Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ އަސަރު 11

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
January 24, 2018 9 Mins Read
45 Comments

ރީމްއަށް އަތް މުއްކަވާލެވުނީ ވަމުންދާ ދެރަ ރުޅިއަށް ބަދަލުވެގެން ދާތީއެވެ. ޝަނުމްއަށް އޭނާގެ ހިތް ރޮއްވާލުމުގެ އެއްވެސް ހައްގެއް ނެތްކަމުގައި ރީމް ގަބޫލުކުރެއެވެ. އޭނާ ޝަނުމްގެ ދެކެ ވަނީ ހަގީގީ ލޯބިކަން ފާޅުކުރުމުންވެސް ޝަނުމްއަށް އެކަން ބަލައިނުގަނެވުނެވެ. ލޮލުން ކަރުނަ ހިލާލީ އެހެންވެއެވެ.

ލޯތްބަކީ މިހާ އޮޅުން ބޮޅު އެއްޗެއް ހެއްޔެވެ؟ ލޯތްބަކީ ވޭން ހުރި އެއްޗެއްކަން ރީމްއަށް ދަސްވެފައި މިވަނީ މިއަދަކު ނޫނެވެ. ފުރަތަމަ ގުޅުން ބޭއްވި ކުއްޖާ ރީމް މުޅިން އެހެން މީހަކަށް ބަދަލުކޮށްލައިފިއެވެ. މަޑު މަޑު ހިތް ހަލާކުކޮށްލީ ދިން އަނިޔާއިންނެވެ. ލޯތްބަކީ ކޯއްޗެއްކަން އޮޅުވާލައިގެންނެވެ. އެހެންކަމުން މިއަދު އެފުރުސަތު އޭނާގެ ހިތަށް ދޭން ރީމް ބޭނުމެއް ނުވެއެވެ. އޭނާއަށް ލިބުނު ހިތާމައިން ހިތްވަރު ހޯދައިގެން ޝަނުމްގެ ލޯބި ހޯދާނެކަން ޔަގީނެވެ. އެއްވެސް މީހަކަށް އެދެމެދަށް ނުވަދެވޭހާ ގާތަށް ޝަނުމްއަކީ އޭނާގެ މީހަކަށް ހަދާނެއެވެ.


 

އެދުވަހުގެ މެންދުރު ވަގުތެވެ. ހެނދުނު ދިޔަ ގޮތަށް އަޝްވިންއަށް ހުސްވަގުތު ކޮޅެއް ލިބުނީ މެންދުރު ނަމާދުގެ ވަގުތަށެވެ. ނަމާދުކޮށްލައިގެން އަޝްވިން ގެޔަށް ދިޔައިރު ހިންދު އެގޭގައި އުޅެއެވެ.

“ހިންދު” އީޝް ގޮވައިގެން ކުޅެން ހުރި ހިންދު ފެނުމުން އަޝްވިން ގޮވާލިއެވެ. ހިންދުއަށް އޭނާގެ ނަން އިވުމުން ކުރިމައްޗަށް ބަލާލި ވަގުތު އަޝްވިން އެދިމާލަށް އަންނަމުން ދިޔައެވެ. ހިންދު އީޝް އުރާލައި އެދޭތެރެއަށް ހުރަހެއް ގެނެވޭތޯ އުޅުނެވެ.

“އަހަރެންނާއި ވާހަކަދެއްކުންވެސް ހުއްޓާލީ ދޯ މިހާރު” އަޝްވިން ހުރީ ހިންދުއާއި ދެތިން ފިޔަވަޅު ދުރުގައެވެ.

“އަޝްވިންއެއްނު ބުނީ ދުރުގަ އުޅޭށޭ” އަޝްވިންއަށް ބެލުމެއް ނެތި ހިންދު މަޑުމަޑުން ބުނެލިއެވެ.

“އާން އަހަރެން ބުނިން ދުރުގަ އުޅޭށޭ.. އަދި ހިންދުއާއި ދިމާލަށް ކިޔައިގެން ނުވާނެ އެއްޗެހިވެސް ކީން.. އެކަމަށް މާފަށް އެދެން.. ” އަޝްވިން ބުނެލިއެވެ.

“ހިންދު ފޮރުވައިގެން ތިއުޅޭ ހުރިހާ ހަގީގަތެއް އަހަންނަށް އެގިއްޖެ މިހާރު” ކުޑައިރުކޮޅެއްގެ ހަމަހިމޭން ކަމަށް ފަހު އަޝްވިން ބުނެލީ ހިންދުގެ ހަރަކާތްތަކަށް ސަމާލުކަން ދެމުންނެވެ. އޭނާ އެހެން ބުނުމާއި އެކު ހިންދުގެ ހިތުގައި ރާޅުބާންޏެއް ކަހަލަ އިހުސާސެއް ކުރެވިގެން ދިޔައެވެ.

“ހިންދުއަށް ޖިންސީ އަނިޔާކުރީ ކާކުކަންވެސް އެނގޭ” ހިންދުއާއި ދިމާލަށް ދެތިން ފިޔަވަޅު ކުރިއަށް އަޅާލަމުން އަޝްވިން ބުނެލިއެވެ.

ހިންދު ހަރާކަތްތައް ގާތުން ބަލަމުން ދިޔަ އަޝްވިންއަށް އޭނާއަށް ލިބުނު މައުލޫމާތަކީ ތެދުކަން ޔަގީންކުރަން ބޭނުމެވެ. ހިންދުގެ ދުލުންނެވެ. މީހަކު ބުނި އެއްޗަކަށް އޭނާގެ ނިންމުން ނިންމާކަށް އަޝްވިން ބޭނުމެއް ނޫނެވެ. އެޔަށްވުރެ ބޮޑަށް ހިންދުއަށް އޭނާގެ ހިތް އިތުބާރު ކުރެއެވެ.

“ހިންދު” ހުއްޓުން އަރާފައި ހުރި ހިންދުއަށް ގޮވާލަމުން އަޝްވިން ބުނެލިއެވެ. ހިންދުއަށް ހިޔާލީ ދުނިޔެއިން ބޭރުވެވުނީ ތިންވަނަ ފަހަރަށް އަޝްވިން އޭނާއަށް ގޮވާލުމުންނެވެ. އަވަސް އަވަހަށް އެސްފިޔަ ޖަހާލުމަށްފަހު ހަމަޔަކަށް އެޅެން މަސައްކަތް ކުރިއެވެ. ފުން ހިޔާލުން ބޭރުވެ އެތަނުން ދާން އުޅުނެވެ. ބޭޒާރުވެއްޖެކަމުގެ އިހުސާސް ކުރެވޭ ހާލުގައެވެ.

“ހިންދު މަޑުކޮށްބަލަ. އަހަރެން ބޭނުން މިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަން” ހިންދުގެ ފަހަތުން އެހެން ކިޔަމުން އަޝްވިން ދިޔައީ ބަދިގެޔަށެވެ.

