Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ރީތި ސޫރައެކޭ 3-

Pinkish Level 5100 Comments10 Stories100 Login500 Comments
March 31, 2018 4 Mins Read
29 Comments

އީތަންގެ ދެލޯބޮޑުވެގެން ދިޔައީ ކުރިމަތިން ފެނުނު ސޫރައިންނެވެ.

****

  “އެތެރެއަށް ވަންނަން ވެސް ނުބުނާނަންތަ؟” ކުރިމަތީ ހެވިދިލިފަ ހުރި އަންހެންކުއްޖާ ބުނެލިއެވެ. “ޒޭބާ” ތުރުތުރު ލާއަޑަކުން އީތަންއަށް ބުނެލެވުނެވެ. “އޯ ކަމޯން. މީ ނަބާއޭ. އިޓްސް އަ ސްމޯލް ވޯލްޑް. ވައްތަރު މީހުންނަށްވެސް ދިމާވާނެ. ދެން ވައްދަބަ އެތެރެއަށް.” އެތެރެއަށް ވަންނަމުން ނަބާ ބުނެލިއެވެ. އޭރުވެސް އީތަން އަށް ހުއްޓުން އަރާފައި ހުރެވުނީ ފެންނަމުންދާ މަންޒަރު ގަބޫލު ނުކުރެވިގެންނެވެ.

  “ކީއްވީ؟ އުފަލެއްނުވޭތަ އަންހެން ކުއްޖެއް އަމިއްލެޔަށް ކައިރިއަށް އައީމަ؟ އަސްލު މިރޭ ޕާޓީއިން އީތަން ފެނުމުން އަހަންނަށް އީތަން ކަމުގޮސްފި. އެހެންވެ މިތަނަށް މިއާދެވުނީވެސް.” އީތަންގެ އަތަށް ދަމާލަމުން ނަބާ ބުނެލިއެވެ.

  “އަހަރެން މީ ޖިންނިއެއްހެން ހީވަނީތަ؟” މިފަހަރުވެސް އީތަން އެއްޗެކޭ ނުބުނުމުން ނަބާ އީތަންގެ ކޮނޑަށް އަތްވައްޓާލަމުން ބުނެލިއެވެ. ނަބާ އެބުނި ޖުމްލައިން އީތަންގެ ގައިން ހީބިހި ނަގައިގެން ދިޔަނަމަވެސް ދެފަރާތަށް އަވަސް އަވަހަށް ބޯހޫރާލީ އެކަން ނޭންގުމަށެވެ.

 “ތިހެން ވާހަކަ ނުދައްކަ ހުންނަންޏާ އަހަރެން ދަނީ” މޫނަށް ގޮތެއް ހަދާލަމުން ނަބާ އީތަން ފަސްދީ ހިނގައިގަތެވެ.

  ނަބާ ފަސްދީ ހިނގައިގަތުމުން އީތަންއަށް ތެޅިގަނެވުނެވެ. ޖަވާހިރެއް އަމިއްލައިން ހިނގާފަ އޭނަ ކައިރިއަށް އައުމުން އޭނަ އެފުރުސަތު ގެއްލުވާލާނެހެއްޔެވެ؟ އެ ޒޭބާ އަކަށް ނުވާނެ ނޫން ހެއްޔެވެ. މިވިސްނުމުގައި ހުރެ އީތަންއަށް ނަބާގެ އަތުގައި ހިފާލެވުނެވެ.

  އީތަން ނަބާގެ އަތުގައި ހިފާލުމުން ނަބާގެ މޫނަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. ކުއްލިއަކަށް ނަބާ އެނބުރި އީތަންގެ ގިރުވާނުގައި ހިފާ ގެންގޮސް އެނދުމައްޗަށް ވައްޓާލިއެވެ. އެއަށްފަހު އީތަންއަށް ކަމެއްނުކުރެވެނިސް އީތަންގެ ބަނޑު މަތީ އިށީއިނެ ތުންފަތަށް ބޮސްދޭންފެށިއެވެ. ނަބާގެ މިއަމަލުން އީތަންގެ ހިއްސުތަކުގެ ހުޅު ރޯވިއެވެ. އެވަގުތު އޭނާއަކީ މީހެއްގެ ފިރިއެއްކަންވެސް އޭނާ ހަނދާން ނެތުން ފަދައެވެ.

