Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކެތްކުރާނަން އުއްމީދުގައި 17

eysh Level 510 Stories100 Comments100 Login500 Comments
April 27, 2018 8 Mins Read
106 Comments

ހަށިގަނޑުގެ ވަރުދެރަކަމާއިއެކު ޒީވާއަށް ލޯހުޅުވާލުންވެސްވީ ދަތިކަމަކަށެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހާލުމާއިއެކީ ލިވާން ފެނިލިހެން ޒީވާއަށް ހީވިއެވެ. ދެލޯ އުނގުޅާލުމަށްފަހު ލޯހުޅުވާލި ޒީވާ ސިއްސައިގެން ދިޔައީ ކުރިމަތީގައި ހުރި މީހަކު ފެނުމުންނެވެ. ވީ އުފަލެއްގެ ބޮޑުކަމުން ޒީވާއަށް އެމީހެއްގެ ގައިގައި ބާރަށް ބައްދާލެވުނެވެ.

“ޔަން” ޒީވާގެ އުއްމީދުގެ ހުޅުކޮޅު ނިވެމުންދަނިކޮށް އެއުއްމީދު އާވެގެން ދިޔައީ ވިކްޔަން ފެނުމުންނެވެ. އިސާހިތަކު އެދެލޯ ކަރުނުން ފުރުނެވެ. ވިކްޔަންގެ ކޮނޑުގައި ބޯ އަޅައިގެން ހިތްފުރެންދެން ރޯލުމަށްފަހު ތެދުވި ޒީވާ ސިހުނީ ވިކްޔަން ކޮށްލިކަމަކުންނެވެ.

*******

ޒީވާ ގަޔާއި ދުރުކޮށްލަމުން ޒީވާއަށް ފުރަގަސްދެމުން ވިކްޔަން ދެޖީބަށް އަތްޖަހާލިއެވެ. މިއަދު ޒީވާގެ ކުރިމަތީގައި ހުރުންވެސް އޭނައަށް މިވަނީ ދަތިކަމަކަށްވެފައެވެ. އަމިއްލަ ކުށް އިޚްސާސްކުރެވި ޒީވާ އާއި ދިމާއަށް ބަލާލަންވެސް ޖެހިލުންވިއެވެ. އޭނަގެ ސަބަބުން ޒީވާކުރި ހިތާމަތަކަކީ އޭގެ ބަދަލު މާފު ހައްޤުވުން ނުވާނެ ވަރުގެ ކަމެއް ކަމަށް އޭނަ ގަބޫލުކުރެއެވެ.

“ޒީވް….އައިމް ރިއަލީ ސޮރީ ފޯ އެވްރީތިންގް….މިހެން ބުންޏަސް އެނގޭ ޒީވް އަށް މާފުކުރުން އުނދަގޫވާނެކަން” އެހުރިގޮތަށް ހުރެ ވިކްޔަން ބުނެލީ ލޮލަށް ޖަމާވާން ފެށި ކަރުނަތައް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.

“ވެއިޓް…ޔަން….އިޒް ދިސް….ޔޫ؟” ޒީވާގެ ހައިރާންކަން އިންތިހާއަށް ދިޔައީ ވިކްޔަން ކަންތައްކުރި ގޮތުންނާއި ބުނެލި ޖުމްލައިންނެވެ. ހިތުގައި އުފެދުނު ޝައްކު ޔަގީނަށް ބަދަލުވެގެން ދިޔައީ އެސުވާލުގެ ޖަވާބުގައި ވިކްޔަން ބޯ ޖަހާލުމުންނެވެ. އިސާހިތަކު އެމޫނުން ރުޅިވެރިކަން ފާޅުވުމާއިއެކު އެދިޔަ ބާރުމިނުގައި ގޮސް ވިކްޔަންގެ ކުރިމައްޗަށް އަރާ ކޯތާފަތްމަތީގައި ޖެހިއެވެ.

ޒީވާ ޖެހުމާއިއެކު ވިކްޔަންގެ އަނގައިން ވޭނީ އާޚް އެއްގެ އަޑު ބޭރުވެގެން ދިޔައީ ކޯތާފަތް މައްޗަށް އަރައިގެންދިޔަ ހަމަލާއަކުން ނޫނެވެ. ޒީވާގެ ރުޅިއާއި ނަފްރަތު އަމާޒުވުމުން އެކަމުގެ ސަބަބުން ހިތަށް ކުރި އަސަރަކުންނެވެ.

“ވައި….ވައި ޔަން…ވައި” ވިކްޔަން އެއްޗެއް ނުބުނެ އިސްޖެހިފައި ހުންނަން ފެށުމުން ވިކްޔަންގެ ގަމީހުގެ ގިރުވާނުގައި ހިފައި ތަޅުވައި ގަންނަމުން ޒީވާ ހަޅޭއްލަވައިގަތެވެ. އެއަޑުގައި ހިތާމައާއި އެއްވަރަށް ރުޅިވެރިކަން ވެސް އެކުލެވިފައިވެއެވެ. އެންމެ ގާތްކޮށް ދެކުނު އެކުވެރިޔާ އޭނައަށް މިދިނީ ކިހާ ބޮޑު  ކެއްސެއް ހެއްޔެވެ؟ އޭނަގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން މިދިޔައީ ހަމަ ވިކްޔަންގެ ސަބަބުންނެވެ.

“ޖަވާބު…..” ޒީވާގެ ރުޅި ގަދަވެގެން ގޮސް ވިކްޔަންގެ ދަތްދޮޅީގައި ހިފައި އިސްއުފުލުވާލަމުން ހަތަރު ކަޅި ހަމަކޮށްލިއެވެ. އެއާއިއިކު ޒީވާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ވިކްޔަންގެ ލޮލު ތެރޭގައި ގިނަވެފައި ހުރި ކަރުނަތައް ފެނިފައެވެ. އޭރު ބައެއް ކަރުނަތައް އޭގެ މަޤާމް ދޫކޮށް ވިކްޔަންގެ ކޯތާފަތް މައްޗަށް ފައިބައިގަނެފިއެވެ.

“ޔަން…..ޕްލީޒް…ޓެލް މީ ސަމްތިން….ވައި ޑިޑް ޔޫ ޑޫ ދިސް…. ވައި” ވިކްޔަންގެ ކަރުނަތައް ފެނި ޒީވާގެ ރުޅި ފިނިވެގެން ދިޔައެވެ. ނަމަވެސް އިސާހިތަކު އެދެލޯ ކަރުނުން ފުރި ވިކްޔަންގެ ފައިބުޑަށް އޭނާއަށް ތިރިވެވުނެވެ. މިހުރިހާ ކަމެއްގެ ފަހަތުގައިވާ މީހަކީ ވިކްޔަން ކަން ޤަބޫލުކުރަން އޭނައަށް ހާދަ އުނދަގުލެވެ. އެހެނީ ވިކްޔަންގެ ދެލޮލުން އޭނައަށް އަބަދުވެސް ފެންނަމުން ގޮސްފައިވީ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމެވެ. މިއަދުވެސް އެދެލޮލުން އޭނައަށްޓަކައި ލޯތްބާއި ކުލުނު ފިޔަވާ އިތުރު އެއްޗެއް ފެންނާކަށްނެތެވެ.

ވިކްޔަން ތިރިވެ ޒީވާގެ ދެކޮނޑުގައި ހިފަމުން ލޯތްބާއިއެކު ޒީވާ ކޮޅަށް ނެގިއެވެ. އެއަށްފަހު އެދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެލަދިނެވެ.

“ޒީވް….އައި ހޭވް އަ ރީޒަން….” ވިކްޔަން ޒީވާ ގެންގޮސް އެނދުގައި ބައިންދާލިއެވެ. އެއަށްފަހު ޒީވާގެ ކުރިމަތީގައި އެއްކަކޫ މައްޗަށް އިށީއިންނަމުން ޒީވާގެ ދެއަތުގައި ހިފާލިއެވެ.

“ޔެސް ޒީވް….ޒީވް ފޮރުވައިގެން މިހުރިހާ ދުވަހު ގެންގުޅުނު މީހަކީ މީ….އެކަމަކު” ޒީވާގެ މޫނަށް ވެރިވަމުންދިޔަ ކުލަވަރުތައް ތަރުޖަމާކުރަން ނޭނގުނު ނަމަވެސް ވިކްޔަން އިނީ ޒީވާއަށް އަންނަމުން ދިޔަ ބަދަލުތަކަށް ފަރުވާތެރިވެގެންނެވެ.

ވިކްޔަންގެ އަނގައިން އިޢުތިރާފްވުމުން ޒީވާގެ ހިތުގައި ވިކްޔަންއަށް ދެވިފައިވި މަޤާމް ފޮހެވިގެން ދިޔައެވެ. ގާތް އެކުވެރިޔަކަށް ވެހުރެ އެފަދަ ދެރައެއް ދިނީތީ ވިކްޔަން އަށް އެހިތް ގޯސްވެގެން ދިޔައެވެ. އެހެން ކަމުން ވިކްޔަންގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަންނަމުން ދުރުބަލާލީ އިތުރަށް އެސޫރައަށް ބަލާލަންވެސް ބޭނުން ނުވުމުންނެވެ.