އަވަސް ހިނގުމެއްގައި ގޮސް ބަދިގޭގެ ފުރިޖު ކައިރީގައި މަޑުކޮށްލި ހިންދުއަށް އޭނާގެ ފަހަތުން އަޝްވިން އައިކަން އެގުނީ އަޝްވިން އޭނާ ކައިރިއަށް ހުއްޓިލުމުންނެވެ. އަޝްވިން އިސްޖަހައިގެން ހުރި ހިންދުގެ ދަތްދޮޅީގައި ހިފައި އިސްއުފުލައި ދިނެވެ. އޭރު ކަރުނަތިކިތައް ހިންދުގެ ބޮޑު ދެލޮލަށް ޖަމާވަމުން ދިޔައެވެ.

“ހިންދު ހަމަޖެހިލަބަ.. އަހަރެން ނޫޅެމޭ އެންމެންގެ ތެރެއަށް ހިންދު ބޭޒާރުކޮށްލާކަށް.. އަހަރެން މިކަން އެގެން ބޭނުން މިވަނީ އަހަރެން ހިންދުއަށް އެހީވެދޭން ބޭނުންވާތީ” ތުރުތުރު އަޅަމުންދާ ހިންދުގެ ލޮލަށް ބަލާލަމުން އަޝްވިން ބުނެލިއެވެ.

“އަޝްވިންއަށް އަދި އެހެން އެއްވެސް މީހަކަށް މިއަދު އަހަންނަށް އެހީއެއް ނުދެވޭނެ.. ވަގުތު ފާއިތުވެއްޖެ” ކަނައަތު ލޮލަށް ޖަމާވި ކަރުނަތައް އޭގެ މަގާމް ދޫކޮށް ހިންދުގެ ކޮލުގައި ރޮނގެއް ކުރަހާލިއެވެ.

“ވަގުތު ފާއިތުވި ނަމަވެސް ހިންދު ތިހުރީ ލިބޭ އެތައް ހައްގުތަކަކުން މަހުރޫމްވެގެން. ހިންދުއަށް ލިބުނު އަނިޔާގެ ބަދަލު ހޯދަން ޖެހޭނެ. އެއީ ނުވާ ކަމަކަށް ހަދައިގެން އުޅުމުން ލިބޭ ގެއްލުން ހައްތަހާ ބޮޑުވާނީ” އަޝްވިން ބުނެލިއެވެ.

“ކީއްވެ މިކަން ސިއްރުކޮށްގެން ތިއުޅެނީ. އަހަރެން އެއްމެ ފުރަތަމަ ދުވަހުވެސް ބުނީމެއްނު އަނިޔާ ލިބޭ މީހެއް އެމީހެއްގެ ހައްގުގައި ތެދުވުމަކީ ކުށެއް ނޫނޭ.. ހިންދު ތިހެން ކަންތައް ކުރުމުން އެނިޔާކުރި މީހަކަށް ލިބޭ އިތުރު ހިތްވަރަކަށް ތިކަން ވާނީ. ހިންދު ޖެހޭނެ މިމައްސަލަ ކަމާ ބެހޭ ފަރާތްތަކަށް އަންގަން. އެހެންނޫނީ އިތުރު ބަޔަކަށް އަނިޔާ ލިބޭނެ، ކުށްވެރިވާނީ އަނިޔާ ދޭ ފަރާތެއް ނޫން. ހިންދުއަށް އެކަން އެގި ނުހުއްޓުވުމުން ހިންދުއަށްވެސް އެކުރެވެނީ ކުށެއް” އަޝްވިން ބުނެލިއެވެ.

“ހިންދުއަށް ނުކެރެންޏާ އަހަރެން މިކަން ރިޕޯޓުކޮށްލަފާނަން” އަޝްވިން އޭނާގެ ޖީބުގައި އޮތް ފޯނު ނެގިއެވެ.

“އަޝްވިން ނޫން” އަޝްވިން ފޯނު ނެގުމާއި އެކު ހިންދު އޭގައި ހިފާލަމުން ބުނެލިއެވެ.

“އާދޭސްކުރަން އަޝްވިން. އަހަންނަށް ދުވަހަކުވެސް ކަމެއް ކޮށްދެންޏާ މިވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނާތި.. އެހެންނޫނީ ………” ހިންދުއަށް ބުނެވުނީ އެހާ ހިސާބަށެވެ. ލިބެމުންދާ ހިތާމަޔާއި އެކު އަޑު ބެދިއްޖެއެވެ.

“އެހެންނޫނީ ކިހިނެތްވާނީ.. އަހަރެން ހީކުރީ ހިންދުއަކީ ތިއަށްވުރެ ބޮޑަށް އަމިއްލަ ހައްގުގައި ތެދުވާން ދަންނަ ކުއްޖަކަށް ވާނެ ކަމަށް. އެކަމަކު ތިހުންނަނީ އެހެންމީހެއްގެ ކުށުން އަމިއްލަ ނަފުސު ބޭޒާރުވެދާނެތީ ބިރުން.. އެކަން ކުރި މީހާއަށް ހިތްވަރު ތިދެނީ” އަޝްވިންއަށް ބުނެވުނީ އެހާ ހިސާބަށެވެ.

“ކީއްވެތަ ކޮންމެ ފަހަރަކު ތިކިޔަނީ އަހަރެން އެމީހަކަށް ހިތްވަރު ދެނީއޭ.. އަޝްވިން ހީކުރަނީތަ އަހަރެން އެކަން ކުރަން ދީގެން ހުންނަނީއޭ..” ހިންދުގެ އަޑު ބަދިގޭގައި ހިފާލިއެވެ. ހިންދުގެ ހިތާމަތައް ރުޅިއަށް ބަދަލުވެގެން ދިޔައީ އަޝްވިން ބުނަމުންދާ އެއްޗަކުން އޭނާ ކުށްވެރިކުރަން މަސައްކަތް ކުރާހެން ހީވެގެންނެވެ.

އަޝްވިން އިތުރަށް ހިންދު ކައިރިއަށް ޖެހިލިއެވެ.

“އެހެން ބުނެވުނީތީ މާފަށް އެދެން. އެކަމަކު ހިންދުއަށް ތިކަން ސިއްރުކޮށްގެން ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުވާނެ. އަހަރެން އެދޭހާވެސް ކަމަކީ ހިންދު ތިވާހަކަތައް މީހަކާއި ހިއްސާކޮށް އެހީ ހޯދުން. އެހެންނޫނީ ނޭނގި ނަމަވެސް އަނިޔާ ތިދެވެނީ އަމިއްލަ ނަފުސަށް” އަޝްވިން ހިންދުއަށް ވިސްނައިދެވޭތޯ އުޅުނެވެ. މިވީ ދުވަސްކޮޅު ތެރޭ އޭނާ ހިންދުއާއި ވާހަކަ ނުދެއްކިޔަސް ހިންދުގެ ހިޔާލުތަކާއި ދުރުނުވެއެވެ. ހަމްދަރުދީއާއި އެކީ އެހެން އިހުސާސެއް ކުރެވޭހެން ހީވާން ފަށާފިއެވެ.

