Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 38

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
February 20, 2018 9 Mins Read
59 Comments

މިސްކިތަށް ދިޔުމަށް ނޫނީ ބޭރަށް ނުގޮސް ޝަނުމް މުޅި ދުވަސް ހޭދަކުރީ ރީމް ކައިރީގައެވެ. ދެ މީހުން އެކި ވާހަކަތައް ދެއްކިއެވެ. ރީމް ބުނިހެން ވާހަކަ ދައްކަން ފަށައިގަތުމުން ދައްކާނެ ވާހަކަތައް ހުރީ ހުސްނުވެފައެވެ. ޝަނުމްއަށް ވުރެ ބޮޑަށް ރީމްގެ ފަރާތުން އެކަން ފެންނަމުން ދިޔައެވެ. ރީމް ޝަނުމް މާ މަޑުން އިންނާތީ އެތައް ސުވާލުތަކެއް އަމާޒުކުރިއެވެ. އެ ގޮތުން ޝަނުމްގެ ވަޒީފާއާއި އާއިލާގެ އިތުރުން ޝަނުމްގެ އެތައް ކަމަކެވެ. ރީމް ޝަނުމްއާއި ވާހަކަ ދައްކާގޮތުން ހީވަނީ ބައޯގުރަފީއެއް ލިޔަން އުޅުނުހެންނެވެ.

އެހެންޏާއި ހިޔާފަށް ޝަނުމް ރީމްއާއި ދުރުވާން ނޫޅެއެވެ. އަދި ފޫހި ކަމެއް ވެސް މޫނުމަތިން ނުދައްކައެވެ. ރީމް ދައްކަމުން ދިޔަ ކޮންމެ ވާހަކައެއް ކަނުލައި އަޑުއަހަން އިނެވެ. އަދި ކުރާ ސުވާލުތަކަށް ފަސްޖެހުމެއް ނެތި ޖަވާބު ދެމުން ދިޔައެވެ.

ދެ މީހުން އެކި ވާހަކަތަކުގައި ތިއްބާ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. އެނދުގައި އޮތް ރީމް އަވަހަށް ތެދުވެގެން ގޮސް ދޮރުހުޅުވާލަން ދިޔައެވެ.

“ކޮބާ ޝަނުމް އެއްމެން އެކީ ސައިބޯން ހިނގާ” ދޮރު ހުޅުވާލުމާއި އެކު އިވުނީ އަޝްވާގެ އަޑެވެ.

“ޝަނުމް އެބަ އޮތް.. ކީއްވެ މާ އުފާވެފަ ތި ހިރީ؟” އަޝްވާގެ މޫނުމަތީގައި ވާ ނުފިލާ ހިނިތުންވުން ފެނި ރީމް އަހާލިއެވެ. ދެ މީހުން ވެސް އެކި ކަންތަކާއި އުޅޭތީ އެއްކޮށް ވާހަކަ ދައްކާލާނެ ފުރުސަތެއް މިހާރު އޮންނަނީ ނުލިބިފައެވެ.

“އަހަންނަށް ވުރެ ބޮޑަށް ރީމް މިއަދު އުފާވާނެކަން ޔަގީން. އެކަމަކު ރީމްއަށް އެ ހަބަރު ދޭނީ އެހެން މީހެއް.. އިހަށް ހިނގާ އަވަހަށް ސައިބޯން .. އަހަރެން މިއައީ ފިހާރައަށް ގޮސް ހެދިކާ ގަނެލައިގެން” އަޝްވާ ހުރީ ރީމްގެ ބޭބެއެއް ހުންނަ ކަމަށް ބުނަން ކެތްމަދުވެފައެވެ. އެހެންނަމަވެސް އެކަން ކުރަން ބޭނުމީ ކާއިން ލައްވައެވެ. އެއީ މަޖާ އަދި ލޯބިން ފުރިގެންވާނެ ވަގުތަކަށް ވާނެކަމުގެ ޔަގީންކަން އަޝްވާގެ ހިތު ތެރޭގައި އެބަ އޮތެވެ.

“އަހަންނަށް އެއްވެސް ގޮތަކަށް ނުވިސްނު ތި ބުނި އެއްޗެއް… އަނެއްކާ ހުވަފެނެއް ފެނިގެން އޭގެ ވާހަކަ ދައްކާ ދުވަހެއްތަ؟” ރީމް މަޖާވެލާފައި އަހާލިއެވެ.

“ވަރަށް ދުވަސްވެއްޖެ ހަނދާނުގައި ހަރުލާ ކަހަލަ ދުވަހެއް ނުފެންނަތާ.. އެހެންނަމައެއްނު ތިހެން ބުނެވޭނީ ވެސް.. ދެން ވެސް ލަސްނުކޮށް އާދެ ބަލަ.. ތި ދެ މީހުންގެ އިންތިޒާރުގައި ބަޔަކު އެބަ ތިއްބޭ” ކުޑަކޮށް ބޯ ތަޅުވާލަމުން އަޝްވާ ބުނެލިއެވެ.

“ޝަނުމް!! އާދޭ ސައިބޯން.. އަހަރަމެން ކޮޓަރިން ނުނިކުންނަނީސް އަޝްވާ މިތަނުން ނުދާނެ” އެނދުގައި އޮށޯވެގެން ޝަނުމްއަށް ބަލާލަމުން ރީމް ބުނެލިއެވެ.

“އަހަރެން ސައިނުބޯނަން..” ޝަނުމްގެ ޖަވާބު ކުރު ނަމަވެސް ދޭން ބޭނުންވާ މެސެޖު އަޝްވާއަށް ލިބޭނެކަމަށް ހީ ކުރިއެވެ.

“ދެން ހިނގާ ބަލަ ދާން.. މެންދުރު ވެސް ނުކައެއްނު ތި ހިރީ.. އެހެންނޫނަސް އަޝްވާ އެހާ ލޯބިން ބުނާ އިރު ނުގޮއްސިނަމަ ކިހާ ދެރަވާނެ” ރީމް ޝަނުމްގެ ހިޔާލު ބަދަލުވޭތޯ ބުނެލިއެވެ.

ރީމް ބަލަހައްޓައިގެން ހުރުމުން ޝަނުމް އެނދުން ތެދުވިއެވެ. އަދި ލައިގެން ހުރި ޓީޝާޓު ހެޔޮވަރުކޮށްލަމުން އައިސް ރީމް ކައިރީ ހުއްޓިލިއެވެ.

“ކޮބާ އަހަރެން ބުނީމެއްނު.. ޝަނުމް އައިމަ ކިހާ އުފާވެފަ އެހެރީ” ޝަނުމްއާއި އަޝްވާ އެކަކު އަނެކަށް ބަލާލި ގޮތުން ރީމް ބުނެލިއެވެ. ދެ މީހުންގެ ބެލުމުގައި އެވާ ސިއްރު ފާޅުވާ ނަމަ ރީމް އެހެން ބުނީސް ހެއްޔެވެ؟

“ރީމް ތިހެން ބުނާއިރު ހީވަނީ އަހަރެން އައިމަ އަޝްވާ އުފާވާން އަހަރެން މީ އަޝްވާގެ ލޯބިވެރިޔާހެން.. ހިނގާ އަވަހަށް ދާން.. އިންތިޒާރުގައި މީހުން ބައިތިއްބަން ނުވާނެ” ރީމްއަށް ބަލައި ލުއި ހިނިތުންވަމަކާއި އެކީ ޝަނުމް އެހެން ބުނެލިއެވެ. އަދި ރީމްގެ އަތުގައި ހިފައި ބަދިގެޔާއި ދިމާލަށް ހިނގައިގަތެވެ.

