ކާއިން އޮތް ތަނުން ތެދުވެ ޝަނުމްގެ ގައިގައި ޖަހަން އުޅުނެވެ. އެހެންނަމަވެސް އޭގެ ކުރިން އަޝްވާ ކާއިންގެ ގައިގައި ހިފައި އެނދުން ތެދުވުމަށް ހުރަސް އެޅިއެވެ. “މަޑު ކުރޭ.. އަހަރެން އެބަ އަންނަން” އެހެން ބުނެލުމަށްފަހު އަޝްވާ ޝަނުމްގެ އަތުގައި ހިފައިގެން އެތަނުން ނިކުމެގެން ގޮސް މަލަކާ މެން ކޮޓަރިއަށް ވަނެވެ. “ކިހިނެތް ވެގެންތަ ޝަނުމް ތިއުޅެނީ.. ކާއިންގެ ބައްޕަ ގެއްލި އަދި އެޔަށްފަހު އެހާ ބޮޑު އޮޕެރޭޝަނެއް ކޮށްގެން ރަގަޅު ނުވަނީސް ތިހެން ބުނަން ހެޔޮވާނެތަ؟” […]
ނައީމާ ސައި ތައްޔާރު ކުރުމުގައި އަވަދިނެތި އުޅުނު އިރު އައިރީން އާއި އުލްޔާ ވެސް ދިޔައީ އެހީތެރި ވަމުންނެވެ. ގޭގައި ކުޑަ ކުއްޖެއް ނެތް ނަމަވެސް 18 އަހަރުގެ އުލްޔާގެ މިޒާޖު ހުންނަ ގޮތުން ގޭތެރޭގެ ފަޅުކަން ފިލައެވެ. އައިރީން އާއި އުލްޔާ އަކީ އެއްބަފާ ދެމީހުން ކަމާ މެދުވެސް މީހުން ޝައްކު ކުރެއެވެ. ދެމީހުންގެ މިޒާޖު އެހާވެސް ތަފާތެވެ. އައިރީން ގޭތެރޭގައި އުޅެމުން އުލްޔާގެ ސަކަރާތުގައި ބައިވެރި ވިޔަސް ބޭރު މީހުންގެ ކުރިމަތީގައި އަލިފެކޭ ބުންޏަސް ދޮގަކަށް ނުވާނެވެ. “ފެށޭ މަސް ތެރޭ މޮމްއަށްް ބޭސް ކުރަން ދާން ކަމަށް މި ވިސްނަނީ” އައިރީން ބުނަން ނުބުނަން ހުރެފައި ބުނެލި ބަސްތަކުން ނައީމާގެ ހިނިތުންވުން ފަނޑުވިއެވެ. “ކަމް އޯން މޮމް. މިތާ ތިބެގެން ތިބަލީގެ ފަރުވާ ކުރެވޭކަށް ނެތް. އެހެން ނޫނަސް ރީން އަކަށް ކެތެއް ނުވޭ މޮމް ތިހާލުގައި އުޅޭތަން ބަލާކަށް. އެއް ދުވަހު ރަނގަޅަށް ހުރިއްޔާ އަނެއް ދުވަހު ތި އުޅެން ޖެހެނީ އެނދުން ތެދުވާނެ ހިތްވަރު ނެތިފައި. ޕްލީސް މޮމް.” ނައީމާއަށް ވީގޮތް ފެނި ދާން ބޭނުން ނުވާކަން އެނގުމުން އެހިތައް ވަރަށް އަސަރު ކުރިއެވެ. އިތުރަށް އެއްޗެއް ބުނަން އުޅުމުން އުލްޔާ ދެފަރާތަށް ބޯ ހޫރާލި ތަން ފެނުމުން އައިރީނަށް ހިމޭން ވާން މަޖުބޫރުވިއެވެ. އިތުރަށް އެތާ މަޑުކުރާނެ ހިތްވަރު ނެތުމުން ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ޖެހިއެވެ. މިމަންޒަރު ބަލަން ހުރި ނައީމާ ލޯކަރުން ފުރިފައިވާ ހާލު ހުއްޓުން އަރާފައި ހުރީ ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ. “މޮމް. ދޮންތަ އެހެން އެ ވާހަކަ ދެއްކީ މޮމްދެކެ ރުޅި އައިސްގެނެއް ނޫން. މޮމްދެކެ ލޯބި ނުވާތީއެއް ވެސްނޫން. މޮމްއަށް ކެއާރ ކުރާތީ. މޮމް އަވަހަށް ރަނގަޅު ވާން ބޭނުން ވާތީ. މޮމްއަށް ކެއްކުރެވޭނެތަ މާމަ ބަލިކޮށް އުޅޭތަން ބަލަން؟؟ ނުވާނެ ދޯ. ހަމަ އެގޮތަށް ދޮންތައަށްވެސް ނުހުރެވޭނެ އެއްނު. ޕްލީސް މޮމް ގޮތްދޫކޮށްބަލަ.” އުލްޔާގެ އަޑުގައި ވަނީ މަޑުމައިތިރިކަމާއި ލޯއްބެވެ. އެތައް ގޮތަކުން ވިސްނައި ދިނުމުން އެންމެ ފަހުން ނައީމާ ދާން އެއްބަސްވިއެވެ. “މޮމް އެއްބަސްވެއްޖެ. ކޮން އިރަކުތަ ފުރުން އޮތީ؟ އުލީއަށް ދެވޭނެތަ؟” އައިރީން ބެލްކަނިން ބޭރު ބަލަން ހުއްޓައި އުލްޔާ އައިސްއަހާލިއެވެ. އޭނާގެ އަޑުންވެސް ދާން ބޭނުން ވެފައި ހުރި މިންވަރު އައިރީންއަށް ސިއްރެއް ނުވިއެވެ. “ސޮރީ ކިރިޔާ ދެ ޓިކެޓް ހަމަޖެހުނީ ލޯން ނަގައިންވެސް.” އައިރީންގެ ޖަވާބުން އުލްޔާ މާޔޫސްވީ ނަމަވެސް މޫނު މަތިން އެކަން ނުދައްކާ ވޭތޯ ބެލިއެވެ. “ތި ވާހަކަ އެއް ނޫނޭ. ކޮބާތަ އެއްކަލަ ޓޫތްޕޭސްޓް ބޯއީ؟” ކުއްލިއަކަށް އެއްޗެއް ހަނދާންވި ފާޑަށް އުލްޔާ ބުނެލީ ލާނެތް ކަމާއެކުގައެވެ. “ނޭނގެ. އަހަންނަށްތަ އިނގެނީ އޭނަ ވާތަނެއް؟” އައިރީން ފޫހި ވާކަމަށް ހެދިފައި ބުންޏަސް އެވަގުތު އޭނަގެ ތުންފަތުގައި ސިއްރުހިނިތުންވުމެއް ވިއެވެ. “މިއަދު ތިހެން ފޫހި ވައްތަރު ޖެއްސިޔަސް ފަހުން ތި ރީތި ދެލޯ ބޭގަރާރު ވާނެ އޭނަ ދުށުމަށް.” އުލްޔާ އަނެއްކާވެސް ދިމާކޮށް ލިއެވެ. “ހައް. އަހަރެން އޭނަ ފެނޭތޯ އުޅެނީ؟ ނޯވޭ އަހަރެން ނޫޅެން އެކަހަލަ މީހަކު ނުފެނިގެން.” އައިރީން ތުންކޮޅު އޫކޮށްލާފައި ބުންޏަސް އޭނައަށް އުލްޔާ ބުން ވާހަކަ އަކީ ތެދެއް ކަން އެނގެއެވެ. މިހާރު ވެސް އޭނަގެ ދެލޯ އެސޫރަ ދެކުމަށް ބޭގަރާރު ވާކަން އައިރީނަށް އެނގެއެވެ. “ރުޅިއަކީ ލޯބީގެ ފެށުމޭ ބުނާ އަޑު އަހަންތަ؟” އުލްޔާ އުޅުނީ އައިރީން ރުޅި އަރުވާލާ ހިތުންނެވެ. “އޯ ޕްލީޒް……ލޯބި މައި ފުޓް” އައިރީން ދެން ބުނެލި އެއްޗަކުން އުލްޔާ މިއޮއް ހުރިހާ އިރު ވަންދެން ގަދަކަމުން ހިފަ ހައްޓައިގެން ހުރި ހިނިގަނޑު ފަޅައިގެން ދިޔައެވެ. އައިރީން ވެސް އެ ހުނުމުގައި ބައިވެރި ވިއެވެ. “އެކަމް ވެސް މިއުޅެނީ އޭނަ ކައިރީ ސޮރީ ބުނަން ކަމަށް.” ހުނުން މަތަކޮށް ހަމައަކަށް އަޅުވާލުމަށް ފަހު އައިރީން އެހެން ބުނެލީސީރިއަސް ވެފައެވެ. “އޯ މައި ގޯޑް. ޔޫ އެންޑް ސޯރީ އެވެސް ބޯއީ އަކަށް.” އުލްޔާ ދެލޯ ބޮޑު ކޮށްލާފައި ބުން ގޮތުން ހީވީ ދުވަހަކު ވެސް އަޑު އިވޭނެ ކަމަށް ހީކޮށްފައި ނުވާ އެއްޗެއް އައިރީނަށް ބުނެވުނު ހެންނެވެ. އައިރީނަށް ބަދަލެއް އައިހެން އުލްޔާއަށް ކުރެވުނު ޝައްކު ޔަގީނަށް ބަދަލުވީ އެންމެ ފަހުން އައިރީން އިއްވާލި ބަސްތަކުންނެވެ. އެއީ އެހެންޏާ ފިރިހެން ކުއްޖެއްގެ ވާހަކަ ދައްކަން ފަށާ އިރަށް ކޮންމެސް އެއްޗެކޭ ކިޔާ ރެކެން ވެގެން އުޅޭ ކުއްޖާ މިއަދު ހަމަ ޖެހިލާފައި އިނުމުންނެވެ. ލީވާން އޭނާގެ ބައްޕަގެ ކެބިން އިން ނުކުތް ތަނުން ފޯނެއް އައުމުން އަވަހަށް ފޯނު ނެގިއެވެ. އެއާއެކު އިވުނީ ރިސެޕްޝަނުގައިއިންނަ ކުއްޖާގެ އަޑެވެ. “ސާރ. ކުއްޖަކު އެބަހުރި މީޓް ކޮށްލަން އައިސް” “ޓެލް ޓު ވެއިޓް އިން މައި ކެބިން” އޭ ބުނެ އޭނާާ އަވަސް ވެގަތީ ކެބިން އަށް ދިޔުމަށެވެ. “ޔޫ އަގެއިން” އައިރީން ސިހުނީ ދޮރު ކައިރީގައި ހުރި ލީވާންގެ އަޑަށެވެ. މިފަހަރު ވެސް އެއަޑުގައި ވަނީ ހަރުކަށި ކަމެވެ. “މީ..