Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ބާޒީ 5 (ފަހުބައި)

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
March 31, 2018 7 Mins Read
11 Comments

ޖެހި ބާރުގަދަ ގުގުރީގެ ސަބަބުން ސިހިފައި ހާތިބުއަށް ލޯހުޅުވާލެވުނެވެ. އެހިނދު އޭނައާއި ދިމާއަށް ވަޅި ދިއްކޮށްލައިގެން ހުރި ބަރްކާ ފެނުމާއެކު ކުއްލިއަކަށް ހާތިބު ތެދުވާން އުޅުނެވެ. އަދި ބަރްކާގެ އަތުގައި އޮތް ވަޅި ފޮޅުވާލަން އުޅުނެވެ. ނަމަވެސް ހުޝިޔާރުވެގެން ހުރި ބަރްކާ އޭނަގެ އަތުގައި އޮތް ވަޅި ހާތިބުގެ އަތުގެ މުލައްދަނޑިއަށް ހަރާލިއެވެ. އެއާއެކު ހާތިބުގެ ވޭނީ ހަޅޭކުގެ އަޑު އިވުނެވެ. އެންމެ ސިކުންތެއް ވެސް ނަގާލުނާ ދެވަނަ ހަމަލާ ދޭން ބަރްކާ އަވަސްވެގަތެވެ. އޭނަ ހީކުރިގޮތާއި ހިލާފަށް މިފަހަރު ކާމިޔާބެއް ނުކުރެވުނެވެ. އެހަމަލާއިން ރެކިގަތް ހާތިބު ދެލޮލުން އަލިފާން ކަނި ބުރާލި އެވެ. ރުޅި ގަދަވެފައި ހުރި ހާތިބު ބަރްކަގެ އަތުގައި ޖެހި ބާރުގަދަ އެތިފަހަރާއެކު ވަޅި ވިއްސައިގެން ގޮސް ބިންމައްޗަށް ވެއްޓުނެވެ. އެއަށްފަހު ފުންމައިގެން ތެދުވުނު ގޮތަށް އޭނަ ހިފީ ބަރްކާގެ ކަރުގައެވެ.

”ގޮތްކުޑަ އަންހެނާ، މަމީ ކަލޭގެ ފިރިމީހާކަން ވެސް ހަނދާން ނެތުނީތަ؟…” ބަރްކާގެ ފައިތިލަ ބިންމަތިން ހިއްލުވާލަމުން ހާތިބު ބުނެލިއެވެ. އޭރު އޭނަގެ އަތަށް ލިބުނު ޒަހަމުން ލޭފައިބަމުން ދިޔަ އެވެ. ނަމަވެސް އޭނަ އެކަމަށް ސަމާލުކަމެއް ނުދިނެވެ. އެއާ ޚިލާފަށް ބަރްކާގެ ފަރާތުން އޭނައަށް ފެނުނު ސިފައިން ޝޮކެއް ލިބިފައި ވިއެވެ. އޭނައަށް ހަމަލާދޭން ބަރްކާ އުޅެފާނެ ކަމަކަށް ހާތިބުއަށް ޤަބޫލެއް ވެސް ނުކުރެވުނެވެ. ނަމަވެސް ލޮލުން ފެނި އަތުން ހިފުމުން އެކަން އޭނައަށް އޮޅުވާލެވޭނީ ކިހިނެއް ހެއްޔެވެ؟

”ކަލޭ އުޅުނީ އަހަރެން މަރާކަށެއްނު، އެކަމަކު މިރޭ މަރުވާނީ ކަލޭ…” ބަރްކާގެ ކަރަށް ބާރުކުރަމުން ހާތިބު ބުނެލިއެވެ. ރަތްވެފައިވި އޭނަގެ ލޮލުން ކަރުނަ ހިލުނެވެ.

ބަރްކާ ސަލާމަތްވާން ތެޅިފޮޅެން ފެށިއެވެ. އެންމެފަހުން އޭނައަށް ހާތިބުގެ މުލައްދަނޑީގައިވި ޒަހަމް ފެނުމާއެކު ހަށިގަނޑުގައިވި ފަހު ހަކަތަ ބޭނުން ކޮށްގެން އެތަނުގައި ހިފައިގަތެވެ. އެއާއެކު ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން ހާތިބާށް އެގުން ވިއެވެ. ކުއްލިއަކަށް ބަރްކާގެ ކަރުން އޭނައަށް ދޫކޮށްލެވުނީ ހަޅޭކެއްގެ އަޑާއެކުގަ އެވެ.

