ކާރު ދުއްވަން އިން ޔުއާން ކުއްލިއަކަށް ބުރަކި ޖައްސާލުމާއެކު އަވަސް އަވަހަށް ކާރުން ފޭބިއެވެ. ލޯ މަރާލައިގެން ހުރި މައިލީން މަޑުމަޑުން ލޯ ހުޅުވާލިއެވެ. “ތަދުވިތަ” ޔުއާން އަވަސް އަވަހަށް އައިސް އިށީންނަމުން އެ ކުއްޖާ ގާތު އަހައިލިއެވެ. އެވަގުތު އެ ކުއްޖާ ގެ ލޮލާ ޔުއާން ގެ ލޮލާ ސީދާވެގެން ދިޔައެވެ. އެއާއެކު ޔުއާން ގެ ނަޒަރު ފުރަތަމަ ހުއްޓުނީ ޔަޝްމް ގެ މަޑު މުށިކުލައިގެ ލޮލަށެވެ. ދެން އެ ލޯބި މޫނަށެވެ. ޔުއާން ގެ […]
އެހެނަސް އަފާފަށް އަނިޔާއެއް ދިން މީހަކީ އެ މަންމަކަން އެނގުންވީ ހިނދު ޝަރަފްގެ ހިތުގައި ރުޅީގެ އަލިފާނެއް ރޯވިއެވެ. އަދި ޝާދިޔާ ބުނިހެން މަންމައަކީ ފައިސާއަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނެހެން ހީވާފަދަ މަންމަގެ ހުރިހާ ސިފައެއް ހަނދާނަށް އަންނަމުން ދިޔަދިޔަހެން އޭނަގެ ބުމަގޮށްޖެހި އޭނަގެ ގޮށްމުއްކެވުނެވެ. މަންމަ ހޯދުމުގެ މަސައްކަތް ޝަރަފް އެރެއިން އެރެއަށް ވެސް ފެށިއެވެ. އެރޭގެ ވަގުތެއްގައި އަފާފް ގެއަށް ގެނެވިގެން ދިޔުމުން މާ ގިނައިރެއްނުވެ އަފާފަށް ނިދުނެވެ. އާދައިގެ މަތިން ޝަރަފް […]
ކުރީގެ އަދަދާއި ގުޅޭ : އެހެންނަމަވެސް ހިތާމައަކީ ޒާރާގެ ޑައިރީގައި ދާންގެ އެއްވެސް ވާހަކައެއް އައިސްފައި ނެތްކަމެވެ. އެވާހަކަތައް ޑައިރީގައި އޮތްނަމަ ޔަޒްދާން ކިހާ އުފާވީސް ހެއްޔެވެ. އެހެންނަމަވެސް ޒާރާއާ ދިމާވި ފިރިހެންކުދިންގެ ތެރެއިން އެންމެ ފަހު ވާހަކައަކަށް އޮތީ ރިޝްވާންގެ ވާހަކައެވެ. އެހެންވެ، ޒާރާ ދާންދެކެ ލޯބިވާ މިންވަރާއި، ލޯބީގެ އިހްސާސްތަކާއި، ލޯބީގައި ޖެހިގެން ޒާރާ އުޅުނުގޮތުގެ ވާހަކަތައް ދެން ދުވަހަކުވެސް ޔަޒްދާންއަކަށް ނޭނގެނެއެވެ. އެއީ އެކަންވުމަށް ތަގްދީރުގައި ލިޔެވިފައިވާ ގޮތް ކަމުގައި ވާތީއެވެ. ******************** […]
ކާއިން ޝަނުމްއަށް ވުރެ ބާރަށް ސައިކަލު ދުއްވާލިއެވެ. އެމީހުންނަށް ވުރެ ކުރިން މަންޒިލާއި ހަމައަށް ދެވޭ ތޯ އެއްނޫނެވެ. ޝަނުމްއާއި އެކީ އެހެން ކުއްޖެއް އިންނަ ތަން ފެނިއްޖެނަމަ އަޝްވާ ދެރަވާނެކަން އެނގޭތީއެވެ. . އެމީހުންނަށް ދެވުނު އިރު ހިންދުއާއި އަޝްވިން އިންތިޒާރުގައި ތިއްބެވެ. “ޝޮޕިންކޮށް ނިމުނީތަ މިހާރު” ސައިކަލުން ފައިބަމުން އަޝްވާ ބުނެލިއެވެ. “އެއް ދުވަހުން ހުރިހާ ކަމެއް ނިމޭތަ. އަޝްވާވެސް މިކައިވެންޏާއި ދިމާކޮށް ވިއްޔާ ވަޒީފާއަށް ތިނިކުތީ” ހިންދު ބުނެލިއެވެ. “ދެމީހުން އެވަރަށް ޒުވާބުކޮށް […]
އާދުވަހަކަށް އިރުއޭގެ މަގާމުގައި ފިޔަޖަހަންފެށިއެވެ. ކޮވެލި ކާޅުތަށް އެކަން އިއުލާންކޮށްލަމުން އެސޮރުމުންގެ ހާލިތަށް ދޫކޮށް ނުކުތީ ބަނޑުފުރާނަ މުއްތިކުރުމަށެވެ. މިއީ ދުނިޔޭގެ އާދައެވެ. މަގުތަށް ހަލަބޮލިވެގެން ދިޔައީ ބަންދު ދުވަހެއް ނޫންކަން އަންގައިދެމުންނެވެ. ފަތިހުހޭލިގޮތަށް ނަމާދުކޮށްގެން ކިޔަވަން އިން ރީމާ ގަޑިބަލާލަމުން ޙަތިމް ލައްޕާލިއެވެ. ކޮޓަރިން ނުކުމެގެން ބަދިގެއަށް ވަންއިރު އާދައިގެ މަތިން ފާތުމަ ހުރީ ސައިހަދައިފައެވެ. މިއަދަކީ ސުކޫލަށް ދާންޖެހޭ ދުވަހެކެވެ. ރީމާމެންގެ ގްރެޖުއޭޝަން އަދި ބާއްވަން ރޭވި ޕާރޓީގެ އިންތިޒާމްތަށް ކުރަން ދިއުމަށް ދިވެހި […]
