Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ނަވަތިރީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
February 20, 2018 4 Mins Read
15 Comments

“ކާކު؟” އަފާފަށް އަހާލެވުނެވެ. ހަމަ އެ ހިނދު އެ އަންހެން ކުއްޖާ އެ ދަނޑިކޮޅު ދިމާ ކުރިމައްޗަށް ވައްޓާލިއެވެ. އެއާއެކު ބިންމަތީގައި ޖެހުނު އެ އަލިފާން ކޮޅު ބާރު މިނެއްގައި ސީދާ ރޮނގަކުން ދެފަރާތަށް ފެތުރެން ފެށިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ހުޅުގަނޑު އައިސް އަފާފް ހިފަހައްޓައިގެން ހުރި ހަރުގަނޑާއި ހަމަވީއިރުވެސް އަފާފަކަށް ރޭކާއެއް ނުލައެވެ. ހަރުގަނޑާއި ހަމަވުމުން ހުޅުގަނޑު އޭގައި ހިފައި މައްޗަށް އަރަން ފެށީ ބިމުގައި ހުރި ޕެޓްރޯލްމަތިން ދިޔަ ވަރަށްވުރެ ލަސްލަހުންނެވެ. އެ ރޫމުގެ އަނެއްފަރާތުން ހުޅުގަނޑު ގޮސް އެތާހުރި ސޯފާގައި ހިފި ވަގުތުވެސް އެއްވެސް ކަމެއްވާކަމެއް އަފާފަކަށް ނޭނގުނެވެ. އިރުކޮޅެއްގެ ތެރޭގައި ކޮންމެވެސް އަންހެން ކުއްޖެއްގެ އުސްފައިވާނެއްގެ އަޑު އިވިގެން ދިޔައެވެ. އަޑު އައިގޮތުން އެ ފިޔަވަޅުތައް ދުރަށް ދަނީކަން އަފާފަށް ނަގައިގަނެވުނެވެ.

 

“ކާކު؟!” އަފާފަށް އެހެން އަހާލެވުނީ އިހުނަށްވުރެ ބާރަށެވެ. ބޭރުން އެ ދާ މީހަކަށް އިވޭނެވަރަށެވެ. އޭރު އެ ރޫމުގެ ދޮރުމަތީގައިވި ހުޅުގަނޑު ދޮރުކަނީގައިވެސް ހިފައި މައްޗަށް އަރަން ފެށިއެވެ. މާ ގިނައިރެއް ނުވެ އަފާފަށް ރަބަރު އަނދާފަދަ ވަހެއް ދުވިއެވެ. އެ ވަހާއިމެދު ޙައިރާންކަމާއެކީ ވިސްނަމުން ދަނިކޮށް ހަރުގަނޑުގައި ހިފެހެއްޓިފައި ހުރި އޭނަގެ އަތަށް ހޫނުވާން ފެށިއެވެ. އެއީވެސް ކީއްވެކަމާމެދު ވިސްނަން ފެށުމުން ކުއްލިއަކަށް އޭނަގެ ހަނދާނެއް އައީ މީގެ އިރުކޮޅެއް ކުރިން އިވުނު އަޑެވެ. ކޮންމެވެސް އެއްޗެއް އަނެކައްޗާއި ޖެހި ހޭކޭ އަޑެވެ. އެއީ ކޮން އަޑެއްގެ ނަގައިގަނެވުނު ހިނދަކީ ހަރުގަނޑުން މައްޗަށް އަރަމުން ދިޔަ ހުޅުގަނޑުގެ ކުޑަ ތަންކޮޅެއް އަފާފްގެ އަތުގައި ޖެހުނު ވަގުތެވެ. އެއާއެކު އަފާފްގެ ހަޅޭކެއްގެ އަޑު އިވިގެން ދިޔައެވެ.

 

**

 

 

ސިޑި މަތިން އަރައިގެން ގޮސް ސޭފް ރޫމް ހުންނަ ފަންގިފިލާއަށް ދެވުނު ޝަބާއަށް އަފާފްގެ އެ އަޑު އިވުނެވެ. އެއާއެކު އޭނައަށް ކުރިމައްޗަށް ބަލާލެވުނީ ސިހުމަކާއެކީ ދެލޯ ބޮޑުކޮށްލަމުންނެވެ. އެ ހިނދު ފެނުނު މަންޒަރުން އެ މޫނުމައްޗަށް ބިރުވެރިކަން ވެރިވިއެވެ.

