ބަދަލް…7
ރަޔަން، ޒިވިޔަން ލާފައި ގެއަށްއައިސް މިސްރާބުޖެހީ ރިޔާނާއާއި ރިޔާދު އުޅޭ ބަޔަށެވެ. މަންމަމެންނާއެކު ސަކަރާތްޖަހާނުލާތާ ދުވަސްކޮޅެއްވުމުންނެވެ. ކިތަންމެ އުމުރުން ދުވަސްވިޔަސް، ކަށީގައި ހަރުލާފައިވާ ކަންކަމީ ބަދަލުވާނެ ކަންކަމެއްނޫނެވެ. އެ އެޕާޓްމަންޓްގެ ޑަބަލްކީ ހިފައިގެންގޮސް ދޮރުހުޅުވާލުމުން ރަޔަންއަށް މަރުޚަބާކީ ހަމަހިމޭންކަމެވެ. ހުރިހާ ބޮތްކެއް ނިއްވާފައިވުމުން މަންމައާއި ބައްޕަ ނޫޅޭކަން އެނގެއެވެ. ނަމަވެސް ދިޔަތަނެއް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ. އެހެންކަމުން ރަޔަން ވިސްނީ އެމީހުންނަށް ގުޅާލާށެވެ. ފޯނުނަގާ ދެތިންފަހަރު ގުޅާލުމުންބުނީ ފޯނުނިއްވާލާފައިވާ ކަމަށެވެ. އެވަގުތު ރަޔަންގެ ލޮލުގައި އަޅައިގަތީ ފްރިޖް ކައިރީގައި ބާއްވާފައިއޮތް ކަރުދާސްކޮޅެވެ. އެ ނަގާ ހުޅުވާލިތަނުން ފޯނު ރިންގުވާންފެށިއެވެ. ޖީބުން އަވަހަށް ފޯނުނެގީ ކާކުތޯ ނުވެސްބަލައެވެ. “ހަލޯ މަންމާ… ކީއްވެތަ އަނގާވެސްނުލާ ތިދިޔައީ؟، އަޅެ މިއަދު ހަވީރުވެސް ދިމާވިއެއްނު، ދެން އެޓްލީސްޓް ގުޅާލިނަމަ.” ރަޔަން ވަގުތުން ޝަކުވާކުރަން ފެށިއެވެ. ” އަމްމްމް… މަންމައެއްނޫނޭ… ރެން، މީ ޒިވްއޭ، އަނެއްކާ ކަމެއްގޯސްވީތަ؟”. “ސޮރީ، ބަލާނުލެވުނީ…. މިގަޑީގަ ކުޑަކޮށް ބިޒީ، މިގަޑީގަ ބޭޭއްވީ”. ރަޔަން ވާހަކަދެއްކިގޮތުން ކޮންމެެސްކަމެއް ވެއްޖެކަން ޒިވިޔަންއަށް އެނގުނެވެެެ. “ރެން ވާހަކަ ތިދައްކާގޮތުން އެނގޭ ކަމެއް ގޯސްވެއްޖެކަން، އެކަމް ބިޒީ ވިއްޔާ ބާއްވަނީ، އެކަމް ޔޫކޭން ކޯލްމީ އިފް ޔޫ ނީޑް އެނީތިންގް، ލަވްޔޫ…. އެންޑް ގުޑްނައިޓް.” “ޔެޕް……. ލަވްޔޫ މޯރ އެންޑް ގުޑްނައިޓް”. ކިތަންމެ ނުތަނަވަސްވެފައި ހުއްޓަސް ރަޔަން ބެލީ އެކަން ފޮރުވޭތޯއެވެ. ފޯނު ޖީބަށްލާފައި ރަޔަން އެ ގަނޑުކޮޅު ކިޔާލިއެވެ. “ވީ އަރ ސޮރީ ނުބުނެ ދާންޖެހުނީމަ… އެކަމް ފްރިޖްގަ ތިބޭނެ ކާއެއްޗެހި، ހޫނުކޮއްލާތި ކުޑަކޮށް އެންޑް މަންމަ މިދަނީ ފްރައިޑް ރައިސް ހަދާފަ، ރަނގަޅަށް ކާތި…. އާދެވޭނެ ދުވަހެއް ބުނާކަށް ނޭނގެ… ޓޭކް ކެއަރ”. އެ ގަނޑުކޮޅުގައި ޖަހާފައި އޮތެވެ.
