Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާށެ އޯގާ ހިތާ 5

seym Level 310 Stories100 Login100 Comments
April 2, 2018 4 Mins Read
11 Comments

ގޭ ދޮރުމަތީ ހުރި މައިރާ ގެ ސިކުނޑީގައި ވަނީ ޒަކްވާން ރޭގައި ދެއްކިވާހަކަ ތަކެވެ. ތިއްތި ގެ ލަފާގެ މަތިން މިއަދު އީވާން އާއި ހިތުގައި ވާ ހުރިހާ ވާހަކައެއް ހިއްސާކުރަން މައިރާ ބޭނުމެވެ. ވަގުތު ފާއިތުނުވަނީސް އަދިވެސް ބައްޕަމެންގެ ވިސްނުން ބަދަލުކޮއްލެވިދާނެއެވެ. ނަމަވެސް އެކަމަށް އީވާންގެ އެހީ ބޭނުންވެއެވެ. ސިކުނޑީގައި ފުނި ޖެހިފައިވާ ހިޔާލުތަށް އެއްފަރާތް ކޮއްލަމުން މައިރާ ފުންނޭވާ އެއް ދޫކޮއްލިއެވެ. އަތުގައި އަޅާފައި އޮތް ގަޑި އަށް އަވަސް ނަޒަރެއް ދެމުން މަގުގެ ދެފަރާތް ހޯދާލިއެވެ. އީވާން އަށް ދުވަހަކުވެސް ގަޑިއަށް ތަނަަކަށް އާދެވޭ ކަމަކަށް ނުވެއެވެ. މަގުމަތިން ދާ މީހުންގެ ނަޒަރުވެސް މައިރާ އަށް ހުއްޓޭލެއް މަދެއް ނޫނެވެ. އެހެންނުވާންވީ ސަަބަބެއް ނެތެެވެ. ހުދުކުލައިގެ އަތް ދިގު ޓޮޕްކޮޅާއި ގަދަ ނޫ ކުލައިގެ ޖީންސްގައި މައިރާ ކިތަންމެހާވެސް ފުރިހަމައެވެ. މިނިވަންކަމާއެކު ދޫކޮއްލެވިފައިވާ ބުޅިި އިސްތަށިގަނޑަށް އެކަނިވެސް މީހުންގެ ސަމާލުކަން ހުއްޓެއެވެ. ފޯނުގެ ސްކުރީނަށް ބަލަހައްޓައިން ހުރި މައިރާ ސިިހިގެން ދިޔައީ ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލް ކުއްލިއަކަށް ކުރިމައްޗަށް މަޑުކުރުމުންނެވެ. އިސްއުފުލާ ބަލާލުމާއެކު ކުރިމަތިން ފެނުނީ އީވާންއެވެ. މައިރާގެ ބެލުން އެމޫނަށް ހުއްޓުމާއެކު އީވާން ނިކަން ބޮޑަށް ހިނިތުުންވެލިއެވެ. ” ހޭއި ބޭބީ.. ޔޫ ލުކް ގޯޖަސް ލައިކް އޯލްވެސް.. ލަސްވީމަ ހިތްހަމަ ނުޖެހިފަދޯ.. ބައްޕަ ގުޅާވަރުން ކުޑަކަމަކު އޮފީހަށް ދާން ޖެހުނީ..” އީވާން ލަސްވި ސަބަބު އޮޅުންފިލުވައިދިނެވެ. ހިތްހަމަނުޖެހުނު ނަމަވެސް މައިރާ ބެލީ އެކަން އީވާން ގެ ކުރިމަތީ ހާމަނުކޮށް ވޭތޯއެވެ. މިއަދު ގެ ގޮތުން އެއްވެސް ސަބަބަކާ ހުރެ އީވާން ގެ ހަމަޖެހުން ގެއްލެން މައިރާ ބޭނުންނުވަނީއެވެ. ” އިޓްސް އޯކޭ.. ” ސައިކަލް ފަަހަތަށް އަރާ ހަމަޖެހިލަމުން މައިރާ ޖަވާބުު ދިނީ ވީހާވެސް ކުރުކޮށެވެ. ” ގެއަށް ދޯ ދާނީ.. މައި ގެނެސްދޭށޭ މިދިޔަ ހަފްތާގަވެސް މަންމަ ބުނި.. ” އީވާން ގެ ނިންމުމާ މައިރާ ދެކޮޅެއް ނުހަދައެވެ.

