މިލަ ހަނދުވަރު(ހަވަނަ ބައި )
ރަޔަން އެއްގަމަށް އަރާފައި މަސް ބާނަން ދޮށި ހިފައިގެން އައި އިރު މާދުރުން މީހަކު ހަޅެއްލަވާ އަޑު އިވުމުން ބަލާލިއިރު ކޮން މެސް މީހެއް ގެބެނީއެވެ.
ދެފަޔައް ލެވުނުހައި ބާރެއްލާފައި ރަޔާ އައް ގޮވަމުން ރަޔަން ދުއްވައިގަތެވެ.
ލޮނުގަޑުގައި ބަކަ ތަޅަމުން ދިޔަ މާނީއަށް ދުވެފައި އަންނަ ރަޔަން ފެނުމުން ލޮނުގަނޑުގެ ތެރެއަށް ފީނައިގަތެވ.ެ.
ރަޔަން އައިސް މާނީ ނެގުމާއެކު ގަދަ ކަމުން ކަހަލަ ގޮތަކަށް ކެއްސަން ފެށިއެވެ.
ޙަގީގަތް ނޭގި ހުރި ރަޔަން މާނީ އަތްދަޑިމައްޗައް ލައިގެން އެއްގަމަށް އެރިއެވެ.
ޢެކުޑަ ވަގުތު ކޮޅުގައި މާނީގެ ހިތައް ބުނެދޭން ނޭގޭހާ ހިތް ހަމަ ޖެހުން ލިބުނެވެ.
މުޅި އުމުރައްވެސް އެއަތުގެ ތެރޭ އޮވެވޭނެ ނަމައޭ ހިތައް އެރީ ކިތައްފަހަރުކަމެއްވެސް ނޭގެއެވެ.
“އާރ ޔޫ އޯކޭ؟؟””
މާނީގެނެސް ވެލިގަނޑު މަތީ ބައިންދަމުން ރަޔަން ބުނެލިއެވެ.
“މާނީ ކިހިނެއްވީ؟؟މާނީ އަށް ފަތަން ވެސް އެގެއެއްނު”
ރާޔާ އެހެން ބުނުމުން މާނީ ހާސްވިއެވެ.
ޜަޔަންއަށް އޭނަ ކުރީ އެކްޓެއްކަން އެގިއްޖާ ރުޅިއަންނާނެ ވަރު ހިތައް އެރިއެވެ.
ރާޔާ އަހަރެން އަކުނިވަޔައްދަމައިގަތީ” ޕްލީޒް މަންމަ ކައިރީ ނުބުނައްޗޭ މަންމަ ވަރައް ހާސްވާނެ”
މާނީ އެހެން ބުނުމުން ރާޔާވެސް އެކަމާއެއްބަސް ވިއެވެ.
ދަތުރު ނިންމާލާފައި ރަށަށް އައިސް އެންމެންވެސް ބޭނުންވީ ވެފައި ހުރި ވަރުބަލީގައި މިރޭ ވަރައް އަވަހަށް ނިދާލާށެވެ.
ނަމަވެސް ރަޔަން ބޭނުންވީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ރަޔަންގެ ހިތުގެ މަލިކާދެކިލުމަށެވެ
ދުވަސް ތަކާއެކު ރަޔަންއާއި މަލާކްގެ ހަޔާތުގެ ސޮފްހާތައްވެސް ދިޔައީ އުކެމުންނެވެ.
އެދެހިތުގައި އުފެދިފައިވާ ލޯބިވެސް ދިޔައީ ހިތުގެ އެންމެ ފުނުގައި މޫލާ ވަރުގަދަ ވަމުންނެވެ.
********************************
އައު އަހަރާއެކު ސުކޫލްތަކުގެ ކިޔެވުންވެސް ފެށިގެން ދިޔައެވެ.
ދަބަސްތައް ކޮނޑުގައި އަޅުވައިލައިގެން ދާއިރު ކޮންމެ ކުއްްޖެއްގެ މޫނުމަތިންވެސް މިއަދު ފެނިގެންދަނީ ހިނިތުންވުމެވެ.
ހިނިތުން ވެލައިގެން ހުރެ މަލާކްވެސް ސުކޫލް ތެރެއަށް ވަނެވެ.
ކުލާސްރޫމަށް ވަދެވުމާއެކު މަލާކް ބަލައިލީ ރަޔަންއަށެވެ “އަހަރެން ނާންނަކަމަށް ދޯ ތިބަަލަނީ؟
ރަޔަން އައިސް ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.
ކޮބާތަ ލަޔާ މިއަދު؟
އޭރު ލަޔާ ކުލާސް ރޫމްތެރެއަށް ވަދެގެން އަންނަނީއެވެ.
