Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ އަސަރު 10

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
January 23, 2018 10 Mins Read
46 Comments

ދެމީހުން ވާހަކާއިގައި ތިއްބާ ކާއިންއަށް މާހިދުގެ ފޯނެއް އައެވެ. ކާއިން ހީކުރީ ބައްޕަ ދިމާވެގެން މިއުޅޭ ކަންތަކުގެ ހަބަރު ދޭން ގުޅާލީ ކަމަށެވެ. އެހެންނަމަވެސް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ކާއިންއަށް ބަލަހައްޓައިގެން އިން އަޝްވާ އަށް ކާއިންގެ މޫނު މަތިން ފެނުނު ކުލަވަރުން ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ އިހުސާސްކުރެވުނެވެ.

“ކިހިނެތްވީ، ކީކޭ ބައްޕަ  ބުނީ” ކާއިން ފޯނު ކަނޑާލުމާއި އެކު އަޝްވާ އަހައިލިއެވެ.

“އައި ހޭވް އަ ސިސްޓަރ” ކާއިންގެ އަޑުގައިވެސް ވީ ހައިރާންކަމެވެ.

“ކާކު!!!؟” އަޝްވާ އަވަސް އަވަހަށް އަހައިލިއެވެ.

“ބައްޕައަށް ނޭނގެ އެއީ ކާކު ކަމެއް، ކުރިން ކުރެވުނު ކައިވެންޏަކަށް ލިބުނު ދަރިއެކޭ ބުނީ” ފުން ނޭވާ އެއް ލުމަށްފަހު ކާއިން ކިޔާދިނެވެ.

“ކިހިނެތް މިހާ ދުވަސްކޮށްފަ އެގުނީ!؟” ޝައުގުވެރިކަމާއި އެކީ އަޝްވާ އަހައިލިއެވެ.

“ބައްޕަގެ ރައްޓެއްސެއްގެ ފަރާތުން އެގުނީ، އެމީހާ އަކަށްވެސް ނޭނގެޔޯ އެހެން އެއްވެސް މައުލޫމާތެއް” ކާއިންގެ ހާސްކަން އިތުރުވިއެވެ. އެއްކަން ހަމައަކަށް ނޭޅިގެން އުޅޭއިރު އަނެއް ބޮޑުކަން އޮންނަނީ ބޯމަތިވެފައެވެ. މައިންބަފައިން ކުރި ހުރިހާ ނުރަގަޅު ކަމެއްގެ ޒިންމާ މިއުފުލަންޖެހެނީ އޭނައެވެ.

“ކާއިންގެ ބައްޕައަށް އެގޭނެއެއްނު މީގެ ކުރިން ކައިވެނި ކުރި މީހުންގެ ނަންތައް، އެމީހުންނަށް ގުޅައިގެން އެއީ ތެދެއްތޯ ބެލިދާނެ އެއްނު” އަޝްވާ ހިޔާލެއް ދިނެވެ.

“ބައްޕައަކީ މީހުންނާއި އިނުމުގައި ހައްދު ފަހަނަޅައިފައި ހުރި މީހެއް! މީގެ ވިހި ވަރަކަށް އަހަރުކުރިން ހިނގާ ދިޔަ ހުރިހާ ކަމެއް އަދި އިން މީހުންގެ ނަންތައްވެސް ހަނދާން ނުހުންނާނެ ކަން ޔަގީން، އެކަމަކު އެގޭ މިންވަރަކުން ހޯދިދާނެހެން ހީވަނީ. މަޑުކުރޭ! އަހަރެން މިގުޅަނީ އެމީހުންގެ ނަންތައް ހޯދަން” ކާއިން އަތުގައި އޮތް ފޯނުން މާހިދުއަށް ގުޅައި ބޭނުންވާ މައުލޫމާތުތައް ހޯދަން ފަށައިގަތެވެ. މާހިދު ގިނަ ކައިވެނިތައް ކޮށްފައިވަނީ އެކި ރަށްރަށުގެ މީހުންނާއި ކަމުން ހުރިހާ ރިކޯޑެއް އެއްތާކުން ލިބޭނެހެންވެސް ހީނުވެއެވެ.

ނަސީބު ކަން ދިމާކުރި ގޮތުން ދެމީހެއް ފިޔަވާ އިން ފަސް މީހުންގެ ހުރިހާ ނަންތަކާއި ރަށްތައް މާހިދުއަށް އެގުނެއެވެ. ކާއިން އާއި އަޝްވާ ލިބުނު މައުލޫމާތުގެ އަލީގައި އެމީހުންނަށް ގުޅޭނެ ގޮތެއް ހޯދުމަށް އަވަސްވެގަތެވެ. ދަންނަ މީހުންނަށާއި އެކުވެރީންގެ އެހީތެރިކަން ހޯދައިގެންނެވެ.


 

ކާއިން އުޅޭ ހޮޓަލުން އަޝްވާއަށް ގެޔަށް އާދެވޭވަރުވީ އަށެއް ޖަހާ ބޮޑުވި ފަހުންނެވެ. ގެޔަށް އައިސް މަޑުނުވެ އަޝްވާ ދިޔައީ އީޝް ވީ ތަނެއް ބެލުމަށެވެ.

“ނިދީތަ” އަޝްވާ އަޝްވިންގެ ކޮޓަރިއަށް ދިޔައިރު އީޝް އޮތީ އަޝްވިންގެ އުގުތެރޭގައި ބޮޑިވެލައިގެންނެވެ.

“އާން.. ދެންމެ ކައިގެން މިނިދީ.. އަޝްވާ ކޮންތާކުން ތިއައީ” އަޝްވާ ޝައިމްއާއި އެކީ ބޭރަށް ދިޔަތަން އަޝްވިން ދުއްޓެވެ. ނަމަވެސް އޭގެ ފަހުން ޝައިމް ގެޔަށް އައިއިރު އަޝްވާ ނައުމުން އަހާލިއެވެ.

“މިއައީ ކާއިން ކައިރިއަށް ގޮސްލާފަ.. ދޮންބެ އައިތަ ގެޔަށް.. މަލަކާ ޑޮކްޓަރަށް ދައްކަންށޭ ކިޔާފަ ދިޔައީ” އީޝްގެ ބޮލުގައި ފިރުމާލަމުން އަޝްވާ ބުނެލިއެވެ.

“ޝައިމް އާއި މަލަކާ އައި ގޮތަށް އައިސް ކޮޓަރިއަށް ވަނީ. އެފަހުން ނުދެކެން..” އަޝްވިން އޭނާ ގައިގައި ބައްދައިގެން އޮތް އީޝް އެނދުގައި ބާއްވާލުމަށްފަހު ބާލީސްތަކުން ވަށާލިއެވެ.

“ބޭބެ އެބަ އޮތޭ އަޝްވާ އާއި ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ވެފަ.. ހިންދުގެ މަންމައާއި ބައްޕައަކީ ހިންދުގެ އަސްލު މައިންބަފައިންތަ” އަޝްވިން އަހާލިއެވެ.

“އާން.. ކިހިނެތްވީ” އަޝްވިން ކޮށްލި ސުވާލުން އަޝްވާ އަށް ލިބުނީ ހައިރާންކަމެވެ.

“އެހެންވިއްޔާ އެމީހުން ކީއްވެ ހިންދުއަށް އެވަރަށް އަނިޔާކުރަނީ” އަޝްވާ ކުރި ސުވާލުގެ ޖަވާބު އަޝްވިން ދިނީ އިތުރު ސުވާލަކުންނެވެ.