“ބުނެވިދާނެތަ ރީޒަން…..ވިކްޔަން…ތީ ޒީވް ހީކުރި ކަހަލަ މީހަކަށް ނުވި…..” ޒީވާ އެއިންގޮތަށް އިނދެ ބުނެލީ ލޮލުން އައިސްފައި ހުރި ކަރުނަތައް ފޮހެލަމުންނެވެ. ވިކްޔަން ފަދަ މީހަކަށްޓަކައި އޭނަ ކަރުނަ އަޅާ ރުއިމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟

ޒީވް…..އިނގޭ ޒީވް ގަބޫލުކުރާނީ ޔަން އަކީ ވަރަށް ގޯސްމީހެއްގެ ގޮތަށްކަން…..އެކަމަކު…..” ޒީވާ ކަންތައް ކުރިގޮތުން ވިކްޔަން އިނީ ޖެހިލުންވެފައެވެ. މިހުރިހާ ދުވަހު އޭނަ ބިރުން އުޅުން ދުވަސް މިއޮތީ އައިސްފައެވެ. ޒީވާގެ ނަފްރަތު ފިޔަވާ އިތުރު އެއްޗެއް ދެން އޭނައަކަށް ނުލިބޭނެއެވެ.

“އެކަމަކު އޭ…..ކޮބާ ޒީވްގެ ދިރިއުޅުން….ކޮބާ ވާން….ކިހާ އަނިޔާވެރި އެކަނިވެރި ދިރިއުޅުމެއް އުޅެން މިޖެހުނީ….ކީއްވެހޭ ވިކްޔަން….ކީއްވެހޭ….ވާން އާއި ޒީވް ދުރުކުރުވީ ކީއްވެހޭ….އެވަރުގެ ކޮން ރީޒަން އެއް ވިކްޔަންގެ އޮތީ….އޭނ…ބުނެބަލަ….ވާން….އަޅެ ވާން ދިރިދުނިޔޭގައި ހުރިކަމެއްވެސް….” ޒީވާގެ އަޑު ބެދޭގޮތްވެ ގިސްލެވެން ފެށުމުން އެނދުން ތެދުވިއެވެ. އެއާއިއެކު ބޮލަށް އެނބުރުން އަރާގޮތްވެ ކުޑަކޮށް އަރިއަޅާލިއެވެ.

ވިކްޔަން ހުށިޔާރުކަމާއިއެކު ޒީވާ ހިފަހައްޓާލި ނަމަވެސް އަތުގެ އިޝާރާތުން ދުރުގައި ހުރުމަށް ޒީވާ ބުނެލީ ވިކްޔަން އާއި ދިމާއަށް ދެލޯ ހަނިކޮށްލަމުންނެވެ.

“ވިކްޔަން…..ތީ ވަރަށް ގޯސް މީހެއް…..މިދަރިފުޅުގެ ބައްޕައާއި….” ޒީވާ ބަނޑުގައި އަތް ޖައްސާލަމުން ލޯތްބާއިއެކު ބަނޑުގައި ފިރުމާލިއެވެ. އެދަރިފުޅުގެ ބައްޕައާއި ވަކިކުރި މީހަކު އޭނަގެ ގައިގައި އަތްޖައްސާލައިގެންވެސް ނުވާނެއެވެ.

“ޒީވް….ޔޫ ޕްރެގްނެންޓް؟” ވިކްޔަން ހާސްވާގޮތްވީ ޒީވާ ބަނޑުބޮޑުކަން އެނގުމުންނެވެ. އޭނައަށް ޒީވާއަށް މިދެވުނީ ކިހާ ބޮޑު ދެރައެއް ހެއްޔެވެ؟ ވިކްޔަން އޭނާގެ ބޮލުގައި އަތުން ހިފަހައްޓަމުން ދެކޮޅަށް ހިނގަންފެށިއެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވުނު ވަރުން ސިކުނޑި ސުމަކަށް ދާވަރުވިއެވެ. އޭނައަކީ އަމިއްލަ އެދުން ބޮޑު މީހެކެވެ. މިހުރިހާ ކަމަކީ އޭނަގެ ސަބަބުން ވާހާ ކަންތައްތަކޭ ވިކްޔަންގެ ހިތަށް އެރިއެވެ.

“ޒީވް ލިސެން ޓު މީ…..ވާން އެބަހުރި ޒީވްގެ އިންތިޒާރުގައި” ވިކްޔަން ދައްކާ ވާހަކަ އަޑުއެހުމަށް ޒީވާ އިންކާރު ކުރަން ފެށުމުން ވިކްޔަން އެހެން ބުނެލީ ޒީވާ އޭނަ ދައްކާ ވާހަކަ އަޑުއަހާނެކަން އެނގޭތީއެވެ. ކަންވީވެސް ވިކްޔަން ހީކުރިގޮތަށެވެ. ކުޑައިރުކޮޅަކު ހުއްޓުން އަރާފައި ހުރުމަށްފަހު ޒީވާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.

“ޒީވް…..އައިމް ނޮޓް ބޭޑް އޭޒް ޔޫ ތިންކް އައި އޭމް…..ވާންގެ ގާތަށް ޒީވް ސަލާމަތުން ގެންގޮސްދޭނަން…އައި ޕްރޮމިސް…. ބަޓް ފަސްޓް މިދައްކާ ވާހަކަ އަޑުއަހާލަދީ….އަދި ޔަން އަށް މާފުކޮށްދެވެންޏާ ޒީވްގެ މާފު ޔަން ވަރަށް ބޭނުން….މާފު ނުކޮށްދިނަސް ޔަންގެ އެއްވެސް ޝަކުވާއެއް ނެތް….ޔޫ ހެޑް އަ ލޮޓް ޓު ސަފަރ ބިކޯޒް އޮފް މީ….” ވިކްޔަންއަށް ހިއްވަރު ލިބިގެން ދިޔައީ ޒީވާގެ ފަރާތުން އެވާހަކަތައް އަޑު އެހުމަށް ތައްޔާރަށް ހުރިކަން އެނގުމުންނެވެ.

“މިހުރިހާ ކަމެއް ޔަން މިކުރީ ޒީވްގެ ރައްކާތެރިކަމަށް…..އެކަމަކު އަދި އިތުރު ރީޒަން އެއްވެސް އެބަ އޮތް…..ޒީވް….މީ ޔަންގެ ދިރިއުޅުމުގެ އެންމެ ބޮޑު އެއް ސިއްރު…ޔަންގެ ފެމެލީ އަށްވެސް ނޭނގޭނެ މިކަމެއް އަދި….އެކަމަކު ޒީވް ކައިރީ މިބުނަނީ” ޒީވާ ގޮސް އެނދުގައި އިށީއިނުމުން ވިކްޔަން އައިސް ޒީވާ އާއި ކުޑަތަންކޮޅެއް ދުރުގައި އިށީންނަމުން ބުނެލިއެވެ.

*******

ފުލުހުންގެ ޓީމާއިއެކު ލިވާން ނޫރިން ހޯދަން ދިޔައީ ފުލުހުންނަށް ލިބުނު އިންޓެލް މަޢުލޫމާތަކާއި ގުޅިގެންނެވެ. ފުލުހުން ގޮސް އެޕާޓްމަންޓްގެ ބޭރުން ބެލް އަޅާލުމާއިއެކު މުސްކުޅިފުރައިގެ އަންހެނަކު ދޮރު ހުޅުވާލިއެވެ. އެމީހާގެ ހުއްދައާއިއެކު ފުލުހުން އެތެރެއަށް ދެމިގަތީ ހަލުވި ކަމާއިއެކުގައެވެ. ފުލުހުންނާއިއެކީ ހެން ލިވާންވެސް އެތެރެއަށް ވަނީ ވަރަށް ސަމާލުވެ ހުރެއެވެ.

ނޫރިން އުޅޭކަމަށް އެމުސްކުޅި މީހާ ދެއްކި ކޮޓަރިއާއި ދިމާއަށް ފުލުހުން މިސްރާބުޖެހީ ފިޔަވަޅުގެ އަޑުވެސް ނީވޭނެހާ ސިއްރުންނެވެ. ފުލުހުން ގޮސް އެކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލިއިރު ތަޅުނުލާ ހުރުމުން އިސާހިތަކު ދޮރު ހުޅުވިގެން ދިޔައެވެ. ހުޅުވިގެން ދިޔަ ދޮރާއިއެކު ކުރީގައިހުރި ފުލުސް އޮފިސަރ އަތުގެ އިޝާރާތުން ފަހަތަށް އިޝާރާތްކުރުމުން އިސާހިތަކު ދެފުލުހުން އެތެރެއަށް ދެމިގަނެއްޖެއެވެ. ނަމަވެސް ނޫރިންފެންނަން ނެތުމުން ލޮލުގެ އިޝާރާތުން ފާހާނާ އާއި ދިމާއަށް ދިޔުމަށް ކުރީގައި ހުރި އޮފިސަރު އިޝާރާތްކުރިއެވެ. އޭރު ފާހާނާގެ ތެރެއިން މާގަނޑުން ފެން އޮހެމުން ދާއަޑު އިވެމުން ދިޔައެވެ.

ފާހާނާގެ ދެފަރާތުން ދެފުލުހުން މަޑުކޮށްލުމާއިއެކު ކުރިމަތީގައިވެސް ފުލުހަކު މަޑުކޮށްލައިގެން ހުއްޓެވެ. ކޮޓަރީގެ މެދުގައި ލިވާން ހުރިއިރު ކޮޓަރިއަށްވަދެވެން ހުންނަ ދޮރުގެ ކައިރީގައި ދެފުލުން ތިއްބެވެ. ކުޑައިރުކޮޅެއް ފާއިތުވެދިޔުމަށްފަހު ފާހާނާގެ ދޮރު ހުޅުވާލި އަޑު އިވުމާއިއެކު ލިވާންގެ ހިތުގެ ހިނގުން އަވަސްވެލިއެވެ.