  ކުއްލިއަކަށް އީތަންއަށް ހަޅޭލަވައިގަނެވުނީ ވީތަދުންނެވެ. “ކިހިނެއްވީ” އީތަންގެ ގައިދަށުގައި އޮތް ނަބާ ބުނެލިއެވެ. “ނަބާ. ވަކި. އެޅި” އީތަންއަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކުނެވެ. އަނެއްކާ އިހުނަށްވުރެ ބާރަށް އީތަންއަށް ހަޅޭ ލަވައިގަނެވުނީ އަނެއްކާވެސް ބުރަކައްޓަށް ތަދުވީމައެވެ. ހީވަނީ ހަންގަނޑު ނަގަނީހެންނެވެ. “އާހް ނަބާ” ވޭނީ އަޑަކުން އީތަންއަށް ބުނެލެވުނެވެ.

 “އީތަން. އީތަން” ކުއްލިއަކަށް ޓޮއްޓޮއް ކިޔާފައި ދޮރުގައި ޓަކިޖަހަމުން ޔާމީން ގޮވަންފެށިއެވެ. “މީނައަށް ވެސް އަންނަން އިނގުނީ މިވަގުތުތަ؟” ރުޅިވެރި ކަމާއެކީ ނަބާ ބުނެލިއެވެ. އެއަށްފަހު އީތަން ކޮށްޕާލީ ދިރޭ ސުއިޕެއް ފޮޅުވާލާ އުސޫލުންނެވެ. އެއަށްފަހު އޭނާގޮސް ކުޑަދޮރުން ބޭރަށް ފުންމާލީ ފަރިތަކަމާއެކީއެވެ.

  ކިތަންމެ ބުރަކައްޓަށް ތަދުވެފައި ހުރިނަމަވެސް ނަބާ ކުޑަދޮރުން ފުއްމާލި މަންޒަރު ސާފްކޮށް އީތަންއަށް ފެނުނެވެ. އީތަން ހައިރާންވީ ތިންވަނަ ފްލޯ އިން ނަބާ އަށް ފުންމާލަން ކެރުނީތީއެވެ. އެވެސް ބަރަހަނާ ހާލަތުގައެވެ. އީތަން ފައިބައިގެން ހާސް ކަންމަތީ ބެލްކަންޏަށް ދިޔުމަށް ހިނގައިގަތީ ނަބާ އަށް ކަމެއް ވީތޯ ބެލުމަށެވެ. ނަމަވެސް ވަކި ހިސާބަކަށް ނުދެވެ އޭނާގެ މޫނަށް އަނދިރިވެ ހަބަރު ހުސްވެގެން ވެއްޓުނެވެ. އޭރުވެސް ޔާމިން ދިޔައީ ހުއްޓާލުމެއްނެތި އީތަންއަށް ގޮވަމުންނެވެ.

*****

ހެނދުނު ޔުނާލް އަށް ހޭލެވުނީ ފޯނު އެލާމްވާ އަޑަށެވެ. ރޭގަ ލަހުން ނިދުމުގެ ސަބަބުން ޔުނާލްގެ ބޮލުގައި ވަނީ ގަދަ ރިހުމެއް އުފެދިފައެވެ. އެހެންވެ އޭނާ ބޭނުންވީ އަނެއްކާވެސް ނިދާލާށެވެ. ނަމަވެސް މިބުރުވެސް އޭނަ ނިދިން މަހްރޫމް ކޮށްލީ ޒޭބާގެ ހަނދާންތަކެވެ.

****

“ޒޭބާ ކިހާވަރަކަށް އަހަރެންދެކެ ލޯބިވޭތަ” ހަނދުވަރުދޭ އެރީތި ރޭނގަޑުގައި ޒޭބާ އަދި ޔުނާލް ޒޭބާގެ ގޭގެ ބެލްކަނީގައި ހުރީ އާދައިގެ މަތިން ވާހަކަ ދައްކާލާށެވެ. ޔުނާލްގެ ސުވާލުން ޒޭބާގެ މޫނު ރަތްވެގެން ދިޔައެވެ. “އަޅުގަނޑު ލޯބިވާތީ ޔުނާލްއާ އިންނަން އެއްބަސް ވީ. ގަބޫލު ކުރޭ. އަޅުގަނޑު ވަރަށް ލޯބިވޭ. ފުރަތަމަ އަކޫ ޔުނާލް ތާރަފް ކޮށްދިން ދުވަހުވެސް އަޅުގަނޑަށް ޔުނާލް ކަމުދިޔަ” އިސްދަށަށް ޖަހައިގެން ހުރެ ޒޭބާ އޭނާގެ ހިތުގެ ހާލު ޔުނާލްއަށް އިއްވާލިއެވެ.