“ނޭނގެ އެއްވެސް ގޮތަކަށް. އަހަރަމެން ތިސުވާލު ކުރިޔަސް ހިންދުވެސް ދެނީ ހަމަ މިޖަވާބު.. ބައެއް މީހުންގެ އުޅުން ހުންނަ ގޮތަށް ދައްކާނީ ކޮން ބަހަނާއެއް ކަމެއްވެސް ނޭނގޭ.. މިހާރުވެސް އެހާ ވަރަށް ހަޅޭތްލަވާ ހިންދު ވަޒީފާއިން ވަކިވީމަ އެމީހުންނަށް ބޭނުންވާ ވަރަށް ލާރި ނުލިބޭނެތީ.. ހީވަނީ ހިންދުއަކީ އެމީހުންގެ ހާދިމެއްގެ ގޮތުގައި ގެންގުޅޭ ކުއްޖެއްހެން.. ” އަޝްވާ ބުނެލިއެވެ.

“ހިންދު ކައިރީ ބުނެވިދާނެތަ ބޭބެ ބޭނުމޭ ބައްދަލުކޮށްލަން.. ވަރަށް އަވަހަށް، ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ބޭނުން” އަޝްވިން އެދުނެވެ. އަޝްވާގެ މޫނުމައްޗަށް ވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އެއްމެ ފަހުން ބޭބެއަށްވެސް ހިންދު ދެކެ ލޯބިވެވުނީބާއޭ ހިތަށް އެރިއެވެ.


 

އަޝްވާ އާއި ވާހަކަ ދެއްކުމަށްފަހު ހިންދު ފޯނު ކަނޑާލި އިރު ވާންވީ އުފާ ކަމެއް ނޫނީ ދެރަކަމެއް ނޭނގިފައި ހިންދުއަށް ހުރެވުނެވެ. މިވީ ދުވަސްތަކުގައި އޭނާ ކުރިމަތީގައި ވާ އެތައް ގޮންޖެހުންތައް ނުފެންނަ ކަމަށް ހަދައިލައިގެން އުޅުނަސް މިއަދު އެކަންތައް ފެންނަމުންދަނީ އޭނާ ބޮލު މައްޗަށް ދެންމެ ދެންމެ އަކު ވެއްޓިދާނެ ބޮޑެތި ފަރުބަދަތަކެއް ހެންނެވެ. މާޒީ އާއި މުސްތަގުބަލު އެދަނީ އޭނާގެ ހިތް މެދަށް ލައި ފިއްތަމުންނެވެ. އެއްވެސް ރަހުމެއް ނެތިއެވެ. މާޒީގެ ކަޅު ސޮފުހާތައް އޭނާ ކިޔައިދޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟ އޭނާއަށް އިތުބާރު ނުކުރާ މީހަކަށް ހަގީގަތް ފާޅުކުރާނެ ހިތްވަރެއް ނެތެވެ. ލޯބިވާ ފަރާތެއްގެ ބަދު ބަސް އަޑުއަހާކަށް ބޭނުމެއް ނޫނެވެ.

މާޒީ މައިންބަފައިންގެ އަތުން ޗިސްޗިސްކޮށްލި ފަދައިން މުސްތަގުބަލަށްވެސް އެމީހުންގެ ނުފޫޒުވަނީ ފޯރުވާން ފަށާފައެވެ.


 

އިރު އޭގެ ރަންދޯދިތަކުން އާދުވަހަކަށް މަރުހަބާ ކިޔަމުން ދެއެވެ. ހެނދުނު ހެނދުނާ ތެދުވެގެން ރީމް އޮފީހަށް ދިޔުމަށް ތައްޔާރުވާން ފެށިއެވެ. މިއަދަކީ އޮފީހުގައި ބުރަ ދުވަހަކަށް ވާނެކަން އެނގޭތީ ކުރިން ގޮސް މަސައްކަތާއިގެން އުޅުމަށެވެ. ރީމް ރީތިވާން މޭޒު ދޮށުގައި ހުއްޓައި  ހިންދު ބާރު ހިނގުމެއްގައި ކޮޓަރީގެ ދޮރުން ނުކުމެގެން އައިސް ކައިރީގައި ހުއްޓިލިއެވެ.

“ކީއްވެ އަހަރެންގެ ހުއްދަ ނުހޯދައި އަހަރެންގެ ފޯނުން އަޝްވިންއަށް މެސެޖުކުރަނީ” ހިންދުގެ އަޑުގައިވީ ނުތަނަވަސްކަމެވެ. އަޝްވިން އޭނާ ފޯނުގައި ހުރި މެސެޖުތައް ދެއްކި ދުވަހުން ހިންދުއަށް އެނޫން ކަމަކާއި މެދު ވިސްނާނުލެވެއެވެ.

“ހިންދުއަށް ނުކުރޭ….” ރީމްއަށް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.

“އަހަންނަށް ނުކެރުނަސް އަދި ކެރުނަސް ރީމް ނުޖެހޭނެ އަހަރެންގެ ފޯނުން އެހެން މީހުންނަށް މެސެޖު ކުރާކަށް. އަދި އަމުދުން އަޝްވިންއަށް. އެރޭ ވެސް އެ މެސެޖުތަކާއި ހެދި އަޝްވިން އަހަރެން ދެކެ ރުޅިއައި ވާހަކަ ބުނިން. އެކަމަކު ރީމްއަށް ނުކެރުނެއްނު އެއީ ތިމަންނަ ކުރާ ކަމެކޭ ބުނެލަންވެސް” ހިންދުގެ ނުތަނަވަސްކަން ދިޔައީ އިތުރުވެގެންނެވެ. އެއްވެސް މީހަކަށް އިތުބާރު ނުކުރާ ވަރަށް އޭނާ ރީމްއަށް އިތުބާރު ކުރެއެވެ. އެކަމަކު އޭގެ އަގަކީ  ކޮބައި ކަމާއި މެދު  މިއަދު ހިންދުއަށް ވިސްނާލަން މަޖުބޫރެވެ.

“ހިންދު އައި އޭމް ސޮރީ، އަހަރެން އުޅުނީ އެރޭ ހުރިހާ ވާހަކައެއް ކިޔައިދޭން އެކަމަކު އަހަރެންވެސް ދެރަ ވެފަ ހުރި ވަރުން ނުބުނެވުނީ” ރީމްއަށް ދައްކާނެ ބަހަނާއެއް ހޯދަން ޖެހިއްޖެއެވެ.

” އަހަންނަށް އެގޭ ރީމްއަކީ އަހަންނަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް ޖެހިލުންވާނެ މީހެއް ނޫންކަން، އެކަމަކު މީ ކޮންމެހެން އަހަންނަށް ކޮށްދިން ހެޔޮ ކަމެއް ކަމުގައި ނުދެކޭތި.. ރީމްއަށް އެނގޭނެ އަހަރެން އަޝްވިންއާއި ދުރުވާން ކުރާ މަސައްކަތް، އެކަމަކު ރީމް އެއިން އެއްވެސް ކަމަކަށް ވިސްނާނުލާ” އަތުގައި އޮތް ފޯނު ބާރަށް މޭޒު މަތީ ބޭއްވުމަށް ފަހު ހިންދު ގޮސް އޭނާ ނިދަން އޮންނަ ކުޑަ ގޮދަޑި މަތީ ދެފައި ވަށްކޮށްގެން އިށީނެވެ. ރީމްވެސް އަޅަން ހުރި ޝޯލް ނަގާލުމަށްފަހު ހިންދުގެ ފަހަތުން ގޮސް ކައިރީގައި އިށީނެވެ.