ބިންމަތީގައި ޖެހުނު ބަރްކާ ނޭވާލާން މައްސައްކަތް ކުރިއެވެ. އޭނަގެ ނޭވާ އުފުރެން ކައިރިވެފައި ވިއެވެ. މުޅި މޫނު ހުދުވެފައިވިއިރު ހާތިބުގެ އަތުގެ އިނގިލިތައް ޖެހުނު ހިސާބުން ދިލަ ނަގައި ރިއްސަމުން ދިޔަ އެވެ. ހަށިގަނޑުގައި ވި ބާރެއް ބޭނުންކޮށްގެން ބަރްކާ މަސައްކަތް ކުރީ ހާތިބާއި ދުރަށް ދާށެވެ. އޭނަ ހާތިބަށް ދޭން އުޅުނު ހަމަލާ އެއޮތީ ވިހަވެފައެވެ. އަމިއްލަ ފުރާނައާ މެދު ބަރްކާގެ ހިތުގައި ބިރުވެރިކަން ވިއެވެ. ރޮވެމުން ދިޔަ ހާލު ހާތިބާއި ދުރަށް ދާން ބަރްކާ އުޅުނެވެ. ކުކުރަމުން ކުރިއަށް ދާން އުޅުނު ބަރްކާގެ ލޮލުގައި ބިންމަތީގައި އޮތް ވަޅި އަޅައިގަތެވެ. އޭނަ އަވަސްވެގަތީ ވަޅި ނެގުމަށެވެ. ހާތިބާއި ހަނގުރާމަކުރެވެން އޮތް ހަމައެކަނި މަގަކީ އެއީ އެވެ.

”******…” ހަށިގަނޑުގައި އެޅި ވޭނާއެކު ހާތިބުގެ ދުލުން ނުބައި އެއްޗެހި ކިޔަން ފެށިއެވެ. އޭނަ އަވަސްއަވަހަށް އެނދުގައި އަޅާފައި އޮތް ފޮތިގަނޑުން ބައެއް ވީދައިގަތުމަށްފަހު އަތުގެ މުލައްދަނޑީގައި އޮޅާލިއެވެ. އަދި ކުކުރަމުން ހަތަރެސްފައިގެ އެހީގައި އޭނައާއި ދުރަށްދާން މަސައްކަތްކުރަމުން ދިޔަ ބަރްކާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. އެވަގުތު ހާތިބަށް ނޭގުނު ކަމީ ބަރްކާގެ އަތުގައި ވަޅި އޮތް ކަމެވެ.

ބަރްކާގެ އިސްތަށިގަނޑު އަތަށް އޮޅާލުމަށްފަހު ކޮޅަށް ނަގަން ހާތިބު އުޅުނެވެ. އޭނަގެ މޫނުމަތީގައި ހަމްދަރުދީއެއް ނުވެއެވެ. މީގެ އިރުކޮޅެއް ކުރިން ފެނުނު އެއްވެސް އިހުސާސެއް ނެތެވެ. އޭނަ ހުރީ ބަރްކާގެ ފުރާނައަށް ފެންބޮވައިގަނެފަ އެވެ.

”އާހް…” އިސްތަށިތަކުގެ ބުޑަށް ވާންވި ހިނދު ބަރްކާއަށް ރޮއިގަނެވުނެވެ. އޭނަ ތެޅިގަންނަމުން އަނެއްކާ ވެސް ހާތިބަށް ވަޅިން ހަމަލާ ދިނެވެ. މިފަހަރު އޭނަގެ ނަސީބު ރަގަޅުވުމުން ހާތިބުގެ ބަނޑަށް ވަޅި ހަރާލެވުނެވެ. ދެވަނަ ސިކުންތުގައި އޭނަ އިތުރު ދެ ހަމަލާއެއް އަމާޒުކޮށްލިއެވެ. މިފަހަރު ހަމަލާ އަމާޒުވީ ހާތިބުގެ މެޔަށެވެ.

ވީތަދުން ބަރްކާގެ އިސްތަށިގަނޑުން ހާތިބާށް ދޫކޮށްލެވުނެވެ. ނޭވޭ ނުލެވުނު ހިނދު ވޭން އަޅަމުން ދިޔަ ހިސާބުގައި އޭނައަށް އަތްޖައްސާލެވުނެވެ. ހޯސްލާފައި ލޭފައިބަމުން ދިޔަ ހިނދު އޭނައަށް ކުޑަ ކަކޫ މައްޗަށް ތިރިވެވުނީ މޫނުމައްޗަށް އަނދިރިވާ ފަދަ ގޮތެއް ވުމުންނެވެ. ބަރްކާގެ ތިންވަނަ ހަމަލާއެކު އޭނަގެ މެޔަށް ހެރިފައި ހުރި ވަޅީގައި ހިފާ ހާތިބު ދަމައިގަތެވެ. އެއާއެކު ހޯސްލާފައި ލޭފައިބަން ފެށިއެވެ.

