ބޮލުން ފައިބަމުންދިޔަ ފެންތައް ތުވާއްޔަކުން ހިއްކަމުން ފާޚާނާއިން ނުކުތް މީޝަލްއަށް ހުއްޓެވުނީ ކޮޓަރި ދޮރުމަތީގައިހުރި އޭނާގެ މަންމަ ފެނިފައެވެ. ކޮޓަރީގެ ދޮރުކަނީގައި އެއްއަތް ވިއްދާލައިގެން މީޝަލްއާއި ދިމާލަށް ބަލަންހުރި ލަތީފާގެ މޫނުމަތިން ފެންނަންހުރީ ރުޅިވެރި ކަމެވެ. ” މަންމާ… އަހަ…އަހަންނަށް.. ނުހޭލެވުނީ..” އަޅައަޅައިގަންނަމުން މީޝަލް ބުނެލި ޖުމްލައާއިއެކު ލަތީފާގެ ރުޅިގަނޑު ފަޅައިގެންދިޔައެވެ. ” ނުހޭލެވުނިއްޔޭ؟.. ކަލޭ ލަދެއް ނުގަނޭތަ ތިހެން ބުނާކަށް؟.. ދަންވަރު ދޭއް ތިނެއް ޖަހާއިރުވެސް ނުނިދާ ގެއަށް ނުވަދެ ބޭރުގަ އުޅެއުޅެފަ އަދި ބުނެފިއެއްނު […]
ރަށުގައި ނޫޅެ އަހަރެން ފުރައިގެން އައީ ހުޅަނގު މޫސުމުގައި ވަށައިގެން އުދައަރައި ރަށްގިރާލުން އެއީ އުޒުރަކަށް ވެގެނެއް ނޫނެވެ. އެ ރަށުން އާފަލާއި އޮރެންޖާއި ނުލިބޭތީ ރަށަށް ނާރަން ވެގެނެއް ވެސް ނޫނެވެ. އެކަމަކު އެއީ ވެސް އަހަންނަށް ނިސްބަތްކޮށް ރަށުގެ މީހުން ބުނެ އުޅުނު ވާހަކަ އެކެވެ. އަހަރެން އައީ އެއިން އެއްވެސް ކަމެއް ވެގެނެއް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ފަސޭހައެއް ރަށުން ލިބެން ނެތީމާ ފޫހިވެގެންނެވެ. ކުދިންނަށް ތައުލީމު ހޯދައިދެވޭނެ […]
ލޯބިވާކަން ހާމަ ކުރަން ނިންމި ކަމުގައިވިޔަސް އަދިވެސް ޒެވިޔަން ޖެހިލުންވެއެވެ. އެލައިޝާ ނޫނެކޭ ބުނެފިނަމަ ދެމީހުންގެ ދުވަސްވީ އެކުވެރިކަމަށް ބުރޫއަޅައިފާނެތީއެވެ. އެންމެ ގާތް އެކުވެރިޔާ ގެއްލޭކަށް އޭނާ ނޭދެއެވެ. ނަމަވެސް ލޯބިވާކަން ނުބުނެ އިންދައި އެލައިޝާ އެހެން މީހަކާއި ގުޅިދާނެ ކަމުގެ ބިރުވެސް ހިތުގައި އޮތެެވެ. ލޯބިވާކަން ހާމަ ކުރާނެ ފުރުސަތެއްވެސް އެހެންވެއްޖިއްޔާ ނުލިބޭނެއެވެ. އޭރުން ޒެވިޔަން މާ ދެރަވާނެއެވެ. މިހާރުވެސް މާގިނަ ދުވަހު ހިތުގައި އެކަން ބާއްވައިގެން އުޅެވިއްޖެއެވެ. އިތުރަށް ދެން ސިއްރު ކުރާކަށް އޭނާ […]
“އަޒީލް…!” ތޫނު ހިމަ އަޑަކުން ގޮވާލުމުން އަޒީލް އޭނާގެ ފިޔަވަޅުތައް މަޑު ޖައްސާލިއެވެ. އެއަޑު އަޒީލްގެ ކަންފަތުގައި ރަނގަޅަށް ވެސް ޖެހުނެވެ. ފަސްއެނބުރި ބަލާލަން ހިތަށް އަރުވާލާފައިވެސް ނުރުހިފައި އަޒީލް ކުރިއަށް ހިނގައިގަތެވެ. އެއީ ކާކުކަން އަޒީލްއަށް ޔަޤީންވާާ ކަހަލައެވެ. އާނއެކެވެ. އެއީ އެމީހެއްގެ އިންތިޒާރުގައި އަޒީލް އެތައް އިރެއްް ހޭދަކުރި އިންސާނާއެވެ. އެއީ ޝިފްނާ ނޫން ދެވަނަ މީހެއް ނޫނެވެ. “ސޮރީ…” މަޑުމައިތިރި ނިޔަނެތި އަޑަކުން ޝިފްނާ ބުނެލިއެވެ. ފަސްއެނބުރި ބަލައިވެސް ނުލައި އަޒީލް ދާން […]
ވާހަކަ އަޕްލޯޑް ނުކުރެވި ގިނަ ދުވަސްވެފައިވާތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް އަޅުގަނޑު މާފަށް އެދެމެވެ. އިރާދަކުރެއްވިއްޔާ މާދަމާ މިވާހަކައިގެ އާ ބައެއް ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ.