“އެހެންތަ އަހަރެންވެސް ވަރަށް ލޯބިވޭ ލޯބި ދެކެ. އަބަދުވެސް އަހަރެންދެކެ ތިހާ ލޯބިވައްޗޭ. އަހަރެން ދޫކޮށްފަ ނުދައްޗޭ” ސީރިއަސް މޫނަކާއެކީ ޔުނާލް ބުނެލިއެވެ. ޒޭބާގެ ދުލުން ނިކުތީ އެއްމެ ބަހެކެވެ. “އިން ޝާ ﷲ” އެވެ.

“ދަރިފުޅާ ޒޭބާ. އެއްކަލަ ލެޕްޓޮޕް އަށް އެއްޗެއް އަންނަން ފަށައިފި” ބޭރުން ޒީނަތު ގޮވާލި އަޑަށް ޒޭބާ ޖޯޝާ އެކީ އޯޔެސް އޭ ކިޔާ ދުއްވާގަތީ ޔުނާލް ކައިރި ބާއީ އޭ ބުނެލާފައެވެ. ޔުނާލް އަށް ދެފަރާތަށް ބޯހޫރާލެވުނީ ޒޭބާގެ މައުސޫމް ކަމުންނެވެ.

****

ޔުނާލް އަށް ހިޔާލް ތަކުން ބޭރުވެވުނީ ޔާމީންގެ ފޯނުކޯލުގެ ސަބަބުންނެވެ. ޔުނާލް ފޯނުނެގުމާއެކީ ޔާމީން އެކޮޅުން ވާހަކަ ދެއްކިއެވެ. “ބްރޯ. އެއްކަލަ އީތަން ބޮނޑިއެއް ބޮއިގެން މިއުޅެނީ. ހޮސްޕިޓަލްގަ މިހާރު. ފައިސާ ކޮޅަކާއެކީ ޖައްސާލަބަލަ ބްރޯ. މިސޮރަށް ފަރުވާ ނުދީފިއްޔާ މިސޮރު ޒަމާން ދާނެ ކަންނޭގެ. ރޭންސުރެ ހެޔެއް ނެތް. ނޭނގެ މަށަށް ވީގޮތެއް”

“އާން އެބަ ދާން” ޒޭބާގެ ހަނދާންތައް އެއްކައިރިއަކަށް ލާފަ ޔުނާލް ތެދުވެ ބޭސްގުޅައެއް ކާލައިގެން ތައްޔާރުވާން ފެށީ ހޮސްޕިޓަލް އަށް ދިޔުމަށެވެ.

*****

ނަބާ ހެނދުނު ހޭލައިގެން ނިކުންއިރު ޒާހިދު ސައިބޮމުން ދިޔައެވެ. ނަބާވެސް ގޮސް ބައިވެރިވެލިއެވެ. “މޯނިންގް ބައްޕާ.” ގޮނޑީގަ އިށީއިންނަމުން ނަބާ ބުނެލިއެވެ. ޒާހިދު ވެސް މޯނިންގް އޭ ބުނެލިއެވެ. “ބައްޕަ މީހަކަށް ޑޭޓް ކުރަން ނުވިސްނަންތަ” ވާހަކަތަކުގެ ތެރެއިން ނަބާ އަހާލިއެވެ.

“އެއްކަލަ ދަރިފުޅު ފެށުނީ. ބައްޕަ ދޯ. ވިސްނަން ވީ ހަމަ.” ޒާހިދު ފަނޑު ހިނިތުންވުމަކާއެކީ ބުނެލިއެވެ. “އަހަރެން ވާހަކަ އެއް އަހާލަންތަ؟ ބައްޕަ މަންމައާ ގުޅެންވީ އެއްނު” ނުކެރިފައި ހުރެ ނަބާ އަހާލިއެވެ. “ބޭވަފާތެރިއަކާ ގުޅޭކަށް ބޭނުމެއްނޫން. އަނެއްކާ ނޭނގެ އޭނަ ވީ ތަނެއްވެސް” ރޮށި ކޮޅުގައި ސަމްސަލުން ކުޅެލަމުން ޒާހިދު ބުނެލިއެވެ. “ބައްޕާ ރުޅި ނާންނައްޗޭ. ވެދާނެއްނު އެ ބައްޕައާ މަންމަ ދުރުކުރަން ބަޔަކު ކުޅުނު ގޭމަކަށް ކަމަށްވެސް” ނަބާ ޒާހިދުއަށް ބަލާލަމުން ބުނެލިއެވެ.

