Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ޒާރާ (10)

Crystal Level 210 Stories100 Comments
January 23, 2018 4 Mins Read
16 Comments

ކުރީގެ އަދަދާއި ގުޅޭ:

” ޔެސް.. އޮފް ކޯޒް.. ވީއަރ ފްރެންޑްސް ނައު.. ” އެހެންބުނެފައި ޔަޒްދާންއަށް ބަލާލާފައި ޒާރާ ހިނިތުންވެލިއެވެ. އެހިނދު ޔަޒްދާން އެމޫނަށް ބަލައިލުމުން ފެނުނީ ހިތްހެޔޮކަމެވެ. ޒާރާގެ މޫނަށް އިރުކޮޅަކު ބަލަން ހުރެފައި ފުންނޭވައެއްލަމުން ޔަޒްދާން އެކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

އެވަގުތު ޒާރާ ގަޑިބަލާލިއެވެ. ގަޑިން 1:35 ވީއެވެ. މެންދުރުގެ ކެއުން ތައްޔާރުކޮށްގެން ހުރި ވަފިއްޔާއަށް ލަސްވެދާނެއޭ ހިތާ ޒާރާވެސް ބަދިގެ ފަރާތަށް ހިނގައިގަތެވެ.

ޒާރާއަށް ދެވުނުއިރު ޔަޒްދާން ތައްޓަކަށް ބަތް އަޅައިގެން ކާން އިނެވެ. ” މީރުދޯ މަންމަ ހަދާފަ ހުރި ބަތްގަނޑު.. ” ޔަޒްދާން ބޭނުންވީ ޒާރާ ލަަައްވާާ ވާހަކަ ދައްކުވާށެވެެ. އެެެެެހެންނަމަަަަަވެސް މިިިިިިިފަހަރު އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުން ފިޔަވައި އިތުރު ކަމެއް ޒާރާ ނުކުރެއެވެ.

” އަނެއްކާ ޒާރާ އަހަރެން ރައްޓެއްސެއްގެ ގޮތުގައި ނުބަލަނީބާ؟ ދެންމެ ކޮޓަރި ތެރޭގައި ހުރިއިރު ވާހަކަވެސް ދެއްކި.. މިފަހަރު ނުބުނޭ އެއްޗެއްވެސް.. ބޯޖަހާލުން ފިޔަވާ.. ހިތަށް އަރުވަންވީ ކީީކޭ ކަމެއްވެސް އަހަންނަކަށް ނޭނގުން.. އެކަމަކު އަދިވެސް އަހަރެން ޒާރާގެ ރައްޓެއްސަކަށް ވެވޭތޯ ބަލާނަން… ޒާރާ ލައްވާ އަހަންނާ ވާހަކަދެއްކުވޭތޯ އަހަރެން ބަލާނަން.. ” ޒާރާ އެއްޗެއް ނުބުނެ އިނުމުން މިކަހަލަ ފިކުރުތަކެއްގެ ތެރޭގައި ޔަޒްދާން އިނެވެ. ކައިނިމެންދެން ޒާރާވެސް އިނީ މަޑުމަޑުންނެވެ. ޔަޒްދާންވެސް ފަހުން ޒާރާއަކާ އެއްޗެއް ނުބުނެއެވެ.

ކައިނިމިގެން ތަށިދޮވެފައި ޒާރާ ކޮޓަރިއަށް ދިޔައިރުވެސް ޔަޒްދާންއަކަށް ނޭނގުނެވެ. ފިކުރުތަކުގެ ދުނިޔެއަށް ޔަޒްްދާންއަށް ވަދެވިފައި ހުރީ މާބޮޑަށެވެ.

