Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން(ސޯޅަވަނަ ބައި)

Marie Level 210 Stories100 Login100 Comments
March 13, 2018 5 Mins Read
15 Comments

ގަރުދިޔަ ކެކޭ ވަސް ދުވަން ފެށުމާއެކު ޝީން އަށް އޯކާދެމޭގޮތް ވާން ފެށިއެވެ. އުދުން ކައިރީ ހުއްޓިލައިގެންހުރި ނަފީސާ ޝިން އަށް ބަލައިލީ ވާނުވާނޭގިއެވެ.
ގަރުދިޔައަކީ އަބަދުވެސް ޝީން އަށް ވަރައް މީރު އެއްޗެކެވެ.
ނަމަވެސް މިއަދު އެހެން ވާންވީ ސަބަބެއްނޭގުނެވެ.

އަނގަ މަތީ އަތް އަޅަމުން ޝީން ދުއްވައި ގަތީ ކޮޓަރިއާއި ދިމާލަށެވެ. ޝީން ދިއުމުން ނަފީސާ އިރުކޮޅަކު ބަލަހައްޓައިގެން ހުރުމައްފަހު ހިގައިގަތެވެ.
ނަފީސާއައިސް އެކޮޓަރިއަށް ވަތްއިރުވެސް ޝިން ފާހާނާ ތެރޭ ހޮޑުލާއަޑު އިވެއެވެ.
ކިހިނެއްވީ ….” ނަފީސާ ޝިން އަތައް ފެންތަށި ދިއްކޮއްލަމުން ބުނެލިއެވެ. ވަރައް ބަނޑުހައިވެފަ ހުރީ އެހެންވެ ކަންނޭގެ” ޝީން ފެންކޯވަރެއް ބޯލުމައްފަހު ނަފީސާ އަތައް ތަށިދިއްކޮއްލަމުން ބުނެލިއެވެ.
ނަމަވެސް ނަފީސާގެ ހިތައް އުދަގޫ ވާން ފެށިއެވެ.އަނެއްކަ ޝިން ބަނޑުބޮޑީތަ” ނޫން … ނޫން …” އަހަރެން މިކަހަލަ ގޮތަކައް ވިސްނައިން ވެސް ނުވާނެ”
މިދަނޑިވަޅު އެކަހަލަ ކަމެއް ކުރިމަތީ ވެއްޖާ އެފަކިރު ދުވަސް ދާނެ”
ނަފީސާގެ ހިތައް އަރަމުން ދިޔަކަމަކުން ނަފީސާއަށް ޝީން އާއި ދޭތެރޭ ވިސްނާލެވުނެވެ.
ދައްތާ ކިހިނެއްވެފަ” ޝީން ކޮޓަރިން ނިކުންނަން އައިއިރުވެސް ނަފީސާ ހުރިގޮތައް ހުއްޓިލައިގެން ހުރުމުން ބުނެލިއެވެ.
ޝިން އެހެން ބުނެލުމާއެކު ނަފީސާއަށް ތެޅިގަނެވުނެވެ “ނުވޭ ” ނުވޭ ކަމެއް’ހިނގާ އަވަހައް އެއްޗެއްކާލަންދާން” އޭރައް ރަގަޅުވެދާނެ
ނަފީސާ އެހެން ބުނެ ޝިންގެ އަތުގައި ހިފާލައިގެން އައިސް ކާގެއަށް ވަނެވެ.
“ކޮންކަހަލަ މަހެއްގަ މިއަދު ދައްތަ ތި ގަރުދިޔަ ކެއްކީ” ހާދަ ނުބައި ވަސް ދުވަޔޭ” ޝީން ނޭފަތް މަތީ އަތް އަޅަމުން ބުނެލިއެވެ.
ޝިންގެ އެ ޖުމްލައިން ވެސް ނަފީސާއަށްނޭވާ ހިފަހައްޓާލަން މަޖްބޫރް ވިއެވެ. ހަމަ ހަގީ ގަތުގައިވެސް ޝީން ބަނޑު ބޮޑި ހެއްޔެވެ.
ޝިން ކޮންއިރަކު ތިގޮތައް ހޮނޑު ލަވަން ފެށީ ” ނަފީސާ އެންމެ ފަހުން ނުހުރެވިގެން އަހާލިއެވެ.
ރޭގަވެސް ހުރީ ބޯއަބުރާ ގޮތްވެފަ ” ހީކުރީ ހޭލާއިރައް ރަގަޅުވެފަ ކަމައް ހުންނާނީ”އެއްވެސް ހިޔާލެއް ފިކުރެއްނެތި ޝީން ބުނެލިއެވެ.
ޝީން ބަނޑު ބޮޑީތަ؟ ނަފީސާ އެންމެ ފަހުން ބުނެލިއެވ.
” ނަފީސާ އެހެން ބުނެލުމުން ޝިން އަށް ދެލޯ ބޮޑު ކޮއްލެވުނެވެ. މީހާ ގަބުވިއެވެ.
އެހެން އެކަން ވެއްޖެނަމަ ޝިންގެ ބޮޑު ސިއްރު ބޭޒާރުވާނެއެެވ.
ނޫން ދައްތާ…. ނޫން”’ އަހަރެން ބަނޑު ބޮޑެއް ނޫން “ޝީން ތުރުތުރު އަޅަން ފެށިއެވެ. ޝިން ގެ ލޯ ކުރިމަތިން އެރޭގެ މަންޒަރުތައް ސިފަ ވާން ފެށިއެވެ. ހަމަޖެހިބަލަ ދަރިފުޅާ ” ނަފީސާ ވަރައް ލޯބިން ޝިން ގެނެސް ކައިރިކޮއްލަމުން ބުނެލިއެވ.

