Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ވަންހަނާ (ދިހަވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
January 25, 2018 7 Mins Read
28 Comments

ނިހާގެ ކޮޓަރިން ދުންގަނޑު ނުކުމެގެން ގޮސް ނަޒީލްގެ ކޮޓަރިއަށް ވަނެވެ. ކުއްލިއަކަށް އެކޮޓަރި ދޮރު ހުޅުވިގެންދިޔައެވެ. ހަމައެކަނި ދޫ ބޮކްސާއެއް ލައިގެންހުރި ނަޒީލް ނުކުތެވެ. ވިހަ ހިނިތުންވުމެއް ވެރިކޮށް ލައިގެން ހިނގަމުން ގޮސް ނިހާގެ ކޮޓަރި ދޮރު މައްޗަށް ހުއްޓުނެވެ. ކޮޓަރި ދޮރު ހުޅުވާލިއެވެ. ނިހާ އޮތީ އަރާމު ފުން ނިންޖަކުން ނިދާލައިފައެވެ. ކޮޓަރިއަށް ވަނުމަށް ފައި އަޅާލި ވަގުތު މީހެއްގެ ހިޔަންޏެއް ފެނުނުހެން ނަޒީލަށް ހީވިއެވެ. ނަޒީލް އެނބުރި ބަލާލިއެވެ. ނަޒީލަށް ފާރަލަމުން އައި ދީޕިކާ ހުރީ ތަނބުގެ ފަހަތަށް ވަދެ ފިލައެވެ. އެކަމެއް ނަޒީލަކަށް ނޭގެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ތެރޭގައިވާ މަޚްލޫޤަށް އެކަން އެނގުނެވެ. ނަޒީލްގެ ދެލޯ ރަތްކުލައިން ދިއްލުނެވެ.

ކުއްލިއަކަށް މުޅި ގެއިން ކަރަންޓު ދިޔައެވެ. ވެރިވެގެންދިޔަ ކަނު އަނދިރިކަމުގެ ސަބަބުން ދީޕިކާގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. ގުޑިލަންވެސް ނުކެރިފައި އޭނާ ހުރީ ކަރަންޓު އާދޭތޯ ހިތާހިތުން ދުޢާކުރަމުންނެވެ. ކަނު އަނދިރީގެ ތެރެއިން ރަތްކުލައިގެ ދެލޯ ފާޅުވީ ދީޕިކާގެ ފުރަގަހުންނެވެ. އެކަމެއް ދީޕިކާއަކަށް ނޭގެއެވެ. ނަމަވެސް ފަހަތުގައި މީހަކު ހުރިހެން ދީޕިކާއަށް ހީވިއެވެ. ކުރިޔަށްވުރެ ބާރަށް ހިތް ތެޅިގަތެވެ. ގަނެފައިވާ ބިރެއްގެ ސަބަބުން ހީވާ ހީވުމެއްކަމަށް ނިންމައި އޭނާ ފަހަތް ބަލާލި ނޭވާ ހިފަހައްޓައިގެން ހުރެއެވެ. މޫނު ޖެހޭ ހިސާބުން ފެނުނު ރަތްކުލައި ދެލޮލުގެ ސަބަބުން އޭނާގެ ފައިކޮޅުން ފެށިގެން އައްސިއަރައިގެން ދިޔައެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ދީޕިކާ ދެލޯ ބޮޑުކުރަމުން ފަހަތަށް ޖެހިލީ ހަޅޭލަވައި ގަންނަން މަސައްކަތް ކުރަމުންނެވެ. އަޑެއް ބޭރެއް ނުވިއެވެ. ދީޕިކާއަށް ފެންނަނީ ހަމައެކަނި ރަތްކުލައިގެ ދެލޮލެވެ. ބިރުން ހަލާކުވާވަރުވެފައި ހުއްޓާ އެމަޙްލޫޤު ކައިރިވާން ފެށުމާއެކު ދީޕިކާ ހެއަށްގޮތްވެގެން ގޮސް ހުރިތަނަށް ދެމުނެވެ.

ކަރަންޓު އައިއިރު ނަޒީލް ހުރީ ނިހާގެ ކޮޓަރި ތެރޭގައެވެ. ނިދާފައި އޮތް ނިހާގެ ހަށިގަނޑަށް ދަހިވެތިކަމާއެކު ބަލާށެވެ. ނިހާ ލައިގެން އޮތީ ހުދުކުލައިގެ ޓީޝާޓަކާއި ކުރު ސޯޓުކޮޅެކެވެ. ނަޒީލް އެނދުގެ މަގަތުގައި އިށީން އިރު އަތުގައި ފޮތިކޮޅެއް އޮތެވެ. އޭނާގެ ވަކިތަކުން މިންޖުވާނެ ކުޑަވެސް ފުރުޞަތެއް މިރޭ ނިހާއަކަށް ނުދޭނެއެވެ. އޭނާ އެހުރީ ހުރިހާ ކަމަކަށް ތައްޔާރުވެގެން އައިހެވެ. ނަޒީލް ނިހާގެ ގާތުގައި އޮށޯވެ އެދޮން މޫނުގައި އިނގިލިތައް ޖައްސާލުމާއެކު ނިހާ ސިހިފައި ދެލޯ ހުޅުވާލިއެވެ. ނަޒީލް ހުށިޔާރުކަމާއެކު ނިހާގެ އަނގަމަތީގައި އަތް އެޅީ ނިހާއަށް އަޑު ބޭރުކޮށްލާނެ ފުރުޞަތެއް ދިނުމެއް ނެތިއެވެ. ނިހާ ދެލޯ ބޮޑުކޮށްގެން އޮވެ ތެޅިފޮޅެން ފެށުމާއެކު ނަޒީލް ނިހާގެ ގައި މައްޗަށް އެރިއެވެ. ވަގުތުން ނިހާގެ އަތެއް ފައެއް ގުޑުވާ ނުލެވޭވަރަށް ހިފަހައްޓައި ހައްޔަރުކޮށްލިއެވެ.

