“ކާކު؟” އަފާފަށް އަހާލެވުނެވެ. ހަމަ އެ ހިނދު އެ އަންހެން ކުއްޖާ އެ ދަނޑިކޮޅު ދިމާ ކުރިމައްޗަށް ވައްޓާލިއެވެ. އެއާއެކު ބިންމަތީގައި ޖެހުނު އެ އަލިފާން ކޮޅު ބާރު މިނެއްގައި ސީދާ ރޮނގަކުން ދެފަރާތަށް ފެތުރެން ފެށިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ހުޅުގަނޑު އައިސް އަފާފް ހިފަހައްޓައިގެން ހުރި ހަރުގަނޑާއި ހަމަވީއިރުވެސް އަފާފަކަށް ރޭކާއެއް ނުލައެވެ. ހަރުގަނޑާއި ހަމަވުމުން ހުޅުގަނޑު އޭގައި ހިފައި މައްޗަށް އަރަން ފެށީ ބިމުގައި ހުރި ޕެޓްރޯލްމަތިން ދިޔަ ވަރަށްވުރެ ލަސްލަހުންނެވެ. އެ ރޫމުގެ […]
ލާވިޔާ އެތަނަށް ވަތް ވަގުތަކީ އާއިކް ގެ ހާރޓް ބީޓް ހުއްޓުނު ވަގުތެވެ. “ނޯ” ޔުއާން އަށް ބުނެވުނެވެ. އޭނާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. “އަދި ކިރިޔާތަ އަންނަން އެނގުނީ…. އިނގޭތަ ކިހާއިރެއް ވިކަން” ޔުއާން ގެ އަޑުގައިވަނީ ނުރުހުމެވެ. މިއީ ވަގުތީ ގޮތުންވެސް ވެދާނެ ގޮތެއްކަން އޭނާގެ ސިކުނޑިއަށް ވިސްނަން ދަތިވިއެވެ. ޔުއާން ވާނެ ދެރަ ލާވިޔާއަށް ވެސް އެނގެއެވެ. އެހެންނަމަވެސް މިވަގުތު އޭނާ އަވަސްވެގަތީ ރިވަމް ކައިރީގައި އަހައިގެން ވީ ގޮތް އޮޅުން ފިލުވާށެވެ. […]
މިސްކިތަށް ދިޔުމަށް ނޫނީ ބޭރަށް ނުގޮސް ޝަނުމް މުޅި ދުވަސް ހޭދަކުރީ ރީމް ކައިރީގައެވެ. ދެ މީހުން އެކި ވާހަކަތައް ދެއްކިއެވެ. ރީމް ބުނިހެން ވާހަކަ ދައްކަން ފަށައިގަތުމުން ދައްކާނެ ވާހަކަތައް ހުރީ ހުސްނުވެފައެވެ. ޝަނުމްއަށް ވުރެ ބޮޑަށް ރީމްގެ ފަރާތުން އެކަން ފެންނަމުން ދިޔައެވެ. ރީމް ޝަނުމް މާ މަޑުން އިންނާތީ އެތައް ސުވާލުތަކެއް އަމާޒުކުރިއެވެ. އެ ގޮތުން ޝަނުމްގެ ވަޒީފާއާއި އާއިލާގެ އިތުރުން ޝަނުމްގެ އެތައް ކަމަކެވެ. ރީމް ޝަނުމްއާއި ވާހަކަ ދައްކާގޮތުން ހީވަނީ […]
“ސޯ އަގެއިން ޔޫ ބިކޭމް އަމިއުޓް” އެ ޒުވާނާގެ އަޑުން ދެމީހުންގެ ހިމޭންކަން ގެއްލުނެވެ. “މީ… އައެމް ސޮރީ. ޔާލް ގަނެދޭނަން ހަމަ އެކަހަލަ މާތަކެއް” ކަންތައްް ވީގޮތުން ލަޔާލް އިނީ މާފަށް އެދެން ބޭނުންވެފައެވެ. އަބަދުވެސް އަމިއްލަ ނަން ބޭނުން ކޮށްގެން ވާހަކަ ދައްކަން އާދަވެފައި ހުރުމުން މިޒުވާނާގެ ކުރިމަތީގައި ނަން ބުނެވުމުން ލަދުގަތެވެ. “އޯކޭ އޭ. އަސްލު މާފަށް އެދެން ޖެހޭނީ އަހަރެން. ލިއު އޭ ދޯ ބުނީ. ލިއު އާދިމާލަށް ތަންދޮރު ނުބަލައި […]
ނޮއެލްގެ ދެވަނަ ވާހަކައިގެ ފުރަތަމަ ބައިވެސް އިރާދަކުރެއްވިއްޔާ ހަމަ މިއަދު ގެނެސްދޭނަން. މިއީވެސް މި ސައިޓުގައި އިން އެއްކޮށް ނުނިމޭ ވާހަކައެއް. ކިޔުންތެރިންގެ ސަޕޯރޓް މި ވާހަކައަށްވެސް ލިބޭނެކަމަން އުއްމީދުކުރަން. ކިޔުންތެރިންގެ ޝުޢޫރު ފާހަގަ ކޮށްލުން އެެދެން.