 

ދިހަ ބުރިއަށް ނަގާފައިވާ ގޭގެ ކުރިމަތީ އީވާން ސައިކަލް ޕާކް ކޮއްލުމާއެކު މައިރާ ފޭބިއެވެ. ލިފްޓު އަށްވަނަ ފަންގިފިލާ އަށް ހުއްޓުމާއެކު ކަނާތް ފަރާތު އެޕާޓްމަންޓް ގެ ދޮރު ހުޅުވާލަމުން އީވާން ވަނެވެ. އީވާން ގެ ފަހަތުން ވަތް މައިރާ ފެނުމުން ސޯފާގައި ޓީވީ ބަލަން އިން އަނީސާގެ މޫނުމަތިން ހައިރާންކަމާއެކު އުފާވެރިކަން ފެނުނެެވެ. ” އަނހަ.. މައިރާ… އަވަހަށް އާދޭ.. އިށީދެބަލަ މިތާ.. އީވާން ކައިރީ ވެސް ބުނެފީމޭ މިހާރުު މައިރާ ގޮވައިން އައިސްބަލާށެ.. ކުރިން އަންނަ ވަރަކަށް މިގެއަށް ނާދޭ ވިއްޔާ މިހާރު..” އަނީސާގެ ގާތުގައި އިށީންނަން ހިނގައިގަތް މައިރާގެ މޫނުމަތިން ލަދުން ހުރިކަން ހާމަވެއެވެ. އެގެއަށް ކިތަންމެ ގިނައިން އައިސް އުޅުނުނަމަވެސް މައިރާގެ އެ ލަދުވެތިކަމަކަށް ބަދަލެއް ނާދެއެވެ. ” ޓެސްޓު ދުވަސްކޮޅު ވީމަ ނާދެވުނީ… ” މައިރާ ސިކުނޑިއަށް އެވަގުތު އައި ޖަވާބު އިއްވާލަމުން ހިނިތުންވެލިއެވެ. ” އެހެންތަ.. ދެން އަންނައްޗޭ އިނގޭ…” އަނީސާ މައިރާގެ އަތުގައި ހިފަހައްޓާލިއެވެ. ” އިމްނާ… ދަރިފުޅާ…” އަނީސާ ތަންކޮޅެއް ބާރަށް ގޮވާލުމާއެކު އެއްފަރާތުގައި ހުރި  ކޮޓަރީ ދޮރު ހުޅުވާލަމުން އަންހެންކުއްޖެއް ބޯދިއްކޮއްލިއެވެ. ސޯފާގައި އިން މައިރާ ފެނުމުން އެ އަންހެންކުއްޖާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ދޮރު ލައްޕާލުމަށް ފަހު އިރުކޮޅެއްގެ ތެރޭގައި ދެން ނުކުމެ ހިނގައިގަތީ ސޯފާ އާއި ދިމާއަށެވެ. ލައިގެން ހުރި ދޫ ހަރުވާޅުމައިން އަތް ކުރު ޓީޝާޓެއް ލައިން ހުރިއިރު ކުރުކޮށް ކޮށާލެވިފައިވާ ފަން އިސްތަށިގަނޑުގެ ތަރުތީބު ވަނީ ގެއްލިފައެވެ. ” މައި.. ކޮންއިރަކު އައީ… ” އިމްނާ އައިސް މައިރާ އާއި ޖެހި ފިތިގެން