ބޭނުންވަނީ ޔާރާ… 7
އައިރާ އެންމެ ކުޑަ ހަނދާން ހުންނައިރުން ފަށައިގެން ދިރޭސޫފާ ސޫފިދެކެ ގަންނަނީ އަމަށަކު ބިރެއްނޫނެވެ. ވީއިރު ކުރިމަތީގައި އިން މީހާގެ ބުރަކަށިން ކޮނޑާއި ވާގޮތަށް ގަމީހުގައި އިން އިގްއާނާ ފެނިފައި އަވަހަށް އައިރާ އައިކޮޅަށް އަނބުރާ ހިނގައިތެވެ. އެއީ އަސްލު އެއްޗެއްތޯ ނުނީ ޖަމީހުގައި އިން އެއްޗެއްތޯވެސް ބަލާލަން އައިރާއަކަށް ނުކެރުނެވެ. ވާނީވެސް އެހެންތާއެވެ. ކުޑައިރު ކުއްޖަކު އައިރާ ގަޔަށް ބޮނޑެއްލުމުންވެސް ހޭނެތި ހުންއައިސް ހަފްތާއެއް ވަންދެން އުޅެންޖެހުން ވިއްޔާއެވެ. ނިކުންނަން ދިޔަ އައިރާއަށް އެވަގުތު ކެންޓީނާއި ދިމާއަށް އައި ޖައިލަމް ލޮލުގައަޅައިގަތެވެ. “ހޭތް ޖައި.. ހިނގާބަ އެއްޗެއްކާލަން ބޭރަށް ދާން.. ” “އާދޭ.. އަހަރެންވެސް މިދަނީ ކެންޓީނާ ދިމާއަށޭ. . “އެހެންބުނެ ޖައިލަމް ހިނގައިގަތުމާއެކު އައިރާ “ނޫން..” އޭބުނެ ބޭރަށްދާން އެދި ތަކުރާރުކޮއްލިއެވެ. ޖައިލަމްވެސް އަހަންބޭނުން ބައިވަރު ވާހަކަތަށް ހުރުމުން ވަގުތުން އެކަމާއެއްބަސްވެ އައިރާ އާއި އެކުގައި ބޭރަށް ހިނގައިގަތެވެ.
****
ވަޒީފާގެ އެންމެ ފުރަތަމަދުވަހުވެސް ލަޔަކް އާއި ޖެހުނީ ކޯޕައިލެޓްއެއް ގޮތުގައި ދަތުރުކުރާށެވެ. އެވެސް ފުއައްމުލަކުސިޓީއަށެވެ. އެކުގައި ހުުުރީ އަަންހެނެއް ނަމަވެސް ކުޅަދާނަ ޕައިލެޓެކެވެ. ފުއައްމުލަކުސިޓީއިން ފުރަން ހަމަޖެހިފައި އޮތީ ހަވީރު ހަތަރެއްޖަހާއިރުއެވެ. ލިބުނު ވަގުތު ކޮޅުގައި ލަޔަކް މުއައްޒަފުން ތިބެން ހަމަޖައްސާފައިވާ ހޮޓެލްއިން ބޭރަށް ނިކުމެލީ ދާދިފަހުން މަރާލާފައި އޮއްވާފެނުން ހައިޝަމްގެ މަންމަ އެޑްމިޓްކުރެވިފައި އަދިވެސް އޮތްހަބަރު ލިބިފައިވުމުން އޭނާ އަށް ޒިޔާރަތް ކޮއްލުމަށެވެ. ހައިޝަމްއަކީ ޖުނައިދުގެ ފަރާތުން ލަޔަކްއާއި ރަހްމަތްތެރިވީ މީހެކެވެ. ނަމަވެސް މިއަދު ޖުނައިދުގެ އިތުރުން ހައިޝަމްވެސް މިވަނީ އަނިވާރިއެއްގެ ޝިކާރައަކަށްވެ މިދުނިޔެ ދޫކޮއްގޮސްފައެވެ. ވުމާއެކު ލަޔަކްގެ ހިތުގައިވެސް މިހާރު އެވާގޮތެއް ބަލާލުމުގެ ޝައުގުވެރިކަން އުފެދިގެން ދިޔައެވެ.
