Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (13)

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
March 14, 2018 6 Mins Read
62 Comments

ނޫރާއަށް އަނެއްކާވެސް ލިވްޔާގެ މޫނަށް ބަލައިލެވުނެވެ. އޭރު އިސްޖަހައިގެން ދެއަތްދެއަތާއި މޮޑެން ލިވްޔާހުރިއިރު އެމޫނުމަތީގައި ކުދިކުދި ދާތިކިތައްބަބުޅަމުން ދިޔައެވެ. ނޫރާއަށް ގަބޫލުކުރަންވެސް އުނދަގޫވިއެވެ. ރާއިދް މަލްހާއަށް ބޭވަފާތެރިއެވަނީ މަލްހާގެ އަމިއްލަ ކޮއްކޮއާއި އެއްކޮށްހެއްޔެވެ؟ ލިވްޔާވެސްމީ ކޮންކަހަލަ ކޮއްކޮއެއްހެއްޔެވެ؟ އަމިއްލަ ދައްތައަށް އެހައިބޮޑު ދެރައެއްދޭނީ ގައިމު އެކުއްޖާގެ ހިތުގައި މަލްހާއާާއި މެދުގައި ކުޑަވެސް އޯގާތެރިކަމެއް ނެތީމައިނޫންހެއްޔެވެ. މިހުރިހައިކަމަކުން މަލްހާއަށް ލިބޭނެ ދެރައާއި މެދުގައި ދެމީހުންކުރެ އެކަކުވެސް ވިސްނައިނުލަނީބާވައެވެ؟ ނޫރާއަށް ބޯހޫރުވައިލެވުނެވެ. އަދި ހަމްދަރުދީގެ ނަޒަރަކުން ހެވިފައި ޓީވީއަށް ބަލަންއިން މަލްހާގެ މޫނަށް ބަލައިލެވުނީ ހަދަންވީގޮތެއް ނޭނގިފައިއިން މީހަކުހެންނެވެ.

އިރުކޮޅަކު އެހެންއިނދެފައި ނޫރާ ލިވްޔާގެ މޫނަށް ބަލަިއިލީ މަލާތުގެ ވައްތަރަކަށެވެ. “މަލްގެ ކޮއްކޮ ހީވޭ ވަރަށް ރަނގަޅުހެން. އެކަމު މީހެއްގެ ގޮތެއް ބޭރުފުށުން ބަލައިލާފަ ބުނާކަށް ނޭނގޭނެ ދޯ.” ނިތްއަރުވައިލަމުން ނޫރާ އެހެންބުނެލުމާއެކު އިސްއުފުލައިލަމުން ލިވްޔާ ނޫރާގެ މޫނަށް ބަލައިލިއެވެ. އެބެލުމުގައިވި ހާސްކަން ކިތަންމެ ރަނގަޅަކަށްވެސް ނޫރާއަށް ފާހަގަވިއެވެ.

“ހެހެ. ނޫނޭ. އަހަރެންގެ ކޮއްކޮ ވަރަށް ރަނގަޅުވާނެ. އަބަދުވެސް.” ލޯތްބާއެކު ލިވްޔާގެ މޫނަށް ބަލައިލަމުން މަލްހާ ލިވްޔާއަށް ތައުރީފުކޮށްލިއެވެ. “ހޫމް ރަނގަޅުކަމެއްވެސް އިނގިދާނެ. ދެލޯމަރައިގެންހުރެ އެއްވެސް މީހަކަށް އިތުބާރު ކުރާކަށް ނުވާނެ މިޒަމާނުގަ. އާރފްޓަރއޯލް ކެހިދޭނީވެސް އެންމެ ގާތުގައި އުޅޭމީހުން. ތިމާ އެންމެ ހީނުކުރާ މީހުން. އެނީވޭ މަލް ބަލައިގެން އުޅެއްޗޭ. އަހަރެން ދެން ގޮސްލީ.” ލިވްޔާގެ މޫނަށް ބަލައިލަމުން ލޯއަޅައިލުމަށްފަހު ނޫރާ އިންތަނުން ތެދުވަމުން ބުނެލިއެވެ.

ނޫރާ ދިޔައިރުވެސް ބުނާނެއެއްޗެއްނޭނގިފައި މަލްހާއަަށް އިނދެވުނީއެވެ. ނޫރާ އެހެންއެބުނީ ކީއްވެހެއްޔެވެ؟ އަނެއްކާ ނޫރާ އޭނާއަށް ކަމެއް ސިއްރުކުރަނީބާވައެވެ؟ މަލްހާއަކަށް ނުވިސްނުނެވެ. މަލްހާއިންގޮތްފެނި ލިވްޔާ ހިންދިރުވައިލަމުން އަވަަސް އަވަހަށް އެތަނުންދާން ހިނގައިގަތެވެ. އެންމެހިނދުކޮޅަކުވެސް އެތަނުގައި މަޑުކޮށްފިނަމަ އޭނާ ބޭޒާރުވެދާނޭ އެހިތަށް އަރަމުންދިޔައެވެ.

ކޮޓަރިއަށް ވަންނަމުން ފުންނޭވާއެއްލުމަށްފަހު ލިވްޔާ ރާއިދްއަށް ގުޅައިލިއެވެ. ތިންވަނަ ރިންގާއެކު ރާާއިދް ފޯންނެގިއެވެ. “ލިވީ މިގަޑީ ވަރަށް ބިޒީ. ފަހުން ގުޅާނަން.” އަވަސްއަރުވައިލައިފައި އެހެންބުނެލަމުން ރާއިދް ފޯންކަނޑައިލީ ލިވްޔާއަށް ވާހަކަދައްކާނޭ ފުރުސަތެއްވެސް ނުދީއެވެ. އައި ރުޅިމަތީގައި ހިތްހަމަނުޖެހިފައި ލިވްޔާ އެނދާއި ދިމާއަށް ފޯން އެއްލައިލިއެވެ.