އެއްކަލަ ރޭ” އައިރީން ބުނަން އުޅުނު އެތި ފުރިހަމަ ނުވަނީސް ފެނުނީ ލީވާން އޭނަ އާއި ދިމާލަށް ހިނގައިގަތް ތަނެވެ. ވަގުތުން އައިރީންގެ އަނގަ ވެސް ބަންދުވި ކަހަލައެވެ. ލީވާން ކުރިއަށް ޖެހޭ ވަރަކަށް އައިރީން އަށް ފަހަތަށް ޖެހެވުނީ ބޭއިހްތިޔާރުގައެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް އައިރީން ހުއްޓުނީ ފާރުގައި ޖެހުމުންނެވެ. އޭރު ދެމީހުންނަށް ވެސް ތިބެވުނީ ކިރިޔާ މޫނު ޖެހޭ ނުޖެހޭ ހިސާބުގައެވެ. ލީވާން އޭނަގެ މޫނު އައިރީންގެ މޫނާއި މަޑު މަޑުން ކައިރި ކުރިއެވެ. އައިރީންގެ ހިތް ހީވީ މޭ ފަޅާފައި ނުކުމެދާނެހެންނެވެ. ލީވާންގެ އަމަލުތަކުން އޭނައަށް ކުރެވުނު ހާވެސް ކަމަކީ ލޯ މަރާލުމެވެ. “އެދުވަހު އަހަރެންނަށް ދިން ބަދަލު ބޭނުން ވަނީ ކޮން ގޮތަކަށް؟” އައިރީން އަށް ވީގޮތުން ލީވާނަށް މަޖާވިއެވެ. “އައިމް ސޮރީ” އައިރީންގެ ބަސްތަކުން ލީވާންގެ ހިނިތުންވުން ފުން ވެގެން ދިޔަތަން އައިރީނަށް ނުފެނުނީ ލޯ މެރި ގޮތަށް ނުހުޅުވާ ހުރުމުންނެވެ. “ސޮރީ ގަބޫލު ކުރާނީ ޝަރުތެއްގެ މަތިން” ލީވާން އެހުރި ގޮތަށް ހުރެ ބުނެލިއެވެ. އައިރީނަށް ދެ ލޯ ބޮޑު ކޮށްލާފައި ބަލާ ލެވުނީކުއްލި އަކަށެވެ. “އަނެއްކާ މިމީހާގަނޑު އަހަރެން ލައްވާ ކީއްކުރަން ހިތުލައިގެން މިއުޅެނީ” އައިރީން ހިތާ ހިތުން ކިޔާލިއެވެ. “ލުކް. އަހަރެން މިތަނަށް އައީ ތިމީހާގެ ޝަރުތުތައް އަޑު އަހާކަށް ނޫން. އެރޭ އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ވިސްނުނީމަ މާފަށް އެދެން ވެގެން. ސޯ ވެދާ ޔޫ ފޮގިވް މީ އޯރ ނޮޓް އިޓްސް ނޮޓް މައި ޕްރޮބްލަމް. ހިތަށް ނާރު ވައްޗޭ އެހެން އަންހެން ކުދިންހެން އަހަރެން ތިމީހާގެ ކޮންމެ ބަހަކަށް އާއެކޭ ބުނާނޭ. ނޯޯ ވޭ. މި އައިރީނެއް ނޫޅެން ފިރިހެނުން ތަޅާހާ ބެރަކަށް ނަށާކަށް.” އައިރީން އެއްނޭވާ މަތިން އިއްވާލި ބަސްތަކުން ލީވާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. […]