އިށީނެވެ. އެއް އުމުރެއްގެ ދެކުދިންނަށް ވުމުން މައިރާ އާއި އިމްނާ ގެ މެދުގައި އުފެދިފައިވާ އެކުވެރިކަން ވަރުގަދައެވެ. އީވާންގެ ކޮއްކޮއަށް ވުރެ މައިރާ އަށް އިމްނާ ބަލައިގަނެވެނީ ގާތް ރަހްމަތްތެރި އެއްގެ ގޮތުގައެވެ. އީވާން އާއި ދިމާވީއްސުރެ އިމްނާ އަކީ މައިރާ ގެ ކަންތައްތަށް ގާތުން އިނގޭ އެއްފަރާތެވެ. ” ހަމަ ދެންމެ މިއައީ..” މައިރާ ޖަވާބުދިނެވެ. އަނީސާ އަވަސްވެގަތީ ހަވީރުގެ ސައި ތައްޔާރުކުރުމަށެވެ. ” ނިދަނީދޯ…” މައިރާ ގެ ސުވާލުން އިމްނާ ދެފަރާތަށް ބޯތަޅުވާލިއެވެ. ” އުނހޫ.. ހިނގާބަލަ… ވަރަށް ރީތި ސީރީޒް އެއް އެބައިނޭ.. އެ ބަލަން އޮވެފައޭ މި ނުކުތީ..” މައިރާގެ އަތުގައި ހިފާ ދަމާލަމުން އިމްނާ ބުނެލިއެވެ. ދެ އަންހެން ކުދިން އެކީ ދިޔަ މަންޒަރު ބަލަން އީވާން އިނެވެ.  އާއިލާ އަކީ ބޮޑު އާއިލާ އެއް ނަމަވެސް ގިނަ މީހުން ދިރިއުޅެނީ ރާއްޖެއިން ބޭރުގައެވެ. އާއިލާ އެންމެން ބައްދަލުވެ މަޖާ ކޮއްލަން ލިބޭނީ މަދުފަހަރަކުއެވެ. ނަމަވެސް މައިރާ އެގެއަށް އަަތުވެއްޖެނަމަ ގެއަށް ދިރުން ލިބިގެންދެއެވެ.ސައި ތައްޔާރުކުރަން ހުރި އަނީސާގެ މޫނުމަތިން ފެންނަ ހިތްހަމަ ޖެހުމުން  ވެސް އެކަން އީވާން އަށް ޔަގީންވެއެވެ. އީވާން ގެ ބައްޕަ ހަމީދު ގިނަ ވަގުތު ހޭދަ ކުރަނީ ވިޔަފާރީގެ މަސައްކަތްތަކުގައެވެ. އެ އުމުރުގެ އަންހެންކުއްޖަކަށް އިމްނާ އެކަނި ހުރުމުން އޭނާ ވެސް މައިރާާާ އެގެއަށް އަތުވެއްޖެނަމަ ހުންނަނީ ފޮނުވާލާހިތް ނުވެފައެެވެ. އެގޮތް ވާން އޮތީ ކައިވެނި ކުރެވިގެންނެވެ. އޭރުން މައިރާ ދިރިއުޅޭނީ އެގޭގައެެވެ. ކުރިއަށް އޮތް އުފާވެރި ދުވަސްތަށް ހިތަށް ސިފަވެގެން ދިޔުމާއެކު އީވާން ސޯފާގައި ލެގިލިއެވެ. އެ މޫނުމަތިން ހިތްހަމަ ޖެހުން ފެެނެއެވެ.