މިއީ ރަޔަން އުމުރުން އެންމެ ހަތަރުއަހަރުން ފެށިގެން އުޅެމުންއައި ގޮތެވެ. ރިޔާނާއާއި ރިޔާދު ތަންތަނަށްދާނީ ގޭގައި ގެންގުޅޭ ނޯކަރުންނާއި ރަޔަން ހާވާލުކޮށްފައި، ބުނެވެސް ނުލައެވެ. އެމީހުން ރަޔަން ކައިރީގައި ހުންނަ ފަހަރަށްވުރެ ގިނަވާނީ ނުހުންނަ ފަހަރެވެ. އެންމެ ފުރަތަމަ ދުވަސްކޮޅު ރަޔަންވެސް މަންމަމެން ހޯދަން ވަރެއްދެއްކިއެވެ. ނަމަވެސް ފަހުން ހަމައަކަށް އެޅިއްޖެއެވެ. ރަޔަންއަށް ފައިސާއާއި މުއްސަނދިކަމަކީ ބޭކާރު އެއްޗެކެވެ. އެއަށްވުރެ ބޮޑަށް މައިންބަފައިންގެ ލޯބިލިބި ފަޤީރުވިޔަސް އޭނާއަށް މާ ރަނގަޅެވެ. ހުދު ރަޔަންވެސް އެނާގެ މުއްސަނދިކަމަށް ނަފްރަތުކުރެއެވެ. ޝުކުރު ނުކުރަނީއެއް ނޫނެވެ. އޭނާ ދެކޭގޮތުގައި މަންމައާއި ބައްޕަގެ ލޯބިނުލިބުމުގެ އަސްލަކީ އެއީއެވެ. އެހެންކަމުން އޭނާ ދުވަހަކުވެސް އެ މުއްސަނދިކަން އެހެންމީހުންނަށް މާވަރަކަށް ނުދައްކައެވެ. ކޮންމެ ދަތުރަކުން އެނބުރި އަންނައިރު ރިޔާނާ، ރަޔަންއަށް ބްރޭންޑެޑް ޓީޝާޓާއި ޖިންސު ގެނެސްދެއެެވެ. އެކަމަކު ރަޔަން އެ ލާން ނުލާހިކު ފޫހިވެއެވެ. އެހެންކަމުން އަންނައުނު ކޮޓަރީގެ އެންމެ އެތެރޭގައި ބަހައްޓަނީއެވެ. ނުވަތަ ޒައިޝާންއަށް ދެނީއެވެ.