“..މިރޭ ޖެހޭނީ މަ ބޭނުން ކަންތައްވާން..” ނަޒީލް އެއްވެސް ރަހުމެއްނެތި ހަރުކަށިކަމާއެކު ބުނެލިއެވެ. “..ކަލޭ ގަދަހަދަންޔާ ގެއްލުންވާނީވެސް ކަލެޔަށް.. ބުއްދިވެރިގޮތަކީ ކަލޭ މަ ކުރާކަމެއް ކުރަންދީގެން މައިތިރިވެގެން އޮތުން..”

ނަޒީލްގެ ނުބައި ނުލަފާކަމުން ނިހާ އިންތިހާއަށް ރުޅިގަދަވިއެވެ. އޭނާގެ ދެލޮލަށް އެތައް ހާސް ކަރުނަތިކިތަކެއް ޖަމާވެގަތެވެ. ބިރުން ގޮސް މުޅިމީހާ ތުރުތުރު އަޅަންފެށިއެވެ. ނަޒީލް ނިހާގެ އަނގަމަތިން އަތްނަގައި އަނގަޔަށް ފިތާލިއެވެ. ނިހާގެ އަނގަ ހުޅުވެގެންދިޔުމާއެކު ފޮތިގަނޑު އެއްކޮށް އަނގަތެރެޔަށް ގަންނުވާލީ އަޑު ބޭރުނުވާނެ ގޮތަށެވެ.

ނިހާ އޮބަހައްޓައިގެން އޮވެ މުޅި މޫނާއި ކަރުދަށުގައި ނަޒީލް ތުންފަތް ބީއްސިއެވެ. ނިހާ ލައިގެން އޮތް ޓީޝާޓުގެ ކަރުވަޅުގައި ހިފައި ނަޒީލް އަތުގެ ހުރި ބާރަކަށް ދަމައިގަނެ ޓީޝާޓު މެދުން ވީދާލިއެވެ. ނިހާ އެގޮތް މިގޮތަށް ނަޒީލްގެ ވަކިތަކުން ސަލާމަތްވެވޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ކުޑަވެސް ދުލެއް ނުލިބުނެވެ.

ނަޒީލްގެ އަތުގެ ޝިކާރަޔަކަށް ވެގެންދިޔައީ ނިހާގެ ހުރިހާ ގުނަވަންތަކެކެވެ. ނިހާ އޮތީ ބިރުން ގޮސް ހިއްސު ކެނޑިފައެވެ. އޭނާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ލޮލުގެ ހިމަކޮޅުން ފައިބަމުން ދިޔައިރު ސަލާމަތަށް އެދި ގޮވޭނެ ގޮތެއް ނެތެވެ. ނިހާގެ އުއްމީދުގެ ހުޅުކޮޅު ކަނިވެގެންދިޔަ ވަގުތު ކުއްލިއަކަށް ދޮރު ހުޅުވިގެންދިޔަ އަޑުއިވުނެވެ. ނިހާގެ ގައި މައްޗަށް ގުދުވެގެން އޮތް ނަޒީލް ފެނިފައި އިންޝާއަށް ހަޅޭ ލަވައިގަނެވުނެވެ. ވިދާލިވިދުރެއްހެން ގޮސް ނަޒީލްގެ ބުރިކަށި މަތީގައި ދެއަތުން ތަޅައިގަތެވެ. ނަޒީލް އަތުގައި ހިފައި ދުރުކޮށްލަން އުޅުނެވެ. އިންޝާއަށް ނަޒީލް އެންމެ ތަންފުކެއްވެސް ގުޑުވައެއް ނުލެވުނެވެ. ނަޒީލް އަޅައެއް ނުލައެވެ. އޭނާގެ މަސައްކަތައިގެން ކުރިޔަށް ދިޔައެވެ.

“..ނަޒީލް މޮޔަވެގެންތަ ތިއުޅެނީ.. މިބުނީނު ނިހާގެ ގައިމަތިން ތެދުވާށޭ..” އިންޝާ ރުޅިއައިސް ނަޒީލްގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތީ ހަޅޭލަވައި ގަންނަމުންނެވެ. “..ޖަނަވާރާ ތެދުވާށޭ!..”

ކުއްލިއަކަށް ނަޒީލް އިންޝާއަށް ބަލާލިއެވެ. އެދެލޯ ރަތްކުލައިން ދިއްލުނުހެން އިންޝާއަށް ހީވިއެވެ. އިންޝާއަށް ފަހަތަށް ޖެހިލެވުނެވެ. ނިހާ ލައިގެން ހުރި ސޯޓުގައި ނަޒީލް ހިފައި ދަމައިގަތެވެ. އިންޝާއަށް ބަލާކަށް ނުހުރެވުނެވެ. ފާރުގައި ލައްކޮށްފައި ހުރި ފިހިގަނޑު ނަގައި އަތަށް ހެޔޮވަރުކޮށްލިއެވެ. އަތުގަ ހުރިބާރަކަށް ނަޒީލްގެ އިސް ބޯދަށުގައި ދެތިން ހަތަރު ބޮނޑި އަޅާލިއެވެ.

ނަޒީލް ފުންމައިގެން ތެދުވެ އިންޝާގެ އަތުން ފިހިގަނޑު އަތުލިއެވެ. ފިހިގަނޑު އެއްލާލަމުން އިންޝާގެ ކަންކަށި މަތީގައި ވިހެލިއެވެ. ނިހާ ގައިގާ ބެޑްޝީޓް އޮޅާލަމުން އެނދުގެ ކަނަކަށް ޖެހިލިއިރު މުޅި މީހާ ރޫރޫ އަޅައެވެ. ގިސްލެވެއެވެ.

“..މިކަމުގެ އަދަބު ކަލެޔަށް ލިބޭނެ..” ނަޒީލްގެ އަޑުގައި ބަރުކަމެއް ހުއްޓެވެ.

“..ތި ނުބައި ޝައިޠާނާ މިގޭ އެންމެނަށް ފަޟީޙަތްކޮށްލާނަން..” އިންޝާ ރުޅިއައިސް ކޮޓަރިން ބޭރަށް ނުކުމެ ހަޅޭލަވަން ފެށިއެވެ. ނަޒީލް ފަހަތުން އައިސް އިންޝާ އަނގަމަތީ އަތް އެޅިއެވެ. ގަދަކަމުން ދަމާފައި އިންޝާގެ ކޮޓަރިއަށް ގެންދިޔައެވެ. އިންޝާ އެނދުމައްޗަށް ކޮށްޕާ ވައްޓާލިއެވެ.

“..ތީވެސް ހާދަ ލޯބި ކުއްޖެކޭ..” ނަޒީލްގެ ރާގު ބަދަލުވީ ކުއްލިއަކަށެވެ. އޭނާ ގުދުވެފައި އިންޝާގެ މޫނު މަތީ ފިރުމާލިއިރު އަޑުގައިވަނީ މަސްތީކަމެވެ. އިންޝާ ފޫހިވެފައި ހުރިވަރުން ނަޒީލްގެ އަތް ފޮޅުވާލެވުނެވެ. އޭނާ އެނދުން ތެދުވަން އުޅުމާއެކު ނަޒީލް ހިފެހެއްޓިއެވެ. އެޔަށްފަހު ނަޒީލް އިންޝާ ގައިމަތީ އިށީނެވެ.

“ނަޒީލް” ބޭނުންވީ ނިހާގެ ކިބައިން ނުލިބުނު އުފާތައް އިންޝާގެ ފަރާތުން ހޯދާށެވެ. އިންޝާ ފާޅުގައި ދެކޮޅު ހެދިއެވެ. ނަޒީލް ފެށީ އިންޝާއަށް އަނިޔާކުރާށެވެ. އިންޝާގެ މޫނު މައްޗަށް އަރައިގެން ދިޔަ އެތަކެއް އެތި ފަހަރުތަކުގެ ސަބަބުން ދެލޮލުން ކަރުނަ ހިލުވާލިއެވެ. އިންޝާ ހަތިޔާރު ބެހެއްޓިއެވެ. ނަޒީލް ބޭނުންކަމެއް ކުރުމަށް ފުރުޞަތު ދިނެވެ.

އެހެން ރޭތަކަށްވުރެ ނަޒީލްގެ ބާރު ގަދަވެފައި ހުރިހެން އިންޝާއަށް ހީވިއެވެ. ނަޒީލް ހުރިހާކަމެއް ކުރަމުން ދިޔައީ އިންޝާއަށް އަނިޔާވާ ގޮތަށެވެ. އިންޝާ ރޯ ރުއިމަކަށް އޭނާ ނުބެލިއެވެ. ކުރި އާދޭސްތަކަށްވެސް ދިނީ ބީރު ކަންފަތެކެވެ. ނަޒީލްގެ ޚަރަކާތްތައް ހުރީ ޗާބީ ދީފައިވާ ބުދެއްފަދައިންނެވެ. އޭނާ އެއް ޚަރާކާތެއް ތަކުރާރުކުރަމުން ދިޔައެވެ. އިންޝާގެ ދެއަތުގައި ހިފަހައްޓައިގެން އޮތްއިރު ނަޒީލްގެ ނަޒަރު ސީދާކޮށްލެވިފައިވަނީ ފަންގިފިލަޔަށެވެ. އެނދަށް އަރަމުންދިޔަ ލޮޅުންތައް ގަޑިއިރަކަށް ދިގު ދެމިގެންދިޔައެވެ. ކުއްލިއަކަށް ނަޒީލްގެ އަނގައިން ބިރުވެރި އަޑެއްނުކުތެވެ. ވާލެއްގެ އަޑުހާ ތޫލި އެހެނަސް ބާރުގަދަ އަޑެކެވެ. ވަރުބަލިވެ ހަސްނެތިފައި އޮތް އިންޝާވެސް އެއަޑު އިވިފައި ބިރުގަތެވެ. ނަޒީލްގެ އަނގައިން އޮލަ ދުންތައް ނުކުތުމާއެކު އޭނާ އިންޝާގެ ގައި މައްޗަށް ދެމުނެވެ.