 

“އަފާފް!!!” އޭގެ ދެވަނަ ސިކުންތުގައި ޝަބާގެ އަޑު މުޅި އެ ފަންގިފިލާއަށާއި އޭގެ ދަށުގައި އޮތް ފަންގިފިލާއަށް އިވުނެވެ. އެއާއެކު އެތަނަށް މީހުން އެއްވާން ފެށިއެވެ. ނޭނގޭ ސަބަބަކާހުރެ އެ ފަންގިފިލާގައި އެވަގުތު އަލިފާން ނިވިއެއް ނެތުމާއެކުގައާއި އެންމެންނަށް ވެސް ލިބުނު ޝޮކެއްގެ ބޮޑުކަމުން އެކަކަށް ވެސް އެއްވެސް ފިޔަވަޅެއް ނާޅާ ތިބެވުނެވެ. އެހެނަސް ކޮންމެވެސް މުވައްޒަފަކު ވަގުތުން ވަގުތަށް ފަޔާރ ސްޓޭޝަނަށް ގުޅިއެވެ. އެތާނގައި އަފާފް އެބަހުއްޓޭ ކިޔައި ހަޅޭއްލަވައި ހަދާނެ ގޮތް ހުސްވަމުން ދިޔަ ޝަބާއަށް ވެސް އަޅާނެ އިތުރު ފިޔަވަޅެއް ނޭނގުނެވެ. ދޮރުމަތިން ވެސް ހުޅުގަނޑު ބޮޑުވަމުން ދިޔަ ގޮތުން އޭނައަށް ވެސް ވަކި ކުރެވޭނީ ކޮންކަމެއްތޯ ހިތަށްއަރަމުން ދިޔައީތީވެއެވެ. އެ ޚިޔާލުތަކުގައި ހުއްޓާ ކުއްލިއަކަށް ޝަރަފް މަތިން ހަނދާންވުމުން އޭނައަށް އޭނަގެ ފޯނު ނަގައި ނަންބަރުތަކަށް ފިތާލެވުނެވެ.

 

**

 

ބާރު ސްޕީޑެއްގައި އައި ލޯންޗެއްގައި ގޮސް ޝަރަފަށް ފިޔަވަޅު އަޅާލެވުނުތަނާހެން އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ފެރީއެއްގެ ބަދަލުގައި އޭނަ ލޯންޗެއް ޚިޔާރު ކުރީ އަފާފް ފޯނު ނުނެގުމުން ކޮންމެވެސް ބޮޑު ކަމެއް ވެގެން އުޅޭކަމުގެ އިންޒާރު އޭނަގެ ސިކުނޑި އޭނައަށް ދެމުން ދިޔައީތީވެއެވެ. އަތުގައި އޮތް ފޯނު ރިންގުވާން ފެށުމުން އޭނަ ހީކުރީ އެ ވާނީ އަފާފަށް ކަމަށެވެ. އެހެނަސް ސްކްރީނުން ދޮންތަގެ ނަން ފެނިފައި ޝަރަފް ފޯނު ނަގައި ވަގުތުން އަފާފާއި މެދު ސުވާލުކުރަން ބޭނުންވިއެވެ. ނަމަވެސް އޭނައަށް އަނގަ ހުޅުވާލެވުނުތަނާހެން އެކޮޅުން ދޮންތަގެ އަޑުއިވުނެވެ.

 

“ޝަރަފް…..އަފާފް ހުރީ އަލިފާންގަނޑެއްގެ ތެރޭގަ! އޭނަގެ އޮފީހުގަ!!” ދޮންތަ ރޮވިފައިވި އަޑަކުން ބުނެލި ވާހަކައިން ޝަރަފަށް ހީވީ އޭނަގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔައީހެންނެވެ. ހިނދުކޮޅަކަށް އޭނަގެ ހިތް ހުއްޓުމަކަށް ވެސް އައެވެ. އަފާފް އެ ސިފަކުރެވުނު ޙާލަތުގައި ހުރިތަން ޚިޔާލަށް ގެނެވުމާއެކު ޝަރަފަށް އޭނަގެ ފޯނު ކަންފަތުން ވަކިކޮށް، ފައިގައި ހުރި ބާރުމިނެއްގައި ދުއްވައިގަނެވުނީ އެތާ އޭނަގެ ފޮށިވެސް ބަހައްޓާފައެވެ.