“އަހަރެން މިވާހަކަ އަޝްވާއާއި ރީމް ނޫން އެހެން މީހެއް ކައިރީ ދައްކަން ބޭނުން ނަމަ އެވާހަކަ ހުރިހާ އެއްމެންނަށް އެނގިފަ އޮންނާނީ. އެކަމަކު އަހަރެން ގަޔަކު އެހިތްވަރެއް ނެތް. އެވާހަކައިގެ ހިޔާލު އަޔަސް އަހަރެންނަށް އެބިރުވެރިކަން ކުރިމަތިން ސިފަވާ ކަހަލަ.. ވިސްނެން ފަށަނީ އަހަރެން ހަގީގަތް ހާމަކޮށްފިނަމަ އޭގެން މަންމަމެންގެ ދިރިއުޅުމަށް ދިމާވެދާނެ ދައްޗަކަށް” ހިންދިރުވާލުމަށް ފަހު ހިންދު ބުނެލިއެވެ. އަރު ތެރޭ ތާށިވެފައިވާ ހިތާމާއިގެ އަސަރު މުޅި ހަށިގަނޑަށް ފެތުރިގެން ދިޔަ ކަހަލައެވެ.

“ހިންދު” އަޝްވިން ހިފާލީ ދެއަތް މޮޑެ މޮޑެ ހުރި ހިންދުގެ އަތުގައެވެ.

“އަހަންނަކަށް އެއްވެސް ވަރަކަށް ވަޒަން ނުކުރެވޭނެ ހިންދުއަށް ތި ލިބެމުންދާ ކެކުޅުންތަކެއް. އެކަމަކު އަހަންނަށް ޔަގީންކޮށް ބުނެވޭނެ އެއްވެސް މީހެއް ތި ހާލުގައި އުޅެން ބޭނުން ނުވާނެކަން. އެއީ މާޒީ.. މާޒީ ކިތައްމެ ހިތި ކަމުގައި ވިޔަސް މިއަދުގެ ހާލަތު ބަދަލުކުރުމުގެ ބާރު ހިންދު އަތުގައި އެބަ އޮތް. އެހައްގު ހިންދުއަށް ލިބިގެންވޭ.. މީހުން ހިންދުއަކީ ބަލިކަށި މީހެއް ކަމަށް ދެކުނަސް އަހަންނަށް ޔަގީން ހިންދުއަކީ ވަރަށް ކެރުންތެރި ހިތްވަރުގަދަ މީހެއްކަން. އެހެންވީމަ ބިރުން ނޫޅޭ.. އެހެން މީހަކަށް ނުކިޔައި ދެވޭނަމަ އަހަންނަށް ކިޔައިދީ.. ހިންދު އަށް އެހީވެދޭން ކުރެވެން އޮތްހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދެން…” އަޝްވިން މަޑުމަޑުން ވާހަކަ ދެއްކީ ހިންދުއަށް ވިސްނައިދެވޭތޯއެވެ.

“ހިންދު ބޭނުން ނަމަ އަހަރެން ތިކަން ސިއްރުވެސް ކޮށްދީ ފާނަން. އެކަމަކު އެއީ އަހަރެނަށް ވީ ހުރިހާ ކަމެއް ކިޔައިދީ އަހަރެންގެ އެހީތެރިކަން ބަލައިގަންނަ މަތިން” ހިންދުގެ ހާލަތަށްޓަކައި އަޝްވިންއަށް އެފަދަ ޝަރުތެއް ކުރުން މަޖުބޫރެވެ. އެހެންނޫނީ ހިންދުއަށް ލިބޭ ގެއްލުން ހައްތަހާ އިތުރުވާނެކަން ޔަގީނެވެ.

ދެމީހުންގެ މެދަށް ހަމަހިމޭންކަން ވެރިވިއެވެ. ހިންދު އަޝްވިންގެ ވާހަކަތަކާއި މެދު ވިސްނަމުން ދިޔައެވެ. ތެދެކެވެ. އޭނާއަށް ލިބޭ އަނިޔާ ސިއްރުކޮށްގެން އުޅުމުން ފަހުން ލިބޭ ގެއްލުން މާބޮޑު ވާނެއެވެ. ހަގީގަތާއި ކުރިމަތިލާން އެބަޖެހެއެވެ. ހިތްވަރު ކުރަން އެބަޖެހެއެވެ. ހަމްދަރުދީގެ ބަސްތަކެއް އަޝްވިންގެ ފަރާތުން ލިބުމުން ހިތަށް ހަމަޖެހުން ލިބިއްޖެކަން ކަށަވަރެވެ.

“މައްސަލައެއް ނެތް… އެކަމަކު އަހަންނަށް ކުޑަ ވަގުތުކޮޅެއް ދީ މިކަމާއި ދޭތެރޭ ވިސްނާލަން” ހިންދު ބުނެލިއެވެ.

“ހިންދު ބޭނުންވާ ވަރަކަށް ވަގުތު ދޭނަން.. އަހަރެން އިންތިޒާރު ކުރާނަން” އަޝްވިން ހިންދުއަށް ބަލާލަމުން ބުނެލިއެވެ.

“މެންދުރު ކައިގެންތަ ތިހުރީ” މައުޟޫ ބަދަލުކޮށްލުމުގެ ނިޔަތުގައި އަޝްވިން ބުނެލިއެވެ.

“އަދި ނުކަން… ގެޔަށް ދެވުނީމަ ކާނަން” ހިންދު ހިނިތުންވެލީ ދެންމެ ދެކެވުނު ވާހަކަތަކާއި މެދު މިވަގުތު ވިސްނަން ބޭނުންނުވާތީ އެހިޔާލުތަކާއި ދުރުވުމަށެވެ.

“ގެޔަށް ދެވޭއިރު މާ ލަސްވެދާނެ.. އާދޭ އަހަންނާއި އެކީ ކާން.. ” އަޝްވިން އެދުނެވެ. އަދި މޭޒުމަތީ ކާން ހަދާފައި ހުރި ތަށުތަކުގެ މަތިތައް ނަގައި ހުރިހާ އެއްޗެއް ހަމަތޯ ބަލާލިއެވެ.

“ދެމީހުން އެކަނި ތިއްބާ އަޝްވާމެންނަށް ފެނިއްޖެނަމަ ވަރަށް ދިމާކުރާނެ” ހިންދު ބަހަނާއެއް ދެއްކިއެވެ.

“އަޝްވާ މިހާރުވެސް ހުންނަނީ އަހަރެން ހިންދުއާއި ވާހަކަ ނުދައްކައިގެން ކަން ޔަގީން.. މީހުންނަށް ފެނުނަސް އެއީ މައްސަލައެއް ނޫނެއްނު.. އާދޭ އިށީދޭ” ކުރިމަތީ އިން ގޮނޑިއަށް އަތުން އިޝާރާތްކޮށްލަމުން ހިނިތުންވެލާފައި އަޝްވިން އެދުނެއެވެ.

އަޝްވިން އޭނާއަށް ބަލަހައްޓައިގެން ހުރުމުން ލަދުން ހުރެ ހިންދު ގޮނޑީގައި އިށީދެ ހަމަޖެހިލިއެވެ.

“ޖޮބެއް ލިބިއްޖެތަ މިހާރު” އަޝްވިން ތައްޓަށް ބަތް އަޅަމުން އަހާލިއެވެ.