ޢަޅުގަނޑުގެ އެންމެހާ ކިޔުންތެރިންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އަސުރުމާ އިން ފަށައިން ލިބުނު ނާކާޔަބީ އަށް ފަހު އަލުން އެބުރި މި އައީ މުޅިން އާ އުއްމީދަކާއި އެކު ރީތި ވާހަކަ ތަކެއް މެދު ކެނޑުމެއް ނެތި ކިޔުންތެރިނާއި ހަމަައަށް ގެނެސްދިނުމުގެ ްއުއްމީދުގައެވެ. ކުރިއެކޭވެސް އެއްފަދައިން ތިޔަބޭފުޅުން އަޅުގަނޑުގެ ފޭސް ބުކް ޕޭޖްއަށް ހިޔާލުތަށް ދެވޭނެއެވެ.އުއްމީދުކުރަނީވީހާވެސް ގިނަ ބަޔަކުގެ ހިޔާލު ލިބެގެންދިއުމެވެ ޕޭޖް ގެ ނަން މިހާރު ވާނީ ކޮޔާގެ ނަމަށް ބަދަލުކުރެވިފައެވެ. ޙުރިހާ ބޭފުޅުންގެ […]
“ކަމޯން… އިޓްސް މީ… އަހަރެން ފެނުނީމަތަ ތި ބިރުގަންނަނީ…” އެ ޒުވާނާ ބުނެލިއެވެ. އެއާއެކު އާރާ ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި އެޒުވާނާއަށް ރަނގަޅަށް ބަލާލިއެވެ. ކަނދުރާ އާ ހިސާބަށް އިސްތަށިގަނޑު ދިގުކޮއްލާފައިވިއެވެ. “އާރާ… އަހަރެންދެކެ ބިރުގަންނާނެ ކަމެއް ނުދެނަހުރިން… ދެން ކަމޯން… ސްކޫލް ދައުރުގައި ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވެފަ އޮތަސް މިހާރު ނިމިފައެނު އެ އޮތީ… އާރާ ފެނުނީމަ ކުއްލިއަކަށް މިއައީ” އެ ޒުވާނާ ބުނެލިއެވެ. އެއާއެކު އާރާ ހިނިތުންވެލިއެވެ. “ކޮބާ ބިޓެއްހުރޭތަ؟” […]
ރަޔަން އެއްގަމަށް އަރާފައި މަސް ބާނަން ދޮށި ހިފައިގެން އައި އިރު މާދުރުން މީހަކު ހަޅެއްލަވާ އަޑު އިވުމުން ބަލާލިއިރު ކޮން މެސް މީހެއް ގެބެނީއެވެ. ދެފަޔައް ލެވުނުހައި ބާރެއްލާފައި ރަޔާ އައް ގޮވަމުން ރަޔަން ދުއްވައިގަތެވެ. ލޮނުގަޑުގައި ބަކަ ތަޅަމުން ދިޔަ މާނީއަށް ދުވެފައި އަންނަ ރަޔަން ފެނުމުން ލޮނުގަނޑުގެ ތެރެއަށް ފީނައިގަތެވ.ެ. ރަޔަން އައިސް މާނީ ނެގުމާއެކު ގަދަ ކަމުން ކަހަލަ ގޮތަކަށް ކެއްސަން ފެށިއެވެ. ޙަގީގަތް ނޭގި ހުރި ރަޔަން މާނީ އަތްދަޑިމައްޗައް […]
ރީމް އެ ފަޅިއަށް ޖެހިލުމުން ޝަނުމް ރީމް އިން ފަރާތަށް އެބުރުނެވެ. އަދި ރީމްގެ އުނަގަނޑުގައި އަތް ވަށާލައި މޫނު ފޮރުވާލިއެވެ. ޝަނުމްއަށް ރޮވެން ފެށުނެވެ. ނެތް އުފާތަކަކަށް އެދިގެން އަދިވެސް ވީ އިންތިޒާރު ކުރަން ހެއްޔެވެ؟ ލޯބިވުމަކީ އޭނާއަށް ކުރެވުނު ކުށެއް ކަމަށް ހީވާން ފަށައިފިއެވެ. މި ލިބޭ ހިތާމައާއި ހިތްދަތިކަމުގެ ސަބަބަކީ އެއީ ހެއްޔެވެ؟ ޝަނުމް ރީމްގެ އުގުގައި ބޯ އަޅައިލައިގެން އޮތް އިރު ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޭގެ މަގާމް ދޫކޮށް […]