Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާއިން 15

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
May 5, 2018 6 Mins Read
21 Comments

އެންމެން ކާމޭޒު ދޮށަށް އައިރުވެސް މިޝްކާއެއް ނާދެއެވެ. އަހަރެންގެ ހިތް ނުތަނަވަސްވާން ފެށިއެވެ. މިޝްކާ ކޮބައިތޯ އަހާލާކަށްވެސް އަހަންނަކަށް ނުކެރުނެވެ. މިޝްކާ ނާންނަނީސް އެންމެން ކާންފެށިއެވެ. އަހަރެންކާން ނާޅާހުރުމުން ބޮޑުބޭބެ ކިހިނެއްވީތޯ އެހިއެވެ. ކަމެއް ނުވާކަމަށްބުނެ އަހަރެން ކާށްއަޅަންފެށީމެވެ. މޭޒު މަތީގައި އަތުރާފައިވަނީ ހުސްކާހިތްވާކާހަލަ ތަކެއްޗެވެ. ފްރައިޑްރައިސްއާ ޑެވިލްޑް ފިޝް އެވެ. ރޮށްޓާ ކަނޑުކުކުޅެވެ. އޭގެ އިތުރަށް ރިތިބަތާ މުގުރިހަވެސް ހުއްޓެވެ. އަލުވި ހިކިކޮށްހަދާ ފާޑެއްގެ ސެލެޑުގަނޑެއްވެސް ހުއްޓެވެ. އަހަރެން ތަށްޓަށް ފްރައިޑްރައިސާ ކޮޅަކާއި ޑެވިލްފިޝްކޮޅެއް އެޅީމެވެ. މިޝްކާ ކާން ނާންނާތީވެ ކާހިތްވެސް ހުރީ ކެނޑިފައެވެ. ސަމުސަލުން ތަށިހޭވުން ފިޔަވާ އިތުރުކަމެއް ނުކުރެވުނެވެ. ކެއުމަށްވުރެ ބޮޑަށް އަހަރެންގެ ހިތް އެދެނީ މިޝްކާވީ ތަނެއް ބަލާށެވެ. “ޔާން ކާއެއްޗިހި ނުބައިތަ؟” އަހަރެން ނުކައި ތަށިހާވަން ހުރުމުން މަލަކާ އެހިއެވެ. ނޫނެކޭ ބުނަންވެގެން ހުޅުވި އަނގަ ލެއްޕުނީ އަހަންނަށްވުރެ ކުރިން ޖިޔާން ޖަވާބު ދިނުމުންނެވެ. “މަލާ އޭނަ އެ އުޅެނީ މިތާ މިޝްކާ ނެތިގެން އެކަމާ ދެރަވެގެން އެ ނޫން އެއްވެސް ކަމެއް ވެގެނެއްނޫން” ޖިޔާން ރަނގަޅަށްވެސް އަހަރެންގެ ކިބައިން ބަދަލުހިފައިފިއެވެ. އެންމެން އެއްފަހަރާ ހޭންފެށިއެވެ. “އެއީ ތެދެކޭ މަލާދައްތާ ކޮބާތަ މިޝޫ؟ މަށަށް އަދިކިރިޔާ މިފާހަގަވީ މިޝޫ ނެތްކަން!” ނައިރާ މަލަކާގާތު އެހިއެވެ. ނަމަވެސް މަލަކާ ޖަވާބެއް ނުދެއެވެ. ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ. ނައިރާވެސް އިތުރަށް ސުވާލު ނުކޮށް ކެއުމާގެން ކުރިއަށް ދިޔައެވެ. އަހަރެންވެސް ހިތްވަރު ކޮށްފައި ބަތްތަށި ހުސްކުރީމެވެ. އެންމެން ކައި ނިމުނު އިރުވެސް މިޝްކާ ނާދެއެވެ.