އެވަގުތު ޔާސްމީންގެ ފަހަތުން ގޭތެރެއިން އައި ބާރު އަޑާއެކު ޔާސްމީން ފަސް އެނބުރި ބަލައިލިއެވެ. ނިތްކުރީގައި ޝަހާދަތް އިނގިލިން ފިރުމާލަމުން އޭނާ ކުރިމަތީގައި ހުރި ޒަފްގެ މޫނަށް ބަލައިލިއެވެ. އޭރު އޭނާވެސް ހުރީ ޔާސްމީންގެ ފަހަތުން ފަނޑު އޮރެންޖް އަލި އެޅި ބިއްލޫރި ކުޑަދޮރުގެ ފަރުދާއިން ހިޔަނިވަމުންދިޔަ ދެމީހުންނަށް ބަލަހައްޓައިގެންނެވެ. ވަމުންދާގޮތް ކުރިމަތިން ސިފަވަމުންދިޔަޔަސް، އެއްވެސް މީހަކު އެކަމާގުޅޭގޮތުން ސުވާލުކުރުމުގެ ފުރުސަތު ދޭން ޔާސްމީން ހުރީ ތައްޔާރުވެގެންނެއްނޫނެވެ. ފަސްއެނބުރި ގެއަށް ވަންނަން އޭނާ ހިނގައިގަތީ އެހެންވެއެވެ. ޔާސްމީން […]
“މަރުޙަބާ ޝޫރާ!” އިވިގެން ދިޔައީ ހަމްދާންގެ އަޑެވެ. އެއާއެކު އަމީމް ބަލާލީ ސިހުމަކާއިވެސް އެކީގައެވެ. ކައިރީގައި ހުރި އަމްނާ ފެނި އިތުރަށް ސިހުން ގެނުވިއެވެ. މަންމަމެން ބުނީ ތެދެކެވެ. އަމްނާއަށް އޭނައާއި ނުލާ އުޅެވޭނެއެވެ. އަމްނާ ލޯބި ވަނީ އޭނަ ދެކެ އެއް ނޫނެވެ. އެހެންނަމަ މިރޭ އެހާ ރީތި ހިނިތުންވުމަކާއި އެކީ އޭނާގެ ކައިވެނީގެ ވަލީމާއަކަށް އަލަތު ފިރިމީހާއާއި އެކީ ނާންނާނެއެވެ. ދެލޯބިވެރިއެއްގެ ދެމެދަށް ވަންނާކަށް އަމީމްގެ ހިތެއް ދުވަހަކުވެސް ނުބުނާނެއެވެ. ދެން އެހެންވީއިރު މިވަނީ […]
އަހަަރުގެ ފަހު ދުވަހަކީ ނަފްސާނީ ބަލީގެ ޝިކާރައަކަށްވެ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ އެ ޒުވާނާގެ މުޅި ހަޔާތް ބަދަލުކޮށްލުމުގެ ފެށުމެވެ. އާއުއަހަރުގެ ފެށުން ފާހަގަ ކުރުމަށްޓަކައި އެރޭ ބޭއްވި މިއުޒިކީ ފެސްޓިވަލުގެ ތެރެއިން ދިމާވި އަންހެން ކުއްޖާގެ ސަބަބަުންނެވެ. އެ ދުވަހަކީ މިއަދާ ހަމައަށްވެސް އަޝްފާންގެ ހިތު ގައި ބިންވަޅު ނެގިފައިވާ ދުވަހެކެވެ. އައުއަހަރެއްގެ ފެށުމާއެކު އަޝްފާނުގެ ހަޔާތުގައިވެސް ފެށިގެން ދިޔައީ އައު ބާބެކެވެ. ެއެ އަހަރު ވެގެން ދިޔައީ އޭނާގެ ހިތުގައި ދުވަހަކުވެސް ނުއުފެދޭ ފަދަ އިޙްސާސް ތަކެއް […]
ހަނދު ހުރީ ބުރުހަމަކޮށެވެ. ވިލާތައް ހާވިޔާކޮށް ހުރުމުން ހަނދު އޭގެ ހައިބަތު ދައްކައިދެމުން ދިޔައެވެ. އަލި ބުރަކުން ހަނދުގެ ގޯތިވެސް ފެންނާން ހުއްޓެވެ. މިއީ ސާދަ ފަނަރައިގެ ހަނދެވެ. ދަންވި ދަންވިހެން ފަރިވަމުން ދިޔައެވެ. ނަމަވެސް އަހަންނަކީ އެހަނދެއް ނޫނެވެ. ހަނދަށް ލިބިފައިވާ ހިނިތުންވުން އަހަރެންގެ މޫނަކު ނެތެވެ. މާޒީގެ ސަފުހާތަކުން އަހަރެންގެ ހިތުގައި ގަނޑު އުކެމުން ދިޔައެވެ. ފެންދެމޭ ކޯރެއް ފަދައިން އަހަރެންގެ ލޯތެންމަމުންނެވެ. ކުރާނެ މާ ބޮޑު ކަމެއް ނެތެވެ. މިއީ އެހެން މީހުންނަށް […]