ފާހާނާގެ ދޮރު ހުޅުވާލުމަށްފަހު ހަމައެކަނި ތުވާލިކޮޅު އަނދެލައިގެން ނުކުތް ނޫރިން ސިއްސައިގެން ދިޔައީ ކުރިމަތީގައި ހުރި ފުލުސް އޮފިސަރު ފެނިފައެވެ. އެއާއިއެކު ތެޅިގަނެވުނު ގޮތަކުން ހަށިގަނޑުން ތުވާލި ވަކިވެ ބިންމައްޗަށް ވެއްޓުނެވެ. ނޫރިންގެ ހަށިގަނޑު ހާމަވެގެން ދިޔުމާއިއެކު ލިވާން އަށް ވަގުތުން އޭނާގެ ދެލޯ މަރާލެވުނެވެ. ނޫރިން ގެނައި އަވަސް ހަރަކާތާއިއެކު ހަށިގަނޑު ނިވާކޮށްލަމުން ލިވާން އާއި ދިމާއަށް ބަލާލީ ނުރައްކާތެރި ގޮތަކަށެވެ. އެބަލާލުމުގައި ހުރި ނުރައްކާތެރި ގޮތަކުން ލިވާން ފިއްސާލަފާނެހެން ހީވެއެވެ.

ކޮޓަރީގައި ދެ އަންހެން ފުލުހުން މަޑުކުރުމަށްފަހު އެހެންމީހުން ބޭރަށް ނުކުމެލީ ނޫރިން އަށް ތައްޔާރުވެލުމަށް ވަގުތުކޮޅެއް ދިނުމުގެ ގޮތުންނެވެ. އެވަގުތުކޮޅުގެ ތެރޭގައި މުޅިގެ ބަލާ ފާސްކުރުމުން ވެސް ޒީވާ އަދި ޒީވާ އާއި ގުޅުންހުރި އެއްވެސް ހެއްކެއްވެސް ފުލުހުންނަކަށް ނުފެނުނެވެ. އެހެންކަމުން އެކަމާ ލިވާން ހުރީ ނޫރިންދެކެ ރުޅިއައިސް ފަޅައިގެންދާން ކައިރިވެފައެވެ. މުޅި މީހާ ހާސްވެ ދާހިއްލާ ފޯވެފައެވެ.

“ޒީވް ކޮބާ؟ ޒީވް ކޮބާހޭ…..ކަލޭ އޭނައަށް ކިހިނެތް ހެދީ….އޭނ…ޖަވާބު ދީބަލަ….މިބުނީނު ޖަވާބު ދޭށޭ….” ނޫރިންގެ އަތުގައި ބިޑިއަޅުވައިގެން ކޮޓަރިން ނުކުތުމާއި އެކީހެން ލިވާން އައިސް ނޫރިންގެ ކުރިމައްޗަށް ހުއްޓި ސުވާލު ކުރަން ފެށުމުން ނޫރިންގެ ތުންފަތްމަތީގައި މަލާމާތުގެހިނިތުންވުމެއް ދުވެލިއެވެ. ލިވާން ހިފަހައްޓައިގެން ހުރި ރުޅިގަނޑު ފަޅައިގެންދިޔައީ ނޫރިންގެ އެއަމަލުންނެވެ. ހީވަނީ ދެންމެ ދެންމެ ނޫރިންއަށް ހަމަލާއެއް ދީފާނެ ހެންނެވެ. އެވަގުތު ފުލުހަކު އައިސް ލިވާން ދުރުކުރަން އުޅުނެވެ. ނަމަވެސް ފުލުސްމީހާ ފޮޅުވާލުމަށްފަހު ލިވާން އައިސް ނޫރިންގެ ކޯތާފަތްމަތީގައި އަތުގައި ހުރި ބާރެއް ލަމުން ޖަހާލިއެވެ.

ލިވާން މޫނުމަތީގައި ޖެހިލެއް ބާރުކަމުން ނޫރިން ރުޅިވެރިކަމާއިއެކު ލިވާން އާއި ދިމާއަށް ބަލާލަމުން ހޭންފެށީ ނުރައްކާތެރިގޮތަކަށެވެ. އޭނަ ދޫކޮށް ލިވާން އައީ ވަރަށް މޮޅުތަކެއް ވާނެ ކަމަށް ހެއްޔެވެ؟ މިއަދު ލިވާން އެއުޅޭ ގޮތުން އޭނައަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްލިބި މަޤްސަދު ހާސިލްކުރެވުނުކަމުގެ ހިތްހަމަޖެހުން ލިބިއްޖެއެވެ.

“ހެހެ…ހާދަލޯތްބެކޭ ދޯ ތިވަނީ ލޯބިވާ އަނބިމީހާދެކެ….އެކަމަކު އޭނަގެ ތެދުވެރިކަމާއި ދޭތެރޭ ވިސްނާލިންތަ އެއްފަހަރުވެސް….އޭނ…ކީއްވެ ތިހުރީ….އާދެބަލަ އަދިވެސް ތިއަތުގެ ހަމަލާއެއް ދޭން…ލޯބިން ނުދިނަސް ރުޅިއައިސް ދިނުމުންވެސް މިހިތަށް ހާދަ ހަމަޖެހުމެއް ލިބެޔޭ…..ކީއްވެގެންތަ އެއަންހެނާ އާއި ހެދި ތިވަރު ތިވަނީ…އަހަރެންގެ ގައިގަ ނެތް ކޮންކަމެއް އެ ޒީވާގެ ގައިން ފެނިގެންތަ ތިއުޅެނީ އެކޫޑި އާއި ހެދި މޮޔަވެގެން…” ނޫރިން ޒީވާ އޭ ކިޔައިގެން ވާހަކަ ދައްކަން ފެށުމުން ލިވާންގެ ގާތަށް އައި ރުޅީގައި ނޫރިންގެ ގައިގައި ޖެހުމަށް އަތް މަޅައިލިއެވެ.  ނަމަވެސް ފުލުހުން ހުށިޔާރު ކަމާއިއެކު އެއަތުގައި ހިފެހެއްޓިއެވެ. ޤާނޫނީގޮތުން ކުށްވެރިވާނެ ކަމަށް ބުނެ ލިވާންއަށް ވިސްނައިދިނެވެ. އަދި ޒީވާ ވީތަނެއް ނޫރިން އާއި ސުވާލުކުރުމަށްފަހު ހޯދުމަށް ފުލުހުން މަސައްކަތް ކުރާނެ ކަމުގައި ބުނުމުން ލިވާން ހަމައަކަށް އެޅިލިއެވެ.

ލިވާންގެ ރުޅިގަނޑު ކެކޭތަން ފެނުމުން ނޫރިންއަށް ހީވީ އިތުރު ހިތްވަރެއް ލިބުނުހެންނެވެ. ލިވާން އިތުރަށް ރުޅި އެރުވުމަށް  އެހިތް އެދި ގޮވަން ފެށިއެވެ.

“ކަލޭގެ ތިޔަ ލޯބިވާ އަނބިމީހާވީ އޭނަގެ ލޯބިވެރިޔާ އާއިއެކު ފިލައިގެން ގޮސްފައި…..ނިކަން ވިކްޔަން ކުރެން އަހާބަލަ…” ފުލުހުން ނޫރިން ގެންގޮސް ޖިޕަށް އަރުވަނިކޮށް ނޫރިން ބުނެލި އެއްޗަކުން ލިވާން ހުއްޓުން އެރިއެވެ. އެހެން ނަމަވެސް ކަމުގެ ހަޤީގަތް ނުބަލާ ނޫރިން ދައްކާ ވާހަކަ ގަބޫލުނުކުރުމަށް އޭނަ ނިންމިއެވެ. ނަމަވެސް ނޫރިން އެހާ ޔަޤީން ކަމާއިއެކު އެހެންބުނެލުމުން އެހިތައް ނުބައި ގޮތްތަކެއްވެގެން ހިނގައްޖެއެވެ.

*******

“ޒީވް…..ޔަން މީ މޯލްޑިވްސް ސީކްރެޓް ޕޮލިސް ޓާސްކްފޯހުގައި މަސައްކަތްކުރާ ސީކްރެޓް އެޖެންޓް އެއް……ޔަން މެލޭޝިޔާއަށް އައީ ވަރަށް ޚާއްސަ މިޝަން އަކަށް….މި މިޝަންގެ އިންޗާޖްގެ ގޮތުގައި….ޔަން އާއިއެކު ސީކްރެޓް ފުލުހުންގެ އިތުރު  ދެކުއްޖަކު ވެސް އައި…..ޒީވް ކިޑްނެޕްކުރި މީހަކީ ނޫރިން ކިޔާ ކުއްޖެއް…..އޭނަ އާއި ލިވާން އާއި ދެމެދު އޮތް ގުޅުމެއް ޔަން އަކަށް ނޭނގެ….އެކަމަކު އެނގޭކަމަކީ އޭނަ ޒީވް އާއި ލިވާން އާއި އެކީ އުޅޭތީކަން ޒީވް ކިޑްނެޕްކުރީ……ނޫރިން އަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ މީހެއް…..އެކަމަކު އޭނަ އެކަމެއް ކުރަމުން އަންނަނީ މިކޮޅުގެ ބަޔަކާއި ގުޅިގެން……އެބަޔަކު ހޯދަން އަހަރެމެން މަސައްކަތް ކުރާތާ މިހާތު ހަތަރު އަހަރަށްވުރެ ގިނަވެދާނެ…. ނޫރިންގެ ފޯނު ނަންބަރު އަހަރެމެން ޓްރޭސްކުރީ މިކޮޅުގެ ސީކްރެޓް ޓާސްކް ފޯހުގެ އެހީތެރިކަމާއިއެކު….އެހެން އުޅެނިކޮށް ޒީވްގެ ފޯނަށް އިންޒާރުދޭން ގުޅި ކޯލް އަހަންނަށް އަޑުއިވުނީ…..އެދުވަހުގެ ފަހުން އަހަރެން އައީ ވަރަށްގާތުން ޒީވްގެ ކަންކަން ބަލަމުން….” ވިކްޔަން ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ޒީވާގެ އަތުގައި ހިފާލިއެވެ.