އޭނާ ރާއިދްއަށް ގުޅީ ކިހައި މުހިންމުކަމަކު ހެއްޔެވެ؟ ރާއިދްއަށް އެވަރުވެސް ނުވިސްނެނީހެއްޔެވެ؟ ހާސްވެފައިވާ ސިކުނޑީގެ ހަމަޖެހުމަށްޓަކައި ކުރާނެކަމެއް އޭނާއަކަށް ނުވިސްނުނެވެ. ދެފަރާތަށް ބޯހޫރުވަމުން ލިވްޔާ ހުރި ދިމާލުގައި އިނށީދެލިއެވެ. ނޫރާ އެވާހަކަ މަލްހާ ގާތުގައި ބުނެފާނެތީ އެހިތް ބިރުގަންނަމުންދިޔައެވެ. އެއްގޮތަކަށްވެސް އެފަދަ ކަމަކާ ކުރިމަތިލާކަށް ލިވްޔާ އަދި ތައްޔާރެއް ނޫނެވެ.

** ** **

އޮފީހަށްވަދެގެންދިޔަ ޔާނިކް ފެނުމުން މަލްހާވެސް ފަހަތުން ހިނގައިގަތެވެ. ޗުއްޓީ ހަމަވުމުން އަލުން ވަޒީފާއަށް ނުކުތް ނަމަވެސް އޭނާ ބޭނުންވަނީ ދެން ވަޒީފާއިން ކެނޑުމަށްފަހު ގޭގައި ހުންނާށެވެ. ރާާއިދާއި އެކަމާބެހޭގޮތުން ވާހަކަ ދެއްކުމަަށްފަހު ގޮތެއް ނިންމަން މަޑުކޮށްގެންހުރެހުރެ ރާއިދާއި ހަމަޖެހިގެން އެވާހަކަ ދެއްކާވަރެއް ނުވިއެވެ. އަބަދުވެސް ކޮންމެވެސް ކަމެއްގައި ރާާއިދް ހުންނަނީ ބިޒީވެފައެވެ.

ވިސްނުމެއްގައިހުރެ ޔާނިކް ހަވާލުކުރި މަސައްކަތާއިވެގެން މަލްހާ އުޅެގަތެވެ. އަދިވެސް ކުރިންދުވަހު ނޫރާ ދެއްކިވާހަކަތައް ތާޒާކަންމަތީގައި އެސިކުނޑީގައި ހަރުލައިފައިހުއްޓެވެ. ނޫރާ ގާތުގައި އަހައިއަހައިވެސް އޭނާ އެހެންބުނި ސަބަބެއް ނޫރާ ނުބުންޏެވެ.

މަސައްކަތުގައި މަސްއޫލުވެގެންއިން ނޫރާގެ ފޯނަށް މެސެޖެއް އައުމުން ބަލާލިއެވެ. އޭނާގެ ކެބިންއަށް އައުމަށްއެދި ޔާނިކް މެސެޖްކޮށްފައިއިންތަން ފެނުމުން ނޫރާގެ ހިތްތެޅިލިއެވެ. ކުރަންއިން މަސައްކަތް މަޑުޖައްސައިލުމަށްފަހު ނޫރާ އިންތަނުން ތެދުވެ ޔާނިކްގެ ކެބިންއާ ދިމާއަށް ހިނގައިގަތެވެ.

ކެބިންގެ ދޮރުގައި ޓަކި ޖަހައިލަމުން ނޫރާ އެތެރެއަށްވަނެވެ. އޭރު އޭނާގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައި ޔާނިކް ދެފަރާތަށް ހިނގައިލަ ހިނގައިލައި ހުއްޓެވެ. “ސަރ.” ނޫރާ މަޑުމަޑުން ޔާނިކްއަށް ގޮވައިލިއެވެ. “ނޫރާ. އާދޭ. އިނށީދޭ މިތާ.” އޭނާގެ ލެދަރ ގޮނޑީގެ ކުރިމައްޗަށް ވާގޮތަށްހުރި ދެގޮނޑީގެ ތެރެއިން ގޮނޑިއަކަށް އިޝާރާތްކޮށްލަމުން ޔާނިކް ބުނެލިއެވެ. ކިޔަމަންތެރިކަމާއެކު ނޫރާ ޔާނިކް ބުނިފަދައިން އަމަލުކުރިއެވެ. އިރުކޮޅަކު ނޫރާއަށް ބަލަންހުރުމަށްފަހު ޔާނިކްވެސް އޭނާގެ ގޮނޑީގައި އިނށީދެލިއެވެ.

“އޫމް އަހަރެން ނޫރާ މިތަނަށް މިގެނައީ ވަރަށް ބޮޑު ވާހަކައެއްދައްކަން ކަމަށް. ފަހަރެއްގަ އަހަރެންނަށް ބުނެވޭ އެއްޗަކުން ނޫރާ ހިތުގައި ޖެހުންވެސް އެކަށީގެންވޭ. އެހެންވެއްޖެނަމަ ކުރީބައިގައި އަހަރެންނަށް މައާފުކުރަން އެދެން.” އެއްނޭވައިން ޔާނިކް ބުނެނިންމައިލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ނޫރާ ބޯޖަހައިލިއެވެ.

“އަހަރެން ވަރަށް މަސައްކަތް ކޮށްފިން މިވާާހަކަ ނުދައްކައި އަހަރެންގެ ހިތުގައި ސިއްރުކުރެވޭތޯ. އެކަމަކު..” އެހިސާބަށް ބުނެފައި ޔާނިކް ހުއްޓައިލީ އެވާހަކަ ކުރިއަށްގެންދާނެ ގޮތެއް ނޭނގިގެންކަހަލައެވެ. ކެތްތެރިކަމާއެކު ޔާނިކްގެ ވާހަކަ އަޑުއަހަން ނޫރާއިނެވެ.

