ދިއްލާފައި ހުރި ފަސްވޯޓް ބޮކީގެ އަލިކަމުގެ ތެރެއިން ލާނާގެ މޫނުނުމަތީގައި ހުރި އަސަރުތަކެއް އިޔާންއަށް ފާހަގައެއް ނުކުރެވުނެވެ. ކުއްލިޔަކަށް ކަރަންޓް ދިޔުމާއެކު ތަނަށް ވެރިވެގެން ދިޔަ އަނދިރިކަމުގެ ސަބަބުން ލާނާ ބިރުގަންނަގޮތްވިއެވެ. ކުއްލިޔަކަށް ގަސްތަކުގެ ތެރެއިން ބުޅަލެއް ކޯޅިގަތް އަޑާއެކު ލާނާއަށް އިޔާންގެ ގައިގައި ހިފައިގަނެވުނެވެ. ލާނާ ބިރުގަނެފައި ހުރިވަރު އިހްސާސް ކުރެވުމުން އިޔާންވެސް ލާނާ ގަޔާ ދުރުކުރާކަށް މަސައްކަތެއްނުކުރެއެވެ. “އިޔާން އަހަރެން އެއްޗެކޭ ބުނެފިއްޔާ ރުޅިއަންނާނަންތަ” ލާނާ ހަމަޖެހިލަމުން ބުނެލިއެވެ. “ނޫނޭ ލާނާ އެއްޗެކޭ ބުނެގެން […]
މައިލީން ފަހަތަށް ޖެހެމުން ދިޔައެވެ. ކުއްލިއަކަށް ޔުއާން ހަދާލި ގިތަކުން މައިލީން އައިސް ތަތްވީ ޔުއާން ގެ މޭމަތީގައެވެ. އެވަގުތު އޭނާގެ އަތުގައި އޮތް ރިޕޯޓް ތައް ވެރިގެން ދިޔައެވެ. ޔުއާން އޭގެން ގަނޑެއް ނަގާ ބަލާލިއެވެ. “މަރިޔަމް ޔަޝްމް” ޕޭޝަންޓް ގެ ނަމުގައި އިނީ ޔަޝްމް ކަން އެނގުމާއެކު އެ ނާޒުކު ވަގުތުގައިވެސް ޔުއާން ގެ ބޮލަށް އިބިލީސް ސަވާރުވީއެވެ. އެއީ ހަމަ މައިލީން ގެ ކުއްޖާއެވެ. ރިޕޯޓް ތައް ބަލާވެސް ނުލާ އޭނާ މައިލީން […]
ކާއިން މެންދުރު ނަމާދުން ފައިބައިގެން އައިސް އޭނާ އުޅޭ ހޮޓަލުގެ ކޮޓަރިއަށް ވަން އިރު ކަމަކު ދާކަށް ނެތެވެ. މުޅި ތަންވަނީ އެފުށް މިފުށަށް ޖަހާލާފައެވެ. އެއްމެ މުހިއްމު އެއްޗަކަށް އޭނާގެ ލެޕްޓޮޕް ވަނީ ވަގަށް ނަގާފައެވެ. ލަސްކުރުމެއް ނެތި ކާއިން ހޮޓަލުގެ މެނޭޖަރަށް ގުޅައި ވެގެން އުޅޭ ގޮތް ކިޔާ ދިނެވެ. މިހޮޓަލަކީ އޭނާގެ ބައްޕަގެ ބޮޑު ހިއްސާއެއް އޮންނަ ހޮޓަލަކަށް ވުމުން ހޮޓަލުގެ އެކި ކަންތަކުގައި މެނޭޖަރާއި އެކި ފަހަރު މަތިން ބައްދަލުވެފައި ވެއެވެ. […]
