އަބަދަށް-15
އަރަން މޫނުމައްޗަށް ވެރިވީ ނުތަނަވަސް ކަމެވެ. އެހަދާންތަށް އާވާންފެށި އެވެ. އަރަން އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ޖައިޝް ބުނެލިއެވެ.
“އޯކޭ ބުނަން ބޭނުން ނުނިއްޔާ ނުބުންޔަސް..”
“އުހުން.. މަ ބޭނުން މިވާހަކަތަށް ކޮންމެސް މީހަކާ ހިއްސާކުރަން..” އަރަން ބަލާލި އަސަރުން ފުރިގެންވީ ނަޒަރަކުންނެވެ.
******
އެއީ މީގެ ހަތް އަހަރު ކުރިއެވެ އޭރު އަހަރެންނަށް 12 އަހަރެވެ. އަހަރެންނާއި ބައްޕަ އާއި ދެމެދު އޮންނަނީ ރަގަނޅު ގުޅުމެއްނުނެވެ. ބައްޕަ އަހަރެންގެ އެއްވެސް ކަމަކާ އަޅައެއްނުލައެވެ. އަހަރެންނަށް ހަަަރަދުކޮށް އަހަރެންގެ ހުރިހާ އެދުންތަކެއް ފުއްދައިދެނީ މަންމަ އެވެ. ކޮންމެރެއަކުވެސް ނިދައިފައި އޮންނައިރު ހޭލެވެނީ މަންމަރޮއިގަންނަ އަޑަށެވެ. ނޫނީ ބައްޕަ ހަޅޭލަވާ އަޑަށެވެ. ބައެއްފަހަރު ގޭތެރޭގައި ހުންނަ ވާސްތަށްވެސް ތަޅައިގެންދާ އަޑު އިވެއެވެ. މިކަންތަކާއި ހެދި މަންމަ ކައިރީ އެހުމުން މަންމަ ބުނަނީ އެއި ބައްޕަ މާބޮޑަށް ރުޅިއައީމަ ގޭތެރޭ ހުންނައެއްޗިއްސަށް ގޯނާކުރާކަމަށެވެ. ނަމަވެސް ފަހުންފަހުން އައިސް އަހަރެން ކުރިމަތީގައިވެސް ބައްޕަ މަންމަ ގައިގައި ޖަހާ އަނިޔާކުރަންފެށިއެވެ. މަންމަ އަށް އެލިބޭ އަނިޔާތަކުގެ ސަބަބުން އެތަށް ވޭނެއް އުފުލައެވެ. އެކަމަކު އަބަދުވެސް އިންނަނީ ހިނިތުންވެލައިގެންނެވެ. ނަމަވެސް އަހަރެންނަށް އެވޭން މަންމަގެ ދެލޮލުން ފެނެއެެވެ. އެއްރެއަކު ބައްޕަ މަންމަގެ އަތަށް ހޫނު ފެންއެއްޗެއް އޮއްސާލިއެވެ. މަންމަގެ ލޮލުން ކަރުނަތަށް ފައިބަންފެށިއެވެ. އެވަރުންވެސް އަޑެއްވެސް ލައްވާނުލިއެވެ. އަހަރެންނަށް ކެއްވީ އެހިސާބަށެވެ. ގޮސް މަންމަގެ އަތް ދޮއްވާފައި ބޭސްއުގުޅައިދިނީމެވެ. ބައްޕަ އެދުވަހު ވަރަކަށް ހަޅޭލެވިއެވެ. އަހަރެން އަޅައެއްވެސް ނުލަމެވެ. އެކަމަކު ބައްޕަގެ މިޖުމްލަ އަހަރެންގެ ސިކުނޑީގައި ތާށިވެފައި ހުއްޓެވެ.
