Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރިން އެނގުނުނަމަ (ހަތަރުވަނަ ބައި)

riya Level 3100 Comments10 Stories
January 18, 2018 2 Mins Read
10 Comments

ހަވީރުގެ ވަގުތެވެ. ނީލާ ހުރީ ޓެރަސްމަތީގައި ހުރި ގަސްތަކަށް ބަލާށެވެ. ހަތްބުރިއަށް ނަގާފައިވާ އެ އިމާރާތުގައި ނީލާމެން ދިރިއުޅެމުންދަނީ އެންމެ މަތީ ބުރީގައި ކަމުން އެހެން ހުރިހާ ބައިތަކެއް ވަނީ ކުށްޔަށް ދީފައެވެ. އެންމެ މިޒަމާނުގެ ފެންވަރަށް ހަދާފައިވާ އެ އިމާރާތައް އެމަގުން ހިނގާ ކޮންމެ މީހަކުވެސް ބަލާލަނީ އެފަދަ އިމާރާތެއްގައި އުޅުމުގެ ނަސީބު ލިބޭނެނަމައޭ ހިތަށް އަރަމުންނެވެ. އެ އިމާރާތް ޑިޒައިންކޮށްފައިވާލެއް ފުރިހަމަ ކަމާއެއްވަރަށް ލާފައިވާ ވައިލެޓް ކުލައިގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ގެނެސް ދީފައިވެއެވެ.

މިދުވަސްކޮޅު ބުރަކޮށް އުޅުމުގެ ސަބަބުން ގަސްތަކަށް ދެވުނު ސަމާލުކަން ކުޑަވުމުގެ ސަބަބުން ގަސްތައް ހުރީ މޯޅިވާގޮތް ވެލާފައެވެ. ގަސްތައް އެފަދަ ހާލެއްގައި ހުއްޓާ ފެނުމުން ނީލާގެ މޫނުމަތިން ވެސް ފެންނަނީ ދެރަވެފައިވާ ކަހަލަ އަސަރުތަކެވެ. ގަސްތަކަށް ފެންދީ ފެށިތަނާހެން ނީލާގެ މަންމަ ނަފީސާވެސް އެތަނަށް އަތުވެއްޖެއެވެ.

“މަންމާ! ބަލާލަބަލަ ގަސްތަކަށް ވެފައިހުރި ގޮތް” ދެރަވެލާފައި ނީލާ ބުންޏެވެ.

“ގަސްތަކަށް އަޅާނުލެވެންޏާ އެހެންވެސް ވާނެ. ދަރިފުޅު ފެންދީ ހަދަންފެށީމަ ގަސްތައް ރީތިވެދާނެއޭ” ނަފީސާ ގަސްތަކަށް ބަލަމުން ވާހަކަ ދެއްކިއެވެ.

“މަންމަ މިއައީ ދަރިފުޅު ސައިބޯން ބަލައި.  ބައްޕަވެސް އެބައިންނެވި. ހިނގާ އަވަހަށްދަމާ” އޭރު ނީލާ އެންމެ ފަހުގަހަށް ފެންޖަހާ ނިންމާލަނީއެވެ.

ނީލާ އަކީ މަހްމޫދާއި ނަފީސާއަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. މުއްސަނދި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށް

ވިޔަސް ނީލާގެ ގައިގައި ބޮޑާކަމާއި ދެއްކުންތެރިކަމުގެ އެއްވެސް ސިފައެއް ނުހުރެއެވެ. ނަފީސާއާއި މަހްމޫދުގެ ރަނގަޅު ތަރުބިއްޔަތުގެ ސަބަބުން ނީލާ ވެފައިވަނީ ވަރަށް އަހްލާގު ރަނގަޅު ނިކަމެތިންނަން އަޅާލާ ކުއްޖަކަށެވެ.

