Skip to content
އެސްފިޔަ

ބޮސް ދޭހާ ލޯބިވޭ

އުޑުމަތި ވަރަށް ބަނައެވެ. ހުއްޓުމެއްނެތި ވާރޭ ވެހެމުން ދެއެވެ. ހިމަ ފޮދު ވާރޭގެ ތިކިތަކުން، އުފެދިފައިވާ ކޯރުތަށް މަގުމަތީ ގިނައެވެ. ނަމަވެސް، އަހަރެންގެ ވިސްނުމުގައި ވަނީ ކޮންމެވެސް ދިމާލަކަށް ހިނގާލަން ދިޔުމަށްށެވެ.
އަހަރެންގެ ސިކުނޑިއާއި ދެކޮޅު ނުވުމަށް ހިތް ބުނަމުން ދިޔައެވެ. ހިތާއި އެއްކޮޅަށް އަހަރެން ގެއިން ނިކުތީ ހިނގާލަން ދިޔުމަށެވެ. ވާރޭގައި ތެމުމަކީ ކުޑަ އިރުންސުރެ އަހަރެންގެ ކަށީގައި ހިފާފައިވާ ކަމަކަށް ވާތީ، އެއްވެސް ޖެހިލުމެއް ނެތި ބޯކެރިގަނޑުގެ ތެރޭގައި ހުސްފަޔާ ހުރެ ދިޔައީ ހިނގަމުންނެވެ.
ވަކި ހިސާބަކަށް ދެވުނުތަނާ، ކުއްލިއަކަށް ފަހަތުން އައި އަންހެން ކުއްޖަކު އަހަރެންގެ ގައިގަ ޖެހިގަތުމާއެކު ދެމީހުން މަގުމައްޗަށް ވެއްޓުނެވެ. އަވަސް އަވަހަށް، އަހަރެން ތެދުވެ، އެ އަންހެން ކުއްޖާގެ އަތުގައި ހިފާ ނެގީމެވެ. އެވަޤުތަކީ ފުރަތަމަ ފަހަރަށް ދެމީހުންގެ ހަތަރު ކަޅި ހަމަވި ވަޤުތުތެވެ. ބަޔާން ކޮއްދޭން ނޭނގޭ ފަދަ އިޙްސާސް ތަކެއް އަހަރެންގެ ހަށިގަނޑަށް ވެރިވިއެވެ.
ހިތިފަތު ބުމައަކާއި ރިހި ކަނދުރާއެއްގެ ވެރި އެ ޖިންސުއްލަތީފްގެ ލޮލުގައި ވަނީ އާދަޔާ ޚިލާފު ޖާދޫވީ ބާރެކެވެ. ފުރަތަމަ ނަޒަރުންވެސް އަހަރެންގެ ހިތް ކަތިލެވުނީއެވެ. ކޮންފަދަ އަޖައިބެއްތޯއެވެ؟ ގަނޑުވެފައި ހުރި އަހަރެންގެ ކުރިމަތީ ހުރި އަންހެން ކުއްޖާއަށް އިސްޖަހާލެވުނެވެ. ލަދުގަތީތޯ ސުވާލު ކުރުމުން ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ދުއްވައި ގަތީ އަހަރެންނާ ދުރަށެވެ.
ފުރަތަމަ ނަޒަރުން ލޯބި ވުމަކީ، މީގެ ކުރިން އަހަރެން ޤަބޫލުކުރާ ކަމެއް ނޫނެވެ. ނަމަވެސް، މިހާރު އެކަން ޤަބޫލު ކުރަން މިވަނީ މަޖުބޫރު ވެފައެވެ. އަހަރެންނަށް އެ އަންހެން ކުއްޖާ ދެކެ ލޯބި ވެވިއްޖެއެވެ. އެ ލޯބި ހާސިލު ކުރަން އަހަރެން ހުރީ ފެން ބޮވައިގަނެފައެވެ.