”ބަ…ރް…ކާ…” ހާތިބުގެ މޫނުމައްޗަށް އަނދިރިވެ ވެއްޓެން ދިޔަ ވަގުތު އޭނަ ގޮވާލިއެވެ. ރޮވެމުން ދިޔަ ބަރްކާ ހާތިބާ ދުރަށް ދިޔަ އެވެ. ލެއިން ކަޅިވަމުން ދިޔަ ބިންމައްޗަށް އޭނަ ބަލަން އިނެވެ. އޭރު ހާތިބުގެ ހަށިގަނޑުގެ ހަރަކާތްތައް ކެނޑި މުޅި މީހާ ހަމަހިމޭން ވެއްޖެއެވެ. ބަރްކާގެ ވޭނީ ގިސްލުމުގެ އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމަމުން ދިޔަ އެވެ. އޭނައަށް މޫނުގައި އަތް އަޅާލެވުނެވެ. އެކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ އޭނަގެ ދެއަތުން ލޯބިވާ ފިރިމީހާ މަރާލެވުނީއެވެ.

*****

ޝާޢާއައި ބައްދަލުކޮށްލުމަށްފަހު އައި ޒިޔަޒަން އޭނަގެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހި ތަނާ ހައިރާންކަމާއެކު ހުއްޓެވުނީ މަންމަގެ ރުއިމުގެ އަޑު އޭނަގެ ކަންފަތުގައި ޖެހުނުހެން ހީވެގެންނެވެ. ވާރޭގެ ސަބަބުން އެއަޑު އިވެނީ ފަނޑުކޮށްކަމަށް ވުމުން ޒިޔަޒަން އެއީ ކޮން އަޑެއްތޯ ޔަޤީންކޮށްލަން ހިނގައިގަތީ މަންމަގެ ކޮޓަރިއާއި ދިމާއަށެވެ. ކުރިއަށް ހިންގަމުން ދިޔަ ވަރަކަށް އަޑު ގަދަވާހެން އޭނައަށް ހީވިއެވެ. ޒިޔަޒަންއަށް ކުއްލި ހާސްކަމެއް ލިބުނެވެ. އަވަސްވެގަނެވުނީ މަންމަ ނުރައްކަލެއްގައިވީކަމާ ހިތާއެވެ.

ގިސްލާފައި ރޯން އިން ބަރްކާ ސިހިގެން ދިޔައީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިންއަޑަށެވެ. ހާސްވެ ކަންބޮޑުވެފައި ވަނިކޮށް ކޮޓަރީގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަނީ ޒިޔަޒަން އެވެ. ޒިޔަޒަން ފެނުމާއެކު އިތުރަށް ބަރްކާއަށް ރޮވުނީއެވެ.

*****

ކޮޓަރީގެ ތެރެއަށް ޒިޔަޒަން ހިންގާލި ފުރަތަމަ ނަޒަރާއެކު އޭނައަށް ފެނުނީ ބިންމައްޗަށް އުއްޑުން ވެއްޓިފައި އޮތް ހާތިބެވެ. މުޅި ހިސާބުގަނޑުގައި ވަނީ ލެޔެވެ. އެއަށްފަހު ދެން އޭނަގެ ނަޒަރު ހުއްޓުނީ ރޮމުން ދިޔަ މަންމަ އަށެވެ. އޭނައަށް ފެންނަމުން ދިޔަ މަންޒަރުތަކުގެ އަސްލު ނަގަންވީ ކިހިނެއްކަމެއް އޭނައަކަށް ނޭގުނެވެ. ޒިޔަޒަން އައިސް އޭނަގެ މަންމަގެ ގާތަށް ތިރިވެލިއެވެ. އޭރު ވެސް އޭނަގެ ނަޒަރު ހުއްޓިފައި ވަނީ މަރުވެފައި އޮތް ހާތިބަށެވެ.

”މަންމައަށް މަޢާފަކުރޭ…”

ރޮމުންރޮމުން ޒިޔަޒަން ގާތު ބަރްކާ ބުންޏެވެ. މަންމައަށް ފަރުވާތެރިކަމާއެކު ބަލާލުމުން ޒިޔަޒަންއަށް، އޭނަގެ މަންމައަށް ލިބިފައިވި އަނިޔާތަކުގެ ނިޝާންތައް ފެނުނެވެ. އެއާއެކު ކޮންމެވެސް ވަރަކަށް ވެދިޔަ ކަންތައް އޭނައަށް ސިފަކުރެވުނެވެ. އެއާއެކު މަންމަގެ ދިފާއުގައި ގޭގައި ނުހުރެވުމުން އަމިއްލަ ނަފުސު އޭނައަށް ކުށްވެރިކުރެވުނެވެ.

”ދަރިފުޅުގެ ބައްޕައަށް މިރޭ ވެފައި ހުރި ގޮތެއް މަންމައަކަށް ނެގޭ… ކުއްލިއަކަށް މަންމައަށް ހަމަލާދޭން އުޅުނީ… އެނެމްފަހުން މަންްމައަށް އެކަން ކުރަން މަޖުބޫރުވީ، އެހެންނޫންނަމަ ދަރިފުޅުގެ ބައްޕަ މަންމަ މަރާލީސް…” ރޮމުންރޮމުން ބަރްކާ ކިޔައިދިނެވެ. އޭނަ ހުރިހާ ވާހަކައެއް ޒިޔަޒަންއާއި ހިއްސާއެއް ނުކުރި އެވެ. ޒިޔަޒަންގެ ހިތް އޭނަގެ މައްޗަށް ނުސާފުވާން ބޭނުން ނުވާތީއެވެ. އޭނަ އެކަމުގެ އަސްލު ހިތުގައި ވަންހަނާކޮށްލިއެވެ. އެއީ އެންމެ ރަގަޅު ހައްލުކަމުގައި ފެނުނީތީ އެވެ.