ކައި ނިމިގެން އެންމެން ސޯފާގައި އިށީންނެވެ. އެކަކުވެސް އަނގައަކުން ނުބުނެއެވެ. އަހަރެންވެސް އިނީ ފޯނާ ކުޅޭށެވެ. އަހަރެންގެ ކުރިމަތީގައި ހުސްކޮށް ހުރި ގޮނޑީގައި މީހަކު އިށީންހެން ހީވެގެން އިސްއުފުލާބަލާލިމެވެ. ކުރިމަތީ އިން މިޝްކާ ފެނިފައި ކަޅިޖަހާލަންވެސް އަހަރެން ހަނދާންނެތުނެވެ. ކަޅު ކުލައިގެ އަބާޔާއާ އެއްކޮށް މަޑުފެހިކުލައިގެ ޝޯލެއް އަޅާފައި ހުރިއިރު އެދޮންމޫނާ ވަރަށްވެސް ގުޅެއެވެ. އެއްވެސް މޭކަޕަކާ ނުލައިވެސް ނުހަނު ރީއްޗެވެ. “އައުޗް” އަހަންނަަށް މިޝްކާގެ މޫނުން ނަޒަރު ވަކި ކޮށްލެވުނީ ނައިރާ އަހަރެންގެ އަތުގައި ބާރަކަށް ވިކައިގަތުމުންނެވެ. އަހަންނަށް ވީގޮތް ފެނުމާއެކު އެންމެން އެއްކޮށް ހޭންފެށިއެވެ. “ދޮންބެއަށް ފަހުން އަދި މާގިނައިން މިއްޓުއަށް ބެލޭނެ! އެހެންވީމަ މިގަޑީގަ ކުއްބެމެން ދައްކާ ވާހަކަ އަޑުއަހާ!” އަހަރެންގެ ކަންފަތް ބުޑުގައި ސިއްރު ސިއްރުން ނައިރާ ބުނެލިއެވެ. ނައިރާއާ ދިމާއަށް ލޯއަޅާލުމަށްފަހު ރިހާމްމެން ދައްކަން އުޅޭވާހަކައަަށް ސަމާލުކަން ދިނީމެވެ. “ޔާން! މިރޭ ޔާނުއާ މިޝްކާގެ ކައިވެނި ހަމަޖެހިގެން މިދަނީ! ކައިވެނީގެ ކަންތައްތަ ތި ދެމީހުން ބޭނުންވާ ގޮތަށް މިރޭ ހަމަޖައްސަންވީ!” ރިހާމް އަހަންނާ ދިމާއަށް ބަލަންހުރެގެން ވާހަކަ ދެއްކިއެވެ. ކައިވެނީގެ ވާހަކަ ދެއްކުމުން އަހަރެން ފިނިވާންފެށިއެވެ. އަނގައިން އެންމެ ލަފުޒެއްވެސް ބޭރު ކުރެވޭ ގޮތެއް ނުވިއެވެ. “އަހަރެންގެ އެ ބޮތް އައިޑިއާއެއް!” އަހަރެން އަނގައިން ބަހެއް ބުނެލާނެ ހިތްވަރު ނުލިބިގެން އުޅެނިކޮށް މިޝްކާ ވާހަކަ ދެއްކުމުން ހައިރާންވިއެވެ. “އަވަހަށް ބުނެލަދީ!” ޝައުގުވެރުވެ ހުރެ އަހަރެން ބުނެލީމެވެ. މިޝްކާ އަހަންނަށް ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. “މީ އަނޭ ހިނގާ ނައިރާއާ އަހަރުމެންގެ ކައިވެނި އެއްކޮށް ކުރަން” “އޯ މިއްޓު ވަރަށް ސަޅި އައިޑިއާ އެއްތީ! ލެޓްސް ގެޓް މެރިޑް ޓުގެދާރ! އޭރުން ކިހާ މަޖާވާނެ! ބޭބެއާ ކޮއްކޮގެ ވެޑިން އެއް ދުވަހެއްގަ އަދި ބޭބެ މެރީ ކުރަނީ ކޮއްކޮ ބެސްޓީއާ ކޮއްކޮ މެރީ ކުރަނީ ބޭބެގެ ބެސްޓީއާ ވާވާވާ!!” ނައިރާ ކުޑަކުއްޖެއްހެން އަތްތިލަބަޑި ޖަހަން ފެށިއެވެ. “ނައި ހީވޭތަ މިހިރެ ޔާންއަށް އިތުރު އެއް އަހަރު މަޑު ކުރެވޭނެހެން؟ އަހަރުމެން ކައިވެނި ކުރަން ހަމަޖެހިފަ އޮތީ ނައި ކިޔަވާ ނިމިމީމައެއްނު؟ އެއީ މިއަންނަ އަހަރުގަ މި ޔާނުއަކަށް ކެތެއް ނުވާނެ!” މަލާމާތުގެ ރާގަކަށް ޖިޔާން ބުންޏެވެ. “އެއީ ކީއްވެޔޯ މަށަށް ކެތްނުވާންވީ ؟ މަށަށް ހަމަ އޯކޭ ނައިމެންގެެ ވެޑިންއާ އެއްކޮށް އަހަރުންގެވެސް ބާއްވަން!” ވަރަށް ހަމަޖެހިފައި އަހަރެން ބުނީމެވެ. “ޖިޔާން ނައިރާ މަންމައަށް ފެންނަނީ ދެން ލަސްނުކޮށް ތިދެކުދިންވެސް ކައިވެނިކުރަން ތިގޮތަށް މާގިނަ ދުވަހު އުޅުމަކީ އެހާ ރަނަގުޅު ގޮތެއް ނޫން. މިހާރު ޖިޔާންވެސް ކިޔަވައިނިމިގެން ވަޒީފާ އަދާކުރަމުން އެދަނީ އެހެންވީމަ ޖިޔާންގެ އާއިލާގެ މައްސަލައެއްނެތިއްޔާ މަންމައަށް ފެންނަނީ ވީހާވެސް އަވަހަކަށް ތިހަތަރު ކުދިން ކައިވެނި ކުރަން!” މަންމަށް ފެންނަގޮތް މަންމަ ހިއްސާކުރިއެވެ. ޖިޔާންއާ ނައިރާވެސް އެކަމަށް އެއްބަސްވިއެވެ. އަދި ޖިޔާންގެ އާއިލާއާވެސް އެވާހަކަ ހިއްސާކުރިއެވެ. ޖިޔާންގެ މައިންބަފައިންވެސް ބޭނުންވަނީ އެ ގޮތެވެ. އެހެންކަމުން އެއްމަސްފަހުން އަހަރުމެން ހަތަރު މީހުންގެ ކައިވެނި ކުރާގޮތަށް ނިންމިއެވެ.