“ޒީވް….އައިމް ސޮރީ….އެދުވަހު ޔަން އަށް ނުކުމެވުނީ ތަންކޮޅެއް ލަހުން….އޭރު އެމީހުން ޒީވްގޮވައިގެން ނައްޓާލައިފި…..ޔަން އާއިއެކު އައި ދެ އެޖެންޓުން އަބަދު ކަހަލަ ގޮތަކަށް ޒީވްގެ ކަންކަން ބަލަން އަހަރެން ބެހެއްޓިން…..އެކަމަކު އެމީހުން ޒީވް ސަލާމަތްކުރަން އަވަހަށް ދާން ހަދައިގެން އެދުވަހު ލިވާންގެ ގައިގައި ޖެހުނީ އެމީހުން ދުއްވަމުން ދިޔަ……” ވިކްޔަން އަށް ވާހަކަ ދައްކަން އުނދަގޫވީ ޒީވާއަށްވާނެ ވަރު އިޚްސާސް ކުރެވުމުންނެވެ. އެހެންކަމުން ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ.

ލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފޮހެލަމުން ވިކްޔަންގެ ވާހަކަތަކަށް ޒީވާ ސަމާލުކަންދިނެވެ. މަޑުމަޑުން އެހިތް ވިކްޔަންއަށް ސާފުވި ނަމަވެސް އޭނަ ހައްޔަރުކޮށްގެން ގެންގުޅުމުން އެކަމާއި މެދު ހިތުގައި އޮތް ނަފްރަތަކަށް ބަދަލެއް ނާދެއެވެ.

“ޔަން ވަރަށް މަސައްކަތްކުރިން ޒީވް…..އެކަމަކު އެވަގުތު ވޭނުގެ ރަޖިސްޓްރީ ނަންބަރު ފެނުނީމަ މިކޮޅުގެ އެޖެންޓުންނާއި ހަވާލުކޮށްގެން ކެމެރާތަކުގެ އެހީގައި ޒީވް ހުރިތަނެއް ހޯދީ….އަހަންނަށް ދެވުނުއިރު ޒީވް އޮތީ ހޭނެތިފައި….ވަރަށްދެރަވި އެހާލުގައި އޮތްތަން ފެނުނީމަ….” ވިކްޔަން ފުން ނޭވައެއް ދޫކޮށްލިއެވެ. ޒީވާ އާއި ވާހަކަތައް ހިއްސާކުރެވެމުން ދިޔަ ވަރަކަށް އެހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ވެސް ލިބެމުން އެބަދެއެވެ.

ޒީވާ ހަމަ އިންގޮތަށް އިނީ އެއްވެސް އެއްޗެއް ބުނުމެއްނެތިއެވެ. ދޭތެރެ ދޭތެރެއިން ނޭފަތް ދަމާލާ އަޑު އިވިގެންދިޔަ ނަމަވެސް މިހާރު އެދެލޮލުން ކަރުނައެއް ނާދެއެވެ. ލިވާން ހެޔޮހާލުގައި ހުރުމުން އެހިތަށް ލިބުނު އުފަލުން އެހެން ހިތާމަތަށް އެކީހެން ފޮހެވިގެން ދިޔަކަމުގެ އިޙްސާސް ކުރެވުނެވެ.

“ނޫރިން އާއި އެކު މަސްތުވާތަކެތީގެ ޑީލްތައް މިވީ ހަތަރު އަހަރުގެ ތެރޭގައި ޔަން ހެދިން…..އެހެންވެ ވިޔަފާރީގެ ރޮނގުން ދެމީހުން ތިބީ ކޮންމެވެސް ވަރަކަށް ގުޅިފަ….އެކަން ކުރީވެސް އެމީހެއްގެ މަޢުލޫމާތު ހޯދުމަށް ނޫރިން އާއި އެކުވެރިކަން ބަދަހި ކުރަންވެގެން….ނޫރިން އަކަށް ނޭނގޭނެ އަހަރެން މީ އައިރާގެ ބޭބެ ކަމެއް……އަހަރެން އެދުވަހު ޒީވް ސަލާމަތްކުރުމަށް ދިޔައީ “ޑްރަގް ޑީލް” އެއް ހަދަން ކަމަށް ބުނެ… ކަންދިމާކުރިގޮތުން އޭރު ނޫރިން ހުރީ ޒީވގެ ކައިރީ…… އުއްމީދު ކުރިގޮތަށް އެމީހުން އަހަރެން ވެއްދީ ޒީވް އޮތް ތަނަށް…..އެމީހުންނަށް ޝައްކުވެދާނެތީ އަހަރެން ހުރީވަރަށް ފަރުވާތެރިވެ…..ޑީލް ނިމުމާއިއެކީ ޔަން އޮފަރ ކުރިން ޒީވް ޔަން އަށް ވިއްކާލަން…..ނޫރިން އެކަމަށް އެއްބަސްވީ ޒީވް އަށް ދެރައެއް ދިނުމުގެ މަޤްސަދުގައި……ޔަން ޒީވް ގެނެސް މިތަނަށްލީއިރު ޒީވްގެ ހޭވެރިކަމެއް ނެތް…. ވަރަށްދެރަވި މިހެން ކަންތައްކުރަން ޖެހުނީމަ….ޒީވް އަށް ނޭނގުނަސް އެންމެ ދުވަހެއްވެސް ނުދާނެ ޔަން ޒީވްގެ ހާލު ނުބަލާ…..” ވިކްޔަންގެ ވާހަކަތައް މެދުކަނޑާލަމުން ޒީވާ އާއި ދިމާއަށްބަލާލިއެވެ.

ވިކްޔަންގެ ބޮލުން ބަރު ހިލަގަނޑެއް ނެގިކަހަލަ އިހްސާސްއެއް ކުރެވިގެން ދިޔައީ ޒީވާ އޭނަގެ ގައިގައި ކުޑަކޮށް ބައްދާލުމުންނެވެ.

“ޔަން….އައިމް ސޮރީ…..ސޯ ސޮރީ…..ހަޤީގަތް ނޭނގި ޔަން އާއި ދިމާއަށް ވަރަށް އެއްޗެހި ކިއިއްޖެ….ޒީވް އަށް މާފުކޮށްދީ….ތީ ޒީވްގެ ގާތް އެކުވެރިއެއް…..އޭރުވެސް…މިހާރުވެސް” ޒީވާގެ ކަރުނަތައް ވިކްޔަންގެ ގަމީސް ތެންމަމުން ދިޔައެވެ. ވިކްޔަންގެ ލޮލުން ވެއްޓުނު ކަރުނަތިކި ހިނދިގެން ދިޔައީ ޒީވާގެ އިސްތަށިގަނޑުގެ ތެރެއަށެވެ.

“ޒީވް….މާފަށް އެދެން ޖެހޭ މީހަކީ މިއަދު ޔަން….ޒީވް ނުޖެހޭނެ ޔަންގެ ފަރާތުން މާފަށް އެދޭކަށް….މިހާ ދުވަސްވީއިރު ޒީވް މިތާ ބެހެއްޓީ ނޫރިންގެ އިތުބާރު ހޯދުމަށް….އެކަން ހަމަ ރަގަޅަށްވެސް ވި….ޒީވް….އެމީހަކު އަތުލައިގަނެވިއްޖެ މިއަދު….މިހާރު ޒީވް އަށްވެސް އެއްވެސް ނުރައްކަލެއްނެތް…..މިހާރު ޔަން އަށް ހީވަނީ ނޫރިން ވެސް ވާނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހެން…. މިކޮޅަށް އަންނަމުން މިއައީ ކާކުކަން ނޭނގޭހެން ނޫރިން އާއި ބެހޭ މަޢުލޫމާތު މިތާ ފުލުހުންނަށް ދީފަ…” ޒީވާ ހިނިތުންވެލުމުން ރައްދުގައި ހިނިތުންވުމެއް ހަދިޔާ ކުރަމުން ވިކްޔަން ބުނެލިއެވެ. ޒީވާ އިނީ ވިކްޔަން އާއި މެދު ފަޚްރުވެރި ވެފައެވެ.

“ޒީވް…..ވާން ހުންނާނީ މިހާރު ޒީވްގެ އިންތިޒާރުގައި….ހިނގާ އަވަހަށް…” ވިކްޔަން ކޮޅަށް ތެދުވެލަމުން ޒީވާގާތު އަވަސްކޮށްލައިގެން އައުމަށް އެދެމުން ބޭރަށްނުކުމެ ދޮރު ޖަހާލިއެވެ.