ޝަނުމް އެ ބުނި ޖުމްލައިން އަޝްވާ ދެރަވިއެވެ. އެހެންނަމަވެސް އެކަން މޫނުމަތިން ދައްކާކަށް ބޭނުމެއް ނުވިއެވެ. ވަޅުލައި ފޮރުވަމުންދާ އިހުސާސްތަކަށް ކާމިޔާބު ލިބެން ނޭދޭތީއެވެ.

ޝަނުމް އާއި ރީމް އަތުގައި ހިފައިގެން ބަދިގެޔަށް ދިޔައިރު އެމީހުންގެ އިންތިޒާރުގައި ގޭގެ އެހެން ބައެއް މެންބަރުންގެ އިތުރުން ކާއިން އާއި ކައުސަރު އިނެވެ.

ޝަނުމް އާއި ރީމް އެކުގައި ގޮސް އިށީނީ ކާއިންއާއި ކައުސަރު ކުރިމަތީ ހުރި ހުސް ދެ ގޮޑީގައެވެ. އެމީހުންގެ ފަހަތުން އައި އަޝްވާ ގޮސް އެއްމެނަށް ސައި އަޅައިދޭން އުޅުނެވެ.

“އަޝްވާ! ޝަނުމްގެ ސައިތައްޓަށް ފުރިޖުގައި އޮތް ލުނބޯ ފެލާލަ ދީބަލަ.. އިއްޔެ ވެސް އެވަރަށް ކަރަށް ތަދުވެގެން އުޅުނު އިރު އަހަރެން އެވަރަށް އާދޭސްކުރުމުން ވެސް އެއްވެސް އެއްޗެއް ނުކެއި” ހަފީޒާ އެވަގުތު އިނީ އީޝް އުރައިގެން ކަމުން އަޝްވާ ކައިރީ އެދުނެވެ.

އަޝްވާ ލުބޯ ހިފައިގެން އައިސް ޝަނުމްގެ އެއްކައިރީގައި މަޑުކޮށްލިއެވެ.

“ގެނޭ އަހަރެން އަތަށް..” އަޝްވާއަށް ސައިތައްޓާއި ހަމައަށް އަތް ނުފޯރެވެނީސް ރީމް ބުނެލިއެވެ.

ޝަނުމް އާއި ކާއިން ބަލައިލީ އަޝްވާއަށެވެ. އެހެންނަމަވެސް އެއިން އެކަކުވެސް އުއްމީދުކޮށްގެން ހުރި ކުލަވަރެއް އަޝްވާގެ މޫނުމަތިން ނުފެނުނެވެ. ލުއި ހިނިތުންވުމެއް ރީމްއަށް ހަދިޔާކޮށްލައި ލުނބޯ ފަޅި ރީމް އަތަށް ދެމުން އަޝްވާ އޭނާ ކުރަން ހުރި މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

ރީމް އެކުރި ކަމުން ކާއިންގެ ގާތަށް ކުރިން އަންނަނީ ރުޅި ކަމަށް ވިޔަސް ހުދު ކާއިންއަށް ވެސް މިފަހަރު ވާންވީ އިހުސާސެއް ނޭނގުނެވެ. އެއްފަރާތުގައި އެހެރީ ލޯބިވާ މިތުރާއެވެ. ދެން އެހެރީ އޭނާގެ ހުރި ހަމައެކަނި ކޮއްކޮއެވެ.

“ޝަނުމް ، ތި ހޯދީ ވަރަށް ރަނގަޅު އަންބެއް.. މާތް ﷲ ތި ކުދިންގެ ކައިވެނީގައި ބަރަކާތް ލައްވާށި” ރީމްގެ އެ އަމަލު ފެނިފައި ކައުސަރު ބުނެލިއެވެ. ލޭގެ ގުޅުން ނެތްކަމަށް ވިޔަސް އެއީ މިހާރު އޭނާއަށް ރީމް އަކީ ދަރިއެއް ފަދަ ފަރާތެކެވެ.

ކައުސަރު އެހެން ބުނުމުން ޝަނުމް ރީމް އަށް ބަލައި ހިނިތުންވެލިއެވެ. އާއެކެވެ. އެއީ އޭނާގެ އަނބިމީހާއެވެ. އަދި ރީމް އަކީ ރަނގަޅު އަނބިންގެ ލިސްޓުގައި ހިމެނޭނެ ފަރާތެއް ކަމަށް ބުނެވޭނެ ކަމާއި މެދު ގަބޫލުކުރެވެން ފެށުނެވެ.

“އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ދޯ ޝަނުމް” ކައުސަރުގެ ވާހަކައާއި ގުޅުވައިގެން ހަފީޒާ ބުނެލިއެވެ.

“ލައްބަ” ޝަނުމް ދިނީ ކުރު ޖަވާބެކެވެ. އެހެންނަމަވެސް އެއިން ރީމްގެ ހިތް ފުރި ބަންޑުން ވެގެން ދިޔައެވެ. މިއަދު ވީ ކަންތަކަށް ފަހު ޝަނުމްގެ މިޒާޖަށް އެހާ ބޮޑު ބަދަލެއް އައުމުން ކުރިން ނުލިބޭ އުފަލެއް ރީމް ވަށާލާފައިވެއެވެ. އަނބިމީހާއަށް ވުމުން ރީމް އަދިވެސް ކެތްކުރާނެއެވެ. އޭނާގެ ސަބަބުތަކުގައި ހިފާނެއެވެ. ދެ މީހުންނަށް ވެސް އެއްމެ ރަނގަޅު ގޮތަކީ އެއީ އަކަމަށް ދެކޭތީއެވެ.

ޝަނުމް ބުނެލާ އަދި ކޮށްލާ މިކަހަލަ ކަންތަކަށް އަޝްވާ އޭނާގެ ހިތް ހާނުވަމުންދާ ކަން މޫނުމަތިން ފެންނަމުން ދިޔައެވެ. އެއިން ކަމަކަށް އަޅާނުލައި އަޝްވާ އިނީ ކާއިން އާއި ވާހަކަ ދައްކާށެވެ. މީހުން ތިބި މަޖިލީހެއް ކަމުން ސިއްރުން އެއްޗެއް ބުނުމަކީ އެހާ އެދެވޭ ކަމަކަށް ނުވުމުން ދެ މީހުން ވެސް ވާހަކަ ދައްކަމުން ދިޔައީ ލޮލުގެ އިޝާރާތުންނެވެ. އަދި ދިގު ޖުމްލައެއް ނަމަ ދެތިން ބަހުން ބުނެލައި ނިންމައެވެ. އަޝްވާ ކާއިންއާއި ދިމާކުރަމުން ދިޔައީ ކާއިންގެ ކޮއްކޮއަށް ރީމް ވުމުން ކާއިން އެކަން ބަލައިގަންނާނެ ގޮތަކާއި މެދުގައެވެ. އަދި ރީމް ކައިރީ ކާއިން އެވާހަކަ ބުނާނެ ގޮތަކާއި މެދުގައެވެ.