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް ކައިވެނިކުރެވޭ ދުވަސްޖެހިއްޖެއެވެ. ކައިވެނި ކުރަން ހަމަޖެހިފައި އޮތީ އަހަރުމެންގޭ ޓެރަހުގައެވެ. އެންމެންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ދިޔައީ ހަފްލާފެށެންވާއިރަށް ޓެރަސް ޒީނަތްތެރިކުރުމަށެވެ. އަހަންނާ ޖިޔާންވަނީ ކައިވެނި ކުރުމަށްޓަކައި އެއްމަސްދުވަހުގެ ޗުއްޓީއެއް ނަގާފައެވެ. ހެނދުނުންސުރެއް މަސައްކަތް ކޮށްގެން އިރުއޮއްސެން ވާއިރަށް ތަންޒީނަތްތެރި ކުރެވުނެވެ. މުޅިޓެރަސް ވަނީ ފެހިކުލައިން ޒީނަތްތެރި ކުރެވިފައެވެ.

*******************

މިޝްކާގެ ނަޒަރުން:

މިއަދުމީ ކައިވެނި ކުރެވޭ ދުވަހެވެ. އަހަރެންގެ ހިތްއަވަސް ވަމުން ދިޔައެވެ. ޔާއިންގެ އަންބަކަށްވާކަށް މާގިނައިރެއް ނެތެވެ. އެތައް ދުވަހެއްގެ އިންތިޒާރަށް ނިމުން އަންނަނީއެވެ.

މިއަދު އެއްގޮތަކަށްވެސް އަހަރެން ކޮޓަރިއަކުން ނުނިކުންނަމެވެ. ކޮޓަރީގައި އިނދެގެން ކައިވެންނާބެހޭ އެކި ކަހަލަ ލިޔުންތައް ކިޔާ ހެދީއެވެ. ހަވީރު ފަހެއްޖެހި ތަނުން މިރޭ ލުމަށްޓަކައި ހަމަޖެހިފައިވި ހެދުން ހިފައިގެން ދޮންތައައެވެ. އާންމުކޮށް ކަޅުހެދުން ލިއަސް މިރޭ ލާން ފަހާފައިވަނީ މަޑުފެހިކުލައިގެ ދިގިކޮށް ހުރި ހެދުމެކެވެ. އެ ހެދުމާއެއްކޮށް އަޅާނެ ހަމަ އެކުލާއިގެ ޝޯލްއެއްވެސް ދޮންތަގެނައެވެ. ހެނދުން އަލަމާރީގައި އަޅުވާލުމަށްފަހު ދޮންތައައިސް އަހަރެންގާތު އިށީނެވެ. އަދި އަހަންނަށް ވަރަށް ގިނަ ނަސޭހަތްވެސްދިނެވެ. ކައިވެންނަކީ ކިހާ މަތިވެރި ގުޅުމެއްކަމާއި އެގުޅުން ދަމަހައްޓަން މަސައްކަތް ކުރަންވާނެކަމަށް ދޮންތަ ކިޔާދިނެވެ. އަހަންނާ ވާހަކަ ދައްކަން އިނުމަށްފަހު ދޮންތަ ދިޔައީ މަޣްރިބު ނަމާދަށް ގޮވުމުންނެވެ.

ފެންވަރައިގެން އައިސް އަހަރެން ގޭގައި އުޅޭއިރު ލާ ކަކުލައި ހަމައަށް އަރާ ހެދުމެއް ލައިގެން ނަމާދަށް އެރީމެވެ. ނަމާދުކޮށް ނިމިގެން ކައިވެނީގައި ބަރަކާތް ލައްވާތޯ އަހަރެން ދުޢާ ކުރީމެވެ. އިޝާނަމާދު ކޮށްގެން އަހަރެން ތައްޔާރުވާންފެށީމެވެ. ކައިވެނި ކުރެވޭ ގަޑިއަކީ 08:30އެވެ. ހެދުން ލައިގެން ރީތިގޮތަކަށް އަހަރެން ޝޯލް އަޅާލީމެވެ. މިރެއަށްޓަކައި އަހަރެންގެ ލޮލުގައި އަނދުން އަޅާލުން ފިޔަވައި އިތުރު މޭކަޕެއް ނުކުރަމެވެ. އެއީ ޔާއިންއަށް ކަމުދަނީ އަހަރެން މޭކަޕާ ނުލައި ހުރުމުންނެވެ.

