Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަަސަރު 37 (2)

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
February 19, 2018 12 Mins Read
68 Comments

ރީމް އެ ފަޅިއަށް ޖެހިލުމުން ޝަނުމް ރީމް އިން ފަރާތަށް އެބުރުނެވެ. އަދި ރީމްގެ އުނަގަނޑުގައި އަތް ވަށާލައި  މޫނު ފޮރުވާލިއެވެ. ޝަނުމްއަށް ރޮވެން ފެށުނެވެ. ނެތް އުފާތަކަކަށް އެދިގެން އަދިވެސް ވީ އިންތިޒާރު ކުރަން ހެއްޔެވެ؟ ލޯބިވުމަކީ އޭނާއަށް ކުރެވުނު ކުށެއް ކަމަށް ހީވާން ފަށައިފިއެވެ. މި ލިބޭ ހިތާމައާއި ހިތްދަތިކަމުގެ ސަބަބަކީ އެއީ ހެއްޔެވެ؟

ޝަނުމް ރީމްގެ އުގުގައި ބޯ އަޅައިލައިގެން އޮތް އިރު ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޭގެ މަގާމް ދޫކޮށް ދަމުން ދެއެވެ. ހުރިހާ އިހުސާސަކާއި ޝަކުވާއެއް ބަންޑުންކޮށްލަން ޝަނުމް ބޭނުމެވެ. ކެތްތެރިކަމުގެ އިންތިހާއަށް ދިޔުމުން ވާނެ ގޮތަކީ މިއީއެވެ. އަޝްވާގެ ރައްކާތެރިކަމަށް ކުރެވުނު ކައިވެނީގެ ބަދަލު އޭނާއަށް ލިބެންވީ މިހެން ހެއްޔެވެ؟ ގުރުބާންވުމުގެ އަގެއް ނެތީ ހެއްޔެވެ؟

ޝަނުމް ރޮމުން ދިޔައިރު ރީމް ޝަނުމްގެ ބޮލުގައި ފިރުމަނުން ދިޔައެވެ. ރީމް ކުރިން ބުނިހެން ރައްޓެއްސެއްގެ ހައިސިއްޔަތަކުން ނޫނެވެ. އަދި ފިރިމީހާގެ ހައިސިއްޔަތަކުން ވެސް ނޫނެވެ. ޝަނުމް އަކީ އޭނާގެ ހިތުގައި ޖަހަމުން މިދާ ވިންދެވެ. އެ މޫނު ދެކިލުމަށް ހިތް އެދެމުންދާ ޒުވާނާއެވެ. އެ އޯގާތެރިކަމާއި ލޯތްބަށް ފެންބޮވައިގެންފައި ހުރި ފަރާތެވެ. އެހެނަސް އެއިން އެއްވެސް ކަމެއް ރީމް އަށް ލިބޭނެ ހެއްޔެވެ؟ ޝަނުމްގެ ހިތުގެ މިލްކުވެރިޔާއަށް އޭނާ ދުވަހަކުވެސް ނުވާނެއެވެ. އެޔަށްވުރެ ބޮޑަށް ޝަނުމް ބޭނުމީ އެހެން ފަރާތެއްގެ ލޯތްބެވެ. ޝަނުމްގެ ލޯބި ހޯދަން ސަލާންޖެހި ދުވަސް މަތިން މިއަދުވެސް ހަނދާން އެބަ ހުއްޓެވެ. އެހެން ނުހެދުނު ނަމައޭ މިއަދު  ހިތަށް އަރައެވެ.

އިރުކޮޅަކު އެހެން އޮވެފައި ޝަނުމް ތެދުވެއްޖެއެވެ. އަދި ރީމް ކައިރީ އިށީދެ އެ މޫނަށް ބަލައިލިއެވެ. ގެއްލިގެން އެއްޗެއް ހޯދާ ފަދައިންނެވެ.

“ރީމް… ކީއްވެ ރީމް އަހަރެން ދެކެ ލޯބިވަނީ، އަހަރެން މި ވަރަށް ރީމްއާއި ދުރުގަ އުޅެން މަސައްކަތް ކުރާ އިރުވެސް ރީމް އެއްވެސް ޝަކުވާއެއް ނުކުރަނީ ކީއްވެ.. ” ޝަނުމް އޭނާގެ ހިތަށް އެވަގުތު ވެރިވި ސުވާލު ކޮށްލިއެވެ.

“ހަދާންވޭތަ ދެމީހުން ފުރަތަމަ ބައްދަލުވި ރޭ މަތިން… އަހަރެން މީ އެއްމެ ފުރަތަމަ ނަޒަރުން ލޯބިވެވިދާނެ ކަމަށް ގަބޫލުކުރާ މީހެއް ނޫން. އެކަމަކު އެރޭ ޝަނުމް ފެނުމާއި އެކީ އަހަންނަށް ޝަނުމްއަށް ހާއްސަ މަގާމެއް ދެވުނު. މިއަދާއި ހަމައަށް ވެސް އެރޭގެ އެވަގުތު މަތިން އަހަރެން ވަރަށް ބޮޑަށް ހަނދާންވޭ… އަދި ބުނަންތަ އަހަރެން ހީކުރީ މާޒިންއަށް ފަހު ދެވަނަ އެހެން މީހެއް ދެކެ އަހަންނަށް ލޯބިނުވެވޭނެ ކަމަށް.. އެކަމަކު ޝަނުމް އެ ހުރިހާ ކަމެއް ބަދަލުކޮށްލައިފި… އަލަތު ލޯތްބަކީ ތިމާއަށް ވެވޭ ހަގީގީ ލޯބި ނޫންކަން އަންގައިދީފި” ޝަނުމްގެ ދެ ލޮލަށް ބަލަހައްޓައިގެން އިދެ ރީމް ބުނެލިއެވެ. މިއީ ޝަނުމްއަށް ރީމްގެ ލޯބި މިހާ ފުން ބަސްތަކަކުން އިއްވައިދިން ފުރަތަމަ ފަހަރެވެ. އެހެންކަމުން އެއިން ކޮންމެ ޖުމްލައެއްގައި އެތައް ޖަޒުބާތެއް ފޮރުވިފައިވެއެވެ.

“ދެން ތި ބުނީ ޝަކުވާ ނުކުރާ ވާހަކަ.. ކައިވެނި ކުރިއިރު އަހަރެން އުއްމީދުކޮށްގެން ހުރީ ޝަނުމްގެ ލޯބި ކޮންމެ ކަމެއް ކުރަން ޖެހުނަސް އެކަން ކޮށްގެން ހޯދާނެ ކަމަށް.. އެކަމަކު އޭގެކުރިން އަހަންނަށް މި ކުރެވެން މިއުޅެނީ ކުށެއްކަން ވިސްނިއްޖެ.. ޝަނުމް ތީ އަހަރެން ދުށް އެއްމެ މާތް އިންސާނާ.. ކޮންމެ ކަމެއް ވެސް ކޮށްދެނީ އެއްވެސް އަމިއްލަ އެދުމެއް ނެތި.. އަހަރެން ޝަނުމްއަށް ޖެއްސި އުދަގޫތަކަށް ފަހުވެސް ޝަނުމް އަހަންނަށް ރައްކާތެރިވޭ.. އެއީ އަނބިމީހާއަށް އަދާކޮށް ދޭން ޖެހޭ ވާޖިބެއް ނަމަވެސް … ތީ އެހެން މީހުންނަށް ހުރި ނަމޫނާއެއް.. ތީ އަހަރެންގެ…” ރީމް އަށް އޭނާގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ ޝަނުމް ރީމް އާއި އިތުރަށް ކައިރިވެލުމުންނެވެ.

ދެ މީހުން ވެސް ތިބެވުނީ އެކަކު އަނެކެއްގެ ނޭވާގެ ހޫނުކަން އިހުސާސް ކުރެވޭ ހާ ގާތުގައެވެ. ޝަނުމްގެ ޒަހަމްވެފައިވާ ހިތަށް ރީމްގެ އެ ބަސްތަކުގެ އަސަރު ކުރަމުން ދެއެވެ. ރީމްއަށް ޝަނުމްގެ ދެ ލޮލުން ފެންނަމުން ދިޔައީ އޭނާގެ ހިތް ބޭގަރާރުވަމުން ދާ ލޯތްބެވެ.

މި ފަހަރު އިސްނެގީ ޝަނުމް އެވެ. ކުރިއަށް ޖެހިލައި ރީމްގެ ތުންފަތުގައި ވަރަށް މަޑުމަޑުން ބޮސްދިނެވެ. އަދި އެޔަށް ފަހު ރީމްއަށް ފުން ނަޒަރަކުން ބަލައިލިއެވެ.

ޝަނުމްގެ އެ ހަރަކާތުން ރީމްގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގެން ދިޔައެވެ. ގުޑާލަން ވެސް ނުކެރި ޝަނުމް އާއި ދިމާލަށް ބަލަހައްޓައިގެން އިނީ ދެން ކުރަންވީ ކީއްކަން ނޭނގިފައެވެ. ޝަނުމް އަށް މަރުހަބާ ކިޔަން ވީ ހެއްޔެވެ؟ ނޫނީ އަތުގައި އޮތް ތުވާލިން މޫނު ފޮރުވާލަންވީ ހެއްޔެވެ؟

ދެވަނަ ފަހަރަށް ޝަނުމް ކައިރިވެލުމުން ރީމް ޝަނުމް ހަށިގަނޑުގައި ފަހަތުން މަޑުމަޑުން ހިފާލިއެވެ. ފާއިތު ވީ މަދު ސިކުންތު ކޮޅެކެވެ. ދެ މީހުންގެ ހިތުގެ ވިންދު އިހުނަށް ވުރެ ބާރު ވެއްޖެއެވެ. ޝަނުމް އަށް ރީމް ފެންނަމުން ދިޔައީ އޭނާގެ ހަލާލު އަބިމީހާގެ ގޮތުގައެވެ. ރީމްގެ މަސްތުވީ ދެ ލޮލުގެ ޖާދޫގައި އިސާހިތަކު ހިތް ޖެހިއްޖެއެވެ.

ރީމްގެ ބޮލުގައި އޮތް ތުވާލި ނަގާލުމާއި އެކު ރީމްގެ ފަން ދިގު އިސްތަށިގަނޑުގެ ރީތި ކަން ޝަނުމްއަށް ފެނުނެވެ.

ރީމް އޭނާގެ ހިތުގެ އަޑު އެހިއެވެ. ޝަނުމް ފަދައިން އެ ހިތް ވެސް އެދެނީ ލޯތްބަށެވެ.