“ނޫރާ. އަހަރެންނަށް މައާފުކުރޭ. އަހަރެެން.. އަހަރެން މިކައިވެނި ކުރާކަށް ބޭނުމެއްނޫން.” އިސްޖަހައިލަމުން ތުންފަތުގައި ދަތްއަޅައިލުމަށްފަހު ވަރަށް ހިތްވަރުން ޔާނިކް ބުނެލިއެވެ. އިވިގެންދިޔަ ވާހަކަތަކާއެކުވެސް ނޫރާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވެގެނެއް ނުދިޔައެވެ. އޭނާއަށް މާކުރިންވެސް ޔާނިކް އެކައިވެންޏާ ދެކޮޅުހަދާނެކަން އިނގޭކަހަލައެވެ.

“ސަރ އެކަންޏެއްނޫން. އަހަރެންވެސް. ހަގީގަތުގަ އަހަރެން މިއިވެންޏާ ގަބޫލުވީ މައިންބަފައިން މަޖުބޫރުކުރީމަ.” ތަނަށްވެރިވެގެންދިޔަ ހަމަހިމޭކަން ނަގައިލަމުން ނޫރާ ބުނެލިއެވެ. ވަގުތުން އިސްޖަހައިގެންއިން ޔާނިކް އިސްއުފުލައިލަމުން ހައިރާންކަމާއެކު ނޫރާގެ މޫނަށް ބަލައިލިއެވެ. ނޫރާގެ ޖަވާބާއެކު ޔާނިކްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

“ތޭންކްސް ނޫރާ.” ޔާނިކްއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އެއްވެސް އުނދަގުލެއްނެތި މިކަން މިހައި ފަސޭހައިން ވެދާނެކަމަކަށް އޭނާހިއެއްނުކުރެއެވެ. “ސަރ އަޅުގަނޑު ވާހަކައެއް އަހައިލަންތޯ؟ ސަރ ގެ ދަށުން މަސައްކަތްކުރާ މުއައްޒިފެއްގެ ހައިސިއްޔަތަކުންނޫން. ބަޓް ކްލޯޒް ފްރެންޑެއްގެ ހައިސިއްޔަތުން.” ދެއަތް ދެއަތާ މޮޑެމުން ހިނިތުންވެލައިގެންއިނދެ ނޫރާ ބުނެލިއެވެ. އެކަމާމެދުގައި ވިސްނައިލުމަށްފަހު ޔާނިކް ބޯޖަހައިލީ އެއްބަސްވުމުގެ ގޮތުންނެވެ.

“ސަރ ކީއްވެ މިހައި ދުވަސްވީއިރުވެސް ދިރިއުޅެމެއް ނުފަށައި ތިހުންނަނީ؟” ނޫރާ އޭނާގެ ހިތުގައި އަބަދުވެސް އޮންނަ ސުވާލުކޮށްލިއެވެ. ނޫރާގެ ސުވާލާއެކު ޔާނިކް ފުންނޭވާއެއް ދޫކޮށްލިއެވެ. “އަހަރެން.. އަހަރެން ލޯބިވާ ކުއްޖެއް ހުރޭ. އޭނާއަަށް އިންތިޒާރުކުރަން ބޭނުންވަނީ. ކިތަންމެ ގިނަ ދުވަހެއްވިޔަސް.” ހިތްދަތިގޮތަކަށް ޔާނިކް ބުނެލިއެވެ. އެލޮލުގައި ބަބުޅަމުންދިޔަ ކަރުނަތަށް ފެނުމުން ނޫރާގެ ހިތުގައިވެސް ޖެހުނެވެ. “އިންޝާ ﷲ ސަރގެ ލޯބި ކާމިޔާބުވާނެ.” ނޫރާއަަށް ބުނެވުނީ އެހައިވަރަށެވެ. އިތުރަށް ބުނާނެއެއްޗެއް އޭނާގެ ސިކުނޑިއަަކަށް ނައެވެ. ޔާނިކް ހިތިގޮތަކަށް ހިނިތުންވެލިތަން ފެނުމުން ނޫރާވެސް ހިނިތުންވެލިއެވެ.

“ނޫރާ ކަންބޮޑުނުވޭ. އަހަރެން.. އަހަރެން މިކައިވެނި ހުއްޓުވާނަން.” ދުރަށް ނަޒަރު ހިންގައިލަމުން ޔާނިކް އެހެން ބުނުމުން ފުޅާ ހިނިތުންވުމަކާއެކު ނޫރާ ބޯޖަހައިލިއެވެ. އަދި ދަނީކަމަށްބުނެ އެކެބިން އިން ނުކުންނަން ހިނގައިގަތެވެ.

އޮފީސް ނިމޭގަޑި ޖެހުނުއިރު ކުރަންހުރި މަސައްކަތްވެސް ނިމުމުން މަލްހާާ ދަބަސް ހިފައިގެން ނުކުންނަން ހިނގައިގަތެވެ. އެއީ ނޫރާވެސް ދަބަސް ކޮނޑުގައި އަޅުވައިލަމުން ދޮރާއި ދިމާއަށް ހިނގައިގަތް ވަގުތެވެ. މަލްހާ ފެނުމާއެކު ތުންފަތުގައި ދަތްއަޅައިލަމުން ނޫރާ މަލްހާގެ މޫނަށް ބަލައިލީ ވާހަކައެއްބުނަން ބޭނުންވެފައިހުރި މީހަކު ފަދައިންނެވެ. އޭނާ އެކަމާއި މެދުގައި ވަރަށް ވިސްނައިފިއެވެ. އެންމެ ރަނގަޅުގޮތަކީ މަލްހާ ގާތުގައި އެވާހަކަ ބުނުންކަމަށް ވިސްނުމާާއެކު އިތުރަށް ލަސްކުރާކަށް ނޫރާ ބޭނުނެއް ނުވިއެވެ.