******************

ޔާއިންގެ ނަޒަރުން

އިޝާ ނަމާދުން ފައިބައިގެން އަހަރެން މިސްކިތުގައި މަޑުނުކޮށް ގެއަށް އައީ އަވަހަށް ތައްޔާރުވާންޖެހޭތީއެވެ.

8:20ވީއިރު އަހަރެންނާ ޖިޔާން ތިބީ ކައިވެނި ކުރެވޭ ތަންކަމުގައިވާ އަހަރުމެންގޭ ޓެރަހުގައެވެ. އޭރު ގާޒީގެ އިތުރުން ހެކިވެރިންވެސް އައިސް ތިއްބެވެ. އަހަންނަށް އިންތިޒާރު ކުތެވެމުން ދިޔައީ މިޝްކާ އަންނާނެ އިރަކަށެވެ.

****************

މިޝްކާގެ ނަޒަރުން

8:25ވީއިރަށް ދޮންތަ އަހަރެން ބަލާއައެވެ. އެންމެ ފަހުފަހަރަށް ލޯގަނޑުން އަހަރެންގެ ނަފުސަށް ބަލާލުމަށްފަހު ދޮންތައާއެއްކޮށް ދިޔުމަށް ހިނގައިގަތީމެވެ. ޓެރަހަށް ދިޔައިރު ނައިރާ އަހަރެން އަންނަންދެން ބޭރުގައި މަޑުކޮށްގެން އިނެވެ. ނައިރާވެސް މިރޭ ފެންނަލެއް ވަރަށް ރީއްޗެވެ. އަހަންނާ ނައިރާ ތިބީ އެއްކަހަލަ ހެދުން ލައިގެންނެވެ. ޓެރަހަށް ވަދެގެން ދިޔައިރު އަހަރެން ހުރީ އާޝޯޚުވެފައެވެ. ޓެރަސްވަނީ ވަރަށް ފުރިހަމައަށް ޒީނަތްތެރި ކޮށްފައެވެ. ޖެހިލާ ހިތްގައިމު ވައިރޯޅިތަކުން ތަނަށް އިތުރު ފުރިހަމަ ކަމެއް ގެނަސްދެއެވެ. އަހަރެން ޔާއިން ކޮބައިތީ ބަލާލީމެވެ. ޔާއިންއާ ޖިޔާންތިބީ މޭޒުދޮށުގައި އިށީންދެގެންނެވެ. ޔާއިން ލާފައިހުރީ ކަޅު ކޯޓުފަޓުލޫނެވެ. ޖިޔާންވެސް ހުރީ ޔާއިންއެކޭ އެއްފަދައިން ކަޅުކޯޓުފަޓުލޫން ލާފައެވެ. އެހެންރޭތަކާ ޚިލާފަށް ޔާއިން މިރޭ ފެންނަލެއް މާފުރިހަމަހެން ހީވިއެވެ. “އެތިބީނު އައިސް ނައި މިޝޫ އަވަހަށް އާދޭ މިކޮޅަށް” ރިހާމަށް އަހަރުމެން ފެނުމުން ގޮވިއެވެ. ޔާއިންވެސް އަހަރުމެންނާ ދިމާއަށް ބަލާލީއެވެ. އެވަގުތު އަހަރުމެން ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ލަދުންގޮސް އަހަންނަށް އިސްޖަހާލެވުނެވެ.

ޔާއިންގެ ނަޒަރުން

“އެ ތިބީނު އައިސް ނައި މިޝޫ އަވަހަށް އާދެ މިކޮޅަށް” ރިހާމް އެހެން ބުނުމާއެކު އަހަރެން ފަހަތް ބަލާލީމެވެ. އެވަގުތަކީ މިޝްކާވެސް އަހަންނާ ދިމާއަށް ބަލާލި ވަގުތެވެ. ދެ މީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. މިޝްކާ ލަދުންގޮސް އިސްޖަހާލި ގޮތުން އަހަރެން ގާތަށް ވަރަށް ހިނިއައެވެ. މިޝްކާ މިރޭ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. އާންމުކޮށް ކަޅުހެދުންލާ ޖުއްޖާ މިރޭ ވަނީ މަޑުފެހި ކުލައިގެ ހެދުމާއި އެކު އެކުލައިގެ ބުރުގާއެށް އަޅާފައެވެ. އަނދުންފިޔަވާ އިތުރު މޭކަޕެއް ބޭނުންކޮށްފައެއް ނެތެވެ.މިޝްކާ އައިސް އަހަންނާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. ނަމަވެސް އިސްފުލައި އެއްފަހަރުވެސް އަހަަންނާ ދިމާއަށް ބަލާނުލައެވެ.