“އަދި ނުލިބޭ.. ވަރަށް ގިނަ ތަންތަނަށް ލައިގެން މިއުޅެނީ.. އިންޓަވިއުއަށް ވެސް ގޮސްފިން ދެތިން ތަނަކަށް. އެއްވެސް ތާކުން ޖަވާބެއް ނުލިބޭ” އަޝްވިންގެ ގާތްކަން އިހުސާސްކުރެވި ހިންދުއަށް އަޝްވިންއާއި ވާހަކަ ދައްކަން ފަސޭހަވިއެވެ.

ދެމީހުން މިކަހަލަ ވާހަކާއިގައި ތިއްބާ އެތަނަށް ގޭގެ އެހެންމީހުން އައެވެ. އަސްރާރުއާއި ހަފީޒާ އާއި އެކީ މަލަކާއާއި ޝައިމްއެވެ.

“ބައްޕަމެން ބަހައްޓާފަ ދަރިފުޅުމެން ފެއްޓީދޯ” އެކެއް ޖަހާ އިރަކީ ގޭގެ މެންދުރު ކެއުން ފެށޭ ގަޑިއެވެ.

“އަޅުގަނޑުމެން ބަނޑުހައިވެފަ ތިބިވަރުން ފެށީ.. ބައްޕަމެންވެސް ބައިވެރިވެލައްވާ” އަޝްވިން ހިންދުއަށް ބަލާލުމަށްފަހު ބުނެލިއެވެ.

“ހިންދު.. އަޝްވާ ކޮބާ މިއަދު” ބުމަ މައްޗަށް އަރުވާލަމުން އަސްރާރު އަހާލިއެވެ.

“ކޮޓަރީގަހެން ހީވަނީ” ހިންދުއާއި ކުރި ސުވާލުގެ ޖަވާބު ދިނީ އަޝްވިންއެވެ.

“ހިންދު ކޮން އިރަކުން ކޯސް ފެށެނީ.. އަޝްވާ ބުނި މުދައްރިސު ކަމުގެ ކޯހޭ ހަދަން އުޅެނީ. އެއީ ތެދެއްތަ” އަސްރާރު އަހާލިއެވެ.

“މިއަންނަ އަހަރު ޖޫން މަހުގަ ކޯސް ފެށެނީ.. ” މިފަހަރުވެސް ޖަވާބު ދިނީ އަޝްވިންއެވެ.

“އަޝްވިންއަށް ހިންދުއާއި ބެހޭ ގޮތުން ހާދަ މައުލޫމާތެއް އެގެޔޭ.. އަނެއްކާ ދެކުދިން ގުޅުމެއް އޮންނަނީތަ” ދެމީހުން އެކުގައި ކާން ތިބުމާއި އެކީ ޝައްކުވެގެން އަސްރާރު އަހާލިއެވެ. އެޔާއި އެކު ބަތް ތައްޓަށް ބަލައިގެން ހުރި ހިންދުއަށް އަވަސް އަވަހަށް އަސްރާރުއާއި އަޝްވިންއަށް ބަލާލެވުނެވެ. އަޝްވިން އެއް މިޔަކުން ހީލަމުން ނޫނެކޭ ބުނެލިއެވެ.

ހިންދުގެ މައުލޫމާތުތައް ނުހޯދައި އަޝްވިންއަށް ނުުހުރެވެނީއެވެ. ހިންދު އަތުގައި ބޭސްއަޅަން ދިޔަ ދުވަހުން ފެށިގެން ހިންދުއާއި މެދު އެތައް ސުވާލުތަކެއް އުފެދެން ފެށުނެވެ. އޭރު އެއީ މާބޮޑު ކަމަކަށް ނުހެދި ނަމަވެސް މިއަދު ކަންތައް ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. އެއަނިޔާތަކުން ހިންދު ސަލާމަތްކުރަން ހިތް އެދެނީއެވެ. ހަމްދަރުދީއާއި އެކު ލޯބީގެ މަގާމެއްވެސް އަޝްވިންގެ ހިތުގައި ހިންދުއަށްޓަކައި އުފެދިއްޖެއެވެ.

“އަޝްވާ ވަރަށް ބޭނުންވޭ ހިންދު ފަހަރިއެއްގެ ގޮތުގަ މިގެޔަށް ގެންނަން” ޝައިމްއަށް ނުހުރެވިގެން ބުނެވުނެވެ.

“އެއީ ތެދެއްތަ ހިންދު.. އަޝްވާ އެކަނި ނޫން އަހަރަމެންވެސް ވަރަށް އުފާވާނެ ހިންދު މިގެޔަށް ތިކަހަލަ ހައިސިއްޔަތަކުން ބަދަލުވެއްޖެއްޔާ، ދޯ ހަފީޒާ” އަސްރާރު އޭނާގެ ތައްޓަށް ބަތް އަޅަމުން ދިޔަ ހަފީޒާއަށް ދޯ އެއް ދެމުން ބުނެލިއެވެ

“އާން.. ހިންދުއަކީ ވަރަށް އަހުލާގު ރަގަޅު މަޑުމައިތިރި ކުއްޖެއް.. އެކަހަލަ ކުދިން ލިބޭނީ ނަސީބުވެރިންނަށް” ހަފީޒާ އަސްރާރުއާއި އެއްބައިވެލަމުން ބުނެލިއެވެ.

ހިންދުއާއި އަޝްވިންއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އެހެންމީހުން ދައްކަމުން ދިޔަ ވާހަކަތަކުން ދެމީހުންވެސް ލަދުގަންނަވަރު އެބަވެއެވެ.

“އަޝްވިންއާއި ދެމީހުންތަ” މަލަކާ އޭނާ ކައިރީ އިން ހިންދުގެ އަތުގައި ކޮށްޓާލަމުން ސިއްރުން އަހާލިއެވެ.

ހިންދު އާއެކޭ ބުނަން ނުހަނު ބޭނުމެވެ. ނަމަވެސް އެފަދަ ގުޅުމެއް ނެތުމުން ނޫނެކޭ ބުނެލިއެވެ.

“ދެމީހުން ވަރަށް ގުޅޭ.. ވަރަށް ޕާފެކް ކަޕްލް އަކަށް ވާނެހެން ހީވަނީ” މަލަކާ ބުނެލިއެވެ. ޝައިމްގެ ފަރާތުންނާއި އަޝްވާގެ ފަރާތުން ހިންދު އަޝްވިން ދެކެ ލޯބިވާކަން އެގޭތީއެވެ.

 

ހިންދުއާއި އަޝްވިން ކާން ފެއްޓީ އެހެންމީހުންނަށް ވުރެ ލަހުން ކަމުގައި ވިޔަސް ދެމީހުން ކެއުން ނިންމާލީ އެއްމެނާއި އެކީގައެވެ. ހިންދު ކެއުން ނިންމާލުމަށްފަހު ތަށިތައް ދޮވެ މޭޒުމަތި ސާފުކުރުމުގައި ހަފީޒާއާއި މަލަކާއަށް އެހީވެ ދިނެވެ.

“ކޮބާތަ އަޝްވާ މިއަދު.. ކާންވެސް ނާންނަނީތަ.. އިއްޔެ ބުނި ޑައިޓެއް ފަށާ ވާހަކަ” މަލަކާ އަހާލިއެވެ.