ހިނގާ އަރާމް ކޮއްލަން ދާން އޭރައް ރަގަޅުވެދާނެ ”
އެދުވަހު ބާކީބައިގައި އެކަހަލަ އެއްވެސް ގޮތެއް ނުވުން ޝީންއެކޭ އެއްގޮތައް ނަފީސާ ވެސް ހިތް ހަމަޖެހިލިއެވެ.
ޝީން ދެން ކިހިނެއް ހަދަން ވިސްނަނީ” މުޅިއުމުރައް އަލޫކް އިންތިޒާރުގައި ހުންނާނީތަ” ދައްތަ މިހެން މިބުނީ ދައްތަ ނޭދެން ޝީން އަށްދެރައެއްލިބޭކައް ދައްތަ ދެކެނީ ޝީންތީ ދައްތަގެ އުފަން ދަރިއެއްކަމައް” ނަފީސާ ޝީންކައިރީ އިށީދެލަމުން ބުނެލިއެވެ.
އަހަރެން ދެން އަލޫކްއަށް އިންތިޒާރު ކުރާކައް ބޭނުމެއް ނޫން އަހަރެން ބޭނުންވަނީ ވަރިވާން ” ޝީންގެ ހިތުގައި އޮތްގޮތައް އެއްވެސް ފޮރުވުމެއްނެތި ޝީން ބުނެލިއެވެ.
އެއީ މިހާރު ނަފީސާ ވެސް ބޭނުންވާ ގޮތެވެ.މުޅިއުމުރު އެކަހަލަ މަކަރު ވެރިއެއްގެ އަތްދަށުގައި ހައްޔަރުވެ އިނުމައްވުރެ އަލުން ކުރިއަށް ދާން ވީއެވެ.
ވާހަކާގައި ތިބެފައި ނަފީސާވެސް ގަޑިބަލާލަމުން ތެދުވިއެވެ. ދައްތަ މިދަނީ “ދައްތަމިދަނީ ޔޫންބަލާ ސުކޫލް ދޮށައް ދެންއަރާމްކޮއްލާ ނަފީސާ އަމިއްލ ދަރިއެއްކައިރީ ބުނާހާ ލޯބިން ޝީން ގާތު އެހެން ބުނެލުމައްފަހު ނިކުމެގެންދިޔައެވެ.
އެދުވަހު ބާކީބައިގައި އެކަހަލަ އެއްވެސް ގޮތެއް ނުވުން ޝީންއެކޭ އެއްގޮތައް ނަފީސާ ވެސް ހިތް ހަމަޖެހިލިއެވެ.

ހެދުނު އޮފީހައް ދިއުމައް ލާނެ ހެދުމެއް އިސްތިރިކޮއް
ހުރިހަކަމެއް ނިމުމުން ނިދީގެ އަރާމުކަން ލިބިގަތުމައް ޝިން ތައްޔާރުވެލިއެވެ.
އެސްފިޔަތަކައް ބަރުވަމުން ދިޔަގަޑީގައި އަޔާޒް ގެ ތަސްވީރު ކުލަ ފޮޓޯއެއްހެން ފެންނަމުންދިޔައެވެ.