” ހިންދު އާދޭސް ކުރަން އަހަންނަށް މާފުކޮށްދީ. އަހަރެން ގަސްދުގައި ކުރި ކަމެއް ވިޔަސް މިއީ ވަރަށް ބޮޑު ކުށެއްކަން އެގިއްޖެ މިހާރު. ހިންދު ދެރަވެފައި އިންތަން ފެނި އަހަރެން ވަރަށް ދެރަވެއްޖެ ” ހިންދުގެ އަތުގައި ހިފާލަމުން ރީމް ބުނެލިއެވެ.

“ހިންދު…” ހިންދު ވާހަކަ ނުދެއްކުމުން ރީމްއަށް އުނދަގޫ ވިއެވެ. އެހެންކަމުން އަތުގައި ހިފައި ތަޅުވާލަމުން ހިންދު ސަމާލުކަން ހޯދަން އުޅުނެވެ.

“އެ މެސެޖުތައް ކުރި އިރުވެސް ނޭނގޭތަ އެއީ އަހަރެންގެ ނަމުގައި ހެދޭ ދޮގެއްކަން. ނޭނގޭތަ އަހަރެން ދެރަވާނެ ކަމެއް” ރުޅި އާއި އެއްވަރަށް ހިންދު ހުރީ ދެރަވެސް ވެފައެވެ. އަޝްވިން އެ މެސެޖުތައް ދެއްކުމުން އޭނާއަށް ބުނެވުނީ ތެދު ކަމުގައި ވީ ނަމަވެސްމެއެވެ.

“އަހަރެން ހީކުރީ އެ މެސެޖުތައް ފެނުމުން އަޝްވިން އަބުރާ މެސެޖުކޮށްގެން ތިދެމީހުންނަށް ވާހަކަ ދެކެވެން ފެށޭނެ ކަމަށް. އެނޫން އެހެން އެއްވެސް ބޭނުމެއް އޮވެގެން ނޫން އަހަރެން މެސެޖު ކުރީ، އެހެން ނޫނަސް އަހަރެން ކޮންމެ ދުވަހަކު މެސެޖު ނުވެސް ކުރަން” ހިންދުގެ މާފު ލިބޭތޯ ރީމް އުޅުނެވެ. ކުރެވުނީ ބޮޑު ކުށެއްކަން ރޭކާލާން ފެށީ ހިންދުގެ މިލާފައިވާ މޫނު ފެނުމުންނެވެ.

“އަހަންނަށް މައްސަލައަކަށް މިވަނީ ރީމް ފޮނުވި މެސެޖުތަކުގެ އަދަދެއް ނޫނޭ! އެއްމެ މެސެޖެއް ވިޔަސް އެއްމެ ލަފުޒެއް ވިޔަސް އެއީ ރީމް އަހަންނަށް ވީ އޮޅުވާލުމެއް. އަޝްވިން އެމެސެޖުތައް ދެއްކީމަވެސް އަހަރެން ހިތަކަށް ނާރާ ރީމް އެކަހަލަ ކަމެއް ކޮށްފާނޭ.. ރީމް މިހާރު ޝަކުވާ ކުރަނީ އަޝްވާއަށް ދެމީހުން އެކުގައި ތަންތަނަށް ދާއިރު ނުދެވޭ ވާހަކަ. އެކަމަކު އެއްމެ ކައިރީގައި އުޅޭ ރީމްއަށް އެކުވެރިޔާއަށް އިހުތިރާމް ނުކުރެވޭ” ހިންދު ބުނެލިއެވެ. އަދިވެސް ރުޅި އައިސްފައި ހުރެއެވެ.

“ހިންދު!  ހިންދު ހޯދަން އަޝްވާގެ ބޭބެ އައިސް އެބައިން. ބުނި ފޯނުން ނުގުޅުނީމައޭ މިއައީ”  ދެމީހުންގެ ވާހަކަ މެދު ކަނޑާލަން ޖެހުނީ އެ ވަގުތު އެތަނަށް އަމީހާ އައުމުންނެވެ.  ހިންދުއާއި ރީމްއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އަޝްވިން ބައްދަލުކުރަން ބޭނުންވި ވާހަކަ ބުނެފައި އޮތަސް މިހާ ނުވަގުތެއްގައި މިހެން އައިސްދާނެ ކަމަށް ހިންދު ހުރީ އުއްމީދުކޮށްގެން ނޫނެވެ.

ދެތިން ފަހަރު ފުންކޮށް ނޭވާ ލުމަށްފަހު ހިންދު އިންތަނުން ތެދުވެ ސިޓިންރޫމަށް ދިޔައެވެ. އޭރު އަޝްވިން އޭނާގެ އިންތިޒާރުގައި ސޯފާގައި އިނެވެ.

“އަޝްވިން ކީއް…” ހިންދުއަށް ބުނަންވީ އެއްޗެއް ނޭގުނެވެ.

” އިށީދެލަންވީނު” ހިންދު އިށީނުމުން އަޝްވިން އޭނާ  ދައްކަން ގަސްދުކޮށްގެން އައި ވާހަކައާއިގެން ކުރިއަށް ދާން ފެށިއެވެ.

“އަހަރެން މީ  މީހުން ދައްކާ ކޮންމެ ކޮންމެ ވާހަކަ އެއް ގަބޫލުކުރާ މީހެއް ނޫން. އަހަރެން ހުރީ ދެމީހުން އެކަނި ބައްދަލުކޮށްގެން، ހިންދުއާއި ވާހަކަ ދައްކައި ކުރިން ރޭ އަހަންނަށް ވީ ކަންތަކާއި މާފަށް އެދެން ގަސްދުކޮށްގެން . އެކަމަކު މިއަދު އަހަރެން ޑިޔުޓީއަށް ދިޔަ ތަނާ އިވުނު ވާހަކައެއްގެ ތެދު ދޮގު ބަލާލަން މިހާ ހެނދުނާ މިއައީ” އަޝްވިން ވާހަކައާއިގެން ކުރިއަށް ދިޔައެވެ.

‘ކޮން ވާހަކައެއް” ހިންދު ދެބުމަ މައްޗަށް އަރުވާލަމުން ބުނެލިއެވެ.

“ހިންދުއަށް އެނގޭ ދޯ ކުލިނިކުގައި އުޅޭ ހިންދުމެން ރަށު ދެކުދިން. އަހަރެން ރޫމަށް ވަން އިރު އެމީހުން ތިބި ރޫމުގައި. އެމީހުން ވާހަކަ ދައްކަމުން ދިޔައީ އަހަރެން އެތާގައި ނެތް ކަމަށް ހީކޮށް، އެހެންވެ އެމީހުން ދެއްކި ހުރިހާ ވާހަކައެއްހެން އަހަންނަށް އަޑުއިވުނު” އަޝްވިންއަށް އެހިސާބަށް ބުނެވުނު ތަނާ ހިންދު އިސްޖަހައިލިއެވެ. އަޝްވިން ހިންދުގެ ކޮންމެ ހަރަކާތެއްވެސް ބަލަހައްޓައިގެން ކަމުން ހިންދުއަށް އަންނަމުންދާ ކޮންމެ ބަދަލެއް އޭނާއަށް ފާހަގަވަމުން ދިޔައެވެ.

“އެއީ ތެދު ވާހަކައެއްތަ” ދެމީހުން ދޭތެރެއަށް އައި ކުޑަ ހަމަހިމޭންކަން ނަގާލަމުން އަޝްވިން ބުނެލިއެވެ.

ހިންދު އަޝްވިންއަށް ބަލާލިއެވެ. އެމަދު ސިކުންތު ކޮޅުގައި ލޮލަށް ޖަމާވި ކަރުނަ ލޮލުން ބަބުޅަމުން ދިޔައެވެ. އޭގެން އަޝްވިންއަށް އޭނާ ބޭނުންވާ ޖަވާބު ލިބުނެވެ.