 

**

 

އަލިފާންގަނޑުގެ ސަބަބުން އެވަގުތު މުޅި ސޭފް ރޫމަށް އޮރެންޖު ކުލައެއް ވެރިވެފައިވީއިރު ރޫމުގެ މެދާއި ހަމައަށް ދެވި، ބިންމަތީގައި އިށީނދެގެން އިން އަފާފަށް އޭގެ ހޫނުކަން އިޙްޞާޞް ކުރެވެމުން ދިޔައެވެ. އޭނަގެ ވަށައިގެން ނުބައެއް ވާކަން އެނގި ދާނެ ދިމާލެއް ނޭނގިފައިވުމުން އޭނަގެ މޫނުމައްޗަށް ވެރިވެފައިވީ ބިރުވެރިކަމެކެވެ. އޭނަގެ މުޅި މޫނުންނާއި ގައިން ވެސް ދާހިއްލަމުން ދިޔައިރު އޭނައަށް އިނދެވުނީ އެސްފިޔަ ޖަހާލަން ވެސް ނުކެރިފައެވެ. އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ވެސް އޭނަގެ އެއްއަތުގެ ނުފުށާއި އަނެއްއަތުގެ ފަލަމަސްގަނޑާއި ދިމާލުން އަނދާފައިވީއިރު އެއްފައިތިލައިން ވެސް އޭގެ އަސަރުތައް ފެންނަމުން ދިޔައެވެ. އަފާފަށް އެހާ ހިސާބަށް ގޮސް ބިންމަތީގައި އިށީނދެވިފައި އެވަނީ އޭނަ އެ ‘ޙަމަލާތަކުން’ ސަލާމަތްވުމަށް އަމިއްލަ ދިފާޢުގައި އެޅި ފިޔަވަޅުތަކެއްގެ ސަބަބުންނެވެ. ބިންމަތީގައި އިށީނދެވުނު ވަގުތު ކޮންމެވެސް އެއްޗެއް ގޮވައިގެން ދިޔަ އަޑަށް އޭނައަށް ދެން ތެދުވެލާކަށް ނުކެރުނެވެ. ކުރީކޮޅު ބޭރުން ޝަބާމެންގެ އަޑުއިވުމުން އޭނަ އެއްޗެކޭ ބުންޏެއްކަމަކު އެވަގުތު އަފާފަށް އިނދެވުނީ އެއްވެސް ޙަރަކާތެއް ކުރަން ޖެހިލުންވެފައެވެ. މިއީ އޭނަގެ ނިމުންކަމަށް ނިންމައިގެން އޭނަ އެ ނިމުމުގެ އިންތިޒާރުގައި ﷲ ހަނދުމަކުރަން އިން ފަދައެވެ. އެހެނަސް ޝަރަފްގެ މަތިން ހަނދާންވެފައި އެވަގުތުކޮޅުގެ ތެރޭގައި ވެސް އޭނަ ސަލާމަތްކޮށްދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުން އޭނައަށް ދުޢާކޮށްލެވުނެވެ. އޭނަ މިއަދު އުޅެނީ ހަމައެކަނި އަމިއްލަ ނަފްސަށްޓަކައެއް ނޫންކަން އެނގުންވުމުންނެވެ. އޭނަ ނެތިދިޔުމުން ޝަރަފަށް ކުރާނެ އަސަރު ތަޞައްވުރު ކުރެވުމުންނެވެ. އެކަން ޚިޔާލަށް ގެނެވުމުން ވެސް އަފާފްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެ ހިނދު ދުވަމުން ދިޔަ ރަބަރު ވަހުން އޭނަގެ ބޮލުގައި އުފެދިފައިވި ރިހުން އިތުރުވިއެވެ. އެ ރިހުމާއެކީ ރޫމުގެ ތެރޭގައި އެ ވަސްވެސް ގަދަވެގެން ދިޔުމުން މާގިނައިރެއް އަފާފްގެ ބޯއަނބުރައި، އޭނަގެ ދެލޯ މެރިގެން ގޮސް އޭނައަށް ބިންމަތީގައި އޮށޯވެވުނެވެ.

 

**

 