އާދުވަހަކައް އިރުގެ ދޯދިތައް ދުނިޔެ މައްޗައް ފެތުރެމުން ދިޔައެވެ.
އެހެންދުވަސް ތަކެކޭ އެއްގޮތައް މިއަދުވެސް ޝީން އޮފީހައް އައީ ތަންކޮޅެއް އަވަހަށެވެ.
ޝީން އަށް އޮފީސްތެރެއަށް ވަދެވުން އިރު އަޔަންވެސް އޮފީހައް ވަންނަނީއެވެ.
ހުދުގަމީހަކާއި ކަޅު ފަޓްލޫނަށް އިތުރުފުރިހަމަ ކަމެއް ކަރުގައި އަޅާފައިވާ ނޭވީބުލޫ ޓައިއިން ގެނެސްދެއެވެ.

ޝީން ވަރައް އަވަހައް ކެބިންނައް އާދެބަލަ” އާޔަން އެތެރެއަށްވަދެ ގޮނޑީގައި ހަޖެހިލަމުން ޝީންއަށް ގުޅާލާފައި ބުނެލިއެވެ.
ޔެސް… ސާރ..
ޝީން އެހެން ބުނުމައްފަހު ގޮނޑިން ތެދުވެގެން އައިސް އާޔަންގެ ކެބިންނައް ވަނެވެ.
އިށީދޭ..
“މިއަދުން ފެށިގެން އަހަރެންގެ ހުރިހާ މީޓިއިންގް ތަކެއްގައި ޝީން ބައިވެރި ކުރަން އަހަރެން ބޭނުން ” ކުރިން އެކަމާ ހަވާލް ވެ ހުރިކުއއްޖާ އަށް ދެން އޮފީހައް އާދެވެން ނެތީމަ މިހެން މިހެދީ” އާޔަން ހުރިހާ ވާހަކައެއްދެއްކި އިރުވެސް ގިނަފަހަރު އިދެވެނީ ޝީން އަށް ނަޒަރު ހުއްޓައިލައިގެންނެވެ.
މެންދުރުފަހު އޮތް ހުރިހާ މީޓިންގް ތަކެއްގައިވެސް އާޔަން ޝީން ބައިވެރިކުރިއެވެ.
ޝިން ބޮލުގައި އިތުރު މަސްއޫލިއްޔަތެއް އެޅިގެންދިޔައެވެ.ނަމަވެސް ޝީން އެކަމާ އެހާ ބޮޑު އަޅަލުމެއްބަހައްޓާކައް ބޭނުމެއް ނޫނެވެ.
ގިނައިރު މަސައްކަތުގައި އިނުމުން ކަންތައްތަކާ ވިސްނާ ފިކުރުކުރަން ޝީން އަށް ވަގުތެއްނުވެއެވެ.
އެއީ މިހާރު ޝީން ބޭނުންވާ ގޮތެވެ.
ހުރިހާ ކަމެއް ނިންމާފައި މިއަދު ޝީން އަށް ގެއައް އާދެވނީ ވަރައް ލަސްވިފަހުންނެވެ.
ވަރުބަލިވެފަ ހުއްޓަސް ޝީން އެއްޗެހިބަދަލްކޮއްލައިގެން އައިސް ޝީން ނަފީސާ އަށް އެހީތެރިވާން އުޅުނެވެ.
އެގަޑިގައި ޝީންގެ ފޯން ރިނގް ވާންފެށިއެވެ.
ފޯންނަގާ ސްކްރީން ބަލާލުމާއެކު ޝީންގެ މޫނުމަތި އުޖާލާވެގެންދިޔައެވެ. ގުޅަނީ ޒާނާއެވެ.ކޯސް ނިމުމައްފަހު ޒާނާ ރަށައްގޮސް އެބުރި މާލެއައިސް ޝީން އަށް ގުޅާލީއެވެ.
ޝޮރީ އިނގޭ ” ވަރައްދެރަވި ޝީންގެ ވެޑިންގަ ނުހުރެވުނީމަ” އެކަމަކު މިހާރު މިހިރީ މާލޭގަ “މާދަން މިއުޅެނީ މަންމަ ބަލިވެގެން ބޭރައްދަން ފުރަންވެގެން” އެހެންވީމަ އަލޫކް ކައިރީ ބުނޭ މިރޭ އަހަރެން ނައް ކައިވެނި ސައިދެން އަންނާށޭ”
ޒާނާ އެއްފައްޗައް ހުރިހާ ވާހަކަތަކެއްދެއްކިއިރު ޝީންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އާދެއެވެ.
ކިހިނެއްވީ ޝީން “ޝީން ރޮނީކަން އެގުމުން ޒާނާ ވަރައް ހާސްވިއެވެ. އަހަރެން ބޭނުން ޝީންއާ މިރޭ ދިމާކުރަން ތައްޔާރުވޭ މިދަނީ ބަލާ” ކޮންގެއަކު ތިއުޅެނީ ” ޝީން އަޔާޒްމެންގެ ގޭގައިކަންއެގުމުން ޝީން އަށް އަގައިން ބުނާނެ ފުރުސަތެއްވެސް ނުދީ ޒާނާ ފޯންކަޑާލިއެވެ.
ޝީން ކޮޓަރިއަށް ވަދެ ކުޑަގޮތެއްހަދާލައިގެން ނިކުންއިރުއިރު ޒާނާހުރީ އައިއްސައެވެ.