ހެނދުނުގެ ވަގުތެވެ. ހޮނިހިރު ދުވަސް ކަމުން އަލްޔަން ހެނދުނު ހޭލެވުމާއެކީ ރައްޓެހިންނަށް ގުޅަންފެށިއެވެ. އެންމެން އެއްވެލާ މަޖާކޮށްލުމުގެ ގަސްތުކޮށްގެންނެވެ. ފަތާފެންގަނޑަށް އެރި އެންމެން ފަތާލާ އެކި ކަހަލަ ކުޅިވަރުތައް ކުޅެ ސަކަރާތް ޖެހުމަކީ ކޮންމެ ހޮނިހިރު ދުވަހަކު ހެން އަލްޔަންމެން ކުރަމުން އަންނަ ކަމެކެވެ. އެކިމީހުން ގުޅަމުންގޮސް ނިންމާލީ އިޔާންއަށް ވެސް ގުޅުމަށް ފަހުގައެވެ. ވަޒީފާއަށް ނިކުންނަން ފެށިފަހުން އިޔާންއަށް އަލްޔަން ރާވާ ޕްރޮގްރާމްތަކަށް ވަގުތުދެވިފައި ނުވުމުން މިއަދު އެމީހުންނާއި ބައިވެރިވާނެ ކަމުގެ ޔަގީންކަން ލިބުމުން އަލްޔަން ވަރަށް އުފާވިއެވެ.

އަލްޔަންގެ ފޯންކޯލުން އިޔާން ހޭލައްވާލި ނަމަވެސް އޭނާ އޮތީ ތެދުވާހިތް ނުވެފައެވެ. ކަންނެތްވެފައެވެ. ރޭގައި ލަހުން ނިދުމުގެ ސަބަބުން އަދިވެސް ނިދާލަން ބޭނުންވެފައި އޮތްކަހަލައެވެ. ނަމަވެސް ޒީކްގެ ލޯބިލޯބި މޫނު ފެނުމުގެ ނަސީބުވެސް ލިބިދާނެޔޭ ހިތަށް އެރުމުން ތެދުވެގެން ހަރުން ތުވާލި ނަގައިގެން ފާހާނާއާ ދިމާއަށް ހިނގައިގަތެވެ. ދެލޯ މަރާގެން ހުރެގެންނެވެ. ނިދީގެ ސަބަބުން އަދިވެސް ރަނގަޅަށް ދެލޯނުހުޅުވެނީ ކަންނޭގެއެވެ.

އަލްޔަން އެންމެންގެ އިންތިޒާރުގައި ފަތާފެންގަނޑު ކައިރީގައި ބަހައްޓާފައިވާ ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި އިނެވެ. ރަތްކުލައިގެ ޓީސާޓަކާއި ކަޅުކުލައިގެ ކުރު ސޯޓެއް ލައިގެން އިންއިރު ހީވަނީ ފަތަން ދެންމެ ދެންމެ ފުންމާލަފާނެ ހެނެވެ. ޒީކް އެދިމާލަށް ނިކުތްވަގުތު އަލްޔަން އެތާގައި އިންދާ ފެނުމުން އަވަސް އަވަހަށް ދާން ހިނގައިގަތެވެ. އެވަގުތު އަލްޔަން ވެސް އެދިމާލަށް އަންނަން ހިނގައިގަތުމުން ޒީކް ދުއްވައިގަތެވެ. އަލްޔަން ކޮށްލާނީ ކޮންފަދަ ކަމެއްކަން އޭނާއަށް ނޭނގޭތީއެވެ. ނަމަވެސް އަލްޔަން އައީ ޒީކް ފެނިގެނެއް ނޫނެވެ. ދޮރުކައިރީގައި ބަހައްޓާފައިވާ ފެންފުޅި ނަގައިގެން ގޮސް ކުރިން އިންތަނުގައި އިށީދެއްޖެއެވެ.

ޒީކް ފަހަތް ނުބަލައި ދުވެފައި އެދިޔަ ބާރުމިނުގައިގޮސް ހުއްޓުންއެރީ މީހެއްގެ ގައިގަ ޖެހިފައެވެ. ހަށިގަނޑު ބެލެންސް ނުކުރެވުމުގެ ސަބަބުން ވެއްޓެން ދިޔަ ޒީކްގެ ކޮނޑުގައި ހިފާ އޭނާއާ ކައިރިއަށް ދަމާލިއެވެ. ޒީކްއަށް އެމީހެއްގެ މޫނު ފެނުނު ވަގުތު ތެޅިގެންފައި އޭނާގެ އަތުތެރެއިން ފޮޅުވިގަނެގެން ދުވެފައި ގޮސް އަވަދިވެއްޖެއެވެ. އިޔާން ޒީކްދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރީ ލާނެއްގޮތަކަށް ހިނިއައިސް ފައެވެ. އަދި އަލްޔަން އިންދިމާއަށް ހިނގައިގަތެވެ.