މަޑުމަޑުން ހިގާލާފައި މަގުމައްޗަށްނިކުމެ ހޮސްޕިޓަލާއި ދިމާއަށް މިސްރާބުޖެހި ލަޔަކްގެ ފިޔަވަޅުތަށް މަޑުޖެހުނީ ދެމީހަކު ސިއްރުން ވާހަކަދައްކާއަޑު އިވޭހެން ހީވެގެންނެވެ. އެއަޑު އެއަންނަނީ މޯލްޑިވިއަން އިން އަލަށްހަދާންފަށާފައިވާ ހޮޓެލްގެ ތެރޭކަން ލަޔަކްއަށް ޔަގީންވީ ވަރަށް ކައިރިއަށް ދިޔަފަހުންނެވެ. އެވަގުތު އެތެރޭތިބިމީހުން ނިކުންނަން އައުމާއެކު ލަޔަކްވެސް ތެޅިގަނެފައި އަވަހަށް އެތަނުން ފާރަކާއި ނިވާވެލިއެވެ. ފުރަގަހުން ފެނުން ނަމަވެސް އެތަނުން އެކަކަކީ ގާސިމްކަން ލަޔަކްގެ ދެލޮލަކަށް ނުއޮޅުނެވެ. ހިތަށްވަތް ވަސްވާތަކާއެކު ލަޔަކް އަވަހަށް އެމީހުންގެ ފަހަތުން ދާން ނުހަދާ އެތެރެއަށް ބޯދިއްކޮއްލިއެވެ. އެއީ ފަހަތުން އައިމީހަކު ލަޔަކްގެ ކޮނޑުގައި އަތްއަޅާލިވަގުތެވެ.
********
“ދަކިޗަން” ގެ ހިތްގައިމު ހިތްގައިމު މާހައުލުގައި އައިރާއާއި ޖައިލަމް މެނދުރުގެ ނާސްތާ ކުރަމުން ދިޔައިރު ދެމީހުންގެ ދެމެދުގައިވަނީ ހިމޭންކަމެވެ. ކައިނިމިގެން ނޫނީ އަނގައިންވެސް ނުބުނަން ހުވާކޮއްގެން ތިބިކަހަލައެވެ. އެންމެފަހުން ކެތްތެރިކަން ކޮޅުލާ މިފަހަރު ވާހަކަދެއްކީ އައިރާއެވެ.
“ޖައި.. ލަޔަކް އެއީ ސައިކޯ މީހެއްތަ.. ” ވަރަށް ހިތްވަރުކޮއްލާފައި އައިރާގެ ހިތުގެ ހަމަޖެހުން ގެއްލުވާލާފައިވާ ސުވާލު ކޮއްލިއެވެ. އެދުވަހު ހެނދުނު ފެނުން މަންޒަރާއެކު އައިިރާއަށް ލަޔަކްއަކީ ސައިކޯ، ޑިޕްރެޝަންވެސް ހުންނަ މީހެއްހެން ހީވާން ފަށައިފިއެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ކަސްރަތުކުރަމުން ދިޔަ ލަޔަކް އެދުވަހު ހީވަނީ މީހަކަށް އިންތިޒާރުކޮށް ނުލިބިގެން ނޫނީ ނައިސްގެން ރުޅިއައިސްފައި ހުރެ ހަށިގަނޑުގެ މަސްތަކަށް އެކަމުގެ ވަރުބާލަމުން ދާހެންނެވެ. އަނެއްކާ އިރުކޮޅަކުން ކަންފަތުގައި އަތްޖަހާލުމާއެކު އައިސް އެކަނިމާއެކި ހަޓްދޮށުގައު އިނދެ ހީހީފައި ވާހަކަައްކަމުންދިޔައިރު މޮޔައެކޭވެސް ބަލާލާމީހަކު ބުނާހާވެއެވެ.