ކޮޓަރިއަށްވަދެ، އެނބުރެމުންދިޔަ ފަންކާއަށް ނަޒަރު ހުއްޓާލައިގެން ރަޔަން އޮތީ ފުންވިސްނުމަކަށް ގެއްލިފައެވެ. އެހެން އޮންނަތާ އިރުކޮޅެއްފަހުން އޭނާ ސިއްސައިގެންދިޔައީ ފޯނު ރިންގުވާންފެށި އަޑަށެވެ. ގުޅަމުންދިޔައީ ޒިވިޔަންކަން އެނގުހުރެވެސް ފޯނުނަގަން ބޭނުންނުވީ ރުޅިއިސްކުރަން ބޭނުންނުވާތީއެވެ. މިވަގުތު މޫޑު ހަރާބުވެފައިހުރުމުން، ނަަގައިފިނަމަ ރުޅި އާދެވޭނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް ފަސްވަރަކަށް ފަހަރު ހުއްޓާނުލާ ގުޅުމުން އޭނާ ފޯނުނެގިއެވެ. “ހަލޯ، ރެން އާރ ޔޫ އޯކޭ؟، ކީއްވެތަ މިވަރަށް ގުޅާއިރު ފޯނު ނުނަގަނީ… އައި ތޯޓް ކަމެއްވީކަމަށް.” “ހްމްމް…. ސޮރީ ނިދަން މިއުޅެނީ، ވަރަށް ގަދައަށް ބޮލުގަ ރިއްސާތީ މިއުޅެނީ.” ރަޔަން ވާހަކަދެއްކި ގޮތުން، އޭނާ ދެރަވެފައިހުރިކަން ޒިވިޔަންއަށް އެނގުނެވެ. “ރެން…. ޑޯންޓް ލައި ޓު މީ، އައި ނޯ ރެން ތިހިރީ ކޮންމެސް ކަމަކާ ދެރަވެފަކަން، ޔޫކޭން ޓޯކް ޓު މީ…. ނޫނީ ޒިވް ދަންތަ ތި ގެޔަށް.” “ކަމެއްނުވެއޭ، އަންނާނެކަމެއްނެތް ދެން މާދަން ދިމާވާނީ، ބާއި.” ރަޔަން އިތުރަށް ވާހަކަނުދައްކައި ފޯނު ކަނޑާލިއެވެ. ރަޔަންގެ މި އަމަލުން ޒިވިޔަން ވަރަށް ދެރަވިއެވެ. ނަމަވެސް ކިތަންމެވަރަކަށް އެހިޔަސް ރަޔަން ޖަވާބެއްނުދޭނެކަން މިއީ ރޭގަނޑު ފަދައިން ޒިވިޔަންއަށް އެނގެެއެވެ. މިއީ ރަޔަންގެ ގޮތެވެ.
އަނެއްދުވަހު އިރު އެރިއިރުވެސް ރަޔަންއަކަށް ލޮލުފިޔައެއްނުޖެހެއެވެ. އެހެންކަމުން އޭނާގެ މޫޑު އެއްކޮށް ޚަރާބުވެ، ބޮލުގައިވެސްހުރީ ރިއްސާފައެވެ. އޭނާ ވިސްނާ ވިސްނާ މޮޔަވާވަރު ވެއްޖެއެވެ. މަންމަމެން އެހެންދިޔުމުން ކުރިން އޭނާއަށް ދުވަހަކުވެސް މިހާވަރަކަށް ނުވިސްނެއެވެ. އެކަމަކު މިފަހަރު ކޮންމެސް ގޯހެއް އުޅޭހެން ހީވަނީއެވެ. ފާޑުފާޑުގެ ޚިޔާލު ބޮލުތެރެއަށް ވަންނަންފެށުމުން އޭނާ ދެން ނުނިދޭނެކަމަށް ނިންމިއެވެ. އެހެންކަމުން ފެންވަރައި، ނަމާދުކޮށްގެން ކޮފީއެއްބޯން ނިކުތެވެ. ރަޔަން ކޮފީގިރަން ހުއްޓާ ކުއްލިއަކަށް ކަމެއް ހަނދާންވުމުން ޒައިޝާންއަށް ގުޅާން ފޯނުނެގިއެވެ. ނަމަވެސް ޗޮކެއް ކަނޑާލީ ރޭގައި ޗާޖަށް ނުޖެއްސުމުން ފޯނު ނިވިފައި އޮތުމުންނެވެ. ރަޔަން އަވަހަށް ކޮޓަރިއަށްވަދެ ކަޅުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއްލައި އިސްތަށިގަނޑު ރީތިކޮށްލިއެވެ. އެންމެ ފަހުކަމަކަށް ސެންޓުޖަހައި، ޕަވަރ ބެންކާއި ތަޅުދަނޑި ހިފައިގެން ކޮޓަރިން ނިކުތެވެ.