ބަރްކާ ހަމައަކަށް އެޅެން އެތައް އިރެއް ނެގިއެވެ. އޭނަ ކަރުނަތައް ފޮހެލަމުން ކޮޅަށް ތެދުވުނެވެ.

*****

ހެނދުނު އަރައިގެން އައި އިރާއެކު ހާތިބުގެ މަރުގެ ޚަބަރު ޖިންނީންގެ ތެރެއަށް ފެތުރުނެވެ. ދުޝްމަނުންގެ ހަމަލާއެއްގައި ހާތިބު މަރުވެގެން ދިޔައީ ކަމަށެވެ. އެކަމުގެ އިލްޒާމު އެޅުވުނީ ހާތިބުއާއި ޒަމާނުއްސުރެން ރުޅިވެރިކަން އޮންނަ އިފުރީތުންގެ ބަޔަކާއެވެ. ހާތިބުގެ މަރާ މެދު އެއްވެސް މީހަކު ދެރަވި ހެނެއް ހިޔެއް ނުވެއެވެ. އޭނަގެ ވަޒީރުން ވެސް މެއެވެ. އެއީ އެތައް އަހަރެއް ވިއިރު ވެސް އެމީހުން ބޭނުންވާ ލަނޑުދަނޑިތަކާ ހަމައަށް ވާސިލުވާން ހާތިބު މަސައްކަތްނުކުރުމުން ހާތިބުގެ ވެރިކަމާ އެމީހުން ހިތްހަމަނުޖެހުނުކަން ޔަޤީންކޮށްދިން ކަމެކެވެ. ހާތިބުގެ ވެރިކަމުގައި ބަދަލުހިފުން ނޫންކަމެއް ނެތް ވިއްޔާއެވެ. ސުވާލު އުފެދޭ ކަންތައްކެވިކަމުގައި ވިޔަސް އިތުރަށް ހާތިބުމުގެ މަރު ތަހުގީގު ނުކުރެވުނީ އެހެންވެއެވެ.

ހާތިބުގެ މަރަށް ހަފްތާއެއް ވީތަނާ ޒިޔަޒަން ވެގެން ދިޔައީ އަލަށް އައްޔަން ކުރެވުނު ޖިންނީންތަކުގެ އިސްވެރިޔާ އަށެވެ. އޭގެ ސަބަބުން ހަޅުތާލިގަނޑެއް ކުރިމަތި ނުވެ ޝާޢާއަށް މިނިވަންކަން ހޯދަދޭން ފަސޭހަ ވިއެވެ.

*****

ދެދުވަސް ފަސް…

ޝާޢާ ދިއުމުގެ ކުރީން އޭނައާއި ބައްދަލުކުރަން ބަރްކާ އައެވެ. އޭރު ރަޒާން، އީވާ އަދި ޒިޔަޒަން ތިބީ ޝާޢާ ބޭނުންވާ މަންޒިލަށް އޭނަ ގެންގޮސް ދޭން ތައްޔާރަށެވެ. އެއީ އައިޝާގެ ގާތަށެވެ. އޭރު ރަށުގައި ފެތުރިފައި އޮތް އަޑުތަކުގެ ޚަބަރު ޒިޔަޒަން ވަނީ ދީފައެވެ. ޝާޢާ ރަހީނުކުރެވިފައިވާކަމަށް ރަށުމީހުން ޤަބޫލުކުރާ ވާހަކަ އެވެ. އަދި ފުލުހުން ވެސް ޝާޢާ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެއާއެކު އަނބުރާ މީހުންގެ ތެރެއަށް ދާންވާއިރަށް އުފެދޭނެ ސުވާލުތަކަށް ދޭނެ ޖަވާބު ވެސް ޝާޢާ ވަނީ ފަރުމާކޮށްފައެވެ.

ބަރްކާ ބޭނުންވީ ޝާޢާއާއި އެކަނި ބައްދަލުކޮށްލާށެވެ. އޭއާއެކު ބަރްކާއަށް ވަގުތު ދެމުން ޒިޔަޒަންމެން ދިޔަ އެވެ. ބަރްކާ ޝާޢާއަށް ހިނިތުންވެލިއެވެ. އަދި އެމީހުންގެ ފަރާތުން ކުރިމަތިވި ކަންތަކަށް މަޢާފަށް އެދެން ފެށިއެވެ.