“މިހާރު ހުރިހާ ކުދިން މީހުންނާއި އިދެ ދަރިން ހޯދާ ހިސާބަށް މި ދަނީ.. އަޝްވާ ކޮން އިރަކުންތަ ބައްޕަގެ ވަލީ ހޯދަން މިގެޔަށް ކުއްޖެއް ގެންނާނީ” ސައިބުއިމުގެ ތެރެއިން އެކި ވާހަކަތައް ދައްކަމުން ގޮސް އަސްރާރު ބުނެލިއެވެ. މިހާރަކަށް އައިސް ދޭތެރެ ދޭތެރެއިން އަސްރާރުގެ އެސުވާލު އަޝްވާއާއި އަމާޒުވެއެވެ.

“ބައްޕަ އަޅުގަނޑު އިންނާނެ ކުއްޖެއް ދައްކަވާ.. އޭރުން ކައިވެނި ކުރަން ހަމަ ތައްޔާރު” އަޝްވާ މަޖާވެލާފައި އެހެން ބުނެލީ ކޮންމެހެން އެހެން އެދޭތީއެއް ނޫނެވެ.

“ބައްޕަ ކުއްޖެއް ދައްކަފާނަން. އެކަމަކު އަޝްވާގެ ރުހުން ނުލިބި އެ ކުއްޖަކާއި އެއްބަސްވާކަށް ބައްޕަ ބޭނުމެއް ނޫން.. އަޝްވާ އިންނަން ޖެހޭނީ އަޝްވާ ލޯބިވާ އަދި އަޝްވާ ދެކެ ވެސް ލޯބިވާ ކުއްޖަކާ.. އެއިން ކުއްޖެއް މިހާރުވެސް ބައްޕައަށް ދައްކާ.. ވަގުތުން ވަލީ ދޭނަން” އަސްރާރު އެހެން ބުނެލިއިރު އޭނާގެ ހިތުގައި އަޝްވާގެ ފިރިއަކަށް ވާން އެދޭ ކުއްޖެއްގެ ނަން އޮތެވެ. އެހެންނަމަވެސް އަދިވެސް ބޭނުމީ އަޝްވާ އޭނާ ބޭނުންވާ ކުއްޖެއް އިހްތިޔާރު ކުރުމެވެ.

“އަހަރެން ހީކުރީ އަހަރަމެންނަށް ވުރެ ކުރިން އަޝްވާ މީހަކާއި އިދެ ދެތިން ކުދިން ހޯދާނެ ކަމަށް.. ދޯ ރީމް” ރީމްއަށް ދޯ އެއް ދެމުން ހިންދު ބުނެލިއެވެ.

“އަހަރެން އަދި މީހަކާއި އިންނާނަމޭ.. އެ ދުވަހަކުން ތި މީހުންނަށް ވުރެ ކުރިން ފަސް ކުދިން ހޯދާނަން.. ” އަޝްވާ ފަސް ކުދިންނޭ ބުނުމުން ކާއިން ބޯލި ސައިފޮދު އަރު ތެރޭގައި ތާށިނުވީ ކިރިއާއެވެ.

“ފަސް ކުދިންނޭ!” ހައިރާންވެ ދެ ލޯ ބޮޑުކޮށްލަމުން ކާއިން އަހާލިއެވެ.

“އާން.. ކިހިނެތްވީ.. އަހަރެންގެ ދަރިން ކާއިންއަށް އުނދަގޫކޮށްފާނެ ކަމަށް ބިރުގަތީތަ؟!” އަނގައިގައި ހުރި ނަމަ ހުރި ދަތެއް ދައްކައިގެން ހުރެ އަޝްވާ އެހެން ބުނެލި އެވެ.

“އާން ބިރުގަނޭ! ކީއްކުރަން އެހާ ބައިވަރެއް.. ދެ ކުދިން އޯކޭވާނެ” ކާއިންއަށް އަޝްވާގެ ލޯބި ނުލިބުނަސް އަޝްވާއާއި ދެ މީހުންގެ މުސްތަގުބަލާއި މެދު ފޮނި ހިޔާލުތަކެއް ކުރެއެވެ.

“ކާއިން ކީއްކުރަން ބިރުގަންނަންވީ.. ކާއިން ނުވާނޭ އެ ކުދިންގެ ބައްޕައަށް.. އެހެންވީމަ ހަރަދުތައް ބޮޑުވެދާނެ ކަމަށް ނުވިސްނާ” ކާއިންއަށް ލޯ އަޅާލަމުން އަޝްވާ ބުނެލިއެވެ.

ޝަނުމްއަށް އޮޅިއްޖެއެވެ. އަޝްވާ މިއަދު ހެނދުނު ދެއްކި ވާހަކައާއި މިހާރު އެ ދައްކާ ވާހަކައާއި އެއްވެސް ގުޅެމެއް ނެތީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އަޝްވާއާއި ކާއިންގެ ގުޅުމަކީ ސިއްރު ގުޅުމެއް ހެއްޔެވެ؟ އެކި އެކީ ވަހުމްތަކުން ޝަނުމްގެ ހިތް ފޯކުރަމުން ދިޔައެވެ. އެހެނަސް ޝަނުމް އެ ސުވާލުތަކަށް ޖަވާބު ހޯދާނީ ކިހިނެތް ހެއްޔެވެ؟ އަޝްވާ ކައިރީ އެހުމުން ޖަވާބު ލިބިދާނެ ހެއްޔެވެ؟  ޝަނުމްގެ ސިކުޑި އެކި ހިޔާލުތަކުން ބަރު ކުރަމުން ދިޔައެވެ.

“މައްސަލައެއް ނެތް.. ބޭނުންވާ ވަރަކަށް ހޯދާ.. އެ ހޮޔެ ދިހަ ކުދިން ކަމަށް ވެސް.. އަސްރާރު ބޭބެ ބުނިހެން އަޝްވާ ދެކެ ލޯބިވާ މީހެއް ނަމަ އަހަރެންގެ ރުހުން ވެސް އެމީހަކަށް ދީފިން” ބުމަ މައްޗަށް އަރުވާލަމުން ކާއިން ބުނެލިއެވެ.

އެއްމެން އެކުގައި ސައިބުއިމަށްފަހު އަޝްވާ ރީމް އާއި ކާއިން ގޮވައިގެން ސިޓިންރޫމަށް ދިޔައެވެ. ރީމް އާއި އެކީ ޝަނުމް އަދި ކާއިން އާއި އެކީ ކައުސަރު އައިސް ސޯފާގައި އިށީނެވެ. ހަތަރު މީހުން އެއް ސޯފާގައި ބޭންދުމަށްފަހު އަޝްވާ ގޮސް ވަކިން ހުރި ސޯފާގައި އިށީނެވެ. އަދި ކާއިންއާއި ދިމާލަށް ބަލައި ހިނިތުންވެލިއެވެ. އަޝްވާ ބޭނުންވީ މިވަގުތު ކާއިން އޭނާގެ ކޮއްކޮއަކީ ރީމް ކަން އެއްމެނަށް ހާއްސަކޮށް ރީމް އަށް އެންގުމެވެ.