ނަފީސާގާތު އެބައަންނަން ކަމައްބުނެ ދެރަހުމަތްތެރިން ނިކުތެވެ.
ޒާނާ ޝީން ގޮވައިގެންގޮސްވަނީ ލެމަންގުރާސްއަށެވެ.
މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޝީންގެ ހަޔާތައް ވަރައްބޮޑު ކަމެއް ދިމާވެއްޖެ ކަން ޝީންގެ މިޒާޖައްއައިސްފައިވާ ބޮޑު ބަދަލްއިންވެސް ޒާނާއަށް އެގުނެވެ.
“ދެން ބުނެބަލަ ޝީން ” ޝިން ހުރިހާވާހަކައެއް ކިޔަދީ ނިމުންއިރު ޒާނަ އަށްވެސް ޝީންއާއި އަޔާޒްއާދެމެދު ހިގިކަންތައް ސިއްރު ކުރިއެވެ.
ހާދަ ދެރަގޮތެކޭ ތިދިމާވީ އަހަރެން ވަރައް ދެރަވެއްޖެ”
ޒާނާ ޝީންގެ ހާލައް ހަމްދަރުދީ ވަމުން ބުނެލިއެވެ.
ޢަހަރެންގެ އެއްވެސް މީހެއްމިހާރަކުނެއް” އަޔާގެ މަންމަ އަހަރެންނައް އެހީނުވާނަަމަ އަހަރެން އުޅޭނެ ގޮތެެއްވެސްނޭގެ”
ޝީން ކަރުނަ ފޮހެލަމުން ބުނެލިއެވެ.
ކޮބާ އަޔާ؟
ޒާނާ ކުއްލިއަކައް އެއްޗެއްހަދާންވާގޮތަކައް ބުނެލިއެވެ.
ޢަޔާވެސް ނޭގެ”އޭނަވެސް އަހަރެން ހާލުގަ ޖެހުނު ދުވަހު އެކަނިކޮއްލާފަ ގޮއްސި” ދިޔަފަހުން އަހަރެންނައް ހަބަރެއްނުވޭ”
ޝީން އިސްޖަހާލަމުން ބުނެލިއެވެ.
ޝީންމެންގެ ފަހަތުގައި އިން އާޔަން އަށް އެއްލިކަޅިއަކުން ޝީން ލޮލުގައި އަޅައިގަތެވެ.
“އުހޫޫޫމް……
ޢެންމެ ރަގަޅުތަ އަހަރެން މިތާ އިށީންދެލިޔަސް” ވާނުވާ ނޭންގިއިން ޒާނާ ޝީންއަށްބަލާލިއެވެ.
އިށީންދޭ”ޝީން ކަރުކެލަމުން އަޑުރަގަޅުކުރަމުން ބުނެލިއެވެ.
ޢަހަރެން މީ ޝީންގެ ވަރައްގާތް ފުރެންޑެއް” އާޔަން ހިނިތުންވެލަމުން އަމިއްލަ އަށް ތައާރފް ވެލިއެވެ.
އާޔަންއަށް އެގަޑީގައިވެސް ޝިން ރޮއިފައި އިންކަންއެގުނެވެ.
އާޔަން ކީކުރަނީ މިތާ”ޝީން ހަމަޖެހޭ ގޮތްދައްކާމުން ބުނެލިއެވެ.
މިތަނައްމީހުން އަންނަނީ ކާކައްނު.. އާޔަން އެހެން ބުނެލުމުން ޒާނާއަށްވެސް ހެވުނެވެ.
” ޝިންއަށް ގުޅަން އުޅުނީ އެކަމް އޮފީސް ނިންމާފަ މާފަހުން ދިޔައީމަ ނުގުޅީ
“ތިގޭގަ ނުކައްކަނީތަ” ޒާނާ ވަރައް މަޖާވެލާފައި ބުނެލިއެވެ
“ޢަހަރެންނަަކައް ނޭގޭ ކައްކާކައް ” އާޔަންގެ ޖަވާބުން ޝީން ބަލާލިއެވެ.
މިހުރިހާދުވަސް ވީއިރު އާޔަންގެ އަމިއްލަ ކަމަކާ ބެހޭގޮތުން ޝިން ސުވާލެއް ނުކުރެއެވެ.. “އާޔަންގެ މަންމަ ކޮބާ؟ ފުރަތަމަ ފަހަރައް ޝީން އާޔަންއާ ސުވާލް ކޮއްލުމުން އާޔަން ވަރައްހިތްހަމަޖެހުނެވެ.
ޢަހަރެން މަންމަމެން ދިރިއުޅެނީ ރައްޖޭން ބޭރުގަ” އަހަރެން އެހާއުޅޭ ހިތެއްނުވޭ ‘އެހެންވެ އަހަރެން ބައްޕަގެ ބިޒްނަސްއާއި ހަވާލްވެގެން މިކޮޅުގަ މިހުންނަނީ”އެކަމަަކު އަބަދު މިގޮތައް ބޭރުން ކާންޖެހެތީ ވަރައް އުދަގޫވޭ”
ޢާޔަން ބުނެލިއެވެ.
ޢަވަހައް މީހަކައިނދޭ އޭރަައް ތިހުރިހާކަމެއް ހައްލުވީ”
ޒާނާ އާޔަން އަށްރައްދު ދެމުން ބުނެލިއެެވެ.
ޢެބައުޅެންތިކަމާވެސް ” އަހަރެން ލޯބިވާ ކުއްޖާ ފަރާތުން އިޝާރާތެއް ވަންދެން މިހުންނަނީ”އާޔަން އެހެން ބުނެުމުން ޝީން އާޔަންނައް ބަލާލިއެެވެ.
ޢެކި ވާހަކަ ތަކުގައި ތިބެ ދިހައެއް ޖަހަން ގާތްވާންމުން ޝީން ގެއަށް ދާން ނިކުތެވެ. ޒާނާގެ ގެ އެތަނާ ކާައިރިވުން ޝީންދިޔައީ އާޔަންއާއި އެކުގައި ސައިކަލުގައެވެ.
ގޭ ދޮށައް އާދެވުމުން މާދަން ދިމާވާނެކަމައް ބުނެ އާޔަން ދިޔައެވެ.
***************************