ހެނދުނު ހެނދުނާ ތެދުވެގެން ކާއިން ބެލީ ބަރާބަރު ގަޑިއަށް އޮފީހަށް ދެވޭތޯއެވެ. އަބަދުވެސް ގަޑި ޖެހޭތީ އަޝްވާ ހަޅޭތްލަވާތީ މިއަދު ފޯނު އެލާމް ކުރިއެވެ. އަދި އަޝްވާ އަބަދުހެން ޝަކުވާ ކުރާތީ ބޯ ރީއްޗަށް ކޮށާލައި ތުބުޅިވެސް ރީތިކޮށްލިއެވެ. ކާއިން ލާން ނެގީ ކަޅުކުލައިގެ ގަމީހެކެވެ. އަދި އެޔާއިއެކު އަޅަން މެރޫން ކުލައާއި ކަޅުކުލައިގެ ޓައީ އެކެވެ. އެއީ އަޝްވާ އޭނާއަށް ގަނެދިން ދިހަ ޓައީގެ ތެރެއިން އަޝްވާ އެއްމެ ކަމުދާ ކަމަށް ބުނި ޓައީއެވެ. ޖިންސުގެ […]
ޔަޝްމް ގެ މޫނަށް ނަޒަރުހުއްޓައިލައިގެން އޮތް މައިލީން ސިހުނީ ފޯނަށް މެސެޖެއް އައުމުންނެވެ. އޭނާ ފޯން ނަގާ މެސެޖް ކިޔާލިއެވެ. ރީތި ގުޑް ނައިޓް މެސެޖެކެވެ. ނަމްބަރަކީ ޕްރައިވެޓް ކޮން ނަގާފައިވާ ނަމްބަރެއްކަމުން ކާކުގެ ނަމްބަރެއްކަމެއް ނޭގެއެވެ. އެހެންނަމަވެސް އޭނާ އަށް މެސެޖްކުރާ މީހަކު ހޯދަން އޭނާ ޝައުގުވެރިވިއެވެ. ކުރިންވެސް މެސެޖް ކޮއްފައި އިން ނަމްބަރަށް ވުމުން ހަމަ އޮޅިގެންބާއޭ އޭނާގެ ހިތަށް އެރިއެވެ. އޭނާ ފޯން ބާއްވަމުން ނިދޭތޯ އުޅުނެވެ. އޭރުވެސް ވާރޭވެހެމުން ދިޔައެވެ. ރޭގަނޑުގެ […]
އޮހޮރެމުން ދިޔަ ލެއިން ވެލިގަނޑު ރަތް ވަމުންދިޔައެވެ. ބޮލުން ތަންގަނޑެއް ވަނީ ފެޅިފައެވެ. ދެލޯ ތަންމިނަށް ހުޅުހުވިފައެވެ. ދިރުމެއް ނެތް ބަރު ހަށިގަނޑު ދަމަމުން ކޫއްތަމުން މަގުމައްޗަށް ނެރުނީ އަމިއްލައަށެވެ. ފައިގައި ހިފައިގެން ދަމަމުން މަޑުމަޑުން ކުރިއަށް ހިނގަންފެށުމާއެކު، ވެލިގަނޑުމަތީ ލޭގެ ރަތްކުލައިން “ދޫލަ” އަޅެމުން ދިޔައެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނައާއެކު، މޫނުމައްޗަށް ބުރާފައިވާ ލޭތިކިތައް ފޭދެމުން ދިޔައެވެ. ހިތުގެ ތެޅުން ބާރުވެ މައިނޭވާ ލެވެމުން ދިޔަ ނަމަވެސް މިފަހަރު އޭނާ ނުހުއްޓޭނެއެވެ. މަގުމައްޗަށް ނުކުމެ […]
ޒީކް އޮތީ އެނދުމަތީގައި ބަންޑުން އޮށޯވެލައިގެން އޮތެވެ. ދެލޮލުން އޮހޮރެމުންދިޔަ ހޫނު ކަރުނަތަކުން ބާލީސް ތެންމަމުންދިޔައެވެ. އަލްޔަން އެކޮޓަރިތެރެއަށް އައިސް ވަނީ ޒީކް އެގޮތަށް އޮއްވައެވެ. ޒީކްގެ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުމާއެކު އަލްޔަންގެ ހިތްވެސް ރޮއްވާލިފަދަ އިހްސާސެއް ކުރެވިގެންދިޔައެވެ. “ޒީކް ކިހެނެއްވީ” ޒީކްގެ ބޮލުގައި ފިރުމާލަމުން ޒީކްގެ ކައިރީގައި އިށީދެލިއެވެ. އަލްޔަންގެ އަޑު އިވުމާއެކީ އޭނާގެ އަތް ފޮޅުވާލަމުން ޒީކް ތެދުވެ އެނދުމަތީގައި އިށީދެއްޖެއެވެ. ކަރުނުން ފުރިފައިވާ ދެލޮލުން އަލްޔަންއަށް ބަލަމުންދިޔައެވެ. “ޒީކް އަހަރެން ވާހަކައެއް […]