Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (12)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
January 19, 2018 8 Mins Read
25 Comments

“ދަރިފުޅަށް ވެސް އެގޭނެ އަދި. މަޑުކޮއްލާ” އައިކަލް ގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ.

ޑްރައިވަރ އައުމާއެކީ އައިކަލް އޭނާގެ ދަރިފުޅާއެކީ ކާރަށް އެރިއެވެ. އޭރުވެސް ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ރަސްކަން ކުރަމުން ދިޔައެވެ. އޭނާ ފުރަތަމަ ބޭނުންވީ ޔުއާން ވިޔަފާރީގެތެރެއަށް ވެއްދުމަށެވެ. އެހެންނަމަވެސް ޔުއާން ގެ ވިސްނުން ތަފާތުވެފައި އެކަމަށް ޝައުގުވެރިކަން ނެތުމުން އޭނާ އެ ވިސްނުން ދޫކޮއްލިއެވެ. އެހެންނަމަވެސް އާއިކް އެކަމާ ގަޔާވާތީ އޭނާ ހުރީ ހިންހަމަޖެހިގެންނެވެ. އޭނާ އަށް ފަހު ވެސް ވިޔަފާރި ކުރިއަރުވާނޭ ކޮންމެވެސް އެއް ދަރިއެއްހުރުމަކީ އޭނާ ނުހަނު އެދޭކަމެކެވެ. އޭނާ އަކީ އެއްވެސް އިރެއްގައި އޭނާގެ ދަރިއަކަށް ކަމަކަށް މަޖުބުރު ކުރާނޭ މީހެއްނޫނެވެ. އޭނާގޭ ދަރިން ހެޔޮމަގުގައި ތިބޭހާ ހިނދު އޭނާ އެ ދަރިންނަށް އެއްވެސް ކަމަކަށް މަޖުބޫރެއްނުކުރާނެއެވެ.

އޭނާ ދެކޭ ގޮތުގައި ކުދިންގެ ދިރިއުޅުމުގެ ނިންމުނަތަކަށް ދަރިންނަށް ފުރުސަތު ދޭން ޖެހޭނެއެވެ. އެކަންކަމަށް މާބޮޑަށް މައިންބަފައިން ނުފޫޒުފޯރުވާކަށް ނުވާނެއެވެ. މި ހިޔާލާ ހެދި ޒާރިވާ އާއި އޭނާ އާދެމެދު ދެބަސްވުމަކަށްވެސް ދެތިން ފަހަރަކު ދިޔައެވެ. އެހެންނަމަވެސް ޒާރިވާ ވެސް އެކަމާ ފަހުން އަޅާނުލީ އައިކަލް ހިންހަމަ ނުޖެހޭތީއެވެ.

ކާރުގޮސް މަޑުކޮއްލީ ދިހަ ބުރިއަށް ނަގާ ނިމިފައިވާ އިމާރާތަކަށެވެ. ކާރުން ފައިބާ ޔުއާން އެ އިމާރާތައް ބަލައިލިއެވެ. އެއާއެކު ޔުއާން ވެސް ހިނިތުންވެލިއެވެ. އޭނާ ވިޔަފާރީގެ ތެރެއަށް ނުވަދުނަސް ބައްޕަ ގެ ވިޔަފާރި ކުރިއެރުމަކީ އެނާ ނުހަނު ބޭނުންވާކަމެކެވެ.

ދިހަ ބުރީގެ އެ އިމާރާތަށް ބަލަހައްޓައިގެން ޔުއާން ހުރި އިރު އެއީ އެރަށުގައި އޭނާ ގެބައްޕަ ހުޅުވި ފަސްބުރީގެ ހޮޓެލް އަށް ވުރެ މާ ރީތި ފުރިހަމަ ވާނޭ ތަނެއްކަން ޔުއާން އަށް އެނގިގެން ދިޔައެވެ.

ހިޔާލުތަކަށް ގެއްލިފައި ހުރި ޔުޢާން ސިއްސައިގެން ދިޔައީ އައިކަލް އައިސް ޔުއާން ގެ ކޮނޑުގައި ޖަހާލުމުންނެވެ. އޭނާ ޔުއާން އަށް އިޝާރާތް ކޮއްލަމުން ކުރިއަށް ހިނގައިގަތެވެ. އެތަނުން އައިކަލް އާ ބައްދަލުކުރީ އެ މަސައްކަތާ ހަވާލުވެގެން ހުރި ސުޕަރވައިޒަރ ޝާކީ އެވެ. ޔުއާން ވެސް ބައްޕަ ގެ ގާތުގައި ޝާކީގެ ވާހަކަތަށް އަޑު އަހަން ހުއްޓެވެ. ދިހަބުރިއަށް ނަގާ ނިންމާފައިވާ އެ ގެސްޓް ހައުސް ގައި މިހާރު ކުރިއަށް ދަނީ ކުލަލުމާ ސާފުކުރުންފަދަ މަސައްކަތެވެ.

“ބައްޕާ ބައްޕަ މިރަށަށް ދުރުވި އަނެއް މަސައްކަތަކީ މިއީތޯ” ޔުއާން ސުވާލުކޮއްލީ އެތަނުގެ އެތެރެއަށް ވަންނަމުންނެވެ.

“ނޫން. މީގެ އެހެން ހޮޓެލް އެއް އެޅުމަށްޓަކައި ބިން ކަނޑައަޅާ އޭގެ ލިޔެ ކިޔުންތައް ނިންމަންވެގެން ނާ އެކީ” އައިކަލް އޮޅުންފިލުވައިދިނެވެ.

“ބައްޕާ އެކަމު މިކޮޅުގައި މާގިނައިންނެއްނޫންތޯ ތި އަޅަނީ ހޮޓެލްސް”

“ނޫނޭ ދަރިފުޅާ ގަމަކީ ނުލާހިކު ޓުއަރިސްޓުން އަންނަ ރަށަކަށްވުމުން ދެން މިކޮޅުގެ ވިޔަފާރިވެސް ނުލާހިކު ރަނގަޅުވާނެ ކުންފުންޏަށް ލިބޭ ކުރިއެރުމަކަށް ވެސް ވާނެ އެއްނު” އައިކަލް އަނެއްކާވެސް އޮޅުން ފިލުވައިދިނެވެ.