“އައްދެ އައިރާ ބޭނުމީ ސައިކޯމީހެއްތަ.. ” ޖައިލަމް ހިނިގަނޑު ބަނޑަށް ހިންދާލަމުން އެހެން އަހާލިނަމަވެސް އައިރާގެ މޫނުމަތީގެ ކުލަވަރު ފެނުމުން ކިހިނެއްވީތޯ ސުވާލުކޮއްލިއެވެ. އައިރާ އޭނައަށް ފެނުން މަންޒަރު ކިޔާދިނުމުން ޖައިލަމް ހެމުހެމުން ލަޔަކް ކުރެން އަހާނަމޭ ބުނެ އާޔާގެ ވާހަކަ ފެށިއެވެ.
*******
ކުޑަދުވަހުއްސުރެ އެކީގައި އުޅެމުންއައި އައިރާ އާއި ޖައިލަމްއަކީ އެއްކުއްޖަކު އަނެއްކުއްޖެ ކޮންމެ ވާހަކައެއްވެސް ޖެހިލުމެއްނެތި ހިއްސާކުރަމުންދާ ގާތް ދެރަހުމަތްތެރިންނެވެ. ނަމަވެސް ދެކުދިންގެ ދެމެދުގައި އެއްއަހަރުދުވަހުގެ ތަފާތުހުރެއެވެ. އެއީ މާބޮޑުކަމަކަށް ނުބަލާ ދެކުދިން އެކީގައި ކިޔެވުމާއި ކުޅިވަރާއި މަޖަލުގައި ދުވަސްތަށް ހޭދަކުރަމުންގޮސް ފުރާވަރަށް އެޅުނު އިރު ޖައިލަމްއަށް އައިރާގެ ދޮންތަ އާޔާ އާއި މެދުގައި ތަފާތު ނަޒަރަކުން ދެކެވެން ފެށުނެވެ. އަދި އެވާހަކަ އައިރާ އާއި ހިއްސާކުރުމުން އައިރާގެ ފަރާތުންވެސް އެކަމަށް އެއްބާރުލުން ލިބިގެން ދިޔައެވެ. އެދުވަހުން ފެށިގެން އަބަދުވެސް ޖައިލަމްގެ ވާހާކަ އާޔާކައިރީގައި އައިރާ ދައްކަމުންދިޔައެވެ. ނަމަވެސް އާޔާ އެކަމާ ގަޔާވާކަމެއް އަދި ނުވާކަމެއްވެސް އައިރާއަކަށް ނޭންގެއެވެ. ކޮންމެފަހަރަކުވެސް އާޔާ ހިނިތުންވުމަކުން ފުއްދާލަމުންދިޔައީ ކޮއްކޮއާއި ދިމާއަށް އެއްޗެއް ބުނަން ބޭނުންނުވާތީއެވެ. ….
*****
މާޒީއަށް ގެއްލިފައިތިބި އައިރާ އާއި ޖައިލަމް ސިހުނީ ބިލުގެނެސްދިނުމުންނެވެ. “ދެންބުނެބަލަ އަސްލު ކިހިނެއްތަ މިވީ.. ފަސްއަހަރު ދުވަހުގެ ތެރޭގަ އެއްކޮށްހުރިހާ ކަމެއް ބަދަލްވެއްޖެ.. ” މާޔޫސްވެފައިވާ ހާލު ޖައިލަމް އެހެން އަހާލިއިރު ހިތުގައި އަޅަމުންދިޔަ ވޭނާއެކު ދެލޮލުން ކަރުނަ ހިލުވާލަައިފިއެވެ. “ތިހުރިހާ ވާހަކައެއްދައްކަން މިވަގުތު ނެތެއްނުތިބެވޭކަށް.. ހިނގާބަލަ މިރޭން ދިމާވެލަން އަހަރެން ދަންތަ ތިގެއަށް.. އޭރުން ލަޔަކްވެސް ފެންނާަނެ.. ” ވަގުތުނެތުމާއެކު އައިރާ އެހެން ބުނުމުން ދެރަވެފައި އިން ނަަމަވެސް ޖައިލަމްއަށްވެސް ހެވުނީ އައިރާ ލަޔަކްއާއި ހެދި އުޅޭވަރު ހިތަށް އެރުމުންނެވެ. ދެމީހުން އެކުގައި ސައިކަލުގައި ގޮސް ހޮސްޕިޓަލަށް ވަންވަގުތާއި އެމެޖެންސީއެއްވެގެން މީހަކު ގެނައިވަގުތު ދިމާވުމުން އެމީހެއްގެ މައްސޫލިއްޔަތާއިވެގެން އަވަހަށްއެނބުރުނީ ފަހުން ދިމާވާނެކަމަށް ބުނަމުންނެވެ.
