Skip to content
އެސްފިޔަ

މިލަ ހަނދުވަރު

މިލަ ހަނދުވަރު ( ދެވަނަ ބައި )

ގަޑިން ރޭގަނޑު 9 އެއް ޖެހި އިރު މަލާކް އިނީ ރަޔަންގެ އިންތިޒާރުގައި ގޭދޮރުމަތީ ހުރި ހިރުނދުގަހުގައި އެލުވާފައިވާ ޖޯލީގައެވެ.

މާގިނައިރުތަކެއް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ގޭ ދޮރާށި ހުޅުވާލާފައި ރަޔަން އައިސް މަލާކް ކައިރީ ޖެހިގެން އިން ޖޯލީގައި އިށީނެވެ.

“ހާދަ ލަހުން ތިޔައައީ”

މަލާކް ށަކުވާގެ ރާގަކަށް ތުންފިއްތާލަމުން ބުނެލިއެވެ.

“ލަސް ވެއްޖެތަ؟ އަދިކިރިޔާ 9.05 އެވީ.”

ރަޔަން ހިނިތުން ވެލަމުން މަލާކްގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.

އެރޭވެސް ނިމިގެން ދިޔައީ ދެލޯބިވެރިން އެތަށް ވައުދުތަކަކާއި ހުވާތަކެއް ކުރުމަޢްފަހުއެވެ.

ހުކުރުދުވަސް ކަމުން މަލާކް ބޭނުން ވީ އަދި އިރުކޮޅަކު ނިދާލާށެވެ.

“މަލާ ދަރިފުޅާ!! ބަނޑުހައެއްވެސް ނުވޭތަ އެއޮއް 10 ޖެހީ”

“އާދޭ ދެން ސައިބޯން”

ޒުލޭހާ ލޯއްބާއެކު މަލާކް އައް ގޮވާލަމުން ބުނެލިއެވެ.

މަލާކް އަކީ ޒުލޭހާގެ ދިރިއުޅުމެވެ.

މަލާކު އުފަލުގަ ބެހެއްޓުމައްޓަކާ ރެޔާ ދުވާލު ޒުލޭހާ ބުރަކޮށް މަސައްކަތް ކުރެއެވެ.

ފަތިހު ފަތިހާ ގޮސް ގޭގޭ ދޮއް ކުނިކަހާލަދީ ރަށައް މަސް ބާނާ ދުވަހެއް ވިއްޔާ މަސް ކައްްކާ, ދެން ލިބޭ ވަގުތު ތަކުގައި ވަލައްގޮސް ފަން ގެނެސް ގެން ފަންވިދެ ހަދައެވެ.

ދާއޫދު ޒުލޭހާ ވަރިކުރި އިރު މަލާކްގެ އުމުރުން ވީ އެންމެ 5 އަހަރެވެ.

ދާއޫދު އަކީ މާލޭ މީހެއްކަމުން ވަރިކޮއްފަ ދިޔަފަހުން މިއަދާ ހިސާބައްވެސް ދާއޫދުގެ އެއްވެސް ހަބަރެއް އެދެމައިންނަކައް ނުވެއެވެ.

ސްކޫލްގެ ރަގަބީލް އަޑާއުކު ކުދިން ތައް ސުކޫލް ތެރެ އައް ވަންނަން ފެށިއެވެ.. މަލާކް މިއަދު ހޯދާ ހޯދާ ވެސް ރަޔަން ލޮލުގަ އަޅައިގަންނަ ގޮތެއް ނުއްވެވެ.

ގަޑިފެށުން އިރުވެސް ރަަޔަންގެ ގޮނޑި އިނީ ހުހަށެވެ.

މަލާކުގެ ހިތް ބިރުގަންނަން ފެށިއެވެ.

” އަނެއްކަ ރަޔަން އަށް ކިހިނެއް ވީބާ؟؟ ބަލި ވީ ކަންނޭގެ !!

އަޅެ އަހަރެން ކިހިނެއްތަ ހަދާނީވެސް ………..

އަހަރެން ވަންނަވެސް ގެއެއްވެސް ނޫން އެއީ… މާނީ ކައިރީ އަހަން ވީ ކަންނޭގެ!!”

މަލާކު ހިތާ ހިތުން ވާހަކަ ދައްކަމުން ދިޔައެވެ.

ރަޔަން ކިޔަވަން އައިސް ހުންނަނީ މާނީގެ ގޭގައެވެ. ރަޔަން އަކީ ހ.ދ. ވައިކަރަދޫ ކުއްޖެކެވެ.

ޢެރަށުގެ ކިޔެވުމުގެ ފެންވަރު ދައްކަމުން ރަޔަންގެ މަންމަ ރަޔަން ކުޅުދުއްފުއްޓައް ކިޔަވަން ފޮނުވީ މާނީގެ މަންމަ ކައިރިއަށެވެ..މާނީގެ މަންމަ އާއި ރަޔަންގެ މަންމައަކީ ދުވަސް ވީ ދެރަހުމަތްތެރިންއެވެ.

ކޮންމެ އަހަރެއްގެވެސް ސުކޫލް ޗުއްޓީ ލިބޭ ދުވަހު ރަޔަންގެ މަންމަ ރަޔަން ގެންދެ އެވެ.

އެކި ގޮއްގޮތައް ވިސްނުމަށްފަހު މަލާކް މަޑު ހިނގުމެއްގައި ގޮސް މާނީގެ ގޮނޑިކައިރީ މަޑު ކޮއްލިއެވެ.

” މާނީ ރަޔަން އަށް ކިހިނެއް ވީ؟؟ ރަޔަން ބަލިވީތަ؟؟؟”

މަލާކް ވަރައް ނުކެރިހުރެ ގޮސް މާނީ ގާތު އަހާލިއެވެ

މާނީ އަޑު އިވޭކަމަށްވެސް ހަދާނުލާ އިނެވެ.

“”ރަޔަންގެ މަންމަ ރަޔަން ރަށައް ގެންގޮއްސި “”

މަލާކު ހުރެ ހުރެ މާނީ އަނގައިން ނުބުނުމުން އަނބުރާލާފައި ދާން ހިނގައިގެން ވަގުތު މާނީ މަލާމާތުގެ ރާގެއްގައި ބުނެލިއެވެ.

މާނީގެ ވާހަކައިން މަލާކު ހުރި ފިޔަވަޅުމަތީ ގަނޑު ވިޔެވެ.

“ރަޔަން ނުދާނެ! ޓެސްޓު ފެށެންވެސް ދެން އިނީ ހަފްތާއެއް”

ޔަގީން ރަޔަން ނުދާނެ “” މަލާކް ރަޔަން އަށް ވީގޮތެއް ނޭގި ހާސް ވާން ފެށިއެވެ.

ނުނިމޭ

Comments (4)

  1. Angel

    Wow v reeti when next part

  2. Marie

    Mi part kuru kamun adhi eh part up
    ..kohdheefa innaany

    1. Sana
      Marie

      Thanks varah reethi ????????????????????????????????????????????????

  3. Maany

    Ryan nudheyyyyyyyyy

Comments are closed.