އަހަރެންނަކީ ކޮންމެ ދުވަހަކުވެސް ތުނޑި މައްޗަައް ރައްޓެހިންނާއެކު ގޮސް އުޅޭމީހެކެވެ.އާދައިގެ މަތިން މިއަދު ވެސް އަހަރެން ތުނޑިމައްޗައް ދިޔައީ އިރު އޮއްސޭ މަންޒަރު ބަލައިލުމުގެ ނިޔަތުގައެވެ.ނަމަވެސް ތަފާތަކީ މިއަދު ދިޔައީ އަހަރެން އެކަނި ކަމެވެ.އިރު އޮއްސޭ މަންޒަރު ބަލަން އެއް ގަޑި އަކަށް ތުނޑި އަށް އަންނަތާ ޖެހިޖެހި ގެން މިއީ ތިން ވަނަ ދުވަހެވެ. އަހަރެންވެސް ޖެހިޖެހިގެން މިގޮތައް އަންނާކަށް ނުވާނޭ މީހުން ބުނާތީ އަހަމުވެ.އެކަމަކުވެސް މިއީ ލިބޭ ހިތްހަމަ ޖެހުމެއް ކަމުން ނައިސް ނުހުރެވެނީއެވެ. […]