”އަހަރުމެންގެ ފަރާތުން ޝާޢާއަށް ވަނީ ވަރަށް ބޮޑު ކެކުޅުންތަކެއް ތަހައްމަލުކުރަން ޖެހިފައި، އެކަމަށް އަހަރެން މަޢާފަށް އެދެން… ޝާޢާ ދިއުމުގެ ކުރިން އަހަރެން ބޭނުން ވާހަކައެއް ހިއްސާކޮށްލަން، ވެދިޔަ ހުރިހާކަމެއްގެ އަސްލު އެނގެން ޝާޢާ ބޭނުންވާނެކަން އަހަންނަށް އެނގޭ، އެހެންވެ މިކިޔައިދެނީ…” ބަރްކާ ބުނެލިއެވެ. އަދި ހާތިބާއި ޖާބިރާ ދެމެދު ކުރިމަތިލުންތައް ހިނގަން މެދުވެރިވި ސަބަބު ކިޔައިދޭން ފެށިއެވެ.

”ފުރަތަމަ ވިލްދާނަށް ޝާޢާގެ ބޮޑުދައިތަ ހުސްނާ ފެނުނީ މިތާ ކައިރި އޮންނަ ފަޅުރަށަކަށް ދަތުރު އައިސް ތިއްބާ… ވިލްދާނަށް ހުސްނާ ފެނުމާއެކު ޝައުގުވެރިކަން އުފެދުނު، އޭނަ ބޭނުންވީ ހުސްނާއާއި އެކުވެރިކަން އުފައްދަން، އިންސީންގެ ދުނިޔެއަށް އޭނަ ދާން ފެށީ އެބޭނުމުގައި، ފުރަތަމަ އެދެމީހުން ބައްދަލުވީ ތިރަށުގެ ގޮނޑުދޮށުން، އޭގެ ފަހުން ގުޅުން ބަދަހިވާން ފެށީ… ވިލްދާން ހުސްނާއަށް ތެދުތެދަށް ހުރިހާ ވާހަކައެއް ކިޔައިދިން… ހުސްނާއަށް ވިލްދާންގެ ހަޤީޤަތް އެނގުމުން ވެސް ބިރެއް ނުގަނޭ… އެއަށްވުރެ ބޮޑަށް އެހިތުގައި ލޯބިވީތީ، ހުރިހާ އުނިސިފައަކާއެކު ވެސް އޭނަ ވިލްދާން ޤަބޫލުކުރީ… ޒުވާންކަމުގެ ޖޯޝުގައި އެތައް އިމެއް ފަހަނައަޅާއި ދިޔަ، އަހަރުމެނަށް ވެސް ޝައްކުވިއިރު ހުސްނާ ހުރީ ބަލިވެ، އޭގެ ސަބަބުން މިޢާއިލާގެ ތެރޭގައި ހަމަނުޖެހުން އުފެދުނު، ހާތިބު އެގުޅުމާއި ނުރުހުން ފާޅުކުރި، އެންމެފަހުން ޢާއިލާދޫކޮށްފައިދާން ވިލްދާން ހުރީ ތައްޔާރަށް… ފުރަތަމަ ވިލްދާންއާއި ހުސްނާގެ ގުޅުމާމެދު ޝައްކު އުފެދުނީ ޝާޢާގެ ބައްޕައަށް، އޭރު ޝާޢާގެ ބައްޕަ ހުރީ ޖާބިރުގެ ގާތުން ފަންޑިތަ ހަދަން ދަސްކޮށްގެން، އޭނަ އެކަން ޖާބިރަށް އެންގި ފަހުން ކިޔެވެލިކިޔަވަން ފެށީ… އެހިސާބުން ހުރިހާކަމެއް ގޯހުންގޯހަށް ދިޔައީ… ހުސްނާ ބޭނުމެއް ނުވި ވިލްދާނާއި ދުރަށް ދާކަށް… ޖާބިރަށް ހުސްނާ ބަލިވެ އިންކަން އެނގުނު ހިސާބުން ވެސް އޭނައަށް އެނގުނު ފަންޑިތަ ހަދައިފިއްޔާ ދެމައިންގެ ފުރާނައަށް ނުރައްކާ ވާނެކަން، އެކަން އެނގުމުން ވިލްދާން ހުރީ ހުސްނާ ދޫކޮށްދާން ތައްޔާރަށް، އޭނަ ބޭނުންވީ އޭނައާއި ހުސްނާގެ ދަރިފުޅު ދުނިޔެއަށް އައުމުގެ ފުރުސަތު ދޭން، އެކަމަކު ޖާބިރު އެކަން ބޭނުންނުމެއް ނުވީ، އިންޒާރު ދިނުމަށްފަހު އޭނަ ފަންޑިތަ ހަދަން ފެށީ، އެކަމުގައި ޖާބިރަށް އެހީތެރިވީ ޝާޢާގެ ބައްޕަ… އޭނަ ކޮންމެހެން އެކަންތައް ކުރީ ހުސްނާ ސަލާމަތްކުރާކަށެއް ނޫން، އޭނަގެ ބާރު ދައްކަންވެގެން، އެންމެފަހުން ފަންޑިތަ ވިހަވެ ބޮޑު ހަނގުރާމައެއް ފެށުނީ… އެކަމުގެ ތެރޭަގައި ޝާޢާގެ މަންމައާއި ބައްޕަ ވެސް މަރުވެގެން ދިޔައީ….” ބަރްކާ ކިޔައިދިނެވެ.