“އަޝްވާއަށް އެނގޭތަ” އަޝްވިން ހުރީ ގަބޫލުކުރަން ދަތިވެފައެވެ.

“ކީއްވެ ކުރި ކަމެއް އެއީ، އަހަންނަށް ނޭނގޭ ބުނާނެ އެއްޗެއް ވެސް” ހިންދު ކުރިން ސުވާލަށް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމުން އަޝްވިން ބުނެލިއެވެ.

“އަހަރެން ދަނީ ދެން، އަހަރެން ހީކުރީ އަހަންނަށް ހިންދުއަށް ފުރުސަތެއް ދެވިދާނެ ކަމެއް. އެކަމަކު ދެން އެފުރުސަތެއް ނެތް. ތިކަހަލަ މީހަކާއި އެއްކޮށް އަހަންނަށް ނޫޅެވޭނެ” އިން ގޮނޑިން ތެދުވެ ހިނގައި ގަންނަމުން އަޝްވިން ބުނެލިއެވެ.

އަޝްވިން ދިޔައިރުވެސް ހިންދު އިނީ އިން ތަނުން ގުޑާވެސް ނުލައެވެ. މުޅި މީހާ ގަނޑުވެއްޖެ ކަހަލައެވެ. އަޝްވިންގެ ފަހު ޖުމްލައާއި އެއްކޮށް ހިތް ކުދި ކުދި ވެގެން ދިޔައެވެ. ތެދުވާނެ ހިތްވަރެއްވެސް ނެތެވެ. އަޝްވިންއަށް ހިންދުގެ ހިތުގައިވާ ފުން ލޯބި ނޭނގުނަސް ޝަކުވާ ކުރާނެ  ހިތްވަރެއް ވެސް ނެތީ ހެއްޔެވެ؟

އޮފީހަށް ދާން ތައްޔާރުވެގެން ރީމް ސިޓިންރޫމަށް ނިކުތް އިރު ހިންދު އިން ގޮތް ފެނި އެދިމާލަށް ގޮސް ހިންދުއަށް ދެތިން ފަހަރެއްގެ މަތިން ގޮވާލިއެވެ. ހިންދުގެ ޖަވާބެއް ނުލިބުމުން ރީމް ގޮސް ހިންދުއާއި ޖެހިގެން އިށީދެ ހިންދުގެ މޫނަށް ރަގަޅަށް ބަލާލިއެވެ.

“ކިހިނެތްވީ، ކީކޭ އަޝްވިން ބުނީ” ރީމް އަހާލިއެވެ.

“އަޝްވިންއަށް އެކަންތައް އެގިއްޖެ” އެ ހިސާބަށް ބުނެލުމަށްފަހު ހިންދު މެދުކަނޑާލިއެވެ.

“ކޮން ކަމެއްގެ ވާހަކަ ތި ދައްކަނީ” ރީމް ހުރީ ވާނުވާގައެވެ.

“އެމީހުން ކުރި………” އެހިސާބަށް ބުނެލުމަށްފަހު ހިންދު އަނެއްކާވެސް މަޑު ޖެހިލިއެވެ. ރީމްއަށް އެބުނަން އުޅޭ ކަންތަކުގެ ވާހަކަ އެހާވަރުން އެގޭނެ ކަމަށް ބަލާފައެވެ. މާޒީގެ ވާހަކަ ދެއްކުމަކީ އެއް އިރެއްގައިވެސް ހިންދުއަށް ފަސޭހަ ކަމެއް ނޫނެވެ.

“އަޝްވިން ރުޅި އައީތަ ނޫނީ ހިތްހަމަނުޖެހުނީތަ އެކަންތައް އެގުމުން” ހިންދުގެ މިލާފައިވާ މޫނުން ރީމްއަށް ދޭހާ އެއްޗެއް ބުނެލިއެވެ.

“އާން، ބުނީ އެކަހަލަ މީހަކާއި އެކީ އުޅުމުގެ އެއްވެސް ފުރުސަތެއް ނެތޭ” ރީމްއަށް ބަލާލަމުން ހިންދު ބުނެލިއެވެ.

“އަޅޭ، އެކަމަކު އެއީ ހިންދުގެ ކުށުން ވީ ކަމެއް ނޫނެއްނު، ދެން ކީއްވެ އަޝްވިން ހިންދު ދެކެ ހިތްހަމަނުޖެހެންވީ.. އަޝްވާއަށް ގުޅަންތަ” އެކަންތަކަކީ ތިން މީހުން އެކުގައި ތިބެގެން އަބަދުވެސް ދައްކާ ވާހަކައެއް ކަމުން ރީމް އަޝްވާއަށް ގުޅަން އުޅުނެވެ.

“އަޝްވާއަށް ގުޅާނެ ކަމެއް ނެތް، އަޝްވިން އަނެއްކާވެސް ބުނަން ފަށާނެ އަހަރެން އަޝްވާ ބޯ ތެރެއަށް ވަދެގެން އޭނަ ހޯދަން އުޅެނީއޭ” ހިންދު ރީމް މަޑުކުރުވިއެވެ.

“އޯކޭ، އެކަމަކު ހިންދު ދެކެ ރުޅި އައުމުގެ އެއްވެސް ބާރެއް އަޝްވިން އަށް ނޯންނާނެ، ތީ އެޔަށްވުރެ މާ ރަނގަޅު ކުއްޖެއް” ރީމް ހިންދުގެ ކޮނޑުގައި ހިފައި ގަޔާއި ކައިރިކޮށްލަމުން ބުނެލިއެވެ.

އޮފީހަށް ދާން ތައްޔާރުވި ރީމް ހިންދު ކައިރީގައި ހުރުމަށް އޮފީހަށް ސަލާމް ބުންޏެވެ. އެކުވެރީން ދޭތެރޭ މައްސަލަ ޖެހުނަސް އަބަދުވެސް މިކަހަލަ ހާލަތްތަކުގައި އެކަކު އަނެކަކުގެ ހިދުމަތުގައި ތިބެއެވެ. ހިންދުއަށް އަޅާލާނެ އާއިލާއެއް ނެތުމުން ރީމްއާއި އަޝްވާއަކީ އޭނާގެ ލޭގެ ގުޅުން ނެތް އާއިލާއޭވެސް ބުނެވިދާނެއެވެ. ރަށުގައި ހުރި އިރުވެސް ދެރައެއް އަދި އުފަލެއް ލިބުނަސް ހިންދު އެއްމެ ފުރަތަމަ ގުޅަނީ އަޝްވާ އަށާއި ރީމް އަށެވެ. ރީމް ދެކެ މިއަދު އައި ރުޅީގެ އަސްލަކީ އޭނާ ރީމްއަށް ކުރާ އިތުބާރެއްގެ ބޮޑުކަމެވެ.


 

ހިންދުމެން ގެއިން ނުކުތް އިރުވެސް އަޝްވިންއަށް ހުރެވުނީ ހައިރާން ކަމެއްގެ ތެރޭގައެވެ. އަޑު އިވުނު ވާހަކަތަކާއި ހިންދުގެ އިއުތިރާފު ގަބޫލުނުކުރެވިފައެވެ.