ލަވަނިމުމާއެކު ހުރިހާއެންމެންތަކުގެ އަތްތިލަ ބަޑީގެ އަޑު އިވެން ފެށިއެވެ. އަނެއްކާވެސް އެދެމީހުން ފެށީ އާލަވައެކެވެ. ކެތް ނުގެން އެންމެ ފަހުން ޔާނީ ދުވެފައި ހޯލުން ނިކުތީއެވެ. ހަމަ އެވަގުތެވެ. ޔާނީގެ ފޯނަށް މެސެޖެއް އައެވެ. މަޑުމަޑުން އޭނާ އެ މެސެޖު ކިޔާލިއެވެ. “އެދެމީހުންގެ ޑީ އެން އޭ ދިމަލެއް ނުވޭ.” މި ވީ ކިހިނެއް ހެއްޔެވެ؟..ޔާނީގެ ބޯ ހާސްވެގެން ދިޔައެވެ. “ޔާނީ..މެސެޖު ލިބިއްޖެތަ؟..ކޮން ދެމީހުންނެއްތަ އެއީ.ހަމަ ދެމީހަކުގެ އިސްތައްޓެއް ދިނަކަސް އަހަންނަކަށް ނޭންގޭނެ ދޯ ވެގެން އުޅޭގޮތެއް؟ […]
“ވަދޭ..” ކެބިންތެރެއިން ބަރު އަޑެއްގެ ވެރި ފިރިހެނަކު ބުނެލިއަޑުއިވުނެވެ. ސަލެނާ މިނިޓެއްވެސް ބޭކާރު ކޮއްނުލައި އެތެރެއަށް ވަނެވެ. ލައުރާ ސަލެނާގެ ފަހަތުން ވަނެވެ. ” ސަރ.. މީ ސަރ ގެ ޕީއޭ..ލައުރާ..” ސަލެނާ ލައުރާގެ ތައާރަފެއް ދީފައި އަވަހަށް ނިކުތެވެ. ސަލެނާ ދަންދެން ރައުދާން އިނީ އިސްޖަހައިގެންނެވެ. ސަލެނާ ދިޔުމުން ރައުދާން ލައުރާއަށް ބަލާލިއެވެ. އަދި ކުރިމަތީ ހުރި ގޮޑި ދައްކާލަމުން އިށީންނާށޭބުނެލިއެވެ. ލައުރާ އިށީނުމުން ރައުދާން އޭނާގެ ވާހަކަފެށިއެވެ. ” އަޅުގަނޑަށް ކިޔަނީ ރައުދާން.. ތީ […]
މަޖާ ވަގުތު ކޮޅެއް ހޭދަކޮއްލުމަށްފަހު ޔުއާން ނުކުތް އިރު އެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. އެހެންނަމަވެސް ދެން އެ ހިނިތުންވުން ގެއްލުނީ އެ ފޯނަށް އައި މެސެޖަކުންނެވެ. ވައިބަރ އިން ފޮނރުވާފައިވާ އެ މެސެޖް ފެނުމާއެކު އޭނާގެ ހިތަށް އެތަށް ހާސް ހަންޖަރެއް ހެރުނު ފަދަ އިހްސާސް އެއްކުރެވިގެން ދިޔައެވެ. “މައިލީން އޭނާ އާ ދުރަށް ދާން ބޭނުންވާ ސަބަބަކީ މިއީހެއްޔެވެ؟ އެހިތް ދަތިކޮއްފައި މައިލީން އެ އުޅެނީ މިހެންވެ ހެއްޔެވެ؟ ތަފާތު އެތަކެއް ސުވާލުތަކެއް އެހިތުގައި […]
“އައްދިއްޔޯ މަންމާ” ޝައިމް ދޮރުން ނިކުތުމާއި އެކު އަޝްވާ ކާއިންގެ އަތުގައި ބާރަށް ވިކައިގަތެވެ. “ތަދު ވި ތަ؟ އެހެންވީމަ ކާއިންއަށް އެނގޭ ދޯ ތަދަކީ ކިހާ ވޭން ހުރި އެއްޗެއްކަން… އަދިވެސް މާ މޮޅުވެގެން އެކަނި ކަންތައް ކުރެވޭ ބަލަން އުޅޭތި!! އަހަރެން އެވަރަށް ނުދާސް ޢާދޭސްކުރުމުން ވެސް ކާއިން މާ ގަޓް ދައްކާލާފަ ދިޔައީ ކޯއްޗެއް ލިބޭނޭ ހިތާތަ؟ ކާއިން ގެޔަށް ނައިސްގެން އަހަރަމެން ކިހާ އިންތިޒާރެއް ކުރަން ޖެހުނުކަން އެނގޭތަ؟ ކާއިންއަށް ކީއްވެތަ […]