“އަޝްވާ އެބައިން ރީމްއަށް ޕުރޮޖެކުޓެއް ހަދަން އެހީވެދޭން..ޑައިޓެއް ފެށިއަސް ހީވޭތަ ނުކައި ހުރެވޭނެހެން… މިހާރު އިންނާނެ ކޮންމެވެސް އެއްޗެއް ކާލަ ކާލާ” ހިންދު ހެމުން ބުނެލީ އަޝްވާގެ ގޮތް އެގޭތީއެވެ. ޑައިޓުގައޭ ބުނެ ކޮންމެ މަހެއް ފެށިއަސް މެދާއި ހަމައަށް ނުދެވެނީސް އަޝްވާއަށް އެކަން ހަނދާން ނެތެއެވެ.


 

ބަދިގޭގައި އެހެންމީހުން އުޅެމުން ދިޔައިރު އަޝްވާ އިނީ ލެޕްޓޮޕު ނަގައިގެން ރީމްއަށް އެއްޗެއް ކިޔައިދޭށެވެ. ރީމްގެ ޓެސްޓު ވަރަށް އަވަހަށް ފެށެން އުޅޭތީ އާއި އެކީ އޭނާއަށް ވެވެން އޮތް ގޮތަކުން އެހީވެދޭށެވެ.

“ހިނގާ ދެން ބުރޭކެއް ނަގަމާ.. ތިހުރިހާ އެއްޗެއް އެއްފަހަރާ ކިޔަން ފައްޓައިފިނަމަ އަހަރެންގެ ސިކުޑި ގޮވާފާނެ” އުނގުމަތީ އޮތް ބާލީހުން މޫނު ފޮރުވާލަމުން ރީމް ބުނެލިއެވެ. އޭނާއަކީ އެއް އިރެއްގައިވެސް ކިޔެވުމަށް މޮޅު މީހެއް ނޫނެވެ. އެނގޭހާވެސް އެއްޗެއް އެނގެނީ އަޝްވާއާއި ހިންދު ހުއްޓާނުލާ ކިޔާދޭތީ އެމީހުންގެ އަޑު ސިކުޑީގައި ހަރުލާފައި ހުންނާތީއެވެ.

“އޯކޭ.. އަހަރެންވެސް އަނގަ ވާޅުވާން ފަށާއިފި” އަޝްވާ ރީމް ކައިރީ އޮށޯވެލިއެވެ.

“ސުވާލެއްކޮށްލަންތަ” ސީލިންގަށް ބަލަހައްޓައިގެން އޮވެ އަޝްވާ އަހާލިއެވެ. ރީމް މަޑުމަޑުން ހޫމް އޭ ބުނެލިއެވެ.

” ލޯބި ވެވިއްޖެކަން އެގޭނީ ކިހިނެތް…” އަޝްވާ ފުން ހިޔާލެއްގެ ތެރޭގައި އޮވެ އަހާލިއެވެ. ރީމްއަށް ލޯބީގެ ނަން އިވުމާއި އެކީ ހިޔާލަށް އައީ ޝަނުމްއެވެ.

“ލޯތްބަކީ މީހެއް ފެނުމުން ހިތަށް ލިބޭ ހަމަޖެހުން.. އެކުގައި އުޅޭއިރު ލިބޭ ރައްކާތެރިކަން.. އެމީހެއް ހިނިތުންވެލުމުން ހިތް އުފަލުން ނަށާލުން… އެމީހެއް ރޯތަން ފެނުމުން ހިތް ކުދި ކުދިވުން… އަބަދު އެމީހެއްގެ ފިކުރުތައް ކުރެވުން.. ހިތަށް ލިބޭ ބަހާރު މޫސުމޭވެސް ބުނެވިދާނެ.. ” މައުނަވީ ގޮތަކަށް ހީލަމުން ރީމް ކިޔާ ދެމުން ދިޔައީ އޭނާއަށް ޝަނުމް ފެނުމުން ވާ އިހްސާސްތަކެވެ.

ކައިރީގައި އޮތް އަޝްވާގެ ހިތުގައިވެސް އެފަދަ ޖަޒުތާބުތަކެއްވެއެވެ. ޝަނުމް ފެނުމުން އޭނާއަށްވެސް ވަނީ އެކަހަލަ އިހުސާސެކެވެ. އެއީ ހަމަ ލޯބި ހެއްޔެވެ؟

“އަޝްވާއަށް މީހަކު ލޯބިވެވުނީ ދޯ” ރީމް އެސުވާލުކޮށްލީ އެމީހަކީ ކާއިން ކަމަށް ހީކޮށެވެ. އަޝްވާ މަޑުމަޑުން ހީލިއެވެ. އަދި ރީމް ކައިރީ އެއީ ކާކުކަން ބުނަން އޮތް ތަނުން ތެދުވެ ހަމަޖެހިލިއެވެ.

“ރީމް…” އަޝްވާ ޝަނުމްގެ ނަން ބުނަން ހުޅުވާލި އަނގަ އަޑު ނުނިކުންނަނީސް ބަންދުކޮށްލަން ޖެހުނީ ދޮރު ހުޅުވާފައިވަން ހިންދުގެ އަޑުންނެވެ.

އުފަލުން ފޮޅިފައި ހުރި ހިންދު ދުވެލާފައި އައިސް ރީމް ގައިގައި ބައްދައިގަތެވެ.

“މާވަހަރެއް ފެނިގެންވެސް މީހަކު މިހާ އުފާވާނެ ކަމެއް ނޭނގޭ” ރީމް ގައިން ދޫކޮށްލުމަށްފަހު ހިންދު ކޮޓަރި ތެރޭ އުފަލުން ވަށައިގެން އެބުރިލިއެވެ.

“އޭ… އަބުރައިގެން ނުވެއްޓެނީސް ތި ވެގެން އުޅޭ ގޮތެއް ބުނެބަލަ” ރީމް ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“އަޝްވިން އަޝްވިން” ހިންދު އެނދުގައި އިށީންނަމުން ބުނެލިއެވެ.

“އަޝްވިން ލޯބިވަމޭ ބުނީތަ” ރީމް ދިމާކުރެވޭތޯ އަހާލިއެވެ.

“ބުނީ މާދަން ރޭ ދެމީހުން އެއްކޮށް ބޭރަށް ދާން ހިނގާށޭ.. ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުމޭ” ހިންދު އިނީ ހިތް އަވަސްވެފައެވެ. ކައި ނިއްމާލުމަށްފަހު ތަށިތައް ދޮވެ މިކޮޓަރިއަށް ވަންނަން އުޅުނު ވަގުތު އަޝްވިންގެ ދުލުން ބޭރުވި މަދު ބަސްތަކުން ގާއިމުވެސް ހިންދުގެ ދުވަސް ފުރިހަމަ ކޮށްދީފި ކަން ޔަގީނެވެ.


 

އާ ދުވަހަކަށް އިރުއަރައިފިއެވެ. ރޭ ދަންވަންދެން ނުނިދައި ހުރުމުން އަޝްވާ ފަތިސް ނަމާދުކޮށްލައިގެން އަނެއްކާވެސް ނިދޭތޯ މަސައްކަތް ކުރަން ފެށިއެވެ. މިއަދަކީ އޭނާ އަލަށް އޮފީހަށް ނުކުމެ ޝައިމްއާއި އެކީ އޮފީސް ހިންގުމުގައި އުޅޭނެ ފުރަތަމަ ދުވަހެވެ.

