
މަޢާފް އެދެމުން 9

އެރޭ އެގާރަ ޖަހަންދެން ދެމީހުން އެކި ވާހަކަ ދައްކަން ތިއްބެވެ. ޔަޒްދާންއެކޭ އެއްގޮތަށް ހަނާންވެސް އެދެނީ ގިނަ ދުވަސްތަކެއް ނުކޮށް ކައިވެނި ކުރުމަށެވެ. ހަނާން ކިޔަވާ ނިމެން އަދި ދުވަސްކޮޅެއް އޮތް ނަމަވެސް ކައިވެންޏަށް ފަހުވެސް ކިޔެވުން ކުރިއަށް ގެންދެވޭނެ ކަން އެނގޭތީ، އެ ގޮތާ ހަނާންގެ މަންމައާ ބައްޕަވެސް ރުހޭނެ ކަން އެނގޭތީ ދެ މީހުން ނިންމީ ވީހާވެސް އަވަހަށް ކައިވެނި ކުރާށެވެ.
އަނެއް ދުވަހު ގޭ މީހުން ކައިރީ ހަނާންގެ ވާހަކަ ޔަޒްދާން ބުންޏެވެ. ފުރަތަމަވެސް ޔަޒްދާންއާ ދިމާކުރަން ފެށީ ޔަޝްމީއެވެ. ގާތް އެކުވެރިއެއްގެ ދަރިއަކާ ޔަޒްދާން ކައިވެނި ކުރަން އުޅޭތީ ތަސްލީމާ ވަރަށް އުފާވިއެވެ. ހަނާންއަކީ ރަނގަޅު އަންހެން ކުއްޖެއް ކަން ތަސްލީމާއަށް އެނގެއެވެ. ޔަޒްދާންގެ ޙަޔާތަށް އެ ކަހަލަ ކުއްޖަކު އަންނާތީ ތަސްލީމާ ހިތްހަމަޖެހުނެވެ.
ހަނާންއަށް ގޭ މީހުން ކައިރީ ޔަޒްދާންގެ ވާހަކަ ބުނަން ކެރުނީ މަހެއް ވީ ފަހުންނެވެ. އެވެސް ހިމްނާގެ އެހީއާ އެކުއެވެ. ހަނާން ކައިވެނި ކުރަން ބޭނުން ވަނީ ތަސްލީމާއާ ރަމީޒްގެ ޔަޒްދާންއާ ކަން އެނގުމުން ފަޔާޒްއާ ޒަޢީމާ އެދުނީ ހަމަ އެރޭ ޔަޒްދާންއަށް އެގެއަށް އައުމަށް ދަޢުވަތު ދިނ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.