”އުއްމީދުކުރަން ޝާޢާ އަހަރުމެންނަށް މަޢާފުކޮށްދޭނަން ކަމުގައި… ހުރިހާ ހިތާމަތަކަކުން އަރައިގަނެވި ޝާޢާއަށް އުފާވެރި ހަޔާތެއް ދެއްވުން އެދި އަހަރެން ދުޢާކުރާނަން…” ޝާޢާގެ ބޮލުގައި އޯގާތެރިކަމައެކު ބަރްކާ ފިރުމާލިއެވެ. ޝާޢާ ވެސް ފަނޑު ހިނިތުންވުމެއް ބަރްކާއަށް ހަދިޔާކޮށްލިއެވެ.

ޝާޢާގެ ދެލޮލަށް ބަލާލި ބަރްކާއަށް ކަމެއް ފާހަގަ ކުރެވުނުހެން ހީވިއެވެ. އޭރު ޝާޢާ ހުރީ ދުރުގައި ހުރި ޒިޔަޒަންއަށް ނަޒަރު ހުއްޓާލައިގެންނެވެ. އެއާއެކު ބަރްކާއަށް ޝާޢާގެ ހިތުގެ ހާލު އެނގުނު ކަހަލައެވެ. އޭނަ ދެރަ ވެސް ވިއެވެ. ނަމަވެސް އެލޯބި ހާސިލުވުމަށް ތަޤުދީރުގައި ލިޔެވިފައެއް ނެތެވެ.

”ޝާޢާ ޖެހޭނެ ތިއިހުސާސްތަކުގެ މައްޗަށް ގަދަވެގެންނަން، މިއީ އުނދަގޫ ވަގުތުކޮޅެއްކަން އެނގޭ، އެހެން ނަމަވެސް ކެތްތެރިވާން ޖެހޭނެ…” ބަރްކާގެ ޖުމްލައިން ޝާޢާއަށް ސިހުން ލިބުނެވެ. އޭނަގެ ހިތުގެ އިހުސާސްތައް ބަރްކާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟

”އަހަންނަށް އެނގޭ ޝާޢާގެ ހިތުގައި ޒިޔަޒަންއަށް އިހުސާސްތަކެއްވާކަން… އެކަމަކު އެންމެ ރަގަޅު ވާނީ ސިއްރުކުރިއްޔާ، އެހެންނޫންނަމަ އިތުރު ހިތާމަތަކެއް ދެހިތަށް ލިބިދާނެ…” ބަރްކާގެ އަޑުގައި ހަމްދަރުދީ ވިއެވެ. ޒުވާން ދެހިތް އެކަކު އަނެކަކަށް އެދޭ ހާލުގައި ވެސް އެދެމެދުގައިވާ ފަރަގުގެ ސަބަބުން އެވަނީ ދުރަށް ދާން މަޖުބޫރުވެފައެވެ. ކޮންކަހަލަ އިމްތިހާނެއް ހެއްޔެވެ؟ ކުށެއްނެތް ސާފު ދެހިތެވެ. އެހެނަސް މަޖުބޫރީ ހާލަތު އެލޯބި ފަރިވުމުގެ ފުރުސަތެއް ނުދިނެވެ.

ބަރްކާގެ ވާހަކަތައް ނިމުމާއެކު ޒިޔަޒަން ޝާޢާގެ ގާތަށް އައެވެ. އަދި ރަސަލް ތައްޔާރުކުރި އުޅަ ނަގާ ޝާޢާގެ އަތުގައި އަޅުވާލަދިނެވެ. އަދި ޝާޢާ ގާތު ދާންވީ ވަގުތު ޖެހިއްޖެކަމުގައި ބުނެލިއެވެ. ދިއުމުގެ ކުރިން ބަރްކާގެ ގައިގައި ޝާޢާ ބައްދަލިއެވެ. އަދި އީވާގެ ގައިގައި ވެސް ބައްދާލީއެވެ. ރޮވިފައިވި އީވާ ވަދާއުގެ ހިނިތުންވުން ޝާޢާއާއި ބަދަލުކޮށްލިއެވެ.

*****

އަލްވަދާއު ކިޔަންވީ ވަގުތު އައިސް ޖެހުނު އިރު ޝާޢާގެ ދެލޮލަށް ކަރުނަ ތިކިތައް ޖަމާވެފައި ވިއެވެ. ކުރިމަތިން ފެންނަން އެއޮތީ އޭނަގެ ދުނިޔެ އެވެ. އޭނަގެ މުސްތަޤުބަލެވެ. ނަމަވެސް ފަހަތުގައި މަޑުކޮށްލައިގެން އެހުރީ އޭނަގެ ހިތެވެ. އޭނަ ޚިޔާރު ކުރަންވީ ކޯޗެއް ހެއްޔެވެ؟ ޝާޢާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަދި ފަސްއެނބުރި ބަލާލުމަށްފަހު ޒިޔަޒަން ގާތަށް ހިނގައިގަތެވެ.