އައިކަލް އާއެކު އެތަން ބަލާލަން އުޅެފައި ޔުއާން އައިކަލް ގާތު ބުނެލާފައި ނުކުންނަން ހިނގައިގަތީ ރަށުތެރެ ކުޑަކޮއް ބަލާލުމަށެވެ. “ދަރިފުޅު ބޭނުންނަމަ ޑްރައިވަރ ފޮނުވާނަން ކާރުގަ” އައިކަލް ބުނެލިއެވެ.

“ނޫން ބައްޕާ އޯކޭ އޭ ސައިޓް ސީއިން އަކަށް ވެސް ވާނީ އަޅުގަނޑު ހިނގާލާފައި އުޅުނީމައެއް ނޫންތޯ” އޭރު މެންދުރުއަތަށް އަޅަނީއެވެ. އެހެންނަމަވެސް ކުޑަކޮއް ވިއްސާރަވައްތަރަށް އުޅޭތީ އަވިއޮތީ ނިވަލާފައެވެ.

ޔުއާން ހަގީގަތުގައި ބޭނުންވީ އެރަށުތެރެ ބަލާލާށެވެ. އެރަށު އަތިރިމައްޗާ ދިމާލަށް ޔުއާން މިއްރާބުޖެހިއިރު އޭނާގެ ސިކުނޑީގައިވަނީ އޭރު ފެނުނު އަންހެން ކުއްޖާއެވެ. މިއޮއްފަދަ މެންދުރު ގަޑީގައި އެ ކުއްޖާ ނުފެންނާނޭކަން އެނގޭއިރުވެސް އުންމީދުކުރެވެމުން ދިޔައީ ފެންނާނޭ އިރަކަށެވެ.

އަތިރި މަތީގައި ހުރި ނިކަގަހެއްގައި އެލުވާފައި ހުރި އުނދޯލިތަކުން އުދޯއްޔެއްގައި އޮށޯވެގެން އޮތް މައިލީން އޮތީ އާދައިގެ ބައްތިއަކުން ގޭމް ކުޅޭށެވެ. އޭނާ ވަށައިގެން ވާ އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓާ ފޯނަށް ގެއްލިފައި އޮތެވެ. އެ ދިމާލަށް އައި ޔުއާން އަށް އެތާ އޮތް މައިލީން ލޮލުގައި އަޅައިގަތީ ވަރަށް ކައިރިއަށް އައިފަހުންނެވެ. ޖެހެމުން ދިޔަ ވަޔާއެކު އެ ކުއްޖާގެ ފަން އިސްތަށިތައް ވަޔާ ވިހުރެމުން ދިޔައެވެ. އޭނާ އާޝާހްވެފައި ހުރެގެން އެ ދިމާލަށް މިސްރާބުޖެހިއެވެ. އެ ކުއްޖާ ހާސިލް ކުރަން ފުރަތަމަ ފިޔަވަޅުއަޅަން އޭނާ ހުރީ ތައްޔާރަށެވެ.

“ހައި” ޔުއާން ގޮސް އިށީންނަމުން ގޮވައިލިއެވެ. ފޯނަށް ގެއްލިފައި އޮތް މައިލީން ދިޔައީ ސިއްސައިގެންނެވެ. އޭނާ ބަލާލުމާއެކު ޔުއާން ގެ މަޑުމުށިކުލައިގެ ލޯ އޭނާ ގެ ލޮލާ ސީދާވެގެން ދިޔައެވެ. އެ ލޮލުގެ ބާރުގަދަކަން އިންތިހާއެވެ. މައިލީން އަވަސް އަވަހަށް ދުރުބަލައިލިއެވެ. އޭނާ އިތުރު އެއްޗެކޭ ނުބުނެއެވެ. ވާހަކަ ނުދައްކާވޭތޯ އޭނާ މަސައްކަތް ކުރަމުންދިޔައެވެ.

“މިރަށު ކުއްޖެއްތަ” ޔުއާން އަނެއްކާވެސް މައިލީން އަށް ގޮވައިލަމުން ބުނެލިއެވެ.

“ކޮންނަމެއްތަ ކިޔަނީ… އިލީ؟” ޔުއާން އަނެއްކާވެސް ވާހަކަދެއްކިއެވެ.

މައިލީން އަށް ދެވަނަ ފަހަރަށް ބަލައިލެވުނީ އޭނާގެ ނަން ޔުއާން ކިޔުމުންނެވެ. އޭނާ ދެލޯ ބޮޑުކޮއްގެން ބަލަން ފެށުމުން ޔުއާން ގާތަށް އައީ ހިންޏެވެ. ލާނެއްހިނިތުންވުމެއް އޭނާ މައިލީން އަށް ދިއްކޮއްލިއެވެ.

ޔުއާން މައިލީން އަށް ރަނގަޅަށް ބަލާލިއެވެ. ހަންގަނޑުގެ ކުލަ ދޮންވެފައި ރީއްޗެވެ. ލާފައިހުރީ ޖީންސަކާއި ދޫ ހެދުމެކެވެ. ފަން އިސްތަށިތައް ވިހުރެމުން ދިޔައިރު އެ އިސްތަށިގަނޑުގައިވަނީ ގަދަ ކަޅު ކުލައެކެވެ. ދެލޮލުގެ ކުލަ އެހާ ކަޅުކަންގަދައެވެ. ހިތިފަތު މުމައެކެވެ. އެއްވެސް މޭކަމަކާ ނުލާވެސް އެތުންފަތުގައި ވަނީ ގުދުރަތީ ރީތި މަޑު ފިޔާތޮށިކުލައެވެ. ލާފައިވަނީ އަތްކުރު ހެދުމެއްކަމުން އަތް އޮތީ ހާމައަށެވެ. ވާއަތުގައި ކަޅުކުލައިގެ ޕެކިން އެއް ފާޑު އެއްޗެއްއަޅާފައި ވުމުގެ އިތުރުން އެއްވެސް ގަހަނާއެއްވެސް ބޭނުންކޮއްފައެއްނުވެއެވެ. އެހެން ނަމަވެސް އެރީތިކަން ފަނޑެއްނުވެއެވެ.

