އަރޭންޖް މެރިޖް 4 ވަނަ ބައި
“މިއީ އަހަރެންގެ ބެެސްޓްފްރެންޑް އަދި ބިޒްނަސް ޕާޓްނަރަ ނަހްޔަން އަބްދުލް އަޒީޒް” ކަޔާން ހިނިތުންވުމަކާއި އެކީ ނަހްޔަން އިންޓްރޮޑިއުސް ކޮށްދިނެވެ.
********
ނަހްޔަން އިރަމް އަށް ފެނިގެން ދިޔައީ އެއް އަހަރު ފަހުންނެވެ. ހިތުގެ ކިތަންމެ ޝަކުވާއެއް ވިނަަމަވެސް މިހާރު ނަހްޔަން އާއި ސުވާލުކުރުމުގެ ހައްގު އިރަމްގެ އޮތީ ގެއްލިފައެވެ. އިރަމްގެ ކަރުނަތަށް ހީވަނީ ހިނދުކޮޅަކަށް ވެސް މަަޑުނުކުރެވޭނެ ހެނެވެ. ނަހްޔަންގެ ހަނަދާން ތަކަށް ގެއްލިފަ އިން އިރަމްއަށް ހޭލުންތެރިވީ މީހަކު ބާރަށް އަތްތިލައިގައި ހިފުމުންނެވެ. އިރަމް އަށް ކަނައަތް ފަރާތައް ބެލެވުނީ ބޭއިޙްތިޔާރުގައެވެ. ކުރިމަތީ ހުރި ޝެލީންގެ މޫން ފެނުމުން އިރަމްއަށް ތުން ފިއްތާލެވުނެވެ. ޝެލީންގެ މުޅި މޫނަށް ހުރީ ރުޅިއައިސް ހުރި ވަރުން ގަދަ ރަތް ކުލައެއް ވެރިވެފައެވެ. ހީވަނީ ހަމަ މިހާރު ނަހްޔަން އަށް އަތުގެ ހަމަލާ އެއް ދޭނެހެނެވެ. “ޝެލީ ކަމް ޑައުން ޕްލީސް ޑޯންޓް ކްރިއޭޓް އަ ސީން … އެއީ ކަޔާން އަށް ހާއްސަ މީހެއް” އިރަމް ބުނެލީ ހަމައެކަނި ޝެލީންއަށް އަޑުުއިވޭވަރަށެވެ. އިރަމްގެ ވާހަކަ އަޑުއިވުމުން ޝެލީންވެސް މައިިތިރި ވިއެވެ. “ނަހްޔަން މިހިރަ ލޯބި އަންހެމްކުއްޖާ އަކީ އަހަރެން އިންނަން އުޅޭ ކުއްޖާ އިރަމް….” ކަޔާންގެ ވާހަކަ ނިމުމުން ނަހްޔަން އިރަމް އަށް ލޯ އަޅުވާލިއެވެ. އެކަމަކު މޫނުމަތިން ހީވަނީ އެއްވެސް އިޚުސާސެެއް ނެތް މީހެއް ހެނެވެ. “ދެން މިހިރީ ޝެލީން އިރަމްގެ ބެސްޓީ” ކަޔާން ހިނިތުން ވުމަކާއެކީ ބުނެލިއެވެ. “ނަހްޔަން އިނގޭތަ އަހަރެންގެ ފޭވްރިޓް ކާޓޫން އަކީ މަންކީ އެންޑް ދަ މައުސް އޭގަ އުޅޭ މަންކީ އާ ހާާދަ ވަތްތަރޭ ދޯ އެއްޗެއް ނުކިޔަން ހިތުލައިގެން ހުއްޓާވެސް އެންމެ ފަހުން ކެތްނުވެގެން ޝެލީންއަށް ބުނެވުނެވެ . ޝެލީންގެ ވާހަކަޔައް ކަޔާންއަށް އައީ ހިންޏެވެ. ” އޯވް އަހަރެންގެ ވެސް ފޭވް އެއީ އެހެން ވީމަ ޝެލީން އަކީ މައުސް ދޯ؟…. ދިގުމިނުން ވެސް ޖަހަނީ ހަމަ މީދާގަނޑެއްގެ ވަރުވިއްޔާ….ނަހްޔަންގެ ވާހަކަ ނުނިމެނީސް ކަޔާން ބަނޑުގައި ހިފައިގެން ހޭންފެށިއެވެ.
