Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredބިރުވެރިއުފެއްދުންތެރި ލިޔުންލޯބި

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 11)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
May 21, 2025 4 Mins Read
0 Comments

އަނހާ އެކޮއޭ…‘ އަދާރާ ފެނުނުހާއިރަކަށް ރާމިޒާ ގޮވައިލައިފިއެވެ.

’ރާމިޒައްތާ… ކިފްލުމެން ދިޔައީތަ؟‘އެނގި ހުރެވެސް އަދާރާ އަހައިލިއެވެ.

’ނޫނޭ… ކިފްލު ވަރަށް ބޮޑަށް ހުން އައިސްގެން ޑޮކްޓަރަށް ދައްކަންވެގެން ސިއްހީ މަރުކަޒަށް އެ ދިޔައީ…‘ ރާމިޒާ ބުނެލިއެވެެ.

’އެހެންތަ؟…‘ އަދާރާގެ ނިތަށް ރޫ ގިނަވެލިއެވެ.

****

ކިފްލުގެ ގައިގައި ހުރި ލައްތައް ޑޮކްޓަރަށް ދައްކާކަށް އޭނާ އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ. ޙުއްބާ އެކަމާ ވަރަށް ހިތްހަމަ ނުޖެހިގެން އުޅުނެވެ.އެހެނަސް ކިފްލު އެއްގޮތަކަށް ގޮތް ދޫނުކުރުމުން ސިއްހީ މަރުކަޒުތެރޭ ދެބަސް ވާން ނުކެރިގެން ޙުއްބާއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.ހުމަށް އެކަނި ބޭސް ލިޔެގެން ނުކުތްއިރު އެ ބޭސް ސިޓީއަށް ކޮންމެހެން ބޭސް ނަގާކަށްވެސް ކިފްލު ބޭނުމެއް ނުވިއެވެ. އެހެނަސް ޙުއްބާ ރުޅިއައިސްފައި ހުރިކަން އެނގޭތީ އޭނާ އެކަމަކަށް ހުރަހެއް ނާޅައެވެ.

****

ސިއްޙީ މަރުކަޒުން އައި ގޮތަށް ބޭސް ކައިގެން ކިފްލު އަވަސްވެގަތީ އަދާރާއަށް މެސެޖު ކުރާށެވެ.ވީހާވެސް އަވަހަކަށް ބައްދަލު ކުރަން ބޭނުން ކަމަށް ބުނެ މެސެޖުކޮށްފައި އޭނާ ޙުއްބާއަށް ނޭނގި މަގުމައްޗަށް ނުކުތްއިރު އަދާރާވެސް ހުރީ ނުކުމެ މަގުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އޭނާ ފެނުނުހާއިރަކަށް އަދާރާ ދުވެފައި އޭނާގެ ގާތަށް އަތުވެއްޖެއެވެ.

****

’އަދާރާ އެއްވެސް ސުވާލެއް ކުރުމުގެ ކުރިން އަހަރެން މި ދައްކާ ވާހަކަތައް އިހަށް އަޑު އަހާބަލަ.އިޓްސް ރިއަލީ އިމްޕޯޓަންޓް‘ ކިފްލު ވަރަށް ސީރިއަސްވެފައި ބުނެލިއެވެ.

’ކިފްލު އަނެއްކާ ކީކޭ ކިޔަންތަ ތިއުޅެނި؟ޕްލީޒް އަހަރެން ބިރު ނުގަންނުވަބަލަ.ކިފްލުއަށް ކިހިނެއްތަ ވެގެން ތިއުޅެނީ؟ ޔޫ ލުކް ސޯ ސިކް… ރޭގަ އެކަމަކު ޔޫވަރ އޯލް އޯކޭ.‘ ކެތްތެރިކަމެެއް ނެތް ފަދަ ގޮތަކަށް  ނިކަންއަވަހަށް އަދާރާ ބުނެލިއެވެ.

’ދެޓްސް ދި ޕޮއިންޓް އަދާރާ. އަހަންނެއް ރޭގަ އަދާރާއަކާ މީޓް ކުރާކަށް ނުދަން. އައި ސްވެއަރަ އައި ޑިޑިންޓް.އަދާރާ ގަބޫލު ނުކޮށްފާނެތީ ހުވާވެސް މިކުރީ އެންޑް ރޭގަ ވަރަށް ބިރުވެރި ކަންތައްގަނޑަކާވެސް އަހަންނަށް ކުރިމަތިލާން ޖެހުނު.‘ ކިފްލު ބުނެލިއެެވެ.

