Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގި ހިތޭ ތި އަތުލީ 22

Star Level 210 Stories100 Comments100 Login
December 24, 2017 3 Mins Read
48 Comments

 

“އިންސާނުންނަންށޭ ކުށްކުރެވޭނީ” މަލާކް އިނީ އޭނަގެ މަންމަ އާއި ވާހަކަ ދައްކާށެވެ. އަމީނާގެ ކޮޓަރީގައެވެ. ދެކެވެމުން ދިޔައީ ތަކުރާރުކޮށް އެދެމައިންގެ މެދުގައި ދެކެވިފައިވާ ވާހަކައެކެވެ. އެކަމަކު މިއަދާހަމައަށްވެސް ދެމީހުންގެ ޚިޔާލް ތަފާތެވެ. އެއީ ޝަރީފް އެދެމީހުން ދޫކޮށްފައި ދިޔަވާހަކައެވެ. ޝަރީފް އެދެމައިން ދޫކޮށްދިޔައީ އޭނަގެ މައިންބަފައިން އެކަމަށް މަޖްބޫރު ކުރީމައެވެ. އެކަން ތަކުރާރިކޮށް އަމީނާއަށް ޝަރީފް ބުނެދީފިއެވެ. މަލާކަށްވެސްމެއެވެ. މައްސަލައަކީ މަލާކް އެކަން ޤަބޫލް ކުރިއެއްކަމަކު އަމީނާއަށް ޤަބޫލް ނުކުރެވުމެވެ. “މަންމަވެސް ޤަބޫލްކުރަން ކުށްކުރެވޭނީ އިންސާނުންނަންކަމަށް.އެކަމަކު ބައެއްކުށަކީ މާފްދޭން އެހާފަސޭހަ ކަންކަމެއްނޫން” އަމީނާ ބުނެލިއެވެ. އެ އަޑުގައި ވަނީ މޮޅިވެރިކަމެވެ. މަލާކް ބުނެލީ ބައްޕައަށްވެސް މަޖްބޫރީއެއް ކުރިމަތިވުން އެއީ މައްސަލައެއް ކަމަށް އޭނަ ނުދެކޭކަމަށެވެ. “އަހަރެންގާތު މަންމަ ދައްކާ ކުއްޖަކާއޭ އިންނަން ޖެހޭނީ މަންމަ ބުނީ ބައްޕަގެ ފެމިލީ މީހަކާ ގުޅުވުމުގެ ޚިޔާލް ބައްޕަ ހުރެދާނެތީކަން އަހަންނަންއިނގޭ. މަންމައަށް އިނގޭތަ ބައްޕަ އަބަދުވެސް ބުނާނެ އިންނާނެ ކުއްޖަކު ބައްޕަ ނުދައްކާނަމޭ. ބައްޕަގެ މައިންބަފައިން އެކަން ކުރުމުގެ ސަބަބުން ބައްޕަ އެއްމެ ލޯބިވި ދެފަރާތް ބައްޕަ އަތުން ބީވެގެން ދިޔައިއްޔޭ” މަލާކް ބުނެލީ ހިތާމަވެރި ކަމާއެކުއެވެ. އަމީނާ އިނީ ހިމޭނުންނެވެ. މަލާކް ހާމަކުރިގޮތުގައި ޝަރީފް އަންހެނުން ނިޔާވުމަށްފަހު އިތުރު ކައިވެންޏެއް ނުކޮށް އޭނަ އެހުންނަނީ އަމީނާގެ އިންތިޒާރުގައެވެ. މަލާކް މައުވަންގެ ކައިވެންޏާ އެއްބަސްވި ސަބަބަކީ އަމީނާ މާލެ ގެނެސް އެދެމީހުން ގުޅުވުމެވެ. އަމީނާގެ މާފް ހޯދަށް ޝަރީފް މިވީހާތަނަން ކުރި ހުރިހާ މަސައްކަތެއް ވީބޭކާރެވެ.