އޮލަ ދުންތައް ބާލުޚާނާގެ ދޮރު ދަށުން ނުކުތެވެ. ގޯތިތެރޭގައި ހުރި ބޮޑު ޖަނބުރޯލު ގަސް ކައިރިއަށް ދުންގަނޑު ފެތުރިގަތެވެ. ދުންގަނޑުގައި އިންސާނެއްގެ ސިފަޖެހި ކެހެރިތައް ނުކުންނަން ފެށިއެވެ. އެ މަޚްލޫޤުގެ ހުރިހާ ގުނަވަނެއް ފުރިހަމަވެ ފުރަތަމަ ފަހަރަށް އަސްލު ސިފަޔަށް ބަދަލުވެވުނެވެ. މިހާރު އޭތީގެ މުޅިގައިގާ ވަނީ ކަޅުކުލައިގެ ކެހެރިއެވެ. ލޮލުގެ ހުދުކަޅި ހުރީ ރަތްކުލައިގައެވެ. ބޮލުގެ މެދުން ދެދަޅު ނުކުމެފައި ހުރިއިރު އަތާއި ފައިގެ އިނގިލިތައް ދިގެވެ. ނިޔަފަތިތައް ކުރިޔަށް ހުރީ ލެނބިފަވެ. އޭތީގެ ބާރު ހުނުމުގެ އަޑު ފަޒާގެ ތެރޭގައި ގުގުމައިގެން ދިޔައިރު ތޫނު ދެދަތް ހުރީ ދިއްވެފައެވެ.

އެ މަޚްލޫޤު ކަކޫ މައްޗަށް ތިރިވެ ބިމުގައި އަތް ޖައްސާލުމާއެކު ބުރަކަށިން ކަޅު ކުލައިގެ ދެ ފިޔަގަނޑު ނުކުތެވެ. ދެ ފިޔަގަނޑަށް ބާރުލާފައި އުދުއްސައިގަތުމާއެކު ގަސްތައް ދަށުގައި ހުރި ފަތްތައް ވިއްސިވިހާލިވެގެން ދިޔައެވެ. ޖަނބުރޯލު ގަހުގައި ތިބި ވާތައް ހޭރިގަތެވެ. އެމަޙްލޫޤް މިސްރާބު ޖެހީ ގެއިން ބޭރާ ދިމާއަށެވެ. އުދުހެމުން ގޮސް ގޯތީގެ އިންފާރާ ދިމާ މަތިން ހަމަވުމާއެކު ވިއްސައިގެން ގޮސް ގަސްތަކު ތެރެއަށް ޖެހުނެވެ. އިރުކޮޅަކުން ގޯތީގެ ދެކުނު ފަރާތާ ދިމާއަށް އުދުހިގަތެވެ. ހަމަވީ ކުރިންވެސް ވީގޮތެވެ. ސުނޯހައުސް ގޯތީގެ ހަތަރު ފާރުން ބޭރަށް ނުކުމެވޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ގޯތިން ބޭރަށް އެންމެ އިންޗިއަކަށްވެސް ނުނިކުމެވުނެވެ. އެއެތި އެގޯތީގެ ހަތަރުފާރު އެތެރޭގައި ހައްޔަރުވެފައިވާ ކަހަލައެވެ.

“..ސަބްރީނާ..ސަބްރީނާ..ސަބްރީނާ” އޭތި ވަރަށް ބާރަށް ގޮވާލިއެވެ. މަޙްލޫޤް އައިސް ހާމަފެންޑާއަށް ތިރިކޮށްލިއިރު ލޮލުގެ ކަޅުކަޅިވެސް ވަނީ ރަތްވެފައެވެ. އުޑާ ދިމާއަށް ބަލާލަމުން އޭތި ހޭރިގަތެވެ. އޮލަދުން ގަނޑަކަށް ބަދަލުވީ އޭގެ ފަހުގައެވެ.

ނިހާ ތެދުވެގެން ގޮސް ދޮރު ލައްޕާ ތަޅުލިއެވެ. ބޭކާރުކަމެއްކަންވެސް އެނގިހުރެއެވެ. މިރޭ ނަޒީލް ކޮޓަރިއަށް ވަދެފައިވަނީ ރަނގަޅަށް ތަޅުލައިފައި ހުއްޓައެވެ. ވީދިފައިވާ ޓީޝާޓުގެ ދެފަރާތުގައި ހިފައި ކައިރިކޮށްލަމުން ނިހާ ގޮސް އޮށޯތެވެ. އެނދުގެ ހަނި ހުރަހަށެވެ. އަމިއްލަ ނިކަމެތިކަމާމެދު ވިސްނިފައި ދެލޮލުން ހޫނު ކަރުނަތައް ފައިބަންފެށިއެވެ. މަންމަ މަތިން ހަނދާންވެފައި ބާރަށް ރޮއެގަނެވުނެވެ. މަންމަ މިދުނިޔޭގައި ހުރިނަމަ އޭނާއަށް މިއަދު ހިމާޔަތް ލިބުނީހެވެ. ނިހާ ނުރޯން ހިތްވަރުކުރަމުން އަނގަމަތީ އަތްއަޅާ ބާރުކޮށްލިއެވެ. ދެން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ވީ އެންމެ އަވަހަކަށް އެގެއިން ނުކުމެގެން ދާންވީ ހެއްޔެވެ؟