ޒާހިދު ނޭނގެ އޭ ބުނެ ފުއްދާލިއެވެ. “ބައްޕާ. ޒޭބާއޭ އަހަންނަށް އެއްމެން އެކިޔަނީ ކީއްވެ. ކީއްވެ އަހަރެން އެހާ މީހަކަށް ވައްތަރުވާންވީ. އަނެއްކާ އަހަރެންގެ ކޮއްކޮއެއް ނޫނީ ދައްތަ އެއް ހުންނަނީތަ؟” ސަމާސާ ރާގަކަށް ނަބާ އެހެން ބުނި ނަމަވެސް ނަބާ ބޭނުންވީ ޒާހިދު އެކަމާ ވިސްނާށެވެ. އެކަން ކާމިޔާބުވެސް ވެއެވެ.

ޒާހިދުއަށް ހީވީ މީހަކު އޭނާގެ ބޮލުގައި ޖެހި ހެންނެވެ. އަނެއްކާ. ޒާހިދު ޒޭބާގެ ނަން ފަސް ފަހަރެއްގެ މަތިން ކިޔާލިއެވެ. “ދަރިފުޅުގެ އެއްމާބަނޑު ކޮއްކޮ. އެކަމް ކިހިނެއް އެހެންވާނީ. ޒީނަތު ވީ އެމަންޖެ ގޮވައިގެން” ޒާހިދު އަށް ފުރިހަމައެއް ނުކުރެވުނެވެ.

“ބައްޕާ. އެމީހުން ބުނީ ޒޭބާ ގެއްލުނީއޭ. އަހަރެން ހިތަށް އަރަނީ ކިހިނެއްބާއޭ އެވީ” ނަބާ ބުނެލިއެވެ. ޒާހިދު ބައްޕަ ބަލާނަން ކަމަށްބުނެ އެތަނުން ކޮޓަރިއަށް ދިޔައިރުވެސް އެ މޫނުމަތީ ވި އަސަރެއް ނަބާއަކަށްވެސް ނޭނގެއެވެ.

****

އަތުގައި ރޫޖެހިފައި އޮތް ގަނޑުކޮޅަށް ބަލަން އޮތް އަކްމަލް ގަނޑުކޮޅު މޭޒުމަތީ ބާއްވާފައި ތެދުވެ ލޯގަނޑު ކުރިމަތީ ހުރެ އަމިއްލަ ސޫރައަށް ބަލާލިއެވެ. ލާފައިވާ ޕޮލިސް ޔުނިފޯމް އިން އަކްމަލްގެ ހަރުދަނާކަން އަންގައިދެއެވެ. އަކްމަލް ޔުނިފޯމް ބެގީކޮށްލީ އޭނާގެ މަގުސަދު ހާސިލްކުރުމަށް އަޒުމްކަނޑައަޅަމުންނެވެ. އެއަށްފަހު ފޯނު ހިފައިގެން ބޭރަށް ނިކުތެވެ.

**

“ދަރިފުޅާ. ތި ކޮންކަމެއް.” ކޮފީއެއް ބޯން އިން ހުސެން ހައިރާންވެ ހުރެ ބުނެލިއެވެ. “ދަރިފުޅާ މިއަދު އަހަރެމެން ފުރަމެއްނު” އަކްމަލް ޖަވާބެއް ނުދިނުމުން އާސިމާ ވެސް ޓީވީގެ އަޑުމަޑުކޮށްލާފައި އަހާލިއެވެ. “މަންމަ އާ ބައްޕަ ފުރަނީ. އަހަރެންނެއް ނޫން. އަހަރެން ވަޒީފާ މާލެއަށް ބަދަލުކޮށްފިން. މިއަދު މީ އަހަރެން ވަޒީފާއަށް ނިކުންނަ ފުރަތަމަ ދުވަސް” އަކްމަލް އެއްމެ ފަހުން ބުނެލިއެވެ.