ރަފާ ބައްދަލުކޮށްލަން އެދި މައުވަންއަށް މެސެޖް ކޮށްލިއެވެ. އެއީ ކައިވެނި ކެންސަލްކުރަން މައުވަން ކުރާ މެސެޖްތަކުން އުނދަގޫވެގެންނެވެ. އަދި އެކަމުގައި އޭނައަށް މިހާރު ގޮތެއް ނިންމިފައިވާތީއެވެ.

މައުވަން ގޮސް ވަނީ ރެސްޓޯރެންޓަކަށެވެ. ތަނުގައި މަދު ބަޔަކު ތިބިއިރު ގިނަ މޭޒުތައް ހުރީހުސްކޮށެވެ. އޭނަ ގޮސްއިށީނީ ރަފާއިން މޭޒުގައެވެ. ދެމީހުންގެ މޫނު ސީދާ ވާގޮތަށެވެ. އެޔާއެކު މައުވަން ބޭނުންކޮށްފައިވާ ސެންޓްގެ ވަސް މުޅިތަނުގައި ހިފާލިއެވެ. މައުވަންހުރީ އަތްކުރު ޓީޝާޓަކާއި ޖީންސެއްގައެވެ. ޓީޝާޓް ގަޔަށް ހިފާލާފައި ވާއިރު މޮޑެލްއެކޭ ތަފާތެއް ނެތެވެ. ރަފާއަށް އެރީތިކަމުން އިނީ އެހެން ދިމާލަށް ބަލާލަން ނޭނގިފައެވެ. “ދެން ތިކިޔަން ބޭނުންވާ އެއްޗެއް ކިޔާބަލަ” ވާހަކަފެށީ މައުވަންއެވެ. އެޔާއެކު ރަފާއަށް ހަމަބިމަށް އާދެވުނެވެ. އަދި ލައިގެން އިން ފިޔާތޮށި ކުލައިގެ ކުރުޓޮޕްކޮޅަށް ދަމާލައި ހަމަޖެހިލިއެވެ. ދޫކޮށްލާފައިވާ އޭނަގެ އިސްތަށި ގަނޑު ވިހުރެމުންދާއިރު އެކަން ހުއްޓުވަން ސަމާލުކަން ނުދީ ވާހަކަ ދައްކަން ފެށިއެވެ. “ކައިގެނެއް ނޫންތަ ވާހަކަ ދައްކާނީ” ރަފާ ބުނެލިއެވެ. “ރަފާއާ އެކީ ކާހިތުންކާން އައިސްސައެއްނޫން މަމީނީ” މައުވަން އިނީ ހިތްހަމަނުޖެހިފައެވެ. މައުވަން އެދުނީ ރަފާ ދައްކަން ބޭނުން ވާހަކައެއް ވަގުތު ބޭކާރު ނުކޮށް ދެއްކުމަށެވެ. “އަހަރެން އަކްޔަން އާއި މެރީ ކުރުން ހުއްޓާލާނެ އޮތީ އެއްމެ ގޮތެއް” ރަފާ ސީދާ މައުލޫއަށް ދިޔައެވެ. “ހަވަހަށްބުނޭ. ރަފާ ބުނިކަމެއް އަހަރެން ކޮއްދޭނަން” ލިބުނު އުފާވެރި ޚަބަރުން ހިތްއަވަސް ވެފައިވާތީ މައުވަންއަށް ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ. “މައުވަން އަހަންނާ އިންނަން އެއްބަސްވޭ” ހަމަޖެހިލާފައި ރަފާ ބުނެލިއެވެ. އެޔާއެކު ވަޓް އޭ ބުނެ މައުވަންއަށް ތެދުވެވުނީ ކޮޅަށެވެ. މިފަދަ ކަމަކަށް ރަފާ އެދެފާނެކަމަކަށް އޭނަ ކުޑަކޮށްވެސް ހިޔެއް ނުކުރެއެވެ. “އަމިއްލަ ކޮއްކޮއަށް ދެރައެއް ދޭން ބޭނުން ނޫނިއްޔާ މިތާ އިށީދެފަ މިކަމާ ވާހަކަ ދައްކަމާ” ނުލަފާ ފާޑަކަށް ހީލަމުން ރަފާ ބުނެލިއެވެ. އެޔާއެކު މައުވަން ޖެހުނީ އިށީން ނާށެވެ. ރުޅިގަދަ ވެފައި އިންވަރުން ހީވަނީ އޭނަގެ ކޯކަށި ގަނޑު ބިއްދައިގެން ގޮސްފާނެ ހެންނެވެ. “އަހަރެން މީ މީހެއްގެ ފިރިއެއްކަން ނޭނގެނީތަ” މައުވަން ކިތައްމެ މަޑުން އެހިއެއްކަމަކު އެއަޑުގައިވަނީ ރުޅިވެރިކަމެވެ. “އެނގޭ. ދެއަތްބަން އިންނަން އަހަރެން ތައްޔާރު” ހީލާފައި ރަފާ ބުނެލިއެވެ. “ތިނޫން ކަމެއް ކިޔާބަލަ. ފައިސާ ދޭން ބުންޏަސް ބުނިވަރަކަށް ދޭނަން” މައުވަން ބުނެލިއެވެ. ރަފާ ހާމަ ކުރިގޮތުގައި އޭނައަކީ ފައިސާ ނުލިބިގެން އުޅޭ މީހެއްނޫނެވެ. ރައްދުގައި މައުވަން ބުނެލީ އޭނައަށްވެސް ކައިވެނި ކުރެވެން ނެތް ވާހަކައެވެ. ” އެއްމެ ރަނގަޅު. ކައިވެންޏަށް ފަހު އަހަރެން އަކްޔަންއަށް ކިޔާދޭނަން އަހަރެމެން ދެމީހުން އުޅުނުހާ ގޮތެއް. އަދި އަހަރެން ކައިވެނިކުރީ ބަދަލު ހިފަންކަންވެސް އޮޅުން ފިލުވަދޭނަން. އަދި އަކްޔަންއަށް ލޯބީގެ ބަދަލުގައި އަހަރެންދޭނީ އަނިޔާ. އެކަމަކު މައުވަންގެ މަންމަގެ ކުރިމަތީގައި ރަނގަޅު ދަނބިދަރިއަކަށް ވާނަން. އެނގޭތަ އެކީއްވެގެންކަން. އޭރުން އަހަރެން ވަރިކުރަން އުޅުނަސް މައުވަންގެ މަންމަ އެކަމަށް ހުރަސް އަޅާނެތީ. އަދި އެ އަކްޔަންގެ ލޯބިވާ ކުއްޖާދުވަހަކުވެސް އޭނައަށް ލިބުނަކަ ނުދޭނަން” ރަފާ އޭނަ ކަންތައްކުރާނެގޮތް ކިޔާދިނެވެ. މައުވަން އިނީ މި ބަނދެވުނު މަޅީގެ ސަބަބުން ގޮތްހުސްވެފައެވެ. ެ. ދޫކޮށްލާފައިވާ ެން ދިޔައިއްޔޭ” މަލާކް ބުއްޕަ ހުރެދާނެތީކ”އަހަންނާ އަކްޔަންގެ ކައިވެނި ކުރެވެން ބާކީ އޮތީ ފަނަރަ ދުވަސް. އެކަމަކު މައުވަން އަށް ގޮތެއް ނިންމަން އަހަރެން ދޭނީ 7 ދުވަސް.” އެހެން ބުނެފައި ދަބަސް ކޮނޑުގައި އަޅުވާލައިގެން ރަފާ ނުކުމެގެން ދިޔައީއެވެ. މައުވަން އިނީ ބަސްހުއްޓެފައެވެ. މި ފެންނަނީ އޭނައަށް އުޅެވުނު ގޮތުގެ ހިތި ނަތީޖާއެވެ.