އަޝްވާ އޭނާއަށް ބަލާލި ގޮތުން ކާއިން ބޯކަހާލިއެވެ. އަދި އެޔަށްފަހު އޭނާއާއި ޖެހިގެން އިން ރީމްއަށް ބަލާލިއެވެ. ރީމްއާއި ޝަނުމްއާއި ދެ މީހުން ތިބީ ކޮންމެވެސް ވާހަކައެއްގައި ކަމުން ރީމްއަށް އަޝްވާއާއި ކާއިން ކުރަމުންދާ އެއްވެސް އިޝާރާތެއް ނުފެނެއެވެ. އެހެންނަމަވެސް މަންޒަރު ބަލަން އިން ކައުސަރުއަށް ހެވެން ފެށުނެވެ. އަޝްވާ ދެ ލޯ ބޮޑުކޮށް ކާއިންއަށް ދިމާލަށް ބަލާލާ ގޮތުންނެވެ. އަދި ކާއިން ރީމްއާއި ދިމާލަށް ބަލާލުމަށްފަހު އަވަސް އަވަހަށް މޫނު އަނެއް ފަރާތަށް އަބުރާ ގޮތުންނެވެ.

ކާއިންއަށް އެހެން މީހަކު އޭނާގެ ކޮއްކޮއެއްގެ ގޮތުގައި ބަލައިގަތުން ރީމްއަށް ވުރެ ފަސޭހަވާނެކަން ޔަގީނެވެ. ދެ މީހުން އެކަކު އެނަކަކު ދަންނަތާ އަހަރުތަކެއް ވެދާނެއެވެ. ޝައިމްއާއި އެކީ ކާއިން މި ގެޔަށް އަންނަ ދުވަސް ދުވަހު އަޝްވާ ރީމް އާއި ހިންދުއާއި އެކީ އުޅެއެވެ. އޭރުއްސުރެ އަޝްވާއާއި ކާއިން ވާހަކަ ދައްކައި ހެދިޔަސް ރީމް ދެކެމުން އައީ ބީރައްޓެއްސެއްގެ ގޮތުގައެވެ. ވާހަކަ ދައްކަނީ ކޮންމެހެން ދައްކަން ޖެހުމުންނެވެ.

“އަޝްވާ،  ކޮބާ ތަ އަހަންނަށް މާ ބޮޑު އުފާވެރިކަމުގެ ހަބަރެއް ދޭން އުޅުނު މީހަކީ؟” އަޝްވާ ކުރިން ދެއްކި ވާހަކައެއް ހަދާނަށް އައުމުން ރީމް އަހާލިއެވެ.

އަޝްވާ ހުރީ އެއީ ކާއިން ކަމަށް ނުބުނުމަށެވެ. އެހެންނަމަވެސް ކައުސަރު ކާއިންއަށް ބަލާލި ގޮތުން ރީމްއަށް ވެސް ކާއިންއާއި ދިމާލަށް ބަލާލެވުނެވެ. އެވަގުތު ކާއިން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތުން އެ މީހަކީ ކާއިން ބާ އޭ ރީމްގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ކާއިން އޭނާއަށް ދޭނީ ކޮން އުފާވެރިކަމެއް ބާއޭ ހިތުގައި ސުވާލު އުފެދުނެވެ.

” ރީމް، އަހަންނާއި އެކީ ބެލްކަންޏަށް ދެވިދާނެތަ؟ އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކައެއް ބުނެލަން” ކާއިން ބުނެލިއެވެ. ކާއިން އެހެން ބުނެލުމުން އަޝްވާއަށް އަވަސް އަވަހަށް ލޯކުޑަކޮށްލުމަށްފަހު ކާއިންއަށް ބަލާލެވުނެވެ. ރީމް އަށް އެހަބަރު ދޭއިރު އޭނާ ކައިރީ ހުރުމަށް ކާއިން ވަނީ އަޝްވާ ކައިރީ އެދިފައެވެ. ހިޔާލު ބަދަލުވީ ކަންނޭނގެއެވެ.

“ސޮރީ..” ރީމްއާއި ޝަނުމްގެ މޫނުމަތިން ހައިރާންކަން ފެނުމުން ކާއިން އަވަސް އަވަހަށް އެހެން ބުނެ ނަޒަރު އެހެން ދިމާލަކަށް އަބުރާލިއެވެ. ބުނެވުނު އެއްޗަކާއި މެދު ވިސްނުނީ އަދި ކިރިއާއެވެ. ކާއިން އެހެން ބުނުމުން ޝަނުމްގެ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟

ކުޑަ ވަގުތުކޮޅަކު އެތާގައި އިނުމަށްފަހު ޝަނުމް ކޮޓަރިއަށް ދިޔައީ ފުރުން އަވަސްވި ކަމަށް ފޯނެއް އައުމުންނެވެ. ރީމް ވެސް ޝަނުމް އާއި އެކީ ކޮޓަރިއަށް ދިޔައެވެ.

“އަހަރެން އެކޮޅަށް ގޮސް ވަރަށް ބިޒީކޮށް އުޅެން ޖެހޭނީ. ވަގުތުވީ ވަރަކުން ގުޅާނަން އިނގޭ” ކޮނޑުގައި ދަބަސް އަޅުވާލަމުން ޝަނުމް ބުނެލިއެވެ.

“މައްސަލައެއް ނެތް.. ބަލައިގެން އުޅެއްޗޭ.. ” ޝަނުމް އަށް ބަލައި ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ރީމް ބުނެލިއެވެ.

“މި ނޫން އެހެން ގޮތެއް އޮތް ނަމަ އަހަރެން މަޑުކުރާނީ މިކޮޅުގަ.. މާޒިންގެ ނުފެންނަނީސް ރީމް އެކަނިކޮށްލާފަ ދާކަށް އަހަރެންގެ ހިތް ނޭދޭ.. ވަރަށް ބަލައިގެން އުޅޭނީ.. ފިހާރައަކަށް ދާން ބޭނުން ވެއްޖެނަމަ ގޭގެ މީހަކާއި އެކީ ނުނީ ނުދާތި.. އަދި ޝައިމް އާއި މަލަކާ ނޫޅޭ ނަމަ މަތީ ބައިގައި މީހުން ތިބޭ ތަނެއްގައި ހުންނާނީ.. އަހަރެން މާހިލްއަށް ގުޅާފަ ބުނާނަން ރީމްއަށް އިތުރަށް ބަލާށޭ.. އަދި މިގެ ކައިރިން މާޒިން ފެނިދާނެ ކަމަށް ސަމާލުވާންވެސް ބުނާނަން.. އޯކޭތަ އެ ގޮތް؟” ކޮޓަރީގެ ދޮރު ކައިރީގައި ހުރެ ޝަނުމް އޭނާ ކައިރީގައި ހުރި ރީމްއަށް ބަލާލަމުން ބުނެލިއެވެ.

“އާން.. ” ރީމް އެހެން ބުނެލިއެވެ. ޝަނުމް ބުނިހެން މި ނޫން އެހެން ގޮތެއް އޮތް ނަމައޭ ހިތަށް އެރިއެވެ. ދެ މީހުންގެ ގުޅުން ރަގަޅުވާން ފެށުމާއި އެކު ޝަނުމް ދުރަށް ދަނީ ހެއްޔެވެ؟ ޝަކުވާ ކުރަން ބޭނުމެވެ. އެހެންނަމަވެސް…..

“ދަނީ އޭ.. ރީމް ވެސް ބަލައިގެން އުޅޭނީ” ރީމްގެ އަތުގައި ހިފާލަމުން ޝަނުމް ބުނެލިއެވެ. ޝަނުމް ދާތީ ހިތް ރޮމުން ދިޔަ ނަމަވެސް ޝަނުމްގެ އެއޯގާތެރި ބަސްތަކުން ރީމްގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. ލޯބި ނުލިބުނު ނަމަވެސްމެއެވެ.