’އަޅެ ދޮގު ނުހަދަބަލަ ކިފްލު.އިއްޔެގަ ގައިމު އިސްވެ އަހަރެން ކައިރީގަ މީޓް ކުރަން ބުނީވެސް ކިފްލުއެއްނު.މިހާރު ދެ ރޭ އަހަންނާ އެގަޑީ މީޓް އެވީވެސް.ރޭގަ އަހަރެން ގޮވައިގެން ތުނޑިއަށް ވެސް ދިޔައީމެއްނު.ޕްލީޒް އަހަންނާ ސަމާސާ ނުކޮށް ބަލަ.‘ އަދާރާއަށް ކިފްލު ދެއްކި ވާހަކަތައް ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ.

 

’ކީކޭ…؟!ތުނޑިއަށޭ…؟!އަދާރާ އައި ސްވެއަރަ ދެޓްސް ނޮޓް މީ… އަދާރާ އަހަރެން ދޮގެއް ނުހަދަން.އަހަރެން މީ ފިރިހެނަކަސް އެގަޑީގައި ތުނޑިއަށް ދާކަށް މަށަކަށްވާ ލާހިކެއް ނޫން. ދެން ތިބުނީ ދެ ރެއޭ… އަހަރެން އެންމެ ރެއަކުވެސް އަދާރާއާއި މީޓް ކުރާކަށް ނުދަމޭ އަޅެ އަދާރާ…އަހަންނަށް ހީވަނީ މީ ރޫޙާނީ ކަންތައް ގަނޑެއްހެން.ޔެސް އަހަރެންް ބުނިން އަދާރާ  ކައިރީ ދަންވަރު މީޓް ކުރަން ހިނގާށޭ އެކަމަކު ކޮންމެވެސް މީހަކު އަހަންނަށް އެކަމަށް ހުރަސްއެޅީ.ނުފެންނަ ބާރަކުން އަހަންނަށް އަނިޔާވެރިވީ.އަދާރާ ބަލާލަބަލަ ނިކަން‘ ކިފްލު އޭނާގެ ހުޑީ ހިއްލައި އަދާރާއަށް އޭނާގެ ހަށިގަނޑު ދައްކައިލިއެވެ. ކިފްލުގެ ހަށިގަނޑުގައި ހުރި ނިޝާންތައް ފެނި އަދާރާގެ ދެލޯ ބޮޑުވިއެވެ. އެ މޫނުމަތިން ފެނުނީ އިންތިހާއަށް ބިރުގެންފައި ހުރިކަމުގެ އަސަރުތަކެކެވެ.

’ކިފްލު…ތީ…ތީ ހަންޑި ލައްތަކެއް…ދެން…ދެން… ތި ބުނަނީ އަހަންނާ މީޓް ކުރީ ހަމަ ކިފްލުއެއް ނޫނޭތަ؟އެއީ ކިފްލު ނޫނިއްޔާ އެއީ ދެން ކާކުތަ؟ ބަޓް ހީ ލުކް އެގްޒެކްޓްލީ ލައިކް ޔޫ.‘ އަދާރާ ބިރުން ތުރުތުރު އަޅަން ފެށިއެވެ.

’އައި ޑޯންޓް ނޯ އަދާރާ… އެނގޭހާވެސް ކަމަކީ ދިޒް އިސް އޯލް ކަނެކްޓެޑް ޓު ޔޫ ކަން. އެއީ ކޮންމެ މީހަކަސް އެމީހަކު ބޭނުންވެގެން އެ އުޅެނީ އަދާރާ…އެކަމަކު އެހެން އެކަން ވިޔަކަ އަހަރެން ނުދޭނަން. އަހަރެން އަދާރާއަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން.‘ ޖެހިލުމެއްނެތި ކިފްލު ބުނެލިއެެވެ.

’ކިފްލު… ރޭގައި އޭނަ އަހަރެން ކައިރީގަ އޭނާގެ މީހަކަށް ވާން އެދުނީމައި އެއްބަސްވެސް ވީން.އެންޑް ހީ ކިސްޑް މީ.‘ އަދާރާ ދެއަތުން ބޮލުގައި ހިފަހައްޓައިލިއެވެ. ރޭގައި އެ ކިފްލު އާއި އޭނާއާއި ދެމެދު ހިނގައި ދިޔަ ކަންތައްތައް ހިތަށް އެރުމުން އޭނާ  އިންތިހާއަށް ހާސްވިއެވެ.އޭނާއަށް ހަމަ އަސްލުވެސް ގާތް އެ ވެވުނީ ކިފްލުއަކާއި ނޫންހެއްޔެވެ؟

’ޔޫ ޑިޑް ވަޓް؟‘ ކިފްލުއަށް ބުނެވުނީ ވެސް ތަންކޮޅެއް ބާރަށެވެ.