އަކްމަލް އެހެން ބުނުމުން އާސިމާ އަދި ހުސެން ވެސް ކުރީ އަކްމަލް ހީކުރި ސުވާލެވެ. “އެކީއްވެހެއްޔެވެ”. “ދެން އަހަރެން ހަމަ ބަދަލު ވީ. މީ އަހަރެންގެ ގައުމަކީ.” އަކްމަލް ވިސްނާލާފައި ބުނެލިއެވެ. “އެންމެ ރަނގަޅު. ބައްޕަމެން ދުވަހަކު ދަރިފުޅުގެ އުފަލަކަށް ހުރަހެއް ނާޅަން. މިއަދުވެސް ނާޅާނަން. ބައްޕަމެން މިއަދު ފުރާނަން. އެކަމް ގޮސް އަހަރެމެން ވެސް މިކޮޅަށް ބަދަލު ވާނީ ޒީނަތު ގޮވައިގެން. ދަރިފުޅު ނެތް ތަނެއްގައި ބައްޕަމެންވެސް ހުރުމުގެ ފައިދާއެއް ކޮބާ.” ހަސަން ބުނެލިއެވެ. އާސިމާ ވެސް އެކަމާ އެއްބަސް ވިއެވެ. އަކްމަލް ޝުކުރު އަދާކޮށްފައި ދިޔައީ ގަޑި ޖެހެނީ ކަމަށް ބުނަމުންނެވެ.

****

ފައިރޫގް އަދި އަރްޔަން އަށް ހޮސްޕިޓަލްއަށް ފޯރޭ ވަރުވީ އެރޭ 7 ޖަހާކަށް ހާއިރެވެ. އޭރު އީތަން ކައިރި ޔާމިން ގެ އިތުރުން ޔުނާލްވެސް ހުއްޓެވެ. “ކިހިނެއް މިހާރު؟” ފައިރޫގް އަހާލިއެވެ. “ނޭނގެ. ފާޑަކަށް ގަބުވެފަ މިސޮރު މި އިންނަނީ. ކީއްވީކަން ނުބުނިތާނގަ އަނގައިންވެސް ބުނަނީއެއް ނޫން. ބަލާލަ މީނދި ތަނެއްވެސް. ހީވަނީ މޮހޮރަކުން ހަންގަނޑު ނަގާފަ ހުރިހެން” ޔާމީން އޭނާގެ ބޭބެގެ ވާހަކަ ކިޔައިދިނެވެ. އެއަށްފަހު ލިބިފައިވާ ޒަހަމް ދެއްކިއެވެ. ފައިރޫގް އަދި އަރްޔަންއަށް ވެސް މޫނު އަނެއްފަރާތަށް އަނބޔރާލެވުނީ އެތަން ހުރިލެއް ހުތުރު ކަމުންނެވެ.

“ތި ވާނީ އާދައިގެ ކަމަކަށް ނޫން”. ފައިރޫގް ބުނެލިއެވެ. “އެއްކަލަ ފިނޑި ސޮރު. މިސޮރު ކޮންމެވެސް ބަޔަކާ މާރާ މާރި ހިންގާފަ މިހުންނާނީ” ޔުނާލް ބުނެލިއެވެ. “ކޮޓަރި ތެރޭގައި؟” އަރްޔަން ހީލަމުން ބުނެލިއެވެ. “ނޭނގެ ދެން މިސޮރު ވާހަކަ ދެއްކީމައެއްނު އިނގޭނީ” ޔާމީން ބުނެލިއެވެ.

އެއްމެނަށްވެސް ސިހުން ގެނުވީ އީތަން ބަރުއަޑަކުން ހަޅޭލަވައިގަތުމުންނެވެ. ހަމަ އެވަގުތު އެތަނުގެ ބޮކިތައް ނިވި ދިއްލެން ފެށިއެވެ.

****

ހޮސްޕިޓަލްއަށް ވަޒީފާގެ އިންފޮމޭޝަން ނަގަން އައިސް ހުރި ނަބާ އަށް ޖެހިގެން ހުރި ރޫމް ތެރެއިން ބާރު އަޑެއް އިވިގެން އެދިމާލަށް ދިޔައީ އެއަޑަށް ޝައުގު އުފެދުމުންނެވެ. އެތާތިބި އެހެން މީހުނަށް ކަމެއްވާހެން ހީނުވަނީ ކަންނޭނގެއެވެ. ނޫނީ އެއަޑު ނަބާ ނޫން އެހެން މީހަކަށް ނީވެނިއްޔެވެ.

ނަބާ ގޮސް އެރޫމް ދޮރު ހުޅުވާލުމުން ފެނުނު މަންޒަރުން އޭނާގެ ހެޔަށް ގޮތެއްވިކަން ޔަގީނެވެ.

ނުނިމޭ

Share Article

Follow Me Written By

Pinkish

Level 5100 Comments10 Stories100 Login500 Comments

...