ޢާދުވަހަކައް އިރުއެރުމާއެކު ޝީން އޮފީހައްދާން ތައްޔާރުވާން ފެށިއެވެ .
މޭނުބައި ކުރާގޮތްވެފަ ހުރުުމުން މިއަދު ޝީން އޮފީހައްދިޔައީ ސައިވެސް ނުބޮއެވެ.
ޢޮފީހައްގޮސްވެސް ޝިން ކުރަން އުޅުން އެއްވެސް މަސައްކަތެއް ކުރިއަށްދާ ގޮތެއް ނުވިއެވެ.
ވަރުބަލިވެ އެހެންޏާ ނުވާ އުދަގޫތަކެއްވާންފެށިއެވެ.
ޝީން އެހާލުގައި އިންދައި އާޔަން ގުޅާލިއެެވެ.
މިދަނީ ކަމައްބުނެ ޝީން ފޯނު ބާއްވަމުން ހިގައިގަތެވެ.
ޢާޔަންގެ ކެބިންނައް ވަންގޮތައް ޝީން މޭނުބައި ކުރަންފެށިއެވެ.
ކޮންކަހަލަ ސެންޓްއެއްޖަހައިގެން ތީނީ” އެހެން ބުނަމުން.ޝީން އަނގަ މަތީ އަތް އަޅަމުން ފާހާނާއާއި ދިމާލައް ދުއްވައިގަތެވެ.
އާޔަން ވަރައް ހައިރާންވެފައި ޝީން ނިކުމެގެން ދިޔަ ދޮރާދިމާލައް ބަލަހައްޓައިގެން އިދެ ގަމީހުން ވަސްގަނެލިއެވެ.
ޢެއީ އެހެންޏާވެސް އޭނަ ޖަހާ ސެންޓެވެ.މީގެ ކުރިން އަބަދު އެ ސެންޓުން މީރުވަސް ދުވާ ވާހަކަ ބުނުމުން އާޔަން އެ ސެންޓް ހުސްނުކޮއް ގެންގުޅެއެވެ.
ޢެކަމަކު މިއަދު އެވީ ކިހިނެއް ހެއްޔެވެ.