ސިފައިންގެ ޔުނީފޯރމާއި އެކު ބޮލުގައި ތޮފި އަޅުވަމުން  ޑިޔުޓީއަށް ދާން ނުކުތް ޝަނުމްގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ގޭގެ ދޮރު ހުޅުވާލުމާއި އެކު ހިންދުއާއި އެކީ ހުރި ރީމް ފެނުމުންނެވެ. ރީމްއާއި ހިންދު މިހާ  ހެނދުނައި އެއައީ އަޝްވާ ބުނެގެން އޮފީހަށް ދާން އެހީވެ ދިނުމަށެވެ.

ރީމްއަށް މާބޮޑު ސަމާލުކަމެއް ދިނުމެއް ނެތި ޝަނުމް ދާން ހިނގައިގަތެވެ.

“ހިންދު ދޭ އަޝްވާ ކައިރިއަށް، އަހަރެން ދާނަން އިރުކޮޅަކުން” ރީމް ހިންދު އަތުގައި ހިފާލަމުން ބުނެލިއެވެ.

“ކީއްވެ އަހަރެން ގުޅީމަ ފޯނު ނުނަގަނީ، ހިތްހަމަނުޖެހިފަތަ” ހިންދު ދިޔުމުން  ޝަނުމްއާއި ވާހަކަދައްކަމުން ރީމް ބުނެލިއެވެ.

“ޝަނުމް… ކިހިނެތްވީތަ ވާހަކަ ނުދައްކަނީ” ޝަނުމް އޭނާ ކުރި ސުވާލަށް ޖަވާބު ނުދިނުމުން ރީމްއަށް އުދަގޫވިއެވެ.

“ވެގެން އުޅޭ ގޮތް ނޭނގިގެންތަ ތިހެން ތިއަހަނީ… އަހަރެން އެތައް ފަހަރަކު ބުނެފިން އަހަންނަށް ތިފާޑު ފާޑުގެ މެސެޖު ކުރުން ހުއްޓާލާށޭ.. ރީމް ބޭނުންވާ ފަދަ އެއްވެސް ގުޅުމެއް އަހަރެން ބޭނުމެއް ނޫން”  ރީމް އަށް ބަލާލުމަށްފަހު ޝަނުމް ބުނެލިއެވެ.

“ޝަނުމް ބޭނުންވާ ކޮން ސިފައެއް އަހަރެން ގައިގަ ނެތީ… ފިރިހެން ކުދިން ތިބެނީ އަހަންނަށް މަށަށް މަށަށް ކިޔާލަ ކިޔާލާ. އެކަމަކު ތިބުނަނީ ޝަނުމްއަށް އަހަރެން ކަމުނުދެއޭތަ.. އަހަރެން ހުތުރީތަ.. ” ޝަނުމް ދާން އުޅުމުން އަތުގައި ހިފާލަމުން ރީމް ބުނެލިއެވެ.  ނަމަވެސް އެޔަށް ޖަވާބު ދިނުމެއް ނެތި ރީމްގެ އަތް ފޮޅުވާލުމަށްފަހު ޝަނުމް ސިޑިން ފައިބައިގެން ދިޔައެވެ.

ޝަނުމް ސިޑިން ފައިބައިގެން ދިޔަތަން ބަލަން ރީމްއަށް ހުރެވުނީ ދެލޯ ފެންކަޅިވެފައެވެ. ލޯތްބަށް އެތައް އާދޭހެއް ކުރަމުންދާ އިރު ޝަނުމްގެ ފަރާތުން ނަފުރަތު ނޫނީ ނުލިބެއެވެ. އޭނާގެ ހިތް ކުދި ކުދި ކޮށްފައި އެދަނީ ލޯބީގައި ދީވާނާ ވަމުންދާ ހިތަށް އެއްވެސް ފަރުވާލެއް ދިނުމެއް ނެތިއެވެ.

ޝަނުމް ދިޔަތާ އިރުކޮޅެއް ފަހުން ރީމް އޭނާގެ އިހުސާސްތައް ފޮރުވާލުމަށްފަހު އަޝްވާގެ ކޮޓަރިއަށް ދިޔައެވެ.

“ހާދަ ރީއްޗޭ މިއަދު… ވަރަށް ޕުރޮފެޝަނަލް އިނގޭ” ކޮޓަރީގެ ދޮރު ލައްޕާލަމުން ރީމް އަޝްވާއަށް ތައުރީފުކޮށްލިއެވެ.

“އަހަރެން ވެސް މިކިޔަނީ އެހެންނޭ.. ” ހިންދު ހުރީ ލޯގަނޑު ކުރިމަތީގައި އިށީދެގެން އިން އަޝްވާގެ ބޮލުގައި ފުނާއަޅާށެވެ.

“ރީމް ބުނީމަ އަހަރެން ގަބޫލުކޮށްފާނަން. އެކަމަކު  މީހަކަށް ތައުރީފު ކުރަން ހިންދުއަށް އިތުބާރެއް ނުކުރެވޭނެ” އަޝްވާ ލޯގަނޑުން ހިންދުއަށް ބަލާލުމަށްފަހު ބުނެލިއެވެ. ރީމްއަކީ ސީދާ އޭނާ ހިތުގައި އޮންނަ އެއްޗެއް ބުނުމަށް ފަސްޖެހޭ މީހެއް ނޫނެވެ. ނިކަން ކެރިގެން ދެރަވާ ބަހެއްވެސް ބުނެލާނެވެ. އެހެންމީހުންނާއި ހިލާފަށް އަޝްވާއާއި ހިންދުއަށް ރީމްގެ މިޒާޖު ދަސްވެފައިވާތީ އެދެމީހުންނަށް އޭގެން ލިބޭ ދެރައަށް ވުރެ ފައިދާ ގިނައެވެ.  އެޔާއި ހިލާފަށް ހިންދު އަބަދުވެސް ބިރުގެންފައި ހުންނަނީ އަނެކާއަށް ދެރައެއް ލިބޭ ބަހެއް ނުބުނެވޭތޯއެވެ. ހިންދުއަކީ މިޒާޖުގައި ބަސްމަދު ލަދުވެތި ކުއްޖެއް ނަމަވެސް ރީމްއާއި އަޝްވާއާއި ރައްޓެހިކަން އުފެދުނު ފަހުން އެކަންތައް ރަގަޅުވެ އަމިއްލަ ހިޔާލު ފާޅުކުރަން ފަސްޖެހޭތަން ވަރަށް މަދުން ނޫނީ ނުފެނެއެވެ.

މެރޫން ކުލައިގެ އަތް ދިގު ބުލައުސްއެއްގައި ލުއި ހިނިތުންވުމަކާއި އެކީ އަޝްވާ އޭނާގެ ކޮޓަރިން ނިކުތީ ރީމްއާއި ހިންދުއާއި އެކީގައެވެ. ތިން މީހުން އެކުގައި ގޮސް ސައިބޮއިލައިގެން އަޝްވާގެ އޮފީހަށް ދިޔައިރު އޭނާއަށް މަރުހަބާ ކިޔުމަށްޓަކައި ކާއިން އޮފީހުގެ ތިރީގައި ހުއްޓެވެ.