“މަލް. މިރޭ ފްރީވާނެތަ؟” ހިނިތުންވެލަމުން ނޫރާ އާދައިގެ ގޮތަކަށް އަހައިލިއެވެ. “ހޫމް. ފްރީވާނެ. ކިހިނެއްވީ؟” މަލްހާވެސް ނޫރާގެ ފަހަތުން އޮފީހުން ނުކުންނަމުން އަހައިލިއެވެ. “ހިނގާބަ ތަނަކަށް ކާން ގޮސްލަން މިރޭ. މަލް ގާތު ވަރަށް ބޮޑު ވާހަކައެއްވެސް ދައްކަންވެފަ އެބައޮތް.” މަލްހާ އާނއެކޭ ބުނުމުން ނޫރާ ބުނެލިއެވެ. އޯކެ އޭ ބުނެލަމުން މަލްހާ ވަގުތުން އެއްބަސްވިއެވެ. ނޫރާ އެހެންބުނީއްސުރެ މަލްހާގެ ހިތްނެގިނެގިފައި ޖެހެންފެށީ އެއީ ކޮންވާހަކައެއްކަން އިނގެން ބޭނުންވެފައިހުރި ވަރުންނެވެ. އެކަމަކު ދެން ޖެހޭނީ މިރޭ ވަންދެން ކެތްކުރަންތާއެވެ.

** ** **

“ނުވާނެ އެހެންނެއް. އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ. ރާދު.. އެންޑް ލިވީ. ނޫން ނޫން. ތީ ނޫއަށް ހީވިގޮތެއް ކަންނޭނގެ.” ނޫރާ ދެއްކިވާހަކަތަކާއެކު ދެލޯ ބޮޑުކޮށްލަމުން މަލްހާ ބުނެލިއެވެ. އެދެމީހުންތިބީ ޑައިންމޯރގެ ހިތްގައިމު މާހައުލުގައެވެ. ކުރިމަތީގައި ކެއުމަށް އޯޑަރކުރި ތަކެތި ހުރި ނަމަވެސް ދެމީހުންކުރެ އެކަކުވެސް ކާން ބޭނުންނުވެފައި އިންފަދައެވެ.

އެތަނަށް އައީއްސުރެ ހަމަހިމޭނުންއިން ނޫރާ އެންމެފަހުން ގައިގައި ނެތް ހިތްވަރު ނެރެމުން މަލްހާއަށް ހުރިހައި ވާހަކައެއް ކިޔައިދިނެވެ. ކަންތައްވީވެސް އޭނާ ހީކުރި ގޮތަށެވެ. މަލްހާ އޭނާގެ ވާހަކަ ދޮގުކުރަމުން ދިޔައީ އެކަންގަބޫލުކުރަން ބޭނުންނުވެފައިއިން މީހަކުހެންނެވެ. ދެފަރާތަށް ބޯހޫރުވަމުން އެއީ ދޮގެއްކަމަށް ބުނަމުންދިޔަ މަލްހާ އިނީ ނޫރާގެ ވާހަކަތައް އަޑުއެހުމަށްފަހު ބޮޑު ޝޮކެއްގައެވެ. އޭނާގެ ލޯބިވާ ކޮއްކޮއާއި ފިރިމީހާ އޭނާއަށް އެހައި ބޮޑު ދެރައެއްދޭންވީ ކީއްވެހެއްޔެވެ؟ އެވާނީ ނޫރާއަށް ހީވި ހީވުމަކަށެވެ. އެދެމީހުން ދެމެދު އެފަދަ މުޑުދާރު ގުޅުމެއް ނޯންނާނެކަން މަލްހާއަށް ޔަގީންވެއެވެ. އެހައިވެސް ބޮޑަށް މަލްހާ އެމީހުނަށް އިތުބާރުކުރެއެވެ.

“ގަބޫލުކޮށްބަލަ މަލް. އަހަރެންގެ މިދެލޮލެއް އަހަރެންނަކަށް އޮޅުވައެއްނުލާނެ. އެއީ ހަމަ ލިވްޔާ.” މޭޒުމަތީގައިއޮތް މަލްހާގެ އަތުގައި ހިފައިލަމުން އާދޭހުގެ ރާގަކަށް ނޫރާ ބުނެލިއެވެ. “ނޫނެކޭ ނޫނެކޭ ނޫނެކޭ. އަޅެ ނޫ އަށް އަހަރެން މިކިޔާ އެއްޗެއް އަޑު ނީވެނީތަ؟ ލިވީ ނޫޅޭނެ އެހެންނެއް. ރާދުވެސް. އަނެއްކާ ރާދު ލިވީދެކެނީ އަމިއްލަ ކޮއްކޮއެއްހެން. ދެން ކީއްވެ ރާދު އެކަހަލަ ކަމެއްކުރަންވީ؟ އަހަރެންނަކަށް ނުވިސްނުނު.” ހިތްހަމަނުޖެހިފައި މަލްހާ އޭނާގެ އަތް ދަމައިގަންނަމުން ބުނެލިއެވެ.