“މީ ކިހިނެތް ވެފަ” ރީމް ލައިގެން ހުރީ ދެމޭ ފޮއްޗެއްގެ ޓީޝާޓެއް ކަމުން އަތުގެ ކޮނޑު އޮތީ ކަޝްފުވެފައެވެ.

ރީމް ކޮނޑަށް ބަލާލިއެވެ. އޭރު ހެދުމުގެ އަތް އޮތީ ވެއްޓިފައެވެ. އަވަހަށް ހެދުން ރަގަޅުކޮށްލައި ރީމް ޝަނުމްގެ އެ ސުވާލަށް ޖަވާބު ދޭން އުޅުނެވެ. އެހެންނަމަވެސް ޝަނުމް ރީމްއަށް ވާހަކަ ދައްކާނެ އިތުރު ފުރުސަތެއް ނުދިނެވެ. ހިތުގައި ރޯވަމުން ދާ މަސްތުގެ ހުޅުގަނޑާއި އެކު ރީމްގެ ކަރު ދޮށުގައި ބޮސްދީ އަތުގައި ހިފައި އަދިވެސް އިތުރަށް ކައިރިއަށް ގެނައެވެ.

“ޝަނުމް ނޫން” ވަރަށް ހިތްވަރާއި އެކީ ރީމް ބުނެލިއެވެ.

” އެ ކީއްވެ؟ ރީމް އަހަރެން ދެކެ ލޯބިވެއެއްނު.. ދެން ކޮބާ މައްސަލައަކީ” ރީމްގެ މޫނަށް ބަލާލަމުން ޝަނުމް ބުނެލިއެވެ.

“އަހަރެން މި ބުނީ އެއްނު ނޫނެކޭ.. ޕްލީސް ޝަނުމް.. އަހަންނާއި ދުރުގަ ހުރޭ” ޝަނުމްގެ ހޫނު ނޭވާއިން ވެސް ރީމް އަށް އުނދަގޫވީ ހެއްޔެވެ؟

” އެ ކީއްވެ؟ ތީ އަހަރެންގެ އަންހެނުން.. އަދި އަހަރެން މީ ރީމްގެ ފިރިމީހާ.. ދެން ކޮބާ މައްސަލައަކީ” ޝަނުމްއަށް އޮޅުނެވެ. ރީމް އޭނާ ދެކެ ލޯބިވާ އިރު އޭނާއަށް ވުރެ ބޮޑަށް މިކަމަށް އުފާ ކުރާނީ ރީމް އެއް ނޫން ހެއްޔެވެ؟

” އަހަރެން އެކަނި ލޯބިވުމުން ހުރިހާ ކަމެއް ނުނިމޭނެ.. އަހަރެން ބޭނުމެއް ނޫން މިކަމަކީ ދެ މީހުން ދެރަވެގެން ތިބެ ކުރާ މޮޔަކަމަކަށް ވާން” އިސްޖަހާލަމުން ރީމް ބުނެލިއެވެ. ޝަނުމްގެ އެ ފިރުމުންތަކަށް އޭނާ ދަނީ ކެތްތެރިކަމާއި އެކީ އިންތިޒާރު ކުރަމުންނެވެ. އެހެންނަމަވެސް މިއީ  ޝަނުމް އަށް ކުރެވުނު މޮޔަކަމަކޭ ހިތަށް އަރުވާކަށް ބޭނުމެއް ނޫނެވެ.

“އެކަމަކު ރީމް ބުނީމެއްނު އަހަރެން ދެކެ ލޯބިވަމޭ” ޝަނުމް ޝަކުވާކޮށްލިއެވެ.

“އާން ވަރަށް ވެސް ބޮޑަށް ލޯބިވަން.. އަދި ޝަނުމް ބުނިހެން އަހަރެން ދެކެ ލޯބިވާ އެތައް ބަޔަކު އެބަ ތިބި.. އެކަމަކު އެއިން ކޮންމެ މީހެއް ވެސް އަހަންނަށް ދައްކަނީ ދަޅައެއް.. ލޯބިވާ ކަމަށް ބުނެ ހަދަނީ ދޮގު.. އޯގާތެރިވަމޭ ބުނެ ދެނީ އަނިޔާ.. މާޒިން ވެސް ހެދީ އެހެން.. އޭނަ އެވަރަށް އަނިޔާކުރި އިރުވެސް އަހަރެން އެއްވެސް އެއްޗެއް ނުބުނެ ހުރިން.. އެއީ ހަމައެކަނި މަސްތުގެ ހާލަތުގައި މާޒިންއަށް ކުރެވޭ ކުށެއް ކަމަށް ހީކޮށްގެން، ހުރިހާ ކަމަކަށް އަހަރެން ކެތްކުރިން.. އެކަމަކު މާޒިން ވެސް އަހަންނަށް އޮޅުވާލީ.. ލޯބި ދިނީ ފަހުން ރޮއްވާލަން ބޭނުން ވާތީ.. ދެން ހުރީ ޝަނުމް ތި ބުނާހެން އަހަރެން އެއްމެ ގާތް އެކުވެރިއެއްގެ ގޮތުގައި ދެކެނު މަންމަ.. މަންމަ ވެސް ހެދީ އެހެން.. ލޯބިވަމޭ ބުނެ އޮޅުވާލީ.. ރައްކާތެރިކުރުމުގެ ބަހަނާގައި ދޮގު ހެދީ.. އަހަރެންގެ އުމުރުން ބާވީސް އަހަރު ފުރި ތޭވީސް އަހަރު ވަމުން ދާ އިރު އަހަރެންނަށް މި ހުރެވުނީ ބޮޑު އޮޅުވާލުމެއްގެ ތެރޭގައި. އަމިއްލަ ނަސްލު އޮޅިއްޖެ.. ބައްޕަ އަކީ ބައްޕަ ނޫންކަން މި އެގުނީ އަދިކިރިއާ.. އެއީ ތަ ލޯބި ވުމަކީ.. އެއީ ތަ މަންމައިން ދަރިންނަށް ދޭންވާ މައިވަންތަކަމުގެ ލޯތްބަކީ…” އެނދުން ތެދުވެ ޝަނުމްއާއި ދުރަށް ޖެހިލަމުން ރީމް ބުނެލިއެވެ. އޭރު ޝަކުވާގެ ކަރުނަތައް ދެ ލޮލަށް ޖަމާވަމުން ދިޔައެވެ.

“ދެން ތިހިރީ ޝަނުމް.. އަހަރެން ބޭނުމެއް ނޫން ޝަނުމްގެ ނަން އެމީހުންގެ ލިސްޓުގައި ހިމަނާކަށް.. އަހަރެން ބޭނުމެއް ނޫން މިއީ ޝަނުމް ފަހުން ދެރަވާނެ ކަމަކަށް ހަދާކަށް… އަސްލާއި ފޭކް ވަކިކުރަން ނޭނގޭ ދުނިޔެއެއްގައި އަހަރެން ބޭނުމީ ޝަނުމް އަކީ އަހަންނަށް މަގު ދައްކައިދޭން ހުންނަ މީހާއަށް ވުމަށް.. ދެ މީހުންނަށް ވެސް މިއީ ވަގުތީ އުފަލަކަށް ވެދާނެ..” ލޮލުން އޮހެރެމުން ދިޔަ ކަރުނަތައް އަތުގެ ނު ފުށުން ފުހެލަމުން ރީމް ބުނެލިއެވެ.

ރީމްގެ ވާހަކާއިގެ ތެދުކަމާއި މެދު ޝަނުމް އަށް ވިސްނާލަން މަޖުބޫރުވިއެވެ.

ކުޑަ އިރުކޮޅަކު ރީމްއަށް ބަލަހައްޓައިގެން އިދެފައި ޝަނުމް އެދުން ތެދުވެގެން ގޮސް ރީމް ކައިރީ ހުއްޓިލިއެވެ. އަދި ގިސްލެވި ރޮވެމުންދާ ރީމްގެ މޫނުގައި ހިފައި ކަރުނަތައް ފުހެ ދިނެވެ.

“އަހަންނަށް މާފުކުރޭ.. މާ ބޮޑަށް ހިތް އަވަސްވެފައި ހުރުމުން ރީމް ފުރަތަމަ ބުނުމުން ވެސް އަޑުނީވޭ ކަމަށް ހަދާލެވުނީތީ” ކަރުނަތައް ފުހެލާ އިރަށް އަނެއްކާ ވެސް ކަރުނައިން ރީމްގެ ދެ ކޯތާފަތް ތެންމާލިއެވެ.

“ރީމް އަހަންނަކީ އަމިއްލަ އެދުން ބޮޑު މީހެއް ދޯ.. އަހަރެންގެ އަންހެނުން މިހާ ބޮޑު ހިތްދަތި ކަމެއްގައި އުޅޭއިރު އަހަންނަށް މި ކަންތައް ކުރެވެނީ ކިހިނެތް؟ މާފުކޮށްދީ…” ޝަނުމް ރީމްގެ ގައިގައި ބައްދާލިއެވެ. ރީމްއާއި މެދު މިހާ ބޮޑަށް ފަރުވާ ކުޑަ ކުރެވުނީތީ ދެރަވާ ހާލުގައެވެ.

“އެއީ މައްސަލައެއް ނޫން.. ތީ އަހަރެންގެ ފިރިމީހާ.. ޝަނުމްއަށް އެ ހައްގު ލިބިގެންވޭ.. އެހެންނޫނަސް އަހަރެން އަދި މަންމައާއި ބައްޕަގެ ވާހަކަ ޝަނުމްއަށް ނުވެސް ކިޔައިދެމެއްނު” މި ވީހާ ތަނަށް ޝަނުމްގެ ރައްކާތެރިކަން ލިބުނީ ޖިސްމާނީ ގޮތުން އެކަނި ނަމަވެސް ޝަނުމްގެ އެއްމެ ބުނުމަކުން ވެސް ރީމްގެ ހިތަށް އާރޯކަން ލިބިގެން ދިޔައެވެ.

“މާފުކޮށްދިނީތީ ވަރަށް ބޮޑަށް އުފާކޮށްފިން.. ދެން އަވަހަށް ވީ ކަންތައް ކިޔައިދީ.. ކީއްވެ ބައްޕަ އަކީ ބައްޕަ ނޫނޭ ބުނީ” އެހެން ޝަނުމްއަށް އިވުނު އިރުން ފެށިގެން އެތައް ސުވާލުތަކެއް ހިތުގައި އުފެދިއްޖެއެވެ.