މަލާކް އޭނަ ދެއަތްބަން މީހަކާ އިންނަން ޤަބޫލް ވާނެބާއެވެ؟ އެއްކޮޅުން އޭނަގެ ލޯތްބެވެ. އަނެއްކޮޅުން އޭނަގެ ކޮއްކޮގެ ލޯތްބެވެ. ގޮތެއް ނިންމުން މުހިއްމެއްކަމަކު ކިތެއްމެހާވެސް އުދަނގޫކަމެކެވެ. ނިތްކުރީގައި ދެ އިނގިލި އުނގުޅާލަ އުނގުޅާލަ މައުވަން އިނދެވުނީއެވެ.

މަލާކްގެ ބައްޕަ ގުޅާފައި މާލެ އައިވާހަކަ މަލާކަން އެނގިއެވެ. އަދި ރޭގަނޑު މަލާކް ބިޒީނޫންނަމަ ބައްދަލުކުރަން އެދުނެވެ. އަދި ޚާއްސަފަރާތަކާ މަލާކް ބައްދަލު ކޮއްދޭނެ ކަމުގައި ބުނެލިއެވެ. މަލާކް އުފަލުން އެކަމަށް އެއްބަސްވެލިއެވެ.

ޑިއުޓީ ނިންމާލާފައި މައުވަންހުރީ މަލާކްގެއިންތިޒާރުގައެވެ. އޭނަ އިނީ ސައިކަލު މަތީގައެވެ. އެހެންދުވަސް ތަކާޚިލާފަށް ހޮސްޕިޓަލްގެ ދޮރުމަތީގެ ބަދަލުގައި މިއަދު މައުވަން އިނީ މަގުމަތީގައެވެ. އަދި މަލާކް މަގުމަށްޗަށް ނުކުތުމާއެކު އަތް ހިތްލާލާފައި އިޝާރާތް ކޮށްލިއެވެ. މަލާކް ހިނގައިގަތީ މަގުހުރަސް ކުރާށެވެ. މައުވަންގެ ކައިރިއަށް ދިއުމަށެވެ. މަގު މެދާހަމައަށް ދިޔަތަނަކާ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއްގައި މަލާކް ޖެހުނެވެ. އެއާއެކު މަލާކްގެ ހަޅޭކުގެ އަޑު އިވިގެން ދިޔައެވެ. މައުވަންއަށް ހުރެވުނީ ޝޮކެއްގައެވެ. ހަރަކާތެއްކޮށްލަން ނޭނގުނުތާ ނޭވާލާންވެސް ހަނދާންނެތްކަހަލައެވެ. ކުޑަ އިރުކޮޅެއްތެރޭ މީހުންތަށް މަލާކް ވަށާލައިފިއެވެ. އަދި މައުވަންވެސް ހޭވެރިކަންވެ ދުވެފައިގޮސް މަލާކް އަތްދަނޑި މައްޗަށް ލައިގެން ހޮސްޕިޓަލަން ވަނެވެ. އޭރު މަލާކް އޮތީ ލެއިން ތަތްތެޅިފައެވެ.ހެއެއްވެސް ނެތެވެ.

Share Article

Follow Me Written By

Star

Level 210 Stories100 Comments100 Login

Other Articles

Previous

ގެއްލިދިޔަ ހަޔާތް….. 23

Next

އާދޭ ނުދޭ ލޯބިވާ…

Next
December 24, 2017

އާދޭ ނުދޭ ލޯބިވާ…

Previews
December 24, 2017

ގެއްލިދިޔަ ހަޔާތް….. 23

48 Comments!

  1. Lam? says:
    December 24, 2017 at 8:21 am

    Salhi….me first dhw

    1. Star says:
      December 24, 2017 at 6:39 pm

      Thanks. N yes you are

  2. A!$h says:
    December 24, 2017 at 8:30 am

    Mivarun ragalhu vaanyy vaahaka nuliyuniyyaa kanneyge. Haadha kuree yey

    1. Someone says:
      December 24, 2017 at 10:11 am

      Kuras avahah up kohdhenyaa rangalhehnu.. just be patient n thankful to her.