މިޝްކާއާ ނައިރާ އިށީންނުމާއެކު ގާޒީ އެނާގެ މަސައްކަތްފެށިއެވެ. ގާޒީ ދައްކަމުން ދިޔަ ވާހަކަަ ކަނުލައި އަހަރެން އަޑުއެހީމެވެ. “އަނބި ގަބޫލުކޮށްފިންތަ؟” ގަޒީ އެހެން އެހުމާއެކު އަހަންނާ ޖިޔާން އެއްފަހަރާ އަނބިގަބޫލު ކޮށްފީމޭ ބުނީމެވެ. އަހަރެންގެ ހިތަށް ލިބުނު އުފާ ބުނެދޭންވެސް ނޭންގުނެވެ. މިޝްކާ އެއީ މިހާރު އަހަރެންގެ ހަލާލު އަނބިމީހާއެވެ. އަހަރެން މަޑުމަޑުން މިޝްކާގެ އަތުގައި ހިފާލީމެވެ. ގަނޑުފެންގަނޑެއްހާ އެއަތް ފިންނެވެ. އަހަރެންގެ އިނގިލިތައް މިޝްކާގެ އިނގިލިތަކާ އެކު މަހާލުނުން މިޝްކާ އަހަރެންގެ އަތަށް ބާރުކޮށްލިއެވެ. އަދި ދުވަހަކުވެސް ދޫނުކުރައްޗޭ ބުނާފަދައަކުން އަހަންނާ ދިމާއަށް ބަލާލިއެވެ.

މިޝްކާގެ ނަޒަރުން

ޔާއިންގެ އަނގައިން އަނބި ގަބޫލުކޮށްފީމޭ ބުނުމާއެކު އަހަންނަށް ދެލޯ މަރާލެވުނެވެ. އަހަރެން މިހާރު މީ ޔާއިންގެ އަނބިމީހާ އެވެ. އަހަންނަށް ދެލޯ ހުޅުވާލެވުނީ ހޫނު އަތަކަުން އަހަރެންގެ އަތުގައި ހިފުމުންނެވެ. އެއީ ޔާއިންގެ އަތްކަން އެނގުމާއެކު އަހަރެން ޔާއިންއާ ދިމާއަށް ބަލާލީމެވެ. ޔާއިން އޭ ދުވަހަކުވެސް އަހަރެންގެ މިއަތުން ދޫ ނުކުރައްޗެވެ! އަހަރެން ހިތާ ހިތުން ބުނެލީމެވެ.

ޔާއިންގެ ނަޒަރުން

ޕާރޓީގެ ވަގުތު ޖެހުމާއެކު މިޝްކާގެ އަތުގައި ހިފައިގެން އަހަރެމެން ތިބެން ހަމަޖެހިފައިވާ ތަނަށް ދިޔައީމެވެ. އަހަރުމެންނާ ޖެހިގެން ނައިރާއާ ޖިޔާންވެސް ހުއްޓިލައިގެން ތިއްބެވެ. ކިންމެ މީހަކުވެސް ހިނިތުންވުމަކާއެކު އަހަރުމެންނަށް މަރުހަބާ ކިޔެވެ. ސްކޫލްގައި އެއްކޮށް ކިޔަވަން އުޅުނު ކުދިންވެސް އައެވެ. ގިނަކުދިން އުޅެނީ ކައިވެނިކޮށްގެންނެވެ. އަހަރެންގެ ކުލާސްކުދިން އައުމުން ސާދިން މަތިން ހަނދާންވިއެވެ. އަހަރުމެން ގުރޭޑު ދިހައެއްގައި އުޅުނު އިރު ދެކެވުނު ވާހަކައެއް މަތިން އަހރެން ހަނދާންވިއެވެ.

*******************

” ޔާން މަށަށް ހީވަނީ އެންމެފަހުން ޔަން އިންނާނީވެސް މިޝްކޮއާހެން! މީހުން ބުނާތި އަޑުއަހައި އުޅެން ނަފްރަތަކީ ލޯބީގެ ފެށުމޭ! ތި ދެމީހުން ތިބޭނީ ކަމެއް ނުފެނިފަ ޒުވާބު ކުރަން” މިޝްކާއާ އަހަރެން ގަލަމެއްގެ މައްސަލައިގަ ޒުވާބުކުރުމުން ސާދިން ބުންޏެވެ. “އައްޗި! މި ދުނިޔޭގަ އަންހެން ކުދިން ހުސްވިއަސް މިޝްކާއަކާ މަށެއް ނީންނާނަން! ނޯ އޮފެންސް އިނގޭ” “ހެހެ މަ ބަލާނަމޭ ކިހިނެއްތޯވަނީ މިޝްކޮއާ ޔާން އިންނަ ދުވަހު މަ ހޭނަން! މަ ވަރަށް އުފާވާނެ އެދުވަސް އައިސްފިއްޔާމުން.”

***************

ސާދިން ދެކެން ބޭނުންވި ދުވަހަކީމީއެވެ. ނަމަވެސް މިދުވަސް ދެކޭކަށް ސާދިންއެއް މިދުނިޔެއަކު ނެތެވެ. ސާދިން ހުރިނަމަ ވަރަށް އުފާވީހެވެ. އަދި އެވަރަށް އަހަންނަށް މަލާމަތްކުރީސްކަން ޔަގީނެވެ.