“ތީ ކަލޭ ހޯދި ނަހަލާލު އެއްޗެއްކަން ހަދާން ކުރާތި..” ބައްޕަގެ މިޖުމްލަ އައި މެދު އަހަރެންނަށް ވިސްނެއެވެ. އަހަރެންމީ ބައްޕަގެ ދަރިއެއްނޫން ހެއްޔެވެ؟ ދެން އަހަރެންމީ ކާކު ދަރިއެއްބާ އެވެ؟ މިކަހަލަ ބައިވަރެއް ސުވާލުތަކުން އަހަރެންގެ ސިކުނޑި ބައްދަމުން ދިޔައެވެ.
ބައްޕަ އާއި ހެދި މަންމައަށް އަބަދު މަންމައަށް އަނިޔާ ލިބޭތީ އަހަރެންބޭނުމީ ބައްޕައާއި ވަކިވުމަށެވެ. ނަމަވެސް އެއީ އަހަރެންނަށް ކުރެވޭނެ ކަމެއްހެއްޔެވެ؟ މަންމައަށް ޓަކައި އަހަރެން އެތަށް ގޮތަކުން ވިސްނީމެވެ. އެންމެފަހުން މޮޅުހިޔާލެއް ލިބުނެވެ. އަހަރެން ހުރީ ކޮންމެ ގޮތެއްވިއަސް އެގޮތަށް ކަންކުރަން ނިންމައިގެންނެވެ.
ދަންވަރުގެ ވަގުތެވެ. އަހަރެން މަޑުމަޑުން ކޮޓަރިން ނިކުމެގެން ގޮސް ސިޓިންރޫމަށް ވަނީމެވެ. އޭރު ބައްޕަ ސޮފާގައި އޮށޯވެގެން ނިދިފައި އޮތެވެ. އަހަރެން އެދިމާއަށް ބަލާލައިފައި މަންމަ ފަހަންއުޅޭއިރު ގެންގުޅޭ ކަތުރުނެގީމެވެ. އިނގިލިތަކުގެ ކުރިޖައްސައިގެން ގޮސް ބައްޕަކައިރީ ހުއްޓިލީމެވެ. އޭރު އަހަރެންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. މިހާ ދާހިއްލަން ފެށިއެވެ. ނަމަވެސް އަހަރެން ހިއްވަރުކޮށްލައިފައި އަތުގައި ހުރި ބާރެއްލައިފައި އެކަތުރު ބައްޕަގެ ކަރަށް ހަރާލީމެވެ. ބައްޕަ މަޑުމަޑުން ހަޅޭލަވައިގަނެފައި އަހަރެންގެ އަތުގައި ހިފޭއްޓިއެވެ. ނަމަވެސް ވަރަށް މަޑުންނެެވެެ. ހޯސްލާފައި އޭރު ލޭތަށް އާދެއެވެ. އަހަރެން ދުރަށް ޖެހިލީމެވެ. އޭރުވެސް އެކަތުރު އޮތީ ބައްޕަގެ ކަރުގައެވެ. ހަައެވަގުތު މަންމަ ކޮޓަރިންނިކުމެގެން އައެވެ. ސޮފާގައި ހަރަކާތެއް ނެތިފައި އޮތް ބައްޕައަށް އަދި އަހަރެނަށް ބަލާލައިފައި މަންމަ ރޮއިގަތެވެ. އަހަރެންނަށް ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުން އަހަރެންނަށް ހުރެވުނީ ހިނިތުންވެލައިގެންނެވެ. ނަމަވެސް އެހިނިތުންވުން ފިލީ ބިންމަށްޗަށް ޖެހިގަތް މަންމަފެނިފައެވެ. އޭރު ދޮރުގައި މީހަކު ޓަކިދެއެވެ. އަހަރެން އަވަހަށް ދިޔައީ މަންމަކައިރިއަށެވެ. މަންމަ އަހަރެންގައިގައި ޖަހާފައި ކީއްކުރަން ކުރިކަމެއްހޭ އެހިިއެވެ. އަހަރެން އިނި ބަސްހުއްޓިފައެވެ. ދުލުގައި ތަޅެއް އެޅުނު ކަހަލައެވެ. މަންމަ ހަމަ ގިސްލަ ގިސްލާފައި ރޮނީއެވެ. ދޮރުތަޅުހަލާކުކޮށްލައިފައި