ޝަރަފަށް އެލެގެންޓް ހޯމްސްގެ މައިދޮރުން ވަދެވުމާއެކު އޭނަ މަޑުކުރުމެއްނެތި ހަމަ އެ ބާރުމިނުގައި ދުވެފައި ގޮސް ފުރަތަމަ ފަހަރަށް އަންހެނުންގެ ބައިން ވަދެގެން ދިޔައެވެ. އެ ދިޔަ މަގުމަތީގައި އެތާހުރި ބޮޑު އަލިފާން ނިވިއެއް ލޮލުގައި އެޅުމުން ޝަރަފް އޭތި ހިފައިގެން ސިޑިން މައްޗަށް އަރާފައިވެސް ދިޔައީ ވަރުބަލިވެސް ނުވާފަދައަކުން ދުވެފައެވެ. ބާރަށް ތެޅެމުން ދިޔަ ހިތަކާއެކީ އޭނަ އެ ފަންގިފިލާއާއި ހަމަވީއިރު އެތަނަށް އެއްވެފައި ތިބި މީހުން އޭނައަށް ފެނިގެން ދިޔައެވެ. ކުރިއަށްދާން އުނދަގޫވުމުން އޭނައަށް ދުރުވާށޭ ކިޔައި މީހުން ކޮއްޕަމުން ދެވުނީ ރުޅިވެރިކަމާއެކީގައެވެ. އެންމެންގެ ނަޒަރުތައް އޭނައަށް އަމާޒުވަމުން ދިޔައެއްކަމަކު އޭނަ އެކަކަށް ވެސް ބެލުމެއްނެތި ގޮސް އަލިފާން ހިފާފައިވި ތަނުގެ ދޮރު ކުރިމަތީގައި ހުއްޓިލިއެވެ. އެވަގުތު އެތާހުރި އޭނަގެ ދޮންތަ ވެސް އެއްޗެކޭ ކިޔަން ފެށިއެއްކަމަކު ޝަރަފް އެއަށް ސަމާލުކަމެއް ނުދީ އަލިފާންނިވި ހުޅުވާލިއެވެ. އެއަށްފަހު އަލިފާންގަނޑާއި ކައިރިވަމުން އޭގެއިން ފެންޖަހަން ފެށިއެވެ. ސިކުންތުކޮޅެއް ވަންދެން ޖެހުމުން ދޮރުމަތިން ފެންނަމުން ދިޔަ ހުޅުގަނޑު ކުޑަވިއެވެ. އޭނައަށް ދެން އޭތި ހުރަސްކުރެވޭނެކަން ޔަޤީންވުމުން ޝަރަފަށް ހަރުއަޑުން އަފާފްގެ ނަމުން ގޮވާލަމުން އެތާތެރެއަށް ދާން ދިމާކުރިއެވެ. އެ ހިނދު ޝަބާ އޭނައަށް ގޮވާލިއެއްކަމަކު ޝަރަފް ފަސްއެނބުރި ބަލާލުމެއްވެސް ނެތި އެ ތިރިވެފައިވި ހުޅުގަނޑު ހުރަސްކޮށް އަލިފާންނިވި ހިފައިގެން އެތާތެރެއަށް ވަނެވެ. އެހިނދު ފެނުނު މަންޒަރު ޝަރަފްގެ މޭގަނޑު އަތަށްއައެވެ. އުދުއްސައިގެން އައި އަލިފާންކޮޅެއްގެ ސަބަބުން އަފާފްގެ ހެދުމުގެ ފަސްބައިގައި ހުޅުހިފަން ފަށާފައިވިއެވެ. ޝަރަފަށް ދެވަނަ ވިސްނުމެއް ނެތި އޭނަގެ އަތުގައި ހުރި އަލިފާންނިވިން އެދިމާލަށް ޖަހާލިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެ ހުޅުކޮޅު ނިވުނެވެ. އެއާއެކު ޝަރަފް ވަގުތުން އޭނަގެ އަތުގައި ހުރި ފުޅި ބަހައްޓާފައި އަފާފް އުފުއްލުމަށް އަވަސްވެގަނެވުނެވެ. އާދައިގެ މަތިން މިފަހަރުވެސް ޝަރަފް އަފާފް އަތްދަނޑިމައްޗަށް އުފުލާލީ ނުހަނު ފަސޭހަކާމާއެކީގައެވެ. އެއަށްފަހު އޭނަ ސަލާމަތްތެރިކަމާއެކީ އަފާފް ގޮވައިގެން އެ ރޫމުގެ ތެރެއިން ނިކުތެވެ. އެހިނދު ޝަބާއާއެކީ އެތާ ބޭރުގައި ތިބި ގިނަ ބައެއްގެ މޫނުމައްޗަށް ވެރިވީ އުފާވެރިކަމުގެ ކުލަވަރުތަކެވެ. އެ އެންމެންގެ ފަހަތުގައި ހުރި އަންހެން ކުއްޖަކު ފިޔަވައެވެ. އެ އަންހެން ކުއްޖާގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވީ ހިނދު އޭނަގެ ވައްޓާލެވިފައިވި ދެއަތް ގޮށްމުއްކެވުނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ހިތާ ފުރާނައިން… (44)

Next

ތިޔަ އަސަރު 39

Next
February 21, 2018

ތިޔަ އަސަރު 39

Previews
February 20, 2018

ހިތާ ފުރާނައިން… (44)