ޒިޔަޒަންގެ ގައިގައި ޝާޢާ ފަހުފަހަރަށް ބައްދާލިއެވެ. ޒިޔަޒަންގެ އަތުގެ ތެރޭގައި މުޅިއުމުރު ދުވަހު ހުރެލަން ޝާޢާގެ ހިތް އެހިނދު އެދުނެވެ. ނަމަވެސް ޝާޢާއަށް ޖެހުނީ އެހިތުގެ އެދުންތަކަށް ފުރަގަސް ދޭށެވެ. ބަރްކާ ދެއްކީ ދޮގު ވާހަކަތަކެއް ނޫނެވެ. ކިތަންމެ ލޯބިވިޔަސް އޭނައާއި ޒިޔަޒަންއަށް އެކުގައި އުޅުމުގެ ފުރުސަތެއް ނެތެވެ. އޭނަ ޖެހޭނީ އެކަން ޤަބޫލުކުރާށެވެ.

ޒިޔަޒަން ޝާޢާގެ ހަށިގަނޑު ދެއަތުން ވަށާލިއެވެ. އޭނަ ކަރުނަތައް ދިރުވަން މަސައްކަތްކުރިއެވެ. ޝާޢާގެ ކުރިމަތީގައި ބަލިކަށިވާން އޭނަ ބޭނުމެއް ނޫނެވެ. އެހެންނޫންނަމަ އޭނަ އެތަނަށް އައި ބޭނުން ހަނދާން ނައްތާލެވިދާނެއެވެ. ޒިޔަޒަންގެ މޭގައި ވޭނީ ހައިޖާންގަނޑެއް އުފެދިފައި ވިއެވެ. ހަމައެފަދައިން ޝާޢާގެ ހިތް ވެސް ކަރުނަ އަޅަމުން ދިޔަ އެވެ.

ޒިޔަޒަންއަށް މަޖުބޫރުވީ ޝާޢާގެ ގައިން ދޫކޮށްލާށެވެ. ޝާޢާއަށް ދިއުމުގެ ފުރުސަތު ދޭށެވެ. ވަކިވުމުގެ ކުރިން ޒިޔަޒަންގެ ކޯތާފަތަށް ޝާޢާ ބޮސް ދިނެވެ. އެހިނދު އޭނަގެ ލޮލުން ކަރުނަ ފޭބިއެވެ. އަވަސް އަވަހަސް ކަރުނަތައް ފޮހެލަމުން ޝާޢާ ދުއްވައިގަތެވެ. އޭނައަށް އިތުރަށް ކެތްނުކުރެވުނީއެވެ. ޒިޔަޒަންއަށް ދުއްވައިގަތް ޝާޢާއާ ދިމާއަށް އެއް އަތް ދިއްކޮށްލެވެން އުޅުނެވެ. އެހެނަސް އޭނަ ނަފުސުގެ މައްޗަށް ކޮންޓްރޯލް ހޯދިއެވެ. ކުރިއަށް ދުވަމުން ދިޔަ ޝާޢާ ފެނި ޒިޔަޒަންގެ ހިތުގައި ލޭކޮށިގެން ދިޔަ އެވެ. އޭނަގެ ލޮލުން ކަރުނަ ފައިބައިގެން އައީ މޭގައި އުފެދުނު އުދާސްގަނޑުގެ ސަބަބުންނެވެ. އޭނަ އިރުކޮޅެއް ވަންދެން މަޑުކޮށްލުމަށްފަހު ތާއަބަދަށް ޝާޢާއަށް ގެއްލިއްޖެއެވެ. އެލޯބި ދުނިއުމުރަށް ހިތުގައި ފޮރުވާލަމުންނެވެ.

ވަކި ހިސާބަކަށް ދެވުމާއެކު ޝާޢާ ފަސްއެނބުރި ބަލާލިއެވެ. ނަމަވެސް އޭނައަށް ޒިޔަޒަންއެއް ނުފެނުނެވެ. ވަށައިގެން ފެންނަނީ ކާރުބާރުބޮޑު މަގުތަކެވެ. ކޮޅުކޮޅަށް ދަތުރުކުރަމުން ދިޔަ މީހުންތަކެވެ. އެވަގުތު ހަޤީޤަތާ ކުރިމަތިލާން ޝާޢާއަށް ޖެހުނެވެ. އަތް ގެނެސް މޭގައި ޖައްސާލެވުމާއެކު އޭނައަށް ރޮވިއްޖެއެވެ. އެއީ ތަޤުދީރުގެ ނިޔާ އެވެ. އޭނައަށް ޖެހޭނީ އެގޮތާ މެދު ހަމްދުކުރާށެވެ. ދުނިޔޭގައި ތަފާތު އިމްތިހާނުތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެއިން ކޮންމެ އިމްތިހާނަކުން އިބުރަތް ވެސް ލިބިގަންނަން ޖެހޭނެއެވެ.