ކުއްލިއަކަށް ބާލުހާނާގެ ދޮރު ކެހުނު އަޑު އިވިފައި ނިހާ ސިހުނެވެ. ދޮރުފޮތި ގަނޑު ވަޔާ ވިހުރިގަތެވެ. ނިހާ ލޯ ބޮޑުކޮށްގެން އޮއްވައި ދޮރު ފޮތިގަނޑު މަޑުމަޑުން ކެހެންފެށިއެވެ. ނިހާއަށް އިހުނަށްވުރެ ބޮޑަށް ލޯ ބޮޑުކޮށްލެވުނެވެ. މިވަނީ ކީއްހެއްޔެވެ؟ ދެން ފެނުނީ ކޮޓަރި ތެރެއަށް އެޅުނު ބޮޑު ހިޔަންޏެކެވެ. މީހަކު ފެންނަން ނެތުމުން އެކަމަކީ ޖިންނީގެ ކަންތައް ގަނޑެއްކަން ނިހާއަށް އެނގުނެވެ. ބިރުންގޮސް ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ.

ހިޔަނި ކޮޓަރިން އެތެރެވެފައި ހުއްޓުނެވެ. އޭރު ނިހާގެ މޫނުމަތީ ދާތިކިތައް ވިދާބަބުޅައެވެ. ހިންދިރުވާލަންވެސް ނުކެރިފައި އިންދައި ކުރިމަތީ ހުރި ލޯގަނޑުން އެއްޗެއް ފެނުނުހެން ހީވެފައި ނިހާއަށް ބަލާލެވުނެވެ. އެބިރުވެރި އެތި އެހުރީ ލޯގަނޑުން ފެންނާށެވެ. ނިގޫ ތަޅުވަމުންދިޔަ ބިޔަ ކަޅުމީހެކެވެ. އެއީ އޭނާއަށް ހުވަފެނުން ފެނުނު ކަޅު އަނދިރިގަނޑެއް ކަހަލަ ފުރޭތައެވެ. ބާރުބާރަށް ތެޅެމުންދިޔަ ހިތް ހަމަޔަކަށް އަޅުވަން މަސައްކަތްކުރަމުން ނިހާ ފަހަތަށް ޖެހިލަން އުޅުނެވެ. ނަމަވެސް އެއްވެސް ހަރަކާތެއް ނިހާއަކަށް ނުކުރެވުނެވެ. އަޑެއްވެސް ބޭރުކޮށް ނުލެވުނެވެ.

ނިހާގެ ލޯ މައްޗަށް އެ ބިރުވެރި އެތި ފާޅުވިއިރު ނިހާއަށް އޮވެވުނީ ލޯބޮޑުކޮށްގެން ބަލާށެވެ. ހަތަރެސް ފައިން ވާގިނެތިފައި އޮތް މީހެކޭ ނިހާއެކޭ އެއްގޮތެވެ. އޭތި ނިހާއާ ދިމާއަށް ބަލާލުމާއެކު މަޑުމަޑުން ނިހާގެ ދެއަތް ފޭ ވާން ފެށިއެވެ. ވީދިފައިވާ ޓީޝާޓް ގަޔާ ވަކިވަމުން ދިޔައިރު ދެފައިވެސްދިޔައީ ދުރުވަމުންނެވެ. އެކަން ހުއްޓުވުމަށް ނިހާއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އެ މަޚްލޫޤު ދެން ބަލާލީ ދިއްލާފައިވާ ބޮތްކަށެވެ. ވަގުތުން ބޮކި ބަޑިޖެހިއެވެ. ނިހާގެ ގައިގާ ބީހޭހެން ހީވުމާއެކު ކުއްލިއަކަށް މޫނާ ދިމާއިން ރަތް ކުލައިގެ ދެލޯ ފެނުނެވެ.

***********************

ބިރުވެރި ހުވަފެނެއް ފެނިގެން ވަރަށް ހެނދުނާ ނިކާލަށް ހޭލެވުނެވެ. ގަޑިން 09 ޖެހިނަމަވެސް އެއީ ނިކާލަށް ވަރަށް ހެނދުނެވެ. ދެން އެއްގޮތަކަށްވެސް އޭނާއަކަށް ނުނިދުނެވެ. ފޯނު ނަގައި ނިހާއަށް މެސެޖެއް ކޮށްލިއެވެ. ބާއްޖަވެރި ހެނދުނަކަށް އެދިއެވެ. ޖަވާބެއް ލިބޭނެކަމަށް ފޯނަށް ބަލަހައްޓައިގެން އޮތުމަށްފަހު ޖަވާބެއް ނައުމުން ނިކާލް ވަނީ ފާހާނާއަށެވެ. މޫނު ދޮވެލައި ހަދައިގެން ތިރިޔަށް ދިޔައިރު މަންމަ ބަދިގޭގައި އުޅެއެވެ. ނިހާ ދެކިލާހިތުން ނިކާލް ދެކޮޅު ބަލާލިއެވެ. ދޮރު ކައިރިއަށް ގޮސް ބޭރުތެރެވެސް ބަލާލިއެވެ. ނިހާއެއް ނެތެވެ. ގޭތެރެއިން މަންމަ ނޫން އިތުރު މީހެއް ފެންނާކަށްވެސް ނެތެވެ.

“..މަންމާ ކޮފީއެއް ހަދާދީބަލަ..” ނިކާލް އާ ފުރެލަމުން އިށީނީ ސޯފާގައެވެ.

ޞަފިއްޔާ ކޮފީ ޖޯޑު ހިފައިގެން އައިސް ނިކާލް ކުރިމަތީގައި ހުރި މޭޒު މަތީގައި ބެހެއްޓިއެވެ.