އެންމެން މަޖާ ކުރަމުން ދިޔަ ވަގުތުތަކުގައިވެސް އިޔާން އަށް އަބަދުވެސް އެކި ދިމަދިމާއަށް ބެލެމުންދިޔައެވެ. ދެކެން ބޭނުންވި މޫނު ގަސްތަކުގެ ތެރެއިންވެސް ފެނިދާނެ ކަމުގެ އުއްމީދުގައެވެ. ފެންގަޑުގައި ތިބި މީހުންތައްވެސް އަރާ ގޮނޑިގޮނޑީގައި އިށީންނަން ފެށިއެވެ. ސަރަކާތް ޖެހުމުގެ ސަބަބުން މާބޮޑަށް ވަރުބަލިވީވެސް ކަންނޭނގެއެވެ. އެވަގުތު އެތަނަށް މިސައިބާވެސް އަތުވެއްޖެއެވެ.

“ދަރިފުޅުމެން ބަނޑުހައެއް ނުވޭތަ؟” މިސައިބާ އަލްޔަން ތިބި ދިމާއަށް އަންނަމުން ބުނެލިއެވެ.

“ކޯޗެއް ކާނީ” އެންމެންގެ މޫނަން ވަކިވަކިން ބަލާލުމުން އަލްޔަން އަހާލިއެވެ. “ކޮފީ” އެންމެން އެއްއަޑަކުން ކަހަލަ ގޮތަކަށް ގޮވާލިއެވެ. މިސައިބާ ހިނގައިގަތީ ބަދިގެއާއި ދިމާލަށެވެ. ކަންދިމާކުރިގޮތުން އެވަގުތު ބަދިގެ ތެރޭގައި އުޅެނީ ޒީކް އެކަންޏެވެ.

“ޒީކް އަލްޔަން މެންނަން ކޮފީ ހަދާލަބަލަ. އަށެއްކަ ކުދިން އެބައުޅޭ އެތާ ފަތާފެންގަނޑު ކައިރީގައި. ބަނޑުހައި ވެފައި ތިބީ. އަވަސް ކޮށްލާތި އިނގޭ ޒީކް” އެހެން ބުނުމާއެކީ މިސައިބާ ނިކުމެގެން ހިނގައްޖެއެވެ.

“ކޮފީ އޯ.. އަލްޔަންވެސް އިޔާންވެސް އެތާގައި އުޅޭނެ. މަށަށް ކިހެނެއްތަ އެތަނަން ދާންކެރޭނީ” ޒީކް ކޮފީ ހަދަމުން އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ. އަދި ކޮފީ ހަދައިގެން ތަބަކެއްގައި ކޮފީ ޖޯޑުތައް އަތުރައިގެން ފަތާފެންގަނޑާއި ދިމާއަށް ހިނގައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ތިޔަ އަސަރު 2

Next

ތިޔަ އަސަރު 3

Next
January 19, 2018

ތިޔަ އަސަރު 3

Previews
January 18, 2018

ތިޔަ އަސަރު 2

10 Comments!

  1. AN33 says:
    January 19, 2018 at 12:53 am

    Vvvvvvvvvv reethi ??

    1. riya says:
      January 19, 2018 at 10:07 pm

      thank u an33

  2. Pinky shifoo says:
    January 19, 2018 at 9:36 am

    Mi part vx nice.. ?.. Bt maa kuru.. Next part dhigukoh genesdhehchey riya ??… Waiting for next part

    1. riya says:
      January 19, 2018 at 10:09 pm

      thank u shifoo.. next part dhigu kohlevey tho balaanan

  3. Shaaaai says:
    January 19, 2018 at 9:53 am

    Haadha kurukoh thi up kuri.. alhe thankolheh dhigukoh up kohladheeba.. varah reethi mi part ves

    1. riya says:
      January 19, 2018 at 10:10 pm

      thank u shaaaai .. next part dhigu kohlevey tho balaanan

  4. Sana says:
    January 19, 2018 at 12:08 pm

    Waau varah varah varah salhi ?????????????????
    Super
    When next part?

    1. riya says:
      January 19, 2018 at 10:11 pm

      thank u shana .. next part mirey noony maadhama

  5. Kai says:
    January 19, 2018 at 1:19 pm

    Nyc bt kuru dw

    1. riya says:
      January 19, 2018 at 10:11 pm

      thank u kai.. next part dhigu kohleveytho balaanan

Comments are closed.

Next Episodeކުރިން އެނގުނުނަމަ (ފަސްވަނަ ބައި)←


All Right Reserved!