“ނުކިޔާތީ އެއްވެސް އެއްޗެއް” އޭނާ ފެނުމުން ކާއިން ފާޑަކަށް ހޭން ފެއްޓުމުން ޝަހާދަތް އިނގިލި ދިއްކޮށްލަމުން އަޝްވާ އަމުރުކޮށްލިއެވެ.

“ވަރަށް ރީތި މިއަދު.. ހީވަނީ ހަމަ އެހެން ފަދަ ކަމެއް ހެން. މޮޑެލްއަކަށް ދޫކުރާ ވަރެއް ނޫން.. ” އެއްމިޔަކުން ހީލަމުން ކާއިން ތައުރީފުގެ ބަސްތައް އޮއްސާލީ މަލާމާތުގެ ރާގަކަށެވެ.

“ކާއިން ވެސް މަސައްކަތް ކުރަނީ މިއޮފީހުގަތަ” އެމީހުންނާއި އެކީ އޮފީހުގެ ލިފުޓަށް ވަން ކާއިންއާއި ރީމް ވާހަކަ ދެއްކިއެވެ.

“އާން.. އަހަރެންމީ މި ރީތި ރީތި ކުއްޖާގެ ޕާސަނަލް އެސިސްޓެންޓު.. ދޯ ” އަޝްވާގެ ކޮލުގައި ހިފާލަމުން ކާއިން ބުނެލިއެވެ.

“ތިހާ ވަރަށް ތައުރީފު ނުކުރިޔަސް ފުދެއޭ.. ” ކާއިންއަށް ލޯއަޅާލަމުން އަޝްވާ ބުނެލީ ނުރުހެންވެ ހުރެއެވެ. ކާއިންއާއި އެކީ އުޅުނަސް އަދިވެސް ކާއިން ކުރާ މަލާމާތެއް އަދި ޖެއްސުމެއް މަދެއް ނޫނެވެ.

“ޗެރީއަށް ރަގަޅު އެއްގޮތެއްވެސް ނެތެއްނު.. އަހަރެން މަލާމާތްކޮށްގެން ނުވޭ.. އަދި ތައުރީފުކޮށްގެން ވެސް ނުވޭ.. ދެން ހުންނަންވީ ވާހަކަ ނުދައްކާތަ، އަހަންނަކަށް ނޭނގެ ރީމްމެން މިޗެރީ ގޮވައިގެން ކެތްކުރަނީ ކިހިނެތްބާވައޭ.. އެހާ ރުންކުރު” ކާއިންވެސް އަޝްވާއަށް ލޯއަޅާލިއެވެ.

“ކާއިން ކައިރީ އެކަނި އަޝްވާ އެހާ ރުޅިގަދައީ.. އަހަރަމެން ކައިރީ އަޝްވާ އަށް ނޭނގެ ރުޅިއަކީ ކޮބައި ކަމެއް ވެސް. އިހަށް ދުވަހުވެސް އަހަރެން އަތުން އަޝްވާގެ އާ ފޯނު ހަލާކުވީ.. ނުބުނޭ އެކައްޗެއް ވެސް .. ދޯ ހިންދު” ހިންދުއަށް ދޯއެއް ދެމުން ރީމް ބުނެލިއެވެ.

“އަހަރެން ދެކެ މިހާ ރުޅިއަންނަނީ ވަރަށް ލޯބިވާތީ ދޯ” ރީމްގެ ބަހަށް ރައްދުދެމުން ކާއިން ބުނެލީ ރުޅިމޫނު ހަދާލައިގެން ހުރި އަޝްވާއަށް ބަލާލުމަށްފަހުގައެވެ.

ކާއިންއަށް ފެންނަމުން ދިޔައީ އަޝްވާގެ ރުޅި މޫނު ކަމުގައި ވިޔަސް އަޝްވާ ހުރީ ފިނިވެފައެވެ. ރަގަޅަށް ބަލާލި މީހަކަށް ނަމަ ހާސްކަން ފެންނާނެއެވެ. އާ ދުވަހެއް މިފަށައިގަތީ އާ ކަންތައް ތަކަކާއި އެކގައެވެ. ދަސްކުރަން ހުރި ބައިވަރު ކަންތަކެއް އެބަހުއްޓެވެ. ހާސިލްކުރަން ބޭނުން ލަދުދަނޑިތަކެއް އެބަހުއްޓެވެ. ބައްޕައާއ އާއިލާ އޭނާއަށް ކުރާ އުއްމީދުތަކާއި ހަމައަށް ވާސިލްވާން ބޭނުމެވެ.

ހަތަރު މީހުން އެކުގައި އޮފީހުގެ ހޯލްވޭއިން ވަދެގެން ގޮސް ދިޔައީ އެއް ކަނުގައި ހުރި ޝައިމް ގެ ކޮޓަރިއަށެވެ.

މަސައްކަތަށް ގެބިފައި އިން ޝައިމް އަޝްވާމެން އައުމުން މަސައްކަތް މެދު ކަނޑާލިއެވެ.

“ކާއިން އަހަރެން ހީކުރީ މާބޮޑި ހިފައިގެން ކަމަށް އަޝްވާއަށް މަރުހަބާ ކިޔަން ދާނީ” ޝައިމް ގޮނޑިން ތެދުވަމުން ބުނެލިއެވެ.

“ނަސީބެއް ނުދެވުނުކަން.. ލައިގެން ހުރި ހެދުމަށް ތައުރީފު ކޮށްލީމަވެސް ޗެރީއަކަށް ވެފައި އެހެރީ” ކާއިން ގޮސް ޝައިމްގެ ކޮޓަރީގައި ހުރި ސޯފާގައި އިށީދެލަމުން ބުނެލިއެވެ.

“އެއީ ތެދެއްތަ.. ވަރަށް ރީއްޗޭ މިއަދު.. ހިނގާ އެއްމެނަށް ތައާރަފުވެލަން.. އަންހެން ބޮސް އެއް އަންނާތީ އެއްމެން ވެސް ތިބީ ވަރަށް އުފާވެފަ ” ޝައިމް އަޝްވާ ގޮވައިގެން އެއްމެނަށް ތައާރަފުކޮށްދޭން ދިޔައެވެ. އަޝްވާއާއި އެކީ ރީމްއާއި ހިންދުވެސް އޮފީސް ބަލާލަން ދިޔައެވެ.

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ޝީން

Next

މިލަ ހަނދުވަރު

Next
January 24, 2018

މިލަ ހަނދުވަރު

Previews
January 24, 2018

ޝީން

45 Comments!

  1. maroon says:
    January 24, 2018 at 2:03 pm

    Salam lovely readers. Hope you like this part too. If there is any mistake plz highlight them so I can improve. What do you think will happen next? Ashwa noony Reem tha furathama shanum dheke loabivaakan bunaany ekaku anekaku kairee?? Tc loves ???

  2. Rread says:
    January 24, 2018 at 2:10 pm

    Shanuum aaii ashvaa gulhuvadhheeeba

    1. maroon says:
      January 24, 2018 at 4:14 pm

      Thanku Rread
      Maybe ?
      ?

  3. im says:
    January 24, 2018 at 2:20 pm

    Wow

    1. maroon says:
      January 24, 2018 at 4:15 pm

      Thanku im ?

