ރީމާވެސް ޝުއޫންއާ ސަކަރާތް ޖަހަމުން ދިޔައެވެ. އެވަގުތަކީ އަޔާޒު އިން ލޯންޗު އައިސް ފަޅަށް ވަން ވަގުތެވެ. އެއްލިކަޅިން އަޔާޒަށް ޝުއޫންއާ ސަކަރާތްޖަހަމުން ދިޔަ ރީމާ ފެނުނެވެ. ދެވަނަފަހަރަށްވެސް ބަލާލެވުނީ ފެނުނީ ރީމާތޯ ޔަގީން ކޮށްލުމަށެވެ. އަޔާޒުގެ ބޮލަށް އެނބުރުން އަރައިގެން ދިޔަ ފަދައެވެ. ޖެޓީއަށް ފޭބުމުންވެސް އަޔާޒުގެ ލޯ ހޯދާލީ ރީމާއެވެ. ރީމާ އެއިނީ މިހާރު އެކުއްޖާ އުރައިގެންނެވެ. އެ މޫނުމަތިން ފެންނަމުންދިޔަ ހިނިތުންވުންފެނި އަޔާޒުގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ރަނގަޅަށްވެސް އޭނާ […]
ދެން އޮތް ދެދުވަސް އަހަރެން އުޅުނީ ވަރަށް ބިޒީކޮށެވެ. އޮފީހުން 5 ދުވަހުގެ ޗުއްޓީއެއްނަގަިއގެން އަހަރެން ހުރިހާ ވަގުތެއް ހޭދަކުރީ ބައްޕަ ކައިރީގައެވެ. އެކި ކަހަލަ މެޝިންތައް ގުޅަފައި އޮތް ބައްޕަގެ މޫނުމަތިން ފެންނަނީ ނުތަނަވަސް ކަމުގެ އަސަރެވެ. ކުއްލި އަކަށް ދިމާވި ކަމަކުން ބައްޕަގެ ދިރިއުޅުން އެއްކޮން ބަދަލްވީއެވެ. ބަލި އެނދެއްގައި އެއްވެސް ކަމެއް ނުކުރެވިފައި އޮތުމަކީ ބައްޕަ އަށް ވަރަށް އުދަގޫ ކަމަކަށް ވިއެވެ. އަހަރެން ބައްޕަ އަށް ބަލައި ލީމެވެ. ބައްޕަގެ ދެލޯ […]
ލައުރާ ދޮރުން އެތެރެއަށް ވަނުމާއި އެކު ކުޑަ ކުއްޖަކު އައިސް ލައުރާގެ ގައިގާ އޮޅުލައިގަތެވެ. އަދި ދޮންތާ އޭ ކިޔާ ގޮވާލިއެވެ. “ޝައިކާ.. ކިއުޓީ ކޮބާ ޖީޝަލް؟” ލައުރާ އެކުޑަ ކުއްޖާ އުރާލަމުން ބުނެލިއެވެ. “ޖީޝް ބަލި. ދޮންތި ގެނައިންތަ އިއްކުއަށް ގިފްޓް؟” ޝައިކާ ލައުރާގެ އިސްތަށިގަނޑާ ކުޅެލަމުން ލޯބިގޮތަކަށް އަހާލިއެވެ. ވަގުތުން ލައުރާ ބޯޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ. ” ލައު.. މީ ލައުގެ ކޮޓަރި އިނގޭ.. އެރޫމް އާއި ޖެހިގެން އެހުރީ ޒައިކަލްގެ ކޮޓަރި. […]
“ރީމް ތަ މަސްހުނި ހެދީ؟” ހުރިހާ ތަށިތައް ރީމް ކައިރިއަށް ގެންގޮސް ނިމުމުން މޭޒުމަތީގައި ހުރި މަސްހުނި ތައްޓަށް ބަލާލަމުން ޝަނުމް އަހައިލިއެވެ. “ނުބައީ ތަ؟” ފަހަތަށް އެބުރި ޝަނުމްއާއި ދިމާލަށް ބަލާލަމުން ރީމް އަހައިލިއެވެ. އޭރު ޝަނުމް އޭގެ ރަހަ ބަލަނީއެވެ. ރީމް ވަރަށް ފަރުވާތެރި ކަމާއި އެކީ ޝަނުމްގެ މޫނު މައްޗަށް އަރަމުން ދިޔަ ކުލަ ވަރު ބަލަމުން ދިޔައެވެ. “ނުބައީ ތަ؟” ދެވަނަ ފަހަރަށް ރީމް އެ ސުވާލުކޮށްލީ ޝަނުމް އެތިކޮޅެއް ކާލުމަށްފަހު […]
“މައިލީން އަށް” މިފަހަރު ގަނޑުގައި ލިޔެފައިވަނީ ކުޑަ ލިޔުންކޮޅެކެވެ. އެހެންނަމަވެސް އެޑްރެސް ކޮއްފައިވަނީ މައިލީން އަށެވެ. އޭނާ ހައިރާންވިއެވެ. އޭނާއަށް މާ ފޮނުވާނީ ކާކުހެއްޔެވެ؟ ހައިރާންވެފައި ހުރެގެން އޭނާ ޝާލީން އަށް ބަލާލިއެވެ. އެއާއެކު ޝާލީން ގެ ސުވާލެއް މައިލީން އަށް އަމާޒުކޮއްލިއެވެ. “އިލީ މި ކާކު ފޮނުވާއެއްޗެއްތަ؟” ޝާލީން ހުރީ އޭނާގެ ހުރިހާ ސަމާލުކަމެއް މައިލީން އަށް ހުއްޓައިލައިގެންނެވެ. މައިލީން ގެ ހިތަށް އެރީ މިފަހަރުވެސް ޔުއާންއެވެ. އެހެންނަމަވެސް އޭނާ ދެކޮނޑު އަރުވާލުން ފިޔަވާ އިތުރު […]