” ދަރިފުޅާ.. އަދިވެސް ނުނިމޭތަ؟ ކޮން ފިކުރެއްގަ ތިއިންނަނީ.. މިހާރު ގިނައިރުވެގެން ގޮސް އަތްވެސް ތިއޮތީ ހިކިފަ.. ތަށިވެސް.. ބަތްކައި ނިމުނީމަވެސް ދަރިފުޅު ތިއިނީ.. ގެނޭ މަންމަ ތަށިދޮވެލާނަން.. އަވަހަށް އަތް ދޮވެލައިގެން ދެންދޭ.. ” ތަށިތަށް ނަގަން އައި ވަފިއްޔާއަށް ހުސް ތަށީގެ ތެރެއަށް އަތްލައިގެން ފިކުރުކުރަން އިން ޔަޒްދާން ފެނުނެވެ. ” ކަމެއް ނުވޭ މަންމާ.. ޖޮބް ކަމަކާ ވިސްނާލެވުނީ.. ” މިފަހަރު މަންމައަށް ކިޔާދޭކަށް ޔަޒްދާން ބޭނުމެއް ނުވިއެވެ. އިތުރު ސުވާލެއް ވަފިއްޔާ ކޮށްފާނެތީ އަވަހަށް އަތްދޮވެލައިގެން ޔަޒްދާން އޭނާގެ ކޮޓަރިއަށް ދިޔައެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ޒާރާ އެގެއަށް އައުމުން ވަފިއްޔާގެ އެކަނިވެރިކަން ފިލަމުން ދިޔައެވެ. ވަފިއްޔާއަށް ޒާރާ ސިފަކުރެވެނީ އޭނާގެ އަމިއްލަ އަންހެން ދަރިއެއްގެ ގޮތުގައެވެ. އަދި ގާތް އެކުވެރިއެއްގެ ގޮތުގައެވެ. ވަފިއްޔާކުރާ މަސައްކަތްތަކުގައި ޒާރާވެސް، ޒާރާއަށް ވީވަރަކުން އެހީތެރިވެދީ ހަދައެވެ.

ޝައިހާވެސް ހުންނަނީ ޒާރާ އެގެއަށް އައުމުން ނުހަނު އުފާވެފައެވެ. ވަފިއްޔާ އާއި ޝައިހާއާ އެކީ މަޖާވާހަކަދައްކައި ހީސަމާސާކޮށް އުޅުނު ކަމުގައިވިއަސް ޔަޒްދާން އުޅޭ ފަހަރުފަހަރުގައި ޒާރާ ހުންނަނީ މަޑުންނެވެ. ޔަޒްދާން ހުންނަނަމަ ޝައިހާވެސް ޒާރާއާ ދުރަށްނުގޮސް ހުރެވޭތޯ ބަލައެވެ. އެހެންނަމަވެސް ޒާރާ ޔަޒްދާންއަށް ހިނިތުންވެލައި ވާހަކަދައްކާލާ ހަދައެވެ. އަދި ބައެއްފަހަރު، ވަފިއްޔާ ނޫނީ ޔަޒްދާން ބުނުމުން ހިތްހެޔޮކަމާއެކު ސައި، ކޮފީފަދަ ތަކެތި ހަދައިގެންވެސް ޔަޒްދާންއަށް ގެންގޮސްދެއެވެ. އެކަމަކު ޒާރާ، ވަފިއްޔާމެންނާ ވާހަކަދައްކާގޮތަށް ގާތްކޮށް ޔަޒްދާންއާ ވާހަކަދައްކައެއް ނޫޅެއެވެ.

ޒާރާއާއި ޝައިހާ މަޖާވާހަކަ ދައްކަން ތިބި ދުވަހެކެވެ. އެވަގުތު ޔަޒްދާންއަށްވެސް ގެއަށް އާދެވުނެވެ. ޝައިހާގެ ކޮޓަރިތެރެއިން ދެމީހަކު  ވާހަކަދައްކާ އަޑުއިވޭތީ، އެކޮޓަރި ދޮރުހުޅުވާފައި ހުރުމުން ޔަޒްދާން ކޮޓަރީގެ ދޮރުމަތީގައި ހުއްޓުނެވެ. އެހެންނަމަވެސް ޒާރާމެންނަށް ޔަޒްދާންއެއް ނުފެނެއެވެ.

” ހެހެ.. ޒާރާ ދައްތާ.. އަދި ވަރަށް މަޖާ އެއްޗެއް ދައްކަންތަ؟”  ކޮންމެވެސް ވާހަކައެއް ދައްކަން އިނދެފައި ޝައިހާ އެހެން ބުނާއަޑު ޔަޒްދާންއަށް އިވުނެވެ. ” އާނ.. އަޅެ ދައްކަބަލަ. ވަރަށް ބަލާހިތުން މިއިނީ. ” ޒާރާވެސް ޝައިހާ ދައްކަން އެއުޅޭ އެއްޗެއް ބަލާލާ ހިތްވިއެވެ.