  4. Ziv says:
    January 24, 2018 at 2:21 pm

    Reethi

    1. maroon says:
      January 24, 2018 at 4:15 pm

      Thanku ziv ?

  5. maikko says:
    January 24, 2018 at 2:22 pm

    I think ashwa and Kain hen so reem and shanum wish Ashwin and Hindu avahaah couple akah veythw……. And
    The story is awesome love it ???

    1. maroon says:
      January 24, 2018 at 4:16 pm

      Thanku maikko
      Lets see dhw ?
      ?

  6. Blu.. says:
    January 24, 2018 at 2:24 pm

    Wow v reethi.. Neyge ehgothakahves neyge kihineh kameh vaan miulheny.. Ekam ragalhee ashwa n shanum gulhunihyaam.. Hehe lets see dhw?

    1. maroon says:
      January 24, 2018 at 4:17 pm

      Hehe. Adhi fahun egeyne vaanuvaa
      Thanku blu ?

  7. sam♥ says:
    January 24, 2018 at 2:41 pm

    alhey roon v nice waiting next part ..love u♥

    1. maroon says:
      January 24, 2018 at 4:17 pm

      Thanku sam
      Loves ?

  8. Xxxx says:
    January 24, 2018 at 2:49 pm

    Wooow.nice.avahah up kohdheythee thankx??

    1. maroon says:
      January 24, 2018 at 4:17 pm

      Thanku xxxx ?

  9. Blume says:
    January 24, 2018 at 2:55 pm

    I want ashwa aai kaain..bt we ll see dhw..roon miadhu adhi eh bai genes dhyba

    1. maroon says:
      January 24, 2018 at 4:18 pm

      Thanku blume
      Visnaalaanan ngey ?
      ?
      Thihenves vedhaane hama

  10. Mysh says:
    January 24, 2018 at 2:59 pm

    Mi prt ves v rythi..stwry dhaagothaamedhu v hinhama jehey..v v salhi stry eh mee..kaain aa ashwa gulhuvahchey..ly roon?

    1. maroon says:
      January 24, 2018 at 4:19 pm

      Thanku mysh. Maybe ashwa and kaain
      But first we have to make them fall in love to do so
      Loves ?

  11. Hairaan says:
    January 24, 2018 at 3:00 pm

    Wow varah reethi

    1. maroon says:
      January 24, 2018 at 4:19 pm

      Thanku hairaan ?

  12. Mal says:
    January 24, 2018 at 3:08 pm

    Woww..im impressed..mi haa dhigu koh genes dheefa baeh dhuvahu 2 prts ves up kuraathy..kyp it up maroon..neyge kon jodeh kameh gulheynyves..i think reem hen enme avahah bunaany..dhen vaagotheh balamaa dhw..maroon shanum aa ashwa nugulhuvahchey plx..edhemyhun ehaa nugulhey..kaain aa ashwa is better..

    1. maroon says:
      January 24, 2018 at 4:21 pm

      Ekyhve yw nugulheny??
      Yh that might happen Mal
      Readersge support libeythy mihaa dhigukoh mi genesdheveny.
      Thanku Mal ?

  13. Girl says:
    January 24, 2018 at 3:45 pm

    Ashwaaa aaii kaaiiinnn gulhuvadhybwww plxxxxx roooonnnn

    1. maroon says:
      January 24, 2018 at 4:22 pm

      Thanku girl. Maybe edhemyhun gulhidhaane ?

  14. Eyra says:
    January 24, 2018 at 3:48 pm

    Reem kanneyge kurin bunaanee, dhen ashwa hunnaanee reem ah takaa ethereyn roala roalaa, just a guess not sure ?, story varah reethi?

    1. maroon says:
      January 24, 2018 at 4:23 pm

      Lets see dhw kaakukan bunaany. Its either friendship or love
      Thanku eyra ?

  15. Zuam says:
    January 24, 2018 at 4:04 pm

    Varah varah varah varah
    ….. reethI
    Adhi a part miadhu genas
    …. dhybah
    ……Plx
    ????
    ❤❤❤❤❤❤❤❤

    1. maroon says:
      January 24, 2018 at 4:24 pm

      Thanku zuam… hehe mihen ulhelaafa suprise eh libeyne ngey ?

  16. Shudha says:
    January 24, 2018 at 4:24 pm

    im kinda confused… reem ves gulheyne shanum aa… ekam ashwa n kaain ge therey kameh hingaa hen ves heevey.. dhn lets see.. v reethi mi part… hama wait kureveny mi story ah abadhu… thanks maroon… loves ?

    1. maroon says:
      January 24, 2018 at 10:16 pm

      Thanku Shudha
      confuse kollan beynumyves
      Thanku Shudha for all the support
      ???

  17. Pinky shifoo says:
    January 24, 2018 at 6:13 pm

    Wow ????.. Mi part vx varah varah reethi.. ??.. I’m soooooo happy maroon ehaa dhigukoh Story genesdheythy ????.. I think Reem kanneynge bunaanee first bunaanee.. Bt I don’t want Reem n shanum gulheykah.. I want ashvaa and shanum n reem and kaain.. Aee ashvaa and shanum ge mizaaju gulhey and Reem and kaain vx gulhey.. Let’s see dhw vaagotheh.. Hehehe ??.. Tc loves ?

    1. maroon says:
      January 24, 2018 at 10:17 pm

      baivaru kudhin thihenves beynunvey
      higaa dhw vaa goiy balaalama
      TC Loves hope to hear from you tmrw ?

  18. Eysha says:
    January 24, 2018 at 7:13 pm

    Reem bunaani ashva kairee, and ashva reem ah shanum dhookohllsani?. V v v nice story. Can’t wait for next part ??

    1. maroon says:
      January 24, 2018 at 10:18 pm

      maybe dhw Eysha . mi part ga hind nai nama ashwa ah bunevunys
      thanku dear ?

  19. Mixuhan says:
    January 24, 2018 at 8:11 pm

    Ashwa yaaa shanum aaa gulhuvahchey….plz plz..ehn nooooony story ge reethikan dhaane..plz ashwa ah shanum

    1. maroon says:
      January 24, 2018 at 10:19 pm

      Thanku mixuhan
      Higaa dhw thihen veythw balama ?

  20. Mixuhan says:
    January 24, 2018 at 8:14 pm

    Can’t wait for the next part…Avahah upkhdhehchey…plz plz..

  21. shaa says:
    January 25, 2018 at 12:49 am

    Very nice mi part vess

    1. maroon says:
      January 25, 2018 at 1:39 pm

      Thanku shaa ?

  22. Iza says:
    January 25, 2018 at 1:42 am

    Kaain and Ashwa would be so perfect

    1. maroon says:
      January 25, 2018 at 1:40 pm

      That might happen.
      Hey guys story will be updated tonight. Loves tc ?

    2. maroon says:
      January 25, 2018 at 1:40 pm

      And thanku iza ?

  23. Axy says:
    January 25, 2018 at 3:20 pm

    Varah varaaaah reethi ?

  24. rose says:
    January 25, 2018 at 3:27 pm

    Avahah up kohdheeba plz! Love this story

Comments are closed.


All Right Reserved!