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (9)

Next

ނޫރު (ފަންސާސްފަސްވަނަ ބައި)

Next
March 31, 2018

ނޫރު (ފަންސާސްފަސްވަނަ ބައި)

Previews
March 31, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (9)

29 Comments!

  1. shif? says:
    March 31, 2018 at 11:08 pm

    Me first dhw

    1. Ram says:
      April 1, 2018 at 9:51 am

      Yesss shiff ?

  2. shif? says:
    March 31, 2018 at 11:18 pm

    Vvv reethi

    1. Ram says:
      April 1, 2018 at 9:51 am

      Thankyouuuuu… ?

  3. Ram says:
    April 1, 2018 at 12:16 am

    Hlww guyxxx… third vana bai miothyy.. hope you guyx will like it.. plxx comment beloww ..loves all.. keep waiting.. next part on monday.. ?

  4. Ainth says:
    April 1, 2018 at 5:01 am

    V v rythi mibaives… Anehbaives v kiyaalaa hithun mihury…v rythi story kuriah gendhaa goeh… N v rythi vaanehen hyvey ram ge mi story ves… Luv n miss u..?????????

    1. Ram says:
      April 1, 2018 at 9:53 am

      Thankyouu ?? luvs youuuuu and misss more ??

  5. araash says:
    April 1, 2018 at 6:25 am

    Nice story…Nxt prt whn

    1. Ram says:
      April 1, 2018 at 9:54 am

      Thankyouu araash ? tomorrow.. ?

  6. lotus says:
    April 1, 2018 at 9:31 am

    This story is gettin realy interestin.. mi zeyba n naba ge hageegai v balaalab beynun.. waitin for the next part

    1. Ram says:
      April 1, 2018 at 9:55 am

      Aww thanks lotus.. Vaahaka kuriah dhaa varakah igeyne igeyy.. Keep waiting ??

  7. mary says:
    April 1, 2018 at 10:15 am

    haadhalahey up vaaleh mipartvess v nice next part dhigukon geness dheeyba

    1. Ram says:
      April 1, 2018 at 11:08 am

      Will try igeyyy.. Thankyouuuuu ?

  8. Pinky shifoo says:
    April 1, 2018 at 10:34 am

    Wow ❤️❤️❤️… Mi part vx v v v reethi ???… It’s really becoming more and more interesting ???… Next part kiyaalaahithun kehmadhuvefa mihaaru vx ???… I love your stories Ram ❤️❤️❤️???… Curiously waiting for the next part… Lots of love and take care Ram ❤️❤️❤️????????????

    1. Ram says:
      April 2, 2018 at 11:38 pm

      Awwn thankss shifooo ? lots of lovess.. take care love ❤

  9. sum sum ? says:
    April 1, 2018 at 11:51 am

    Varah reethi? ?
    When next part????
    Keep going????

    1. Ram says:
      April 1, 2018 at 1:24 pm

      Thankyouuu sum sum.. Tomorrow igeyy.. Keep waiting ??

  10. Rsh says:
    April 1, 2018 at 3:32 pm

    Nice ……. when next ?

    1. Ram says:
      April 1, 2018 at 6:58 pm

      Thanksss.. Tomorrow ?

  11. Baby girl says:
    April 1, 2018 at 3:48 pm

    Vvv nice hope U will finish this story

    1. Ram says:
      April 1, 2018 at 7:00 pm

      Thankss… Yess in sha allah ?

  12. janaaaa says:
    April 1, 2018 at 6:51 pm

    hiiiiiiiiiiiiiiiiiiiiiiiiiiii, me, jana again!
    AMAZING UPDATE GIRRLL!!! I love horror stories really! and this is gonna be superb I’m sure
    keep up the good work masha allah
    BTW, when’s next part
    ??????

    1. Ram says:
      April 1, 2018 at 7:01 pm

      Awww janaaaaa… Thankyouuu so much love.. Tomorrow ?

  13. shif? says:
    April 2, 2018 at 3:38 pm

    Kn irakn next part hkiyaalan libeyny?

    1. Ram says:
      April 2, 2018 at 6:11 pm

      In sha allah mireyy ?

  14. Rsh says:
    April 2, 2018 at 10:14 pm

    Nice

    1. Ram says:
      April 2, 2018 at 11:38 pm

      Thanksssssss ?

  15. Puky says:
    April 2, 2018 at 11:37 pm

    V v v v salhi.. its so interesting

    1. Ram says:
      April 2, 2018 at 11:39 pm

      Thanksss pukyy ?

Comments are closed.


All Right Reserved!