’އަދާރާއަށް އެނގޭތަ ތި ކުރެވުނީ ކީއްކަން؟‘ ކިފްލު ކަންބޮޑުވެފައި ބުނެލިއެވެ.

’ކިހިނެއްތަ މިވަނީ؟‘ އަދާރާ ހުރީ ބިރުން ގޮސް ރޮވޭ ގޮތްވެފައެވެ.

****

ކިފްލުއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ކުއްލިއަކަށް އޭނާއަށް ގޮތްތަކެއް ވާން ފެށިއެވެ. އަދާރާ ބިރުން ހުރެވެސް ގޮސް ކިފްލުގެ އަތުގައި ހިފެހެއްޓިއެވެ. އެހެނަަސް ކިފްލު އޭނާގެ އަތް ހަމަ އެ  ބާރުމިނުގައި ފޮޅުވާލައިފިއެވެ.ކިފްލުއޭ ކިޔައި ދެތިން ފަހަރަކު ގޮވައިލިތަނާ އޭނާ ކުއްލިއަކަށް ބިންމައްޗަށް ވެއްޓި ރޯމަހެެއް ތެޅޭހެން ތެޅެން ފަށައިފިއެވެ.އަދާރާ ކިފްލުއޭ ކިޔައި ބާރަށް ހަޅޭއްލަވައިގަތެވެ.ނަސީބަކުން އެ ވަގުތުވީ ކިފްލު ނުފެނިގެން ހޯދަމުން ޙުއްބާވެސް މަގުމަށްޗަށް ނުކުތް ވަގުތަށެވެ.އެމަންޒަރު ފެނުނުހާއިރަކަށް ޙުއްބާވެސް ކިފްލުއަށް ގޮވަމުން ދުވެފައި އައެވެ.

****

ކިފްލު ސިއްހީ މަރުކަޒަށް ގެންގޮސް އެނދުމަތި ކުރެވުނެވެ. ޓެސްޓުތައް ހަދައިގެން ޑޮކްޓަރުންނަކަށްވެސް އެއްވެސް މައްސަލައެއް ހުރި ކަމަކަށް ނުފެނުނެވެ.އަދި އަޖައިބުކުރުވަނިވި ކަމަކަށްވީ ކިފްލުގެ ގައިގައި ހުރި ނިޝާންތައްވެސް ވީ ނުވީއެއް ނޭނގި ގެއްލުނީމައެވެ.

****

ކިފްލު އެނދުމަތި ކުރިި ޚަބަރު ލިބުމުން އަދާރާ ސިޔާމާއާއިއެކު މަރުކަޒަށް ދިޔައެވެ. ހަދިޔާއަކަށް ގެންދިޔަ މޭވާކޮޅައި ޖޫސް ޕެކެޓް ޙުއްބާއާއި ހަވާލުކޮށްލާފައި އަދާރާ ކިފްލުގެ ގާތަށް ލެފިލުމުން ސިޔާމާއާއި ޙުއްބާވެސް ތަންކޮޅެއް ދުރަށް ޖެހިލިއެވެ.ހީވީ އެދެމީހުން ވާހަކަ ދައްކައިލަން ފުރުސަތު ދިނީ ހެންނެވެ.

****

’މިހާރު ކިހިނެއްތަ؟‘ އަދާރާ އަހައިލިއެެވެ.

’މިހާރު ބަރާބަރު… އަހަންނަކަށްވެސް ނޭނގެ އެގަޑީ އެވީ ގޮތެއް…ބޮލަށް ތޫނު ތަދެއް އެރީ… ހީވީ މީހަކު އެއްޗަކުން ބާރަށް ޖެހިހެން ހަމަ.‘ ކިފްލު ބުނެލިއެވެ.

’އަދާރާ އޯކޭތަ؟ އަހަންނާ މީޓު ކުރަން އައިމަ އަދާރާއަކަށް އެއްވެސް ކަހަލަ އުނދަގުލެއް ނުވޭތަ؟‘ ކިފްލު މަޑު މަޑުން ބުނެލިއެވެ.