ސައިކަލުގައި ގޮސް ގެޔަށް ވަދެވުމާއި އެކު އަޝްވިން އަޝްވާ އުޅޭތޯ ބަލާލިއެވެ. އަޝްވާ އޭނާގެ ކޮޓަރީގައި ނެތުމުން ހަފީޒާ ކުރެން އަހާލުމުން އެގުނީ އަޝްވާ ވީ ކޮލެޖުގައި ކަމެވެ. އަޝްވިން ދެތިން ފަހަރެއްގެ މަތިން އަޝްވާ އަށް ގުޅާލި ނަމަވެސް އަޝްވާ ފޯނެއް ނުނަގައެވެ. ލިބިފައިވާ ނުތަނަވަސްކަމާއި އެކު އަޝްވިން ދެން މިސްރާބު ޖެހީ އަނބުރާ ހިންދުމެން ގެޔަށެވެ. ހެދޭ ނުހެދޭ އެއް ނޭނގި މުޅި ސިކުނޑި ވަނީ އޮޅުންބޮޅުމެއްގެ ތެރޭގައެވެ.

މި ފާއިތުވެގެން މިދިޔަ މަދު ދުވަސްކޮޅު ތެރޭގައި އަޝްވިންއަށް ނުވިސްނަން ހުއްޓަސް ވިސްނެމުން ދަނީ ހިންދުއާއި ދޭތެރޭގައެވެ. ހިންދުއާއި ބައްދަލުވާ ކޮންމެ ފަހަރަކު މާފަށް އެދެން އަޒުމް ކަނޑައަޅައިގެން ހުންނަ ނަމަވެސް ކަންތައް ވެގެން މިދަނީ އެއްމެ ހީނުކުރާ ގޮތަށެވެ. ހިންދު އަކީ ދޮގުވެރިއެކޭ ބުނެ ތުހުމަތުގެ އިނގިލި ދިގު ކުރެވިއްޖެއެވެ. އަދިވެސް ހިންދުއަށް އެތައް ތުހުމަތެއް ކުރެވިއްޖެއެވެ. ބުނެގެން ނުވާނެ އެތައް އެއްޗެއް ބުނެ ވިއްޖެއެވެ. އެކަމަކު މިކަމުގައި މިހާ އަވަހަށް ގޮތެއް ކަނޑައަޅަން އަޝްވިން ބޭނުން ނުވެއެވެ. މިކަމުގައި ފޮރުވިފައިވާ ހަގީގަތެއް ވާ ކަމަށް އޭނާގެ ހިތް ބުނަން ފަށައިފިއެވެ.

ހިންދު އުޅޭ ގޭގެ ދޮރުގައި ޓަކި ދިނުމަށްފަހު އަޝްވިން ބޭރުގައި މަޑުކޮށްލައިގެން ހުރީ ދޮރު ހުޅުވާނެ ވަގުތަކަށެވެ. ދެތިން ފަހަރު ޓަކި ދިން ފަހުން ދޮރު ހުޅުވީ ރީމް އެވެ.

“އަޝްވިން މިތާ ކީއްކުރަނީ” ހައިރާން ކަމާއި އެކީ ރީމް އަހައިލިއެވެ. އޭރު ހިންދު ވީ ކޮޓަރީގައި ކަމުން ހިންދުއަށް އަޝްވިން އައި ކަމެއް ނޭނގޭނެއެވެ.

“ހިންދު އެބަ އުޅޭތަ” ހާސްވެފައިވާ ރާގަކަށް އަޝްވިން އަހައިލިއެވެ.

“ހިންދު އެބަ އުޅޭ، އެކަމަކު ހިންދުއާއި ބައްދަލު ނުކުރެވޭނެ” ރީމް އެހެން ބުނެލީ ޔަގީންކަމާއި އެކީގައެވެ.

“އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކާލަން ވެގެން މިއައީ، ކޮންމެހެންވެސް މިވަގުތު ބައްދަލުކޮށްލަން ބޭނުން” އަޝްވިން ބުނެލިއެވެ.

“ނޫން، ހިންދު ބޭނުމެއް ނުވާނެ އަޝްވިންއާއި ވާހަކަ ދައްކަން. އަދި އަމުދުން މިއަދު ވީ ކަންތަކަށް ފަހު” ގޭގެ ދޮރު ލައްޕާލަން ހިފާލަމުން ރީމް ބުނެލިއެވެ.

“އަހަރެން މިއައީ މިއަދު ވީ ކަންތަކާއި ވާހަކަ ދައްކާލަންށޭ، އަހަރެންނަށް ގަބޫލުނުކުރެވޭ އެތައް ކަންތަކެއްގެ ޖަވާބު ބޭނުން” ދޮރުގައި ބާރަށް ހިފަހައްޓާލަމުން އަޝްވިން ބުނެލިއެވެ.

“ޖަވާބު ބޭނުން ނަމަ އެއްމެ ފުރަތަމަވެސް އެހެން ނުބުނީސް، އަދި މިކަންތައް އެގުމުގެ ކުރިންވެސް ހިންދުއާއި އެއްމެ ކުޑަމިނުން ރީތިކޮށް ވާހަކަ ދައްކާލީސް.. އަޝްވާގެ ބޭބެ ވީމަ އަހަރެން ނުބުނާނެ އެތައް އެއްޗެއް އެބަހުރި. އެކަމަކު ބުނަން، ދެން އެއްމެ ދުވަހަކުވެސް ހިންދުއަށް ދެރައެއް ދީފި ނަމަ އަހަރެން އަޝްވިންއަށް އަންގާލަދޭނަން އަޝްވިންއަށް ތި ގެއްލުނީ ދުނިޔޭގަ ހުރި އެއްމެ ރަނގަޅު ކުއްޖާކަން.. އަޝްވިން ހިންދު ދެކެ ލޯބި ނުވުމަކީ ހިންދު ދެރަކޮށް ނިކަމެތިކޮށްލާ ސަބަބަކަށް ނުހަދާތި” ދޮރު ލައްޕާލުމުގެ ކުރިން ރީމް ބުނެލިއެވެ. މިވަގުތު ހިންދު ހުރި ހާލަތައް ބަލައި ރީމް އަށް އެހެން ބުނަން ޖެހުނީއެވެ.

ރީމް ދޮރު ލައްޕާލުމުން އަޝްވިން ބޯހޫރުވައި އިސްތަށިގަނޑުގައި ބާރަށް އަތް ހިންގާލެވުނެވެ. ހިންދުއާއި މިހެން ބައްދަލުނުވާނެކަން އެގޭތީ ޖީބުގައި އޮތް ފޯނު ނަގައި ދެތިން ފަހަރެއްގެ މަތިން ހިންދުއަށް ގުޅާލިއެވެ. ހިންދު ފޯނު ނުނަގާ ފޯނު ކަނޑާލާ ކޮންމެ ފަހަރަކު އަޝްވިންއަށް ހިތި އިހުސާސެއް ކުރެވިގެން ދެއެވެ.


 

 

ޝައިމް އެގޭގައި މިރޭގެ ފުޓްބޯޅަ މެޗް ބަލަން ދައުވަތު އެރުވުމުން ކާއިން އެގެޔަށް ދިޔައެވެ. އޭރު ޝައިމް އާއި އެކީ އެބައިގައި އެމީހުންނާއި އެކު އުޅޭ ޝަނުމް ވެސް އިނެވެ.

“ކައިގެންތަ ތިއައީ” ކާއިން ފެނުމާއި އެކު ޝައިމް އަހާލިއެވެ.

“ނޫން އަދި ނުކަން، މާހިލް ބުނި މެޗް ބަލާފަ ކާންދާން ގުޅާނެ ވާހަކަ” ކާއިން މާލެ ބަދަލުވިފަހުން ގިނަ އިރު ކަނީ މިގެއިންނެވެ.