ގޭތެރެއަށްވަދެގެންއައި އަޔާޒު ހުއްޓުން އެރީ ކުރިމަތިން އެހިތުގެ ރާނީ ފެނުމުންނެވެ. އަޔާޒަށް އެސްފިޔައެއްޖަހަންވެސް ބުރަވިއެވެ. މީހަމަ ދުނިޔޭގައިވާ އެންމެރީތި މަލިކާއޭ ހިތަށް އެރިއެވެ. އެރީތިކަން ގަލަމަކުން ސިފަކޮށްލަން ޝާއިރަކަށްވެސް ދަތިވާާނެކަން ގައިމެވެ. އެހާވެސް ރީއްޗެވެ. “ލަސްވީދޯ” އަތުގައިވި ގަޑިއަށްބަލަމުން ރީމާ ބުނެލިއެވެ. އޭރު 50ވަނީއެވެ. “ނޫނޭ ދެންހަމަ ދާންވީ..” ރުހުމުގެ ލޮލަކަށް އައިބެއް ނުފެއްންނާނޭ ކިޔާ އުސޫލުން ލަަސްވެގެން އަޔާޒަށް އެއްޗެކޭ ބުނެވޭނެ ހެއްޔެވެ؟….. އަޔާޒާ ރީމާ ނުކުމެގެން އައި އިރު ދޮރާށި ކައިރީ ހަނާއާ އަހުނަފް […]
އޭނާ ހަމަޖެހިލަމުން ފޯންނަގާ ވާހަކަ ދައްކަން ފެށިއެވެ. އާރާ އާއި އާއިކް އާ ދެމެދު ބީރައްޓެހި ކަމުގެ ފާރެއް ރޭނެމުން ދާކަހަލަ އިހްސާސްއެއް ކުރެވޭތާ ދުވަސްތަކެއްވެއްޖެއެވެ. އާރާ މިހާރަކަށް އައިސް އާއިކް އާ ވާހަކަ ދައްކަނީ މަޖުބުރުވުމުންނެވެ. އެނޫން ގޮތަކަށް އޭނަ އަނގައިން ނުބުނެއެވެ. މިކަމުން އާއިކް އަށް ދިޔައީ ތަފާތު އުނދަގޫވަމުންނެވެ. ތަނަކަށް ކާން ދާން ބުންޏަސް އެކަމުން އާރާ އުޒުރުވެރިވެއެވެ. ވާހަކަދައްކާލަން މަޑުކޮއްލިއަސް މަސައްކަތުގެ ބަހަނާ ދައްކައެވެ. މިކަމުން އުނދަގޫވާންވީ ކީއްވެކަން ހުރު އާއިކް […]
”އެކްސް ކިއުޒް މީ..” ޒޯޔާ ތަންކޮޅެއް ބާރަށް ބުނެލުމުން އެމީހާ ހުއްޓުނެވެ. ޒޯޔާއަށް އެމީހާ ފެނުމާއެކު ހިލައިގެ ބުދެއްހެން ހުއްޓުން އެރިއެވެ. އެހާ ދޮންނޫން އެ ފިރިހެން ކުއްޖާގެ އަޅިކުލައިގެ ޖާދޫވީ ދެލޯ ފެނިފައި ޒޯޔާ ހައިރާންވިއެވެ. އިސްތަށިގަނޑު އެއްވެސް ގޮތަކަށް ސްޓައިލް ކޮށްފައި ނެތުމުން ބޮޑަށް ވައްތަރީ އާދައިގެ ކުއްޖަކާއެވެ. ”ކިހިނެއްވީ؟” އެކުއްޖާ ޒޯޔާއާ ދިމާއަށް އެނބުރި އަހާލިއެވެ. ޒޯޔާއަށް ހޭވެރިކަންވީ އެކުއްޖާ ވާހަކަ ދައްކަން ފެށުމުންނެވެ. ”ތ.. ތޭންކްސް..” ޒޯޔާ ހަމަޖެހިލަމުން ބުނެލިއެވެ. ”ހެހެ.. އެއީ މާ ބޮޑު […]