ޝަނުމް ރީމް އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ. އަދި ރީމްގެ އިސްތަށިގަނޑު އެއް ފަރާތްކޮށްލުމަށްފަހު ކައިރީގައި އިށީނެވެ. ޝަނުމް އެދެމުން ރީމް އަކުރުން އަކުރަށް މަންމަ ކިޔައިދިން ހުރިހާ ވާހަކައެއް ޝަނުމްއަށް ކިޔައިދިނެވެ. ޝަނުމްއަށް ވެސް ލިބުނީ ހައިރާންކަމެކެވެ. ރީމްގެ މަންމަ އެ ފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލުކުރަން ދަތިވިއެވެ.

“ބައްޕަ މަންމަ ވަރިކޮށްފަ ދިޔައިމަ މަންމަ ކިހާ އެކަނިވެރިވާނެ، އަދި އެވަގުތު ރީމް ވެސް ތިއައީ މަންމަ އެކަނިކޮށްލާފަ” ރީމް އޭނާ ކަންތައް ކުރި ގޮތް ކިޔައިދިނުމުން ޝަނުމް ބުނެލިއެވެ.

“މަންމަ އަހަންނަށް އޮޅުވާލީ، އަހަރެން ދެކެ ކުޑަކޮށްވެސް ލޯބިވާނަމަ އެހެން ކަންތައް ނުކުރީސް” އޭނާގެ ވާހަކަތައް ކަނުލައި އަޑުއަހަން އިން ޝަނުމްއަށް ބަލާލަމުން ރީމް ބުނެލިއެވެ.

“އެނގޭ ތިކަން، މަންމަ ކުރި ކުށުގެ އަދަބު މިހާރު ވެސް ލިބެމުން އެދަނީ.. އެކަމަކު އެއީ ރީމްގެ މަންމަ.. ކޮންމެ ހާލަތެއްގައި ނަމަވެސް ރީމްގެ މަންމަ ރީމް ދެކެ ވާ ލޯތްބަށް ބަދަލެއް ނާންނާނެކަން ޔަގީން… ބައްޕައަކީ ކޮންމެ މީހަކަށް ވިޔަސް އެއީ ރީމް ބަޑުއަޅައި ވިހެއީ މަންމަ.. ރީމްގެ މަންމަ ހިތުން އެއީ ރީމްއަށް އެންމެ ރަގަޅު ގޮތް، އެހެންވެ އެ ގޮތަށް ކަންތައް ކުރީ” ޝަނުމް ރީމްއަށް ވިސްނުވައިދެވޭ ތޯ އުޅުނެވެ.


 

ކާއިން އެބުރި އަންނާނެ ކަމަށް އިންތިޒާރުގައި ދިހަ ވަރަކަށް މިނެޓް ހުރުމަށްފަހު އަޝްވާ އޭނާގެ ކޮޓަރިއަށް ދާން އެތެރެއަށް ވަނެވެ.

“ދަރިފުޅާ! ޝަނުމްއަށް ގުޅާފަ ބުނެބަލަ ޝައިމްއާއި ދެމީހުން ބޯޓު ދޮށަށް ގޮސްދީބަލާށޭ.. ދަރިފުޅުގެ މާމަ ދެންމެ ގުޅާފަ ބުނި އެކޮޅުގައި އުޅޭ ރައްޓެއްސެއް ލައްވާ ކުރުނބާ ގޯންޏަކާއި އަދިވެސް ބައިވަރު ހަދިޔާ ފޮނުވާފަ ހުރި ވާހަކަ” އަސްރާރު އައިސް އަޝްވާ ކައިރީ ހުރެ ޝަނުމްއަށް އަޝްވާގެ ފޯނުން ގުޅޭތޯ އުޅުނެވެ. އެހެންނަމަވެސް ދެތިން ފަހަރު ގުޅާލުމުން ވެސް ފޯނު ނުނެގުމުން ދިޔައެވެ.

ޝަނުމް ފޯނު ނުނެގުމުން އަޝްވާ ކޮޓަރިއަށް ވަނެވެ. އަދި އެނދު މައްޗަށް ވެއްޓިގަތެވެ. އޭރު ހިޔާލުގެ ވާފަށް ވަނީ ކާއިންގެ ހަނދާންތަކާއި ގުޅިފައެވެ.

އެއްޗެއް ބީވުމުން ނޫނީ އޭގެ މުހިއްމުކަން ނޭނގޭނެ ފަދައިން ކާއިން ވެސް އެ ދިޔައީ އަޝްވާގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައެވެ.

އެނދުގައި އޮށޯތްތާ ފަނަރަ ވަރަކަށް މިނެޓް ފަހުން އަޝްވާ ކޮޅަށް ތެދުވިއެވެ. އަދި ޑްރެސިންގ ޓޭބަލް ކައިރިއަށް ޖެހިލައި އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު ކާއިންގެ ގެޔަށް ދާން ހިނގައިގަތެވެ. އަވަސް ބާރުމިނެއްގައި ދިޔައިރު ހީވަނީ ލަސްވެފައި ހުރިހެންނެވެ.

އެގެ ހުންނަ ގޯޅިގަނޑަށް ހުންނަ ގޯޅިގަނޑަށް އާދެވުމައީ އެކީ އަޝްވާގެ ހިނގުން ބާރުކޮށްލިއެވެ. އަޝްވާ އަށް އެހިސާބަށް ނާދެވެނީސް ކާއިންގެ ގޭ ކުރިމަތީ އޮތް ޕޮލިސް ޖިޕް ކުރިއަށް ދުއްވާލިއެވެ

. މިއީ އަޝްވާ ބިރުގަންފައި އަވަހަށް މިގެޔަށް އަންނަން އުޅުނު ސަބަބެވެ. މީގެ ކުރިން ވެސް ކާއިން މި ފަދަ ކަމެއް ކުރަން އުޅުނެވެ. އެ ދުވަހުވެސް ކާއިން ހުއްޓުވަން އޭނާއަށް ދެވުނީ ކިރިއާއެވެ. ކާއިން ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ކޮށްފާނެ ކަމަށް ސަމާލުނުވެވުނީތީ އަޝްވާ އޭނާގެ އަމިއްލަ ނަފުސު ކުށްވެރިކުރަން ފަށައިގަތެވެ.

އަވަސް ހިނގުމެއްގައި ގޮސް އަޝްވާ އެ ގެ ހުންނަ ދެވަނަ ފަންގިފިލާއަށް ވަނެވެ. އޭރު ދެ ޕޮލިހުން އެގެއިން ނިކުންނަނީއެވެ. އިތުރު ސުވާލެއް ނުކޮށް އަޝްވާ ގޮސް ކާއިންގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

“ކާއިން…” ކާއިންގެ ހިލަމެއް ކޮޓަރި ތެރެއިން ނުވުމުން އަޝްވާގެ ހިތަށް ކުއްލި ތަދެއް އަރައިގެން ދިޔައެވެ. އަޝްވާ ދެތިން ފަހަރެއްގެ މަތިން ކާއިންއަށް ގޮވާލިއެވެ. އެހެންނަމަވެސް ލިބުނު ޖަވާބެއް ނެތެވެ. ހިތަށް ވެރިވި ބިރުވެރިކަމާއި އެކީ ހިތުގެ ތެޅުންވެސް އިހުނަށް ވުރެ ބާރުވެއްޖެއެވެ. ކާއިން ދިޔައީ ހެއްޔެވެ؟ ނުކުރާ ކުށެއްގެ އަދަބު ލިބުމަށް އުޅެނީ ހެއްޔެވެ؟

އަޝްވާ މާޔޫސްވެއްޖެއެވެ. ހިތްދަތިވެއްޖެއެވެ. އެހާ އަވަހަށް ކާއިން ބަލި ގަބޫލު ކުރީ ހެއްޔެވެ؟

އެ ލިބުނު މާޔޫސްކަމާއި އެކީ އަޝްވާގެ ދެ ލޯ ފެންކަޅިވެއްޖެއެވެ. ދުނިޔޭގެ އަނިޔާވެރި މަކަރުގައި ކާއިން އަމިއްލައަށް ބެދިގެން ދިޔައިރު އޭނާއަށް މިއަށް ވުރެ ބޮޑަށް ސަމާލުވެވުނުނަމައެވެ. ކާއިން ދާން އުޅުމުން ހުއްޓުވުނު ނަމައެވެ.

މަޑު ހިނގުމެއްގައި އަޝްވާ ހުޅުވާފައި ހުރި ކާއިންގެ ބައްޕަމެންގެ ކޮޓަރިއަށް ވަނެވެ. އޭރު ލިބުނު ހިތާމައާއި އެކީ ކާއިންގެ ބައްޕަ ދެކެ ރުޅިވެސް އަންނަން ފައްޓައިފިއެވެ. ދަރީންނަކީ މައިންބަފައިން ކުށްކުރުމުން އެމީހުންގެ އިލްޒާމު ނަގަން ތިބޭ ބަޔެއް ނޫންކަން ޔަގީނެވެ. ކާއިން މިފަދަ ކަމެއް ކުރިން ކުރަން އުޅުނު ވާހަކަ އަޝްވާ ވަނީ ހައްސާނު ކައިރީ ބުނެފައެވެ. އެހެންނަމަވެސް ހައްސާނު އެޔަށް ކަމެއް ނުކޮށް ހުރީ ހެއްޔެވެ؟ ޕޮލިހުން ކާއިން ގެންދިޔައިރު މަންޒަރު ބަލަން ދުރުގައި ހުރީ ހެއްޔެވެ؟

ނޫނެކެވެ. ކަންވީ އެހެންނެއް ނޫނެވެ. އެ ކޮޓަރީ އެނދު މަތީ އެއިނީ ކާއިން ނޫން ދެވަނަ މީހެއް ނޫނެވެ. އަޝްވާގެ ހިތަށް ލުޔެއް ލިބިގެންދިޔައެވެ.

“ކާއިން.. “ލިބުނު އުފާވެރިކަމާއި އެކީ މޭގައި އަތް އަޅާލަމުން ކާއިންއާއި ދިމާލަށް ހިނގައިގަތެވެ.

އަޝްވާ ގޮވާލުމުން އެހެންޏާ ހިނިތުންވުމަކުން ނަމަވެސް ޖަވާބު ދޭ ކާއިންގެ މޫނުމަތި ވަނީ މިލާފައެވެ. ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހެއް ފަދައިންނެވެ.