“މަށަށް ހިޔެއް ނުވޭ މިގެއިން ނުކައި ދެވޭނެހެން، މަލަކާ ޑިޔުޓީއަށް ދިޔައިމަ އަޝްވާ އެބަ އުޅޭ މިބައިގެ ބަދިގެވެސް މިލްކުކޮށްގެން، އަހަރެން ކާއިން އަންނާނެ އޭ ބުނީމަ އެބަ ކައްކާލާ ހެސްކިޔާލާފަ” ޝައިމް ހެމުން ބުނެލިއެވެ. ކާއިން މިގެޔަށް ކާން އަންނަ ދުވަހެއް ނަމަ މިހާރު އަޝްވާ ވީހާވެސް ގިނައިން ކާއިންއަށް ކާން ދެވޭތޯ އުޅެއެވެ. ޝައިމްއާއި ކާއިންއަށް އޭގެ ސަބަބު ވަރަށް ރަގަޅަށް އެގެއެވެ.

ތިން މީހުން އެ ވާހަކައިގައި ތިއްބާ އަޝްވާ ކާން އައުމަށް ގޮވުމުން ތިން މީހުން އެކުގައި ގޮސް ބަދިގެޔަށް ވަނެވެ. އޭރު އަޝްވާ ހެވިލައިފައި އެދިމާ ބަލަހައްޓައިގެން ހުއްޓެވެ.

ކާއިން އައިސް އިށީނީ އަޝްވާ އާއި އެއްމެ ކައިރީގައި ހުރި ގޮނޑީގައެވެ. މޭޒު މަތީ ހުރި ބާވަތްތަކުން ކުޅު ދިޔާވިއެވެ. އަދި މެންދުރު ނުކައި ހުރުމުން އިތުރަށް ބަނޑުހައިވެސް ވިއެވެ. އެހެންނަމަވެސް ކާއިން ތައްޓަށް އެޅީ އެއް ސުވާއަށް ވާވަރުގެ ބަތް ކޮޅެކެވެ. އަދި ގަރުދިޔަ ފޮދެއް އަޅައި ބަތް ތަށި މޮޑެލިއެވެ. އެމަންޒަރު ބަލަން ހުރި އަޝްވާ ހުރީ ހައިރާންވެފައެވެ. ކާއިން އަކީ އެއް އިރެއްގައިވެސް މަދުން ކެއި މީހެއް ނޫނެވެ.

” އަދި ތަންކޮޅެއް ގިނައިން ކާންވީނު، އަހަރެން މިހުރިހާ އެއްޗެއް ތައްޔާރު މިކުރީ ކާއިން ލައްވާ އިސްރާފުކުރުވާކަށް ނޫނޭ” އަޝްވާ ކާއިންގެ ތައްޓަށް އިތުރަށް ބަތް އަޅަމުން ބުނެލިއެވެ.

“ޗެރީ އަށް އެގެޔެއްނު އަހަރެން ކިތައްމެ ގިނައިން ކިޔަސް ޗެރީ އާއި އެއްވަރަށް ފަލަ ނުވާނެކަން، އެހެންނޫނަސް ފަލަ ވިޔަސް އަހަރެން ބޭނުމެއް ނޫން ޗެރީގެ ތި ފަލަ މަގާމަށް ކުރިމަތިލާކަށް” އަޝްވާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ކާއިން ހެވިފައި ބުނެލިއެވެ.

“ކާކު ބުނީ އަހަރެން މިއުޅެނީ ކާއިން ފަލަ ކުރާށޭ، އަމިއްލަ އެދުން ބޮޑު ނުވެބަލަ” ކާއިން އާއި ދިމާލަށް ލޯ އަޅާލަމުން އަޝްވާ ބުނެލިއެވެ.

“ޝަނުމް ގިނައިން ކައްޗޭ، އަހަރެން ގިނައިން ނުކާތީ މިހާރުވެސް ދެރަވެފަ އެހެރީ، އަޝްވާ މާ ދެރަވާނެ ޝަނުމް ނުކަންޏާ” ސަމާސާގެ ރާގަކަށް ކާއިން ބުނެލިއެވެ.

ކާއިން އެހެން ބުނުމުން ޝަނުމް އަޝްވާ އަށް ބަލައިލައި ހިނިތުންވެލިއެވެ. އަޝްވާވެސް ހިނިތުންވެލިއެވެ. ލަދުން ހުރެއެވެ. ޝަނުމް ހުރި ތަނެއްގައި ކާއިންއާއި ވާހަކަ ދައްކައިފިނަމަ އަބަދުވެސް މީހާ ލަދުން ވިރޭ ހިސާބަށް ދެއެވެ.

ޝައިމް އާއި ކާއިން އަވަހަށް ކައި ނިއްމާލައިގެން ސިޓިންރޫމަށް ދިޔައެވެ.

“މިރޭ ހުރިހާ އެއްޗެއް ވެސް ވަރަށް މީރު” ކައި ނިމިގެން އަތް ދޮންނަން ތެދުވަމުން ޝަނުމް ބުނެލިއެވެ.

“ޝުކުރިއްޔާ، އަހަރެން އަޑު އެހިން ޝަނުމްއަށް ވަރަށް މޮޅަށް ކައްކަން އެނގޭ ވާހަކަ” މޭޒު މަތީ ހުރި ތަށިތައް ނަގަމުން ދިޔަ އަޝްވާ ޝަނުމްއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.

“ކައްކަން އެގުނަސް މިހާ މީރުކޮށް ކައްކާލެވޭނެހެން ހީނުވޭ، ކުރިން ރޭ ތައްޔާރު ކުރި ދިވެހި ކެއުމަށް އެއްވަނަ ދެވޭހާ މީރު.. އެރޭ އިމަޖެންސީއެއްގަ ޑިޔުޓީއަށް ދާން ޖެހިގެން މީރު ވާހަކަވެސް ނުބުނެވި ދެވުނީ” މީގެ އެތައް ދުވަހެއް ކުރިން ވީ ކަންތަކުގެ ހަނދާން އާ ކުރަމުން ޝަނުމް ބުނެލިއެވެ.

“އެހީ ވެދެންތަ” އަޝްވާ އެޔަށް އެއްޗެކޭ ނުބުނުމުން ޝަނުމް ފަހަތް ބަލާލުމަށްފަހު ބުނެލިއެވެ. އޭރު އަޝްވާ ތަށިތައް ނަގައިގެން އައިސް ޝަނުމް ކައިރީ ސިންކު ކައިރިއަށް އަންނަނީއެވެ.

“ނޫނޭ، ޝަނުމް ދޭ މެޗް ބަލަން. އަހަރެން މިކަންތައް ކޮށްލަފާނަން” އަޝްވާ ދެކޮޅު ހެދިއެވެ.

“އަހަރެން ފިރިހެނަކަށްވީމަތަ ތިހެން ތިބުނީ” ޝަނުމް ދެލޯ ކުޑަކޮށްލަމުން ބުނެލިއެވެ.

“އެހެނެއްނޫން، އެކަމަކު ޝަނުމް ތިހިރީ ވަރަށް މެޗް ބަލާ ހިތުންނެއްނު” ހިނިތުންވެލަމުން އަޝްވާ ބުނެލިއެވެ.

“މާދަމާ ވެސް މެޗް ބެލިދާނެ” އެހެން ބުނެ ޝަނުމް އަޝްވާ އަތުން ތަށިތައް ނަގައި ސިންކު ތެރޭ ބެހެއްޓިއެވެ.

“ޝަނުމް ގެނޭ އަހަރެން އަތަށް” އަޝްވާ  ޝަނުމް އާއި އެކަހަލަ ކަމެއް ހަވާލުކުރަން ބޭނުމެއް ނޫނެވެ. ޝަނުމްއަށް ކުރާ އިހްތިރާމެއްގެ ބޮޑުކަމުންނާއި އެކީގައެވެ.