“..މަންމާ ކޮބާ މިގޭ މީހުން.. ބައްޕަމެން..” ނިކާލް ކޮފީ ޖޯޑު ނެގިއެވެ.

“..ބައްޕަތަ ތި ހޯދަނީ؟..” ޞަފިއްޔާ ލާނެތް ފާޑަކަށް ހީލިއެވެ. “..ބައްޕަ ވެއްޖެ ދީޕިކާ ގޮވައިގެން ހޮސްޕިޓަލަށް ގޮސް.. ދެން މިގޭގަ އުޅޭ އެއްވެސް މީހަކަށް އަދި އިރެއް ނާރާ..”

ނިކާލް ޓީވީ ހުޅުވާލަމުން ދީޕިކާއަށް ވީ ކިހިނެއްތޯ ސުވާލުކޮށްލިއެވެ.

“..ނޭގެ ވީގޮތެއް..” ޞަފިއްޔާ ޖަވާބުދިނެވެ. “.. ދީޕިކާގެ ހަބަރެއް ނުވެގެން ދިޔައިރު އެނދުމަތީ އޮވެގެން މޮޔަ ގޮވަނީ.. ދޫކުރަނީ! ދޫކުރަނީ! ރަތް ލޯ ހުންނަނީ! ރަތް ލޯ ހުންނަނީ! މިކަހަލަ ބަނދިވަރުތަކެއް ދަމަން އޮތީ! މަންމަ ރަނގަޅަށް ބަލާލިއިރު ހުމާ އޮވެގެން މި މޮޔަ ގޮވަނީ.. ބިރުވެރި ހުވަފެނެއް ފެނުނީ ކަންނޭގެ..”

“..ހުވަނދުމާ ގަހު ޖިންނި ކަންނޭގެ..” ނިކާލް ހިނިގަނޑެއް ޖަހާލިއެވެ. ސަފިއްޔާވެސް ކުޑަކޮށް ހީލާފައި ބަދިގެ ފަރާތަށް ދިޔައެވެ.

****************

އިންޝާގެ ހަށިގަނޑުގައި ވޭން ނާޅާ ހަމަ އެންމެ ތަންކޮޅެއްވެސް ނެތެވެ. އޭނާއަށް ރަނގަޅަށް ހިނގައިވެސް ނުގަނެވެއެވެ. ހީވަނީ މުޅި ހަށިގަނޑުގައިވާ ކަށިތައް އެކީގައި މުގުރިފައިވާ ހެންނެވެ. ކަށިން ހިތްވަރު ނެރެގެން އިންޝާ ފާހާނާއަށް ދިޔުމަށް ހިނގައިގަތެވެ. އިންޝާ އަރިއަޅައިލިއެވެ. އެނދުގައި އިށީދެލައިގެން އިން ނަޒީލް ތެދުވެފައި އިންޝާގެ ގައިގާ ހިފަހައްޓާލިއެވެ.

“..މަގެ ގައިގަ އަތްނުލާތި!..” އިންޝާ ނަޒީލްގެ މޭގައި އަތުން އަޅާ މަޑުމަޑުން ކޮށްޕާލިއެވެ. އިންޝާއަށް ހިނގާނެ ހިތްވަރު ނުލިބިގެން އެނދުގައި އިށީނެވެ.

“..އަހަރެން ފާހާނާއަށް ގެންގޮސްދެންތަ..” ނަޒީލް ދެރަވިއެވެ. އޭނާގެ ފަރާތުން ލޯބިވާ އަނބިމީހާއަށް ދެވުނު އަނިޔާތައް ހިތަށް އަރާފައި އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ.

“..އިތުރު އަނިޔާއެއް މަށަށް ދޭން ހަދާނެކަމެއް ނެތް ނަޒީލް..” އިންޝާ އިނީ ހިތްހަމަނުޖެހިފައެވެ. “..މަ ތި އިޙްސާންތެރިކަމެއް ބޭނުމެއްނޫން!.. އެކަނި ހާލަށް އުޅެން ދޫކޮށްލާ..”

“..އައި އޭމް ސޮރީ..” ނަޒީލް ދެކަކޫ މައްޗަށް ތިރިވެ އިންޝާގެ އަތުގައި ހިފާލިއެވެ.

“..ސޮރީ ބުނީމަ ހުރިހާ ކަމެއް ހަމަވީ..” އިންޝާ އަތް ދަމައިގަތެވެ. “..ރޭގަ ނަޒީލްކުރި މުޑުދާރު ކަންތައްތައް ދުވަހަކުވެސް ނުވާކަމަކަށް ހެދިދާނެތަ! ނަޒީލްއަށް ކޮން އެއްޗެއް މަދުވެގެން ތި ވައްތަރަށް ތި ތެޅުނީ.. މަ ކޯއްޗެއް ނުދޭތީ ހިލޭ އަންހެނެއް ގަޔަށް އަރަން ދިމާކުރީ! އެވެސް ނަޒީލްގެ ކޮއްކޮއެއްފަދަ ކުއްޖަކާއެކު! އެވަރުން ނުވެގެން މަށަށް ހަދާލިގޮތް ހަނދާންކޮށްބަލަ! މަގައިގަ ނެތޭ ހިރިލާނެ ވަރުވެސް! އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން ނަޒީލް އަހަރެންނަށް އަނިޔާވެރި ވެދާނެކަމަކަށް! ކީއްވެ ނަޒީލް ތިހެންތިހެދީ؟ ކީއްވެގެން އެހާ ނުބައި މީހަކަށްވީ؟ އަނިޔާވެރިޔަކަށް ވީ ކީއްވެ؟ ކީއްވެގެން؟..”

އިންޝާގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށުމާއެކު އަވަސް އަވަހަށް އެސްފިޔަ ޖަހައިލިއެވެ. ނަޒީލްގެ މޫނަށް ނުބަލަންވެގެން ދުރު ބަލާލިއެވެ.

“..އަހަރެންނަކަށް ނޭގެ އެކޮޓަރިއަށް ދެވުނު ގޮތެއްވެސް..” ނަޒީލް ދެރަވެލާފައި ބުންޏެވެ. “..އަހަންނަށް ކުރެވޭ ކަންތައް އެނގުންނަމަވެސް އެކަންތައްތައް ނުހުއްޓުވުނީ.. ހީވީ އެހެން ބާރަކުން އަހަރެން ލައްވާ އެކަންތައް ކުރުވިހެން.. އިންޝާއަށް އަނިޔާވެރިވެވުން އިރުވެސް އެތައް ފަހަރަކު ހުއްޓުވަން އުޅުނިން.. އެކަމެއް ނުވި.. ނިހާއަށްވެސް އަނިޔާވެރި ވެވުނީ ނޭގިގެން.. މާފުކުރޭ ޕްލީޒް..”

“..ނަޒީލް ދޮގު ހަދަންނޫޅޭ..” އިންޝާ ކަރުނަތައް ފޮހެލަމުން ބުންޏެވެ. “..ނަޒީލް ނިހާގެ ކޮޓަރިއަށް ދިޔައީ އަމިއްލަ އިޚްތިޔާރުގަ! ނަޒީލް ބޭނުންވެގެން! ކުރީރޭވެސް އެކޮޓަރިއަށް ވަނީވެސް ނަޒީލްކަން މަށަށް އެނގޭ! ނަޒީލް އަބަދުވެސް ނިހާއަށް ބަލަމުން އައީ ނުނިޔަތަކުން! އެކަންވެސް ތި ފޯނުގަ ހުރި ވީޑިޔޯތައް ފެނުނު ދުވަހު އެނގިފައި އޮތީ! ނަޒީލް ތީ މާ މާތް މީހެއްނޫނޭ! އެހެންނޫންނަމަ ނިހާ ފެންވަރާތަން ވީޑިޔޯ ކޮށްގެން އެބަލާކަށް ނުގެންގުޅޭނެ! ލަދުގަނޭ ނަޒީލްގެ އަނތްބަކަށް މަ ވީތީވެސް..”

ނަޒީލްގެ ވާހަކަތައް އިންޝާ ޤަބޫލުނުކުރާނެކަން އެނގުމުން އޭނާއަށް އިސްދަށަށް ޖަހާލެވުނެވެ. އެހެނަސް ނަޒީލް ހެދީ ދޮގެއްނޫނެވެ. ރޭގައި ހިނގާދިޔަ ހުރިހާކަމެއް ހިނގީ ނަޒީލް އެގޮތް ބޭނުން ވެގެނެއްނޫނެވެ. އިންޝާއަށް އަނިޔާވެރިވުން އެއީ އޭނާ ކުރަން ބޭނުންވި ކަމެއް ނޫނެވެ. ނަޒީލަށް އެކަންތައް ކުރެވުނީ ހަށިގަނޑު ތެރެއަށް ވަތް މަޙްލޫޤް އެގޮތް ބޭނުންވާތީއެވެ.

************

މެންދުރު ބަންގި ގޮވިއިރުވެސް ނިހާގެ ހަބަރެއް ނެތުމުން ނިކާލް ކަންބޮޑުވިއެވެ. އެންމެ ލަސްވެގެން 10 ޖަހާލައިހާއިރު ނިހާ ހޭލާނެއެވެ. ނިހާއަށް ކަމެއްވީބާއޭ ހިތަށް އެރުމާއެކު ނިކާލަށް ނުހުރެވިގެން ގޮސް ދޮރުގައި ޓަކި ދިނެވެ. ނިހާއަށް ގޮވަމުން ބާރަށް ދޮރުގައި ތެޅިއިރުވެސް ނިހާއަކަށް ނުހޭލެވުނެވެ. އެއްވެސް ހަބަރެއް ނުވިއެވެ. ނިހާއަކީ އެހާ ނިދި ގަދަ ކުއްޖެއްނޫންކަން ނިކާލަށް އެނގެއެވެ. ކޮންމެވެސް ކަމެއް ނިހާއަށް ވެއްޖެއެވެ. ނިކާލް ދުވެފައި ދިޔައީ ޞަފިއްޔާގެ ގާތަށެވެ. ނިކާލް އެދުނީ ނިހާގެ ކޮޓަރީ ތަޅުދަނޑި ދިނުމަށެވެ. ޞަފިއްޔާވެސް ހުރީ ނިހާއަށް ވީ ގޮތެއް ނޭގި ކަންބޮޑުވެފައެވެ.

