* ޒިދުޔާ އިނީ ލެޕްޓޮޕް ހިފައިގެންނެވެ. އެންމެފަހުގެ އެސައިންމެންޓް ނިންމަނީއެވެ. އެ ފޮނުވަން ޖެހެނީ އެގާރަ ޖެހުމުގެ ކުރިން ކަމަށް ވާއިރު އޭރު ގަޑިން ދިހަގަޑި ސާޅީސް ވަނީއެވެ. މަސައްކަތްތައް ނިންމުން ލަސްކުރުމަކީ ޒިދުޔާގެ އާދައެކެވެ. ސަބަބެއް ނެތެވެ. “އެއީ މިލީންއެއް ނޫންތަ.؟” ފޯނަށް އައި މެސެޖް ކިޔާލަމުން ޒިދުޔާ ބުމަ އަރުވާލިއެވެ. އައިޒަކްގެ މެސެޖެކެވެ. ކުޑަދުވަހުން ފެށިގެން އެ އެންމެން ތައުލީމު ހާސިލުކުރީ އެއް ސްކޫލަކު ކަމުގައިވާތީ ޖީޝަމް އާއި ޒިދުޔާއަށް ވެސް އެއީ ކާކުކަން […]
ޒިޔާންގެ ނޭވާ އަވަސްވިއެވެ. އެއްފަރާތުގައި އޭނާގެ މުޅި މާޒީއާއި އޭނާ ބައްޕައެއްގެ ގޮތުގައި ދެކުނު ޝާކް އެހުރީ އޭނާގެ ކުށްތަކުގެ ހެކި ހިފައިގެންނެވެ. އަނެއްފަރާތުގައި އޭނާގެ މުސްތަގުބަލާއި އޭނާ އެންމެ ލޯބިވާ ޝިފާ އެހެރީ ބިރުން ފިތްކަނޑައިގެންދާ ހާލުގައެވެ. “ޒިޔާން… ކާކުތަ މިއީ؟” ޝިފާގެ އަޑުގައިވަނީ ތުރުތުރުލުމެކެވެ. އޭނާއަށް ޝާކް ފެނިފައި ނެތަސް އެ މީހާގެ ހައިބަތާއި ދައްކާ ވާހަކައިން އެއީ އާދައިގެ މީހެއް ނޫންކަން އޭނާއަށް ވިސްނުނެވެ. ޝާކް މަޑުމަޑުން ޒިޔާންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. […]
ޝައިނާގެ ޖަވާބާއެކު ރާހިލްގެ ބުމަ ގޮށްޖެހުނެވެ. ނަމަވެސް އެ ބުނި އެއްޗެއް ފަހުމުވިހިނދު ކުއްލިއަކަށް އޭނާގެ މޫނު އުފާވެރި ހިނިތުންވުމަކުން އުޖާލާވިއެވެ. “އިޒް ދެޓް އަ ޔެސް؟” ރާހިލްއަށް ލިބުނު އުފަލުން ޝައިނާގެ އަތުގައި ހިފައިލެވުނެވެ. “އުޕްސް… ޑިޑް އައި މިސް ސަމްތިންގް؟ އެހާ ފަސޭހައިން އަހަރެންގެ ޔެސްއެއް ނުލިބޭނެ އެނގޭ.. ޕްރޮޕޯޒަލްއަކާނުލާ ޔެސް ބުނާ ވަރަށްވުރެން އަހަރެންގެ ސްޓެންޑަރޑްސް ހައި ވާނެ” ޝައިނާ އެއްބުމަ އަރުވައިލަމުން ހިނިތުންވެލިއެވެ. “ލެޓް ދޯސް ސްޓެންޑަރޑްސް ފްލައި ޑަރލިންގް. ލެޓް ދެމް […]
މަސައްކަތުގެ ތެރެއަށް ނައުހާ އެއްކޮށް ވަދެފައި ވަނިކޮށް ނައުހާގެ ފޯނު ރިންގުވި އަޑަށް ކުރަން ހުރި މަސައްކަތް ހުއްޓާލިއެވެ. އަދި ފޯނު ނަގައި ގުޅަނީ ކާކުތޯ ބަލާލިއެވެ. ސްކްރީނަށް އަރާފައި އިން ނަން ފެނި ނައުހާ ފޯނު ސައިލެންޓަށް ލިއެވެ. ގުޅަމުން ދިޔައީ އާކިންއެވެ. ނައުހާ ފޯނު ނުނެގުމުން އަނެއްކާވެސް އާކިން ގުޅަން ފެށިއެވެ. އެގޮތަށް ފަސް ވަރަކަށް ގުޅި ފަހުން ނައުހާ ފޯނު ނެގިއެވެ. “ހަމަ ފޯނު ނުނަގަން ވެގެން ދޯ؟…” އާކިން ބުނެލިއެވެ. “އާކިން… […]