ރަޔަން މިސްރާބުޖެހީ ޒައިޝާންމެން ގެއަށެވެ. މިއަދަކީ ހޯމަދުވަހަށްވެފައި، ގަޑިން ދިހައެއްޖަހައި ބޮޑުވުން ރަޔަން ހީކުރީ ޒައިޝާން ހުންނާނީ ހޭލާކަމަށެވެ. ނަމަވެސް ހީކުރިގޮތާ ޚިލާފަށް އެގެއަށް ގޮސް ޓަކިޖެހުމުން ދޮރުހުޅުވީ ޒީނާއެވެ. “އަނހާ ރަޔަން….. ހާދަ ހެނދުނަކާ، އަނެއްކާ ކަމެއް ގޯސްވީތަ.” ޒީނާ އެހެން އަހާލުމުން އޭނާ ހުރިހާ އިހުސާސެއް އެތެރެއަށް ހިނދާލިއެވެ. އަދި ޝައްކުނުވާނެހެން ޒީނާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. “ނޫނޭ އަނެއްހެން ކަމެއްވީއެއްނޫން ހަމަ ޝާންކައިރިއަށް ޖައްސާލީ.” “ތިތާ ބޭރުގަ ނުހުރެ އެތެރެއަށްް ވަނީމައެއްނު ޝާންއާ ބައްދަލުވާނީވެސް. ދައްތަވެސް މިތަން ސާފުކޮށްލަން މި ވަނީ، ގޮވައިވެސްފިން ދެތިންފަހަރު އެކަމަކު އަދި ހޭލިހެނެއް ހިއެއްނުވޭ، ދަރިފުޅު ގޮސް ބަލާލަބަ އަޅެ.” ޒީނާ މިހެންބުނެ ރަޔަން ގައިގައި ފިރުމާލާފައި ނިކުމެގެން ދިޔައެވެ. ޒީނާ ނިކުމެގެން ދިޔުމުން ރަޔަން އަވަހަށް ގޮސްވަނީ ޒައިޝާންގެ ކޮޓަރިއަށެވެ.
ރަޔަންގޮސް ވަތްއިރު ޒައިޝާން އޮތީ އޭސީއާއި ފަންކާ އެންމެ ބާރަށް ޖަހައިގެން ގަދަ ނިދީގައެވެ. ކޮޓަރީގެ މުށިގަނޑުމަތީ ފިނިކަމުން ހިނގޭވަރެއްނުވެއެވެ. އެހެންކަމުން ރަޔަން އެންމެ ފުރަތަމަވެސް ފަންކާ ނިއްވާލިއެވެ. އަދި އޭސީގެ ރިމޯޓު ހޯދައި އޭތިވެސް ނިއްވާލިއެވެ. ދެން ރަޔަން ދިޔައީ ޒައިޝާން ހޭލައްވާށެވެ. ނަމަވެސް ރަޔަން ހައިރާންވީ ޒައިޝާން މަތިން އެއްވެސް އެއްޗެއްނުލި އޮތުމުންނެވެ. ގައިމުން ފަންކާ އެއްމެބާރުކޮށްގެން އޭސި ސޯޅައަށްލައިގެން އޮންނައިރު ފިނިވެސް ވާނެއެއްނޫންހެއްޔެވެ؟. “ބްރޯ އޭ ދެން ހޭލަން އުޅެބަ މިހާރު އެއޮއްގެން އިރުއޮއްސެނީއޭ.” ރަޔަން ޒައިޝާން ގައިގައި ކޮއްޓަން ފެށިއެވެ. “ހޫން ދެން މައިތިރިވެގެން ހުރެބަ.” “ޝާން އޭތް ތެދުވެބަ ވަރަށް ބޮޑުކަމެއް ވެގެންނޭ މިއުޅެނީ.” ރަޔަން ބާލިހެއްނަގައި ޒައިޝާން ގައިގައި ތަޅަންފެށުމުން އޭނާ ތެދުވިއެވެ. “ކަލެއާހެދި ލޮލުފިޔައެއްޖަހާލެވޭކަށް ނޯވެޔޭ. ކިހާދެރަވެއްޖެކަމެއްތަ މީދެން، ފުރަތަމަ އެ ސުޒީގަނޑޫ ދެން ކަލޭ. އުނދަގުލެއްނު. އިރުނާރާއިގެން އުޅޭއިރު ކޮންތާކު ރޯވެގެންތަ ތިއުޅެނީ. އޭސީއާ ފަންކާ ނިއްވާލީ ކޮން މޮޅެއްވާކަށެއްތަ.” ރަޔަންއާ ދިމާލަށް ލޯއަޅާލަމުން ޒައިޝާން ކުދިކިޔާލިއެވެ. ނިދާފައި އޮއްވާ އުނދަގޫކުރުމުން ޒައިޝާންހުރީ ރުޅިގަދަވެފައެވެ. “ދެންވެސް ތި ކުދިނުކިޔާ ދޭބަލަ ފެންވަރައިން އަންނަން. މަ އިންނާނަން ބޭރު ސޯފާގަ، ވަރަށް ސީރިއަސްކަމެއްވެގެންނޭ މިއުޅެނީ.” ރަޔަން މިހެން ބުނުމުން ޒައިޝާން ފެންވަރަން ދިޔައެވެ. ދިހަވަރަކަށް މިނެޓު ފަހުން ޒައިޝާން ފެންވަރައިގެން އައެވެ. އޭރު ރަޔަން އިނީ ދެމީހުންނަށް ކޮފީ ތައްޔާރުކޮށްގެން ފޯނާކުޅޭށެވެ. ޒައިޝާން އައިސް ރަޔަން ކައިރީގައި އިނުމުން ރަޔަން ފޯނު ބޭއްވިއެވެ. އޭރުވެސް ޒައިޝާން އިނީ ހިތްހަމަނުޖެހިފައިކަން ރަޔަންއަށް އެނގުނެވެ. “އެއްކަލަ ބޭބީގަނޑުދޯ، ވަރަށްބޮޑަށް ސޮރީ އުނދަގޫކުރެވުނީމަ…. އެކަމް މަށަށް ޔަގީން ޝާން ރުޅިއައިއްސަ ތީނީ މަ ގޮވީމަ އެކަންޏެއްނޫންކަން.” ޒައިޝާންއާ ދިމާކޮށްލަން އޭނާގެ ކޮލުގައި ހިފާލަމުން ރަޔަން ބުނެލިއެވެ. ޒައިޝާން ވަގުތުން ރަޔަންގެ އަތްފޮޅުވާލިއެވެ. “ރުޅިއަންނާނެދޯ، މަ ނިދާފަ އޮއްވާ އެއްކަލަ ސުޒީގަނޑު ކޮޓަރިއަށްވަދެ މަގޭ ގައިގަ އަތްކާތަންފެށީ، ހަނދާންނެތިގެން ރޭގަ ތަޅުނުލާ ނިދުނީވެސް، ބޮޮޑުކަމެއްނު ދެން މަށާ ލައިގަނެފަ މިއޮތީ.” “އޭނަގެ ވާހަކަ އަދިވެސް ޒީނައްތައަކަށް ކިޔައެއްނުދެންތަ. ބުނީމަދޯ އެނގެނީ އޭނަ ފޮނުވާލަންވެސް.” “އާނ ނުބުނަން، މަގޭކަންތައް ކޮށްދެނީ މަންމައޭ، ދެން އިއްޔެ މަންމަ ކޮޑަކޮށް ބޮލުގަ ރިއްސާތީ އުޅުނީ، އެހެންވެ ކަންނޭނގެ އޭނަ މިތަނަށް ވަދެގަތީ.” ސުޒީއަކީ، ޒީނާ އެގެއަށް ގެނައި ރާއްޖެތެރޭ ކުއްޖެކެވެ.