ނިކާލް ތަޅުދަނޑި ހިފައިގެން އައިސް ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރުން ނިކާލްގެ ފައިދަށުން ބިންގަނޑު ދެމިގަނެގެން ދިޔަހެން ހީވިއެވެ. އެނދު ކައިރިއަށް ބަނޑުވަތަށް ނިހާ ވެއްޓިފައި އޮތް އިރު އޭނާގެ ހަށިގަނޑުގައި އެއްވެސް ނިވާކަމެއްނެތެވެ. އެދޮން ހަށިގަނޑު އޮތީ ހާމައަށެވެ. ނިކާލް އެތެރެއަށް ދެމިގަތީ ބާރަށް މަންމައަށް ގޮވާލަމުންނެވެ. ނިހާގެ ގައިމަތީގައި ބެޑްޝީޓް އަޅާލިއިރު އޭނާ ތުރުތުރު އަޅައެވެ. ނިކާލް ނިހާގެ ގާތުގައި އިށީނެވެ. މަންމައަށް އަނެއްކާވެސް ގޮވާލެވުނެވެ. ނިހާއަށް ގޮވަމުން އުއްޑުން ޖަހާލުމާއެކު ކަރު ދަށުގައިވާ ވަކީގެ ނިޝާންތައް ފެނުނެވެ. ނިހާއަށް ގޮވާގޮވާ ހަބަރެއް ނުވުމުން ނިހާ ނޭވާލާތޯ ބަލާލިއެވެ. ނިހާ ނޭވާނުލާހެން ހީވުމާއެކު ނިކާލްގެ ވަށައިގެން މުޅި ދުނިޔެ ބާރަށް އެނބުރި ގަތްހެން ހީވިއެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ ނިކާލްގެ ލޮލަށް ކަރުނަ ޖަމާވެގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ކުރިން އެނގުނުނަމަ (ދިހަވަނަ ބައި)

Next

ބޮސް ދޭހާ ލޯބިވޭ

Next
January 25, 2018

ބޮސް ދޭހާ ލޯބިވޭ

Previews
January 24, 2018

ކުރިން އެނގުނުނަމަ (ދިހަވަނަ ބައި)

28 Comments!

  1. R@! says:
    January 25, 2018 at 5:51 am

    Mibaivess v reethi?

    1. nishan says:
      January 25, 2018 at 11:24 am

      thank you Rai 🙂

  2. ®@@ñ! says:
    January 25, 2018 at 9:39 am

    Varah reethi mibai vx waiting for next part

    1. nishan says:
      January 25, 2018 at 11:25 am

      thank you Raani 🙂

  3. Leo3910 says:
    January 25, 2018 at 9:39 am

    Wowwwww luv it a lot

    1. nishan says:
      January 25, 2018 at 11:25 am

      thank you Leo 🙂

  4. Sana says:
    January 25, 2018 at 12:41 pm

    Waau Waau Waau varah reethi??????????????
    When next part?

    1. nishan says:
      January 25, 2018 at 2:07 pm

      thank you sana 🙂
      next part sunday ga in shaa allah!

  5. Jai says:
    January 25, 2018 at 12:41 pm

    Varah reethi ..next part kon dhuvahakun?

    1. nishan says:
      January 25, 2018 at 2:07 pm

      thank you jai 🙂
      next part sunday kiyaalan libeyne ..

  6. Koko says:
    January 25, 2018 at 1:04 pm

    Keep it up vaahaka vara furihama ❤❤❤

    1. nishan says:
      January 25, 2018 at 2:08 pm

      thank you koko thi dhehva support ah 🙂

  7. Pinky shifoo says:
    January 25, 2018 at 1:16 pm

    Wow… Very nice ????

    1. nishan says:
      January 25, 2018 at 2:08 pm

      thank you shifoo 🙂

  8. Curious says:
    January 25, 2018 at 6:08 pm

    Wow. Just wow.

    1. nishan says:
      January 25, 2018 at 8:15 pm

      Thank you curious 🙂

  9. chumpu says:
    January 25, 2018 at 7:43 pm

    Haadhavreechey v dhera ekm

    1. nishan says:
      January 25, 2018 at 8:16 pm

      Thank you chumpu 🙂

  10. Black beauty says:
    January 25, 2018 at 7:44 pm

    Varah inthixaar kurevey story eh mee i really loved ur hardworking

    1. nishan says:
      January 25, 2018 at 8:17 pm

      Thank you black beauty 🙂

  11. Mai says:
    January 25, 2018 at 11:32 pm

    Adhi kiriyaa mi vhk kiyaalevuny.. vv reethi mi story.. waiting for next part

    1. nishan says:
      January 27, 2018 at 2:35 pm

      Thanks Mai vaahaka kiyaalaafa thi dhehvi hiyaala 🙂

  12. ވޭނީ says:
    January 26, 2018 at 11:52 am

    varah furihama .. waiting for the next part !! one of the best stories mee in esfiya history ! keep it up

    1. nishan says:
      January 27, 2018 at 2:36 pm

      Thank you so much veyni 🙂

  13. Nazeera says:
    January 27, 2018 at 2:32 am

    Alhe week kun kun dho. Haadha derayey

    1. nishan says:
      January 27, 2018 at 2:39 pm

      Kykey tho?

  14. petite says:
    January 27, 2018 at 12:55 pm

    ވަރަށް ސަޅި މި ބައި ވެސް..ދެން އޮތް ބަޔަށް ވެއިޓް ކުރާނަން..އަވަހަށް އަޕް ކޮށް ދެއްޗޭ އިނގޭ???

    1. nishan says:
      January 27, 2018 at 2:38 pm

      Thanks petite 🙂 maadhama kiyaalan libeyne in Shaa allah

Comments are closed.

Next Episodeވަންހަނާ (އެގާރަވަނަ ބައި)←


All Right Reserved!