******،
ކޮނޑުގައި މީހަކު އަތްއެޅިހެން ހީވުމާއެކު ސިހިފައި ލަޔަކް ފަހަތް ބަލާލިއިރު ކުރިމަތީގައި ހުރި ލޫޔާފެނުމުން މީހާ ހަމަޔަކަށް އެޅިލާފައި އަވަހަށް ހިނިތުން ވެލިއެވެ. ނަމަވެސް ލޫޔާ އަށް ލަޔަކްގެ މޫނުމަތީގައިވާ ހާސްކަން އޮޅޭގޮތެއްނުވިއެވެ. އެއްޗެކޭބުނަން ހުޅުވާލި އަނގަ ބަންދުކޮއްލަންޖެހުނީ އެއްޗެއް ވެއްޓުނު ކަހަލަ އަޑެއްއިވުމުންނެވެ. ލަޔަކްއާއި ލޫޔާ އެކަކު އަނެކެއްގެ މޫނަށް ބަލާލަމުން އެތެރެއަށްވަނީ އިވުނުއަޑަކީ އާދައިވެ އަޑެއްނޫންހެން ހީވުމުންނެވެ. އޭރު ކިތަންމެ މަޑުން ނަމަވެސް މީހަކު ގިސްލަމުންދާއަޑު އެތެރޭން އިވެމުންދިޔައެވެ.
އެތެރެއަށްވަދެގެން އައި ލަޔަކްއާއި ލޫޔާ އަށް ހުއްޓިލެވުނީ ކުރިމަތީން ފެންނަންހުރި އަންހެންކުއްޖާގެ ހާލުފެނިފައެވެ. ވަގުތުން ލަޔަކް އިސްޖަހާލުމާއެކު ފުރަގަސްދިން އިރު ލޫޔާއަށް ލޯމަރާލުމާއެކު އަނގަމަތީގައި އަތްއަޅާލެވުނެވެ. އެއަންހެންކުއްޖާގެ މޫނުމަތި ނޫފައިގެންފައިވާއިރު ލާފައިވާ ޖިންސާއި ޓޮޕްކޮޅުގެ އެތަންމިތަންވަނީ ވީދިފައެވެ. އެހެންވުމުގެ ސަބަބުން ހަށިގަނޑުގެ ފޮރުވެންޖެހޭ ތަންތަން ހުރީ ކޮންމެވެސް ވަރަކަށް ހާމައަށަކަމުން ލޫޔާ ލަޔަކް ކުރެ އެހީވެދިނުމަށް އެދުނެވެ. އިތުރުވިސްނުމަކަށް ނުގޮސް ލަޔަކް ލައިގެންހުރި ގަމީސްބާލާ ލޫޔާއަށް ދިއްކޮއްލިއެވެ. އަދި މަޑުމަޑުން ބޭރަށް ނިކުމެލީ ގާސިމްމެންގެ ހިލަމެއްވޭތޯ ބަލާލުމަށެވެ.