“މީ އެވަރު ކަމެއް ނޫނޭ، ގޭގަ އުޅޭ ފިރިހެނުންވެސް ޖެހޭނެ މިކަހަލަ ކަންތައް ކުރަން. ޝައިމްއާއި އަޝްވިންވެސް ބަދިގޭގައި އުޅޭތަން އަހަންނަށް ފެނޭ، އަހަރެން އެކަނި އެހީވެދެނީމަތަ މައްސަލަ އަކަށް ވަނީ” ޝަނުމް އޭނާގެ ބަހުގައި ހިފެހެއްޓިއެވެ.

“އަޝްވާ މެޗް ނުބަލަންތަ” ތަށިތައް ދޮންނަން ފަށައި ގަންނަމުން ޝަނުމް ބުނެލިއެވެ. އަޝްވާއަށް އިތުރަށް ދެކޮޅު ހަދަން ނުކެރުނުމުން ޝަނުމް ފަހަތުގައި ފާރުގައި ލެގި ލައިގެން މަޑުކޮށްލިއެވެ.

ދެމީހުން އެކަނި މިކަހަލަ ވާހަކަތަކެއްގައި ތިއްބާ ކާއިން ބަދިގެޔަށް އައެވެ. ފޯއް ތަބަކުން ފޯއްކޮޅެއް ބަލައެވެ. ކާއިން އައިތަން ފެނި އަޝްވާ ދެބުމަ މައްޗަށް ހިއްލާލައި ފުޅާކޮށް ހިނިތުންވެލީ އޭނާއަށް ލިބެމުންދާ އުފާވެރިކަމުގެ މިންވަރު ކާއިންއަށް އަންގާލުމަށެވެ.

އަޝްވާ ހެވިފައި ހުރިތަން ފެނި ކާއިން ޝަނުމްއަށް ނުފެންނަހެން ދެއަތުގެ ބޮޑު ވާ އިނިގިލި މައްޗަށް ނަގައި ވަރަށް ރަނގަޅޭ ބުނެލިއެވެ. އަޝްވާ ހެވިފައި ހުންނަ އިރު ދެކޮލުގައި ހުންނަ އަޑިކޮޅު ވަރަށް ބޮޑަށް ފާޅުވެފައި ހުއްޓެވެ. އަޝްވާ ހިތްހަމަޖެހިފައި ހުރި ތަން ފެނި ކާއިންގެ ހިތަށް ވެސް ހަމަޖެހުން ލިބިގެން ދިޔައެވެ.


 

އޭގެ ދެތިން ދުވަސް ފަހެވެ. ރީމް  މާކޯނި  ގެޔަށް ދިޔައީ ކޮލެޖު ޕުރެޖެޓްޓެއް ހެދުމަށް އަޝްވާގެ އެހީތެރިކަން ހޯދުމަށެވެ.

ސިޑިން އަރަމުން ދިޔަ ރީމްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރި ކުރުވީ އެވަގުތު އެތާ ޑިޔުޓީއަށް ދާން ބޫޓުލާން ހުރި ޝަނުމް ފެނުމުންވެ. އެހިނިތުންވުމާއި އެކީ ގޮސް ރީމް ޝަނުމް ކައިރިއަށް ގޮސް ނަމުން ގޮވާލިއެވެ

ނަން އިވުމާއި އެކު ޝަނުމްއަށް ފަހަތަށް ބަލާލެވުނީ އެއީ ރީމް ތޯ ޔަގީންކޮށްލުމަށެވެ.

“ޝަނުމް ވަރަށް ހޭންޑުސަމް ޔުނީފޯރމްގައި ހުންނަ އިރު” ޝަނުމް އޭނާއަށް ބަލާލުމުން ރީމް ތައުރީފުކޮށްލިއެވެ.

“އެރޭ އަހަރެން އެހެން ވާހަކަ ދެއްކީމަ އަދިވެސް ރުޅި އައިސްދޯ” ޝަނުމްގެ ހަމަހިމޭންކަމުން ރީމް އޭނާއަށް ދޭހަވާ މާނަ ނެގިއެވެ.

“ރުޅި އެއް ނާދޭ.. އެކަމަކު އަދިވެސް އަހަރެންގެ ހިޔާލެއް ބަދަލެއް ނުކުރަން” ޝަނުމް ބުނެލިއެވެ.

“އެގޭ ތީ އެހާ ފަސޭހައިން ހިޔާލު ބަދަލުކުރާނެ މީހެއް ނޫންކަން.. ތީ އަހަންނަށް ވަރަށް ކަމުދާ ސިފައެއް، އެކަމަކު ޝަނުމްގެ ތިހިޔާލު ބަދަލުކުރަން އަހަންނަށް ކުރެވެން އޮތް ކަމެއް ކުރާނަން” ދެބުމަ މައްޗަށް އަރުވާލަމުން ރީމް ވަރަށް ޔަގީންކަމާއި އެކީ ބުނެލިއެވެ.

“އަންހެން ކުއްޖެއް ފަރާތުން އަހަންނަށް އެއްމެ ކަމުނުދާ އެއް ސިފަޔަކީ ތިމާގެ މޮޅުކަން ދައްކަން އުޅުން.. ލޯތްބަކީ ކަންދައްކައިގެން ލިބޭނެ އެއްޗެއް ނޫން. އެހެންވީމަ ރީމް އަހަންނަށް ވަގުތު ބޭކާރު ކުރާނެ ކަމެއް ނެތް. އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް” ޝަނުމް އަދިވެސް ހުރީ އޭނާގެ ބަހުގައި ހިފައިގެންނެވެ.

“ލޯބިވާ ވާހަކަ ބުނުމަކީ ވަކި ޖިންސެއްގެ މީހަކަށްވީމަ ނުބުނެވޭނެ އެއްޗެއްތަ. އަހަރަމެންގެ އިހްސާސަތައް ފާޅުކުރަން ޖެހިލުމެއް ނުވާނެ” ރީމްގެ އަޑުގައި އެހެންޏާ ނުހުންނަ ހަރުކަށިކަމެއް ހުއްޓެވެ.

“ގުޑްލަކް ތިކަމަށް” ލުއި ހިނިތުންވުމަކާއި އެކީ އެހެން ބުނެލުމަށްފަހު ޝަނުމް ސިޑިން ފައިބައިގެން ދިޔައީ ރީމްއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދީއެވެ.

ރީމްއަށް އަތް މުއްކަވާލެވުނީ ވަމުންދާ ދެރަ ރުޅިއަށް ބަދަލުވެގެން ދާތީއެވެ. ޝަނުމްއަށް އޭނާގެ ހިތް ރޮއްވާލުމުގެ އެއްވެސް ހައްގެއް ނެތްކަމުގައި ރީމް ގަބޫލުކުރެއެވެ. އޭނާ ޝަނުމްގެ ދެކެ ވަނީ ހަގީގީ ލޯބިކަން ފާޅުކުރުމުންވެސް ޝަނުމްއަށް އެކަން ބަލައިނުގަނެވުނެވެ. ލޮލުން ކަރުނަ ހިލާލީ އެހެންވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ކުރިން އެނގުނުނަމަ (ނުވަވަނަ ބައި)

Next

ނޫރު (ހަތާވީސްވަނަ ބައި – ދިގުކުރެވިފައި)

Next
January 23, 2018

ނޫރު (ހަތާވީސްވަނަ ބައި – ދިގުކުރެވިފައި)

Previews
January 23, 2018

ކުރިން އެނގުނުނަމަ (ނުވަވަނަ ބައި)

46 Comments!

  1. Aki says:
    January 23, 2018 at 4:23 pm

    vvv inthizaaru kohfin mi vaahaka ah.. thanks maroon dhooni

    1. maroon says:
      January 23, 2018 at 4:25 pm

      Thanku aki for waiting. Tell me what you think nimmaalaafa ?