ޝާޢާއަށް ފާއިތުވެ ދިޔަ ދުވަސްތަކާ މެދު ވިސްނާލެވުނެވެ. އޭނަ ވޭތުކުރި ބިރުވެރި ދުވަސްތަކެވެ. އުފުލި ހިތާމަ އެވެ. އޭނައަށް ލިބުނު އަނިޔާ ތަކެވެ. ޖިސްމުގައި ލެވުނު ޒަހަމްތަކެވެ. ނަފުސާނީ ގޮތުން ލިބުނު ގެއްލުންތަކެވެ. އެހުރިހާ ކެކުޅުމެއްގެ ތެރޭގައި ވަނިކޮށް އޭނައަށް ޒިޔަޒަންގެ ފަރާތުން ލިބުނު އޯގާތެރިކަމެވެ. އޭނަގެ ހިތުގެ ޒަހަމްތަކުގެ ޝިފާއެއް ކަމުގައި ޒިޔަޒަން ވެގެން ދިޔަ ގޮތެވެ. އޭނައަށް ފުރިހަމަ މިނިވަންކަން ހޯދައި ދިނީ ވެސް ޒިޔަޒަން އެވެ. އެހަނދާންތައް ދުނިއުމުރަށް އޭނަގެ ހިތުގައި އޭނަ ރައްކާކުރާނެއެވެ. އެލޯބި އެހިތުގައި ފޮރުވާނެއެވެ. ނޭވާލަމުންދާހާ ހިނދަކު ޒިޔަޒަންއަށް ޝުކުރެވެރިވާނެ އެވެ. އޭނަ ވެއްޓުނު އަނދަވަޅުން އަރައިގަނެވި މިހާރު އެވަނީ މުޅިން އާޚަޔާތަކާ ކުރިމަތިލާން ޖެހިފައެވެ. ހިތްވަރާއެކު ކުރިއަށް ދާން ޝާޢާ އަޒުމުކަނޑައަޅައި ކުރިއަށް ފިޔަވަޅުތަކެއް އަޅާލިއެވެ.

(ނިމުނީ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ބާޒީ 4

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (9)

Next
March 31, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (9)

Previews
March 31, 2018

ބާޒީ 4

11 Comments!

  1. Mutha/ S.Hithadhoo says:
    March 31, 2018 at 9:19 pm

    Au vaahakaeh fashan ulhethi vaahaka ekoh mi neruni (baeh part thah ehaa dhigi 5 parts ehkohlaafa inima), unmeeedhu kuran mi vaahaka kiyunterinah kamudhiya kamah, Iraadhakurehviyaa next week ga mutha ge mulhin au vaahaka eh kiyutherinaa hamayah genes deynan (In Sha Allah)

  2. mishy says:
    March 31, 2018 at 10:49 pm

    Me 1st dhwh…Vrh reethi… waitin 4 ur nxt strii.. luv yuh… gud nyt…

  3. Amin says:
    March 31, 2018 at 10:51 pm

    Me sun GA in vaahaka dho

  4. ninni says:
    April 1, 2018 at 12:15 am

    Mutha sun ah liyefa hutaalitha? what happnd? konme akas mutha ge stories ninni ah vvv kamudei, sun in vinuvi eh negi mutha gehulunima varah deravi. anyways hope kuran mutha ga vaahaka thah fenaane kamah, gud luck

  5. sum sum ? says:
    April 1, 2018 at 1:08 pm

    Varah reethi! Roviehje! Varah asaru gadha vaahaka eh mee ????
    Keep going mutha ???

  6. Nuxu says:
    April 2, 2018 at 9:44 am

    I have never been that much into dhivehi stories but I absolutely loved this story. It’s v different. The ending was great. V salhi. Great work.

  7. Icy says:
    April 2, 2018 at 10:21 pm

    wow hama rovijje

  8. truth says:
    April 5, 2018 at 4:53 pm

    story varah reethi. but hamanujehey baeh kanthah thah hureema faahaga kohlaanan.

    1: roohaany jinnin, ge dhoru binaa kohgen endhu ga nidhaa vaahaka

    2:namaadhu gai vanikoh jinni ehge undhagoo foari vaahaka

    3: valhi eh beynun kohgen jinni eh Maraali vaahaka

    I’m sorry. vaahaka reethi kamugai viyas buhdhi gabool nukuraa kanthah thah baivaru.
    btw love your story “foheveyne baa ey”
    ummeedhu Kuran hiyy baru nukoh comment balaigannaane Kamah

    1. dare says:
      April 10, 2018 at 3:30 pm

      truth thibuny rangalhu vaahaka eh.. anyways vaahaka varah reehi.

    2. hhh says:
      April 27, 2018 at 2:47 pm

      hmm

  9. dhande says:
    April 27, 2018 at 10:26 am

    varah fakka

Comments are closed.


All Right Reserved!