މަލާކް އެތަށް ގޮތަކަށް ވިސްނުމަށްފަހު އަމީނާއާއި ހަމައަށް ވަރިވާން އުޅޭކަމުގެ ޚަބަރު ގެންދިޔައެވެ. އެކަން އޭނަ ހާމަކުރީ ޝަރީފްވެސް އިންދައެވެ. މާބޮޑު ތަފްސީލެއް މަލާކް ނުދެއެވެ.ދެމީހުންނަންވެސް ރަނގަޅީ އެގޮތްކަމަށް ފެންނާތީ އެހެން ނިންމީކަމުގައި ބުނެލިއެވެ. އަމީނާމެން ނަސޭހަތްދިނީ ހަނދާންކޮށްދިނީ ކައިވެނީގެ މުހިންމުކަމެވެ. އެއީ ކިހާމާތް ގުޅުމެއްކަމެވެ. ނަމަވެސް ގޮތް ނިންމުމުގެ ފުރުސަތު މަލާކަށް ޝަރީފްމެން ދިނެވެ. ހަޤީގަތުގައި އެހުރިހާ ވާހަކައެއް އެމީހުން ދައްކަން ޖެހުނީ މަލާކް އެދެމީހުންގެ ގުޅުން އޮތްހިސާބު ކިޔައި ނުދިނީމައެވެ. މައުވަންކުރި އާދޭހަށް މަލާކްދިނީ […]
ޝަނުމް މީކާއިލްގެ ފަހަތުން ސިޑިން އަރަމުން ދިޔައެވެ. މީ ރީމްގެ ގެ ހުންނަ އިމާރާތަށް ވިޔަސް އެއީ ކޮން ފަންގިފިލާއެއްކަން ޝަނުމް އަށް ނޭނގެއެވެ. އެހެންކަމުން އިތުރު ސުވާލެއް ނުކުރެ މީކާއިލްގެ ފަހަތުން ދިޔައެވެ. “އަހަރެންތަ ދޮރުގަ ޓަކި ދޭންވީ” ދެވަނަ ފަންގިފިލާއަށް އަރައި މަޑު ނޫކުލަ ލާފައިވާ ގޭގެ މައި ދޮރު ކައިރީ ހުއްޓިލަމުން މީކާއިލް އަހާލިއެވެ. “އަހަރެން ނޫނެއްނު މިއައީ އަންހެން ކުއްޖެއް ގުޅާލާ އިރަށް ކެތްނުކުރެވިގެން” މީކާއިލްއާއި ދިމާލަށް ލޯއަޅާލަމުން ޝަނުމް ބުނެލިއެވެ. […]
އަޒެލްއާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ހޯދަމުންދިޔަ އެލައިޝާއަށް އެކަން ކާމިޔާބުވާގޮތް ނުވީ ފަހަރަކު މީހަކުގޮސް އަޒެލްއާއި ވާހަކަދައްކަމުންދާތީއެވެ. “ކާކުތަ ތިހޯދަނީ މާވަރަކަށް.. އަހަރެންތަ..” ފަހަތުން އިވިގެން ދިޔަ ދަންނަ އަޑާއިއެކު އެލައިޝާ ފަހަތަށް އެނބުރިލިއެެވެ. ފަހަތުގައި ހުރީ އިބާންއެވެ. “ހާދަ ހާސްވެފަ.. ކަމެއް ވީތަ އަނެއްކާ..” އިބާން ބުނެލިއެވެ. އެލައިޝާ ކަމެއް ނުވެއޭ ބުނުމައްފަހު އަނެއްކާވެސް އަޒެލް ހޯދަންފެށިއެވެ. އާލޯކްއާއި ވާހަކަ ދައްކަން އިން އަޒެލް ފެނުމުން އެލައިޝާ އޭނާއާއި ދިމާއަށް ދާން ހިނގައިގަތެވެ. އިބާން އެލައިޝާގެ […]
ހިންދު މާކޯނި ގެޔަށް އައީ އަޝްވާ އާއި ބައްދަލުކޮށްލާށެވެ. ދެރައްޓެހިންގެ މެދުގައިވާ ނުތަނަވަސްކަން ނިމުމަކަށް ގެންނާށެވެ. ހިންދު އައިއިރު އަޝްވާ ހުރީ ކޮޓަރީގައި ކަމުން ހިންދު މަޑުކޮށްލީ ސިޓިންރޫމުގެ ސޯފާގައެވެ. “ހިންދު ދައްތާ!!!!” ހިންދު މަޑުކޮށްގެން މާ ގިނަ އިރެއް ނުވަނީސް އީޝް އޭނާއަށް ގޮވަމުން އެތަނަށް އައެވެ. އަތުގައި އޮތް ފޯނާއި އެކު ހިންދު ކައިރިއަށް ސޯފާއަށް އެރިއެވެ. “ބަލާ، ދައްތަ ތިއްތިކަން” އަޝްވިންގެ ފޯނު ހިންދުއާއި ދިމާލަށް ދިއްކޮށްލަމުން އީޝް ބުނެލިއެވެ. ހިންދު އަށް […]