  2. maroon says:
    January 23, 2018 at 4:30 pm

    Salam and good evening to my readers
    There maybr a lot of questions after this part. Next part in baeh suvaaluthaku ge javaabu libeyne
    ???
    Loves tc
    And if you have any questions about the story ask them . Only questions which ?confuse you

  3. maikko says:
    January 23, 2018 at 4:44 pm

    Haadha see this eye mi Bai adhi eh part miadhu up Kohla Dhyba maroon ??plz…….. Waiting for the next part

    1. maroon says:
      January 23, 2018 at 5:18 pm

      Thanku maikko ?

  4. Maa says:
    January 23, 2018 at 4:50 pm

    Plzzz one more part today….

    1. maroon says:
      January 23, 2018 at 5:19 pm

      Thanku ?

  5. Aki says:
    January 23, 2018 at 5:04 pm

    varah furihama .. next part ge inthizaaru ga

    1. maroon says:
      January 23, 2018 at 5:20 pm

      Thanku aki ?

  6. Eysha says:
    January 23, 2018 at 5:14 pm

    Kaain aee hindhu ge beybe dhwwww?. V v v reethi

    1. maroon says:
      January 23, 2018 at 5:21 pm

      Mayb ?
      Thanku eysha?

  7. Pinky shifoo says:
    January 23, 2018 at 5:15 pm

    Hey maroon mi part varah varah reethi ????.. Superb ??.. I have a lot of questions in my mind now?? ???.. Hehehe.. Varah varah varah intresting story eh mee ????☺️?.. Eagerly waiting for the next part ??.. Loves ??

    1. maroon says:
      January 23, 2018 at 5:23 pm

      Hey pinky shifoo ?
      You ll get answers soon
      Keep waiting
      Tc loves ?

  8. sam♥ says:
    January 23, 2018 at 5:20 pm

    wow thankx .. roon♥♥♥

    1. Maroon says:
      January 23, 2018 at 11:59 pm

      Thank u sam

    2. maroon says:
      January 24, 2018 at 2:00 am

      Hey sam
      Thanku for all the support u give.
      Loves tc ?
      And maroonge name ga comment koffa einy not me ngey

  9. Blume says:
    January 23, 2018 at 5:37 pm

    Wowww..mi prt v rythi…miadhu adhi eh prt genes dhyba..nd maroon kaain aai ashwa gulhuvahchey..ly?

    1. maroon says:
      January 23, 2018 at 6:17 pm

      Thanku blume ?

  10. Any says:
    January 23, 2018 at 7:02 pm

    V reethi thanks again

    1. maroon says:
      January 23, 2018 at 7:52 pm

      Thanku any ?

  11. syle says:
    January 23, 2018 at 7:06 pm

    Alhey ashwa ah shanum libey goiy hadhaabala.reem ah nudheythi???

    1. maroon says:
      January 23, 2018 at 7:52 pm

      Hehe. Visnaalaanan ngey
      Thanku dear ?

  12. Kai says:
    January 23, 2018 at 7:18 pm

    Nyc ❤❤❤

    1. maroon says:
      January 23, 2018 at 7:52 pm

      Thanku kai ?

  13. Hairaan says:
    January 23, 2018 at 8:00 pm

    Wow varah reethi

    1. maroon says:
      January 23, 2018 at 8:35 pm

      Thanku hairaan ?

  14. Zuam says:
    January 23, 2018 at 8:03 pm

    Wow
    Varah varah reethi
    Waiting
    ????

    1. maroon says:
      January 23, 2018 at 8:36 pm

      Thanku zuam ?

  15. A Reader says:
    January 23, 2018 at 8:16 pm

    Loved the story from the beginning…. Maroon darling ? …dhen avahah kommeves jodi eh gulhuvaala dheebala Bodah ran’galhee ashvin and hindhuge jodi gulhuvaa dhiniyya…????

    1. maroon says:
      January 23, 2018 at 8:36 pm

      Thanku dear
      Next part kiyaalaafa i think u ll be happy
      ?

  16. My says:
    January 23, 2018 at 8:32 pm

    Vaahakaiga Firihen meehaa thahtah elhy eh suvaa bathey bunyma olhunaraa. Aee suvaa aky anga ah laan nagaa baiykokhah kiyaa nun vyma

    1. maroon says:
      January 23, 2018 at 8:37 pm

      Thanky My mistake faahaga kolla dhinyma
      Mihaaru ragalhu koffin
      ?

  17. Zuzu says:
    January 23, 2018 at 8:45 pm

    Maroon plis shanum aa ashwa ingeyy reem ah shanum nudheythi reem ah rangalhu kuhjjeh hoadhaany. Btw i looove this stoory already waiting for next parrtttt

    1. maroon says:
      January 23, 2018 at 8:54 pm

      Ekyhve yw reem ah shanum nudheyn vy? ?
      Thanku zuzu ?

  18. Dhoonaa says:
    January 23, 2018 at 9:26 pm

    Wow maroon its a nice parts abadhuvx maroon he vaahaka takah v shaugu hurey ekam ehen noonii comment eh nukuran ekamu miburu hama keiyth nuvii vaahakaige length Aa medhu v bodah hiyth hama jehey keep it up dear waiting for the next part hope kuran v avahah up vaane kamah

    1. maroon says:
      January 24, 2018 at 1:56 am

      V ufaa vejje comment kollythy. And vaahakathah kiyaa shaugu verikan hureethy.
      Thanku tc ?

  19. Rammu says:
    January 23, 2018 at 10:09 pm

    Kaain ge bappa ebahuri dhaiy huri dhuvahu kaashi kaifa. Aslu dhonbe kiyan jeheyni Ashvin ah dhw Shaim ah thuhthu kiyan jeheyni.. vaahaka v salhi

    1. maroon says:
      January 24, 2018 at 1:58 am

      Ehenthaa mi vy mifaharu
      I really do not know that works. Maybe thats the way. Dhn faharakun thihen nan dheveythw balaanan
      Thanku rammu ?

  20. Xxxx says:
    January 23, 2018 at 11:38 pm

    Wooooowww ??? nice

    1. maroon says:
      January 24, 2018 at 1:58 am

      Thanku xxxx ?

  21. Mai says:
    January 24, 2018 at 12:03 am

    Mi bai vx v reethi.. waiting for next part maroon.. i love this story.. plxx avahah up khlladheychey ingey

    1. maroon says:
      January 24, 2018 at 2:00 am

      Thanku mai ?
      Sure avahah upkohdheynan in sha Allah

  22. Mixuhan says:
    January 24, 2018 at 6:07 am

    Alhey.. Haadha interesting ey… Next part kiyaahithun keii madhu vehje.. Ashwa And shanum gulhunyma story reethi vaany..e dhemyhun gulhuvabaa Avahah .Avahah up khdhehchey….

    1. maroon says:
      January 24, 2018 at 1:58 pm

      Thanku mixuhan . ?

  23. Zaaraa says:
    January 24, 2018 at 3:37 pm

    Wow Interesting?? waiting for next part ? ?? Kurin ves part 10 mifaharuvex?? mee 11part dow

    1. maroon says:
      January 24, 2018 at 4:22 pm

      Nooney. Hama ragalhah midhany
      Thanku zaaraa for all the support ?

Comments are closed.

Next Episodeތިޔަ އަސަރު 11←


All Right Reserved!