“ކާއިން، ކިހިނެތްވެފަ ތި އިނީ.. އެމީހުން ކީކޭ ބުނީ.. ކީއްވެ މި ގެޔަށް އައިސްގެން މުޅި ގެ އެ ފާސްކުރަނީ” ކާއިން ކައިރީ އިށީދެ އަޝްވާ ސުވާލުތައް އަމުނާލިއެވެ. ކާއިން އަމިއްލައަށް ޕޮލިހާއި ހަވާނު ނުވި ނަމަ މި ގެޔަށް ޕޮލިހުން އަންނަން ވީ ސަބަބަކީ ކޮބައި ހެއްޔެވެ؟

ކާއިންގެ މޫނުމަތިން ފެންނަމުންދާ ނުތަނަވަސްކަން އޭނާގެ ހިތުގައި ވާ އުދާސްތަކާއި އެއްވެރެއް ނޫންކަން ޔަގީނެވެ. އަޝްވާ އެ ހީކުރި ގޮތަށް އޭނާ އުޅުނީ އޭނާ ލޯބިވާ މީހުންގެ ރައްކަލަށް އަމިއްލައަށް ޕޮލިހާއި ހަވާލުވުމަށެވެ. އެހެންނަމަވެސް ކާއިންއަށް އެ ފުރުސަތު ލިބިގެން ނުދިޔައީ ގޭގެ ހަތަރު ފާރުން އެތެރެއަށް ވަނުމާއި އެކީ މަންމަ ދިން ހަބަރަކުންނެވެ. ކާއިން ލަސްވީ އެއްމެ ދެތިން މިނެޓެވެ. އެހެންނޫންނަމަ ބައްޕަ ސަލާމަތް ކުރަން އޭނާއަށް ކޮންމެވެސް ކަމެއް ކުރެވޭނެކަން ޔަގީނެވެ. ‘

ކާއިން އަޝްވާއަށް ބަލާލިއެވެ. ނުރޯން ވަރަށް ހިތްވަރު ކޮށްގެން ހުރި ނަމަވެސް އަޝްވާއަށް ބަލައިލުމާއި އެކީ ބަޑި ފަޅައިގެން ހިގައްޖެއެވެ. އެސްފިޔަތައް ފޫދުއްވާލާފައި ކަރުނަތައް އޮހިގަތީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ، ކާއިން އަވަސް އަވަހަށް އަޝްވާގެ ގައިގައި ބައްދައިގަތެވެ. ރޮވުނީތީ ލަދުންނެއް ނޫނެވެ. ހިތަށް ލިބެމުންދާ ހިތާމަތަކަށް ލުޔެއް ލިބޭތޯއެވެ.

“އެމީހުން ބައްޕަ ގެންގޮއްސި” ކާއިންއަށް ބުނެވުނީ އެހިސާބަށެވެ. ކިތައްމެ ވަރަކަށް ޝަކުވާ ކުރަން ބޭނުން ވިޔަސް ހަށިގަނޑުގައި އެ ހިތްވަރެއް ނެތެވެ. އިށީދެގެން އިންނަ އިރު ވެސް ހީވަނީ ހަށިގަނޑުން ވަރުދޫވެ ވެއްޓިދާނެހެންނެވެ.

ކާއިންގެ އަޑުގައިވި ގިސްލުމާއި އެހަށިގަނޑުގައި އަޅުމުން ދާ ތުރުތުރު އެޅުން އަޝްވާއަށް ފާހަގަވިއެވެ. ކާއިންއަށް އެ ގެއްލުނީ އޭނާ ޖާނާއި މާލުން ގުރުބާންވާން ތައްޔާރަށް ހުރިކަން އަންގައިދެމުންދާ ބައްޕައެވެ.

“ކާޢިން، ހިތްވަރު ކުރޭ އަދި ހުރިހާ ކަމެއް ވެސް ރަގަޅުވާނެ… “ކާއިންގެ ބުރަކަށީގައި ފިރުމާލަމުން އަޝްވާ ބުނެލިއެވެ. ކާއިން ސަލާމަތުން ހުރީތީ ހިތް އުފާ ކުރިއަސް އެ ލޮލުން އޮހެރެމުންދާ ކަރުނަތަކުން އަޝްވާއަށް މާޔޫސީކަން ލިބެމުން ދިޔައެވެ.

“ކިހިނެތް ހުރިހާ ކަމެއް ރަގަޅުވަނީ.. ދެން ނޭނގެ ބައްޕަ ޖަލުން މިނިވަންވާނީ ކޮން ދުވަހަކު ކަމެއް ވެސް.. ” އަޝްވާގެ ކޮނޑުމަތީ ބޯ އަޅައިގެން އޮތް ކާއިން ބުނެލިއެވެ.

“ކާއިން ބަލަބާ އަހަންނަށް..” އަޝްވާ ކާއިންގެ ކޮނޑުގައި ހިފައި ދުރަށް ޖެއްސިއެވެ. އަދި އެޔަށްފަހު ކާއިންގެ މޫނަށް ބަލަލީއެވެ.

“ކާއިން ، ހުރިހާ ކަމެއް ވެސް އަދި ރަގަޅުވާނޭ… ކެތްތެރިވާން ވާނެ.. އޭރުން ކާއިން ބައްޕަ ދެކެ ތި ވާ ލޯބީގެ އަގު ވަރަށް ފޮނި ގޮތަކަށް ލިބިގެންދާނެ.. މިއީ މިއަދު ކަންތައް ދިމާވި ގޮތް ނަމަވެސް މާދަމާ އެހެން ގޮތެއް މެދުވެރި ކުއްރަވަފާނެ..ކާއިން މިއޮތް ހާ ދުވަހު ތި ކޮށްދިން ކަންތަކުގެ ނަތީޖާއަކީ މިއީ ކަމަށް ހަދައިލައިގެން ހުރުމުން ލިބޭނީ ހުސް ދެރައާއި ހިތާމަ.. އަވަހަށް ހުއްޓާލާފަ ހިނގާ ބައްޕަ ސަލާމަތް ކުރެވޭތޯ އުޅެމާ..” ކާއިންއަށް ބަލާލަމުން އަޝްވާ ބުނެލިއެވެ. ކާއިން ވި އަދި ވާން އުޅުނު ގަރުބާނީގެ އަގެއް އޮންނާނެ ކަމަށް އަޝްވާ ގަބޫލުކުރެއެވެ.

“އެމީހުން ބައްޕައަށް އެވަރަށް އަނިޔާ ދެނީ ކީއްވެތަ؟ ގޯސްކޮށް ކަމެއް ކުރެވުމުން ބައްޕަ އިސްލާހުވެ ތައުބާވި.. އެކަމަކު އެންމެ ފަހުން މި ލިބުނީ ހުސް ދެރަ” ކާއިން ޝަކުވާކޮށްލިއެވެ.

“މީ ދުނިޔޭގެ ކަން ހިނގާ އުސޫލު. އަނިޔާ ލިބޭ މީހުން އުޅޭނެ. އަދި ކަންކަން ގޯސްކޮށް ކުރެވުމުން އޭގެ އަދަބު ބައެއް ފަހަރު އިސްލާހުވުމަށްފަހު ވެސް ލިބޭ ތަން އަންނާނެ.. އެކަމަކު އޭގެ މާނައެއް ނޫން އެމީހަކު މުޅި އުމުރަށް އެކުށުގެ އަދަބުގައި ދިރިއުޅެން ޖެހޭނެއޭ.. އަހަރަމެން ކުށް ކުރީމަ އެކަމުގެ ސަޒާ ދެއްވަނީ ﷲ.. އަދި އެފަރާތުން އަހަރަމެންނަށް އެހީވެ މަދަދުވެސް ދެއްވާނީ.. މާޔޫސް ނުވޭ. ދުއާ ކުރުމުން މަދަދު ދެއްވާނެ” އަޝްވާ ކާއިންއަށް ވިސްނުވައިދެވޭތޯ އުޅުނެވެ.

އަޝްވާ އެހެން ބުނުމުން ކާއިންއަށް ވިސްނިގެން ދިޔައެވެ. ބައްޕަ ދިރިހުރިހައި ހިނދަކު ބައްޕަގެ ދިފާއުގައި ތެދެވާން އަޒުމް ކަނޑައެޅިއެވެ.

ދެމީހުން އެކުގައި ވާހަކަ ދައްކަން ތިއްބައި ކައުސަރު އެތަނަށް އައެވެ.

“ކާއިން، އާދޭ ސައިބޯން.. މަންމަ މިއައީ ފިހާރަށް ގޮސް އެއްޗެއް ގަނެލައިގެން” ކައުސަރު އައިސް ކާއިން ކައިރީ ހުއްޓިލަމުން ބުނެލިއެވެ.

“އަހަރެން އެއްވެސް އެއްޗެއް ކާ ހިތެއް ނެތް.. މަންމަ ގޮސް ސައިބޯލާ.. އަހަރެން ބަނޑުހައިވީމަ ކޮންމެވެސް ގޮތެއް ހަދާލާނަން” ކާއިންގެ ބައްޕަ އެތައް ދުވަހެއްގެ މަތިން ދިން ނަސޭހަތްތައް ކާއިންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ބައްޕަ އިސްލާހުވުމަށްފަހު ބަރާބަރަށް ނަމާދަށް އަރައެވެ. އަދި ކާއިން އަށް ވެސް ނަމާދަށް ދާން ނަސޭހަތް ދެއެވެ. ދިރިއުޅުން ރަނގަޅު ކުރަން ހައްސާނު ވަރަށް މަސައްކަތް ކުރެއެވެ. ސުންނަތް ނަމާދާއި ރޯދަތައް ހިފައެވެ. އެތައް އިރެއް ވަންދެން ހަތިމް ނަގައިގެން ގުރުއާނުގެ އަޔާތައް ކިޔަން އިދެއެވެ. ގުރުއާނުގެ ތަރުޖަމާ ނަގައިގެން ދެ ނަމާދު ދޭތެރޭ އިންނަ އިރު ހައްސާނުގެ ލޮލުން ކަރުނަ ހިލާނުލާ އެއްމެ ރެއެއް ވެސް ކާއިން ނުދެކެވެ. ހައްސާނު އެހެން އުޅުމުން ކައުސަރުގެ އުޅުންވެސް ރަގަޅުވާން ފެށިއެވެ. ދުނިޔޭގެ މަޖަލުން ހޭއަރައި ދެމަފިރިން އެކުގައި ދިޔައީ އާހިރަތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

“ބައްޕަ ހިކާ ދެރަވާނެ ކާއިން ނުކައި ހުންނަކަން އެގިއްޖެނަމަ.. ބައްޕަ އެހެން ކަންތައް ކުރީ ކާއިން ސަލާމަތްކުރުމަށް.. އެހެންވީމަ ކާއިން ޖެހޭނެ އެކަމާއި ދޭތެރޭ ވިސްނަން.. ބައްޕަ ބޭނުންވާ ގޮތަށް ދިރިއުޅުމުގައި ކުރިއަށް ދާންވާނެ.. ހަމަ ގައިމު ވެސް އޭރުން ބައްޕަ ދަރިފުޅު ދެކެ އިންތިހާއަށް ފަހުރުވެރިވާނެ” ކާއިންގެ ބުރަކަށީގައި ފިރުމާލަމުން ކައުސަރު ބުނެލިއެވެ.