15 Comments!

  1. Jana says:
    February 20, 2018 at 11:13 pm

    Assalaam’alaikum. jana adhi mi bai dhigukoffa maadhamaa up kohdheynan In Sha Allah. anekkaaves v bodah maafah edhen mihen veema. miadhu libunu khabarakun aslu jana ah evves kamakaa medhu rangalhakah nuvisney. mirey vaahaka up nukureveyne ey ves hithah eri. ekamaku hama mi up kuree vaudhu vevifa othyma. In Sha Allah maadhamaa ves up kohdheynan. hurihaa kiyuntherinves jana attakai dua kohdhinun edhen. commentegge sifaigai noonas hama thiya kiyuntherin kuraa dua thakuge thereyga. Maai Allah alhamennah kurimathivaa komme imthihaaneggaives alhamennah saabithukan dhevvaashi. Ameen!

    1. xeybooo says:
      February 21, 2018 at 10:56 am

      jaxakallah.and in sha allah thi libuny konme kahala habareh wiyas in sha allah jana ah heyo dua kohdheynan in sha allah ragalhu vaane .,:)

  2. Shifa says:
    February 20, 2018 at 11:15 pm

    Ma sha Allah, jaxakillh khaeran.

  3. Hi Mi says:
    February 20, 2018 at 11:26 pm

    As’salaamu Alailum. V ufaavehjje up v ma. And dhera ves vehjje. ALLAH Jana ah keithrrikamaa saabithukan dhevvaashi. AMEEN.

    1. Hi Mi says:
      February 20, 2018 at 11:27 pm

      Dhehvaashi*.

  4. reysh says:
    February 20, 2018 at 11:32 pm

    Masha Allah speech less ?

  5. chumpu says:
    February 20, 2018 at 11:37 pm

    Janaa this libunu habaru hissaa kollan v nu vv dhera….. Vaahaka vvv furihama…. Masha allah

  6. Binth Ammaaru says:
    February 20, 2018 at 11:42 pm

    Hama neyva hifahattaalaigen indha e nimunee

  7. Xish says:
    February 20, 2018 at 11:44 pm

    Aameen..allah dheen mi bi mathee fathuran masakkaikuraa komme meehakahves
    Museebaaithah kurimathi kuravva..vaahakaegge sifaiganamaves mee dheenah loabikuraa dheen dhaskuranbeynunva kudhinnah ginaguna filaavalhuthakeh libigendhaa vaahakaeh..ان مع العسر يسراhamakashavarun undhagulaaeku faseyhakanve.
    واستعينوا بالصبر والصلاةadhi keitherikamaa namaadhun thiyabaimeehun vaagihoadhaasheve..
    Ya Allah..iba ilaahuge hazurathun maqubool kameh ka
    Ugaivaneenama janah lififaivaa hithaama luikohdhevvaa faseyha kohdhevvaandhey e..dhuniyegaies heyokan adhi akhirathugaies heyokan dhevvai narakaige azaabun alhamen dhinnavaandhey e.aameen

  8. Sunny gal says:
    February 20, 2018 at 11:49 pm

    Ma v foohi wey meehun liaa waahaka kian .. Ekam mi waahaka mi kianee v kiaa hithun .. keep it up and be strong

  9. Maikko says:
    February 20, 2018 at 11:53 pm

    I always read this story….. This story is really nice…..i luv it…m..wat happened jana dear ….. jana ah dhimaavi kamun jana ahdhimaavi kamugai jana saabithu kamaa eky hunaane hihvaru dhehvaan dhey …. Aameeeen

  10. Xaahko says:
    February 21, 2018 at 10:34 am

    Masha Allah mi baives v v reethi janaa ah kurimathivi kamuga janaa ah kehtherikamaa saabithu kan Allah dhevaan dhey Aaameen ☺

  11. Berry says:
    February 21, 2018 at 12:07 pm

    May allah give you patience in whatevr the circumstance you are in. Hamakashavarun maai allah vodigenvany kentherinnaa ekuga?. Story hama varah nice as usual. ?

  12. Pinky shifoo says:
    February 21, 2018 at 12:42 pm

    Mi part vx Maasha Allah v v v reethi ??… Jana ah kurimathi vefa thivaa n kurimathivaa knme imthihaanehgaavx saabithukan dhehvaashi… Aameen… Allah vodigen vany kehtherinnaaeku… ?

  13. Xxxx says:
    February 21, 2018 at 1:48 pm

    Varah furihama dear.. waiting

Comments are closed.

Next Episodeނޫރު (ސާޅީސްވަނަ ބައި)←


All Right Reserved!