” އެބަ އަންނަން ހިފައިގެން.. ” އެހެންބުނެފައި ޝައިހާ ދުވެފައިގޮސް އެކޮޓަރީތެރޭގައި ހުރި ކަބަޑެއް ހުޅުވާލާފައި، އޭގެ ތެރެއިން ކެމެރާއެއް ނަގައިގެންގޮސް، އަނެއްކާވެސް ޒާރާ ކައިރީ އިށީނދުނެވެ. ” ބަލާލަބަލަ.. ” ކެމެރާ އޮން ކޮށްލާފައި އޭގައި ވާއެއްޗެއް ޝައިހާ ޒާރާއަށް ދައްކާލިއެވެ.

ކެމެރާގައިވަނީ ޔަޒްދާންގެ މޭކަޕްކޮށްފައިވާ ފޮޓޯއެކެވެ. ޔަޒްދާންގެ ތުންފަތުގައި ގަދަރަތްކުލައިގެ ލިޕްސްޓިކް ކާއްތާލާފައި ހުރިއިރު، ތުންފަތުން ބޭރުގައިވެސް ހޭކިފައި ހުއްޓެވެ. ޔަޒްދާންގެ ހަމުގެ ކުލައާ ނުގުޅޭގޮތަށް ހުރީ މާ ކުލައަލި ފުށެއް ޖަހައިފައެވެ. ކޮލުގައި މަޑުފިޔާތޮށި ކުލައިގެ ބްލަޝް އެއްވެސް ޖައްސާފައި ހުއްޓެވެ. އެކަމަކު ކޮލުގައި ބްލަޝް ޖައްސާފައި ހުރީ ދެކޮލުގައި ދެވަރަށެވެ. ބުމަވެސް ވަރަށް ދިގުކޮށް ފުޅާކޮށް ކަޅުކުލައަކުން ފަވާލެވިފައިވެއެވެ. އެސްފިޔަތަކުގައި ހުރީ މަސްކަރާވެސް އަޅާލާފައެވެ. ޔަޒްދާންގެ ބޮލުގެ އިސްތަށިގަނޑުވެސް ހުރީ ގަދަކަމުން ކަހަލަ ގޮތަކަށް މެދުން ދެފަރާތަށް ފުނާއަޅުވާފައެވެ. އެގޮތަށް ދެފަރާތުން ވަރަށް ކުޑަ އިސްތަށިކޮޅެއް ޕެކެނަކުން އައްސާލާފައި އިނެވެ.

މިހުރިހާ މަންޒަރެއް ރަގަޅަށް ފެނުމުން ބިނދެބިނދެފައި ޒާރާ ހޭންފެއްޓިއެވެ. ދޮރުމަތީހުރި ޔަޒްދާންވެސް ޒާރާއާ ދިމާއަށް ބަލަން ހުރީ އަޖައިބުވެފައި، އެހެނަސް އުފާވެފައެވެ. ވީ ކިހިނެއްކަން ނޭނގުނަސް ޒާރާ އުފާވުމުން އޭނާވެސް އުފާވީއެވެ. ޒާރާ އެވަރަށް ހީހީފައި އުޅޭތަން މިއީ ޔަޒްދާންއަށް ފެނުނު ފުރަތަމަ ފަހަރެވެ.

” އަހަރެން ބޭނުމީ ޒާރާ އަބަދުވެސް މިގޮތަށް އުޅެން.. އަބަދުވެސް އުފަލުގައި އުޅެން.. ” ޔަޒްދާންގެ ހިތަށް އެރިއެވެ. ހެމުންހެމުން ދިޔަ ޒާރާއަށްވެސް އެވަގުތު އެއްލުނު ކަޅިއަކުން ުޔަޒްދާން ދޮރުމަތީ ހުއްޓާ ފެނުނެވެ. އެއާއެކު ޒާރާ ހުނުން ހުއްޓާލިއެވެ.