“ކިހިނެތް އަހަރެންގެ ނަން އިނގުނީ” މައިލީން މަޑުމަޑުން އަހައިލީ ޔުއަން ދެވަނަ ފަހަރަށްވެސް އޭނާގެ ނަން އެހުމުންނެވެ.

“ހެހެ. ހޯދަން އުޅެން ޏާ ލިބޭނެއެއްނު. ބައިދަވޭ އައިމް ޔުއާން.” ޔުއާން މާނަފުން ސިއްރުވެރި ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ.

“އަހަންނަށް މިރަށުން ފުރަތަމަ ފެނުނީ ތި ކުއްޖާ. އިއްޔެ ވެސް ފެނުނު ތުނޑިން… ހަދާނެއްނުވޭ؟” ޔުއާން ވާހަކަދެއްކިއެވެ. އެހެން ބުނުމާއެކު ހަނދާނެއް މައިލީން ގެ ސިކުނޑީގައި ކޮއްޓާލިއެވެ.

މައިލީން އެއްޗެކޭ ނުބުނެ އެތަނުން ދާން ހިނގައިގަތެވެ. އަދި އޭނާ ކޮންމެވެސް މީހަކަށް ގުޅާލިއެވެ.

“އޭތް… ޔާލީ އަހަރެން އެތާ ހުންނަތާ ކޮންއިރެއް އެކަކުވެސް އައީ އެއްނޫން. މިދަނީ ދާން” ފޫހި ރާގަކަށް މައިލީން ބުންޏެވެ.

“ކިހިނެތްވީ؟ ރިލެކސް ޑޫޑް އާތީ ގޮވައިގެން މިދަނިއްޔޭ. ވަރަށް ކައިރިގައޭ” އެކޮޅުން އިވުނު ވާހަކަ އިވިފައި މައިލީން ފޫހިކަމާއެކު ބޯ ހަލުވާލިއެވެ. “ތިކުއްޖާގެ ފްރެންޑްސް އަންނަނީތަ؟ އަނެއްކާ އަހަރެންނާހެދި އުނދަގޫވަނީތަ؟ އަހަރެން ގޮސްދާނަން” މައިލީން އަށް ހިނިތުންވުމެއް ހަދިޔާ ކޮއްލުމަށްފަހު ޒުވާނާ ހިނގައިގަތިއެވެ. އޭރު އެނާގެ ތުންފަތް މަތީގައި ވާ ހިނިތުންވުން ރަމްޒުކޮއްދެނީ މައިލީން ހާސިލއްކުރުމުގެ ފުރަތަމަ މަރުހަލާ ކާމިޔާބު ކަމާއެކު ނިންމާލީކަމެވެ.

މައިލީން ގެހިތުގައި ހައިޖާނުގަނޑެއް އުފައްދަމުން ޔުއާން ހިނގައިގަތެވެ. ޔުއާން ގޮސް އެންމެ ކައިރީގައި އޮތް މަގަށް ގޯޅިއަޅަންދެން މައިލީން ބަލަހައްޓައިގެން ހުއްޓެވެ. “އޭތް އިލީ.. ކޮންތާކަށް ގެއްލިފަ. މާރީތި ބިޓެއްފެނުނީތަ އަނެއްކާ. މަށަކަށް ހަމަގައިމުވެސް ނުފެނޭ ޖަޒިލް ހާ ސަޅި ސޮރެއް އަދި. ހެހެ. އޭނަ ވަރަށް ރީތި…”ހިޔާލީ ފޮލާ ކައްކަމުން ޔާލީ ބުނެލިއެވެ.

“އޭނަވެސް ދިޔައީނު މާލެއަށް ހަތަކާ ހަމައިން ނުވެސް ފެނޭ… ހަބަރެއްވެސް ނުވޭ މިހާރު. ރާއްޖޭން ބޭރަށް ދިޔައިއްޔޭ ބުނާއަޑުވެސް އަހަން އެހެންނު ވާނީ އޭނާ މަންމަ އިނީ ބޮޑު މުއްސަންޖަކާ އޭ ކިޔާ އަޑުއަހަން” ޔާލީ ކައިރީގައި ހުރު އާތީޝާ ވެސް ޔާލީގެ ގެ ވާހަކައަށް ތާއީދުކުރަމުން އެއްބައިވެލިއެވެ.

“ތިޔެއްނޫނޭ. މިދާން އުޅޭތާކަށް ދަމާ” ހިޔާލުތައް އެއްފަރާތް ކުރަމުން މައިލީން ވެސް ބުނެލިއެވެ.

ތިން އެކުވެރިން ތުނޑިއާ ދިމާލަށް މިސްރާބުޖެހީ ސަކަރާތް ޖަހަމުންނެވެ.

ހަވީރުގެވަގުތު ވީއިރުވެސް މޫދަށް ދިޔަ މައިލީން ނައިސްގެން ރިވާޔާ ހުރީ ކަންތައް ބޮޑުވެފައެވެ. ރިވާޔާގެ މައިލީން ގެއިތުރުން ދެންތިބެނީ ދެކުދިންނެވެ. އެއީ ޝާލީން އާއި އާރާއެވެ. އާރާއަކީ އޭނާގެ ދައްތަ ހީނާ ގެ ދަރިއަކަށް ވިޔަސް ހީނާ ނިޔާވުމަށްފަހު އާރާބަލަމުން ދިޔައީ ރިވާޔާ އެވެ. އޭރު އާރާގެ އުމުރުން އެންމެ ފަސް އަހަރެވެ.އާރާގެ ބައްޕަ ގެ ފަރާތު އާއިލާއިން އާރާ އާ ގާތްކަން ބާއްވަން ބޭނުންނުވީ އާރާގެ ބައްޕަ އާއި މަންމަގެ ކައިވެންޏަކީ އެ މީހުން ގަބޫލުވެގެން ކުރި ކައިވެންޏަކަށް ނުވީމައެވެ. އާރާ ބަލައިގަންނަން ދެކޮޅު ހެދުމުން ރިވާޔާ އާރާ ބަލަނީ އޭނާގެ އަމިއްލަ ދަރިއެއްކަމަށް ދެކިގެންނެވެ. އާރާއަށް ބަރާބަރަށް ލާރި ތިހާދު ފޮނުވައެވެ. އޭނާ އަކީ ހީނާ އާ އިނދުނީއްސުރެ އެރަށުގައި ދިރިއުޅެމުންދިޔަ މީހެކެވެ. މައިގަނޑުގޮތެއްގައި މަސްވެރިކަން ކޮއްގެން އާމްދަނީ ހޯދަމުން އައި ތިހާދު މަރުވީ އާރާ ގެ އުމުރުން އެންމެ ދިހައަހަރުގައެވެ. ނުރައްކާތެރި ފްލު ރޯގާއެއްގައި ދުނިޔެ ދޫކޮއްދިޔަ ތިހާދު ގެ މޫނުބަލަން ވެސް އެއާއިލާގެ މީހަކު ނާދެއެވެ. ތިހާދު ދުނިޔޭގައިވެސް އޭނާ ގިނަވަގުތު އުޅެނީ ކަންނެލީގައި ކަމުން އާރާ އަށް ބޭނުންވާ ވަގުތު އޭނާ އަށް އެކަށީގެންވާ ގޮތެއްގައި ނުދެވުނެވެ. އެހެން ނަމަވެސް އޭނާ އާރާދެކެ ވަނި އަމަށަކު ލޯއްބެއްނޫނެވެ.