ޝަނުމްއަށް ވަދާއު ކިޔުމަށް ރީމް ޝަނުމްގެ ފަހަތުން ގޭގެ ދޮރާއި ހަމައަށް ދިޔައެވެ. އެ ހިނދު އެހެން ކަމަކަށް ސަމާލުކަން ނުދީ ރީމް ޝަނުމްގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ޝަނުމްގެ ސޫރަ ހިތުގައި ބިންވަޅު ނެގިފައި ވީ ނަމަވެސް އެއީ ފޫހި ނުވާނެ މަންޒަރެއް ކަން އަންގައިދެމުން ދިޔައެވެ.

ޝަނުމްއަށް ވަދާއު ކިޔުމަށްފަހު ރީމް އެތެރެއަށް ވަންނަން އެބުރިލި ވަގުތު މީހާ ސިހިގެން ދިޔައީ ކުރިމަތީގައި ހުރި ކާއިން ފެނިފައެވެ. ކާއިން މިއަދު އުޅޭ ގޮތުން ރީމް ހުންނަނީ ވިސްނަންވީ ކޯއްޗެއް ކަން ނޭނގިފައެވެ. ސައިބޯން އިން އިރުވެސް އަޝްވާއާއި ވާހަކަ ދެއްކިއަސް ކާއިންގެ ނަޒަރު އޭނާއަށް ދޭތެރެއަކުން އަމާޒުވިއެވެ.

“އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނެލަން ބޭނުން” ކާއިން ބުނެލިއެވެ. ކޮންމެ ގޮތަކަށް ރީމްއާއި ދޭތެރޭ ދެކެވުނު ކަމަށް ވިޔަސް އޭނާ ހަގީގަތާއި ކުރިމަތިލާންޖެހެއެވެ.

“ކޮން ވާހަކައެއް؟” ރީމްގެ އަޑުގައްޔާއި މޫނުމަތިން އެތައް ސުވާލެއް އުފެދިފައިވާ ކަން ހާމަވަމުން ދިޔައެވެ.

“އަހަރެން މީ ރީމްގެ ބޭބެ..” އެހިސާބަށް ބުނެލުމަށްފަހު ކާއިން މަޑުޖެހިލިއެވެ. އަދި ރީމްއަށް ރަނގަޅަށް ބަލާލިއެވެ.

“ރީމް…” އެ ޖުމްލަ އަޑުއިވުމާއި އެކީ ރީމް ކާއިންއަށް ބަލަހަށްޓައިގެން ހުރީ ޖެހި ބުދެއްހެންނެވެ. އެސްފިޔަ ޖަހާލުން ފިޔަވައި އިތުރުރ އެހެން އެއްވެސް ހަރަކާތެއް ބޭރު ފުށުން ނުފެނެވެ.

ރީމްއަށް ދެތިން ފަހަރެއްގެ މަތިން ގޮވާލުމުން ވެސް ހަބަރެއް ނުވުމުން ކާއިން ރީމް ކައިރިއަށް ޖެހިލައި އަތުގައި ކޮށްޓާލަން އުޅުނެވެ. އެހެންނަމަވެސް ދިއްކުރި އަތް އަބުރާ ގެނައީ އެކަން ކުރުމަށް ނުކެރުމުންނެވެ.

އެވަގުތު އެތަނަށް އަޝްވާ އައުންވީ ކާއިންގެ ނަސީބަށެވެ. ކާއިން އަވަސް އަވަހަށް އަޝްވާއަށް ވެގެން އުޅޭ ގޮތް ކިޔާ ދިނެވެ.

“ރީމް… ކިހިނެތްވީ..އުފަލެއް ނުވޭތަ ބޭބެއެއް ލިބުނީމަ؟” ރީމްގެ އަތުގައި ހިފައި ސަމާލުކަން ހޯދާލަމުން އަޝްވާ ބުނެލިއެވެ.

“ކާއިން!!!” ރީމްއަށް ވެސް ލިބުނީ ހައިރާންކަމެވެ. ދެތިން ފަހަރެއްގެ މަތިން ކާއިންގެ ނަން ކިޔާލެވުނީ ސުވާލުގެ ނަޒަރުން އަޝްވާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެއެވެ.

“އާން، ކާއިން އަކީ ރީމްގެ ބޭބެ.. އަހަރެން ބުނީމެއްނު ކާއިންގެ އަންހެން ކޮއްކޮއެއް ހުންނަ ވާހަކަ.. އެކުއްޖަކީ ރީމް ކަމަށް ކާއިންގެ ބައްޕަ ބުނީ.. ރީމްގެ މަންމަ އެކަހަލަ ވާހަކައެއް ނުދައްކާތަ؟” އަޝްވާ ސުވާލުކޮށްލިއެވެ. އެވަގުތު ރީމްގެ ސިކުޑީގައި ކުޅެލީ މަންމަ އެއްމެ ފަހުން އޭނައާއި ދެއްކި ވާހަކަތަކެވެ.

އެވާހަކަ އަޑުއިވުމަށްފަހު ރީމް އަމީހާއާއި ދުރުވިއެވެ. އެތައް ފަހަރެއްގެ މަތިން ހުއްޓުމެއް ނެތި ގުޅިއަސް ފޯނު ނުނަގައެވެ. އެތައް އޮޅުވާލުމެއްގެ ތެރޭގައި އޭނާ ބެހެއްޓީތީ ރީމްއަށް އެތައް ޝަކުވާތަކެއް މަންމައާއި މެދު ކުރެވުނެވެ. މިއޮތްހާ ދުވަހު މަންމައާއި ދިމާލަށް ޗުއްޕުއޭ ވެސް ނުބުނެ ހުރި ރީމްގެ ހިތުގައި ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ. މަންމަ އެކުރީ އާދައިގެ ކުށެއް ނޫނެވެ. އަމިއްލަ އެދުމުގެ ސަބަބުން އެތައް ބަޔެއްގެ ދިރިއުޅުމަށް ބުރޫ އަރައިފިކަން ކަށަވަރެއްވެ.

“ނުބުނޭ” ރީމް ޖަވާބު ދިނީ ކުރުކޮށެވެ. އޭނާ ހުރީ މަންމަގެ ވާހަކަ ދައްކާ ހިތްވާ ތަބިއްޔަތެއްގައި ނޫނެވެ.

“ދެން ތިހާ ހައިރާންވެފަ ނުހުރެ ބޭބެއާއި ވާހަކަ ދައްކާލަބަ.. އަބަދުވެސް ބުނަމެއްނު އަހަރެން ބޭބެމެންނާއި ކަންތައް ހިއްސާ ކުރާ ގޮތަށް ތި މަންނަގެ ބޭބެއެއް ހުރިނަމަ ހުރިހާ ވާހަކައެއް ކިޔާދޭނަމޭ.. އަދި ބޭބެ ތިމަންނައަށް ރައްކާތެރިކަމާއި ލޯބިދޭނޭ!” އަޝްވާ ކާއިންއާއި ރީމްގެ ގުޅުން ރަގަޅު ކުރެވޭތޯ އުޅުނެވެ.