“އެއީ ތެދެއް ކާއިން … ހިނގާ އަވަހަށް ކޮންމެވެސް އެއްޗެއް ކާލަން” ކާއިން އަޝްވާގެ އަތުގައި ހިފައި ތެދުކުރުވިއެވެ. މާކޯނި ގެއިން ކާއިން ކެއީ އެއްމެ ރޮއްޓެއް ކަމުން އަޝްވާ ވެސް އަދި އިތުރަށް ކާއިންއަށް ކާންދޭން ބޭނުން ވިއެވެ.

މަންމައާއި އަޝްވާ ކުރު ނުކުރާނެ ކަން އެނގުމުން ކާއިން ސައިބޯލުމަށް ދިޔައެވެ.

“މަންމާ މީ ކޯއްޗެއް” މޭޒުމަތީގައި އޮތް ސިޓީ އުރައަށް އިޝާރާތްކޮށްލަމުން ކާއިން އަހާލިއެވެ.

“ތިއީ ބައްޕަ ރޭ ކާއިންއަށް ދޭން ބުނި ސިޓީ އުރައެއް.. މަންމަ  މި ހުރީ އަދި ތީގެ މަތިން ހަނދާންވެސް ނެތިފައޭ” ކާއިންއަށް ސައިތަށި އަޅަން ހުރި ކައުސަރު ބުނެލިއެވެ.

ކާއިން ލަސްކުރުމެއް ނެތި އެ ސިޓީ އުރަ ހުޅުވާލިއެވެ. އޭގައި އޮތީ ކާއިންގެ ބައްޕަގެ ރީތި ދިވެހި ލިޔުމުން ލިޔެފައިވާ ގަނޑެކެވެ. ކާއިން އަޝްވާއަށް ދައްކައިގެން އެ ގަނޑުގައިވާ އެއްޗެއް ކިޔާލިއެވެ.

*** ބައްޕަގެ ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު ހީ ކުރީ ބައްޕަ ކުރި ކުށެއްގެ އަދަބު އަމިއްލައަށް ނެގުމުން ބައްޕައަށް ލިބޭ އަނިޔާ ކުޑަވާނެ ކަމަށް ހެއްޔެވެ؟ އެއީ ބައްޕައަށް ބަލަން ކުޅަދާނެވާނެ މަންޒަރެއް ނޫނެވެ.  ތީ ބައްޕަގެ ފުރާނައެވެ. އެތައް ގުރުބާން ތަކެއް ވީ ދަރިފުޅެވެ. ތީ ބައްޕައަށް ލެއްވި ރަހުމަތެކެވެ. އެއްމެ ހަނދާނުގައި ހުންނަނީ ބައްޕަ ބޭރުގައި އުޅެލުމަށްފަހު ގެޔަށް އަންނަ ވަގުތު ދަރިފުޅު ބައްޕާއޭ ބުނެ ބައްޕަގެ ފައިގައި ބައްދައިގެންނަ ހަނދާނެވެ. އެއްމެ އުފާވަނީ ދަރިފުޅު ބައްޕަ ދެކެ ވާ ލޯބި ފެނިފައެވެ. އެއްމެ ފަހުރުވެރިވަނީ ދަރިފުޅަކީ ކިޔަވައިގެން ހުރި އަހުލާގު ރަގަޅު ކުއްޖަކަށް ވުމުންނެވެ. ދަރިފުޅާއެވެ. ދީނަށް ލޯބި ކުރާށެވެ. ނަމާދު ކުރާށެވެ. ކިޔަވާށެވެ. ރުޅި ކޮންޓުރޯލު ކުރަން ދަސްކުރާށެވެ. ދަރިފުޅަށް އެކަން ވާނެއެވެ. ބައްޕަ ދަރިފުޅަށް އިތުބާރު ކުރަމެވެ. ހުލްގު ހެޔޮ މީހަކަށް ވާށެވެ. އެހެން މީހުން ނަމޫނާއަކަށް ވާނެ މީހަކަށް ވާށެވެ. ތި ގޮތުގައި ކުރިއަށް ދާށެވެ. އޭރުން ދެ މީހުން ޖަންނަތުން ބައްދަލުވާނެއެވެ. ބައްޕަ އެ ކަމަށް ދުއާ ކުރާނަމެވެ.

ނިންމާލަމުން ބުނަމެވެ. ދަރިފުޅުގެ ކޮއްކޮއެއް ހުންނަ ވާހަކަ ބައްޕަ ބުނި ހަނދާން އެބަ ހުރި ހެއްޔެވެ؟ ބައްޕައަށް އެ ކުއްޖާ ފެނިއްޖެއެވެ. އެއީ ދަރިފުޅުގެ އެއްމެ ގާތް އެކެއް ކަމަށް ވާ އަޝްވާގެ ރައްޓެއްސެކެވެ. ނަމަކީ ރީމް އެވެ. ބައްޕަ ނެތަސް ކޮއްކޮއަށް ރައްކާތެރިވާށެވެ. ދެރައެއް ލިބުމުން ދުރުކޮށްދޭށެވެ. ބައްޕަގެ އުއްމީދަކީ ދެ ކުދިން ވަރަށް ގާތް ދެ ބެއިންނަށް ވުމެވެ. ވާހަކަ ދައްކާލަން ފުރުސަތެއް ލިބިއްޖެ ނަމަ މިއަށް ވުރެ ތަފުސީލްކޮށް ކިޔާދޭނަމަވެ.

އަދި އެއް ވާހަކައެވެ. މަންމަ ދެކެ ލޯބިވާށެވެ. މަންމަ އެ ހުންނަނީ ދަރިފުޅުގެ ލޯތްބަށް ކެތްމަދުވެފައެވެ. ބައްޕަ ފަދައިން މަންމަވެސް ކުރެވުނު ކުށްތަކަށް ތައުބާ ވެއްޖެއެވެ.

ގަނޑުގައިވާ އެއްޗެއް ކިޔެ ނުނިމެނީސް ކާއިންއަށް އަނެއްކާވެސް ރޮވެން ފެށުނެވެ. ބައްޕަގެ އެއްމެ ފަހުގެ ޖުމްލަތައް ހިތު ތެރޭގައި ބިންވަޅު ނެގިއެވެ. ލިބުނު ހިތާމައާއި އެއްވެރަށް މީހާއަށް ސިހުން ވެސް ލިބިއްޖެކަން މޫނުމަތިން ދައްކުވައިދެމުން ދެއެވެ.

“ރީމް، ކިހިނެތް ރީމްއަށް ވާނީ…” ކާއިން ހުރީ ގަބޫލުކުރަން ދަތިވެފައެވެ. ކާއިންގެ ހިތުގައި ރީމްއަށް ނަފުރަތު ނޫނީ ނުވެއެވެ. ރީމް ފެނުނަސް މީހާގެ ރުޅިގަނޑު ކެކިގެން ދެއެވެ. އަޝްވާއަށް ދެރަ ދިނީތީ އޭގެ އިލްޒާމް އެޅުވެއެވެ.

“ރީމް އާއި ކާއިން..” ކާއިންއާއި އެއްވަރަށް އަޝްވާއަށް ވެސް ލިބުނު ސިހުން ކުޑައެއް ނޫނެވެ.

“އަހަރެންގެ ކޮއްކޮ އަކީ ރީމް… އަހަރެންގެ ކޮއްކޮ އަކީ ރީމް” ދެތިން ހަތަރު ފަހަރެއްގެ މަތިން ކާއިން އެހެން ބުނެލިއެވެ. އެބަސްތައް ސިކުޑިއަށް ނަގައިގަންނަން އުދަގޫވުމުންނެވެ.

“ރީމް ވަރަށް އުފާވާނެ ރީމްގެ ބޭބެ އެއް ހުންނަ ވާހަކަ އެގުމުން.. އަބަދުވެސް ބުނާނެ އަހަރެންގެ ހުންނަހެން ބޭބެއެއް ހުންނަ ނަމައޭ.” ކުރީގެ ހަނދާންތައް އައު ކުރަމުން އަޝްވާ ބުނެލިއެވެ.

ކާއިން ކައުސަރު އަށް ބަލާލިއެވެ. “އާން ދަރިފުޅާ،، ބައްޕަ މަންމައަށް ކިޔައިދިން.. މަންމައަށް ޔަގީން ދެ ކުދިން ވަރަށް އެކުވެރި ދެބެއިންނަށް ވާނެކަން…” ކައުސަރު ބުނެލިއެވެ. މާޒީގެ ހުރިހާ ކަމަށް ކައުސަރު ވަނީ ހައްސާނުއަށް މާފުކޮށްދީފައެވެ.

“އެކަމަކު ކިހިނެތް އަޅުގަނޑު ރީމްއާއި ކޮއްކޮއެއް ހެން ވާހަކަ ދައްކާނީ.. ” ކާއިންއަށް ބުނެވުނެވެ. މިހާރުވެސް ވީވަރަކުން ކާއިން ބަލަނީ ރީމްއާއި ވާހަކަ ނުދެއްކޭތޯއެވެ. ކަންކަން މިހާ ކުއްލި ގޮތަކަށް ބަދަލުވެގެން ދިޔުމުން ކާއިން އެޔަށް ހޭނޭނީ ކިހިނަކުން ހެއްޔެވެ؟


 

އިންޑިޔާއަށް ގޮސް  އޮޕެރޭޝަން ކޮށް ނިއްމާލުމަށްފަހު ހިންދުގެ އާއިލާއަށް މާލެ އާދެވުނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ވިއްސާރަވުމާއި އެކު ފުލައިޓް ޑިލޭވެގެން އެތައް އިރަކު އެއާރޕޯޓުގައި މަޑުކުރަނ ޖެހުނެވެ. އައްބާސުއަށް އަދިވެސް ހިނގޭ ގޮތް ނުވާތީ ހިންދުއާއި އަޝްވިން އޭނާއަށް ވަރަށް ބޮޑަށް އެހީތެރިވަމުން ދެއެވެ.  އަޝްވިން ދިން ނަސޭހަތަށް ފަހު ހިންދު މަންމައާއި ވާހަކަ ދައްކަން ފެށިއެވެ. ދެ މީހުންގެ ގުޅުން މަދު ގަޑިއިރެއްގެ ތެރޭގައި އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. މަންމަ އެއްގެ ލޯތްބަށް ކެތްމަދުވެފައި ހުރި ހިންދުއަށް އެ ލޯބި އެއްމެ ފުން މާނާއި ލިބެމުން ދާތީ މޫނުމަތީގައި ވާ ހިނިތުންވުމަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ. މަންމައާއި ހީ ސަމާސާކޮށް ހަދަން ފެށުނެވެ. ގޭތެރޭ ކަންތަކާއި މަޝްވަރާ ކުރިއެވެ.