ޝާލީންވެސް ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެއްއަހަރު ވެއްޖެއެވެ. ރިވާޔާ ގެ އުންމީދަކީ އެނާ ގެ ދެދަރިންވެސް ކިޔަވާ މޮޅުވެ މީހަކާ އިދެ ހެޔޮލަފާ ރަނގަޅު ދިރިއުޅުމެއްލިބުމެވެ. ރަށުގައި އޮންލައިން ކޮއް ކިޔެވޭނޭ ފުރުސަތު ފައިވެފައި އޮތުމުން ޝާލީން ޓީޗިން ހަދަމުން ދިޔައީ އެގޮތަށެވެ. ޝާލީން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ރަށުން ބޭރު ކުއްޖަކާއެވެ.

ރިވާޔާ ދެތިން ފަހަރު މައިލީން އަށް ގުޅައިފިއެވެ. މައިލީން ސްކޫލް ނިމުނު ފަހުން އެއް އަހަރުވަނީއެވެ. އޯލެވެލް ނިންމުމަށްފަހު ޓޮޕް އަށެއްގައި ހިމެނުނު މައިލީންވެސް ފައުންޑޭޝަން ހަދަމުން ދިޔައީ އޮންލައިންކޮށެވެ. އޯލެވެލް ނިމުނުތާ އެއްއަހަރު ވީއެވެ. މައިލީން ގެ އުމުރުން ސަތާރަ އަހަރެވެ. މިއަހަރަކީ އެނާއަށް އަށާރަ އަހަރު ފުރޭނޭ އަހަރެވެ.

މައިލީން ފޯން ނުނަގައިގެން ދެފަރާތަށް ހިނގަ ހިނގައި ހުރި ރިވާޔާ ގޯތިތެރެއަށް ވަދެގެން އައި އާރާ އަށް ގޮވައިލިއެވެ. މައިލީން ވަރަށް ކުދައިރު އެކުދިންގެ ބައްޕަ ނިޔާވުމުން އެ ހުރިހާ ކަމެއްކުރަމުން ދިޔައީ ރިވާޔާއެވެ. އެނާ ގެ އެއްބަނޑުއެއްބަފާ މީހުންގެ ފަރާތުން އެހީތެރިކަން އޭނާ އަށް ލިބެމުން ދިޔައެވެ.

“އެ މައިލީން އަދިވެސް ގެއަށް ނާދޭ… ކީކޭ ބުނާނީ” ދެފަރާތަށް ބޯ ހޫރާލަމުން ރިވާޔާ ބުނެލިއެވެ.

“މަންމަ ހާސްނުވޭ މި ބަލަނީ ޔާލީ އަށް ގުޅޭތޯ އިލީ ވެސް ދޯ” އާރާވެސް ރިވާޔާއަށް މިހާތަބް ކުރަނީ “މަންމަ” އެގޮތަށެވެ.

“ސާބަހޭ ދަރިފުޅާ” މައިލީން އަށް ރިވާޔާ ބުނެލީ ގޯތިތެރެއަށް ވަދެގެން އައިތަން ފެނުނީމައެވެ.

“ސޮރީމަމް. މިއަދު ހަމަ ބަންދު ދުވަހެއްވީމަ ދެވުނީ” މައިލީން ބުނެލިއެވެ. މައިލީން އަކީ ބަސްއަހާ ކިޔަމަންތެރި ޖުއްޖެކެވެ. އޭނާ އަކީ އެންމެނާ ގުޅޭ އެކުވެރި ކުއްޖެކެވެ. އޭނާ އާ އެއްއުމުރެއްގެ ހުރިހާ ކުދިންކަހަލަ ގޮތަކަށް ރައްޓެހިވެގެން ކުދިން ގެންގުޅޭއިރުވެސް އެނާ އެކަހަލަ ހިޔާލެއްނުކުރެއެވެ. އޭނާ ގަބޫލް ކުރާގޮތުގައި ކުއްޖަކާ ރައްޓެހި ވާން ވާނީ ކިޔަވާ ނިމިގެން ވަޒީފާ އަށް ގޮހެވެ. ދޮންތަ އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާއާ ލޯބިން ވާހަކަ ދައްކާ އަޑުއިވުނަސް މައިލީން ދިމާކުރާނެއެވެ.

މިވީހާތަނަކަށް ރިވާޔާ ގެ އެއްވެސް ކުއްޖެއްގެ ފަރާތުން ވިޔާނުދާ އަމަލެއް ފެނިފައެއްނުވެއެވެ. ސްކޫލުގެ ޓީޗަރުންވެސް ނުހަނު ލޯބިވާ ކުދިންކަމުގައި އެކުދިންވެއެވެ. އާރާ ކުޑަވާނީ މައިލީން އަށް ވުރެ ދެ އަހަރެވެ.