” އެހެރީ ޝައިހާގެ ދޮންބެ.. އަވަހަށް ކެމެރާ ފޮރުވާ.. ” ޒާރާ ހަމައެކަނި ޝައިހާއަށް އަޑުއިވޭވަރަށް ބުނެލިއެެވެ. އެއާއެކު ޝައިހާ ޔަޒްދާންއާ ދިމާއަށް ބަލާލާފައި، ކެމެރާ ހިފައިގެން ދުވެފައިގޮސް ކޮންމެސް ތަނަކަށްލާ ފޮރުވިއެވެ. ޒާރާއާ ދިމާއަށް އަޖާއިބުވެފައި ބަލަންހުރި ޔަޒްދާންއަކަށް އެކަމެއްވެސް ނޭނގުނެވެ. ޔަޒްދާން އެކޮޓަރިއަށް ވަންނަން އުޅުމުން ޝައިހާ ކައިރީ ދެން ދަނީއޭ.. އެހެންފަހަރަކުން އަންނާނަމޭ ބުނެފައި ޒާރާ ނިކުންނަން ހިނގައިގަތެވެ. ޔަޒްދާންއާ އަރާ ހަމަވުމުން ޒާރާއަށް ޔަޒްދާންއަށް ބަލާލެވުނެވެ. ކެމެރާގައިވާ ފޮޓޯ މަތިން ހަނދާންވުމާއެކު ޒާރާއަށް ހޭންފެއްޓުނެވެ. ހެވޭވަރުން، އެންމެފަހުން އަނގަމަތީ އަތްއަޅައިގެން ހުރެގެން ޒާރާ އެކޮޓަރިން ބޭރަށް ނުކުތެވެ.

ޒާރާ ހެމުންދިޔަ ސަބަބު ނޭނގުނަސް ޔަޒްދާންއަށްވެސް ހުރެވުނީ ހެވިފައެވެ. ޔަޒްދާން އައިސް ޝައިހާގެ ގާތުގައި އިށީނެވެ. އެއާއެކު ޝައިހާ ޔަޒްދާންއަށް ބަލާލާފައި ތުން އަނބުރާލަމުން އަނެއްފަރާތަށް މޫނުވެސް އަނބުރާލިއެވެ.

” ޝައިކޮ ކޮންވާހަކައެއް ތިދައްކަނީ؟ ކީއްވެ ޒާރާދައްތަ އެ ހެނީ؟ ” ޖަވާބެއް ލިބޭތޯ ޔަޒްދާން އަހައިލިއެވެ. ” ދޮންބެ ކައިރިއަކު ނުބުނާނަން.. އެއީ ސީކްރެޓްއެއް.. ” ޝައިހާ އިނީ މޫނުކުނިކޮށްލައިގެންނެވެ. ” ދޮންބެދެކެ ވަރަށް  ފޫހިވޭ.. ދޮންބެ އައިމަ ޒާރާ ދައްތަ އެދިޔައީ.. ” ހިތާހިތާ ޝައިހާ ކިޔާލިއެވެ.

ޝައިހާގެ ފަރާތުން ރަގަޅު ޖަވާބެއް ނުލިބުމުން ޔަޒްދާންވެސް އެކޮޓަރީގައި ދެން އިތުރަށް މަޑުކުރާހިތެއް ނުވިއެވެ. އޭނާގެ ކޮއްކޮ ޝައިހާއަކީ ސިޔާސަކޮށް އުޅޭ ކުއްޖެކެވެ. އަދި އެވަރަށް ވާދަވެސް ކިޔާ ކުއްޖެކެވެ. އެހެންނަމަވެސް ފަހަކަށް އައިސް ޝައިހާގެ ވާދަކިޔުމާއި ދޮންބެއަށް އެއްޗެހިކިޔުން ވަނީ އިހުނަށްވުރެ ބޮޑުވެފައެވެ. އެކަމަކު، ޔަޒްދާން އެކަމާ މާބޮޑަށް އަޅައެއް ނުލައެވެ. އެއީ މަދަރްސާގައި ޝައިހާގެ ކިލާހު ކުދިން އުޅޭ ގޮތޭ ޔަޒްދާންގެ ހިތަށް އެރިއެވެ. ކިލާހު ކުދިން އެގޮތަށް އުޅެންޏާ ޝައިހާއަށްވެސް އެގޮތް ދަސްވާނެތާއެވެ. ޝައިހާ އަދިވެސް ތަންކޮޅެއް އުމުރުން ބޮޑުވީމާ އެގޮތް ކެނޑޭނެއޭ ހިތަށް އަރުވަމުން ޔަޒްދާން އެކޮޓަރިން ނުކުތެވެ.