ލޫޔާއަވަހަށް ގޮސް ވެއްޓިފައިއޮތް ކުއްޖާ އަތުލަފިކޮއްލަމުން ގަމީސްލައްވާލިއެވެ. ނަސީބަކުން ޖިންސް ވީދިފައިވީނަމަވެސް އައުރަނިވާވާ ވަރުވެއެވެ. ލޫޔާ އަތްލުމާއެކު ތެޅިގަތް ނަމަވެސް ހަށިގަނޑު ނިވާކޮއްލަދިނުމުން އެކުއްޖާ ލޫޔާއާއި ދިމާއަށް ބަލާލިއެވެ. “ހެޔޮނުވާނެ އަހަރެން މިތަނުން ސަލާމަތް ކޮއްދީ އެމީހުން އެނބުރި އައިސްފިއްޔާ ދެން އަހަރެންގެ ފުރާނަވެސް ދުއްވާލާނެ .. ހެޔޮނުވާނެ.. ހެޔޮނުވާނެ އަހަރެން މިތަނުން ސަލާމަތް ކޮއްދީ.. ” ކުރަކިވެފައިވާ އަޑަކުން ކިތަންމެ މަޑުން ނަމަވެސް އެކުއްޖާ ކީއެއްޗެއް ލޫޔާ އަށް ސާފުވިއެވެ. އެހެންވެ އަވަހަށް އެކުއްޖާ ނަގާ ތެދުކޮއްލަން އުޅުނެވެ. ނަމަވެސް ފައިގަ ރިއްސަމުންދިޔަވަރުން އެކުއްޖާ އަށް ކޮޅަކަށް ނުހުރެވުނެވެ. “ލަޔަކް.. ލަޔަކް.. ” ހިތްއަވަސްވެފައިވާހާލު ލޫޔާ ގޮވާލިއެވެ. ބޭރުގައި ހުރި ލަޔަކް އެތެރެއަށް ވަންއިރު ލޫޔާ އުޅޭހާލުފެނުމުން އަވަހަށް އައިސް އެކުއްޖާގެ އަނެއްފަރާތުގައި ހުއްޓިލުމާއެކު އަތްގެންގޮސް ކޮނޑުގައި އަޅުވާލަދިނުމާއެކު އެތަނުން ނިކުންނަން ހިނގައިގަތެވެ.
ލޫޔާއާއި ލަޔަކް އެކުއްޖާގޮވައިގެން ވަނީ ޖެހިގެންހުރި އެމީހުންތިބޭ ހޮޓަލަށެވެ. އަދި އަވަހަށް އެކުއްޖާ ގެންގޮސް ލޫޔާގެ ރެސްޓްރޫމަށް ލުމަށްފަހު ޕޮލިހަށްގުޅަން އުޅުނެވެ. ނަމަވެސް އެކުއްޖާ އެކަމާދެކޮޅުހެދީ އޭރުންވެސް ހަމަ ހެކިނެތޭކިޔާ އަލުން ގާސިމްއާއި ޒަފަރުގެ އަތްދަށުވާނީއޭ ބުނެއެވެ. ވުމާއެކު ލޫޔާ އަވަހަށް ފަސްޓްއެއިޑް ބޮކްސް ނަގާ އެކުއްޖާއަށް ލިބިފައިވާ ޒަހަމްތަށް ސާފްކޮއްލަދީފައި ބޭސްއަޅާލަދިނެވެ. އަނގަމަތިން ފަޅައިގެންގޮސްފައި އިންނަމަވެސް އެހެންތަނެއް ހަލާކުވެފައެއްނެތެވެ. ނަމަވެސް ހަށިގަނޑުގެ އެތަން މިތަންވަނީ ނޫފައިގެންފައެވެ.
“ދެންކިހިނެއްހަދާނީ.. އަހަރެމެން މިއަދު ހަތަރެއްޖަހާއިރު ފުރަންޖެހޭ.. އަދި ތިކުއްޖާއަށް ކިޔާ ނަންވެސް ނުބުނަމެއްނު.. ” އިތުރަށް ހަދަންވީގޮތް ނޭންގުމާއެކު އެކުއްޖާ އަނެއްކާވެސް އެހާލަށް ދޫކޮއްލާފައި ދާންޖެހޭތީ ކަންބޮޑުވެފައިހުރެ ލޫޔާއަަހާލިއެވެ. “ޒޯހާ.. އަހަ.. އަހަރެންް ދާނެ ތަނެއް ވަންނާނެ ގެއެއްވެސް ނެތް .. ދަންޏާ ދާންޖެހޭނީ ހަމަ އެ އިންސާނިއްޔަތުކަމެއްނެތް މީހުން ގާތަށް .. އެއީ ހަމަ އެކަނި އަހަރެންގެ ހުރި ބޭބެ.. އެބޭބެވެސް އަހަރެން ބެލުންވަނީ ބޮޑުކަމަަކަށްވެފަ.. ” އެހާހިސާބަށް ބުނެވުމާއެކު ޒޯހާ އަށް އަނެއްކާވެސް ގިސްލަގިސްލާފައި ރޯން ފެށުނެވެ. ކަންބޮޑުވެފައިހުރެ ލޫޔާ އައިސް ޒޯހާގާތުގައި އިށީންދެލާފައި އެތަކެއް ވާހަކަދެއްކުމާއެކު އޭނާ ހަމައަކަށް އެޅުނެވެ.