“އިލީ” އާރާވެސް ގޮވާލިއެވެ. އުމުރުން ފަނަރަ އަހަރުގެ އާރާ މައިލީން ކައިރިއަށް ދިޔައެވެ. “މިއަދުވެސް ނުގެންދަމެއްނު ވަރަށް ފޫހިދެން އިލީ ދެކެ” އާރާ ތުންކޮޅު އޫކޮއްލިއެވެ.

އެ ގޯއްޗަކީ ބޮޑު ގޯއްޗެކެވެ. ގޯތި ވަށައިގެން ވަށާފާރު ނަގާފައިވާއިރު ފަހަތުން އޮންނަނީ ބޮޑު ހުސްތަނެވެ.  އެފަރާތުގައި ހައްދާފައި ހުންނަނީ ތަފާތު ވައްތަރުގެ މޭވާކަމުން އެތަން އޮންނަނީ އަނދިރިކޮށެވެ. އަނެއްފަރާތުގައި އިންނަ ގެއާ ވަކިކުރަން ތިރިކޮއް ފާރެއް ރާނާފައިވެއެވެ.

ރިވާޔާ ހުރީ ގޯތިތެރޭގައެވެ. އެގެއަކީ ރާނަފައިވާއިރު ހިނގާމަގުގައި މުށިނުހަހާ ހުރި ގެއަކަށްވެފައި އެއްފަރާތުގައި ސިޓިންރޫމް އިދެފައި ދެން ދެފަރާތަށް ކޮޓަރިތައް ހުންނަ ގޮތަށް ރާނާފައިވާ ގެއެކެވެ. އެހެންކަމުން މައިލީންވެސް އަވަސް އަވަހަށް އެހެން ލާފައި ގޮސް ނުކުންނަނީ ގޯތީގެ ފަހަތަށެވެ. އެތާގައި އިންނަ އިސްކުރުން ގައި ދޮވެ ލޮނުތައް ފިލުވާލަމުން އޭނާ އަނެއްކާވެސް ގޭތެރެއަށް މިސްރާބުޖެހިއެވެ.

ފެންވަރާތާޒާވެލައިގެން ނުކުތް މައިލީން ގޮސް އޭނާ އިސްތިރި ކުރަން ހުރި އޭނާ ގެ މަންމަ ގެ ގައިގައި ބައްދާލިއެވެ. އަދި ހެދުމުގައި ހިފަމުން ކޮލަށް ދޮނެއް ދިނުމަށްފަހު އޭނާ  ސިޓިން ރޫމް އަށް ގޮސް ކޮންމެވެސް އެއްޗެއް ނަގައިގެން ކޮޓަރިއަށް ވަނެވެ.

އާރާ އާއި ޝާލީން އާ ބަލާފައިވެސް މައިލީން އަށް ލިބިފައިވަނީ ތަފާތު ރީތިކަމެކެވެ. ޝާލީން ގެ ގައިގައި ހުންނަނީ ރާއްޖޭގެ މީހުންގެ ގައިގައި އާއްމުކޮއް ހުންނަ އާދައިގެ ކުލައެކެވެ.

މައިލީން ތާޒާވެލައިގެން ކޮޓަރިއަށް ވަދެލުމާއެކު ނިދިއްޖެއެވެ. އޭނާ އަށް ދެން ހޭލެވުނީ މަންމަ ގޮވަނިކޮށެވެ.

“ނަމާދަށް ތެދުވޭ އިލީ. އަވަސްކުރޭ” ރިވާޔާ ވަނީ އެކުދިންނަށް ގަޑިން ގަޑިއަށް ނަމާދުކުރުމުގެ ރިވެތި އާދަ އަށެގެންނުވާފައެވެ.

އޭނާގެ ހުރިހާ ކުދިންނަކީވެސް ނަމާދުކޮއް ޤުރުއާން ކިޔާވާ ކުދިންނަށް ވުމީ އޭނާ ނުހަނު ފަހުރު ވެރިވާ ކަމެކެވެ.

މަޣްރިބް ކޮއްލައިގެން މައިލީން ސިޓިންރޫމަށް ނުކުމެލިއެވެ. އެވަގުތު އެތާގައި ދޮންތަ ޝާލީން އިނެވެ. އޭނާ އިނީ ފޮތެއްހިފައިގެންނެވެ. އެއަށް ބަލަމުން މޭޒުމަތީގައި ބައިންދާފައިން ނޯޓް ފޮތުގައި އެއްޗެހި ތަކެއް ނޯޓް ކުރަމުން ދިޔަތަން ފެނިފައި މައިލީން އަޅައެއް ނުލައެވެ. އާރާ ފެންނާކަށްނެތެވެ. ދޮންތައަށް ވަކިން ކޮޓަރިއެއްހުންނައިރު މައިލީން އާއި އާރާ ނިދަނީ އެއްކޮޓަރިއެއްގައެވެ.

ޔުއާން އެރޭ ބައްޕަ އާއެކީ ރަށުތެރެއަށް ނުކުމެލީ ކާރުގައެވެ. އެމީހުން މިސްރާބުޖެހީ އައިކަލް ގެ އެރަށުގެ ރައްޓެއްސެއްކަމަށްވާ ހާޝިމް މެން ގެއަށެވެ. އޭރު ރޭގަނޑު އަށެއްޖަހަނީއެވެ. ކާރުގޮސް އެގޭދޮށައް މަޑުކޮއްލުމުން އެމީހުން ފޭބިއިރު ހާޝިމް ހުރީ ބޭރުގައެވެ.

ޔުއާން ވެސް ފައިބަމުން ވަށައިގެން ބަލައިލިއެވެ.

އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ކުރިމަތީގައި އޮތް ގޭގެ ދޮރުމައްޗަށް ވަށާފާރުގެ ބޭރުގައި ހުރި ޖޯލިފަތީގައި އޮތް މައިލީންއެވެ. އެ މަގަކީ އެހާ ފުޅާ މަގަކަށް ނުވެފައި އެތާ ދިއްލާފައި ހުރި އަލިގަދަ ހޮޅިބުރީގެ ސަބަބުން އޭނާއަށް އެއީ މައިލީން ކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ.