***********************

” ހަލޯ؟ ޒާރާ.. ކޮބާ ކިހިނެއްތަ؟ އަހަރެމެން މަތިން ހަނދާނެއްވެސް ނުވޭދޯ؟ ” ޒާރާ އެކޮޅުން ފޯނުނެގުމާއެކު ރިޔާ، ޒާާރާއާާ ދިމާާކޮށްލާ ހިތްވިއެވެ. ” ނޫނޭ.. ގުޅީމެއްނު.. ރަގަޅޭ.. ރިޔާ ކިހިނެއް؟ މިހާރު އިރުފާންބެ މަންމަ އޯކޭތަ؟ ” އެއްފަހަރާ އެތައް ސުވާލުތަކެއް ޒާރާ ރިޔާއާ ކުރިމަތިކުރުވިއެވެ. ” އާނ.. އިނގޭ.. އެކަމަކު އޭރު ބިޒީކަމުން ހަމަ ގުޅާލަންވެސް ނޫޅެވުނީ.. ހޮސްޕިޓަލްގައި އުޅެން ޖެހުނީ.. މިހާރު މަންމަ ރަނގަޅޭ.. ދެހަފްތާ ވެއްޖެ މަންމަ ގެއަށް ފޮނުވާލިފަހުން.. އެކަމަކު އަދިވެސް އަރާމު ކުރާށޭ ޑޮކްޓަރ ބުނީ.. އިރުފާންގެ ކޮއްކޮ އަނީގާވެސް މިހާރު މިގެއަށް ބަދަލުވެއްޖެ.. ފިރިމީހާއާ އެކީ.. އޭ.. އަސްލު ވަރަށް ބޮޑުވާހަކައެއް ބުނަން ވެގެންނޭ މިގުޅީ.. ޒާރާއަށް އިނގޭތަ؟ އަހަރެން ބަނޑުބޮޑު.. ” އުފަލުންގޮސް ރިޔާއަށް އެހެންބުނެވުނީ ވެސް ހަޅޭއްލަވައިގަނެފައެވެ. “އަސްލުވެސްތަ؟ އަލްހަމްދުލިއްލާހި.. ” ޒާރާވެސް ހުރީ ވަރަށް އުފާވެފައެވެ.

” އާނ.. ޑޮކްޓަރ ބުނީ 3 ވީކްސް އޯ.. އަނީމެން އެއައީވެސް އެހެންވެ.. އަހަރެން ވިހާ ގަދަވަންދެން ކޮންމެވެސް މީހަކު މަންމަގެ ކަންތައްތައްވެސް ބަލަހައްޓަން ޖެހޭނެއެއްނު.. އަނީ ބުނި އެއްކޮށް ދެން މި އައީއޯ.. ދެން މިލަދޫއަކަށް ނުދެވޭނެއޯ.. އަސްލު އަނީގެ ފިރިމީހާ އާކިފް އެއީ ނ.މިލަދޫ.. އާކިފްވެސް އެގޮތަށް އެއްބަސްވެގެން އެއައީ.. ދެމީހުންވެސް ވަަރަށް ރަނގަޅުވާނެ.. ” ރިޔާ ކިޔައިދިނެވެ.

” އެހެންތަ.. ހިތަށް އަރާ ރިޔާއަށް ލިބޭނީ ކޮންކަހަލަ ކުއްޖެއް ބާއޭ؟.. ކުޑަކުޑަ ރިޔާއެއް ކަންނޭނގެދޯ ލިބޭނީ.. ” ޒާރާ ރިޔާއާ ސަމާސަކޮށްލިއެވެ. ” އަހަންނަށް އޯކޭ ކޮންމެކަހަލަ ކުއްޖަކަސް.. ބޭބީ ލިބެން އުޅޭ ދުވަސްކޮޅު ޒާރާ އަންނަންވާނެއެއްނު މިކޮޅަށް.. އޭރަކަށްނު ޒާރާއަށްވެސް ފެންނާނީދޯ.. ” ރިޔާ ބޭނުންވީ އަނެއްކާވެސް އެރަށަށް ޒާރާ ގެންދާށެވެ.