ވީ އުފަލެއްގެ ބޮޑުކަމުން ޒީވާއަށް ހީވީ މިއުޅެވެނީ ހުވަފެނެއްގައި ހެންނެވެ. އަތުގައި ދެތިން ފަހަރަކު ވިކާވެސް ލެވުނެވެ. ލިވާންގެ ގާތަށް ދެވޭތީ އޭނަ މިހުރީ ހާދަ އުފަލަކުންނެވެ. އޭނަ ކެތްތެރިކަމާއިއެކު ކުރި އުއްމީދު މިއަދު އެއުޅެނީ ފުރިހަމަ ވާށެވެ. ނަމަވެސް ހިތުގެ ކަނަކުން ބިރުވެރިކަމުގެ ރާޅެއް ދަތުތުކޮށްލިއެވެ. ލިވާން މިހާރު އޭނަ އެހުރި ހާލަތުން ބަލައިގަނެފާނެ ބާއެވެ؟ ކުރިން ލޯބި ވީގޮތަށް މިހާރުވެސް ލޯބި ވާނެ ބާއެވެ؟ އޭނަ މިކުރިގޮތަށް ލިވާންވެސް އޭނައަށް އިންތިޒާރު ކުރިހެއްޔެވެ؟

ޒީވާ ތައްޔާރުވެލައިގެން ނުކުތުމުން ވިކްޔަން އަށް އެލޯބި މޫނަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން ހުރެވުނެވެ. އެތައް ދުވަހަކަށްފަހު އެމޫނުމަތިން އުޖާލާކަން ފެނިގެން ހިނގައްޖެއެވެ. އެލޯބި ތުންފަތްމަތީގައިވި މާނަފުން ހިނިތުންވުމަށް އޭނަގެ ހިތް ފިދާވެއެވެ. ނަމަވެސް ޒީވާ އަކީ ލިވާންގެ ހައްޤެކެވެ. އޭނައަކީ މީހުންގެ ހައްޤުތަކަށް އަރައިގަންނަހާ ދަށުދަރަޖައިގެ މީހެއް ނޫނެވެ.

“ޒީވް…… ލިވާންގެ ގާތަށް ދިއުމުގެ ކުރިން ޔަން އާއިއެކު ތާކަށް ގޮސްލެވިދާނެތަ؟” ވިކްޔަން އައިސް ޒީވާގެ އަތުގައި ހިފާލަމުން ބުނެލީ އޯގާތެރިކަމާއި އެކީގައެވެ. އެއާއިއެކު ޒީވާ ބޯޖަހާލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. ވިކްޔަން އާއި މެދު އެހިތުގައި އޮތް އިތުބާރު މިއަދު އެތައް ގުނައަކަށް އިތުރުވެއްޖެއެވެ.

ވިކްޔަން ޒީވާ ގޮވައިގެން ދިޔައީ ސެލޫން އަކަށެވެ. އެތަނަށްގޮސް ޒީވާގެ އިސްތަށިގަނޑު ރީތިގޮތަކަށް ކޮށާލުމަށްފަހު މޭކަޕްކުރުވިއެވެ.

“މިހާރު ހީވަނީ ޖެނީފާ ހެން….ވަރަށް ކިއުޓް…ލިވާންގެ ހިތް ހުއްޓޭނެ މިއަދު….ހެހެހެ..” ވިކްޔަން ޒީވާ އާއި ދިމާކޮށްލުމުން ޒީވާގެ މަޑު ހުނުމުގެ އަޑު އެތައް ދުވަހަކަށްފަހު އިވުމުން އެހިތަށްފިނިކަން ލިބުނެވެ.

*******

ގެއާއި ކައިރިވަމުން އައިވަރަކަށް ޒީވާގެ ހިތުގެ ތެޅުން ދިޔައީ އިތުރުވަމުންނެވެ. ލިވާން ހުންނާނީ ކިހިނެތް ބާއެވެ؟ އޭނަ ފެނުމުން އުފާވާނެ ބާއެވެ؟ ލޯބިން ބައްދާލާނެ ބާއެވެ؟

ޒީވާ ސިހުނީ ކާރު މަޑުކޮށްލުމުންނެވެ. އޭރު އެހިތުގެ ތެޅުން ވަނީ ކުރިއަށްވުރެ ބާރުވެފައެވެ. ވިކްޔަން އައިސް ކާރުގެ ދޮރުފަތް ހުޅުވާލަ ދިނުމުން ޒީވާ ނުކުތެވެ. ހަށިގަނޑުގައި މާބޮޑު ވަރެއް ނެތް ނަމަވެސް ކެތްކޮށްލައިގެން އެހުރީ ލިވާންއަށް ޓަކައެވެ. ލިވާންގެ ގައިގައި ލޯބިން ބައްދާލުމަށް އެހިތް އެދި  ގޮވަމުން ދިޔައެވެ.

*******

ކާރެއް މަޑުކޮށްލި އަޑުއިވުމާއިއެކު ލިވާން ބެލްކަންޏަށް ނުކުމެ ބަލާލުމާއިއެކު ބަސްހުއްޓި އެހިތުގެ ތެޅުން މަޑުޖެހިލި ކަހަލަ އިޚްސާސްއެއް ކުރެވިގެން ދިޔައެވެ. އެއީ ހަމަ އޭނަގެ ޒީވާ ހެއްޔެވެ. ދެފަހަރަކު ލޯ އުނގުޅާލުމަށްފަހު  ބަލާލެވުނީ އިތުރަށް ޔަޤީންކުރުމަށެވެ. ޒީވާއަށް އައިސްފައި ހުރި ބަދަލުގެ ސަބަބުން ޒީވާ ތަހަންމަލް ކޮށްފައިވާ ވޭން ކޮންމެވެސް ވަރަކަށް ލިވާންއަށް ނަގައިގަނެވުނެވެ. އިސާހިތަކު އެދެލޯ ކަރުނުން ފުރިގެން އައީ ޒީވާ ފެނުމުން ލިބުނު އުފަލާއިވެސް އެކީގައެވެ. ދުވެފައި ޒީވާގެ ގާތަށް ދާން ބޭނުންވި ނަމަވެސް ހުއްޓުން އެރީ ފެނުނު މަންޒަރުންނެވެ.

ލިވާން ބަލަހައްޓައިގެން ހުއްޓާ ފެނުނު މަންޒަރުން އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔުމާއިއެކު ދެއަތް މުށްކަވާލެވުނެވެ. ވިކްޔަން ޒީވާ ހަށިގަނޑުގައި ހިފަހައްޓާލައިގެން މަޑު ހިނގުމެއްގައި އައިސް ބެލް އަޅާލި މަންޒަރުން އެހިތުގައި ނަފްރަތުގެ އޮއިވަރެއް ދަތުރުކޮށްލިއެވެ. އެއާއާއިއެކު ނޫރިން ދެއްކި ވާހަކަތައް ކަންފަތްދަށުގައި ގުގުމަންފެށިއެވެ. އެވަގުތު ޝައްކުގެ އޮއިވަރެއް އެހިތުގައި ދަތުރުކޮށްލިއެވެ. ލިވާން ލޯ ހަނިކޮށްލަމުން ވިކްޔަން އާއި ދިމާއަށް ބަލާލިއެވެ. ޒީވާ ގޮވައިގެން ވިކްޔަން އައުމާއި ނޫރިންގެ ވާހަކަތަކާއި ގުޅުމެއް ވާކަމަށް ހިތް ބުނަން ފެށިއެވެ.

ކާރުން ފޭބި ޒީވާ ބޮލަށް އެނބުރުން އަރާކަމަށް ބުނުމުން ވިކްޔަން  ޒީވާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން އައިސް ބެލް އަޅާލުމަށްފަހު ލިވާން ނުކުންނާނެ އިރެއްގެ އިންތިޒާރުގައި މަޑުކޮށްލިއެވެ.

އައިސްފައި ހުރި ރުޅީގައި ލިވާން އެދިޔަ ބާރުމިނުގައިގޮސް ދޮރު ހުޅުވާލިއެވެ. އޭރު މީހާ ހުރީ ކޮންމެވެސް ވަރަކަށް ދާހިއްލާފައެވެ.

ޒީވާ އާއި ދިމާއަށް ބަލާލުމަށްފަހު ލިވާންއަށް ބަލާލި ވިކްޔަން ސިހުނީ އޭނަގެ ކޯތާފަތް މައްޗަށް އަރައިގެންދިޔަ ލިވާންގެ އަތުގެ ހަމަލާއިންނެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (22)

Next

ލޯބިކަން 8

Next
April 28, 2018

ލޯބިކަން 8

Previews
April 27, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (22)

106 Comments!

  1. unique says:
    April 27, 2018 at 5:12 pm

    yey i got first at last

    1. eysh says:
      April 27, 2018 at 5:14 pm

      Unique darling siss u got first mifaharu. Yeyyyyyy ????????

  2. Shinaasha? says:
    April 27, 2018 at 5:12 pm

    Oh yes I am first …

    1. eysh says:
      April 27, 2018 at 5:16 pm

      Dear ves aslu first dho same time ga v ma yeyyyy ????????

  3. Dhonthxxx says:
    April 27, 2018 at 5:21 pm

    Yaaaaa thank u so much eysh up kohdhineema kiyaa laafa comment kohllaanan

    1. eysh says:
      April 27, 2018 at 5:31 pm

      Dhonthxxx dhoonee miothee upvefa. Avahah kiyaalaa. Waiting waiting.. ???????

  4. eysh says:
    April 27, 2018 at 5:22 pm

    So here is the new part. Mi part ves huriha kudhinnan kamudhaane kamah unmeedhukuran. Ehenveema baeh kudhin heekurigotha hilaafah vikyan v v salhi meehakah dho. Like a super hero. And zyv salaamaiy ves kurevijje. Also noorin got arrested. And finally vikyan ge hageegaiy vs engijje zyv ah. But wht hppnd to vaan enme fahu vaguthu? Wht u guys think wht will hppn nxt? Zyv kihinehba hadhaanee?
    Love u all. Miadhuge part v dhiguvaane. Eysh dheke loabivaa support kuraa hurihaa kudhinnah gift akah. ?? thikudhin dhidhey hihvarakee eysh ah eyge agu adhaaakureveyne ehcheh noon. Thanks alot fr ur suppor. Love u all. Mistakes huriyya point out kohlladhehchey. Investigation part ehves himanaalaifin. V new fr me. What u guys think abt that part????? ?