އޭނާ ތުންފަތަށް ހިނިތުންވުމެއް ވެރިކޮއްލަމުން ބައްޕަ އާ އެއްކޮއްހިނގައިގަތެވެ. ޔުއާން ތުމުން ރީތި ރާގެއް ފުމެލިއެވެ.

އެގެއަކީ ފެންވަރު ރަނގަޅުކޮއް އެރަށުގެ ފެންވަރުގައި ހަދާފައިވާ ގެއެކެވެ. ފަރުނީރުން ފެށިގެން އަޅާފައިވާ ދޮރުފޮތި ތަކަށް ދާންދެންވެސް ހިތްގައިމެވެ. ކާބައިގައި ޔުއާން ގެ އިތުރުން އައިކަލް އާއި ދެން ބައިވެރިވަމުން ދިޔައީ ހާޝިމް އާއި އޭނާގެ އަންހެނުން އަމްސާއެވެ.

“ކެއުމުގެ ވަގުތުގައި ބޮޑަށ ދެކެވެމުން ދިޔައީ އައިކަލް ފަށައިގެން އުޅޭ ވިޔަފާރިގެ ވާހަކައެވެ. ޔުއާން ގިނަފަހަރު އިންނަނީ ފޫހިވެފައެވެ. އައިކަލް ޔުއާން އަށް އެއްޗެއްބުނެލާނަމަ ޔުއާން ވާހަކަ ދައްކާލައެވެ. އެހެންނޫންނަމަ އޭނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ.

“މީ ތަ އެންމެ ދޮށީ ދަރިފުޅު” އެހެން ބުނިއިރު ނޭގޭ ރިހުމެއް ހާޝިމްގެ ލޮލުން ފެނިގެން ދިޔައެވެ. “އަސްލު ކުޑަވާހަކައެއްވެސް ދައްކާލަން ވެގެނޭ މިރޭ އަންނާށޭ އަޅުގަނޑު ބުނީ” ހާޝިމް ބުނެލިއެވެ. ހާޝިމް އަށް ލިބުނީ ދެކުދިންނެވެ. އެތަނުން އެއްކުއްޖަކީ އަންހެންކުއްޖެކެވެ. އަނެއްކުއްޖަކީ ފިރިހެން ކުއްޖެކެވެ. ދެމީހުން ސައިކަލު ދުއްވަން ގޮސްއުޅުމުގެ ތެރޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދުނިޔެ ދޫކުރީއެވެ. އޭގެ ފަހުން އެ ދެމަފިރިންނަކަށް ކުއްޖަކު ނުލިބެއެވެ. ދެ ދަރިން އެއްފަހަރާ ދުނިޔެ ދޫކުރުން ވެގެން ދިޔައީ އެ ދެމަފިރިންނަށް ނުހަނު ވޭން ދެނިވި ކަމަކަށެވެ. މީގެ ދެ އަހަރު ކުރީގެ އެހަނދާންތައް އޭނާގޭ ހިތުގައި އަދިވެސް ބިންވަޅުނެގިފައި ވެއެވެ.

ކައިނިމިގެން ގޭތެރޭގައި ބަހައްޓާފައިވާ އުނދޯލީގައި ދެމީހުން އިށީނެވެ. އަދި އެމީހުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ބައްޕާ އަޅުގަނޑު ބޭރަށް ނުކުމެލިއަސް އެންމެ ރަނގަޅުތޯ”ޔުއާން ހުއްދަ ހޯދައިގެން ނުކުތްއިރު މައިލީން ފެންނާކަށް ނެތެވެ. އެނާ މާޔޫސްވިއެވެ. އެތަނުގައި އެވަގުތު އޮތީ ކޮންމެވެސް އެހެން އަންހެންކުއްޖެކެވެ. ޔުއާން ފޫހިވެގެން ފޯން ނަގާފައި ރައްޓެއްސަކަށް ގުޅައިލިއެވެ.

“އޭތް ބްރޯ… ހާދަ ފުއްސޭ… ކޮބާތަ އެއްކަލަ މީހުން ބުނެބަލަ ދެން…. ކޮން އިރަކުންތަ އާދެވޭނީ” ޔުއާން އޭނާ އާ އެކުވެރި ލާމިސް އަށް ގުޅާލަމުން ވާހަކަދެއްކީ ފޫހިރާގަކަށެވެ.

“އޯކޭ ބްރޯ މަ ބުނާނަން ރިމާހް އާއި އަމަން ގާތު އޯކޭ އެއްނު” ލާމިސް އެހެން ބުނެ ފޯން ކަނޑާލިއެވެ. ޔުއާން އެނބުރިލުމާއެކު ފެނުނީ އަނެއްކާވެސް އެ ކުއްޖާ ޖޯއްޔަށް އައިސް ވެއްޓިގަތް ތަނެވެ. ޔުއާން އެ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ބޭއިޚްތިޔާރުގައިވިޔަސް އޭނާ އަށް ބެލެނީ މައިލީން ގެ މޫނަށެވެ.

“އިލީ. އެހެރި މީހާ އެބަލަނީ އިލީ އަށް ކަންނޭގެ” އާރާ މައިލީން އަށް ގޮވާލަމުން ކަންފަތް ދޮށުގައި ބުންޏެވެ. މައިލީން ފާޑަކަށް އާރާ ދެއްކިދިމާބަލާލިއެވެ. އޭނާ ގެ ލޮލުގައި ޔުއާން އަޅައިގަތެވެ. އެވަގުތު އެ ދިމާލަށް ބަލަން ހުރި ޔޫހާން ބޯ ކަހާލީ އެ ދެ އަންހެންކުދިން އެ ދައްކަނީ އޭނާގެ ވާހަކަ ކަން އެނގުމުންނެވެ. ވާނީވެސް އެހެންތާއެވެ. މީހހަކު އެވަރަށް ބަލާނަމަ އެކަން ނޭގި ނުހުންނާނެއެވެ.

މައިލީން އާ ދިމާލަށް ބަލަން ހުރީ އޭނާ އާ ދިމާވި ޒުވާނާއަށް ވުމުން އޭނާގެ ހިތުގައި އާ ވިންދެއްޖަހާލިކަހަލަ އިހްސާސްއެއްކުރެވިގެން ދިޔައެވެ. ޔުއާން ގެ ޖާދުވީ މުށި ލޮލުން މައިލީން އަށް ވެސް ވަނީ ޖާދޫ ޖައްސާފައިކަންނޭގެއެވެ.