ސުޒީއަކީ ޒައިޝާންއަށްވުރެ އެއްއަހަރު ހަނގުކުއްޖެކެވެ. ޒީނާ އެންމެފުރަތަމަ ސުޒީ ގެނައީ މީގެ ދެއަހަރުކުރިން ޒައިޝާން ބޭރުގައި ކިޔަވަން ނުވަމަހަށްދިޔުމުން، ޒީނާ ބިޒީކޮށް އުޅޭއިރު ޒައިޝާންގެ އެޕާޓްމަންޓް ބަލަހައްޓާށެވެ. ޒައިޝާންއަށް އެންމެ ފުރަތަމަވެސް ސުޒީއާ ދިމާވީ އޭނާ ރާއްޖެއައި ފުރަތަމަ ދުވަހުއެވެ. އޭރުވެސް ޒައިޝާންއަށް ސުޒީ، އޭނާއާ ދިމާލަށް ބަލާވަރުން އުނދަގޫވެއެވެ. ޒައިޝާންއަކީ އަންހެންކުދިންނާއި އެހާ ވާހަކަދައްކައިއުޅޭ މީހެއްނޫންކަމުން ސުޒީއާއިވެސް ވާހަކަނުދައްކައެވެ. ނަމަވެސް ޒީނާ، ސުޒީގެ ރަނގަޅު ވާހަކަދެއްކުމުން ޒައިޝާން ސުޒީއާއި ރަޙުމަތްތެރިކަން ބާއްވަން ބޭނުންވިއެވެ. އެހެންކަމުން އިސްވެ ރަޙުމަތްތެރިކަމަށް އެދުނީވެސް ޒައިޝާންއެވެ. މިކަންތައް ބަދަލުވެގެން ދިޔައީ ސުޒީ، އޭނާއާއި ޒައިޝާންގެ ރަޙުމަތްތެރިކަމުގެ ތެރެއަށް ލޯބި ވައްދައި، ޒައިޝާން ގާތު ރައްޓެހިވާން އެހުމުންނެވެ. ސުޒީ އެކިފަހަރުމަތިން އެކި ގޮތްގޮތަށް އެހުމުންވެސް ޒައިޝާންގެ ޖާވާބުއައި ހަމަ އެއްގޮތަކަށެވެ. ޒައިޝާން ސުޒީއާއިމެދު ދެކެމުންއައީ އެކުވެރިއަކަށްވުރެ ބޮޑަށް ކޮއްކޮއެއް ގޮތުގައެވެ. ނަމަވެސް، ފަހުން އައިސް ސުޒީގެ އުނދަގޫބޮޑުކަމުން ޒައިޝާންއަށް ޖެހުނީ ރަޙުމަތްތެރިކަން ކަނޑާލާށެވެ. އޭގެފަހުން ސުޒީގެ އުނދަގޫ މާބޮޑެވެ. ގޭގައި ޒައިޝާން އެކަނި ހުންނަވަގުތު އެތައް އުނދަގުލެއް ކުރެއެވެ. މިވާހަކަ ޒައިޝާން ޒީނާގާތު ނުބުނެ ހުންނަނީ އެންމެންގެ މެދުގައި ސުޒީގެ އަގުވައްޓާލަން ބޭނުންނުވާތީއެވެ. ނަމަވެސް ޒައިޝާންއަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށެވެ.