    1. unique says:
      April 27, 2018 at 6:14 pm

      hama vvv salhi ehnu vaany after all my sissy heheh proud of u……. n plx kuryge comment thakah reply kobba

    2. Jazlee says:
      April 27, 2018 at 8:14 pm

      Eysh hw old r u.stry nyc.what will hppn nxt ?curiously, wait fr the nxt prt.Alhugandu ?heyo dhu’aa thah eysh…kyp it up dear..
      Mistakes eh neh..?vaahakaige cvrh pice ehaa hadi ehnoon.But ehn pic eh vevidhaanetha.Just asking.eysh dhooni beynumiyya cvr pice ah kmme pic eh leema vx rangalhu vaanethaa. Ragalhu gifteh?I’m big fan of u.luv u ❤????

    3. Naju says:
      April 28, 2018 at 12:08 am

      Me ah hyvany zyv yan loabivaa kan engunyma yan kannenge choose kuraany n aira n vaan anehkaa gulheeny ambience dhw eysh dhoonee bt me beynun vany vaan n zyv gulhen..

    4. eysh says:
      April 28, 2018 at 2:09 pm

      Unique sissy dhoonee thank u so much ???? awhnn
      U shared ur number dho.. ill add ingey. Ly??
      Jazlee dhoonee age dho. Hehe. Adhi hama zuvaanekey buneveynee. Hehe. Dhen vaane gotheh hingaa dho balamaa. Today nxt part upkohla dheynan insha allaah. V ufaavehje heyo dhuaa kohdhineema dear. And also story kamudhiyaeema. Is that so.. cover pic change kohlladheynan next part ga ingey. Ahey big fan ekey buneema haadha bodakah happy vehjey dear. Thank u so much. Ly too ???????
      Naju dhoonee lets c dho nxt part ga vaagotheh. Today insha Allaah nxt part ingey. Ly ??????????

    5. Jazlee says:
      April 28, 2018 at 3:49 pm

      Um,Eysh dhahthy kehtherikan kolhunlany….vrh ufaa vejje furathma mi vaahaka ah cmmnt kohly mavx ehaa frnd koh vaahaka dhehkeema…Assu eysh ge ag aky kihaavarehtho Jazlee ehy olhigen younger sis o crrt gothah nubunevidhaanethy…vrh bodah shukuriyyaa Cvr pice badhalu koh dheynamey bunyma….??Jazlee assu ehn ehee I’m a girl who is in grd6..luv u ones again…All the best ?N u r super heroin??Be fun, heheh..Jazlee bunaagothun nama,mihaaru ge emme molhu stry writer aky eysh sis..☺Congra!!?kyp goin…U had done a big achievement???

  5. Axy says:
    April 27, 2018 at 5:23 pm

    Wow up kohlley dhw ? Thanks ? ? ? ? ?

    1. eysh says:
      April 27, 2018 at 5:28 pm

      Yes dear Axy dhoonee avahah kiyaalaa ???????

  6. Dhonthxxx says:
    April 27, 2018 at 5:34 pm

    So beautiful♥♥♥♥
    Waiting for the next part??
    Vaan pls understand vaathi ingey…..

    1. eysh says:
      April 28, 2018 at 2:11 pm

      Dhonthxxx dhoonee thank u so much dear. Next part today insha Allaah. V happy vehje ingey story kamudhiyaeema. Lets c dho dhen vaa gotheh ves. Ly dear ???????????

  7. Shai says:
    April 27, 2018 at 5:34 pm

    Hey varah reethi ingey

    1. eysh says:
      April 28, 2018 at 2:18 pm

      Shai dhoonee thank u so much dear.V happy vehje ingey story kamudhiyaeema. Ly dear ???????????

  8. Naju says:
    April 27, 2018 at 5:35 pm

    Eysh ? me ge last cmnt kiyaalaafa reply kohdheachey plz ok nw miulheny story kiyaalanvegen

    1. Naju says:
      April 27, 2018 at 10:42 pm

      Eysh ??? kbr tha mirey anehkaa kameh dhimaavy tha ??? ?

    2. Naju says:
      April 27, 2018 at 11:56 pm

      V happn dear asluvx ingey naju ah miulheny eysh ? ge rply eh nuliben hama nunidhigen ney dear…

    3. Naju says:
      April 28, 2018 at 12:26 am

      I really miss u dear.. ??????????

    4. eysh says:
      April 28, 2018 at 2:23 pm

      Naju dhoonee thank u so much dear.V happy vehje ingey number sharekohlleema. Ly dear ? alhey dear..eysh ulhen
      Jehunu gothun adhi rply kohllevey varu v. Thanakah dhiyaeema. I missd u too dear. Eysh ah thihaa care kuraathee haadha ufaavehjey. U r so sweeet. V loabivey. Swyt kamun eysh ah hama neynge ithurah bunaane ehcheh ves dear. Thank u so much eysh dheke thihaa loabivaa kuhjjaku libuneema. V bodah ufaavehje. ??????????

  9. Lam says:
    April 27, 2018 at 5:39 pm

    Ohhhhhh eysh story nihmenvahny dhwww…. Mih partvx varah ohbi… Vaan understand vaaneh kahnay geh dhwww…. Yan dhoooni haadha molhay ?????…. Super hero….eysh ahdhi vaaneh story eh liyan… Ure amazing❤❤❤❤???

    1. eysh says:
      April 28, 2018 at 2:31 pm

      Lam dhoonee thank u so much dear. Yes dear story nimeny. Dhen innaanee last part. Miadhu Insha Allaah upkohleveytho balaanan. Lets c dho vaagotheh balamaa. Yan is a superhero. Insha Allaah dear v avahah nxt story eh liyaanan. Thank u so much. V ufaavehje thi loabi cmnt kiyaalaafa. ???????????

  10. Maahy ?✨ says:
    April 27, 2018 at 5:42 pm

    Hello Eysh dhooni..???????? How’s you darling??? ???????
    ❤❤❤ماشاء الله❤❤❤
    Emme boootipul loabi loabi story is here..???????? Varah furihama mi bai ves…?❤???✨?✨Eysh, you know what… You are so talented..????????? Masha Allah..?????????? Varah happy vejje zeev salaamaiyy veema ..?????? How old are you dear..✨✨✨✨✨❤❤❤ Hama ahaaly ingey..????? just too curious to know… Heheh ?????? All the best sweetie??????✨✨✨ next part ah ves KEH KURAANAN UMMEEDHUGAA..????????✨❤?????✨ Lysm eysh…???✨❤❤❤❤✨

    1. eysh says:
      April 28, 2018 at 2:38 pm

      Maahy dhoonee again a lovely colorful cmnt dear. So happy cmnt balaalaafa ves. Eysh hama ragalhu Alhamdulillah. Hws u dear?
      Awwwwnnn alhey dear so happpy thihen buneema. Haafha ufaavehjey. ?
      Hehe dear. Adhi hama zuvaaneh mee. Hehe. Thi loabi loabi cmnt ah ves eysh ah kehkureveny hama unmeedhugaa. V happy vehje dear. Thank u so much. Nxt part insha Allaah today. Lysm dear frnd Maahy ?????????????

  11. Blackaholic says:
    April 27, 2018 at 5:47 pm

    Masha Allah… this is absolutely beautiful.. mihaaru aslu v gina suvaalu thakehge javaabu libihje… hope vaan will understand the situation n live happily with zeev.. dhn ithurah kithah parts tha onnaany?? Next part ge inthuzaaruga mihaaruves mihury.. ?❤

    1. eysh says:
      April 28, 2018 at 2:43 pm

      Blackaholic dear dhoonee so happy nd thank u so much dear.
      Dhen innaanee enme last part. Today Insha Allaah genesdheveytho mi try kuranee. V hpy vehje dear ge thi cmnt kiyaalaafa. Thidhey support ah v ufaakuran. Ly ??????????????

  12. unique says:
    April 27, 2018 at 6:10 pm

    vvvvv reethi but vvv shakku bodu vaan eh dhw heheheh but nice

    1. eysh says:
      April 28, 2018 at 2:45 pm

      Hehe. Unique dhoonee vaan v rulhi annaane thi cmnt kiyaalaafa sissy. ?? thank u so much sis. V happy vehje story kamudhiyaeema ???????????

    2. unique says:
      April 28, 2018 at 2:49 pm

      really tha im so sry vaan he is a good boy n a perfect husband n most of all he can be a great dad

  13. shina says:
    April 27, 2018 at 6:22 pm

    Wow vrh reethi? . .when next part?

    1. eysh says:
      April 28, 2018 at 2:46 pm

      Shina dhoonee thank u so much dear. Eysh v happy vehje story kamudhiyaeema. Next part Insha Allaah today lydear ?????????????

  14. Ibsha says:
    April 27, 2018 at 6:33 pm

    ❤❤❤❤❤❤varah reethi mivaahaka ❤❤❤❤❤❤?

    1. eysh says:
      April 28, 2018 at 2:47 pm

      Ibsha dhoonee thank u so much dear. Eysh v happy vehje story kamudhiyaeema. Next part Insha Allaah today ly dear ?????????????

  15. Hh says:
    April 27, 2018 at 6:40 pm

    Nimen dhw eulheny..nimey hisaabuga vaan aa zyv ge bai thankolheh gina kollahchey..stry is just awesome..??

    1. eysh says:
      April 28, 2018 at 2:51 pm

      Hh dhoonee dear yes dhen innaanee fahu ep. Yes dear ginakohleveytho balaanan dhemeehunge part ingey. V v v ufaavehje story kamudhiyaeema. Thank u so much dear. Ly ??????????????