ގެއައް ދިޔުމާއެކީ ބޮޑު ޕަންޗިންގް ބޭގެއްގައަ ނަހްޔަން ޖަހަން ފެށިއެވެ. އެ ކޯތައްފަތްމަތިން ކަރުނައިގެ ކުދިކުދި ތިކިތަކެއް ދިޔައީ ބީހިލަމުންނެވެ. ފިރިހެނުންނަކީ އާންމުކޮށް ރޯބަޔަަކަށް ނުވިއިރުވެސް ނަހްޔން އައް ރޮވެެވުނީ ލިބުނު ހިތާމައިގެ ބޮޑުކަމުންނެވެ. ” އަހަރެން ގެ ކުރިމަތީގައި އިރާ އެހެންމީހެއްގެ ހައްގަކަތް ވާތަން ކިހިނެއްތަ ބަލަން ހުރެވޭނީ.”…ހިތާހިތާ ނަހްޔަންއަށް ބުނެވުނެވެ.
ދެންމެ ވެދިޔަ ކަންތަކާ ވިސްނަމުން ދިޔަ އިރަމް ސިއްސައިގެން ދިޔައީ ކޮޓަރިތެރެއަށް ޝަރީފާ ވަނުމުންނެވެ. “އިރާ ކޮންކަމަކާތަ ތިވިސްނަނީ…. ބަލަ ކައިވެންޏަށް އޮތީ އެންމެ ދެ ދުވަހޭ ތިހާ ވަރަށް ސްޓްރެސް ނަގަަން ނުވާނެ” އިރަމްގެ ގައިގައި ފިރުމާލަމުން ޝަރީފާ ބުންޏެވެ. “ޝަރީފާތްތާާާ” “ނޫން ދަރިފުޅާ ޝަރީފާތްތަ އެއް ނޫން މިއީ މިހާރު ކަޔާން ފަދައިން ދަރިފުޅުވެސް ކިޔަންވާނީ މޯމް އިނގޭ” އިރަމް ބުނި އެއްްޗަށް ޝަރީފާ ރައްދުދިނެވެ. އިރަމްގެ ނިިތްކުރިއަށް ބޮސްދިނުމަށްފަހު ޝަރީފާ އަވަސްވެގަތީ ކައިވެނީގެ ތައްޔާރީތަކެއް ކުރަން ދިއުމަށެވެ.
ހުރިހައި އެންމެން ތިބީ މާދަމާގެ ރަންކިޔުމުގެ ރަސްމިއްޔާތައް ތައްޔާތީތަކެއް ވާށެވެ. “އިރަމް ކޭން އައި ހޭވް އަ މޮމެންޓް ވިތް ޔޫ އެލޯން” ކަޔާންގެ ވާހަކަ އިވުމުން އެންމެން ގަޔައް ވެސް އައީ ހިންޏެވެ. “ސަމީރު ހަދާންވޭތަ މަގޭ ހަންޑިފުރޭތަގަނޑާ ރައްޓެހި ވެގެންއުޅުނު އިރު އުޅުނީ ހަމަތިހެނެއްނު” އަކުމަލް ސަމީރު އަށް އެއްލޯ މަރަމުން ބުނެލިއެވެ. ” އާ އެހެނެއްނު ވާނީ ބުނެއެއްނު މާޒީ އަކީ އެއީ ތަކުރާރު ވާ އެއްޗެކޭ ..ލައިކް ފާދާ ލައިކް ސަން …” އިރާޝާގެ ވާހަކައިން މުޅި މާހައުލުގެ ކުލަ އިތުރަށް އަލިވެގެން ދިއަޔެވެ. އެންމެންވެެސް ތިބީ ވަރަށް ބޮނޑަށް ހެވިފައެވެ. އާއިލާގެ އެންމެން އެހާވަރަށް ދިމާކުރަމުން ދާތީ އިރަމް ހުރީ ލަދުންގޮސް ރަކިވެފައެވެ. “ޔެސް ހިނގާ ދަމާ” އިރަަމް ކަޔާންގެ ސުވާލަށް ޖަވާބު ދިނީ ލަދުވެތި ރާގަކުންނެވެ. އެ މަޖާ ހިނގަމުން ދިޔަ އާއިލީ ވަގުތުކޮޅުގެ ވީޑިއޯ ނަގަން ޝެލީން އަތައް ފޯނު ދިނުމަށް ފަހު އިރަމް ދިޔައީ ކަޔާން އާއެކީ ގޭގެ ޓެރެސް އަށެވެ.