އޭރު ބަޔަކުވެސް ވަދެ ތިއްބެވެ. ވަގުތުން އަހަރެންނާއި މަންމަ ޕޮލިސްޓޭޝަނަށް ގެންދެވުނެވެ. އަހަރެން ބިރުންހަލާކު ވަނީއެވެ. ފުރަތަމަ ސުވާލު ކޮޓަރިއަށް ވެއްދުނީ މަންމަ އެވެ. އޭރުވެސް އަހަރެންގެ އަތް ތުރުތުރު އަޅައެވެ. ދެން ވެއްދުނީ އަހަރެންނެވެ. ދެ ޕޮލިހުން ތިބެގެން އަހަރެންނާއި ސުވާލުކުރިއެވެ. އަހަރެން ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔައިދިނީމެވެ. އަހަރެން ހީއްކުރީ މުޅި އުމުރަށް އަހަރެން ޖަލަށް ލާނީ ކަމަށެވެ. ނަމަވެސް ދެމަސް ދުވަހަށް އަހަރެން ގޭބަންދު ކުރީއެވެ.
އެއަށްފަހު ސުކޫލަށް ދާންފެށުމުން އެތަށް ކުދިންނެއް އަހަރެނަށް މަލާމާތް ކުރިއެވެ. ކިތަށްމެ ދެރަވިއަސް އަހަރެން ކެއްކުރީއެވެ. އެއީ މަންމަ އަށް ޓަކައި އަހަރެން ކުރިކަމެކެވެ. އެކަމާ ހެދި އަހަރެން ދުވަހަކުވެސް ދެރައެއްނުވާނަމެވެ. އެއީ ބައްޕައަށް ހައްގު މަރެކެވެ.
*******
ވާހަކަ ކިޔައިދީ ނިމުނުއިރު އަރަންއަށް ރޮވިއްޖެވެ. ޖައިޝްގެ ވެސް ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. އެކުވެރިޔާ ކުރިމަތިލާންޖެހިފައިވާ ދަތި ހާލަތުތަށް އެނގުމުން ހަމްދަރުދީ ވެވުނީ އެވެ. ޖައިޝް އަރަން އަށް ހިއްވަރު ލައިދިނެވެ. ނުރޮއުމަށް އެދުނެވެ. އަރަން ޖައިޝް ދިން ނަސޭހަތްތަށް އަޑުއަހައި ކަރުނަތަށް ފުހެލައި ހިނިތުންވެލިއެވެ.
ފޮތް ކިޔާ ނިންމާލައިފައި މާހީ ނިދާހެދުމަށް ބަދަލު ކޮށްލައިގެން އައިސް އޮށޯތެވެ. އޭރު ގަޑިން 1:30 އެވެ. ނިދީގެ އަސަރު ނެތުމުން ފޯނުހިފައިގެން އޮއްވައި މެސެޖް އެއް އައެވެ. ނުދަންނަ ނަންބަރަކަށް ވުމުން މާހީ އަޅެއް ނުލިއެވެ. ނަމަވެސް ދެވަނަ މެސެޖް އައުމުން މާހީ މެސެޖް ހުޅުވާލިއެވެ. އޭގައިވަނީ މިއީ މާއިލް ކަމަށެވެ. މާހީގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ. ވަގުތުން އެއަށް ރިޕްލައި ދީފިއެެވެ. ދެމީހުންވެސް ވާހަކަ ދައްކާލައިފައި މާއިލް ނިދިއައީ ކަމަށް ބުނެ އޮފްލައިން ވިއެވެ. މާހީ ވެސް އަވަހށް ނިދޭތޯ އުޅުނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.







Mi part vx vrh reethi Masha Allah 💗
aran ge story adu ahaafa meenee hama bunaane ehcheh neyngifa
argh maail keehve tha ehn e ulhenee
maahee is only arans
take care sis