” ސީރިއަސްލީ ކިޔާން! އައި ކާންޓް ބްލީވް ދިސް، ޔޫ ފެލް އިން ލަވް ވިތް ހާރ؟ މަ މިހާވަރަށް އުޅޭތީތަ؟ ހުރޭ.. މައިއަށް ދައްކާނަން ހުރިހާ ފޮޓޯއެއް.. ”

ސިންކު ކައިރީ ކޯޓު ސާފުކުރަން ހުރި ކިޔާން ގެ ރުޅި ވަގުތުން މައިތިރިވެގެންގޮސް ހަމަ ވަގުތުން މާނީއަށް ބަލާލެވުނެވެ. “ނޫން މާނީ.. އައި ޑިޑިންޓް މީން ޓު! ސޮރީ.. އެހެން ނުހަދާ.. މައި އަކީ އަހަރެން މި ދުނިޔެއިން ހަމަ އެކަނި ބޭނުންވި ކަންތައް.. މާނީ ބޭނުން ހުރިހާ ގޮތެއް ހަދާދޭނަން.. ޖަސް ސްޓޮޕް ބްލެކް މެއިލިންގް މީ.. މާނީ ކޯހަށް އައީއްސުރެ މާނީ ބޭނުން ގޮތެއް ނު މި ހަދައިދެނީ.. ތިހާ ޗީޕް ނުވޭ މާނީ! މާނީ އަހަރެން ކައިރިން ބޭނުންވާ ކަންތައް މާނީއަށް ލިބޭނެ.. ފޮޓޯތައް ބަހައްޓާ ޕްލީޒް.. ” ނިކަމެތިވެ މީހާ ގައިން ވަރުދޫވަމުން ދާން ފެށިއެވެ. ކިޔާން އެމެރިކާއިން އައިސް ރެސޯޓަށް ދިޔަ ދުވަހު ދިމާވި މި އަންހެންކުއްޖެއްގެ ސަބަބުން ކިޔާންގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހާލެވުނުކަހަލައެވެ. އެއްރޭ ސްޓާފްނައިޓެއްގައި ކިޔާން ބޯން އިން ތައްޓަށް ބޭހެއް އަޅައި ކިޔާންގެ ހަމަހޭވެރިކަން ނައްތާލިއެވެ، އެރޭ މާނީ އޭނާ ބޭނުންވި ކަންތައް ހާސިލް ކުރުމަށްޓަކައި ކިޔާންގެ ބަރަހަނާ ފޮޓޯތަކެއް އޭނާއާއި އެކު އޮވެ ނެގިއެވެ. އެ ފޮޓޯ ތައް ދައްކައި ކިޔާންއަށް ބިރުދައްކަންފެށީ އޭނާއާއިއެކު ރޭ ކުރުމަށެވެ. ކިޔާން ގެ މިޒާޖުގެ ގޮތުން އޭނާ އެ ވާހަކަ އެހެން އެއްވެސް މީހެއްގާތު ބުނާކަށް ބޭނުމެއްނުވިއެވެ. އަދި މާނީ ބޭނުން ވާ ގޮތަށް ކަންތައް ކޮށްދިނުމުން އެކަން ހަމަޖެހުނީކަމަށް ހީކޮށް މާނީ ބުނާ ކޮންމެ ފަހަރަކު ކިޔާން މާނީއާއިއެކު ރޭ ކުރަމުން ދިޔައެވެ. އެ ދުވަސްކޮޅު މައިޝާ އޭނާއާއި ދުރުވެފައި ހުރުމުން ކިޔާންވެސް އުޅެމުން ދިޔައީ ބޯ ހާސްވުމެއްގެތެރެއެވެ. އެވާހަކަ މުޅި ދުނިޔެއަށް ފޮރުވީ ދުވަހަކުވެސް މި ފަދަ ގޮތަކަށް މާނީއާއި މާއިޝާ އެނގިގެން ދާނެ ކަމުގެ އުއްމީދެއްގައެއްނޫނެވެ. ކިޔާން ގެ އާދެސް އަޑުއަހަން ހުރެފައި މާނީ ހަމަޖެހިލިއެވެ.އަދި ކިޔާންއަށް އިންޒާރެއް ދިނެވެ. “ޔޫ ބެޓާ ޑޫ ވަޓް ޔޫ އާރ ސެއިންގް އިނގޭ!.. އެހެން ނޫނީ  މަށަށްކުރެވޭނެ ކިތައްމެ ކަމެއް އޮންނާނެކަން ހަނދާން ކުރާތި! ” މާނީ އެތަނުން ނުކުތުމާއެކު ކިޔާންވެސް އަވަހަށް ނުކުމެ މައިޝާމެންގާތަށް ދިޔައެވެ. އަދި ވަން އެންޑް އޮންލީއަށް ދިއުމަށް ތައްޔާރަށް އޮތް ލޯންޗަށް މައިޝާގެ އަތުގައި ހިފައި އަރަމުން އެންމެންނަށް ކިޔާން ބާއި ކިޔާލިއެވެ. މައިޝާވެސް މަންމަ ގައިގައި އޮޅުލައިގަތުމަށްފަހު ދަނީއޭ ބުނެ އަތުން ޓާ ޓާ ކިޔަމުންދިޔައީ ލޯންޗް ފާލަންކޮޅުން ނުކުމެ ދުއްވާލިވަގުތުއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaama

Level 110 Stories

teacher

Other Articles

Previous

ސިއްރުން މިހިތާ ކުޅެނީހޭ (ތިރީސް އެއްވަނަބައި)

Next

ކުޅަނދުންވަންތަކަން (6ވަނަބައި)

Next
November 26, 2017

ކުޅަނދުންވަންތަކަން (6ވަނަބައި)

Previews
November 26, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ތިރީސް އެއްވަނަބައި)

13 Comments!

  1. shereen says:
    November 26, 2017 at 1:43 am

    guys.. so sorry mi ha lahun update v ma… dhen ves ekam lahun up vaanee.. midhuvaskolhu kuda kamehgga ulheythee.. ekam will keep updating in sha allah .. hope you guys will like the twist. 🙂

  2. Aish_@ says:
    November 26, 2017 at 1:43 am

    Yay me first…love the storyy?gud night

    1. shereen says:
      November 26, 2017 at 2:01 am

      thanks aish… 🙂

  3. Aish_@ says:
    November 26, 2017 at 1:44 am

    Its ok take ur time…i ❤ this storyy

  4. Rsh says:
    November 26, 2017 at 12:23 pm

    V Reeeth…. ???
    Haadhahaa lahakuney up thi kury …..

    1. shereen says:
      November 26, 2017 at 5:44 pm

      Sorry .. mi dhuvaskolhu packing g ulheythee… Dhenves lahun up vaanee…

  5. Shaan says:
    November 26, 2017 at 8:41 pm

    Nice

  6. Hajja says:
    November 30, 2017 at 2:55 pm

    Konirakun next part upload vaany. Waitin waitin..

  7. shereen says:
    December 7, 2017 at 11:44 am

    Hi… Will post in two weeks time. I’m on a very important thing these days.
    Thanks for the patience 🙂

  8. Aana says:
    January 1, 2018 at 9:14 pm

    Kobaa Shereen.vv inthizaaru eba kuran

  9. Beauty says:
    January 7, 2018 at 2:21 am

    Nice stoty

  10. shereen says:
    January 8, 2018 at 7:18 pm

    Guys soon I’ll be uploading… Sorry for the delay… Chuttee chuttee ah dhoovee

    1. Sana says:
      February 3, 2018 at 10:19 am

      Then now Kobaatha story
      Pls avahah up kohdeeybaa pls pls pls

Comments are closed.

Next Episodeލޯތްބެއްނެތް ގުޅުން (14 ވަނަ ބައި)←


All Right Reserved!