“އާން…” ރީމް ކާއިންއަށް ބަލައިލީ ވަރަށް ފާޑަކަށެވެ. އަދިވެސް ހުރީ ކާއިން އޭނާގެ ބޭބެ އަށްވީތީ އެކަން ގަބޫލުކުރަން ދަތިވެފައެވެ.

“ބިރުންތަ ދެ މީހުން ވެސް ތިތިބެނީ؟” ދެމީހުންގެ ކުރެ އެކަކު ވެސް އިސްވެ ވާހަކަ ނުދެއްކުމުން އަޝްވާ ބުނެލިއެވެ.

“އޯކޭ އެހެންވިއްޔާ މައްސަލައެއް ނެތް. ކުޑަކޮށް އެއްކޮށް އުޅެލީމަ އާ ކަން ކެނޑިދާނެ.. އެކަން ކުރަން ވެސް ފަސޭހަވާނެއެއްނު މިހާރު ދެމީހުން އެއްގެޔެއްގައި އުޅެންޏާ” އަޝްވާ އާއި ޝައިމް ވަނީ އަސްރާރު އާއި ވާހަކަ ދައްކައިގެން ކާއިންއާއި ކައުސަރު ކުޑަ ދުވަސްކޮޅަކަށް އެގޭގައި ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސާފައެވެ. ހުރިހާ މުދަލެއް ގެއްލި އަތްމަތި ދަތިވެފައި ވުމުން މާލޭގައި ގެޔެއް ކުއްޔަށް ހިފައިގެން އުޅުމަކީ ދަތިކަމަކަށް ވުމުންނެވެ.

“ދެން މަޑުން ނުތިބެ އާދެބަލަ އަހަންނާއި އެކީ، ދެ މީހުން ކައިރީ އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނެލަން ބޭނުން” ކާއިންއާއި ރީމް ގޮވައިގެން އަޝްވާ އޭނާގެ ކޮޓަރިއަށް ދިޔައެވެ.

“މިހާރު އަހަންނަށް ހީވަނީ އަހަންނަށް އެގިއްޖެހެން މާޒިން ރީމްއަށް އުދަގޫ ކުރާ ސަބަބު.. އެއީ ކާއިންގެ ބައްޕަގެ ދަރިއަކަށް ވުމުން އެ ގޮތުން ވެސް ބަދަލު ހިފަން ބޭނުންވާތީ… އޭނަ ވަރަށް މޮޅުކޮށް ހުރިހާ ދިމާލަކުން ވެސް ކާއިންގެ ބައްޕައަށާއި ރީމްގެ ފަރާތުން ބަދަލު ހިފަން އެއުޅެނީ.. އެހެނެއް ނޫންތަ؟” ކޮޓަރީގެ ދޮރު ލައްޕާލަމުން އަޝްވާ ބުނެލިއެވެ.

“އެކަމަކު މާޒިންއަށް ކިހިނެތް އެގެނީ އަހަރެންގެ ބައްޕަގެ އިތުރު ދަރިއެއް ހުންނަކަން.. އަދި އެ ދަރިއަކީ ރީމްކަން؟”

“ތެދެއް.. އަހަރަމެން އެއްމެނަށް ނޭނގޭއިރު ދެން ކިހިނެތް މާޒިންއަށް ވަކި އެގުނީ.. ” ކާއިންއާއި އެއްބައިވެލަމުން ރީމް ބުނެލިއެވެ.

“ތީ ނޭނގޭ ކަމަކީ.. ފަހަރެއްގަ ވެދާނެއެއްނު ރީމްގެ މަންމަ ފަރާތުން އެގުނީ ކަމަށް” އަޝްވާ ހިޔާލެއް ދިނެވެ.

“ނުވާނެ ތިހެން.. މަންމަ މިއޮތްހާ ދުވަހު އަހަންނަށް ސިއްރުކުރަން ބޭނުންވި ކަމެއް ވަކި އެހެން މީހެއް ކައިރީ ނުބުނާނެ… މަންމަ އަހަންނަށް ކިޔައިދިން ގޮތުން ނަމަ މިކަން އެގޭނީ މަންމަގެ ދައްތައަށް އެކަނި.. އެކަމަކު އެ ދައްތަ މީގެ ތިން ވަރަކަށް އަހަރު ކުރިން ވަނީ މަރުވެފަ” އަމީހާ ކިޔައިދިން އެއްޗެހީގެ އަލީގައި ރީމް ބުނެލިއެވެ.

“ފަހަރެއްގަ ރީމްގެ ދައްތަ ފަރާތުން އެހެން މީހަކަށް އެގުނީ ކަމަށް ވާނީ… ނޫނީ ރީމްގެ މަންމައަށް ނޭނގި އެހެން މީހަކަށް އެކަން އެގިފަ އެއޮތީ.. އެމީހެއް ހޯދިއްޖެނަމަ މިކަން ހައްލުކުރަން ވަރަށް ފަސޭހަވެގެން ދާނެ” އަޝްވާ ބުނެލިއެވެ.

ތިން މީހުން އެކުގައި ވަރަށް ގިނައިރު ވަންދެން މާޒިންގެ ބޭނުމާއި އަދި މާޒިންއަށް ރީމްގެ ބައްޕައަކީ ކާކުކަން އެގުނު ގޮތް ހޯދަން އުޅުނެވެ.


 

އޭގެ އަނެއް ދުވަހަށް އިރުއަރައިފިއެވެ. އަޝްވާ ތަންކޮޅެއް އަވަހަށް ކާއިންއާއި އެކީ އޮފީހަށް ދިޔައީ ނުނިމި ހުރި މަސައްކަތްތައް ގިނަކަމުން އެކަންތައް ކުރުމަށް ވަގުތު ހޯދާށެވެ. އަދި މިއަދަކީ މިއުވާން އެއްބަސްވުމުގައި ސޮއިކުރަން އަންނަ ދުވަހަށް ވުމުން އެކަން ކުރުމަށް ވެސް ތައްޔާރު ވާން ޖެހޭތީއެވެ.

“އަހަރެން އެބަ އަންނަން ރީމްގެ މޭޒުމަތީ ހުރި ފައިލްތައް ހިފައިގެން..” އަޝްވާ ކެބިންއަށް ނިކުންނަމުން އެވަގުތު އެތާގައި ހުރި ކާއިންއާއި ވާހަކަ ދައްކާލަމުން ބުނެލިއެވެ.

ރީމް އަދިވެސް އޮފީހަށް ނުނިކުންނާތީ ރީމްގެ މަސައްކަތްތައް ވެސް ކުރަމުން ދަނީ އަޝްވާއެވެ.

“ރީމް ކީއްކުރަން އޮފީހަށް ތިއައީ” އޮފީހުގެ މައިބަޔަށް ވަންއިރު ރީމް މޭޒުދޮށުގައި އިންތަން ފެނި ހައިރާންވެފައި އަޝްވާ އަހާލިއެވެ. ޝަނުމް ހުއްދަ ނުދޭތީ ރީމް ރޭގައި އޭނާއަށް އޮފީހަށް ނާދެވޭނެ ވާހަކަ ވަނީ ބުނެފައެވެ.

“އެއީ ކުޑަ އެއްޗެއް ޕުރިންޓްކޮށްލަން މިއައީ.. އަހަރެން ދަނީ އޭ ދެން” އަޝްވާގެ އަޑުއިވުމާއި އެކީ ކޮންޕިއުޓަރުގެ ސްކުރީނަށް ގެއްލިފައި އިން ރީމް ދިޔައީ ސިއްސައިގެންނެވެ.