ކޮބާ ޗުއްޓީ ކިހިނެއް؟
ލަޔާ އައިސް ގޮނޑީގައި އިށީންދެ ހަމަޖެހިލަމުން ބުނެލިއެވެ.
ހަމަ ވަރަށް ސަޅި ދޯ މަލާ ” ރަޔަން ވަރަށް މަޖާވެލާފައި ބުނެލިއެވެ.
ޙޫން ދެން ކިޔާބަ މާނީ ތިކިޔަން އުޅޭ މޮޅުވާހަކަ މިހާރު މިއޮއް އައީ ކައި ވެސް” މާނީ ކައިރީގައި އިން އިމްނާ އެމީހުންގެ ރަހުމަތްތެރި ކައިރާ އައުމުން ބުނެލިއެވެ.
ބަލާބަލަ އެތިބަ ކަމެއް ” ކައިރާ އައިސް އީށީންނަމުން މަލާކް އާއި ރަޔަންދައްކާލަމުން ބުނެލިއެވެ.
ތެދެއް ދެން ކިޔާބަ ތިވާހަކަ ”
ކައިރާއެހެން ބުނުމުން މާނީ ޕިކްނިކް ގޮސް ވީ ކަންތަށް ކިޔައިދިނުމަށްފަހު ތިންއެކުވެރިން އެއްއަޑަކުން ބާރު ބާރަށް ހޭންފެށިއެވެ.
****************************
ޗުއްޓީ ނިމިގެން ރަށަށް އައިތާ މާގިނަދުވަސް ތަކެއްނުވެ ރަޔަންގެ މަންމަ މާލޭގެ ނަން މަސްހޫރު މުއްސަންޖަކަާ ކައިވެނިކުރިއެވެ
ނަޒީރާ އެކައިވެނި ކުރަން ނިންމީ ރަޔަންއާއި ރާޔާގެ މުސްތަޤްބަލަށް ވިސްނާފައެވެ.
ރަޔަން ދިހައެއްގެ އަހަރު ކަމުން ނަޒީރާ ނިންމީ އަހަރު ނިމޭހާ އަވަހަކަށް ރަޔަން ނަޒީރާ ގާތަށް ގެނައުމަށެވެ
*******************************
ޖެހިގެން އައި ދުވަހު ހަވީރު ލަޔާ ބަލާއައުމުން މަލާކް ދިޔައީ ލަޔާއާއިއެކު އެގެއަށެވެ.
ޙަވީރުގެ ގަޑިކަމުން އެގަޑިއަކީ ލަޔާގެ މަންމަވެސް ގޭގައި ނޫޅޭވަގުތެކެވެ.
މަލާކު ގޭ ސިޓިންގްރޫމައް ވަދެވުމާއެކު ސިޓިންގްރޫމްގައި ސޯފާކައިރީގައި ހުރި ކުޑަމޭޒް މަތީގައި ހަޕީ ބާތްޑޭ ލަވް ޖަހާފައިވާ ކޭކް ލޮލުގައި އަޅައިގަތެވެ.
މަލާކް އަށް ވީ އުފަލުން އަގަމަތީ އަތް އަޅަމުން ނަށައިގަނެވުނެވެ.
ސަޕްރައިޒް…….. ސަޕްރައިޒް…
އަގައިގައިވާ ހުރިހާދަތްތަށް ފެންނަވަރަށް ހެވިފައި ހުރެ އައި ރަޔަން މަޑުކޮއްލީ މަލާކް ކައިރީގައެވެ.
އޭރު ރަޔަންގެ އަތުގައި ގްރީން ކުލައިން ވަރަށް ރީތިކޮށް ބަންދު ކޮށްފައި އޮތް ޕާރުސަލް އެއްއޮތެވެ.
ވާއު…… ތެންކް ޔޫ ތެންކް ޔޫ…….
މަލާކް އަށް ރަޔަން ޕާރސަލް ދިއްކޮއްލުމުން ބުނެވުނެވެ.
ހެޕީ ބާތްޑޭ މައި ލަވް…
ރަޔަން އެހެން ބުނެލުމުން މަލާކް އައިސް ރަޔަން ގާތައް ޖެހިލިއެވެ ތޭންކް ޔޫ ބެއިބީ……….
ގެއަށް ގޮސް ކޮޓަރިއަށް ވަދެ މަލާކް ޕާރުސަލް ކަޑާލިއެވެ.
ފޮށީތެރޭގައި އޮތް ކުޑަ ފޯން ފެނުމާއެކު މަލާކް އަށް ފުންމައިގަނެވުނެވެ….
ފޯންއާއިއެކު ފޮށީތެރޭގައި އޮތް ނޯޓް ކޮޅު މަލާކް ކިޔާލިއެވެ.
ނަންބަރެއްޖަހާފައި ތިރީގައި ރަޔަން ޖަހާލާފައި އޮތެވެ.