މައިލީން އަޅާނުލާ އާރާ އާ ވާހަކަ ދައްކަން ފެށިއެވެ. ޔުއާން އެވަގުތު އޭނާ ހުރިދިމާލުގައި ހުރި ޖޯލިފައްޗެއްގައި ޖައްސާލިއެވެ. އޭނާ އަށް އަރާމުވިއެވެ. ބަންދެއްކަމުން އޭނާ މިރަށަށް އައީ ލާމިސް ވެސް ހުންނާނެތީއެވެ. ރަށްފުށުގެ މާހައުލު ދިރާސާކޮއްލާ މަޖާ މާހައުލެއްގައި އުޅެލާށެވެ. ލާމިސް އަކީ އޭނާ ރަޝިއާގައި އުޅުނުއިރު އެތަނުން ދިމާވި ރައްޓެއްސެކެވެ. އެއްއަހަރާއި ބައިގެ ކޯސްފުރިހަމަ ކުރުމަށްފަހު ލާމިސް ރަށައް އައީއެވެ. އޭރުއްސުރެ ޔުއާން އާ އެދެމީހުންގެ ގުޅުމަށް ބަދަލެއް ނާދެއެވެ.

އޭނާ އަންނަކަން ލާމިސް އަށް އެނގޭނެއެވެ. ލާމިސް ގެ މާމަ ބަލިވެގެން ކުއްލިގޮތަކަށް އެއަތޮޅު އެހެން ރަށަކަށް ލާމިސް ދާންޖެހުނިއެވެ. އެކަންތައް ޔުއާން އަށް އެނގުނީ އެ ރަށަށް އައި ފަހުންނެވެ.

ޔުއާން އުޑުގައިވާ ތަރިތަކަށް ނަޒަރު ހުއްޓައިލިއެވެ. އެތައް ހާސް ތަރިތައް ކުދި ޖަވާހިރުތަކެއްހެން ވިދާތަން އޭނާ އަށް މިހާ ސާފުކޮއް ފެނުނުމީ ފުރަތަމަ ފަހަރެވެ. އުޅެބޮޑުވި މާހަލުގެ ސަބަބުން މިފަދަ މަޑުމައިތިރި ތަންތަން އޭނާ ދެކެފައެއްނުވެއެވެ. ރިސޯޓް ތަކުގައި ޗުއްޓީ ހޭ ދަކުރެވިފައިވީނަމަވެސް އެތަންތަން ވެސް މިފަދަ ރަށްތަކާ ތަފާތެވެ. ތަރިތަކަށް ނަޒަރު ހުއްޓައިލައިގެން އޮވެފައި މައިލީން މެން ތިބި ޖޯއްޔާ ދިމާލަށް ބަލާލިއިރު މީގެ ކުޑަ އިރުކޮޅެއްކުރިން އެތަނުން އެއްޖޯލީގައި އޮތް ކުއްޖާއެއްނެތެވެ. އެތަނުގައި މިހާރު އޮތީ މައިލީން އެކަންޏެވެ. އޭނާ ގެ ތުންފަތް މައްޗަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. ތެދުވަމުން އޭނާ މައިލީން އާ ދިމާލަށް މިސްރާބުޖެހިއެވެ.

މަޑުފިޔަވަޅުތަކެއްގައި ގޮސް ހުއްޓުނު ޔުއާން މައިލީންގެ މޫނަށް ބަލައިލިއެވެ. ލޯމަރާލައިގެން މައިލީން އޮތް އިރު ތުންފަތުގައި ރަސްކަން ކުރަމުން ދިޔައީ ރީތި ހިނިތުންވުމެކެވެ. މައިލީން އޭނާ ގެ އަމިއްލަ ދުނިޔޭގައި ގެއްލިގެން އޮވެފައި މިހަކު އައިކަމުގެ އިހްސާސްވުމުންވެސް ލޯ ހުޅުވާކަށް ގަސްތެއްނުކުރެއެވެ.

“ޔޫ ނޯ ވަޓް އާރާ…. އައި ލަވްދިސް ސައިލެންސް. މައި ޑޭޑް ޔޫސްޓް ޑޫދިސް ވެން އައި ވޯޒް ޔަންގް… އައި ރިމެންމްބަރ ވެނެވަރ އައިގެޓް ނާވަސް އެންޑް ސޭޑް ހީވިލް ބީ ދެއާ… ހީވިލް ޓެލް މީ ޓް ކްލޯޒްމައި އައިސް އެންޑް… ޖަސްޓް ފޮގެޓް އެބައުތް އެވެރީތިންގް” މައިލީން ބުނެލިއެވެ. އާރާ އެއްޗެކޭ ނުބުނުމުން މައިލީން ލޯ ހުޅުވާލިއެވެ. ކުރިމަތިން ޔުއާން ފެނިގެން މައިލީން އަށް އެރުނީ ޖޯލިމައްޗަށެވެ. މައިލީން އަށް ވީގޮތުން ޔުއާން ގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

ދެވަނަ ސިކުންތުގައި މައިލީން ޖޯލިން ފައިބައިގެން ހިނގައިގަންނަން ފެށިއެވެ. އެއާއެކު ޔުއާން މައިލީން ގެ އަތުގައި ހިފެއްޓިއެވެ. މައިލީން ދެފަހަރަކު ގަދަ ހަދާލުމުންވެސް ނެއްޓޭ ގޮތެއްނުވިއެވެ. “އަހަރެންގެ އަތުން ދޫކޮއްލާ” މައިލީން ގެ އަޑުގައި ނުރުހުންތެރިކަން ވީނަމަވެސް ޔުއާން ގެ އަމަލުން އޭނާ ހައިރާންވިއެވެ. މައިލީން މަޑުކޮއްފައި ޔުއާން އަށް ބަލާލިއެވެ.