“ލޫ ޕެކް ކުރީތަ.. ދެގަޑިބައިވެއްޖެ.. ” އެވަގުތު ދޮރުގައި ޓަކިޖަހާލުމާއެކު ހުޅުވާލާފައިހުރި ދޮރު ބޮޑަށް ހުޅުވާލަމުން ލަޔަކް ވާހަކަދެއްކިއެވެ. ދެގަޑި ސާޅީސަފަކަށް ލޫޔާ އާއި ލަޔަކް މީޓިންއަށް ހާޒިރުވާންވެސް ޖެހެއެވެ. ވުމާއެކު ލޫޔާ އޭނާގެ އަތްމަތީ ދަބަހުން ޒޯހާއަށް ލާނެ ހެދުމެއްނަގާ ދިނުމަށްފަހު ފްރެޝްވެލާށެބުނެ އަވަހަށް ލަޔަކްއާއި އެކީގައި ބޭރަށް ނިކުތީ ހަދާނެގޮތަކާމެދު މަޝްވަރާކޮށްލަން ބޭނުންވެފައި ހުރުމުންނެވެ. އަދިމިއަދު އަލަށް ދިމާވިނަމަވެސް އެވީކުޑަކުޑަ ވަގުތުކޮޅުގެެތެރޭގައި ލަޔަކްގެ ހިތްހެޔޮކަމާއި އަހްލާޤް ރަނގަޅުކަން ލޫޔާ އަށް ވަނީ ފާހަގަވެފައެވެ.
“ލަޔަކް.. ކިހިނެއްހަދާނީ ޒޯހާއަށް.. އޭނަ ދާނެތަނެއް އަޅާލާނެ މީހެއް ނެތް އޭނާއަށް އެއަނިޔާދިން މީހާ ނޫނީ.. އަހަންނަކަށް ނުކެރޭނެ އޭނަ މިތަނަށްް އެއަނިޔާކުރިމީހުންގެ އަތްމަޗަށް އެކުއްޖާ ދޫކޮއްލާފަ ދާކަށް.. ” ލޫޔަ ކަންބޮޑުވެފައި އެހެންބުނެލުމާއެކު ލަޔަކްވެސް ހޫން އަޅުވާލިއެވެ. އަދި ތިކަމާ އެބަވިސްނަމޭބުނެ އަވަހަށް މީޓިންއަށް ދިޔައީއެވެ.
ލަޔަކްމެންގެ މީޓިންއަށްފަހު ސެކިއުރިޓީހުރިހާ ކަމެއް ފުރިހަމަވުމާއެކު ބޯޓް ޗެކްކޮށްހެދުމަށްފަހު ލަޔަކްއެދުނީ ހެޑް އިންޗާޖް އާއި ވާހަކަދައްކާލާށެވެ. ލޫޔާއާއި ދެމީހުން އެކީގައިގޮސް އިންޗާޖްއާއި ބައްދަލްކޮށް ލަޔަކް މިއަދު މިކޮޅުން އިތުރު ޕެސެންޖަރއެއް ވަރަށް އަވަހަށް މާލެގެންދަން ބޭނުންކަމާއި އެއީ ވަރަށް ކްރިޓިކަލް ކޭސް އެއްކަމަށްބުނުމުން ދާދި ފަސޭހައިން އެކަމަށް ހުއްދަ ލިބުނެވެ. ވުމާއެކު ލަޔަކްމެން ހަތަރެއްޖެހިއިރު ފްލައިޓްގައި ޒޯހާ ގޮވައިގެން ފުރީ ޒޯހާގެ ބޭބެގެގޮތުގައި ލަޔަކްވެ އައިޑީކަރޑްގެ ކޮޕީއެއް ސިޓީކައުންސިލް އިން ހޯދައިގެންނެވެ. ލަޔަކްއަށް ނޭންގުނުކަމަކީ އެހުރިހާ ކަމެއް އެހާއަވަހަށް ހަމަޖެހުނީ ކައިރީގައި އެންމެންގެ ލޯމަތީން ވަންހަނާވެގެން ހުރި އާޔާގެ ސަބަބުން ކަމެވެ. މިއަދު އާޔާ އަށްވެސް ލަޔަކްގެ ގޮތް ރަނގަޅަށް ދަސްވެ އެއީ އޭނާގެ ކޮއްކޮއަށް އެކަށީގެންވާ ބައިވެރިއެއްކަން ޔަގީންކުރެވުނެވެ. ވީއިރު ދެން ލަސްނުކޮށް އާޔާ އޭނާގެ ހަގީގަތް ލަޔަކް ކައިރީގައި ހާމަކުރާނެއެވެ. އަދި އައިރާއަށްވެސް ހުރިހާ ކަމެއް އޮޅުންފިލުވައިދީ ލަޔަކްއަާއި ގުޅުވަން މަސައްކަތް ކުރާނެއެވެ.