 

ސައި ބޮއި ނިމުމާއެކު އީވާން މައިރާގެ އަތުގައި ހިފާލަމުން މިސްރާބުޖެހީ ކޮޓަރި އާއި ދިމާއަށެވެ. އީވާން ގެ ފަހަތުން ކޮޓަރިއަށް ވަންނަމުން މައިރާ ދޮރު އެއްކޮށް ލެއްޕުމުގެ ބަދަލުގައި ބެހެއްޓީ ކުޑަކޮށް ހުޅުވާފައެވެެ. އޭރު ބަދިގޭގައި އިމްނާ އާއި އަނީސާ ތަށިތަށް ނެގުމުގައި އުޅެއެވެ. އީވާން ގޮސް ކޮޓަރިން ނުކުމެވޭނެހެން ހުރި ބެލްކަނީގެ ބިއްލޫރި ދޮރު ދަމާލުމާއެކު ފިނި ވައިރޯޅިތަށް އެއްވެސް ހުރަހެއް ނެތި ކޮޓަރިއަށް ވަންނަމުން ދިޔައެވެ. އީވާން ގެ ކައިރީ ހުއްޓިލަމުން މައިރާ ކުރިމަތިން ފެންނަން އޮތް މޫދަށް ނަޒަރު ހުއްޓާލިއެވެ. އުޑުމަތީގައިވާ އޮރެންޖް ކުލައިގެ ވިލާތަކާ އެކުވެެގެން ފެންނަ އިރު އޮއްސޭ މަންޒަރު ކިތަންމެހާވެސް ރީއްޗެވެ. އީވާން މައިރާގެ ފަހަތުން ކުޑަކޮށް ބައްދާލުމަށް ފަހު މައިރާގެ ދެފަރާތުން ބެލްކަނީގެ ރެއިލިން މަތީގައި އަޅުވާލިއެވެ. އީވާންް އޭނާގެ ކޮޑުގައި ދަތް ދޮޅި އަޅުވާލުމާާއެކު އެ ހޫނު ނޭވާތަށް ކަންފަތަށް އިހްސާސްވެގެން ދިއުމާއެކު މައިރާގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. ” އީވާން..” މައިރާ ގޮވާލުމާއެކު އީވާން ސީދާވެލިއެވެ. ” ޔެސް ބޭބީ..” އީވާން ގެ އަޑު އިވުނީ މަޑުންނެވެ. ” ކައިވެނި ލަސްްކުރަންވީނު..” މާ ބޮޑު ވިސްނުމަކާނުލާ އެހެން ބުނެވުމުން މައިރާ ވެސް ހައިރާންވިއެވެ. އެވާހަކަ ފަށާނެ ގޮތް އޭނާ އައީ ސިކުނޑީގައި ރާވައިގެންނެވެ. ކުއްލިއަކަށް މައިރާ ގެ އަނގައިން ނުކުތް ޖުމްލަ އަޑު އިވުމާއެކު އީވާންވެސް ސިހޭގޮތް ވިއެވެ. މައިރާ  އެހެން ބުނަން އެއްވެސް ވަަރަކަށް ފަސްޖެހުނު ހެނެއް އީވާން އަކަށް ހިޔެއްނުވެއެވެ. މައިރާގެ މޫނު ފެންނާނެ ހެން އަނބުރާލުމާއެކު އީވާން އެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ” ވަޓް.. އަނެއްކާ… ކުރިން ބުނީ އެގްޒާމް ތަށް ނިމުނީމައޭ.. މިހާރު ދެން.. ވަޓްސް ގޮއިން އޮން ވިތް ޔޫ..” އީވާން މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކި ނަމަވެސް އަޑުން ހިތްހަމަނުޖެހިފައި ހުރިކަން މައިރާ ދެނެގަތެވެ. ” އީވާން… އަހަރެން ބޭނުން އަދި ކިޔަވަން.. ޕްލީސް.. އެއްކޮށް ނިންމާފަ ވެސް މެރީ ކުރެވިދާނެއެއްނު.. އެންމެ ގިނަވެގެން ވެސް ތިން އަހަރު ވާނީ… ” މައިރާގެ އަޑުގައި ވަނީ އާދޭހެވެ. ” މައި ތި ބުނާ ގޮތުން ނަމަ ދުވަހަކުވެސް ކިޔަވާ ނުނިމޭނެ.. އިނދެގެން ވެސް ކިޔެވޭނެ.. އެކަން މަނާ ނުކުރާނެކަން މައި އަށް އިނގެން ވާނެ… ޔޫ ވިލް ހޭވް މައި ފުލް ސަޕޯޓް…” އީވާން ގެ ޖަވާބުން މައިރާ އަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އިވާން އޭނާ ދެކެ ހަގީގަތުގައި ވެސް ލޯބިވާާކަން އެހިތަށް ގަބޫލްނުކުރެވެނީއެވެ. ނަމަވެސް ކުރިމަތީ މިވަގުތު ހުރި އީވާން ގެ މާޔޫސް ވެފައިވާ މޫނަށް ބަލާލުމުން އެ ލޮލުން ލޯބި މައިރާ އަށް ފެނުނެވެ. އެ ގުޅުން އުފާވެރިކަމާއެކު ދަމަހައްޓަން މައިރާ ވެސް ބޭނުމެވެ. ފުރަތަމަ ފަހަރަށް ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް ކަމުގައި މައިރާ ހިތުގެ އަޑިން ގަބޫލްކުރިއެވެ. އީވާން އަކީ އޭނާގެ ފުރަތަމަ ލޯތްބެވެ. ކައިވެންޏަށް ފަހު އިވާން ގެ ހުރި އުނި ސިފަތަށް ބަދަލުނުކުރެވިއްޖެނަމަ އެ ސިފަތަކާއެކު އީވާން ދެކެ ލޯބިވާން މައިރާ ހިތް ބުނެލިއެވެ. މައިރާ ބޯ ޖަހާލަމުން ހިނިތުންވެލިތަން ފެނުމުން އީވާން ގެ މޫނުމަތިވެސް އުޖަލާވެގެން ދިޔައެވެ. މައިރާ އީވާންގެ ގާތަށް ޖެހިލުމާއެކު އެ ބާރުގަދަ އަތުގެ ތެރޭ އޭނާ ވަށާލީ ލޯތްބާއެކުގައެވެ.