“ދަނީ ތަ ޕުރިންޓްވެސް ނުކޮށް” އަޝްވާ އައުމުން ރީމް އަވަސް އަވަހަށް ގޮނޑިން ތެދުވެ ދާން ހިނގައިގަތުމުން އަޝްވާ އަހާލިއެވެ.

“އާން ދެން އޯކޭ.. ދަނީ އޭ” އަޝްވާއަށް އިތުރު އެހެން އެއްވެސް އެއްޗެއް ބުނަން ފުރުސަތު ނުދީ ރީމް އެތަނުން ނިކުމެގެން ދިޔައެވެ.

“ރީމް…” ރީމް ދިޔުމުން އަޝްވާ ހަނދާނަށް އެއްޗެއް އައިހެން ރީމްގެ ފަހަތުން ދާން އުޅުނެވެ.

އެހެންނަމަވެސް ރީމް އަޝްވާގެ އަޑަށް ބީރު ކަންފަތެއް ދީ އޮފީހުގެ މައިދޮރުން ނިކުމެގެން ދިޔައެވެ.

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ތިޔަނޫން އެހެން ހިތެއް ބޭނުމެއް ނޫން

Next

ހިތާ ފުރާނައިން… (44)

Next
February 20, 2018

ހިތާ ފުރާނައިން… (44)

Previews
February 20, 2018

ތިޔަނޫން އެހެން ހިތެއް ބޭނުމެއް ނޫން

59 Comments!

  1. Aki says:
    February 20, 2018 at 11:24 am

    haadha avahah thi up kohla dhinee. thanks

    1. maroon says:
      February 21, 2018 at 12:38 am

      Thanku Aki ?

  2. maroon says:
    February 20, 2018 at 11:26 am

    Good morning ..hope u guys like this part too. Dhn othy maazin hoadhai massala solve kurun ?

  3. maaisha says:
    February 20, 2018 at 11:55 am

    hey ..adhi nukiyan m baeh ..kiyaafa conment kollanan..ingey mi episode ves reethi vaanekan

    1. maroon says:
      February 21, 2018 at 12:39 am

      Thanku maaisha ?

  4. reader says:
    February 20, 2018 at 11:55 am

    vvvv reethi ..keep it up

    1. maroon says:
      February 21, 2018 at 12:39 am

      Thanku reader ?

  5. Shann says:
    February 20, 2018 at 12:07 pm

    Wow v rythi mibaives… V kiyaalaa hithun mibaives mi kiyaaly…anehbayah v v inthixaaru kurevey… Sifakurun hama ehvaney bunelaany

    1. maroon says:
      February 21, 2018 at 12:39 am

      Hehe. Thanku shann. Good see ur comment ?

  6. Maikko says:
    February 20, 2018 at 12:07 pm

    Varah reethi……..waiting forr the next part ??

    1. maroon says:
      February 21, 2018 at 12:40 am

      Thanku maikko ?

  7. sam❤ says:
    February 20, 2018 at 12:09 pm

    Wow roon love this ??? waiting next part ,, love u roon ????

    1. maroon says:
      February 21, 2018 at 12:40 am

      Thanku sam ? loves

  8. Sheeen says:
    February 20, 2018 at 12:12 pm

    Vrh reeeethi mi partvx…. miadhu adhi one part up kohladheeebala plxxxx ❤❤❤❤?

    1. maroon says:
      February 21, 2018 at 12:40 am

      Thanku sheen. Now u can read the next part ?

  9. Reem says:
    February 20, 2018 at 12:29 pm

    Thatx not reem …i guess thatx reem’s twin

    1. maroon says:
      February 21, 2018 at 12:41 am

      ? dhw.. maybe.. hehee.. reem ge twin eh hureytha anekka ??

  10. Xaaaan says:
    February 20, 2018 at 12:30 pm

    Masha Allah mibaives v reethu??❤❤

    1. maroon says:
      February 21, 2018 at 12:41 am

      Thanku dear ?

  11. poh says:
    February 20, 2018 at 12:34 pm

    reem ah enguny kanneynge ashvaa n shanum ge kanthah.. ehenve kanneynge e dhiyaee dhw.. dhw maroon..

    1. maroon says:
      February 21, 2018 at 12:42 am

      Hehe. Maybe.. vedhaane thihen kmah ves. Ekam keehve ehen ulhuny!!
      Thanku poh ?

  12. maaisha says:
    February 20, 2018 at 12:35 pm

    mi part maa kuru ..ekamu ves vvv reethi vv asarugadha..sifakurunves habeys..maroon alhe kn thaakun tha ehaa molhah vaahaka liyan dhaskuree. i think you are a dhivehi teacher..masha allah vvv reethi

    1. maroon says:
      February 21, 2018 at 12:43 am

      Thanku maaisha. Nooney. M not a dhivehi teacher.. dhn hithugai ufedhey ihusaasthah mi liyany.
      Thankolheh kuru dhw ??

  13. mon says:
    February 20, 2018 at 12:36 pm

    reethi

    1. maroon says:
      February 21, 2018 at 12:43 am

      Thanku mon ?

  14. click a shot ? says:
    February 20, 2018 at 12:49 pm

    maroon haadha rangalhey.?..konmedhuvahaku up kohdhey…thihaa Ava’s avahah up kohdheythi varah ufaavey..??by the way mi part ves varah salhi…? reem ah kihinehbaa e vi? abadhuves maroon kiyuntherin dhookolaani suvaalu maakege the reyga…hehe that’s the interesting part…anyways waitting..loves ❤️❤️❤️❤️?

    1. maroon says:
      February 21, 2018 at 12:45 am

      Thanku click.. hehe. Suvaalu thakuge jvaabu libemun dhw midhany. Ekamakuves baeh faharu ithuruves vey dhw.. v ufaa vejje commwnt kiyaalaafa. Loves tc ??

  15. annoying reader says:
    February 20, 2018 at 12:56 pm

    varah reethi mi part ves. alhey reem haadha avas kohlla i wonder wat she is upto. anyway mazin gandu kobaitha abadhaku filaigeneh noolheveyne. love this part too. i feel like ashwa and kain gulhuvan hen maroon ulheni ? nw shanum and reem ge gulhun ves rangalhu vaathi. but reem ah inge dhuvahakun i think she will step aside ashwa and shanum ah chance dheyn. its my theory lets see wats maroons theory ?.

    1. maroon says:
      February 21, 2018 at 12:47 am

      Hehe. I love ur theories. Baeh faharu hitha araa annoying reader reader story liyaa namaey.. ehaa ves molhukoh raavaalaane hurihaa kameh.. couples to be in the end is still a secret.. maybe she will step a side dhw.. thanku ??

  16. Reader says:
    February 20, 2018 at 1:03 pm

    Kobaa ei hama Reem ehnu.. Enmen hindhu ey bunyma es ma bunymehnu Reem ashey shakku vay maa kurin ves… Wellll I didn’t really know eyru….. Ekam dhen hama shakku vaathy buny
    ???

    1. maroon says:
      February 21, 2018 at 12:48 am

      V v molhu ehen vyma. I also thought keevbaa ey evves kujjaku reem ge name eyru nubunh ??