ބަލާކަށް ނުހުރެ އަހަރެންވެސް އޭނާ ފަހަތުން ދުއްވައިގަތީމެވެ. އެ ކުއްޖާ ގޮސް ރަށުގެ އަތިރިމަތީ ހުރި ރުއްގަނޑެއްގައި ޖައްސާލިއެވެ. އަހަރެންވެސް އޭނާއާ ތަންކޮޅެއް ދުރުގަ އިށީނީމެވެ. ނަމަވެސް، ކެއްތެރިކަން ކުޑަވެފައިވާ މިންވަރެއްގެ ބޮޑުކަމުން މަޑުމަޑުން އޭނަ ގާތަށް ޖެހިލީމެވެ. ހަމަ ޖެހެލުމާއިއެކު އެ ކުއްޖާ ތެދުވެ ދުއްވައިގަންނަން އުޅުނެވެ.
ނަމަވެސް، އެއަށްވުރެ އަހަރެން މާ ހުށިއާރެވެ. ބަލަން ނުހުރެ އޭނާގެ މަޑު އަތްތިލައިގަ ހިފާލުމަށްފަހު ދުއްވައިގަންނަން ކުރި މަސައްކަތް ނާކާމިޔާބު ކޮއްލީ ވަރަށްވެސް ފަސޭހައިންނެވެ. އަތަށް ބާރުލައި އެކުއްޖާ ގެނެސް އަހަރެންގާތު ބޭންދީމެވެ. ކުއްލިއަކަށް ޖެހި ގުގުރިއަކާއެކު، އެ އަންހެން ކުއްޖާ އަހަރެންގެ ގައިގަ ބައްދާލީ ބޭއިޚްތިޔާރުގައެވެ. ފިނިވެފައިވާ އެ ހަށިގަނޑު ތުރުތުރު އަޅަމުން ދެއެވެ.
ގިނައިރު ތަކެއްނުވެ، އޭނާ އަހަރެންގެ ހަށިގަނޑުން ދޫކޮއްލިއެވެ. އަދި މަޑު އިށާރާތަކުން އޭނާ ބުނަމުން ދިޔައީ އަހަރެން އުފާކުރުވި ވާހަކަތަކެކެވެ. އޭނާ ބުނީ ” ކަލާއާށް ޓަކައި މިހިތް ލޯބި ވީތީ ދިނޭމެވެ. އެހީއެއް އަހަންނަށް ވެދޭތޯ ހުރީމެވެ. ” އަހަރެން ޖަވާބު ދިނީ ވަރަށް އުފަލާއިއެކުއެވެ. ” އާއެކެވެ. އަހަރެންވެސް ކަލާދެކެ ވަރަށް ލޯބިވެއެވެ. ”
ހަމަ އެވަޤުތު އަހަރެންނަށް ހިތާ ހިތުން ކިޔާލެވުނެވެ. ” ބޮސް ދޭހާވެސް އަހަރެން ލޯބިވެއެވެ. ”
-ނިމުނީ-
ލިޔުނީ: ޒިދާން މުޙައްމަދު

Comments (8)

  1. Angel

    Reeti vv

  2. Anaa

    Kuruvaahaka ea song aii gulhuvaigen liyefa oii story eh tha mee v reethi

  3. Prince

    Lol

  4. Jeyz

    Ehaa reehcheh noon ingey ekamu Zidhan varah masah kaih kohfa hurikan ingey

  5. Sana

    Waau my favorite song kuru vaahaka?That song aii gulhuvaigen liyun vaahaka eh dho? Not bad ????
    Keep it up zidhan ??

  6. gfdsytregfdfd

    evves flow eh nei. buhdhi gabool nukureveyhaa avahah loabi vevi dhe meehun life decisions make kurany in all of your stories. haadhisaa eh noavey

  7. Leen

    ?

  8. dreamer

    Kuruvahaka song ehge baeh

Comments are closed.