” ދެން ބަލާނީދޯ.. އަހަރެންވެސް ބޭނުން ބޭބީ ބަލާލަން ދާން.. ކޮން މަހެއްގައި ވިހަނީ؟ ” ޒާރާވެސް މިފަހަރު ދާންބޭނުންވިއެވެ. ” ޖެނުއަރީ 20 ގައި. ” އެމަހާއި ދުވަސް ރިޔާ ޒާރާއަށް ބުނެދިނެވެ. ” އަޅޭ.. އެހެންތަ؟ ވަރަށް ދެރަކޮށް އެ ދިމާވީ.. ޓިއުޝަން ކިލާހުގައި ދެއާންޓީއިން ޖެނުއަރީގައި ޗުއްޓީ ނަގާނެ.. އަހަރެން އިންނާނީ ޑިސެމްބަރ ޗުއްޓީއަށްލާފަ. އެކަމަކު ތިންދުވަސް ނޫނީ ހަތަރުދުވަހަށް ދެވިދާނެ ކަންނޭނގެ.. ކުޑަ ލީވްއެއް ނަގައިގެން.. ” ޒާރާ ވިސްނާލާފައި ބުނެލިއެވެ.

” ނޫނޭ.. ޒާރާ.. އެހެންވިއްޔާ މަޑުކޮށްލާ.. ބޭބީ ލިބުނީމަ އަހަރެމެން އަދި ދާނަން ތިކޮޅަށް.. ނޫނީ ފަހަރެއްގައި ވިހަންވެސް ތިކޮޅަށް ދާންޖެހިދާނެ.. އެހަށް ބަލާލާފައި ދޯ.. ” ރިޔާވެސް ވިސްނާލާފައި މޮޅުގޮތެއް ބުނެލިއެވެ.

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

ނޫރު (ހަތާވީސްވަނަ ބައި – ދިގުކުރެވިފައި)

Next

ޝީން

Next
January 24, 2018

ޝީން

Previews
January 23, 2018

ނޫރު (ހަތާވީސްވަނަ ބައި – ދިގުކުރެވިފައި)

16 Comments!

  1. maikko says:
    January 24, 2018 at 12:14 am

    Varah reethi ???

    1. Crystal says:
      January 24, 2018 at 9:42 am

      Thank you maikko ?

  2. Golhaabe says:
    January 24, 2018 at 12:17 am

    Vaahaka genesdhyfa ingoii varah rangalhu….good job

    1. Crystal says:
      January 24, 2018 at 9:51 am

      Thankyou ☺

  3. Hairaan says:
    January 24, 2018 at 12:41 am

    Wow varah reethi

    1. Crystal says:
      January 24, 2018 at 9:44 am

      Thank you.. Hairaan ?

  4. aish_@ says:
    January 24, 2018 at 12:52 am

    alheyyyy.when next part..vr reethi?

    1. Crystal says:
      January 24, 2018 at 9:45 am

      Thank you aish.. next week ☺

  5. Sana says:
    January 24, 2018 at 12:45 pm

    Varah reethi but varah sad week eh ga one part up veema ??????
    But then ok ?

    1. Crystal says:
      January 24, 2018 at 12:51 pm

      Yeah.. bxy koh ulheythy evarah type nukureveny..

    2. Crystal says:
      January 24, 2018 at 3:03 pm

      Thank you ☺

  6. Pinky shifoo says:
    January 24, 2018 at 2:11 pm

    Hii crystal ??.. Mi part vx nice.. Please try to upload the story soon..

    1. Crystal says:
      January 25, 2018 at 11:27 pm

      Iraadha kurehviyya varah avahah upvaane ☺

    2. Crystal says:
      January 25, 2018 at 11:28 pm

      Thank you ☺

  7. Emaa says:
    January 24, 2018 at 4:40 pm

    Varah reethi

    1. Crystal says:
      January 24, 2018 at 6:25 pm

      Thank you Emaa ☺

Comments are closed.


All Right Reserved!