’އާނ…އަދި ފާހަގަ އެއް ނުވޭ…‘ އަދާރާ މަޑުން ބުނެލި ނަމަވެސް އޭނާ އެކި ދިމާ ބަލަމުން ދިޔަ ގޮތުން  އޭނާ އެއިނީ ބިރުގެންފައިކަން ކިފްލުއަށް އެނގުނެވެ.

’އެގަޑީ އަހަރެން ބުނަން އުޅުނީ އޭނާގެ މީހަކަށް ވާން އަދާރާ އެއްބަސްވީ ހިސާބުން…‘

****

ކުއްލިއަކަށް ވޯޑުގައި ބާއްވަފައި އޮތް މުސްކުޅި ބަލި މީހަކު ބާރަށް ހަޅޭއްލަވަން ފެށިއެވެ. އެމީހާގެ އަޑު ގަދަކަމުން ކިފްލު ދައްކަން އުޅުނު ވާހަކަވެސް ކުރިއަށް ގެންދެވޭގޮތް ނުވެ މެދު ކަނޑާލަން ޖެހުނެވެ. ނަރުހުންތައް އައިސް އެމީހާ މަސަލަސް ކުރަން އުޅުމުންވެސް އެމީހާ ހަމަ ހުއްޓާނުލައި ހަޅޭއް ލަވަނީއެވެ.

****

ވޯޑު ތެރެ ކުއްލިއަކަށް ހަލަބޮލި ވުމުން ސިޔާމާވެސް ކަންބޮޑުވެގެން އައިސް އަދާރާއަށް ގޮވައިލިއެވެ. ކިފްލުވެސް ދާށޭ ބުނާކަހަލަ ގޮތަކަށް ލޮލުން އަދާރާއަށް އިޝާރާތް ކޮށްލިއެވެ.އަދާރާ ދެކޮޅު ހެދުމެއްނެތި ތެދުވެގެން ސިޔާމާއާއިއެކު ނުކުންނަން ހިނގައިގަތުމުން ޙުއްބާ އައިސް ކިފްލުގެ ގާތުގައި މަޑުކޮށްލިއެެވެ.

****

ގެއަށް އައިގޮތަށް އަދާރާ ވަނީ ކޮޓަރިއަށެވެ. މެންދުރު ނަމާދުކޮށް ލައިގެން ގުރުއާން ކިޔާވާލާނަމޭ ހިތާ އުޅެނިކޮށް އޭނާއަށް ވަރަށް ފާޑެއްގެ ގޮތްތަކެއް ވާން ފެށިއެވެ.ބޮލުގައި ރިއްސައިގަތްލެއް ގަދަ ކަމުން މުސްޙަފަށް ބަލައިލަންވެސް އަދާރާ އަށް އުނދަގޫވިއެވެ.ދެފަޔަށް އާދަޔާ ޚިލާފު ފިނިގަނޑެއް އަރަން ފެށުމުން އަދާރާ މުސްހަފް ބާއްވާފައި އެނދުގައި އޮށޯވެލިއެވެ.އޭރު  ބޮލުގައި ރިހުން ގަދަ ވުމުގެ ސަބަބުން އޭނާގެ ދެލޮލަށްވަނީ ފެން ޖަމާވެފައެވެ.

****

އަދާރާ އެހެން އޮއްވައި ދިއްލާފައި ހުރި ބޮކި ނިވުނީ ހަމަ ކުއްލިއަކަށެވެ.ދުވާލުގެ ވަގުތެއް ކަމަކު ދޮރު ފޮތިގަނޑުން ކުޑަ ދޮރުތައް ނިވާކޮށްފައި ހުރުމުން ކޮޓަރިތެރެއަށް އިސާހިތަކު ވެރިވީ ފުން އަނދިރި ކަމެވެ.އަދާރާ ތެދުވަން މަސައްކަތް ކުރުމުން އޭނާގެ ހަށިގަނޑުން އެންމެ ގުނަވަނެއްވެސް ހަރަކާތެއް ނުކުރާކަން އެނގުނެވެ.އަދާރާ ބިރުގަތީ ދެނެވެ.އަމިއްލަ ދިފާއުގައި އެއްވެސް ކަމެއް ނުކުރެވޭނޭހެން އެ ބާރު އެވަނީ އޭނާގެ ހަތަރެސްފައި ބަނދެލައިފައެވެ.މިހާރު އޭނާއަށްވެސް އެއީ ރޫޙާނީ ބާރެއްގެ ނުފޫޒުކަން ގަބޫލު ކުރެވިއްޖެއެވެ. އަދި ކުރިމަތިވާން އެ އުޅެނީ އާދައިގެ ކަމެއް ނޫންކަންވެސް އެނގިއްޖެއެވެ.