    2. Star says:
      December 24, 2017 at 6:40 pm

      Kurukoh vias up kohleveythw mibalanee avahah. Noonee maa lasvedhaanethy

  3. shaan says:
    December 24, 2017 at 8:42 am

    ????

  4. azoo says:
    December 24, 2017 at 8:56 am

    v .reethi 23 vana bai up kuraanee koneraku.

    1. Star says:
      December 24, 2017 at 6:41 pm

      Maadhamaa genesdhevey thw balaanan

  5. Malaak says:
    December 24, 2017 at 8:59 am

    Mi dhen maa kuree. Adhi nuvithaakan evves kamudha twist eh nugenes mi nimmaalaneeves.

    1. Ahoo says:
      December 24, 2017 at 9:27 am

      Haehka meehun maraaleema tha twist alah vanee

    2. Star says:
      December 24, 2017 at 6:43 pm

      Kuru dhw thankolheh.

  6. JUMA says:
    December 24, 2017 at 9:09 am

    Alhe malaak?? anyways story hama habeys…?? whn nxt???

    1. Star says:
      December 24, 2017 at 6:44 pm

      Maadhamaa up kureveythw mi balanee

  7. Naxy says:
    December 24, 2017 at 9:58 am

    Haadha kuruhen heevey dhw… vvvv salhi

    1. Star says:
      December 24, 2017 at 6:45 pm

      Thanks

  8. Shimy says:
    December 24, 2017 at 10:03 am

    V reethi as always .. luv u star keep up the good work.. n when is the nxt part ?

    1. Star says:
      December 24, 2017 at 6:45 pm

      Thanks

  9. Ana says:
    December 24, 2017 at 10:19 am

    V reethi story. Next part avahah up kohla dhibala. When next part???

    1. Star says:
      December 24, 2017 at 6:46 pm

      Thanks

  10. star says:
    December 24, 2017 at 10:23 am

    kuruness to the obiness

    1. Star says:
      December 24, 2017 at 6:47 pm

      Unique comment

    2. Black beauty says:
      December 24, 2017 at 8:45 pm

      Theethi salhiey bro

  11. Abhy says:
    December 24, 2017 at 10:28 am

    Dhogeh ves noon midhen bodu varu kanneyge. Vaguthu nuvanyaa nuliyuneema nimuneenu? Vaguthu vegen kiyun therin ge hiy hama jehey varu kuran jeheyne. Ehen noony liyun huttaalan feney.. mi bai ves vvv reethi. Aneh bai avahah up kuraathi.

    1. Nashaa says:
      December 24, 2017 at 12:50 pm

      Shukurukohba evarah upkohdhineema ves

    2. Asma says:
      December 25, 2017 at 4:55 pm

      Thikahala comment kuraakah nuvaane. Liyun theriyaage feelings ahves ihthiraam kuran vaane. Vaguthu veema dhigukoa liyedheyne. Ehen noonas vaahaka varah reethi . Next part ge inthizaaruga

  12. Sheen says:
    December 24, 2017 at 10:30 am

    V kuru . Salhi

  13. roya says:
    December 24, 2017 at 1:09 pm

    VVV vex reethi… kon irakun next part?????

  14. ss says:
    December 24, 2017 at 1:24 pm

    mi varah inthizaaru kuraa vaahakaeh. mauvan and malaak gulhuvachey. story v best. next partuge inthizaarugaa

  15. ss says:
    December 24, 2017 at 1:26 pm

    v reethi. vaahskaige inthizaarugaa

  16. Rann says:
    December 24, 2017 at 1:46 pm

    v reethi mi vaahaka.☺

  17. Sam says:
    December 24, 2017 at 7:31 pm

    Vaahaka varah reethi. Anehbai avahah upkohdheythi.