އަޝްވިން ހެނދުނު ހެނދުނާ ތެދުވެގެން ސައި ވެސް ނުބޮއި ދިޔައީ އޭނާ ފުރާނަ ކަމަށް ވާ އީޝް ދެކިލުމަށެވެ. އިންޑިޔާއަށް ދިޔަ ދުވަހުން ފެށިގެން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އެދަނީ އީޝްގެ ހިނިތުންވުން ދެކިލުމަށެވެ. ހިންދު ވެސް އީޝް ދެކެން ކެތްމަދުވެފައި ވުމުން އަޝްވިންއާއި އެކީ އެގެޔަށް ދިޔައެވެ.

ދެ މީހުން އެކުގައި ގޮސް ގޭގެ ދޮރުގައި ޓަކި ޖެހުމުން ދޮރު ހުޅުވީ ލިއުޝާއެވެ. ލިއުޝާ ހުރީ އަތް ކުރު ޓީޝާޓަކާއި ސޯޓެއް ލައިގެންނެވެ. އަޝްވިން ވަގުތުން އޭނާގެ ނަޒަރު އަނެއް ފަރާތަށް ގެންދިޔައެވެ.

“ބައްޕާ….” އީޝްއަށް ދޮރު ކައިރީގައި ހުރި އަޝްވިން ފެނުމާއި އެކު ދުވެފައި އައިސް އަޝްވިން އޭނާ އުރުމަށް އެދުނެވެ.

“ބައްޕަ ވަރަށް ހަނދާންވި ދަރިފުޅު މަތިން… ދަރިފުޅު ބައްޕަ މަތިން ހަނދާންވިތަ” އީޝް އުރާލައި މަޑުމަޑުން ކޮލުގައި ހިފާލަމުން އަޝްވިން ބުނެލިއެވެ.

“ޔެސް ބައްޕާ.. މިހާ ވަރަށް” ދެ އަތް ފުޅާކޮށްލަމުން އީޝް ބުނެލިއެވެ.

“ބައްޕަގެ ދޫންޏާ.. ވަރަށް އުފާވެއްޖެ އިނގޭ.. ދެން ހިނގާ އަވަހަށް ދާން.. ބައްޕަ ދަރިފުޅަށް ގެނައިން ބޮޑު ފުރުޓް ބާސްކެޓެއް” އަޝްވިން ބުނެލިއެވެ.

“ނޫން.. އީޝް ބޭނުމީ މަންމަ ކައިރީ ހުންނަން.. މަންމަ އީޝް ދެކެ ވަރަށް ބޮޑުކޮށް ލޯބިވޭ.. ކޮންމެ ދުވަހަކު ޕާކަށް ވެސް ގެންދާނެ” އީޝްގެ ބަސްތައް އިވުމުން އަޝްވިންގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލިހެންނެވެ.

“ދަރިފުޅު ބައްޕަ ދެކެ ލޯބިނުވޭތަ” އަޝްވިން ޝަކުވާކޮށްލިއެވެ. ދެރަވި ވަރުންނެވެ.

” ވަރަށް ބޮޑަށް ލޯބިވޭ…”

“ދެން އެހެންވެއްޖެއްޔާ ހިނގާ ދާން.. މިހާރު މަންމަ އާއި ދެ ކުދިން ވަރަށް ގިނަ ދުވަހު އެއްކޮށް…”

“އީޝް ބޭނުމީ މަންމަ ކައިރީ ހުންނަން” ތުއްތު އީޝް ބިރުގަތެވެ. މަންމައެއްގެ ލޯބި ލިބުމަށްފަހު އޭނާ އެއިން ދުރުކުރަން އުޅޭހެން ހީވުމުންނެވެ.

“ނޫން ދަރިފުޅާ.. ދެން ފަހުން އަނެއްކާ ވެސް މަންމަ ކައިރިއަށް ދާނީ.. އިނގޭ.. ހިނގާ އަވަހަށް ދާން” އީޝްއަށް ވުރެ ބޮޑަށް އަޝްވިން ބިރުގަނެއްޖެއެވެ. އޭނާއަށް އީޝް ގެއްލެނީ ހެއްޔެވެ؟

އަޝްވިން އީޝް ގޮވައިގެން އެތަނުން ދާން ދެ ތިން ފިޔަވަޅު އަޅައިލި ތަނާ އީޝްގެ ބަޑި ފަޅައިގެން ދިޔައެވެ. އަޑުން އަޑު ނަގާ ރޯން ފެށުމުން އަޝްވިންއަށް ހުއްޓެން މަޖުބޫރުވިއެވެ. އީޝް ދެރަ މޫނު ހަދައިލައިގެން ހުރެ އަޝްވިންގެ އުރުން ފޭބިއެވެ. އަދި ދުވެފައި ގޮސް ދޮރު ކައިރީގައި ހުރި ލިއުޝާގެ ފަހަތަށް ވަނެވެ.

އަޝްވިން ހިންދުއަށް ބަލައިލިއެވެ. އޭރު ވޭނީ އާހެއް އަރު ތެރޭގައި ލާން ފެށިއެވެ. އީޝްގެ އެ ކުޑަ ހަރަކާތުން ވެސް އަޝްވިންގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

މަޑު ހިނގުމެއްގައި ގޮސް އަޝްވިން އީޝް ކައިރިއަށް ތިރިވެލިއެވެ. އަދި އީޝް ގެނެސް ގައިގައި ބައްދާލިއެވެ. އެވަގުތު ހިތާމަތައް ފޮރުވުމަށް ކަރުނަތައް ހިންދާލިއެވެ.

“ބައްޕަގެ ދޫންޏާ.. ބައްޕަ ވަރަށް ދެރަވެއްޖެ ދަރިފުޅު ބައްޕައާއި އެކީ ނައުމުން.. އެކަމަކު ބައްޕަ ބޭނުމީ ދަރިފުޅު އެއްމެ ބޭނުންވާ ތަނެއްގައި ދަރިފުޅު ބަހައްޓަން.. ދަރިފުޅު ބޭނުމީ މަންމަ ކައިރީ ހުންނަން ތަ؟” އީޝް ގަޔާއި ދުރުކޮށް އަޝްވިން ބުނެލިއެވެ. އޭނާ އިސްކުރަން ޖެހޭނީ އީޝްގެ އުފަލެވެ. އަމިއްލަ އެދުން އިސްކޮށްފިނަމަ އީޝް ދެރަވާނެއެވެ. އެއީ އޭނާ އެދޭ ގޮތެއް ނޫނެވެ.

“އެހެންވީމަ މައްސަލައެއް ނެތް.. ބައްޕަ އަންނާނަން ވަރަށް ގިނައިން ދަރިފުޅު ކައިރިއަށް ، އިނގޭ!.. އަބަދުވެސް މަންމެގެ ބަސް އަހާތި.. މަންމަ ދަރިފުޅު ދެކެ ވަރަށް ލޯބިވާނެ..  ” އީޝްގެ ކޮލުގައި ހިފާލަމުން އަޝްވިން ބުނެލިއެވެ. އަދި ކޮޅަށް ތެދުވެ އެތަނުން ދާން ހިނގައިގަތެވެ. އަޝްވިން އަޒުމް ކަނޑައެޅިއެވެ. އޭނާ އީޝް އަބުރާ ހޯދާނެކަމަށެވެ. މިއީ ލިއުޝާ އީޝްއަށް ދައްކަމުން ދާ ދަޅައެއް ކަމަށް ހިތް ބުނަން ފަށައިފިއެވެ.

“ބައްޕާ.. އީޝް ބޭނުމީ ބައްޕަ އާއި އެއްކޮށް ދާން.. ” އީޝް އެހެން ބުނެލި އިރު އަޑުގައިވަނީ ޔަގީންކަމެވެ. އަޝްވިން ދެރަވެފައި ހުރުމުން އީޝްއަށް އުދަގޫވިއެވެ. އަޝްވިން އެކަން ފޮރުވަން އުޅުނަސް އޭނާގެ ކޮންމެ ހަރަކާތެއް ކޮންމެ އިހުސާސެއް ހިތު ދަސްކޮށްފައިވާ އީޝްއަށް އެކަން ނުފޮރުވާނެކަން ޔަގީނެވެ. ކިތައްމެ ކުޑައަސް އީޝް އޭނާގެ ބައްޕަ ދެކެވަނީ އާދައިގެ ލޯތްބެއް ނޫނެވެ.

އީޝް އެހެން ބުނުމުން އަޝްވިންގެ މޫނުމަތި އިސާހިތަކު އަލިވެގެން ދިޔައެވެ. ހިނިތުންވެފައި ހުރެ ފަހަތަށް އެބުރިލައި އީޝް ނަގައި ތަދުނުވާނެހެން ބާރަށް ބައްދައިގަތެވެ.

“ބައްޕަ ނުރޮއްޗޭ އޭރުން އީޝް ދެރަވާނެ.. ” ތުން ދިގުކޮށްލައި އީޝް ބުނެލިއެވެ. އަޝްވިންއާއި ހިންދުއަށް ހިނިތުންވެވުނެވެ. ލިއުޝާއަށް ބޭރުކޮށްލެވުނީ ނުރުހުމުގެ ނޭވާއެކެވެ.

“މައްސަލައެއް ނެތް.. އީޝް ދެރަވަންޏާ ބައްޕަ ނުރޯނަން.. އިނގޭ.. ދެން އަވަހަށް ހިނގާ ދާން” އީޝް ގޮވައިގެން ގޮސް ހިންދުގެ އަތުގައި ހިފާލަމުން އަޝްވިން އެތަނުން ދާން ހިނގައިގަތެވެ.