“ދަރިފުޅާ މަލާ ” ކީއްކުރަނީ ކޮޓަރި ތަޅުލައިގެން” އާދޭއަވަހަށްކާންދާން”
ޒުލޭހާ ދޮރުގައި ޖަހާލަމުން އެހެން ގޮވާލަމުން މަލާކް އަވަހަށް ފޯން ފޮރުވުމަށްފަހު އަވަސް އަވަހަށް އައިސް ދޮރު ހުޅުވިއެވެ.
މަންމާ މިއަދު ކޮން ދުވަހެއްކަން މަންމަ ހަދާންވެސް ނެއްދޯ؟
މަލާކް އައިސް ޒުލޭހާ ގައިގާ ބައްދާލަމުން ބުނެލިއެވެ
“މަންމަ އަށް އެގޭ”” އެއްވެސް އަހަރެއްގަ މަލާގެ އުފަންދުވަސް މަންމަ ހަދާން ނެތުންތަ”
ޒުލެޭހާ އަތުގައި އޮތް ކުޑަ ޕާރުސަލް މަލާކް.އަށް ދިއްކޮއްލަމުން ބުނެލިއެވެ.
ވާއު މަންމާ” މަލާ އަށް އެގޭ މަންމަ ހަދާން ނުނެތޭނެކަން “ޒުލޭހާ ދިން ޕާރްސަލް ކަނޑާލަމުން މަލާކް ބުނެލިއެވެ.
“އޯ މައި ގޯޑް ވާއު މަންމާ” ފޯށީ ތެރޭގައި އޮތް ހުދު އަލިމަސް ޖަހާފައިވާ އަގޮޓި ފެނުމުން މަލާކް ނަށައިގަތް ގޮތް ފެނި ޒުލޭހާ ގާތަށް ހިނިއައެވެ
“މީ ޙާދަ ރީތި އަނގޮޓިއެކޭ މަންމާ” މަލާކް އަގޮޓީގައި ފިރުމާލަމުން ބުނެލިއެވެ.
ތީ ދަރިފުޅުގެ ބައްޕަ އެއްފަހަރަކު ބޭރަށް ގޮސްް އަންނަމުން މަންމަ އަށް ގެނެސް ދިން އަގޮޓިއެއް މަންމަ އަށް ކުޑަ ވީމަ ބައްޕަ ބުނީ އަގޮޓި ފޮރުވާފަ ބާއްވަށޯ މަލާ ބޮޑު ވީމަ އަޅުވަން ” އޭރަށް ބައްޕަ އަށް މަލާ ގެއްލުނަސް އެގޭނެއްނޫން ހޯ”” ޒުލޭހާ އެދުވަހު ދާއޫދު ދެއްކިވާހަކަ ހަދާން ކުރަމުން ކިޔައިދިނެވެ.
އަހަރެން ތި އަގޮޓިއެއް ނާޅަނަން ” އަހަރެން ބޭނުމެއް ނޫން ދުވަހަކުވެސް ދެން ބައްޕަ އަށް އަހަރެން ފެންނާކަށް””
މިއޮއްހާ ދުވަހު އަހރެންނާ މަންމަ މަތިން ބައްޕަ ހަދާނެއްނުވެއެއްނު .ދެން ކީއްކުރަން”
މަލާކް ރޮވިފައިވާއަޑަކުން ބުނެލިއެވެ..
ނޫނޭ ދަރިފުޅާ.. ދަރިފުޅު ބައްޕަ އއަކީ ވަރަށް ހެޔޮ މީހެއް”ޒުލޭހާ ހިތުގައި ފިރިމީހާއާއި ދޭތެރޭ ކިތަންމެ ޝަކުވާއެއް ހުއްޓަސް އެކަން މަލާކް އަށް ދައްކަން ޒުލޭހާ ބޭނުމެއްނުވެއެވެ.
ޒުލޭހާގެ އެދުމުގެ މަތިން މަލާކް އެއަގޮޓި އެޅިއެވެ.
” މަލާ އުފަންދުވަސް ވީމަ މަންމަ މިހިރީ މަލާއަށް އެންމެ މީރުކޮށް ނޫޑުލުސްވެސް ކަޢްކަދީފަ”ޒުލޭހާ ގޮޑި ދަމާލާފައި މަލާކް އިށީންނަން ތަންދައްކަމުން ބުނެލިއެވެ.
އަދި ކައިރީގައި ހުރި ތައްޓަށް ޖޫސްއ އަޅައިދެމުން ރަގަޅަށް ކައްޗޭ ބުނެލިއެވެ.
ޒުލޭހާ ފަދަ މަންމަ އަކު ލިބޭނީ ޔަގީނުންވެސް ނަސީބްވެރި ދަރިޔަކަށެވެ.