****

” ހަމަ އެހާ އަވަަަހަށް ފުރަނީ..” ގަބޫލް ނުކުރެވިފައި އިންހެން އާދިލް އަހާލިއެެވެ. ދެ އެކުވެރިން ތިބީ ހަމްޒާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި އެގޭގެ ބޭރު ފާރުމަތީ އިށީނދެލައިންނެވެ. ” އާން.. ބައްޕަ ހީވީ ބޮމެއް ވައްޓާލިހެން.. މަވެސް އިނީ ޝޮކެއްގަ.. އަދި މާލެ ނުދާނަމޭ ބުނަން ވެގެން އެހާ ރެޑީވެގެން އިންދާ..” މާކިން ގެ ވާހަކައާއި އެކު އާދިލް ހިނިގަނޑެއް ޖަހާލިއެވެ. ” އަދި އަވަސް އެވާހަކަ ދައްކަން.. މާލެ ގޮސް އެހެން ބުނަން މަޑުކުރިނަމަ…” އާދިލް މާކިން އާއި ދިމާކޮއްލިއެވެ. ” އޭތް.. ދެން ދިޔައިމަ ވަރަށް މިސްވާނެ..ގްރޫޕުން އެކަކު މަދުވާނެ ވިއްޔާ…” އާދިލް އެހެން ބުނި އަޑު ކައިރިއަށް އައިސް ހުއްޓުނު ހަމްޒާއަށް ވެސް އަޑުއިވުނެވެ. ” މާކިން އަންނަ ހަފްތާގައި ފުރަނީދޯ.. މަންމަ އެބަ އެވާހަކަ ދައްކާ… މަ ވެސް ފޮނުވަންވީޔޯ… މަ ބުނެފިން މަަށަކަށް މާލެ ގޮސް ނޫޅެވޭނޭ… މާކިން މޮޅަށް ކިޔެވީމާ އޭގެ ފައިދާ އަހަރުންނަށް ވެސް ކުރާނުން… ދޯ މާކް…” ހަމްޒާ ގެ ވާހަކަ އާއި އެއްބައި ވުމުގެ މާކިން ބޯ ޖަހާލިއެވެ. ތިން އެކުވެރިން އެކީ ހިނގައިގަތީ ރަށުގެ އެންމެ މަޝްހޫރު ކެފާ އާއި ދިމާއަށެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ޝީން (ނަވާވީސްވަނަ ބައި)

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (10)

Next
April 2, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (10)

Previews
April 2, 2018

ޝީން (ނަވާވީސްވަނަ ބައި)

11 Comments!

  1. seym says:
    April 2, 2018 at 2:48 am

    Salaam. So here is part 5. ?
    Since m writing after a long break it was difficult to get into the story.. ? Will take time to pick up my pace. But ummeedhu kuran mi bai vx kamu dhaane kamah. ♥️ Thankyou my readers for the love and support. You all keep me going. ?

  2. lotus says:
    April 2, 2018 at 6:05 am

    Aha.. finaly… v nice mi part… but pls dont tell me that they wil actualy get married.. aslu nukuraane dhw

  3. Maii says:
    April 2, 2018 at 6:09 am

    Good job seym.. Varah loabi..

  4. Pinky shifoo says:
    April 2, 2018 at 6:55 am

    V v reethi mi part vx ???… Eagerly waiting for the next part ???…

  5. Anonymous says:
    April 2, 2018 at 9:11 am

    Woooww.. V. Nice dear.. Waiting

  6. EHLEE says:
    April 2, 2018 at 10:13 am

    Wow

  7. Nafoo says:
    April 2, 2018 at 2:47 pm

    Masha Allah… Seym.. Varah rythi story .. But maa kury …. Varah kiyaa hihvey seym ge vaahaka….Plz avahah up kohladhey thi seym…luv n miss uuuu??❤❤❤?

  8. ??? says:
    April 11, 2018 at 6:44 pm

    Alhey e 2myhunn kaiveni nukuru vahchey eyrunn foohi?vvvvv rythi mibaiii vess ??????

  9. zara says:
    May 6, 2018 at 2:35 pm

    seym alah mi comment kohlly seym story akah thiya dhin ufaa ge season 2 eh neren wee ehnun jana ge wedding aa ehkon plus naail ah eyna ge mistake aa ehchiss feel waa gothah salhi waane….

    1. Popp says:
      May 22, 2018 at 7:52 pm

      Yeah .. Dats a good idea.. I kinda felt bad that naail didnt come later feeing regret.. I mean its obvious that whorver the girl he married wasnt trustworty.. Bcz that affair went while tey wete married.. A good girl obviously wont be interfering with married mans life.. So that relationship wont be perfect.. I think u should write s2 of tat story like she said.. Insetad of continuing this one.. I didnt like it from the beginning dontbknw wy thoug….. No offence 🙂

  10. Sisis says:
    May 28, 2019 at 3:23 pm

    Nic3

Comments are closed.



All Right Reserved!