ޙޮނޑުލެވުމުން ޝީންގެ ހަށިގނޑައް ކުޑަކޮއްލުއިވިއެވެ.
ފާހާނައިން ނިކުންއިރު އާޔަން ވާނުވާ ނޭގި ބަލަހައްޓައިގެން ހުއްޓެވެ.
ސައި ނުބޮއިދޯއައީ” ހިނގާސައިބޯންދާން ‘އާޔަން ޝީންގެ ކއިރިއަށް ޖެހިލަމުން ބުނެލިއެވެ.
ޝީން ދެކޮޅު ހަދާނެކަން އެގޭތީ އާޔަން ފަހަތް ބަލާވެސް ނުލައި ނިކުތެވެ.
ފަަހަތުން ޝީންވެސް އައިސް ކާރައް އެރިއެވެ.
ކާރު ސްޓާޓް ކޮއްލުމާއެކު ޝީންގެ ބޮލައް އެބުރުން އަރަން ފެށިއެވެ.ދެންވީ ގޮތެއް ނޭގުނެވެ.
ހޭވެރިކަން ވީއިރު ޝީން އޮތީ އޭޑީކޭ ހޮސް ޕިޓަލްގައެވެ.
ޢޮވެވުންތަން އެނގުމާއެކު ޝިން ފުންމައިގެން ތެދުވަން އުޅުނެވެ
ނަމަވެސް ކައިރީ ހުރި އާޔަން ޝީން ހިފެހެއްޓިއެވެ.

ުނުނިމޭ

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

ތަޤްދީރު (12)

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (1)

Next
March 13, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (1)

Previews
March 13, 2018

ތަޤްދީރު (12)

15 Comments!

  1. Greeny says:
    March 13, 2018 at 8:14 pm

    me first dhw

    1. Marie says:
      March 14, 2018 at 1:50 am

      🙂 Yeah u got first
      ❤Thank you greeny

  2. Ibsha says:
    March 13, 2018 at 8:26 pm

    Varah reethi ❤

    1. Marie says:
      March 14, 2018 at 1:51 am

      ❤Thank you ibsha

  3. Aki says:
    March 13, 2018 at 8:32 pm

    varah furihama…… dhen avahah ayaaz genebaa dho

    1. Marie says:
      March 14, 2018 at 1:52 am

      ❤Thank you aki
      2year akahnnu ayaaz dhiyaee..ehen v ma ehaa
      🙂 avahah nadheveynennu

  4. Rau says:
    March 13, 2018 at 8:43 pm

    Hadha kurey mi part

    1. Marie says:
      March 14, 2018 at 1:54 am

      ❤vrh try kuran dhigukohh genes dhevey thw..
      🙂 thank you rau

  5. Nas says:
    March 13, 2018 at 9:15 pm

    Varah reethi

    1. Marie says:
      March 14, 2018 at 1:55 am

      ❤ 🙂 thank you nas

  6. Sharu says:
    March 13, 2018 at 9:45 pm

    Varah reethi. akamu kurukoh genes dheefa otheema ? varah Sheraton.

    1. Marie says:
      March 14, 2018 at 10:01 am

      Mihaaru kuriahvure dhigu …koh liyany
      Try kuraanan eahvure dhigukuran
      🙂 thank you sharu

  7. Twingirl says:
    March 13, 2018 at 9:54 pm

    Wooooow .. v v v rythi. .. keep it up ???

    1. Marie says:
      March 14, 2018 at 1:56 am

      ❤ 🙂 thank you twingirl

  8. Ibsha says:
    March 14, 2018 at 4:17 pm

    Varah inthizaaru kureveyne next part

Comments are closed.


All Right Reserved!