  17. Minnie✨ says:
    February 20, 2018 at 1:12 pm

    Masha Allah….✨ Mi episode ves vvvv reethi..❤ komme episode akah comment nukuriyas hama gavaidhun mi story kiyan..? and this is one of my favourite story..? Abahu ves mi vaahaka up kuraane irakah hama wait kureveyy…? Couples thah gulhuvaa goi varah reethi..? Adhi Shaim and Malaka ge bai ves kudakoh genesdhey nama varah interesting vaane…❤
    Waiting for the next episode✨
    Keep going..?
    All the very best..?❤
    Love you…?❤✨

    1. maroon says:
      February 21, 2018 at 12:50 am

      Thanku minnie. Vvv ufaa vejje comment kiyaalaafa. Thihen dheythereakun comment kollymaves v ufaavey. Shaim and malaka ge bai kudakoh include kuran vy dhw.. dheythereakun.. hehe. Will think ngey… loves tx ??

  18. Twingirl says:
    February 20, 2018 at 1:16 pm

    Hama v rythi. .. keep it up maroon love ??❤

    1. maroon says:
      February 21, 2018 at 12:50 am

      Thanku twingirl ?

  19. Hairaan says:
    February 20, 2018 at 1:18 pm

    Varah furihama varah reethi mivaahaka.

    1. maroon says:
      February 21, 2018 at 12:51 am

      Thanki hairaan ?

  20. Rifu says:
    February 20, 2018 at 1:42 pm

    Eii..reem ge twin dhww…v shakkuvey ulhun gothun?
    By the way hama v salhi mi prt vxx…❤masha allah❤

    1. maroon says:
      February 21, 2018 at 12:52 am

      Hehe.??
      Maybe…thanku rifu ?

  21. Pinky shifoo says:
    February 20, 2018 at 1:56 pm

    Wow ❤️❤️❤️❤️…. Just woww ❤️❤️❤️❤️… Mi part vx v v v reethi ingey maroon ????…. Keep up the good work ☺️☺️☺️☺️… Finally Reem ah ingihje dhw eynage brother eh hunna kan n aee kaaku kan vx ????… Curiously waiting for the next part ????… Loves n take care ?❤️????

    1. maroon says:
      February 21, 2018 at 12:54 am

      Thanku pinky shifoo. V ufaa vejje thi loabi comment kiyaalaafa. Yes but reem jehilunvefa dhw e hunnany ekamah.. v ufaa vejje comment kiyyalaafa. Loves tc ??

  22. Shudha says:
    February 20, 2018 at 2:30 pm

    its raining question marks! reem ah kihineh v… finally they both knew that they are siblings… shanum aa reem ekyga ulheythi v happy… hope he loves him… v reethi ibrai libey mi vaahaka in… thanku maroon mihaa reethi vaahaka eh genesdheythi… waiting… loveeeeeeeeess<3<3

    1. Shudha says:
      February 20, 2018 at 2:31 pm

      he loves her*

    2. maroon says:
      February 21, 2018 at 12:56 am

      Thanku shudha. V ufaa vey thihaa busy koh ulhemunved story ah time dheythy.. i haved mailed u ngey …
      Shanum is a good person. Person with character. He will stand up for that.. lets see if he falls dhw.. loves tc ??

  23. ?unlucky ? says:
    February 20, 2018 at 3:11 pm

    so do you know this year the noble prize goes to maroo yeyey
    maroo hama molhy dhw ?????????mi vaahaka kiyai fiyyaa hama speachless vey haadha molhey i wish I was you hahaa juss kidding ?? mihaaru mi story nimeny dhw will feel incomplete dh in pary up kohdheebaa v avahah

    1. maroon says:
      February 21, 2018 at 12:57 am

      Alhey mioh commenteh. Thihaa thaureef hagguthaa!!!!??
      Hehe ekams vvv vv ufaa vejje comment kiyaalaafa ngey..and if i can write anyone can be a writer. Its all about dedication. Loves tc ?? thanku dea

  24. Zaaraa says:
    February 20, 2018 at 3:57 pm

    Thank u maroon??? story v reethi ? adhi komme dhuvahaku up kohdhythee v happy ?? maroon mee ehen liyun therinnah Hama namoonaeh ….. Waiting 4 next part

    1. maroon says:
      February 21, 2018 at 12:58 am

      Thanku zaaraa. V ufaa vejje comment kiyaalaafa. In sha Allah e gothugai story nimmaalaany ngey.. loves tc ??

  25. Friends says:
    February 20, 2018 at 4:43 pm

    Friends ah heevany eii reem ge twins hen.ehenve avahah edhiya eii.or eii ameeha ge sis ge dharifulhu.
    Maybe eyna kannyge bunany reem ge vaahaka. Stry vv nice.
    Waiting 4 next part.
    Thikura hihvarah saabas dhen.???????

    1. maroon says:
      February 21, 2018 at 1:00 am

      Thanku friends yes it might be hama dhw.. ehen noony kyhkuran ehen ulhen v.. v happy vejje comment kiyyaalaafa. ??

  26. ?unlucky ? says:
    February 20, 2018 at 6:40 pm

    maroo aneh partttt

  27. Jeen says:
    February 20, 2018 at 7:12 pm

    Story up kohlithanaa kiyaa levijje.. But adhi comment eh koh nulevigen miulhenii.. Ehn faharuthakey eggothah story hama varh reethi.. Mi story noonas komme story evves kuri ah gendhaane goiyy ingeynii writer ah.. Komme faharaku happy ending akah nuves vedhaane.. Thats life dhw.. Maroon kiyuntherinna ves ehaa close vumukii maroon dheke like vaa eh sababu ?
    Anekka maroon bunaa dhuvahah story up kohdhey.. Kiyuntherin inthizaaruga maayoos kan mathee thibeykah nujehey.. Maroon kiyuntherige feelings thakah visnaathii varah ufaavey.. Thii hama namoona writer eh.. Iraadh kurehviyya mi rogun maroon ah mi ah vure kuri ah dheveyne ?
    Lots of love maroon ?❤?

    1. maroon says:
      February 21, 2018 at 1:03 am

      Hey jeen. V ufaa vejje comment kiyaalafa yes i cnt put out words like everyone wants. Ekamakuves kiyuntherin dhey komme hiyaaleh ufalaai eky balai gannaanan. In sha Allah. Readers aky mihaaru maroonge life ge ebbai so ekudhinnai gaaiy gulhumeh baavvan vaane dhw.. hehehehe. M smiling showing all my 32 teeths ???
      Loves tc.. hope to see u more often ??

  28. Shu? says:
    February 20, 2018 at 7:18 pm

    Nice story ??

    1. maroon says:
      February 21, 2018 at 1:04 am

      Thanku shu ?

  29. Neesh says:
    February 20, 2018 at 8:29 pm

    Ashwa n shanum dhuru kuraneetha alhe maroon.e dhekudhin gulhuveema ma reethi vaane.but story hama habeys masha Allah hama ekani ekama deravanee.miharu story kiya iruves deravey eba ashwa n shanum dhuruva hen heevathy.

    1. maroon says:
      February 21, 2018 at 1:05 am

      Thanku neesh. But i promise u everyone will get a really big happy ending ngey. So dnt worry. Sometimes second is much stronger. And ashwa might still get her first love..tc ??

  30. Ri says:
    February 20, 2018 at 9:27 pm

    Mi baives v reethi dhen konirakun ehen baeh up kon laanee

    1. maroon says:
      February 21, 2018 at 1:05 am

      Up vejje. Thanku ?

Comments are closed.


All Right Reserved!