“އިރަމް ކްލޯސް ޔޮއާ އައިސްް” ކަޔާންގެ ޖުމްލަ ފުރިހަމަ ވުމުން އިރަމްގެ މޫނަށް ވެރިވެގަތީ ހައިރާން ކަމެވެ. ކަޔާން ކީއްވެތަ ލޯނުހުޅުވަން އެ ބުނަނީ އެވެސް މިހާ ދަންވަރުގެ ވަގުތެއްގައި އަނެއްކައި ކަޔާން އަހަންނާއެކީ ގޯސްކަމެއްތަ ކުރަން އެއުޅެނީ ކަޔާން އަކީވެސް އެކަހަލަ ފިރިހެނެއްްތަ… ސުވާލުތައް ދިޔައީ އިރަމްގެ ހިތުގަ އިންތިހާޔަށް އުފެދެމުންނެވެ. “ދެން ލޯ ހުޅުވާލާ” ކަޔާންގެ ވާހަކަ ނިމުމާއެކީ އިރަމް އަވަހަށް ލޯހުޅުވާލިއެވެ. ލޯހުޅުވާލި ގޮތައް އިރަމްގެ މޫނު އުޖާލާ ވިތަން ކަޔާން އަށް ފެނިގެންދިޔައެވެ. މުޅި ޓެރެސް އޮތީ ފެއަރީ ލައިޓް އިން ޑެކޮރޭޓް ކޮއްފައެވެ. ހުދު ފިނިފެން މަލުގެ ތޮށިތަކެއް ތިބީ ބިންމައްޗައް ވިހުރި ފުރިފައެވެ. ބިންމަތީގަ ހުދު ފޮތިގަނޑެއް އަޅާފަހުރި އިރު އޭގެ މަތީގައި ޕޮޕްކޯރން އާއި ކޮފީ ދެ ތަށި ބަހައްޓާފަ ހުއްޓެވެ. ކުރިމަތިން ފެންނަން ހުރީ ޓީވީއެކެވެ. ބަލާބެލުމަށް ވަަރަށް ހިއްގައިމެވެ. އެތަނުގެ ރީތިކަމަށް ގެއްލިހުސްވެފަ އިން އިރަމް އެއްލައިގެން ދިޔައީ އިރަމް އަޅައިގެން ހުރި ސްކާފްްގަ މީހަކު ކުޑަކޮށް ދަމާލިހެން އިޙްސާސްވުމުންނެވެ. އިރަމް އަށް ފަހަތަށް ބެލެވުނީ ބޭއިޙްތިޔާރުގައެވެ. ފަހަތައް އެބުރުނު އިރު ފެނިގެންދިޔަ މަންޒަރުން އިރަމްގެ ހިތައް ގޮއްތަކެއް ވެގެން ދިއަޔެވެ. ކަޔާންހުރީ އެއްފައި ބިންމަތީގައި ޖައްސައިގެންނެވެ. އަދި އަތުގަ ހުދުކުލައިގެ ފިނިފެންމާތަކުގެ ބޮޑު ގުލްދަސްތާއެއް އޮތެވެ. އިރަމް އައް ހީވެގެން ދިޔައީ މުޅި ދުނިޔެއައް ހުއްޓުން އަރައިގެން ދިޔަހެންނެވެ. “ވިލް ޔޫ ބީ މައި.. ބެސްޓްފްރައިންޑް.. އަހަރެން ބޭނުންވަނީ އަހަރެމެންގެ މި އަރޭންޖް މެރިޖްގެ ފެށުން ފްރައިންޑްޝިޕައް ވާން” ޔެސް އޮފްކޯސް ކަޔާން… ކަޔާންގެ ސުވާލައް އިރަމް އަވަސްއަވަހައް ޖަވާބުދިނެވެ. ކަޔާން އަށް ވުރެ ރަނގަޅު މީހެއް ފިރިއެއްގެ ގޮތުގައި ނުލިބޭނެ ކަމައް މިއަދު އިރަމްއަށް ވިސްނިއްޖެއެވެ. އަދި ކަޔާން އާ ދޭތެރޭ ގޯސްކޮއް ވިސްނުނީތީ ވެސް ދެރަވިއެވެ. ” އެކަމަކު ވައިޓް ރޯސެސް އެއީ ޔޯ” އިރަމް މައުސޫމް ގޮތަކައް ސުުވާލުކުރުމުން ކަޔާން ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ. “ވައިޓް ރޯސެސްްގެ މާނައަކީ ފްރައިންޝިޕް މަައި އިނޮސެންޓް ފިޔުޗާ ވައިފް” ކަޔާން ލާނެއް ކޮއް ޖުމްލަ ފުރިހަމަކުުމުން އިރަމްގެ މުޅި މޫނަށް މަޑު ފިޔާތޮށި ކުލަ ވެރިވެގެންދިޔައެވެ. ވާނީވެސް އެހެންތާ މުޅި ދުނިޔޭގެ އެންމެން އިރަމް އަށް އިރާ ކިޔާއިރު ވެސް ކަޔާން ކިޔަނީ އިރަމް އެވެ. މިފަހަރު ކުއްލިއަކައް މުހާތަބު އެކުރީ ފިޔުޗާ ވައިފް ގެ ނަމުން ވިއްޔާ. ހުމްމް ދެން ބްލަޝް ކުރުމުގެތަ މުުޅި ރޭ ދުއްވާލާނީ … ފިލްމް ނުބަލާނަންތަ. އެހެން ބުނެލި ވަގުތު ކަޔާންގެ ކަރަަށް އަރަމުންދިޔަ ނާރުތައް ރަނަގަޅައްވެސް ފެނިގެން ދިޔައެވެ. ފިރިހެންވަންތަ ކަމުގެ ރީތިކަން މިއަދު ރަނގަޅަށްވެސް އިރަމް އައް އޮތީ ފެނިފައެެެވެ. ހާދަހާ ރީއްޗެވެ. ފިލްމު ބަލަން ދެމީހުން ޖައްސާލިއިިރު ދެމީހުންގެ ދޭތެރޭގެ ދުރުމިން އިިތުރު ކުރުމަށް ކަޔާން ތިން ބާާލީސް ބެހެއްޓިއެވެ. ކައިވެންޏައް ފަހު ދެމެދުގަ އެންމެ ބާލީހެއްވެސް ނުބާއްވާނެ ކަމުގެ ޔަގީންކަން އޭނަގެ މޫނުމަތިން ފެނިގެންދިއަޔެވެ.
“ތިކައިވެންޏަށް ހަމަ މިހާރު އިންކާރު ކުރޭ ނޫނީ ކަލޭ އެންމެ ލޯބިވާ މީހުންގެ ލޯބިން ކަލޭ މަޙްރޫމް ކުރާނަން” އިރަމްގެ ފޯނަށް ނުދަންނަ ނަމްބަރަކުން އައި މެސެޖްތައް ފެނުމުން ޝެލީންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިއަޔެވެ.
ނުނިމޭ