މިލަ ހަނދުވަރު (ހަތަރުވަނަ ބައި ) މާބޮޑު ކަމަކައްނުހަދާ ޒުލޭހާ އަމިއްލަ ހިތައް ވިސްނައިދޭން މަސައްކަތްކުރިއެވެ. އެކަހަލަ ވިސްނުން ތަކެއްގައި އޮވެ ޒުލޭހާ އައް ނިދުނީ ވަަރަށް ލަސްވިފަހުންނެވެ. ދުވަސް ތައް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ ހަލުވި މިނުގައެވެ. ސުކޫލް ގޭޓުން ނިކުމެގެން ދާ އެއްބައި ކުދިންގެ މޫނުމަތިން ހިނިތުންވުން ފެންނަ އިރު އަނެއް ބައި ކުދިންގެ މޫނުތައް ވަނީ މިލާފައެވެ. މިއަދަކީ މުޅި އަހަރު ކުދިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ލިބޭ ދުވަހެވެ. […]
އުޑުމަތި ދިޔައީ ބަނަ ކުރަމުންނެވެ. އިރުއޮއްސޭ މަންޒަރު ބަލަން ގޮސް ތިބި ކުދިބޮޑު އެންމެން ގެޔަށް ދިޔުމަށް ހިގައިގަތެވެ. އެހެން އެންމެން އުޅޭ ގޮތަކަށް ފަރުވާލެއް ނުބަހައްޓާ އިޒްނާ އިންތާ އެކަނިމާ އެކަނި މަޑުމަޑުން އިނެވެ. އެންމެން ގޮސް ނިމިޖެވެ. މުޅި އަތިރިމަތި ހަމަހިމޭން ވިއެވެ. ގުދުރަތުގެ ހިތްގައިމު އަޑު ފިޔަވާ އެހެން އަޑެއް ނީވެއެވެ. އޭރުވެސް އިޒްނާ އެ އިންތާ އިނެވެ. ފިނި ފިނި ފެން ތިކިތަކެއް އިޒްނާގެ ގަޔަށް ޖެހުމުން މުޅި މީހާ ފިނިވިއެވެ. […]
ނިހާއަށް ގޮވަމުން އުއްޑުން ޖަހާލުމާއެކު ކަރު ދަށުގައިވާ ވަކީގެ ނިޝާންތައް ފެނުނެވެ. ނިހާއަށް ގޮވާގޮވާ ހަބަރެއް ނުވުމުން ނިހާ ނޭވާލާތޯ ބަލާލިއެވެ. ނިހާ ނޭވާނުލާހެން ހީވުމާއެކު ނިކާލްގެ ވަށައިގެން މުޅި ދުނިޔެ ބާރަށް އެނބުރި ގަތްހެން ހީވިއެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ އޭނާގެ ދެ ލޮލަށް ކަރުނަ ޖަމާވެގަތެވެ. އިންޝާ ފެންވަރައި ލައިގެން ނުކުތް އިރު ނަޒީލް ފެންނާކަށް ނެތެވެ. ރޫ ޖެހިފައިވާ އެނދުމަތި ފެނުމާއެކު އޭނާގެ ހަނދާނަށް އައީ ރޭގެ ހާދިޘާއެވެ. އެ އެނދުމަތިން ލިބުނު […]
ގެއަށް ދިޔަ މަގުމަތީގައިވެސް އެކަކުވެސް ވާހަކަ އެއްނުދައްކައެވެ. މައިލީން އޭނާގެ އަތުގައި އޮތް ތަޅުދަނޑިން ހުޅުވާލާ ވަންނަންދެން ޔުއާން ބަލަން ހުއްޓެވެ. އެނބުރި ދިޔަ މަގުމަތީގައިވެސް ޔުއާން ހުރީ ހަދަން ވީ ގޮތް ނޭގިފައެވެ. އޭނާ ގެ ބޯ ހާސްވަމުން ދިޔައެވެ. “ޔެސް. އަހަރެން ދިޔައިމަ މިކަންތައްނިމުނީ. އަދި ހާސްވާކަށް ނުވޭ… އަދި ހާސްވާކަށް ނުވޭ ޔެސް. އަދި ހާސްވާކަށް ނުވޭ” ޔުއާން ގެ ސިކުނޑި ހީވަނީ ފަޅައިގެންގޮސްދާނެހެންނެވެ. އޭގެފަހުން މައިލީން ގުޅަ ގުޅާވެސް ޔުއާން ފޯނެއްނުނަގައެވެ. […]
“އެކަމަކު އަހަރެން ތ އަތުން ވަރަށް އަވަހަށް ދޫކޮއްލާނަން. އޭރުން މައިލީން އަށް ޖެހޭނީ ރޯލަ ރޯލާ ހުންނަން. އަހަރެންގެ ރައްޓޭހިން ވެސް ބުނީ ކީކޭ. މައިލީން ހާސިލް އެއް ނުވާނޭ… މައިލިން އަހަރެން ގެ ކޯތާފަތުގަ ޖެހީ މިހާރު އަހަރެން މިހިފަނީ އެކަމުގެ ބަދަލް” ޔުއާން ހިތުން މައިލީން އަށް ވަރުގަދަ ރައްދެއްދިނެވެ. އޭނާ ގެ އެކުވެރިން ހާސިލް ނުވާނޭ ބުނީތީ އެނާ އެމީހުންނަށް ދައްކައިލުމުގެ ބޭނުމުގަޔާއި މައިލީން ގެ ކިބައިން ބަދަލް ހިފުމަށް ކުޅޭ […]