.އުމުރުން އެންމެ 5 އަހަރުން ފެށިގެން މިއަދާ ހިސާބައް ވެސް ބައްޕައެއް ނެއްކަމުގެ އިހުސާސެއް މަލާކް އަށް ވިޔަ ނުދީ ބޭނުންވަ ހުރިހަކަމެއް ފުރިހަމަ ކޮއްދިނެވެ.
ޢެކަމާ މަލާކް ހިތުގެ އަޑިން ސުކިރުވެރިވިއެވެ.
މަލަކް ދެކޭގޮތުގައި އޭނަގެ މަންމަ އަކީ މިދުނިޔެމަތިންވެސް އޭނަ އަށް ލިބޭނެ އެންމެ ބޮޑު ނިއުމަތެވެ.
ކެއުން ނިންމާލުމަށްފަހު މަންމަ އާއި އެކު މަލާކް ތަށިތަށް ނެގުމަށްފަހު ކޮޓަރިއަށް ވަނެވެ.
ފޮތިގަނޑެއްގެ ދަށުގައި ޗާޖް އަށް ޖަހާފައި އޮތް ފޯން ހިފައިގެން މަލާކް ބެޑަށް އެރުމަށްފަހު ރަޔަންގެ ނަންބާރ އަށް ގުޅާލިއެވެ.
ދެފަހަރަކު ރިންގް ވެލިއިރަށް އެކޮޅުން ފޯން ކަނޑާލުމަށްފަހު ރަޔަން ގުޅިއެވެ.
ކެއްމަދުބެފައި ހުރި މަލާކް އަވަހަށް ފޯން ނެގިއެވެ.
“ކިހިނެއް އަހަރެންގެ ގިފްޓް”
ރަޔަން ސުވާލް ކޮއްލިއެވެ.
ހާދަ އަގުބޮޑު އެއްޗެއްތިދިނީ “މަަންމަ އަށް ފެނިއްޖާ ސުވަލް ކުރާނެތީ އަހަރެން ފޯން ފޮރުވައިގެން މިގެންގުޅެނީވެސް”
މަލާކް ފޮރޮޅިލަމުން ބުނެލިއެވެ.
“މިހާރު އަހަރެން މިރަށުން ދާން ވަރަށް މަދު ދުވަސް ކޮޅެއްނު އިނީ .އަހަރެންނަށް ކިހާ އުދަގޫވާނެ މަލާ އަތުގަ ފޯނެއް ނެތިއްޔާ”
އެހެންވެ ހިތަށް އެރީ މިފަހަރު ފޯނެކޭ ދޭނީ”.
މަންމަ ބޭނުންވަނީ އަހަރެން ނިމޭ ގޮތަށް މަންމަ ކައިރިއަށް މާލެ ގެންދަން”ރަޔަން މާޔޫސީ ގޮތަކަށް ބުނެލިއެވެ.
އަހަރެން ވަރަށް ދެރަވޭ ރަޔަން ދާންޖެހޭތީ”
އަހަރެންވެސް ބޭނުން އިތުރަށް ކިޔަވަން” އެކަމަކު އަހަރެންނަށް އެފެންވަރެއް ނެއް “އަހަރެންގެވެސް ބައްޕަ ހުރިނަމަ”
“”ދެރަނުވެބަ މަލާ އަހަރެންެމިހިރީނު” އަހަރެން ޑޮކްޓަރުކަން ކިޔަވައިގެން އައިސް މަލާ އަހަރެންގެ މީހަކަށް ހަދާފަ އަހަރެން މަލާއަށް ކިޔަވަދޭނަން”
ރަޔަން ވަރަށް އުންމީދާއެއްކޮށް އެހެން ބުނެލުމުން މަލާކްއަށް ހިނިތުން ވެލެވުނެވެ..
ރަޔަންއާއި ވާހަކަ ދައްކަން އޮތް މަލާކް ސިއްސައިގެން ދިޔައީ ގޭެތެރެއިން އިވުނު ބާރު އަޑުފައްގަނޑަކުންނެވެ. ފުންމައިގެންތެދުވެ މަލާކް ކޮޓަރިން ނިކުތެވެ.
ފެނުނު މަންޒަރުން މަލާކް އަޑުގެ ކޮޅަަށް ހަޅޭއްލަވައިގަނެވުނެވެ…..
ނުނިމޭ
8 Comments
Comments are closed.
V reethi ???
Thank you 🙂
Kurin genes dhyfa in parteh mi…
Anyways nice
Yeah olhigen…. thank you 🙂
Havana part eh nu mee… olhign dhw
. Heheehe
Yeah havana part olhigen dhefaharu levifa .. 🙂
Meeh kiyaafah oii part eh nuh. Nice?
Yeah … thank you 🙂