  16. NAAZ says:
    April 27, 2018 at 6:44 pm

    Masha Allah vvv reethi mibai vx ….next part knirakun

    1. eysh says:
      April 28, 2018 at 2:47 pm

      NAAZ dhoonee thank u so much dear. Eysh v happy vehje story kamudhiyaeema. Next part Insha Allaah today ly dear ?????????????

  17. Shann says:
    April 27, 2018 at 6:59 pm

    Dhen kihinehbaa dhw vaany… Vaan zeev dheke rulhiannaane baa… Alhe eysh hama hyvy asly kanthah gandeh fenigen dhiyahen… Haadha molhey sifakohla dhinun… Hama kosvehje mulhin…

    1. eysh says:
      April 28, 2018 at 2:53 pm

      Shann dhoonee dear hingaaba dho balamaa dhen vaane gotheh ves. Awwwnn asluvestha dear. Vvvv ufaavehje aslah ves. Hehe. Haadha loabikohney thibunelee. V sweeeet kuhjjeh. Eysh meenee ufalun bunaane ehcheh ves neyngifa sweeeet kamun. Thank u so much dear fr the support. Lysm ????????????????

  18. zeeva says:
    April 27, 2018 at 7:07 pm

    Finally um gonna meet my vaan… Ufalun bunaane ehcheh vx neyngifa mihury… BT zeev v haasvey eba vaan kanthah kuraane gotheh neyngeythy…. N thnk yuh yan for saving me n vaan a meet kohdhinythy…. N thnk yuh eysh too for saving me n letting me meet vaan…

    1. Vickyan says:
      April 27, 2018 at 7:25 pm

      Happy loabiyy

    2. eysh says:
      April 28, 2018 at 2:57 pm

      Zeevaa dhoonee dear finally hehe. Vaan shakku kuree dho aslu. Hingaaba alhe kanthah kuraa gotheh balamaa dho. Yan ah hama v bodu shukureh. Such a nice guy dho aslu. U r so swyt ehnu so kihineh eysh zyv ah eha dheragotheh hadhaanee. ????????????????

  19. Icy says:
    April 27, 2018 at 7:14 pm

    wow
    varah reethi mi part ves
    curiously waiting for the next part

    1. eysh says:
      April 28, 2018 at 2:48 pm

      Icy dhoonee thank u so much dear. Eysh v happy vehje story kamudhiyaeema. Next part Insha Allaah today ly dear ?????????????

  20. Any says:
    April 27, 2018 at 7:17 pm

    V reethi mibaives ? ❤ ? ?

    1. eysh says:
      April 28, 2018 at 2:48 pm

      Any dhoonee thank u so much dear. Eysh v happy vehje story kamudhiyaeema. Next part Insha Allaah today ly dear ?????????????

  21. Vmbk says:
    April 27, 2018 at 7:20 pm

    Ahdhah yo vaan !! Thadhu vejje ey … mihaa ragalhah kanthah koh dhinyma hedhi goih thiyy… zyv ok dhw..zyv ge vaan kairi ah dhevuny dhw thiyy.yan bunyy mehnu yan beyynumy zyv ge hihi thun vumey..
    …………………………………
    Huhnah viyy heyy umurah mihen.thiya hiyylu mah edhi majuboor gaa.dhuru gaa vumun thera hih vefaa .
    Ufaleh libun nethi bikahaalu gaa.karunaan furaalaa roathiyy dhelo. Ihushaah nuvey heyy bune dhiyy balaa ..
    *************
    Zyv ulhey thiyy bass ahaa gen vaan eku ….

    1. Vickyan says:
      April 27, 2018 at 7:22 pm

      *vickyan***
      Namu ga mahsha ulhey thiyy..hehe

    2. Aesh says:
      April 27, 2018 at 7:25 pm

      Hahaha.. dhw vickyan.. ehaa rangalhah kanthah kohdhinyma ves dhw.. 😀 😀 😀 😀 😀

    3. eysh says:
      April 28, 2018 at 3:02 pm

      Hahahahaaa. Viky bro ge ibaaraaiykolhu kiyaalaafa eysh hama heehee ekah halaaku vehje. ?????? v cute baskolheh ves ebain bunelaafa. Thsts really swyt. Nd yan name change vefa eyniyyo. Hehe. Aesh keekuraanee dho zyv loabivanee vaan dhekeyo. Hehe. V ufaavey mi conversations thah kiyaalaafa. Thank u both. ????????????????

    4. Vickyan says:
      April 28, 2018 at 3:53 pm

      Aslu typ kurani koh phn vehtuny dhen nagaafa nubalaala post kuri thanun fenuniy.hahaha .aslu vex igey

    5. eysh says:
      April 28, 2018 at 4:05 pm

      Hehe yan ves dho. Hope phone ah kameh nuvaame kamah. ????☺☺☺

  22. Aesh says:
    April 27, 2018 at 7:22 pm

    Wow!!! Vrh reethi mi part ves ingey eysh… Aesh ah vickyan aa dheytherey varah goas koh dhw dhekevuny.. maa kurin vaane goiyy guess kuranyaa mikahala kanthah vaany ves.. hehe.. Dhn ekam nooreen e kanthah kury varah goas koh dhw eysh.. Dhn eyrun kihineh vaany.. emmen he medhuga fithuna fasaadhaehnu ufedheyny.. argh!! Nooryn!!!! Anyways, haadha reehchey mi part ves.. just amazing! 🙂 anehkaa ves loabi loabi part eh genesdhehchey eysh.. ingey… now you’re one of my fav writers.. 🙂 curiously waiting for the next part.. Kon irakun Nxt part??? 🙂 <3 <3 <3

    1. eysh says:
      April 28, 2018 at 3:06 pm

      Aesh dhoonee dear thank u so much dear. V happy vehje mi part vs kamudhiyaeema. Hehe. Vikyan v dheravaane dho. Hehe. Gina faharu hama vaanee enme heenukuraa gothah dho. Vikyan mi v hama hero akahnu. Asluves nooreen akee haadha goas meehekey. Rangalhu landeh dheefin mihaaru. Hehe.
      Alhey haadha ufaavehje favourite writers ge thereah addkohla dhineema.
      Next part Insha Allaah today. Keep waiting dear. Dhen inee last part ingey. Lysm deae frnd ???????????????

  23. sheen says:
    April 27, 2018 at 7:28 pm

    Wow wow hama.mulhin surprise thah dhw mi libenee.. eysh gadha ingey.. hama hithahves naaraa goiy goiy mi vanee.. v salhi. Dhen e vaan ah ves hageegaiy engeynethaa dhw maa lasthakeh nuve. Dhen innaanee emme last part dhw.. muoh reethi vaahaka nimeythee hama dheravabee ey eysh dear. Luv u si.much.
    .

    1. eysh says:
      April 28, 2018 at 3:11 pm

      Sheen dhoonee dear frnd hama huss surprise thah dho midhevunee mi part ga. Hehe. Thank u so much dear haadha happy vey dear ge hama huriha cmnts thah ves kiyaalaafa. Also thihaa supportive v ma haadha ufalehveyey. V loabi kuhjjeh thee. Yes lasthakeh nuve dhen engeyne hageegaiy ves. Dhen inee last part. Dheranuvey dear. Insha Allaah nxt story aa eku adho bahdhaluvaane v avahah. Lysm dear ??????????????????

  24. Airaa says:
    April 27, 2018 at 7:32 pm

    v v reethi Eyes Dhooni

    1. eysh says:
      April 28, 2018 at 2:49 pm

      Airaa dhoonee thank u so much dear. Eysh v happy vehje story kamudhiyaeema. Next part Insha Allaah today ly dear ?????????????

  25. unique says:
    April 27, 2018 at 7:37 pm

    sissy reply i have replied up for ur comment

    1. eysh says:
      April 28, 2018 at 3:13 pm

      Rply kohllaifin dear ?????????????

  26. Nai says:
    April 27, 2018 at 7:56 pm

    Wow v reethi??

    1. eysh says:
      April 28, 2018 at 3:14 pm

      Nai dhooni dear thank u so much. V hapy vehje story kamudhiyaeema. Ly ?????????????

  27. Nonnx says:
    April 27, 2018 at 8:33 pm

    Woowwwwwww anekka dhn kihinehbaa vaanyy? anyways eysh loabeee. Vvvvvvvvvvvvvvv salhi ingeyyyyyyy. You’re the best writer. Lysm❤❤

    1. eysh says:
      April 28, 2018 at 3:16 pm

      Nonnx dhooni dear thank u so much. V hapy vehje story kamudhiyaeema. Lets c dho dhen vaagotheh. Nxt part eiee last episode. Awwwhn so happy bst writer ey buneema. Vvvvvvvvvvvvvvv happy. Lysm frnd ?????????????

  28. unique says:
    April 27, 2018 at 8:34 pm

    sissy now im upset sissy reply nukuraathy Ik ur bxy but ves dhw ehnfaharuves reply kuraathy now im tense kameh veetha anekkaa

    1. eysh says:
      April 28, 2018 at 3:20 pm

      Unique sissy dnt be upset dear. Eysh vs bxy vaane dho dear. Ehenve aslu story kurukohllan nimmee ves midhuvaskolhu time ehaa bodah dheven netheema. But story nimendhen genesdheyn vegen aslu mi parts thah vs mi liyanee. Sissy so happy to kno thihaa bodah care kuraa kuhjjaku hureema. Think positive ingey always. Thee nulaahiku sweeet kuhjehnu dho. Lysm ?????????????

  29. Naju says:
    April 27, 2018 at 8:45 pm

    Alhey dhn othy last dhw me v v v v v v v v hama sad vey eba eysh ??? aa vakivaan jehey thy ve plxxxxxxxx me ge num innaane share kohlaafa…??????????