“އަހަރެންނަކަށް ތިއެއް ނޭނގެ. އެކަމަކު އެރޭ އެދެމީހުން..” ނޫރާއަށް ވާހަކަ ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ. “ނޫ ޕްލީޒް. ސްޓޮޕް ދިސް ނޮންސެންސް. އަހަރެން ގަބޫލެއްނުކުރާނަން. އަޑުއިވިއްޖެ. އަހަރެން ގަބޫލެއް ނުކުރާނަމޭ. އަހަރެން ބޭނުމެއްނޫން ދެން އެންމެ ހިނދުކޮޅަކުވެސް މިތާ ހުންނާކަށް. ދަނީ.” އިންތަނުން ތެދުވަމުން ނުރުހިފައި މަލްހާ ބުނެލިގޮތުން ނޫރާ ދެރަވިއެވެ. އެވާހަކަ ބުނެގެން އަނެއްކާ އޭނާއަށް މިހެދުނީ ގޯހެއްހެއްޔެވެ؟

“މަލް ޕްލީޒް.” މަލްހާގެ އަތުގައިހިފައި ހުއްޓުވަމުން ނޫރާ އެހެންބުނެލީ ހިތާމަވެރި ރާގަކަށެވެ. ނަމަވެސް ނޫރާގެ އަތުން އަތް ދަމައިގަންނަމުން ހިތްހަމަނުޖެހިފައި މަލްހާ އެތަނުން ނުކުމެގެން ދިޔައީއެވެ. އޭރު ބައެއްމީހުންގެ ނަޒަަރުތައްވަނީ އެދިމާއަށް ހުއްޓިފައެވެ. އެކަމަށް ފަރުވާލެއް ނެތި ބިލް ދެއްކުމަށްފަހު ނޫރާވެސް އެތަނުން ނުކުމެގެން ހިނގައިގަތެވެ.

“މަލް އައި ޑޯންޓް ވޯންޓް ޔޫ ޓް ރިގްރެޓް ލޭޓާރ. ކީއްވެތަ ގަބޫލް ނުކުރަނީ؟ އަހަރެންނަށް އިތުބާރު ނުކުރަނީތަ؟ އޯ ގޯޑް. ޝޯ ހަރ ދަ ޓްރޫތް ސޫން.” އަމިއްލަ އަމިއްލައަށް ވާހަކަ ދައްކަމުން ނޫރާ މަގުގެ އެއްފަރާތުން ހިނގަމުންދިޔައެވެ. މަލްހާ އޭނާ ދެއްކި ވާހަކަތައް ގަބޫލުނުކުރުމުން ހިތުގައި ޖެހުނުނަމަވެސް އެފަދަ ދަނޑިވަޅެއްގައި ކޮންމެ މީހަކަށްވެސް ވާނީ އެހެންކަން ނޫރާ ގަބޫލުކުރެއެވެ. ގެއާާއި ހިސާބަށް އާދެވުމުން ފުންނޭވާއެއްލުމަށްފަހު ހަމަޖެހިލަމުން ނޫރާ ގެއަށް ވަނެވެ.

** ** **

އޮށޯވެގެން އޮތެއްކަމަކު މަލްހާ އޮތީ ނުނިދިފައެވެ. މިރޭ ނޫރާ ދެއްކިވާހަކަތަކެއްގެ ސަބަބުން އޭނާގެ މޫޑްވަނީ އެއްކޮށް ޚަރާބުވެފައެވެ. ނޫރާ އެފަދަ ގޮތަކަށް ވިސްނީތީވެސް މަލްހާ ހައިރާންވެއެވެ. ލިވްޔާ އެހެންއުޅެންވީ ސަބަބެއް މަލްހާ އަކަށް ނުވިސްނެއެވެ. ގައިމު ރާއިދަށްވުރެ މާރީތި ރަނގަޅު މީހުން ލިވްޔާއަށް ވާނޭކަން ކަށަވަރެވެ. ދެންއެހެންވީއިރު ލިވްޔާ އެހެން އުޅުމުގެ ބޭނުމެއްނެތެވެ. އެހެންނޫނަސް އަމިއްލަ ދައްތަގެ އުފާތަކަށް އަރައިގަންނާނީ ކާކުހެއްޔެވެ؟

މަލްހާއަށް ހެވުނެވެ. އެވާނީ ނޫރާއަށް އޮޅުނީކަމަށެވެ. އެއްވައްތަރު މީހުން އުޅޭނޫންހެއްޔެވެ؟ އަނެއްކޮޅުން ރޭގަނޑުގެ އެވަގުތު ރާއިދް ލިވްޔާ ގޮވައިގެން އާޓިފިޝަލް ބީޗަށް ދާންވީ ކީއްކުރަންހެއްޔެވެ؟ ރާއިދަކީ ނުލާހިކު ބިޒީކޮށް އުޅޭ މީހެކެވެ. އެބުނާ ރެއަކުވެސް ރާއިދް ދިޔައީ އޮފީހުގައި ކޮންމެހެން ނިންމަންވެފައިއޮތް މަސައްކަތެއް އޮތުމުންނެވެ.

ދެފަރާތަށް ބޯހޫރުވައިލަމުން މަލްހާ ނިތުގައި މަޑުމަޑުން ފިރުމައިލިއެވެ. ބޭކާރު ކަންތަކައި މިހައި ވަރަށް ވިސްނުމުގެ ބޭނުމެއްނެތެވެ. އެކަން ސިކުނޑިންނެރެ އެއްލައިލަމުން ފާޚާނައިން ނުކުތް ރާއިދާއި ދިމާއަށް މަލްހާ ހިނިތުންވެލިއެވެ. ބަދަލުގައި ރާއިދްވެސް ހިނިތުންވެލަމުން އައިސް މަލްހާ ގާތުގައި އޮށޯވެލިއެވެ.

