އުޑުމަތި ދިޔައީ ބަނަ ކުރަމުންނެވެ. އިރުއޮއްސޭ މަންޒަރު ބަލަން ގޮސް ތިބި ކުދިބޮޑު އެންމެން ގެޔަށް ދިޔުމަށް ހިގައިގަތެވެ. އެހެން އެންމެން އުޅޭ ގޮތަކަށް ފަރުވާލެއް ނުބަހައްޓާ އިޒްނާ އިންތާ އެކަނިމާ އެކަނި މަޑުމަޑުން އިނެވެ. އެންމެން ގޮސް ނިމިޖެވެ. މުޅި އަތިރިމަތި ހަމަހިމޭން ވިއެވެ. ގުދުރަތުގެ ހިތްގައިމު އަޑު ފިޔަވާ އެހެން އަޑެއް ނީވެއެވެ. އޭރުވެސް އިޒްނާ އެ އިންތާ އިނެވެ. ފިނި ފިނި ފެން ތިކިތަކެއް އިޒްނާގެ ގަޔަށް ޖެހުމުން މުޅި މީހާ ފިނިވިއެވެ. […]