    1. Naju says:
      April 28, 2018 at 3:18 pm

      N also eysh ? ge email I’d buneladheachey plx dear me TRY kuraanan mail kurevey thw ingey dear dhn mail nukurevihjeyaa dhn othy eysh ? ge kameh dhw me ge num ah txt kurun I just hope that…

    2. eysh says:
      April 28, 2018 at 3:24 pm

      Naju dhoonee dear dhn othee last part. Dnt b sad dear. Insha Allaah i will b back soon with a new story. So keep waiting ingey. I saw ur number ingey. Email sharekohllaanan ingey fahun. Keep waiting dear. Nxt part today Insha Allaah. Lysm dear ???????????????

    3. Naju says:
      April 28, 2018 at 3:31 pm

      Thihaa loabi loabi swyt swyt kuhjakaa vakivaan vyma haadha dhera ey ??? thy haadha rangalhu hiyy heyo kuhjekey ur so kind..

    4. eysh says:
      April 28, 2018 at 4:06 pm

      ownnnn so swyt dear ????

  30. unique says:
    April 27, 2018 at 9:20 pm

    sissy i guess ur angry now dhw

    1. eysh says:
      April 28, 2018 at 3:25 pm

      Dear sissy eysh kihinehtha thihaa swyt kuhjeh dheke rulhi annaanee. Dnt thi k ingey egothah. Thes swyt sissy ehnu dho lysm dear sissy ???????????????

  31. Hashaa says:
    April 27, 2018 at 9:42 pm

    Nice Story,,,,

    1. eysh says:
      April 28, 2018 at 3:27 pm

      Hashaa dhoonee dear thank u so much dear. V happy vehje story kamudhiyaeema lysm dear ?????????????????

  32. Greeny says:
    April 27, 2018 at 10:01 pm

    nice keep it up dhooni best wishes with you always?????❤❤??luv u next part kon irakun. avas kohdhehchey ingey just can’t wait to read next part

    1. eysh says:
      April 28, 2018 at 3:30 pm

      Greeny dhoonee dear thank u so much dear. V vvvvv happy vehje story kamudhiyaeema nd fr the cute cute words. Nxt part Insha Allaah today. Eysh mi try kuranee hama v enme avahakah genesdheveytho. Ekam last part v ma kudakoh lasvanee mi ingey. lysm dear ?????????????????

  33. Axy says:
    April 27, 2018 at 10:18 pm

    Masha allah v v reethi ?
    Mi part. hama best ?
    ithurah bunaane eychey ney
    ????????????
    ehaa ves furihama ? ? ?
    ?Eysh ? dhooni kihiney tha. ..?

    1. eysh says:
      April 28, 2018 at 3:39 pm

      Axy dhoonee dear thank u so much dear. Vvvv happy vehje story kamudhiyaeema. Alhamdulillah eysh hama v ragalhu. V ufaavehje haalu balaaleema. Dear ge haalukolhu kihinehtha? Hope everythng ok kamah. Last ep today ingey keep waiting. Lysm dear ?????????????????

  34. Shiman says:
    April 27, 2018 at 10:28 pm

    Masha Allah …eysh dhooni this is my favorite story and you’re my favorite writer…..Story varah ves furihama.kurin Bunin dhw eysh thy best writer a…but know you’re best writer for me one in a million….Eysh dhooni kihineh tha??? I m’ waiting for next part …??❤❤???love yuh so much…❤❤

    1. eysh says:
      April 28, 2018 at 3:59 pm

      Shiman dhoonee dear thank u soooo much. Eysh haadha bodakah ufaVehjjey. Awwwn haadha hppy vehjey favourite story and fav writer ey buneema. So so so happy dear. Awnnn million times omg. Eysh ah hama bunaane ehcheh ves hama neyngun. Ehaa ves speechless vehje hama dear. Eysh hama Alhamdulillah baraabaru. Thihaa swyt cmnt eh fenifaves haalukolhu rangalhuvaane ehnu dear. Ssooooooo happy. Thidhey suppprt ah hithuge adin shukuru adhaakuran dear. Hw r u dear…. next part insha Allaah today. Keep waiting. Luv u tooooo dear. ???????????????

  35. Pinky shifoo says:
    April 27, 2018 at 10:33 pm

    Wowww ????… It’s soooooo nice ?????… Vikyan ge hageegai inguny dhw ????… Vaan ah visnaadhinyma ragalhu vaane henn heevey ????… Finally noorin arrest kurevuny dhw ????… Good job eysh… Curiously waiting for the next part ????… Lots of love and take care ????❤️❤️❤️❤️????????????????

    1. eysh says:
      April 28, 2018 at 4:03 pm

      Shifooo dhoonee dear thank u so much dear. Vvvvvv bodukoh happy vehje. So lovely cmnt. Colorful nd balaeema vs hithah hamajehun libey.
      Finly vickyan ge hageegaiy engihje. Hehe. Lets c dho vaan ah vaa gotheh ves. Noorin ah onnaanee rangalhu landeh dheefa. Hehe. Next part today insha Allaah. Keep waiting dear. Lots of love nd tc dear ???????????????

  36. Xxxx says:
    April 27, 2018 at 11:10 pm

    Just Woooooww.v.reethi… Keep it up dear.. Regular koh up kohdhey thee v. Happy. ❤️??

    1. eysh says:
      April 28, 2018 at 4:08 pm

      Xxxx dear dhoonee thank u so much dear vvvvv hapy vehje story kamudhiyaeema thank u dear. Thihaa loabi cmnt kohllaathee regular koh upkohladheveny lysm dear frnd ???????????????

  37. Aru says:
    April 28, 2018 at 12:01 am

    Wow haadha salhiyey mibaaves….. ? ? ? ? ? vara salhi maasha ahloh……mivaahaka Kiyaa nimaaeiru einaney bunaanei eicheives neygeifa mivaahakaagei reythikamun…. Hadhanalayey gumulatha batankofaei huri goeitha maasha ahloh….???????????????????????

    1. eysh says:
      April 28, 2018 at 4:12 pm

      Aru dhoonee dear haaaaaaadha loabi cmnt ekey dear. Thank u so much fr the swyt cmnt. Vvvv ufaavehje dear. Eysh ah vs meenee hama bunaane ehcheh vs neyngifa cmnt swyt kamu dear. Ehaa ves happy.
      U r so cute dear. Maasha Allaah. V happy vey thihaa support dheythee. Nd thihen hunna kankan faahaga kohla dheveythee. Eyrah kuriyah dhaan faseyha vaane dho. Thank u dear frnd. Lysm ??????????????

  38. Zihoo says:
    April 28, 2018 at 7:00 am

    V salhi.hama perfect????

    1. eysh says:
      April 28, 2018 at 4:14 pm

      Zihoo dhooni thank u so much dear. Vvvvv ufaavehje story kamudhiyaeema. Lysm dear ?????????????

  39. Naju says:
    April 28, 2018 at 8:38 am

    Beautiful eysh where r u dear n Baly tha anehkaa?

    1. eysh says:
      April 28, 2018 at 4:15 pm

      Naju dhooni dear. Eysh hama v ragalhu. Mioh ulheny hama. V ufaavehje dear thihaa bodah eysh ah care kuraathee. Lysm dear ?????????????

  40. Naju says:
    April 28, 2018 at 11:18 am

    Knirakun tha cmnt thakah rply kuraany eysh ?? miss u dear..

    1. eysh says:
      April 28, 2018 at 4:16 pm

      Naju dhooni dear. Huriha cmnts akah rply koh mi nimunee hama mi part ge finally. ?????????????

  41. unique says:
    April 28, 2018 at 2:42 pm

    sissy plx add kuraathi fast koh ingey n plxxxxxxxxxxxxxxxxxxxxx talk to me…………. plx otherwise i’ll die plxx

    1. eysh says:
      April 28, 2018 at 3:33 pm

      Omg im really scared now. Unique sissy im really scared. Pls pls thikahala vaahaka nudhakkahchey dhen. Eyrun eysh kihaa birugannaane. Sissy thee eyahvure visney kuhjjehnu dho. Specially eysh buneema bas ahaa kuhjehnu. So dhen ekahala ehchehi nukiyahchey ingey. Always think positive nd b hpy ingey. Just kno tht im always here fr u. ??????????????????

    2. unique says:
      April 28, 2018 at 3:37 pm

      yea sissy i will wait till u add me in viber n talk to me

  42. sheen says:
    April 28, 2018 at 3:04 pm

    Haha unique eh kamaku moya kameh nukuraathi ingey.. :p

    1. eysh says:
      April 28, 2018 at 3:35 pm

      Sheen dear dhoonee eysh ves meenee shock ehga. Eysh vs hama unique sissy ah dheyn oiy naseyhathakee ekahala kameh nukurahchey. ????????

  43. Naju says:
    April 28, 2018 at 3:37 pm

    Promise tha mail share kuraanan kamah v dheravaane lie akah vehjeyaa

    1. eysh says:
      April 28, 2018 at 3:54 pm

      [email protected]

  44. Hh says:
    April 28, 2018 at 5:34 pm

    Eysh❤..when is the story.??i just cant wait?..plx make it fast?❤❤ curiously waitingggg…lysm

  45. unique says:
    April 28, 2018 at 6:16 pm

    thats true sissy if u lie wat will i 2 do haadha dheravaaney hih falhaigen higaidhaane……… plx add me plxxxxxxxxxxxxxxxxx

  46. Niha says:
    April 29, 2018 at 7:03 pm

    varah reethi mi part ves.. hama bunaane ehcheh ves neih..kobaatha next part eysh… konirakun tha up kohdhenii???

Comments are closed.

Next Episodeކެތްކުރާނަށް އުއްމީދުގައި (ފަހުބައި)←


All Right Reserved!