  18. shif says:
    December 24, 2017 at 7:42 pm

    Writer heevanee v foohi vegen readers ge comment ah reply kuraahen. Try to have a friendly bond with readers. Atleast there is no smiley face in writer’s comments.

  19. Blue beauty says:
    December 24, 2017 at 9:05 pm

    Varah salhi akam thankokheh kuru dhw

  20. Blue beauty says:
    December 24, 2017 at 9:08 pm

    star……… mauvan are malaak dhuru nukurahchey igey….

  21. Rsh says:
    December 24, 2017 at 9:45 pm

    WOW V Reethi..

  22. Fathu says:
    December 24, 2017 at 9:46 pm

    Vaahaka haadha kurey thankolheh dhigukoh geness dheebala .migotha buneema baeh kudhin hihhama nujehunas buneveyne . Dhen ehen bunyas a ee vaahaka liyaa kuhjaa kamunudhaathi eh noon ginafaharu Hama vaahaka reethi hisaabah dhaairah up vaaleh lasvaane dhen bunaane bxy veema yaa.gabool kuran bxy vex vane faharu vrx annaanekan dhen akamu genes dheyiru kiyuntherin vex hihamajehey varah up kohla dheveyne tho balaanama.mi prt vex v reethi?

  23. Chawder says:
    December 25, 2017 at 2:05 am

    Nice waiting for tomorrow. Kurukoh viyas avahah bunaa date ah up kohdhehya ok

  24. Dhn hama fenna goii bunelii ? says:
    December 25, 2017 at 7:07 am

    Mivaahaka aky esfiyaiga up vaa vaahaka thakuge therein emme rythi eh vaahaka. Massala aky ehen vaahaka thakah vure maa kurukoh mivaahaka publish vaa kan. Dhn aslu kuras kuru thankolhu ehaa alhaeh nugennaane ragalhah up kuraa nama ves. Upload vaane dhuvaheh neygi ethakeh dhuvahu ethah faharaku mi page refresh kolla kolla waiting ga mithibeny. Thibba up vaa iru up mivany ves ehen story thakaa alhaabalaa iru quarter eh. Aslu vaahaka rythi. Dhera vany mihen kanthah vaathy. Writer evves varakah kiyuntherin happy koddheyn ulheyhen feel nuvey. Just to make her self happy dhn liyelany. Sorry mihaa haasaru dhigu kurevunyma. Dhen hama fennagoii bunely ?

    1. Star says:
      December 25, 2017 at 6:17 pm

      Hehehe. Thanks

  25. your fan says:
    December 25, 2017 at 2:39 pm

    eyh avas koh dhybala plx

    1. Star says:
      December 25, 2017 at 6:16 pm

      Mi avas kohlaneee

    2. Naaz says:
      December 25, 2017 at 6:23 pm

      Around when???

  26. Your fan says:
    December 25, 2017 at 6:42 pm

    Koba tha alhey haadha lahey? Avas kohbala mihaaru rovey varu vey

  27. Shaya says:
    December 25, 2017 at 8:03 pm

    Kobaa konirakuntha… Now belunuvaruves neynge… Kiyaa hithun kehmadhuvefa

    1. your fan says:
      December 25, 2017 at 9:08 pm

      yeah me too

  28. Kul says:
    December 25, 2017 at 8:24 pm

    Kon irakun up kohladhenee alhe

  29. Ish says:
    December 25, 2017 at 9:10 pm

    Writer is making fun of readers feelings. Very disappointed ?

  30. Too much says:
    December 25, 2017 at 9:42 pm

    Writer plz take ur time… minimum 12 hrs of slyp, household chores, jobs……and so on….. u better stop writing…. this story…

Comments are closed.


All Right Reserved!