*********
އެމެޖެންސީ ރޫމްގައި އަވަދިނެތި ހަރަކާތްތެރިވަމުންދިޔަ އައިރާ އަށް ހަމަނޭވާލެވޭ ވަރުވީ އެދުވަހު ހަވީރު ފަހެއްޖަހަންވެފައި ވަނިކޮށެވެ. ވެފައިވާ ވަރުބައްޔާއެކު ސައިން އައުޓް ވެލާފައި ނިކުތް އައިރާ އަޅައިގަތީ އެވަގުތު އެތެރެއަށް ވަދެގެންއައި ނާލްގެ ގައިގަކަމުން ދެމީހުންވެސް ދިޔައީ އަރިއަޅާލަިގެންނެވެ ނަމަވެސް ހުޝިޔާރުކަމާއެކު އެއްލިއަތުން އައިރާގެ އަތުގައި ނާލްހިފުމުން ދެމީހުންވެސް ނުވެސްޓި ސަލާމަތްވިއެވެ. ނާލްއަށް އައިރާފެނުމާއެކު އެެެންދިމާއެއް ބަލާލަން ހަނދާންވެސް ނެތްފަދައެވެ. އެރީތި މެސްމަރައިޒް ދެލޮލުގެ ޖާދޫގައި ނާލްގެ ހިތްބެހެމުންދިޔައިރު ނާލްގެ އެބެލުމުން އުނދަގޫވެފައުވާ އައިރާ އިނީ އެއްޗެއްބުނަން އަނގަހުޅުވާލަން ނުކެރިފައެވެ. އެމެޖެންސީބައިގައިވެސް މީހުން އެނާއާއި ދިމާއަށް އެވަރަށްބެލިސަބަބު މިހާރު ޔަގީންވީތީއެވެ. އާންމުކޮއް އައިރާ ލެންސްލައްވައިގެން އުޅެނީވެސް މީހުންގެ ލޯތަކުން ސަލާމަތްވުމަށެވެ. ނަމަވެސް މިއަދުމިއޮތީ އެކަންވެސް ހަނދާނުން ކައްސާލާފައެވެ. އަރިއަކަށް އެހެން އޮންނަންޖެހުމުން އުނދަގޫވެގެން އެންމެފަހުން އައިރާ ނާލްގެއަތަށް ފިތާލިއެވެ. އެއާއެކު ހުރިހާއިރު ހުވަފެނީދުނިޔޭގައި އުދުހެމުންދިޔަ ނާލްއަށް ހަމަބިމަށް އާދެވި އަވަހަށް އައިރާގެ އަތުން ދޫކޮއްލިއެވެ.
ޑިއުޓީ ނިންމާލާފައި ނިކުތް ޖައިލަމްއަށް އެމަންޒަރު ރީއްޗަށް ފެނުންނަމަވެސް އެކަމާ އެއްޗެކޭ ނުބުނެވެނީސް ލަޔަކް ގުޅާންފެށުމުން އަވަހަށް ގެއަށްދާން ދިޔައީ އައިރާވެސް ގޮވަގޮވާ ހުއްޓައެވެ.