އެމީހާ ދުވެފައި އައި ގޮތަށް އައިސް ވަޅި ހަރާލީ އާރާގެ ބަޑަށެވެ. އެއާއެކު ލޭތައް އޮހިގެން ދިޔައެވެ. އާރެގެ އަނގައިން ނުކުތް ހަޅޭކުގެއަޑު އަޑާއެކު ވެސް އެއްވެސް މީހެއް ނާދެއެވެ. މުޅި މަގުމަތިންވެސް ފެނިގެން ދަނީ ހުސްކަމެވެ. ފަޅުކަމެވެ. ދިރޭ ފުރާނައެއްގެ ހިލަމެއްވެސް ނުވެއެވެ. ސިއްސައިގެން ދިޔަ ފަދަ ގޮތަކަށް އާއިކް އަށް ކިޔާލެވުނީ އާރާގެ ނަމެވެ. އެއާއެކު އޭނާ އަށް ލޯ ހުޅުވާލެވުނެވެ. އޭނަގެ ހިތް އާދަޔާ ހިލާފު ބާރުމިނުގައި ތެޅިގަތުމާއެކު ނޭވާލާން ދަތިވެގެން ދިޔައެވެ. […]
ލައުރާ ގެއިން ނިކުމެގެން އާޓިފިޝަލް ބީޗަށް ދިޔައެވެ. ބީޗްގައި ހުރި ބެންޗު ތަކުގެ ތެރެއިން މީހުންނަށަ އެންމެ ނުފެންނަގޮތަށް ހުރި ބެންޗުގައި އިށީނެވެ. ހެޑްސެޓް ނަގާ އޭނާއަށް އެންމެ ރީތި ލަވަ ޖަހާލިއެވެ. ދެލޯމަރައިލައިގެން އިނީ ލަވައިގައި ކިޔަމުން ދިޔަ ބައިތުތަކުން އޭނާގެ ހިތަށް އަސަރު ކުރުމުންނެވެ. އެހެން އިންއިރު ވިސްނެމުން ދިޔައީ އޭނާގެ މާޒީއާއި މެދުއެވެ. ” އޭއި.. ލައުރާ.. ލައުރާ.. ލާ..އޫ..ރާ..” ކުއްލިއަކަށް ލައުރާގެ ކުރިމައްޗަށް އަންހެން ކުއްޖަކު އައިސް ހުއްޓުނެވެ. ލައުރާ ލޯ […]
ރަޔަންއާއި ވާހަކަ ދައްކަން އޮތް މަލާކު ސިއްސައިގެން ދިޔައީ ގޭތެރެއިންއިވުނު ބާރު އަޑުފައްގަނޑަކުންނެވެ. ފުންމައިގެން ތެދުވެ މަލާކް ކޮޓަރިން ނިކުތެވެ. ފެނުނު މަނޒަރުން މަލާކްއަޑުގެ ކޮޅަށްހަޅޭލަވައިގަނެވުނެވެ. ފޯން ކަންފަތުގައި ޖަހައިލައިގެން އޮތް ރަޔަން އައް އެއަޑު އިވުމާއެކު މަލާކް އަށް ގޮވަން ފެށުނެވެ. ނަމަވެސް އޭރު މަލާކްގެ ފޯން ކެނޑިއްޖެއެވެ. އޭގެ ފަހުން ދެފަހަރު ގުޅިއިރުވެސް މަލާކް ފޯން އޮތީ ނިއްވާލާފައެވެ. މަންމާ…. މަންމާ… މަލާކް އަޑުގެ ކޮޅަށް ހަޅޭލަވަމުން އައިސް ކޮޓަރީ ދުރުކައިރިއަށް ވެއްޓިފައި އޮތް […]