އެގާރަ ޖެހި އިރަށް މެހޭމާނުން ހުސްވިއެވެ. ދެން ތިބީ ހަމައެކަނި އާއިލާ މީހުން އެކަންނެވެ. “ދަރިފުޅުމެން އެއްޗެއް ކާލަންވީނު! މިހާރު ވަރަށް ހައިވެފައެއްނު ތިތިބީ!” ރައިދައްތަ އަހަރުމެންގާތަށް އައިސް ބުންނެވެ. “އާނ އަސްލުވެސް ވަރަށް ހައިވެއްޖެ ކޯޗެއްތަ ހުރީކާން” ބަނޑުހައިވެފާ ހުރިކަން އިހްސާސްވުމުން އަހަރެނއ ބުނީމެވެ. އެވަގުތު ޖިޔާންގެ އިތުރުން ރިހާމްވެސް ލާނެއް ގޮތަކަށް ހީލިއެވެ. ބުނެވުނީ ކީކޭކަން ރޭކާލުމާއެކު އަހަރެން ވަރަށް ލަދުގަތެވެ. މިޝްކާއާ ދިމާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭރު މުޅި ކުއްޖާގެ މޫނު ހުރީ ރަތްވެފައެވެ. ތުންފަތުގައި ދަތްއަޅައިގެން ހުރިލެއް ބާރުކަމުން ލޭނަޔަސްވާ ރަނގަޅެވެ. އަހަރެން ނުވާ ކަމަކަށް ހެދިފައި މިޝްކާ ގޮވައިގެން ކާން ދިޔާމެވެ.

އަހަރެމެން ކާންތިއްބައި މަލަކާއާ ޖިޔާންގެ ދައްތަ ޖަނާ އައިސް މިޝްކާއާ ނައިރާ ގެންދިޔައެވެ. “އޭއޭ ހާދަވަރެއްތިވީ އެ ދެމީހުން ދިޔާމަ ދެންވެސް ތިކައި ނިންމާގެން ދޭބަ” އަހަންނާ ޖިޔާނަށްވީ ގޮތްފެނުމުން ރިހާމް ދިމާކުރިއެވެ.

އަވަހަށް ކައި ނިންމާލައިގެން އަހަންނާ ޖިޔާން ތިރިއަށް ފޭބީމެވެ. ކައިވެނީގެ ފަހުން ޖިޔާން އަހަރުމެންގެއަށް ބަދަލުވީއެވެ.

އަހަރެންގެ ކޮޓަރި ހީވަނީ ފިނިފެންމާ ބަގީޗާއެއްހެނެވެ. ތަޅުންގަނޑުމަތިވެސް ވަނީ ފިނިފެންމާ ފިޔައިން ފޮރުވާލެވިފައެވެ. ހިތުގެ ބައްޓަމަށް އެނދުމަތީގައި ފިނިފެންމަލިގެ ފިޔައަތުރާފައި ހުއްޓެވެ. ފާޚާނާގެ ދޮރު ހުޅުވުމާއެކު އަހަރެންނަށް އެދިމާއަށް ބަލާލެވުނެވެ. ފާޚާނައިން ނުކުތް މިޝްކާފެނި އަހަރެންގެ ހިއްސުތައް ކޮޅައްޖެހުނެވެ. ކަކުލައި ހަމައަށް އަންނަ ނޫނުލައިގެ ލޭސްފޮތީ ހެދުމުގައި ފެންނަލެއް ނުހަނު ހިތްގައިމެވެ. މިޝްކާގެ އުނަގަނޑާއި ހަމައަށް އތަށިގަނޑުވަނީނީ ހުޅިއެއް ޖަހާފައެވެ. އަހަރެން މަޑުމަޑުން މިޝްކާއާ ދިމާއަށް ހިނގައިގަނެވުނެވެ. މިޝްކާވެސް އަހަންނާ ދިމާއަށް އަންނަމުން ގެންދިޔައެވެ. އަހަންނަށް ހިނގުން ހުއްޓުނީ މިޝްކާ އައިސް އަހަރެން ގައިގާ ޖެހިލުމުންނެވެ.”ޔާން” މިޝްކާ މަޑުމަޑުން ބުނެލިއެވެ. އަހަރެން އެހުރި ގޮތަށް ހުއްޓްއައިސް އަހަރެންގެ ކޮލުގައި ބޮސްދިނެވެ. “އަހަރެން ހީކުރީ މިޝޫތީ ވަރަށް ލަދުރަކި ކުއްޖެއްކަމަށް އެކަމު ބަލާބަ އައިސްކޮށްލި ކަންތައް” މިޝްކާގެ އިސްތަށިގަނޑު އެއްފަރާތް ކޮށްލުމަށްފަހު އެދޮން ކަނދުރާގައި އަހަރެން ބޮސްދިނީމެވެ. މިޝްކާ އަހަރެންގެ އަތްދަނޑި މައްޗަށް ލައިގެން ގޮސް އެނދުގައި ބާއްވާލީމެވެ.