“ހޫމް ދެން ބުނެބަ، ކޮންކަމެއް ލައިގަނެގެންތަ ތިއުޅެނީ؟”. ޒައިޝާން ކުއްލިއަކަށް ހަނދާންވުމުން އަހާލިއެވެ. “ޔާ އެއީ ވަރަށްބޮޑުކަމެއް، އެކަމް ޝާން މިވާހަކަ އެއްވެސް އިތުރުމީހެއްކައިރި ބުނެގެންނުވާނެ. އިންކްލޫޑިންގް ޒިވް.” “އާނ ކައެ ދައްކާ ވާހަކަތައް ދައްކާނެ ބައިވަރުމީހުން އެބަތިބިވިއްޔާ ދެން އެމީހުންކައިރި މަ އެވާހަކަތައް ދައްކާނަމެއްނު.” ރަޔަންއާދިމާލަށް ދެލޯއަޅާލަމުން ޒައިޝާން ބުނެލިއެވެ. “ދެން އެހެންނެއްނޫނޭ، ހަމަ ބުނެލީއޭ ކަމުގެ ސީރިއަސްކަމުން.” ރަޔަން ހިނިގަނޑެއްޖަހާލަމުން ބުނެލިއެވެ. “ހްމްމް ދެން ތި މާ ވާހަކަގިނަނުކޮށް ކިޔާބަ އަވަހަށް.” “އާނ، މަ ބުނަމެއްނު ކުރީގަވެސް މަންމަމެން މައެ ކައިރި ނުވެސްބުނެ ކުއްލިއަކަށް ގެއްލޭވާހަކަ، ދެން ދުވަސްގަނޑެއްފަހުން އަނެއްކާވެސް އަންނަވާހަކަ. ރަޔަން ދައްކަމުންދިޔަ ވާހަކަ ޒައިޝާން ދިޔައީ ކަނުލާ އަޑުއަހަމުންނެވެ. “ހްމްމް އެކަމް ރަޔަން ބުނަމެއްނު ބިޒްނަސް ޓްރިޕްސްއަށޭ ދަނީ.” “އާނ އެހެންނޭކިޔާފަ ދަނީ… ދެން ރޭގަ އަނެއްކާ އެހެން ގޮއްސި، ގުޅީމަ ފޯނުވެސް ނުނަގާ. މަށަށް ހިޔެއްނުވޭ މީކީ ރަނގަޅުކަމެއް ހެނެއް. ވަރަށް އުނދަގޫއެބަވޭ މިފަހަރު، ހީވަނީ ކަނތައްގަނޑެއް އުޅޭހެން، ކައެ މަށަށް ހެލްޕެއްކޮށްދީބަ ވެގެން އުޅޭ އެއްޗެއް ބަލަން. އައި ޑޯންޓް ތިންކް ދޭއާރ ގޮއިން ފޯ ބިޒްނަސް ޓްރިޕްސް.” ރަޔަން ވާހަކަދެއްކިއިރު އިނީ ފެންކަޅިވެފައެވެ. “މައްސަލައެއްނޯންނާނެ އައިވިލް ހެލްޕް. އެކަމް، މަށަށް ޔަގީން ރަޔަންއަދި ސައިވެސް ނުބޮއެ ތިހިރީ، އެހެންމަ އެހެރަ މޭޒުމަތީގަ ހުންނާނެ މަންމަ މިއަދު ގެނެސްދިން ރޮއްޓާ ކުޅިމަހާ، އެކައިގެން ހިނގާ ތިކަމާ އުޅެން.” ކާމޭޒުމަތީހުރި ތައްޓެއްދައްކާފައި ޒައިޝާން ބުންޏެވެ. “އޭރުން ޝާން ކާނީ ކޯއްޗެއް؟”. “މަ ކާނީ ފަހުން، ރަޔަން އެ ނުކައިފިއްޔާ މަށެއް ނުދާނަން އެއްވެސްތާކަށް.” ޒައިޝާން މިހެންބުނުމުން ދެން ދޫނުކޮށްލާނެކަން އެނގުމުން ރަޔަން އެކާންދިޔައެވެ. ކައިނިމެންދެން ޒައިޝާންއިނީ ސިޓިންރޫމްގައި ފޯނާކުޅެން އިނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


Hello everyone. Here’s the part 7 of this story.
Hope y’all will enjoy this and im sorry for the delay in uploading.
Thank you for being patient.
long time no see 🙈
btw its me ingey
mi part vx vrh reethi Masha Allah 💗
miyoh dhe meehun dhw
so Childish
btw sis test thah how was it??
Haha yeaaa, missed yuuuuu
yeees itss yuuuuuuuuuuu
Thank yuu so muchhhhhhhhh
Hingaa dhww balamaa emeehunnah figure out kureveny kwchehthw
Test hama baraabaru alhamdhuilillah… howw wazz urss??
math fiyavaa ehn hurihaa ehcheh adhi hama vrh faseyha
lets hope for the best dhwww
yup
btw you nimuneetha mihaaru??
nope adhi nunimey