އިރުގަނޑަކު އެހެން އޮތުމަށްފަހު ރާއިދް އެނދުން ތެދުވީ މަލްހާއަށް ނިދުނުކަން ޔަގީންވުމުންނެވެ. މަލްހާގެ މޫނަށް ބަލަން އިނުމަށްފަހު އެނދުން ފައިބަމުން ރާއިދް ކޮޓަރީގެ ދޮރާއި ދިމާއަށް ލަސްފިޔަވަޅުތަކެއްގައި ހިނގައިގަތެވެ.

ސިޓިންގްރޫމްގައި ރާއިދްގެ އިންތިޒާރުގައިއިން ލިވްޔާ ރާއިދް ފެނުމާއެކު ފުންމައިގެން ތެދުވަމުން ދުވެފައިކަހަލަ ގޮތަކަށްގޮސް ރާއިދްގެ ގައިގައި އޮޅުލައިގަތެވެ. ރާއިދްވެސް އޭނާގެ ބާރުގަދަ ދެއަތުގެ ތެރެއަށް ލިވްޔާ ލަމުން މަޑުހިނގުމެއްގައިގޮސް ސޯފާގައި އިނށީދެލިއެވެ.

“ކީއްވެ މިއަދު އަހަރެން ބަލައިނައީ؟ ވަރަށް ދެރަވި އެކަނި އަންނަން ޖެހުނީމަ” ތުއިގޮތަކަށް ރާއިދްގެ އުނގަށްއަރައި އޭނާގެ ކަރުގައި އަތްވަށައިލަމުން ލިވްޔާ ޝަކުވާކޮށްލިއެވެ. “ސޮރީ ލޯބީ. ބިޒީކަމުން ހަމަ ނުދެވުނީ.” ލިވްޔާގެ އިސްތަށިގަނޑާއި ކުޅެލަމުން ރާާއިދް ބުނެލިއެވެ. “އިޓްސް އޯކޭ. އެކަމު ބިޒީވިއަސް އެޓްލީސްޓް އަހަރެންގެ މެސެޖަށް ރިޕްލައި ކޮށްލިނަމަ. ކިހާއިރަކު އަހަރެންހުރިން ރާދު އާދެތޯ.” ތުންކޮޅު ދަމައިލަމުން ލިވްޔާ ބުނެލިގޮތުން ރާއިދަށް ހެވުނެވެ. “ސޮރީ. ދެން އެހެނެއް ނުވާނެ.” ކަންފަތު ފޫޅުގަނޑުގައި އަތުން ކުޑަކޮށް ހިފައިލަމުން ރާއިދް މައާފަށް އެދުނެވެ.

ބިރުވެރި ހުވަފެނެއް ފެނިގެން ހޭލެވުނު މަލްހާ ސިހިފައި އެނދުން ތެދުވަމުން އިނށީދެލިއެވެ. ނޭވާހަމައަކަށް އަޅުވަން މަސައްކަތްކުރަމުން މޫނުމަތީގައި ހިއްލައިފައިހުރި ދާތިކިތައް އަތުގެ ނުފުށުން މަލްހާ ފުހެލިއެވެ. ބިރުގެންފައިއިންވަރުން ރާއިދާއި ވީދިމާއަށް މަލްހާ އެނބުރިލީ ރާއިދްގެ ހިމާޔަތްތެރިކަން ބޭނުންވެފައިއިންލެއް ބޮޑުކަމުންނެވެ.

ހުސްކޮށްއޮތް އެނދުގެ އެފަޅިފެނުމުން މަލްހާގެ ނިތަށް ރޫއަރައިގެން ދިޔައެވެ. ފާޚާނާގައި ރާއިދް ވެދާނެކަމަށް ހިތައި މަޑުމަޑުން އެނދުން ތެދުވަމުން ފާޚާނާއާއި ދިމާއަށް މަލްހާ ހިނގައިގަތެވެ. ނަމަވެސް އެތަނުގައިވެސް ރާއިދްގެ އެއްްވެސް ހިލަމެއްނެތެވެ. ހައިރާންކަމާއެކު ވަށައިގެން ކޮޓަރިތެރެ މަލްހާ ހޯދައިލިއެވެ. އޭރު ދެންމެ ފެނުނު ހުވަފެންމަތިންވެސް އޭނާ ހަނދާންނެތްފަދައެވެ.

ކުއްލިއަކަށް ކަންފަތުގައިޖެހުނު އަންހެންކުއްޖެއްގެ މަޑު ހުނުމުގެ އަޑުން މަލްހާ އެނބުރި ކޮޓަރީގެ ދޮރާއި ދިމާއަށް ބަލައިލިއެވެ. އިރުކޮަޅަކު އަޑުއަހަން ހުރެފައި އެދިމާއަށް އޭނާ ހިނގައިގަތީ އަޑުއަންނަނީ ކޮޓަރީގެ ބޭރުންކަން ޔަގީންވުމުންނެވެ. މިއޮއް ދަންގަޑީގައި ހޭލައި އެއުޅެނީ ކާކު ހެއްޔެވެ؟

އެއަޑުއަހަން ހުރުމަށްފަހު މަޑުމަޑުން ދޮރު ހުޅުވައިލަމުން މަލްހާ ބޭރަށް ނުކުތީ އެއީ ލިވްޔާގެ އަޑުހެން ހީވެގެންނެވެ. ލަސްފިޔަވަޅުތަކެއްގައިިގޮސް ސިޓިންގް ރޫމްގެ ދޮރުމައްޗަށްއެރި މަލްހާގެ ދެލޯބޮޑުވެގެން ދިއުމާއެކު އަނގަ ތަންމިނަށް ހުޅުވިގެންދިޔައީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރުތައް ގަބޫލުކުރަން އުނދަގޫވީވަރުންނެވެ. އެއާއެކު ނޫރާ ދެއްކި ވާހަކަތައް އޭނާގެ ސިކުނޑިއަށް ވެެރިވެގެންދިޔައެވެ. ހުއްޓުމެއްނެތި ދެލޮލުން ކަރުނަ އޮހޮރެންފެށިއިރު އައިސްފައިވާ ގަދަރުޅިން މަލްހާ ތުރުތުރުއަޅަމުން ދިޔައެވެ. ކޮންފަދަބޮޑު އޮޅުވައިލުމެއް ހެއްޔެވެ؟