“އަސްލުވެސްތަ؟ އަފާފްއަށް ހިއެއްނުވޭތަ އޭނައަކީ ވެސް މި ރޭވުމުގެ ބައިވެރިއެއްހެން؟” ވިޔާމް ކޮށްލި ސުވާލުން އަފާފް ހުއްޓުން އެރިއެވެ. ވިޔާމް އެ ބުނި އެއްޗަކާމެދު ހިނދުކޮޅަކަށް ނަމަވެސް ވިސްނުނެވެ. އެހެނަސް ވިޔާމަކީ ކާކުކަން އެނގުންވީ ހިނދު އޭނައަށް ވާހަކަ ދެކެވުނެވެ. “އަހަރެން އޮޅުވާލަން މަސައްކަތް ކުރުމަކީ ބޭކާރުކަމެއް. އަހަންނާ ދެކޮޅަށް ރޭވުމެއް ރާވަން ބޭނުންވާވަރަށްވުރެ ޝަރަފް އަހަރެން ދެކެ ލޯބިވާކަން އަހަންނަށް ޔަޤީން!” އަފާފް ސާބިތު އަޑަކާއެކީ ބުނެލިއެވެ. އެއާއެކު ވިޔާމްގެ ލުއި ހީލުމެއްގެ އަޑު […]
14 ވަނަ ބައި ކޮޓަރިތެރޭގައި މޯޅިވެފައި އިން ކިޔާން މިއަދު މައިޝާއަށް އޭނާގެ ހަޔާތުގައި ހިނގަމުންދިޔަ އަދި ދިމާވަމުންދާ ކަންތައްތައް ކިޔައިދޭނީ ކިހިނަކުންބާއޭ ހިތާ ހިތުންސުވާލުކުރެވުނެވެ. އޭނާގެ ދިރިއުޅުމުގައި މާނީ ވަކިހިއްޕާލީ ކޮންފަދައަކުންކަން ކިޔައިދޭނީ ކޮންގޮތަކުން ބާއޭ ސިކުނޑިތެރޭ އެނބުރެމުންދިޔައެވެ. މައިޝާއާއި ދުރުވެ ލޯބިދޭން ބޭނުންވެ ލޯބިނުދެވެނީ މާނީއާއި ހެދިއޭ ބުނެފިއްޔާ މައިޝާޤަބޫލުކުރާނެބާއޭ ހިތަށްއަރުވަމުންދިޔައެވެ. ކިޔާން މިހުރިހާދުވަހަކު އެވާހަކަ ސިއްރުކުރީ ސަބަބެއްނެތިއެއްނޫނެވެ. މީގެކުރިންވެސް މައިޝާއަށް ހަޤީޤަތްކިޔައިދޭން އުޅުމުން މާނީ އުޅުނީ މައިޝާއަށް ގެއްލުމެއްދޭށެވެ. މައިޝާގެ ގާތަށްއައިސް މައިޝާއަށް […]
މުލައިލް އާއި ޔާނީ އަކީ ގާތް ދެ އެކުވެރިންނެވެ. އަލާނިޔާ މަރުވުމާއެކު ޔުސްރާ މުލައިލް ބަލަމުން އައީ އަމިއްލަ ދަރި ޔާނީއާ އެއްވެސް ތަފާތު ކުރުމެއް ނެތިއެވެ. އަހަރުތަކަކަށްފަހު މުލައިލް އޭ ލެވެލްގެ ފަހު އަހަރު ކިޔެވުމަށް ރާއްޖެ އައީ ފޮނި އުންމީދު ތަކަކާއެކުއެވެ. އަހަރުތަކަކަށް ފަހުވެސް މުލައިލް ފެނުމާއެކު ޔާނީގެ ހިތަށް އެނގުން ވެލައިގެން ދިޔައެވެ. އެއީ ޔާނީގެ އެންމެ ބޮޑު ސިއްރެވެ. ސްކޫލު ހުޅުވުމާއެކު މުލައިލްގެ ރީތި ކަމުގެވާހަކަ މުޅި ސްކޫލުގައި މަޝްހޫރުވެގެން ދިޔައެވެ. […]
މަދު އެކަށްޗެއްވެސް ނެތެވެ. އެކަމަކުވެސް ފަޅުކަން އެހިތަށް ވެރިވިއެވެ. އޭނާގެ ދިރިއުޅުން އުޖާލާކުރަން ދެން ކުރާނީ ކޮންކަމެއްބާއެވެ. “ބެންބޭ….” ހަނާ އައިސް އެކޮޓަރި ދޮރުގައި ޓަކި ޖެހީ މިކަހަލަ މައްސުނި ހިޔާލު ތަކުން އަޔާޒުގެ ބޯ ބަރުވެފައި އޮއްވައެވެ. މަޑުމަޑުން ގޮސް އަޔާޒު ދޮރު ހުޅުވާލިއިރު ހަނާ ތަށިބަރިއެއް ހިފައިގެން އައިސް ހުއްޓެވެ. “މިއައީ ބެންބެއާއެކީ ސއިބޯން…” ހަނާ އަދިވެސް އޭނާއާ މުހާތަބްކުރަނީ ބެންބެ ކިޔައިގެންނެވެ. ހާލަތަށް ހޭނިފައިވިޔަސް އެމީހުން އެންމެންގެ ހިތުގައިވެސް ރީމާގެ ނަން ކުލަގަދަކޮށް ފެވިފައި […]