“އަހަރެން ވާހަކަ އެއްބުނަން ބޭނުން” ޔުއާން ބުނެލުމާއެކު މައިލީން ބުމަ އަރުވައިލިއެވެ. ދެވަނަ ސިކުންތުގައި ކަންތައް ކުރެވުނު ގޮތުން ލަދުވެސް ގަތެވެ.

“އަހަރެންގެ މަންމަ ނުކުމެދާނެ އަހަރެން މިދަނީ” މައިލީން އަނެއްކާވެސް ހިގައިގަންނަން އުޅުނެވެ. “އަހަރެން އިލީ ބޭނުމޭ ބުންފިއްޔާ؟” ޔުއާން ދަމާލާފައި ބުނެލިއެވެ. އެވަގުތު މައިލީން ހުއްޓުވަން އޭނާ ގެ ސިކުނޑި އައީ އެ ޖުމްލައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ނޫރު (ސައްބީސްވަނަ ބައި)

Next

ބީނިޝް… 06

Next
January 19, 2018

ބީނިޝް… 06

Previews
January 19, 2018

ނޫރު (ސައްބީސްވަނަ ބައި)

25 Comments!

  1. Hi Mi says:
    January 20, 2018 at 12:03 am

    Assalaamu Alaikum. Hey guys… miothy 12th vana part. Btw i have a happy news and a sad news for my dear readers. Lets go with the happy one first… In Sha Allah… very soon i will be telling about the cover photo… cover photo in Hi Mi bunedheyn beynun vaa ethi or vaahaka bunedheynan. Dhen as for the sad one. Hi Mi ge laptop ah kuda massala eh dhimaa vegen maadhan hadhan dheyn vegen ulhethy faharehga up nukohfhevidhaane rhaa avahah. Ekam mi balani maadhamaa libeyne kamah… hurihaa readers ab varah bodah shukuriyya… keep waiting ingey…..❤❤❤❤❤

  2. Hi Mi says:
    January 20, 2018 at 12:03 am

    Ah*.

  3. Aish says:
    January 20, 2018 at 1:26 am

    Hi me
    M first dhw?
    Story v habeysss ingey
    Keep going n best of luck in future

    1. Hi Mi says:
      January 20, 2018 at 9:11 am

      Yes. Aish fifaru aish ah hama first. Congrats dear… ????? Thankyou ingey….

  4. rose says:
    January 20, 2018 at 3:13 am

    Nice story

    1. Hi Mi says:
      January 20, 2018 at 9:12 am

      Thanks rose. ???

  5. Shai says:
    January 20, 2018 at 6:29 am

    Varah reethi mipartves keep it up

    1. Hi Mi says:
      January 20, 2018 at 2:56 pm

      Thanks shai. ❤❤❤

  6. ❤❤Zuam says:
    January 20, 2018 at 7:24 am

    Varah reethi….
    Waiting

    1. Hi Mi says:
      January 20, 2018 at 9:13 am

      Thanks zuam. Miadhu lap top libunas adhi eh part up kohla dheynan. In Sha Allah… ???

  7. Xaaaan says:
    January 20, 2018 at 8:51 am

    Hi mi lasnukurahchey ingey ketheh nuvaane Masha Allah mi partves v reethi ????

    1. Hi Mi says:
      January 20, 2018 at 9:15 am

      Yes….. xaaaan….. In Sha Allah. Miadhu laptop libunas adhi eh part hama up kohlaanan. ? Thankyou soooooooo much…. …..Jazakallah Khairan

  8. Pinky shifoo says:
    January 20, 2018 at 9:06 am

    Hii Hi Mi ??.. Hws u?? Bxy kamun adhi kiriyaa story mi kiyaalevuny ?.. Mi part vx varah varah reethi as always. Hama superb ??.. Insha Allah Hi Mi ge laptop varah avahah libeyne ??.. Waiting for next n btw tell my regards to your lovely sis??..

    1. Hi Mi says:
      January 20, 2018 at 2:58 pm

      Alhamdhulillah… fine hama what about u pinky???. And yh. Sis kaary bunaanan ingey . ????????

  9. laya says:
    January 20, 2018 at 10:03 am

    vvvvv rythi exam nimuneetha hi mi

    1. Hi Mi says:
      January 20, 2018 at 10:09 am

      Nuney layaa. Hi Mi kurin ves bunin story innaani liyefa ey. Ekam kiyan time nudheveythy up nukohleveni. Hehe. Exam mi two days ga nei. So time eh hoadhailaigen kiyaalaafa up mikohlani. Exam nonnanyaa. Thanks layaaaaaaaa….. ???????

  10. Naash says:
    January 20, 2018 at 10:26 am

    Mi partves v reethi. Wating for the next part….mee mihaaru enme inthizaaru kurevey vaahaka. U r doing a great work Hi Mi.?❤

    1. Hi Mi says:
      January 20, 2018 at 3:00 pm

      Thankyou soooo much Naash…. varah ufaa vehjje kiyaahithun inthizaaru kuraa vaahaka bunima. ?????

  11. Hi Mi says:
    January 20, 2018 at 3:01 pm

    Thankyou hurihaa kudhin.

  12. Anonymous says:
    January 20, 2018 at 3:02 pm

    V hadhi vaahaka eh

    1. Ruuuu says:
      January 20, 2018 at 4:17 pm

      Bunaane ehcheh neygunyma tha hadi ey thibuny….. vrh reethi vhk.eh my…. anonymous ah hadi viyas mi story reethi.meehun ulheyey….??????

    2. Hi Mi says:
      January 21, 2018 at 8:30 am

      Thankyou ruuuu…. ??? eki meehunah reethivaani eki kahala stories… unmeedhukuran dhen faharakun anonymous ah kamudhaa kahala story eh genesdheyvenyne kamah. ?

  13. Xaaaan says:
    January 20, 2018 at 3:09 pm

    Reethi veema j v dhw v reethi mivaahaka

    1. Hi Mi says:
      January 21, 2018 at 8:31 am

      Thankyou xaaaan ???

  14. Anonymous says:
    January 21, 2018 at 3:43 pm

    Story kiyamun dhiya varakah story nimeyne goiyy ingey. Ehnveema boring dhw

Comments are closed.

Next Episodeހިތާ ފުރާނައިން… (13)←


All Right Reserved!