“ލިވްޔާ.” މަލްހާގެ ބާރު ހަޅޭކުގެ އަޑު މުޅި ގޭގައި ގުގުމައިގެން ދިޔައެވެ. ރާއިދްގެ އުނގުގައި އޭނާގެ މޭގައި ބޯއަޅައިގެންއޮތް ލިވްޔާ ސިހިފައި އެއަޑަށް އިސްއުފުލައިލައި ބަލައިލިއެވެ. ތެޅިގަންނަމުން ރާއިދަށްވެސް ލިވްޔާ ދުރަށްޖައްސައިލުމަށްފަހު އިންތަނުން ތެދުވެވުނުގޮތްވެސް ނޭނގުނެވެ.

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އަނދިރި ދުވަސްތަށް.

Next

ޝީން(ސަތާރަވަނަ ބައި)

Next
March 14, 2018

ޝީން(ސަތާރަވަނަ ބައި)

Previews
March 14, 2018

އަނދިރި ދުވަސްތަށް.

62 Comments!

  1. Aki says:
    March 14, 2018 at 2:09 pm

    up vitho belunu adhadhu ves neyge

    1. Nau says:
      March 14, 2018 at 2:18 pm

      Alhey dear sry lasvyma..

  2. Nau says:
    March 14, 2018 at 2:20 pm

    Salaam all.. Here is the 13th part. Hope u guys will like this part too.. Nxt part in sha allah tmrw.. Enjoy reading.. Finally.. Mal ah bust vy dhw.. Hehe.. Lets see wat hppns dhn.. Kyp waiting.. N hv a nice day all.. Ly so much my dears. ❤?

    1. reader says:
      March 14, 2018 at 4:27 pm

      Heyy maa avahah shey thi bust kolly.. Ekam ves reethi ingey varah… That’s my opinion ingeyy.Next part ga bust kolli nama miah vure furihama ves kanneynge

    2. Nau says:
      March 15, 2018 at 9:25 am

      Hehe hmm lets see dhw.. Thanks alot dear❤

    3. writer says:
      March 14, 2018 at 5:04 pm

      E reader evedhaane ehnu liviyaa ge nightmare akh vxx dhw nau

    4. Nau says:
      March 15, 2018 at 9:27 am

      Hehe ya hama vedhaane.. Thanks dear❤

  3. Aroo says:
    March 14, 2018 at 2:21 pm

    Varah reethi.when next

    1. Nau says:
      March 14, 2018 at 2:21 pm

      Thanks dear.. In sha allah tmrw ❤

  4. IShan says:
    March 14, 2018 at 2:21 pm

    Nice story Nau

    1. Nau says:
      March 14, 2018 at 2:22 pm

      Thanks dear❤

  5. Axy says:
    March 14, 2018 at 2:22 pm

    He he he hama bala balaa mi hunnaanee kiyaafa comment kuraanan ⭐

    1. Nau says:
      March 14, 2018 at 2:23 pm

      Yes dear. Hehe.. ?

  6. Pinky says:
    March 14, 2018 at 2:25 pm

    Bala bala huhtaa up kohly v v nice when next part

    1. Nau says:
      March 15, 2018 at 9:22 am

      Hehe thanks dear.. In sha allah tday.. Type koh nimunuhaa avahah up kuraanan❤

  7. Ainth says:
    March 14, 2018 at 2:26 pm

    Woooow nice v v reethi mihaaru mimujuthamauga oiy enme bodu vabaayaky mee fihimeehaa ge beyvafsathethi kan

    1. Nau says:
      March 15, 2018 at 9:23 am

      Hehe.. Thanks my dear❤

  8. Any says:
    March 14, 2018 at 2:37 pm

    Alhey hadha reethihisabakun minimuny v very nice igey ???

    1. Nau says:
      March 15, 2018 at 9:23 am

      Aan dhw.. Kyp waiting. Hehe.. Thanks dear❤

  9. neem says:
    March 14, 2018 at 2:51 pm

    Mal n yaanik gulhuvaba

    1. Nau says:
      March 15, 2018 at 9:23 am

      Lets see.. Thanks dear❤

  10. Fathun says:
    March 14, 2018 at 2:55 pm

    Wow.v v reethi.. avahah yaanik n mal lgulhuvaba…

    1. Nau says:
      March 15, 2018 at 9:24 am

      Thanks alot dear.. Lets see❤

  11. Axy says:
    March 14, 2018 at 2:56 pm

    Inshaallah nau haadha molhey vaahaka liyan Thanks ???????
    V reethi hisaabakun e nimunee ??????
    Dhen kuriah genas dhey bai mi ah vure ves dhigu kohlla chey igey
    ☺☺☺☺☺☺♥♥♥♥♥♥

    1. Nau says:
      March 15, 2018 at 9:24 am

      Yes dear i will in sha allah.. Thanks alot❤

  12. EHLEE says:
    March 14, 2018 at 2:57 pm

    Aleeyy v exited ehbah veyy

    1. Nau says:
      March 15, 2018 at 9:24 am

      Hehe thanks my dear❤

  13. Saaee says:
    March 14, 2018 at 3:06 pm

    V salhi. Aneh bai avahah upload Koh dhehchey

  14. Zaaraa says:
    March 14, 2018 at 3:13 pm

    Story v reethi ?? Mal n yanik pls ??? livyaa ulhy vahtharu dhen v foohi livya n raidh ah ekamuge hithi adhi fennaane dhow??? waiting for next part

  15. Hairaan says:
    March 14, 2018 at 3:34 pm

    ❤❤❤❤varah reethi ❤❤❤❤mihaaru Esfiya in kiyaa ehme ??????