******************

6އަހަރު ފަސް

“ޑެޑީ ހޭލަބަ” އަހަންނަށް ހޭލެވުނީ ހަތަރު އަހަރުގެ ސާދިން އަހަންނަށް ގޮވަންފެށުމުންނެވެ. ކަންނެއް ގޮތަކަށް ލޯހުޅުވާލީމެވެ. “ކޮބާ މަންމި؟” އަހަރެން ސާދިންގާތު މިޝްކާ ކޮބައިތޯ އެހީމެވެ. ” ކިހިނެއްވީ ޔާން؟” ދޮރުކައިރިން މިޝްކާގެ އަޑު އިވުނެވެ. ސާދިން ލިބުނުފަހުން މިޝްކާ ކޮލުގައި މަސްޖަހައިލާފަ އިހުނަށްވުރެ ރީތިވަރަކަށް ހުރީ ފަލަވެފައެވެ. އެކީގައި ހަ އަހަރު ހޭދަ ކުރިއިރުވެސް މިޝްކާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތްތެޅިލައެވެ. “ޔާން އަދިވެސް އޮންނަނީތަ ތެދުވެބަ ދޯ! ނައިރާމެން އެބަ އާދޭ މިހާރު މަންމަ ގުޅާފަ ބުނެފި ކާރުގަޔޯ މިތިބީ މިހާރު!” މިޝްކާ އެހެންބުނުމާއެކު އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. މިއަދު މީ ނައިރާ ގެއަަށް ދޫކޮށްލާ ދުވަހެވެ. ނައިރާއާ ޖިޔާންގެ ދަރިފުޅު ދެކިލާހިތުން އަހަރެން މި ހުންނަނީ ކެތްމަދުވެފައެވެ. ހޮސްޕިޓަލުގައި އުޅެން ޖެހުނުލެއް ބުރަކަމުން އަހަންނަކަށް އެކުއްޖާ ފަކީރު ފެންނަގޮތެއްނުވިއެވެ.

އަހަރެން އަވަސް އަވަސް ކޮށްލައިގެން ނުކުތް އިރު ނައިރާމެން ތިބީ ގެއަށް އާހެވެ. މަންމަ އަތުގައި ބޭބީ ލޯބިލޯބިކޮށް ނިދާލާފަ އޮތެވެ. ބޭބީ ބަލާލުމަށްޓަކައި ރިހާމް މަލަކާ އަދި އެދެމީހުންގެ އަށް އަހަރުގެ ރިކާއާ ފަސްއަހަރުގެ ރުކާންވެސް އައިސް ތިއްބެވެ. “ކޮންގްރާ ޖިން އެންޑް ނައި. ދޮންބެގެ ޕޮޓޭޓޯވެސް ބޮޑުވެގެން މިހާރު މަންމަ އަކަށްވީ ދޯ!” ނައިރާގެ ކޮލުގައި ހިފާލަމުން އަހަރެން ބުނީމެވެ. ” ދޮންތީ ބޭބީއަށް ކިޔަނީ ކޮންނަމެއްތަ!” ސާދިން އައިސް ނައިރާގާތު އަހާލިއެވެ. “ބޭބިއަށް ކިޔާނީ ޔައިނާ ޖިޔާން” ނައިރާ ބުނެލިއެވެ. “ދޮންބޭ މިއްޓު ކޮބާ؟” ނައިރާ އެހެން އެހުމާއެކު މިޝްކާ ނެތްކަން އަހަންނަށް އެނގުނެވެ. އަހަރެން ކޮޓަރިއަށް ދިޔައީ މިޝްކާ ކޮޓަރީގައި ހުރިތޯ ބެލުމަށެވެ. އަހަރެން ކޮޓަރިއަށް ވަނުމާއެކު މިޝްކާ އައިސް އަހަރެން ގައިގާ ބައްދާލިއެވެ. “ޔާން އައި އޭމް ޕްރެގް ” މިޝްކާ އެހެން ބުނުމާއެކު އަހަންނަށް އުފަލުންގޮސް ރޮވުނެވެ. އަހަރެންގެ ހަނދާނަށް އައީ އެންމެ ފުރަތަމަ ފަހަރު މިޝްކާ ބަނޑުބޮޑުވެގެން އަހރެންގާތު އެވާހަކަ ބުނި ދުވަސް މަތިންނެވެ. އަދި ނުވަމަސް ދުވަހަށްފަހު ސާދިން މިދުނިޔެއަށް އުފަންވި ދުވަސް އަހަރެންގެ ހިތަކުން ނުފިލާނެއެވެ. އެ ތުއްުތު ދަރިފުޅު އަތަށް ލިބުމާއެކު އަހަރެންނަށް ކުރެވުނު އިހުސާސް ބުނެދެންވެސް ނޭންގެއެވެ.