****

’އަދާރާ ހަނދާން އެބަހުރިތަ ތީ އަހަރެންގެ މީހެއްކަން…އަދާރާ އެއްބަަސްވީމެއްނު…‘ އަދާރާއަށް އިވުނީ ކިފްލުގެ އަޑެވެ.

’ އަހަރެން ދެން ކިޔައިދިނުމުގެ ބޭނުމެއް ނެތް ދޯ އަހަރެން މީ ކިފްލު ނޫންކަމެއް..މިހާރު އެނގިއްޖެއެއްނު މަ މީ ކިފްލުއެއް ނޫންކަން.އެކަމަކު އަދާރާ އަހަރެން ދެކެ ބިރުނުގަނެބަލަ…އަދާރާ ބިރުން ދުވެފާނެތީ އަހަރެން އަދާރާއަށް ތިހެން ހަދާފައި ތިއޮތީ… އަހަރެން ބޭނުމެއްނޫން އަދާރާ އަހަރެން ދެކެ ބިރުން އުޅޭކަށް… އަހަރެން އަސްލު ބޭނުމެއްނޫން އަދާރާއަށް ތިހެން ހަދާކަށްވެސް‘ ކިފްލުގެ އަޑުން ބުނެލި ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

****

’އަދާރާ ބިރުން ނޫޅެއްޗޭ…ދެން ތެދުވެ އިށީނދެބަލަ… އަހަރެން ބޭނުން އަދާރާއަށް ހުރިހާ ކަމެއް ތެދަށް ކިޔައިދޭން…‘ އެ އަޑުގައި މޮޅިވެރިކަން އެކުލެވުނުކަން އަދާރާއަށް ފާހަގަވިއެެވެ.

****

އޭނާ އެހެން ބުނި ހިސާބުން އަދާރާއަށް ޙަރަކާތް ކުރެވެން ފެށިއެވެ.ބިރުން ވިރި ވިރި އޮތް ނަމަވެސް ކަމުގެ ހަގީގަތް ހޯދަން އަދާރާވެސް ބޭނުންވިއެވެ.އޭނާ ތެދުވި ގޮތަށް އެނދުގެ ކަނަކަށް ވަދެ މުޅި މޫނުގަޔާ އެއްކޮށް ޑުވޭ އަޅައި ފޮރުވައިލިއެވެ.

****

’ތި ގޮތަކަށް ނޫން…އަދާރާއަށް އެއްވެސް ގޮތެއް އަހަރެން ނުހަދާނަމޭ ދެން…އަދާރާ ބިރު ނުގަނެބަލަ…އަހަންނަކީ އަދާރާގެ ދުޝްމިނެއް ނޫނޭ…މޫނުމަތިން ތި ނަގާބަލަ…‘ މިފަހަރު އަޑު އައީ ތަންކޮޅެއް ކައިރިންކަން އަދާރާއަށް އެނގުނެވެ. ދެއަތް ތުރު ތުރު އަޅާ ޙާލު އޭނާ ޑުވޭ ތިރިކޮށްލީ ހިތާ ހިތުން މާތް ކަލާނގެއާ ވަކީކުކޮށްލައިފައެވެ.

****

ދާދި ގާތުގައި އެނދުގައި އިށީނދެލައިގެން މޮޅިވެފަ އިން ކިފްލު ފެނި އަދާރާ ދިޔައީ ތަޅުއްވައިގެންނެވެ.

***

’ތީ…ތީ…އަޅެ ކާކުތަ؟‘ އަދާރާ ބިރުން މޫނު އަނބުރައިލަމުން އަހައިލިއެވެ.

****

’ އަހަރެންގެ ނަމަކީ މުލްކު…‘މިފަހަރު އޭނާ ބުނެލީ ކިފްލުގެ އަޑަކުންވެސް ނޫނެވެ.އަދާރާއަށް ކުއްލިއަކަށް އޭނާއާއި ދިމާލަށް ބަލައިލެވުނެވެ.

 

ނުނިމޭ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ޒެވިއަން 19

Next

ހީނުކުރައްޗޭ… 1

Next
May 21, 2025

ހީނުކުރައްޗޭ… 1

Previews
May 21, 2025

ޒެވިއަން 19



All Right Reserved!