ކުރީގެ އަދަދާއި ގުޅޭ: ” ދެން ކުރިއަށްހުރި ސެޝަންތަކަށްވެސް އަންނައްޗޭ.. ކޮންނަމެއް ކިޔަނީ؟ ” ޔަޒްދާންއަށް އަހައިލެވުނެވެ. ” ޒާރާ. ” ނަންބުނެފައި އަވަސްއަވަހަށް ޒާރާ އެތަނުން ބޭރަށް ނުކުތެވެ. ” ޒާރާ.. ނަންވެސް ރީތި.. ނަމާ އެއްވަރަށް ޒާރާވެސް އެހާ ރީތި.. ” ޒާރާ ބޭރަށް ނުކުމެގެން ދާތަން ބަލަންހުރި ޔަޒްދާންއަށް ހިތާހިތުން ކިޔާލެވުނެވެ. ޔަޒްދާންހުރީ ކުރިއަށް އޮތް ސެޝަންތަކުގައި ޒާރާއާ އަދިވެސް ބައްދަލުވާނެކަމުގެ ފޮނިއުންމީދުގައެވެ. އެދުވަހުގެ ފަހުން ސެޝަންތަކުން ޒާރާ ފެނޭތޯ ކިތަންމެ ވަރަކަށް […]
ތަފާތެވެ. ވަރަށް ތަފާތެވެ. ކޮންމެ ހަރަކާތެއް ތަފާތެވެ. ބަސް ބުނެލާ ގޮތް ތަފާތެވެ. އެހެން އެންމެނާ އެ އަންހެން ކުއްޖާ ތަފާތެވެ. އެކަމަކު އިހްސާސްތައް ތަފާތެއްނޫނެވެ. ދެރަވެއެވެ. އުފާވެއެވެ. ހިންހަމަޖެހެއެވެ. ރުޅިއާދެވެއެވެ. ކުރާ ކޮންމެ ހަރަކާތަކީ މައުސޫމް ކަމާއެކު ކުރާ ހަރަކާތެކެވެ. ހިނިތުންވެލުމާއެކީ ކުރާ ހަރަކާތެކެވެ. އެއްވެސް ޝަކުވާއަކާ ނުލާ ކުރާ ހަރަކާތެކެވެ. ކުށެއްނެތެވެ. މައުސޫމެވެ. އެހެންނަމަވެސް….. އެ ކުއްޖާއަށް ލިބެމުން އެދަނީ ކާކު ކުރި ކުށެއްގެ ޝަޒާ ހެއްޔެވެ؟. ނޫނީ އެ ކުއްޖާއަށް ނޭގި ކުށެއް […]
ޒީކް ކާކޮޓަރިއަށް އައިސް ވަތްވަގުތު އަލްޔަންއާއި ނަދީމް ސައިބޮއި ނިންމާލުމަށްފަހު ނިކުންނަނީއެވެ. “ފަހަރި އަތުން ހެދި މަސްހުނި ވަރަށް މީރު” ނަދީމް ޒީކްއަށާއި އަލްޔަންއަށް ޖެއްސުންކޮށްލިއެވެ. ޒީކްއަށް އަލްޔަންއާއި ދިމާއަށް ބަލާލެވުނެވެ. ނަދީމް އެހެން އެބުނީ ކީއްވެގެންތޯ އަހާލާފަދަ ގޮތަކަށެވެ. ރުއާންއާއި ނީލާ ތިބީ ހުޅުމާލެ ފެރީގައެވެ. ޕިކްނިކް ހަދާލަން ރައްޓެހިކުދިންނާއެކުގައި ދަމުން ނީލާވެސް ގޮވައިގެން އައީއެވެ. “އަހަރެން އެނގެން ބޭނުން ބައިވަރު އެއްޗެހި އެބަހުރި” ނީލާ ރުއާންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “ނީލް ވަގުތު […]