އަހަރެން އަވަސްވެގަތީ އެންމެެންނަށް މިޝްކާ ބަނޑުބޮޑު ވާހަކަ ހިއްސާކުރާށެވެ. އެންމެނަށް ޚަބަރު ލިބުމާއެކު އަހަރުމެންނަށް މަރުހަބާކިއެވެ.

އަހަރެން ބޭނުމީ ސާދިންއާ އަހަރެންނަށް ލިބެންއުޅޭ ދަރިފުޅު ރަނގަޅުގޮތުގައި ބޮޑުކުރުމަށެވެ. އަހަރެން މީގެ އަހަރުތަކެއް ކުރިން ދިޔަމަގުން ހިނގިޔަނުދީ ރަނގަޅުމަގުން ހިނގިޔަދިނުމަށެވެ. އަހަންނާ މިޝްކާގެ މަސައްކަތުން އެކުދިން އެހެން ދިޔަކަ ނުދޭނަމެވެ. އިންޝާﷲ

ނިމުނީ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

ތުނޑިމަތިން

Next

ތިޔަ ލޯތްބާ ދުރަށް (1)

Next
May 5, 2018

ތިޔަ ލޯތްބާ ދުރަށް (1)

Previews
May 4, 2018

ތުނޑިމަތިން

21 Comments!

  1. Aki says:
    May 5, 2018 at 9:07 am

    haadha rangalhey writer

  2. Shanan says:
    May 5, 2018 at 9:22 am

    Yeyy me first

  3. Eleven says:
    May 5, 2018 at 9:28 am

    Varah reethi❤❤

  4. shaan says:
    May 5, 2018 at 10:30 am

    nice keep it up ☺????????

  5. Kiyara says:
    May 5, 2018 at 10:38 am

    Slm hurihaa kudhin. Miothy mi vaahakaige enme fahu bai. Hurihaakudhinnah ves mi vaahaka kamu dhiya kamah ummedhukuran. Adhi mivaahaka kiyaa comment kuri hurihaakudinnah ves varah bodah shukuriyya.

  6. reader says:
    May 5, 2018 at 11:12 am

    Saadhin ah kihineh v?

    1. Anonymous says:
      May 5, 2018 at 11:25 am

      Kurybaithah kyma engeyne saadin ah vykihinehkan

  7. Nunama says:
    May 5, 2018 at 11:17 am

    Very nice
    Hoping to seen another story of yours soon

    1. Kiyara says:
      May 5, 2018 at 11:28 am

      ISA varah avahah alhuganduge vaahakaeh fenigendhaane

  8. crazy says:
    May 5, 2018 at 11:26 am

    wow i love this story.. <3 thanx kiyara :*

    1. Kiyara says:
      May 5, 2018 at 11:29 am

      Awwwn ure welcome crazy. Varah ufaavehjje mi vaahaka kamudhiyaima

  9. Aesh says:
    May 5, 2018 at 11:36 am

    Maa sha allah.. vrh furihama mi story… vrh vrh reethi.. you’re just an amazing writer… good job.. kiyara he reethi reethi ehn vaahakaeh anehkaaves kiyaalan libeyne kamah ummeedhu kuran avas mustaqbalegga.. Aesh is waiting for your stories.. in sha Allah… 🙂

  10. No one says:
    May 5, 2018 at 12:14 pm

    Wow.. vr nice mi story ge hurihaa part eh vx.. hope to see another story from u soon

  11. Nakhla says:
    May 5, 2018 at 12:27 pm

    ???❤❤

  12. unique says:
    May 5, 2018 at 1:01 pm

    OMG vaahaka nimuny dhw……. vvvvv sad,,,, ekm vaahaka hama perfect vvvv furihama

  13. mishy says:
    May 5, 2018 at 4:39 pm

    Alheyyyy… sooo cutee…. vrh vrh reethi mi vhk… kiyaaa yuh r a gud writerrr…. yuh hv imprvd a lt nw….yuh cn be a gud writerr…. whn do I’ll gt a new striii frm yuh kiyaa?? Curiouslii waitin for ur nxt striiiiiii…. lysm….♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    ♥♥♥♥♥♥♥♥♥♥♥

    1. Kiyara says:
      May 5, 2018 at 6:29 pm

      Awwwwwn mishy thanks a lot. Ly soo much ISA vvv avahah fehnnane

  14. nonni says:
    May 6, 2018 at 6:22 pm

    my favorite wruter ge vaahaka nimuneetha mi
    vvv reethi
    adives vaahaka liyedheh chey

  15. neelaa says:
    May 7, 2018 at 4:38 pm

    Mivaahaka kiyaign evvx asareh nukuri ehn vaahakathah kiyain v asaru kurey…. Evvx asareh neh mivaahakaiga… Ekm vx kiyaalaifin mi first vaahaka tha

  16. Alyra says:
    October 26, 2018 at 9:34 pm

    varah reethi mi vaahaka…….. <3
    keep writin more!

  17. saatey says:
    April 3, 2019 at 2:22 pm

    varah reethi
    keep it up

Comments are closed.


All Right Reserved!