ދުވަސްތައް ފާއިތުވަމުން ދެެއެވެ.އަކްޔަސް ތައްޔާރުވަމުން ދިޔައީ ފުލުސް ޓްރެއިނިންއަށް ދިއުމަށެވެ.ކުޑަ އިރުސުރެއް ދެކެމުން އައި ހުވަފެން ހިތުތެރޭގައި ފަސްލާ ފޮރުވާލީ ކޮންމެ ހާާލެއްގައިވެސް ހުރި ހަމައެކަަނި ކޮއްކޮއަށް އިންސާާފް ހޯދަދޭން ބޭނުންވާލެއް ބޮޑުކަމުންނެވެ. ޒަފާންގެ އެހީއާއެކު ދެދުވަސް ފަހުން އަކްޔަސް ތުލުސްދޫއަށް ފުރިއެވެ. އަކްޔަސް ފުރުމާއެކުހެން ޒަފާން ކުރަމުން އައި ހިތްވަރު ބަލިވާންފެށިއެވެ. އަކްޔަސްގެ ކުރިމަތީގައި ކިތަންމެ ހިތްވަރެއް ކުރިޔަސް އޭނާގެ ހިތުގައި އަޅަމުން ދިޔަވޭން ވެސް ވަކި ކުޑައެއް ނޫނެވެ.ނަމަވެސް އިންޝާ އަކީ އަކްޔަސްގެ ކޮއްކޮ […]
ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ . އެކި މީހުން އެކި މިޒާޖު ތައް ހުރެއެވެ . ލޯބި ވުމަކީ ކުށަކަށް ވަނީ ނަމަ . މިހާރު ގިނަ މީހުން އެ ކުށުގައި ވަނީ ޖެހިފައެވެ . އަދި އޭގެ ހިތި ނަތީޖާ ވާނީ ލިބި ލިބިފައެވެ . މި ވާހަކަ އަކީ ލޯއިއްބާއި ހިތް ދަތި ކަމުން ފުރިގެން ވާ ވާހަކައެކެވެ . އެކި މީހުން ލޯބި މާނަ ކުރަމުން އަންނަނީ އެކި ގޮތް ގޮތަށެއެވެ. […]
އަހަރެން ވަގުތުން ތެޅިގަތީ ޝިޔާން އާއި ދުރަށް ޖެހިލުމަށެވެ. އެކަން އަހަންނަށް ވަރަށް ފަސޭހައިން ކާމިޔާބު ވިއެވެ. އެއީ ޝިޔާން އެކަމަށް ގަދަކަން ނުދެއްކީމައެވެ. އަހަރެން އެކަމަށް ޝުކުރުވެރި ވާންޖެހޭނެއެވެ. އެވަގުތު އެކަން އަހަރެން ގަބޫލު ކުރީމެވެ. “ޝިޔާން! އަހަރެން ބިރުގަނޭ.. ދެންމެ މިތަނަށް އައީ ކޮން ބައެއް؟” އަހަރެން އަހައިލީ އިސްޖަހައިން ހުރެއެވެ. “އެއީ ސާރާ އަހަންނަށް ކިޔަމަން ވާވަރު ބަލައިލަން ގެނައި ބައެއް. ވަޅި ދިނީމަ ސާރާ ވަގުތުން ހިފައިފި… ފޮޓޯއެއް ނަގަން ބުނީމަ […]
ހިތްގައިމު ދުވަހެއްގެ ހެނދުނަކަށް އަލި އުޑުމަތިން ފާޅުވެލިއެވެ. ސަނާ ތައްޔާރުވަމުންދިޔައީ ސުކޫލަށް ދިއުމަށެވެ. އޭނާ ސުކޫލަށް ދާކަށް މަންމައަކަށް ގޮވާކަން ނުޖެހޭނެއެވެ. ގަޑިއަށް އެހާ ފަރުވާތެރިވާނެއެވެ. ސުކޫލަށް ދާނީ ދާހިތުންނެވެ. އުފަލުން ހުރެއެވެ. މިއަދަކީ ސަނާގެ ހަޔާތުގައި ވަރަށް ޚާއްޞަ ދުވަހެކެވެ. މިއީ އޭނާގެ އުފަންދުވަހެވެ. ގަޑިން ނުވައެއް ޖެހީ ސަނާ މަގުމަތީ ހިގަން ހުއްޓައެވެ. ބާރު ދުވެލީގައި ބޮޑު ދޮރުން އޭނާ އެތެރެވި އެވެ. ލަސް ފިޔަވަޅުގައި ގޮސް ކިލާހަށް ވަނެވެ. ލިބުނީ ސިހުމެކެވެ. އޭނާގެ […]
ކޮޓަރި ތަޅުލައިގެން ފޮއްޓަށް އަންނައުނުތަށް އަޅަން ޢަމާރާ ހުރީ ލިލީ އައިސް ވަދެފާނެތީއެވެ. ޢަމާރާގެ ހަރަކާތްތަށް އަވަސްވެފައި ވިއެވެ. ފޮއްޓަށް ބޭނުންވާ ހެދުންތަކާއި އިތުރު ސާމާނުތަށްލާ ބަންދުކޮށްލިއެވެ. ބޮޑު އަތްދަބަސް ނެގުމަށްފަހު ލެޕްޓޮޕާއިއެކު އެހެނިހެން ޒަރޫރީ ސާމާނުތަކާއިއެކު ޕާސްޕޯރޓް ވެސް އަތެދަބަހަށް ލިއެވެ. މެންދުރުގެ ފްލައިޓަށް ޓިކެޓް ލިބުނުކަން ނަސީބެކޭ ޢަމާރާގެ ހިތަށް އެރިއެވެ. އެއީ މެންދުރު ގަޑިއަކީ ލިލީ އޮފީހުގެ މަސައްކަތް ކުރަން ކޮޓަރީގައި އިންނަ ވަގުތު ކަމަށް ވެފައި އިކާންވެސް ގެއަށް ނާންނާނެތީ ދާން […]