ދިރިއުޅުމުގެ މަގު ކަސިރާރު ވެގެން ދިޔައީ އަޝްވިން އެއްމެ ހީ ނުކުރި ގޮތަށެވެ. އެހެންނަމަވެސް އަޝްވިން ހިތްވަރު ކުރިއެވެ. މިއަދު މި ފެންނަނީ އޭގެ ނަތީޖާއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

މިލަ ހަނދުވަރު(ހަވަނަ ބައި )

Next

މިލަ ހަނދުވަރު(ހަވަނަ ބައި )

Next
February 19, 2018

މިލަ ހަނދުވަރު(ހަވަނަ ބައި )

Previews
February 19, 2018

މިލަ ހަނދުވަރު(ހަވަނަ ބައި )

68 Comments!

  1. Zaaraa says:
    February 19, 2018 at 4:44 pm

    Miadhu ves first ?? adhi nuves kiyan

  2. maroon says:
    February 19, 2018 at 4:46 pm

    a lot of readers expressed their opinion .. hurihaa readers ge ves hunnnany thafaathu hiyaalu.. maroon v v ufaa vey egothah hiyaalu dhee hadhaathy.. v ufalaai eky komme hiyaalehves balaigannan.. ekamaku maroon ah hurihaa kudin ufaa nukohdheveyne. In Sha Allah mi story nimmaany maroon liyan gasdhukoffai in gothah. heekuran thi kudhin mihaaruves support dhey gothah maroon aai eky vaane kamah. your support is my strength.. v v v ufaa vey story ah thihaa shaugu verikan dheythy. see u again tonight.. and mi dhany kurin part ah comment kuri kudhinna reply kuramun.. loves…

    1. Mmm says:
      February 20, 2018 at 9:33 am

      Koba next part u said reyga up kohdheynamey

  3. Shann says:
    February 19, 2018 at 4:50 pm

    Wow my luving maroon mihaaru up kohly dhw… Gadha.. Miyadhu story up kohdheynamey bunyma mihaaru belun adhadhuves neyngey… Ehaa kiyaahiyvaa hisaabakah gossa mihaaru story miothy… Hama abadhu abadhu hithaharany dhen vaany kihinehbaaey… V v ves kiyaahiyvaa story eh mee… Mulhi mi story inves shann ah hama abadhuves enme faahaga kureveny sifakohdhinun… Adhi story athuraalaafa hunna goehves hama kosvey… Hama v molhey buneveyny abadhuves… Masha Allah… Asluves story kiyamun dhaairu hama hyvany loamathyga kulhelaa manzareh hen … Ehaaves rythi… N molhu..????… Story kiyamun dhaairuves hama hithaharany nooneyvaa molhu visnun n hiyaal thanavahey.. Abadhuves bunaany thy hama shann ah number one ey… Thigothuga dhemihunnahchey igey… Luv u n Miss u..?????????????????????????????????❤❤❤

    1. maroon says:
      February 20, 2018 at 6:25 pm

      Aww shann. Thats so sweet. I smile every single time when i see ur beautiful and loving comment. U r my number one reader. Love u so much. Miss u. Tc… hithah araa thihaa yhaureef haggu baa vaey ves ❤❤❤

  4. Maikko says:
    February 19, 2018 at 5:04 pm

    Varah reeethi…… Maroon masha aalah haadha molhey vaahaka liyan…… Kain nd ashwaa bai varah reethi……shanum and reem geved….. How will kain act after knowing that reem is his sister

    1. maroon says:
      February 20, 2018 at 6:28 pm

      Thanku maikko.. yes both will be shocked dhw… v ufaa vejje comment kiyaalaaf ??

  5. Shanum says:
    February 19, 2018 at 5:06 pm

    Vaahaka v reethi. Konme gothakah bunyas maroon dheke rulhieh naannaane Kaain salaamaiy veema v ufaa vejje. Ekam reem aa shanum gaaiy vaathee dheravey Naseebeynun eesh ah adhering ge ihusaas thah visnunu kan. Ashwin dheraveema kiriya nurovunee

    1. maroon says:
      February 20, 2018 at 6:29 pm

      V ufaa vejje maroon dheke rulhi naeethy. Thi gothugai story nimendhn ves hunnaane kmah ummeddhu kuran. Thanku dear ??

  6. Shudha says:
    February 19, 2018 at 5:14 pm

    Hello maroon… v ufaa vejje reem aa shanum bond vaathyve… mihaaru kaain ah enguni dhw reem akyeyna kokko eh kan… ashwin aa eesh dhuru nukurachey… i hate liusha… she is obviously jealous of hindh… Masha Allah v reethi mi part… v dhera vaa baithah ves aadhey… u made me cry 🙁 waiting for next part.. thanku for this lovely story… loves marooonn <3 <3 <3

    1. maroon says:
      February 19, 2018 at 6:07 pm

      Hey shudha ? v busy tha adhives. I ll mail u ngey tmrw.. v v ufaa vejje comment kiyaalaafa. U r one of the reason for this story ❤ much love❤

    2. Shudha says:
      February 19, 2018 at 6:32 pm

      v ufaa vejje thihen bunyma… shanum dhw… balaanan reply kureveythw balaanan.. thanku <3

    3. maroon says:
      February 20, 2018 at 6:39 pm

      Yes ❤

  7. ss says:
    February 19, 2018 at 5:19 pm

    story v habeys. hiyaaluves v molhu.

    1. maroon says:
      February 20, 2018 at 6:29 pm

      Thaku deae ?

  8. Rifu says:
    February 19, 2018 at 5:23 pm

    So sweet?….v dhuvas kohlafa mi comment kohlyy..
    Vrh rythi mi story. abadhuvx inthizaaru kurevey mi story ah..?LY? waiting ingey

    1. maroon says:
      February 20, 2018 at 6:30 pm

      Thanku rifu ? v ufaa vejje story kiyaakan agaalyma love u too ?

  9. Shanum says:
    February 19, 2018 at 5:25 pm

    Maroon kobaatha ameeha eynayah heyo visnun libigen ais shanum minivan kohdheynama eyna hedhi makaru kiyadheynama. Dhen eyrun shanum aa reem beynun gothakah emeehunge relation ninmeyne dho V dheravey shanum ulhey haalun. Dhen mihaaru reem ahves v visney dho Shanum hiyaal badhalu nuvehjeyya rangalhu

    1. maroon says:
      February 20, 2018 at 6:31 pm

      Shanum.. ameehaa ulheyne dhw. Eyna ah eyna kuri kushuge adhabu mihaaruves libemun edhany. Kudakohves heyo edheynama reem ah hageegai ithurah kiyai dheyne
      Thanku ?

  10. annoying reader says:
    February 19, 2018 at 5:25 pm

    alhey maroon i was holding my breathe. i thought kaain ves gehlluni ey ashwin ah eesh ves gehlluniye. thankgod. thankyou so much kaain salaamaiy koh dhini thi and eesh bolah vannan liusha ulhe iru ladheh ves nuganeye dhw. v reethi mi part ves. waiting kain ge dad salaamah vaane irakah mazin arrest kohffa. and i wonder hw reem will react kain is brother kan engunima. plus i think ashwa has feelings for kaain too. if so then reem and shanum kaain and ashwa. that way everyone will find closure. happy for hindh too.waiting for the next part

    1. maroon says:
      February 20, 2018 at 6:34 pm

      Hehehe …. eesh nudhaane ennu loabivaa bappa dhookollaafa. And eesh ge thaathi ves hunnaae ennu ? kaain salaamai vejje. Couples to be will be decided adhi fahun. But thi goiy hama baraabaru ?? v ufaa vejje comment kiyaalaafa ?

  11. Ashwa says:
    February 19, 2018 at 6:16 pm

    vvv reethi ekam Shanum ah thihen nahadhaba maroon Ashwa nd Shanum gulhuva dhyba plx plx. v ufaa vijje kaain salaamay v ma kn irakun next part v kiyaahithun mihiry

    1. maroon says:
      February 20, 2018 at 6:36 pm

      Thanku ashwa. In sha Allah evves kujje dhera nukoh story nimmaany ngey ??

  12. Blacky says:
    February 19, 2018 at 6:21 pm

    Ashwa n shanum gulhuvahchey .i dont like reem.ehaa gadhavaan ulhey meehun kamaku nudhey.story varah habeys

    1. maroon says:
      February 20, 2018 at 6:36 pm

      Thanku blacky.. they might happen hama ???

  13. Sammy says:
    February 19, 2018 at 6:24 pm

    Quick question!! Why does most of you guys hate reem?? Heevany evves kusheh nukuraa meehun ulheyhen!
    Story hama v obi ?

    1. maroon says:
      February 20, 2018 at 6:37 pm

      Eki kudhinge hunnaany eki hiyaalu dhw.. komme hiyaalakahves maruhaba ? thanku sammy ?

  14. mishy says:
    February 19, 2018 at 6:29 pm

    Hey maroon… reyga maroon up kuri prt ah wait kurwn indha mishy ah nidhunii… ehnve comment eh nukurevunii… ekm wx e prt keen. Vrh vrh reethi… neyngey yam bunrne ehchh wx… mi prt wxham ehaa reethi… waiting 4 the next part…

    1. maroon says:
      February 20, 2018 at 6:39 pm

      Thanku mishy. Story kiyanshey bune nidhi nagaanulahchey. Aneh dhuvahuves story kiyidhaane. Ekam v ufaa vejje story ah thihaa inthizaaru kureethy ??

  15. Lubu says:
    February 19, 2018 at 6:34 pm

    Vee reethi dhen reem n shanum dhurunukurahshee n shanam vess angai dhee ashwaa hagee gee lobi vany only shanam dhekekan n kaain dheke vany frnd ehge lobi kan
    Reem n kaain he gulhun rangalhu kurachee n ashwaa avah marry koh dhee kohmevess meehakah

    1. maroon says:
      February 20, 2018 at 6:40 pm

      Hehehe. V molhu hiyaalu thakeh. Yes shanum ah thikan anga dheynan for sure. Ashwa will marey and have kids story nimmaa iru. V ufaa vejje story kiyaakan angaalyma ??

  16. Mai says:
    February 19, 2018 at 6:41 pm

    Thank u so much roon.. mi part vx vvvvvvvv reethi.. kn irakun next part up khdheyny.. alheyyy can’t wait mhr mi vaa gothun.. plxx avahah up khlladheychey.. miii hama emme reethi story.. waiting for next part roon

    1. maroon says:
      February 20, 2018 at 6:42 pm

      Thanku mai..in sha Allah ehaa dhigu inthizaareh nukoh aneh part up kohdhyfa onnaany. V ufaa vejje story thihaa shaugaai eky kiyaathy ??