ގެއަށްގޮސް ވަތް ޖައިލަމް ރަޝްފާކުރެ ލަޔަކް ކޮބާތޯ ސުވާލުކޮއްލީ ހިތްނުތަނަވަސް ކަމާއެކީގައެވެ. ވަރަށް އަވަހަށް ގެއަށް އައުމަށް ލަޔަކްއެދޭނީ ބޮޑުކަމެއް ވެގެންކަން ޖައިލަމްއަކަށް ނޯޅެއެވެ. އެއީ މިވީހާ ދުވަހު ލަޔަކް ސީރިއަސް ކަންކަމުގައި ސަމާސާކޮއް ނޫޅޭތީއެވެ. ” ދަރިފުޅާ ކޮބާތަ ލަޔަކް.. ދައްތަ ގާތުގައިވެސް ބޭރަށް ނުގޮސް މަޑުކޮއްލަދޭށޭބުނެ ފޯނު ބޭއްވ. . ” ރަޝްފާއަށްވެސް ލަޔަކް ގުޅާފައިވުމުން ރަޝްފާވެސް އިނީ ސިޓިންގް ރޫމްގައި އޭނާގެ ދަރިފުޅުގެ އިންތިޒާރުގައެވެ.
ގޭގެދޮރު ހުޅުވުމާއެކު ރަޝްފާ އާއި ކޖައިލަމް އެކުއެކީހެން ތެދުވެ ބަލާލިއިރު ލަޔަކް އާއި އެކު އިތުރު އަންހެންކުއްޖަކުވެސް ވަންނަނީއެވެ. ރަޝްފާގެ ދެލޯ ބޮޑުވެފައި ވާތަންފެނި ލަޔަކް އޭނާގެ މަންމަ އާއި ޖައިލަމްއަށް ގާސިމްގެ އާއި ޒަފަރުގެ ނަން ހާމަނުކޮށް ޒޯހާގެ ހާލު ކިޔާދިނެވެ. ކުރިމަތީ ހުރި ކުއްޖާ އަކީ ދަންނަ މޫނެއްގެން ހީވާތީ ޖައިލަމް ދިޔައީ ވަރަށް ފަރުވާތެރިކަމާއެކު ޒޯހާގެ މޫނަށް ބަލަމުންނެވެ. އެކަން ފާހަގަވުމުން ޒޯހާވެސް ކާކުކަން ނޭންގުން ނަމަވެސް ޖައިލަމްއާއި ދިމާއަށް ބަލާލުމާއެކު ސިފަވި ގާސިމްގެ ސޫރަ ހިތަށް ނަގައިގަނެވުމުން ވާހަކަދައްކަން އަަގަހުޅުވާލިއެވެ.
ނުނިމޭ
10 Comments
Comments are closed.
Me first
Yes shimna dear ur first?
Mi part ves varah reethi..waiting for next part❤❤??
Thank you dear shimna .. ? in Sha Allah type koh nimunhaa avahakah up kohladheynan ??
Salaam. Dear all.. kihinehtha haalu .. Layaa mipart mi up kohlee hama typing ninmaaligothah.. Asslu ingey mipart kurulanvess ekamaku Layaa beynunvaagothah vaahaka kuriyah genadha beynun namajeheyne mihisaabah mipart ninmaalan veema ehaakuruvee ..ehaakuruvee unmeedhukuran hurihaaa untherinnahvess mibaivess kamudhaanekamah. ? kiyaa me fadukiumehvess balaigannanee ufalaaeku .. vumaaeku Kimmel untheriakuvess ekiuntheriehge hiyaalu faalhukohlaane kamah unmeedhukuran .. jazaka allah khaira ???
wait wait im in a confusion……..u are hawwi ryt then y ur telling layaa… is ur real name layaa
Hei me second dhw..varah sad?…anyways mi stry varah reethi
Alhe Inoo nuroibala layaavess dheravaane ronyaa ingey.. btw thankyou dear ??
Story varah reethi????
Thankyou dear shai??