  16. Niu says:
    March 14, 2018 at 3:35 pm

    Haaaadha reechey
    Well done
    V reethi vaahaka genesdheh goiy

  17. Twingirl says:
    March 14, 2018 at 3:49 pm

    Alheyy vv rythi. .. keep it up. .. waiting waiting story ah???

  18. Ibsha says:
    March 14, 2018 at 3:59 pm

    ????⚘??❤?varah reethi! Alhe haaha kurey..next part avas kohlaadhy

  19. Shann says:
    March 14, 2018 at 4:09 pm

    Wow nau haadha ryhchey mibaives… Bayakah vure baeh furihamaey hama buneveyny… Nau ge khonme story eh ves hama ehvanaey buneveyny… Mi story ves v v furihama..

  20. Eleven says:
    March 14, 2018 at 4:10 pm

    V.reethi♡♡

    1. Nau says:
      March 15, 2018 at 9:25 am

      Thanks dear❤

  21. Luba says:
    March 14, 2018 at 4:38 pm

    Mi baives varah rythi masha allah .. .. nau ge masahkathugaa barakaiyy lahvaashi aameen ? …. mal aa yanik gulhuvaalaa eyrah rythi vaanii

    1. Nau says:
      March 15, 2018 at 9:26 am

      Awwn thanks alot my dear.. Lets see❤

  22. Mona says:
    March 14, 2018 at 4:44 pm

    Wow….miadhu one part plx plx plx

    1. Nau says:
      March 15, 2018 at 9:27 am

      Alhey so sry dear.. Bxy vyma ingey.. In sha allah tday up kuraanan.. Thanks alot dear❤

  23. Hawwi says:
    March 14, 2018 at 5:31 pm

    Ma sha allah v furihama .. ekamakuvaadhw ? avee ah hama saabass nikan foohivey ???

    1. Nau says:
      March 15, 2018 at 9:27 am

      Hehe thanks alot my dear❤

  24. Pinky shifoo says:
    March 14, 2018 at 5:32 pm

    Woww ❤️❤️❤️… Mi part vx v loabi Maasha Allah ❤️❤️❤️… Finally mal ah bust v dhw ???… Hehhe… Nasybehnu ingunukan… As usual mi part vx hama awesome ???… Nau ge “thiya loabi ge hahgugaa” it was mind blowing ???… V v v reethi Maasha Allah… I haven’t comment bt I read the whole story ???… That was one of the best story that I have read in esfiya ???… N v faahagakohlevey Nau ge stories thakuga sifakurunthah v v v v furihama Maasha Allah ❤️❤️❤️… Hama superb ???… Heheheh… Curiously waiting for the next part ???… Lots of love and take care Nau ❤️❤️❤️????????????

    1. Nau says:
      March 15, 2018 at 9:29 am

      Awnn thank u sooooo soooo soooo much dear.. V happy vehje.. Hehe.. Thanks for the support ur giving.. Lots of love n tvgc.. ❤

  25. Mary says:
    March 14, 2018 at 5:53 pm

    V habeys, next part?

    1. Nau says:
      March 15, 2018 at 9:29 am

      In sha allah tday.. Thanks dear❤

  26. Sharu says:
    March 14, 2018 at 6:18 pm

    Nau vaahaka varah reethi ???????? next part thahkolheh dhigukoh genes dhehchey ???

    1. Nau says:
      March 15, 2018 at 9:29 am

      Yes dear in sha allah.. Thanks alot❤

  27. Nashth says:
    March 14, 2018 at 6:36 pm

    Huvafeneh dhw mal ah fehna

    1. Nau says:
      March 15, 2018 at 9:30 am

      Hmm hama vedhaane thihen kamahvx.. Lets see dhw.. Nxt part kyma dhn ingeyny.. Hehe.. Thanks dear❤

  28. Swety says:
    March 14, 2018 at 8:55 pm

    Hahaha ithubaaru ves kuran vaanee vaki varakah…noonee mall ah mi libey ladu libeynee

    1. Nau says:
      March 15, 2018 at 9:31 am

      Yes dear ur ryt.. We shudnt trust blindly to anyone nw a days.. Btw thanks dear❤

  29. Shai says:
    March 14, 2018 at 11:04 pm

    Wow varah reethi

    1. Nau says:
      March 15, 2018 at 9:31 am

      Thanks alot dear❤

  30. aisha says:
    March 15, 2018 at 8:13 am

    vvvv rythi??❤????

    1. Nau says:
      March 15, 2018 at 9:31 am

      Thanks alot dear❤

  31. Cuty saami says:
    March 15, 2018 at 10:16 am

    Miadhu kihaa irakun up kohdheveynee

  32. Sweety says:
    March 15, 2018 at 11:21 am

    When next part

  33. Anonymous says:
    March 15, 2018 at 12:25 pm

    Varah reethi…Avahah nxt prt upkollaba.

  34. Queen angela? says:
    March 15, 2018 at 12:41 pm

    Masha Allah..v reethi …u have the talent..keep up the good work..?

  35. haner says:
    March 15, 2018 at 1:28 pm

    speechless
    next part thankolheh dhigu kohladhyba
    ?please

  36. Meee says:
    March 15, 2018 at 1:38 pm

    Alhe huvafenakah nvaane….mal ah evaru dhera eh dheyn heyo vx nuvaanen …nau stry vvvvvvvvvvv furihama mashaa Allah waiting for the next part ???????

Comments are closed.


All Right Reserved!