  17. Mal. says:
    February 19, 2018 at 7:11 pm

    Hey maroo…. wowwww… v curious dhn reem n kaainah vaagoi balan.. n shanum vx reem aa gayaa vany dhw.. hum hum.. gud… ashwa vx kaain ah fall vaan ulhey hn haadha hyveye.. wow wow wow.. just wow… v v wait kurevey eba…. loves..?❤❤❤❤

    1. maroon says:
      February 20, 2018 at 6:43 pm

      Thanku love. Busy koh ulhemunves comment kollyma vvv ufaa vejje. So many hearts ?❤?❤?❤❤
      Ashwa fall vaanetha. Hope fall viyas hurt nuvaane kamah ?

  18. Me says:
    February 19, 2018 at 7:11 pm

    Auuggg. Shanum hama Ashwa dhookollany tha alhe. Maroon ehen nahadhaa. Story ge eba in benafa shanum aky eyna ge amilla usoolu thakeh ga hifahattaa meehekey. Ehen v ma ekanves dhany dhw. I vote
    . for Ashwa and shanum still

    1. maroon says:
      February 20, 2018 at 6:45 pm

      Thanku Me. Ashwa and shanum kamah ves vedhaane. Or not.. but komme gotheh viyas story aaigen kuriah dhaane kmah heekuran. And thiya asaru intro kiyaalahchey ngey ??

  19. ssannwa?❤? says:
    February 19, 2018 at 7:25 pm

    Alhey varah reeeeeeeethi mi part ves? comment nukurias alhugandu mi vaahaka abadhuves kiyan..and maroon thi hama number one ingey❤❤❤ next part kon irakun? Wait kurany mi hama? varah inthizaaru kurevey mi vhk ah.. varah loves?? =sana=o

    1. maroon says:
      February 19, 2018 at 7:37 pm

      Thanku dear. V ufaa vejje thihaa kiyaa hithun story aai eky kuriah dhaathy. In sha Allah las nukoh up kohdheynan ?

  20. Ixu ? says:
    February 19, 2018 at 7:27 pm

    Shanum ah ashwa and kaain ge friend relation angadhybah avahah and ashwa and kaain gulhuwaany dhn reem and shanum. I love this story a lot. My favorite ❤❤❤

    1. maroon says:
      February 19, 2018 at 7:36 pm

      Thanku ixu. V v ufaa vejje story kiyaalyma. In sha Allah shanum ah adhi ekan egeyne ?

  21. not_yours_to_love?? says:
    February 19, 2018 at 7:29 pm

    Mihaaru mi vaahaka ehaa reehcheh noon mashakah…Mi vamun dhaa hiy kamaku nudhey ehnve mi comment kury ves? ashwa fala v ma kada aslu dhn. Hiki kohlan feney

    1. maroon says:
      February 19, 2018 at 7:35 pm

      Its okay. But fala vumun ei meehaage reethi kn gelleyne sababehtha?
      Just a question.. thanku dear ?

  22. Shina says:
    February 19, 2018 at 7:32 pm

    Nice ??.. v hithaamaverikon midhanee mi partthah.. nice.. stry kurimathin filmehhen fennahen heevey.. v nice vaane filmeh hadhan.. maroon thee hama v molhu ??kujjeh

    1. maroon says:
      February 19, 2018 at 7:33 pm

      Thanku shina. V ufaa vejje comment kiyaalyma. ??

    2. Awa says:
      February 19, 2018 at 8:09 pm

      Meehunge sifayah belumakee aslu v ‘kada’ kamehkamah awa dhekeny.. ei kuree zamaanuge nuvisney meehunge usool.. sifayaa meehaage status ah balaafa thafaathu kurumakee mihaaruvx mi mujthamauga hingamun dhaa kameh… v ufaavey maroon migothah vaahaka genesdheythee.. meehaage sifain emeeheh define koh nudheveyne kamuge messege foaru
      kohdheythee…. love you for that dear… and mi vaahaka hama habeys.. kuriyah gendhan vaanee maroon hiyaalu koffa huri gothakannu.. eyrah dhw maroon ge imagination rangalhah kiyuntherinnaa share kolleveynee.. v reethi maroon ge vaahaka thah hama.. best… hama emme best thee
      ???????

    3. maroon says:
      February 20, 2018 at 6:50 pm

      Hehehe.. awa v v v v v v ufaa vejje comment kiyaalaafa. Emme kamudhiya comment thy.. v shukuru..and ekam shina eh noon ehen buny. Olhuny dhw. Ehenves vaane.
      Ashwa is beautiful in her own way. Size does not define anyone.
      ?❤❤❤❤? loves.. tc

  23. Pinky shifoo says:
    February 19, 2018 at 7:42 pm

    Wow ❤️❤️❤️…. Superb ???… Mi part vx hama best ingey maroon ???… V v v reethi ???… Keep up the good work ???… Nasybehnu eesh ashvin aa eku dhiyakan ???… I thought eesh nudhaane kamah.. Heheheh.. N happy to know that hindhu n her mom ge gulhun ragalhu vaathy ???…. Curiously waiting for the next part… Thank you soooooo much maroon for bringing such a wonderful story for us ????.. Curiously waiting for the next part… Lots of love and take care ❤️????

    1. maroon says:
      February 20, 2018 at 6:48 pm

      Wow such a colorful comment .. koss vejje hama. Heheh.. bunelaany thiya asaru koffi ey hama. Yes naseebeh eesh ah visnunu kan. Kuh kurevunym ekamah maafah edhumun in sha Allah hurihaa kamehves ragalhuvaane. V v ufaa vejje comment koyaalaafa. Much love. Tx ??

  24. Xaaaan says:
    February 19, 2018 at 7:56 pm

    Masha allah mi baives vvvvvvv reethi ehaame furihama ❤❤❤❤???

    1. maroon says:
      February 20, 2018 at 6:48 pm

      Thanku dear ??

  25. Faathee says:
    February 19, 2018 at 9:16 pm

    Vara reethi vaahaka kuriya dhaa goi.. vara ves furihama. Kaain and ashwaa ge kantha genes dheefa huri goi v reethi. Kuriya oi thaaga vara heevey ashwaa ge hithuga kaain ah vindhu jahan fashaane hen. Hama e gotha shanum hithuga Reem ah. Hehehe. Anyway maroon ah dhw aslu ingeyne.. lol.. ???. Thanks daily koh story genes dheythee.. mi vaahaka koyan feshunee khonme dhuwahaku up vefa hunna than fenan fesheema. Mi vaahaka nimuneema maroon ge ithuru vaahaka eh ves kiyaalan libeyne kama ummeedhu kuran. keep going maroon

    1. maroon says:
      February 20, 2018 at 6:52 pm

      Thanku faathee…hehe might dhw.. ashwa ves shanum ah ves thihen.. v ufaa vey abadhuves thi gothugai support dheyn hunnaany. Thy libey v bodu kuri erumeh. Adhi ufaleh.. loves tx ??

  26. SaiSair says:
    February 19, 2018 at 9:35 pm

    Vvvv reethi mi part ves… mi story v reethi… knme faharaku cmnt eh nukuran. Ekamu abadhuves kiyan… v wait kureveyy mi stry ah… thyy v v molhu liyuntherieh… good work dear…❤❤❤??

    1. maroon says:
      February 20, 2018 at 6:53 pm

      Thanku saisair. V ufaa vejje comment koh kiyaakan anagaalyma. Loves tc ??

  27. Samarr says:
    February 19, 2018 at 9:38 pm

    V reethi…❤

    1. maroon says:
      February 20, 2018 at 6:54 pm

      Thanku deae ??

  28. faathimath says:
    February 19, 2018 at 9:38 pm

    mi part kiyaa nimunu iru iny rovifa. naseebehnu kaain dhethin minute lasvikan ehen noony anehka ashwa ge heart kudhikudhi vedhaane anyway mi part ves varah reethi

    1. maroon says:
      February 20, 2018 at 6:55 pm

      Heheheh. Hama naseeebeh.. kaain ge dad ves ehaa varah kaain dheke loabivey. So he will not let him do that ?? thanku

  29. Smile says:
    February 19, 2018 at 10:07 pm

    Maroon ge vaahaka thah asluves varah reethi, kurin v comment kuran, mihaaru nukurveny ekam baraabarah vaahaka kiyan
    Vvvvvvvvv reethi than kolheh avahah aneh bai genesdhey hiyvebala plx 🙁

    1. maroon says:
      February 20, 2018 at 6:56 pm

      Thanku smile.. ei massala eh noon. Stoey kiyaathy v v ufaa vejje. V ufaa vejje comment kiyaalaafa. Loves. Tc ?

  30. Lamsha says:
    February 19, 2018 at 11:11 pm

    V reethi

    1. maroon says:
      February 20, 2018 at 6:56 pm

      Thanku lamsha ??

  31. Kkk says:
    February 20, 2018 at 6:20 am

    Maroon hama kkk bunihennehnnu e vany reem aa shanum e gulhenee..kaain eh lanka akah nudhey..dhen hama ashwaa aa kaain gulhuveyne dhw..ashwin ge aa hindhu ge baithah mihaaru ehaa dhigukoh nugenayas rangalhu vaane..cox they are married..dhen reem,shanum,kaain & ashwa ok kollaa…whn next…maroon haadha up koh nudhemey mihaaru…so sad? but genesdhey hurihaa prt evves varah lwbi

    1. maroon says:
      February 20, 2018 at 6:59 pm

      Yes u are correct but reem ah hageegai egey dhuvahu keehbaa kuraany…yes ekudhinge baithah madhu koh mihaaru mi genesdheny. But liusha kolla kamakun vaa goiy dhw ahamm maroon ah vaavrun story up kodheyn. V ufaa vejje kkk tbihaa shaugaai eky story kiyaathy. ??

  32. click a shot ? says:
    February 20, 2018 at 8:29 am

    Varah reethi mi part ves…??hama fabulous..??? maroon varah molhu emotional bai tha gen an… hama rovaalaa..mihaaru varah eba hyvey kaain aa ashwa aa hen.❤️❤️.. kaains not bad for ashwa…hehe..?mihaaru hyvaanfashaifi shanum reem aa ves gulheey..? 19 parts baaki ebain dhw…waitting for what’ll happen in the end…ashwa or shanum..kaain or ashwa…???love u marooooon??❤️❤️❤️❤️

    1. maroon says:
      February 20, 2018 at 7:01 pm

      Thanku click a shot…heheh.. hiyaalu badhalu vany dhw now.. yes the end story adhi emotional kollaanan ngey.. loves tc. V ufaa vejje click ge commwnts thah fennaathy. ?❤?

  33. maaisha says:
    February 20, 2018 at 9:26 am

    Vvv reethi..you are best

Comments are closed.

Next Episodeތިޔަ އަސަރު 38←


All Right Reserved!